Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 13

Ushaali Level 810 Stories100 Comments100 Stories500 Comments
March 16, 2016 8 Mins Read
19 Comments

މިހާތަނަށް އެމަންޖެ ބޭނުންވެގެން ބުނީ ކޮންމެ އެއްޗެއް އޮންނާނީ ހޯދަދީފަ. އެކަމަކު މިފަހަރު އިބްރާހީމް ތިބުނާހެން މިފަހަރު ހަމަ ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް” ސާރާ ކަންބޮޑުވެފައިވާ ވަރު ހުސްއެކަނި އެއަޑުން ވެސް އެނގޭއެވެ.”

ތިހެން ތިވީ ސާރާގެ ސަބަބުން. މިބުނީ ސާރާގެ ތަރުބިއްޔަތުގައި އުނި ކަމެއް ހުރި ވާހަކައެއް ނޫން. އެކަމަކު ބަލި ގަބޫލުކުރަން ދަސްކޮށްދޭންޖެހޭނެ. ބޭނުންހާ އެއްޗަކީ ލިބޭނެ އެއްޗެއް ނޫން. ޝިފްނީއަކީ އެހާ ވެސް ކުޑަކުއްޖެއް ނޫން. މާދަމާ އުޑުގައި ހުރި ތަރިތައް ގެނެސްދޭށޭ ބުނީމަ ސާރާ ތެޅިގަންނާނީ އަވަހަށް ތަރިތައް ހޯދަން. އެއީ މޮޔަކަމެއް. ދުނިޔޭގައި އުޅޭއިރު ނާކާމިޔާބާއި ވެސް ކުރިމަތިލާން ޖެހޭނެކަން ދަސްކޮށްދީ. އިންސާނުންނާއި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހެނީ އޭގެ ފަހަތުގައި ކޮންމެސް ރަނގަޅު ސަބަބެއް އޮތީމަ. އަހަރެންގެ ހިތްބުނޭ ސާރާގެ މަސައްކަތުން އަދިވެސް ޝިފްނީގެ ހިތް ބަދަލުކުރެވިދާނޭ” ސާރާގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން އިބްރާހީމް ބުނެލިއެވެ. “މިހާރު މެންދުރު ކައިފިތަ؟” އިބްރާހީމް އެހީ ޝިފްނީގެ ވާހަކައެވެ. “ކިތަންމެ ރުޅިގަދަވެފައި ހުއްޓަސް އަހަރެން މާގިނައިން ބުނަން ފެށީމަ އެކަމެއް ކުރޭ. ކާން އައިއްސަ ވެސް އިންނަނީ ފާޑަކަށް. އެންމެ ފަހުން މަށަށް ވިސްނިގެން ގޮސް ގަރުދިޔަ އަޅާފައި ބަތް މޮޑެދިނީމަ ކެއި. ލޯބިން މޫނުުގައި އަތްޖައްސާލީމަ އަތް ފޮޅުވާލާކަށް ވެސް ނޫޅުނު. އަޅާވެސް ނުލާ ކޮޓަރިއަށް ވަނީ” މިފަހަރު ސާރާއަށް ވާހަކަދެއްކުނީ ކުޑަކޮށް ހެވިލާފައެވެ.

 

ހެނދުނު ދެލޯ ހުޅުވާލިގޮތަށް ބުރަކޮށް އުޅުނު ހާލާއަށް ބަލަން އެނދުގައި އޮތް ޝިޔާރާ އޮތީ ހައިރާންވެފައެވެ. ހާލާގެ އަތްމަތި އެހާ ވެސް އަވަހެވެ. ޝިޔާރާ ކޮޓަރިން ނުނިކުންނަތާ މިއަދަށް ފަސް ދުވަސްވީއެވެ. ޒޯހަންގެ ހާލަކީ ކޮބާކަން ވެސް ޝިޔާރާ އަށް ނޭނގެއެވެ. ހަމައެގޮތަށް ޝިޔާރާގެ ހާލު ޒޯހަން ނުބަލާ ކަމަށް ހީކޮށް ޝިޔާރާ ހިތްހަމަޖެހިލައިގެން ހުއްޓަސް އެހިތުގައި ރިއްސައެވެ. ހާލާ އުޅޭގޮތުން އެންމެފަހަށް ޝިޔާރާއަށް އުނދަގޫވެގެން އެނދުން ތެދުވެ ގޮސް ހުއްޓުނީ ހާލާ ކައިރީގައެވެ. ކައިރީގައި ހުރި ޝިޔާރާ ފެނި ހާލާ ހީލިއެވެ. ޝިޔާރާ އަތުގެ އިޝާރާތުން ތީ ކޮންކަމެއްހޭ އަހާލީ ހާލާގެ އަތުގައި އަޅުވާލެވިިފައިވާ ބާލިދީ ތެރޭގައި ދޮވެފައި ހުރި އަންނައުނު ތަކެއް ހުރީމައެވެ. “ޒޯހަން ބޭނުންވަނީ އަވަހަށް ފުރާށޯ” ޝިޔާރާއަށް ހުއްޓުމެއް އައިކަން ހާލާއަށް ވެސް ފާހަގަވިއެވެ. ވަށްލޮލުން ޝިޔާރާއަށް ބަލާލުމަށްފަހު ހާލާ ނުކުތީ ކޮޓަރިން ތެރެއިން ނިކުމެވެން ހުރި ބެލްކަންޏަށެވެެ. ޒޯހަން އެނބުރި ދިޔުމަކީ ޝިޔާރާ އެދޭ ގޮތްކަމުގައި ވިޔަސް ހާދަ ވަރަކަށް ހިތުގައި ޖެހިއްޖެއެވެ. ސުވާލަކީ ޝިޔާރާއަށް ކެއްކުރެވޭނެބާއެވެ؟ އެނދުގައި އިށީނދެވުނު އިރު ދެލޮލުން ކަރުނަ ފޭދިފައި ހުރިކަން ވެސް ޝިޔާރާއަށް ނޭނގުނެވެ. ދުވަމުން ގޮސް ފާހާނާއަށް ވަދެ ދޮރުޖެހިތަން އެވަގުތު ކޮޓަރިއަށް ވަން ހާލާއަށް ފެނުނެވެ. ހާލާއަށް މޮޅު ހިޔާލެއް އައުމާއެކު އަވަހަށް ޒޯހަންއާއި ޝެއާރ ކޮށްލުމަށް ކޮޓަރިން ނިކުމެލިއެވެ.

 

ވަގުތަކަށްފަހު ވަގުތެއް ފާއިތުވަމުން ގޮސް ދަންވަރު ބާރަ ޖަހަން ހުރީ އެންމެ ފަނަރަ މިނިޓެވެ. ކޮޓަރިތެރޭގައި ދެއަތް ދެއަތާއި މޮޑެން ހުރި ޝިޔާރާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ކައިރީގައި އިން ހާލާ ނޫންކަމަށް ހަދާފައި ޒޯހަންގެ ދަބަސް ތައްޔާރު ކޮށްދިނުމުގައި އުޅެއެވެ. ދޭތެރެއަކުން ޝިޔާރާއަށް ބަލާލުމަށްފަހު ހީލައެވެ. ޝިޔާރާ ބަލާލުމުން ސީރިއަސް ވެލައެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި ޝިޔާރާ ހުރީ ހިތް އަވަސް ވެފައެވެ. ޒޯހަންގެ ހިޔާލު ބަދަލުވާނެ ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އަރައިފިއެވެ. “މިރޭ ފަތިހުއޯ ފްލައިޓް އިނީ. އެއަޕޯރޓް ތަންކޮޅެއް ދުރުވީމަ ޖެހޭނެތާ އަވަހަށް ގެއިން ނިކުންނަން. އެހެންވެ އިރުކޮޅަކުން ދާނެ. ޒޭން ބުނީ ޒޯހަން ބޭނުންވަނީ މާލެ ދާގޮތަށް ބޭރަށް ފުރަންށޯ. ލޯބި ނުލިބޭ ތަނެއްގައި ހުންނާކަށް ޒޯހަން ބޭނުމެއް ނުވެޔޯ. ބޭރު ކުއްޖަކާއި މެރީކުރާނީޔޯ. ދެން ނޭނގެ މަށަކަށް. ޝިޔާ އުފާކުރޭ. އެދޭ ގޮތަށް ހުރިހާ ކަމެއް ވަނީނު” ހާލާއަށް ނޭނގުނީ އެވަގުތު ޝިޔާރާއަށް ވަމުންދާ ގޮތްތަކެވެ. ހިނގުން ކުރިއަށް ވުރެ ބާރު ވިއެވެ. ޒޯހަންގެ ގަމީސްތައް އިސްތިރި ކުރަން ހުރި ހާލާގެ ތުންފަތްމަތީގައި ވަނީ ލާނެއް ހިނިތުންވުމެކެވެ. “ޒޯން ފުރައިގެން ދިޔުމުގެ ކުރިން ބުނެފާނަން ޝިޔާ ކައިރީގަ ވާހަކައެއް. އަސްލު މިފަހަރު ޝިޔާއަށް ބޭސްފަރުވާއަށް ހަރަދު ކުރީ މަށެއް ނޫން. ޒޯހަން. ޝިޔާގެ އެންމެ ކުޑަ ހަރަދު ވެސް ބެލެހެއްޓީ ޒޯހަން. ޝިޔާދެކެ ޒޯހަން ވަރަށް ލޯބިވޭ. މިތަނުން ފުރައިގެން ދާން ވެސް އެއުޅެނީ ލޯބިވާ މީހާ ނުލިބި އެއްފުރާޅެއްގެ ދަށުގައި އުޅެން އެހިތަށް ކުޅަދާނަ ނުވީމަ. ޝިޔާއަށް ނޭނގުނަސް ކޮންމެ ރެއަކު ޝިޔާ ނިދީމަ އޭނަ ނިދަން ކޮޓަރިއަށް ވަންނަނީ މިކޮޓަރިއަށް ވަދެ ތިސޫރަ އޭނާގެ ދެލޮލުން ދެކިލާފައި. ޝިޔާ. އެއީ އޯގާތެރިއެއް. އެއޯގާތެރިޔާގެ ހެޔޮކަން ހަނދާން ނައްތާނުލާ. ލޯބިވާ މީހާއަށްޓަކައި ފުރާނަ ގުރުބާންކުރަން ވެސް ތައްޔާރަށް އެހުރީ” ހާލާ އެސްފިޔަ ޖަހާލާފައި ހުޅުވާލިއިރު ޝިޔާރާ ފެންނަން ނެތުމުން ހައިރާންވިއެއް ކަމަކު އުފާވެސް ވިއެވެ.

ހުޅުވާލާފައި ހުރި ޒޯހަންގެ ކޮޓަރިން އެތެރެވި ޝިޔާރާ ދުވެފައި ގޮސް މަތަވީ ކުޑަ ދޮރުން ބޭރު ބަލަން ހުރި ޒޯހަންގެ ބުރަކަށީގައެވެ. މުޅިން އެހެން ވިސްނުމެއްގައި ހުރި ޒޯހަންއަށް ވެސް ޝިޔާރާ ކޮޓަރިއަށް ވަންކަމެއް ނޭނގުނީއެވެ. ކުރިއަށް ހަށިގަނޑު އަރިއަޅާލުމާއެކު ޒޯހަން އަތް ވިއްދާލީ ފާރުގައެވެ. މަޑުމަޑުން ފަހަތަށް އެނބުރުމާއެކު ޝިޔާރާ ބޯއަޅާލީ ޒޯހަންގެ މޭމަތީގައެވެ. ޒޯހަންގެ ހިތް އުފަލުން ނަށަންފެށިއެވެ. އިހުތިޔާރަކާއި ނުލާ ހެވުނެވެ. ދެލޯ ފުރިގެން ދިޔުމާއެކު ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމުގެ ކުރިން ދަތްދޮޅީކޮޅުން ވެއްޓި ގެއްލުނީ ޝިޔާރާގެ އިސްތަށިގަނޑު ތެރެއަށެވެ. ޒޯހަންގެ މެދުހަށީގައި ޝިޔާރާގެ ދެއަތް ވަށާލާފައިވީ ނަމަވެސް އެހަށިގަނޑުގައި ޒޯހަންގެ އިނގިލި ކުރި ޖައްސާލާކަށް ވެސް ބޭނުމެއްނޫނެވެެ. ޝިޔާރާ ހީކުރާނެ އެއްޗެއް ނޭނގޭތީ ހިތް ބިރުގަތީއެވެ. އެހާ އަވަހަށް އިތުބާރު ގެއްލެން ބޭނުން ނުވަނީއެވެ. ކުރިމަތީގައި ހުރި ޑްރެސިންގ ޓޭބަލްގެ ލޯގަނޑުން ފެންނަން ހުރި ދެމީހުންގެ ސޫރައަށް ބަލަހައްޓައިގެން ހުރި ޒޯހަން ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓުގެ މޭމަތިން ތެތްކަމެއް އިހުސާސް ކުރެވުމާއެކު ޝިޔާރާގެ ދެއަތުގައި ހިފާ ލަސްލަހުން ދުރުކޮށްލިއެވެ. ޒޯހަންއަށް ބަލާނުލާ އިރުކޮޅަކު ޝިޔާރާ ހުރުމަށްފަހު މަޑުމަޑުން ޒޯހަންގެ އަތްތިލަ ނަގާ ޝިޔާރާގެ މޭގައި ޖައްސާލުމަށްފަހު އެ އަތްތިލަ ދެން ޖައްސާލީ ޒޯހަންގެ މޭގައެވެ. ޝިޔާރާ އެބުނީ ކީކޭ ކަން ޒޯހަންއަށް މާބޮޑަށް ވެސް އެނގުނީ ކަންނޭނގެއެވެ. ފެނުނީ ޝިޔާރާގެ ކުޑަކުޑަ ހަށިގަނޑު ޒޯހަންގެ ހަށިގަނޑާލައި ބޮނޑިކޮށްލިތަނެވެ. ޒޯހަންގެ މެއާއި ހަމައިގާ ހުރި ޝިޔާރާގެ ބޮލުގައި ޒޯހަންއަށް ބޮސްދެވުނު އަދަދެއް ވެސް ނޭނގެއެވެ. މިދުވަހަށް ކެތްތެރިކަމެއް ނެތި ޒޯހަން އިންތިޒާރު ކުރާތާ ކިހާ ދުވަހެއް ހެއްޔެވެ؟ މިއަދު ޒޯހަންއަށް ލޯބި ލިބިއްޖެއެވެ. ބޭނުންވަނީ ލޯބިވާ މީހާގެ ހިތް ލޯބިން ފުރާލަދޭށެވެ. ދެގޮތެއް ނުވެ އަބަދުވެސް ކައިރީގައި ހުންނާނަން ކަމުގައި ބުނެ ވައުދު ވާށެވެ. ޒޯހަން ޝިޔާރާގެ ހަށިގަނޑަށް ދޫދިނުމާއެކު ކުޑަކޮށް ދުރުވެލުމަށްފަހު ދެއަތް ދެއަތާއި ގުޅުވާލާ މޮޑެން ފެށުނީ ކުރެވުނު ކަންތައް އިހުސާސް ކުރެވުމުންނެވެ. ޒޯހަން ދެކެ ލޯބިވާ ކަމުގައި ފާޅުގައި އެއްބަސް ވެވުނީއެވެ. ކައިރީގައި ހުރި ޒޯހަންއަށް ބަލާލަން ވެސް ނުކެރުނެވެ. ޒޯހަން ޝިޔާރާގެ މޫނުގެ ދެފަރާތުގައި ހިފާ ލަސްލަހުން އުފުލާލިއެވެ. އިސާހިތަކު ޝިޔާރާގެ ދެލޯ ޒޯހަންގެ ދެލޮލާއި ބައްދަލުވެގެން ދިޔައެވެ. މިހާތަނަށް ދެމީހުންގެ ހަތަރުކަޅި ބައްދަލުވި މީ ފުރަތަމަ ފަހަރެވެ. ދެއަތުން ކަންފަތުގެ ފޫޅުގައި ޝިޔާރާ ހިފާލުމަށްފަހު މާފަށް އެދުމުން ޒޯހަން ކައިރިއަށް ހިނިއައެވެ. ބަދަލުގައި ޒޯހަން ޝިޔާރާގެ ނިއްކުރީގައި ތުންފަތް ޖައްސާލުމަށްފަހު ހީލިއެވެ. ޝިޔާރާގެ ހިނިތުންވުން ފެނުމުން ޒޯހަން ހިނދުކޮޅަކަށް ބަސް ހުއްޓުނެވެ. އެހިނިތުންވުމަށްޓަކައި ޒޯހަން މަރުވެސް ވެދާނަމޭ އެވަގުތު ހިތަށް އެރިއެވެ. ލެއްވި ރަހްމަތަށްޓަކައި އުފާކޮށް ވީއެންމެ އަވަހަކަށް ޝިޔާރާ ޒޯހަންގެ އަންބަކަށް ހަދާނެ ކަމުގައި އަމިއްލަ ނަފްސަށް ވައުދެއްވިއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ހާލާ ދެލޮލުން ފޭދިފައި ހުރި ކަރުނަތައް އެއްއަތުން ފޮހެލުމަށްފަހު ހިނގައިގަތީ އެކުވެރިޔާއަށްޓަކައި އުފާ ކުރަމުންނެވެ. ހާލާ އާއި ޒޯހަންގެ ރޭވުން މާބޮޑަށް ވެސް ކާމިޔާބުވީއެވެ.

 

މެކާހިޔާއަށް މިއަދު ކުޑަކުޑަ އީދެއް އައިސްގެން އުޅޭހެން ހީވަނީ ޒޯހަން އެނބުރި އަންނާތީއެވެ. ކާމޭޒުމަތި ފަޅުފިލުވާފައި ވަނީ އެކި ވައްތަރުގެ ކާއެއްޗެހި ތަކުންނެވެ. މުޅިން ވެސް ޒޯހަންއަށް ކަމުދާ ބާވަތްތަކެވެ. ގިނައީ ޔަޝްމީ ތައްޔާރުކޮށްފައި ހުރި އެއްޗެއްސެވެ. ލަތާގެ އަމިއްލަ އަތުން ތައްޔާރުކޮށްފައިވާ ދެތިން ވައްތަރު ހުއްޓެވެ. ނޫރީވެސް ހުރީ ލޯބިވާ ދަރިފުޅު ދޮޅުމަސް ފަހުން ފެންނާތީ އުފަލުން ފުރިފައެވެ. ގޭޓުން ވަދެގެން އައި ކާރު ގަރާޖުގައި ބޭއްވުމަށްފަހު ޒޯހަންއާއި ޝަޒަން ގެއަށް ވަންނަން އައިއިރު ޝަޒަންގެ އަތުގައި ހިފާލައިގެން ހެވިލާފައި ހާލާ ވެސް ހުއްޓެވެ. ގެއަށް ވަންނަމުން ޒޯހަން ލޮލުގައި އަޅާފައި އިން އަވި އައިނު ނެގުމަށްފަހު ބޮލުގެ ފަހަތުން އަޅުވާލިއެވެ. އެއަށްފަހު ނޫރީގެ ގައިގާ ބައްދާލަމުން ހީލިއެވެ. އޭރު ސާރާވެސް އައިސް ހާލާގެ ގައިގާ ބައްދާލިއެވެ. ނޫރީއާއި ލަތާއާއި ދެމެދުގައި ހީގަނެގެން ހުރި ޒޯހަން ފެނުމާއެކު ސާރާ ޝިފްނީ މަތިން ހަނދާންވެ ކަރު އެލުވާލިއެވެ. ދޮންބެދައްތައަށް މަރުހަބާ ކިޔަން ތިރިއަށް ފައިބަން ޝިފްނީ ކައިރީގައި ބުނެވުނު އަދަދެއް ވެސް ނޭނގެއެވެ. ސާރާއާއި ދިމާލަށް ނުދާނަމޭ ވެސް ނުބުނެއެވެ. އެހެންނަމަ ވެސް ކޮޓަރިން ނުނިކުމެ އޮތުމުން އިތުރު އެއްޗެއް ބުނަން ސާރާ ބޭނުންނުވީއެވެ. “ދަރިފުޅާ ޝިޔާރާ ރަނގަޅުދޯ. ކޮންތާކަށް އެމަންޖެ ދިޔައީ” މައިންބަފައިންނަށް ދޮގު ހަދަން ފަސްޖެހިފައި ހުރި ޒޯހަން އެއްޗެއް ބުނަން އަނގަ ހުޅުވާލުމާއެކު ހާލާ ޖަވާބުދިނެވެ. “ޝިޔާ ބޭނުންވީ ވަކިން އުޅެން. އެހެންވެ ޝުކުރު އަދާކޮށްފަ ދިޔައީ. ގޭމީހުންނާއި ފަހުން ބައްދަލުކުރާނެ ވާހަކަ ބުނި” ޝަޒަން ކައިރީގައި އިން ހާލާ ހީލިއެވެ. “ބޮއްތާ ކޮބާ ޝިނީ” ޒޯހަން އަހާލިއެވެ. “އެބަ އޮތް ކޮޓަރީގައި. އެއްވެސް ކަމެއް ކުރާކަށް މޫޑެއް ނެތޯ” ސާރާ ދޮގު ހަދާކަށް ބޭނުމެއް ނުވިއެވެ. އެންމެން އެއްކޮށް މެންދުރު ކައިގެން ޒޯހަން ވަނީ ކޮޓަރިއަށެވެ. އެއަށްފަހު ފޯނު ނަގާ ޓައިޕް ކުރަން ފެށިއެވެ. މާލޭގައި ހުރި ޝަޒަންއާއި ވާހަކަދައްކައިގެން ޒޯހަން އެއްކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހޯދީ ހަމައެކަނި ޝިޔާރާއަށްޓަކައެވެ. އެގޭގައި ޝިޔާރާއަށް ބޭނުންވާނެ ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު ބޭރު އަންހެނެއް ވެސް ބެހެއްޓީ ޝިޔާރާ އެއްކޮށް އަދިވެސް ރަނގަޅު ނުވާތީ މަސައްކަތް ކުރުމަށެވެ. އެކަން އެނގެނީ ހާލާ އާއި ޝަޒަންއަށް އެކަންޏެވެ. ޒޯހަންގެ ބަހަށް ގަދަރުކުރުމަށްޓަކައި ޝިޔާރާ އަށް އެގޮތް ގަބޫލުކުރީއެވެ. ޝިޔާރާއަކީ ކިޔަވާފައި ހުރި ކުއްޖަކަށް ވުމުން ތަފާތު ފޮތްތަކާއި ގޭތެރޭގައި ފޫހި ނުވާނޭ ހުރިހާ ގޮތްތަކެެއް ޒޯހަން ހުރީ ފަހިކޮށްދީފައެވެ. ލެޕްޓޮޕާއި ފޯނާއި ގެވެސް ހުރީ ވައިފައި ކޮށްދީފައެވެ. ޝިޔާރާ ބޭނުންކުރަން ލާރި ވެސް ނުހިފަން އުޅުމުން ހުރީ ޝިޔާރާގެ އަތްދަބަހަށް ލާފައެވެ. ޝިޔާރާއާއި ބައްދަލު ކުރަން އަންނާނެ ކަމުގައި ބުނީ މޫނުގައި ފިރުމާލާފައެވެ.

 

އާދުވަހަކަށް އިރު ފެނުން ތޮޅިލުމާއެކު ޒޯހަން އަވަސްވެގަތީ ޝިޔާރާ މިހާރު ބަނދެވިފައި ހުރި ގޮށުން ސަލާމަތްކުރުމެވެ. ކޯރޓަށް ގޮސް އެކަން އޮންނަ ގޮތް ސާފުކޮށް ފޯމް ގެނެސްދީ ޝިޔާރާގެ ސައިޑުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމާލީ އެއްދުވަސްތެރޭގައެވެ. ހެނދުނުގެ ސައި ބުއީވެސް ޝިޔާރާގެ އަތުންނެވެ. ޒޯހަން ވެސް ނޫރީގެ ޝަކުވާތައް ކުރިމަތިވެދާނެތީ އިރުއޮށްސުނުތަނާ ގެއަށް ވަނީ ވަންނަ ހިތަކުން ނޫނެވެ. ނޫރީ ލޯބިން ވާހަކަދެއްކުމުން ޒޯހަން އުފާވިއެވެ. ލަތާވެސް އުފަލުން ހުރީ އިރު ޒޯހަން އަށް ނޭނގުނީ މަންމަ އާއި ބައްޕަ އުފާވާންވީ ސަބަބެކެވެ. މިރޭގެ ކެއުމުގައި ޒޯހަން ކައިރީގައި މުހިއްމު ވާހަކަތަކެއް ދައްކަން އޮތް ކަމުގައި ބުނެލުމުން ވެސް ޒޯހަންގެ ހިތަށް މާބޮޑު އެއްޗެއް ނޭރިއެވެ. އެއަށްވުރެ ބޮޑަށް ޒޯހަން ވަނީ އުފާވެފައެވެ. ޝިޔާރާއާއި އެކީގައި ހޭދަވާ ކޮންމެ ވަގުތެއް އެއީ ޒޯހަންއަށް އެތައް އުފަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭ ވަގުތެކެވެ. ޒޯހަންއަށް ނޭނގުނީ ޖެހެން އުޅޭ ކަޅު ބޯ ވިލާގަނޑުގައި ކިހާ ބާރެއް ހުންނާނެކަމެވެ.

 

ފޯނަށް ބަލަހައްޓައިގެން ހުރެ ކޮޓަރިން ނިކުތް ޒޯހަންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ޒޯހަންއަށް ފުރަގަހަށް ސިޓިންގްރޫމުގައި ހަބަރަށް ގެއްލިފައި އިން ނޫރީއަށް ޒޯހަން ނުފެނުނަސް އެވަގުތު ބަދިގެއިން ލައިލް އުރާލައިގެން ނިކުތް ރާކީއަށް ވަރަށް ރީތިކޮށް ޒޯހަން ފެނުނެވެ. އެވަގުތު އެހިނިތުންވުމުގެ މާނަ ޒޯހަން ނެގީ އެހެންގޮތަކަށެވެ. “ދަރިފުޅާ ކުޑަމީހާ ނިދީތަ؟ އެހެންވިއްޔާ ދާންވީނުން އަރުހަމް އާއި ޔަޝްމީ ކޮބާތޯ ބަލާލަން އެބަޔަށް ގޮށްސަ އަންނަން. މަންމަ ދެފަހަރަކު ގުޅާލުމުން ވެސް ޔަމީ ނުނަގާ ފޯނެއް” ޒޯހަން އާއި ދިމާކޮށްލަން ދިޔަ ރާކީ މިސްރާބުޖެހީ ދޮރާއި ދިމަލާށެވެ. ކާމޭޒު ކައިރީގައި ޒޯހަން އާއި ނޫރީއަށް އިށީނދެވުނީ ދާދި އެކުއެކީގައެވެ. އެހެންކަމުން ދެމީހުންނަށް ވެސް އެކީގައި ހެވުނެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ތިބީ އަރުހަމް އަންނަން ދެނެވެ. އަރުހަމް އާއި އާރިކް ދޮރުން ވަދެގެން އައީ އެކުއެކީގައެވެ. ފަހަތުން ޔަޝްމީ އާއި ރާކީ ވެސް އައިސް ގޮނޑީގައި އިށީނެވެ. ހިމޭންކަމާއެކު ކައި ނިންމާލުމަށްފަހު ނޫރީ އިސްވެ ވާހަކަދައްކަން ފެށިއެވެ. “ޒޯން ކައިރީގައި ބައްޕަ އާއި މަންމަ ދައްކަން އުޅުނު ވާހަކައަކީ ދަރިފުޅުގެ ކައިވެނި ހަމަޖެހުނު ވާހަކަ. ބައްޕައަށް އެނގޭ ކިތަންމެ ދުވަހެއް ވިޔަސް ޒޯން މިކަމާއި ނުވިސްނާނެކަން” ފެންތަށި ތުނބުގައި ޖަހައިގެން އިން ޒޯހަން ބާރަށް ކެއްސަން ފެށިއެވެ. އޭނައަށް މިލިބުނީ ކޮންފަދަ ނުބައި ހަބަރެއް ހެއްޔެވެ؟ މީ ހަގީގަތެއް ބާއޭ ހިތަށް އެރިއެވެ. ނޫރީ ކުރިމަތީގައި ދެކޮޅަށް އެއްޗެއް ބުނާކަށް ވެސް ޒޯހަން އަށް ނުކެރުނެވެ. “ކާކާ” ޒޯހަން އަށް އަހާލެވުނު އެއްޗަކީ އެއީއެވެ. “އެއީ ބައްޕަގެ އެކުވެރި ހުސްނީގެ ދަރިފުޅު ނިއާ. ލަތާ ފޯނުން ދައްކަބަލަ އެމަންޖެގެ ފޮޓޯ” ޒޯހަން ވީ ދެރައިން ހިތް މަރުވި ކަހަލައެވެ. މިހެން ވާނެކަން ޒޯހަން އަށް ކުރިން އެނގުނު ނަމައެވެ. ލަތާ ދައްކާލި ފޮޓޯ ޒޯހަންއަށް ފެނުނީ ފުސްކޮށެވެ. “ރީތިތަ؟” ލަތާ އަހާލިއެވެ. ޒޯހަން އަށް އިނދެވުނީ ސިކުނޑީގައި އެނބުރެމުންދިޔަ ޝިޔާރާގެ ތަސްވީރަށް ގެއްލިފައެވެ. “އާނ މަންމާ އެއީ ވަރަށް ރީތި ކުއްޖެއް. އަޅުގަނޑު އިންނަން ބޭނުން. ވަރަށް ލޯބިވެސްވޭ. ވަރަށް ބޮޑަށް” ހިޔާލަކަށް ގެއްލިފައި އިން ޒޯހަން އެދައްކަނީ ޝިޔާރާގެ ވާހަކަ ކަން އެނގޭނީ ކާކަށް ހެއްޔެވެ؟ ނޫރީ އާއި ލަތާ އެކަކު އަނެކަކަށް ބަލާލަމުން ވަރަށް ބޮޑަށް ހީލިއެވެ. “ކޮބާ ދޮންތާ ޔަމީ ނުބުނަންތަ. ޒޯން ލޯބިވި ކުއްޖާ އެއީ ކަންނޭނގެއޭ” ސިހިފައި ޒޯހަން ބަލާލީ ޔަޝްމީއަށެވެ. “އާނ. ޔަމީ ވަރަށް ސީދާ އެނގޭ” ރާކީ ވެސް ޔަޝްމީއާއި އެއްބައި ވެލިއެވެ. ޒޯހަން އިނީ ވާނުވާ ނޭނގިފައެވެ. ޝިޔާރާގެ ވާހަކަ ބުނުމަށް ދެތިން ފަހަރު އަނގަ ހުޅުވިއްޖެއެވެ. ވާންމިއުޅެނީ ކީއްބާއެވެ؟ ޒޯހަން ބޯ ހާސްވެއްޖެއެވެ. ދުރުގައި ހުރި ޝަޒަން އަށް ޒޯހަންއަށް ވަމުންދާ ގޮތް ފެނުމާއެކު އަވަސް އަވަހަށް ކައިރިއަށް އައިސް ވާހަކައިގެ މައުލޫ ބަދަލުކޮށްލިއެވެ. “ޒޯން ހިނގާބާ ލެޕް ކައިރިއަށް އެއްޗެއް އަޅާލަން” އެގޮތް ބޭނުންވެފައި އިން ޒޯހަން އިންތަނުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. “ސޮރީ މޭން. މިކަން ކުރިން މަށަށް އެނގޭ. ޒޯން ކައިރީގައި ބުނަން ނުކެރުނީ. އެކަމަކު ޒޯން އެއަންހެން ކުއްޖާއާއި ކައިވެނިކޮށްފިނަމަ ޝިޔާރާއަށް އެދެވުނީ ވަރަށް ބޮޑު ދެރައެއް. ޝިޔާގެ ކޮން ކުށެއް އޮތީ އޭނައަށް އަދަބު ލިބެން. ޕްލީޒް. ވިސްނާފަ ނޫނީ ގޮތެއް ނުނިންމާތި” ޝަޒަންގެ ވާހަކަތަކުން އިތުރަށް ޒޯހަންގެ ބޯގޮވުން ނޫން ކަމެއް ނުވިއެވެ. “ޕްލީޒް ޒޭން އިހަށް ދޭ. ލީވް މީ އެލޯން” އެނދުގައި އިށީނދެ މޫނުގައި ދެއަތުން އަތްއަޅާލި ޒޯހަން އަށް ރޮވެން ފެށުނެވެ. ޝިޔާރާއާއި ވަކިން އުޅުން އެއީ ޒޯހަންއަށް ކެއްވާނެ ކަމެއް ނޫނެވެ. ފުރާނަ ހަށިގަނޑާއި ދެތަންވާ ދުވަހުން ނޫނީ ޝިޔާރާއާއި ވަކިވުން އެއީ ޒޯހަން ކުރާނެކަމެއް ނޫނެވެ. ހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި ޒޯހަން ލޯބިވާނެ ހަމައެކަނި އިންސާނަކީ ޝިޔާރާއެވެ. މައިންބަފައިންނަށް ދެރައެއް ދޭން އެމީހުންގެ އުއްމީދުގައި ކޮޅުން ފައިން ޖަހާކަށް ޒޯހަން ބޭނުމެއްނުވޭއެވެ. އެހެނަސް ޝިޔާރާ ވަކިވާކަށް ވެސް ޒޯހަން ނުވިސްނާނެއެވެ.

އެއްވެސް ކަމެއް ޝިޔާރާއަށް ސިއްރު ކުރަން ބޭނުންނުވާތީ ޒޯހަން ތައްޔާރުވަމުން އެދަނީ ޝިޔާރާއާއި ބައްދަލުކުރުމަށްޓަކައި އެގެއަށް ދިއުމަށެވެ. މަތިން އަތްދިގު ޓީޝާޓެއް ލީ ވިއްސާރާ ދުވަސްކޮޅެއްކަމުން ފިނި ސަލާމަތްވުމަށްޓަކައެވެ. ބޮލުގައި ޖެލް ހާކަން ހުންނަ އިރު ތުނބުން ކޮންމެސް ލަވައެއްގެ ރާގު ކުޅެން ހުންނަ ޒޯހަންގެ މިރޭ އެއްވެސް ޖޯރެއް ނެތެވެ. ހިމޭންކަމާއެކު ކޮޓަރި ތެރޭގައި އުޅުމަށްފަހު ފޯނު ހިފައިގެން ކޮޓަރިން ނިކުންނަން އެޅި ފިޔަވަޅު ހުއްޓުނީ އެތެރެއަށް ވަން ލަތާ ފެނިފައެވެ. ލަތާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފެނި ޒޯހަން ވެސް ގަދަކަމުން ހީލިއެވެ. “ތަނަކަށް ދަނީތަ ދަރިފުޅު. މަންމަ މިއައީ ވާހަކައެއް ދައްކަން” މިހާ ހިސާބުން ޒޯހަންއަށް ޖެހުނީ މަންމަ ދައްކަން އުޅޭ ވާހަކަތައް އަޑުއެހުމަށް ވަގުތު ދޭށެވެ. “ލައްބަ މަންމާ. އެކަމަކު މަންމަ ތިދައްކަން އުޅޭ ވާހަކަ އަޑު އަހާލާފައި ދާނީ” ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާ ސެޓުގައި ހުރު ދިގު ގޮނޑީގައި އިށީންނަމުން ޒޯހަން ބުނެލިއެވެ. ޒޯހަން ކައިރީގައި ލަތާ ވެސް އިށީނެވެ. “ބައްޕަ އެވާހަކަ ބުނުމުން މިގުޅުމަށް ސީދާ ދަރިފުޅު ގަބޫލޭ ވެސް ނުވަތަ ނުގަބޫލޭވެސް ނުބުނޭ. އެހެންވީމަ ދަރިފުޅު ގަބޫލު ދޯ. މާދަމާ ހަވީރު ނިއާ އަންނާނެ މިގެއަށް. ދެކުދިން ބައްދަލުވެ ވާހަކަދައްކަން ވާނެ. އެއަށްފަހު ރަންކިޔާ ދުވަހެއް ނިންމާނީ” ލަތާގެ ވާހަކަތަކުން ޒޯހަން އިނީ ބޯގޮވާފައެވެ. ޒޯހަން އިންނާނެ މީހެއް އެނގޭނީ ޒޯހަންއަށެވެ. އެމީހަކާއި އެކު ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރަންޖެހޭނީ ޒޯހަންއަށެވެ. މަންމަ އާއި ބައްޕައަކަށް ނޫނެވެ. މަންމާއާއި ދިމާލަށް މިގޮތަށް ބުނެވޭނެ ނަމައެވެ. “މާދަމާއޮފީސް ބަންދުކުރަން ޔާނިއު ކައިރީގައި މަންމަ ބުނެލާނަން. މާދަމާ ހާއްސަ ދުވަހެއްނު. ދަރިފުޅު ތިދާ ތަނަކަށް ދެން ދިޔަސް އެންމެ ރަނގަޅު. އެކަމަކު އަވަހަށް ގެއަށް ވަންނައްޗެ” ޒޯހަންގެ މޫނުގައި ފިރުމާލުމަށްފަހު ލަތާ ނުކުމެގެން ދިޔައިރު ވެސް ޒޯހަން އިނީ ދުލުގައި ތަޅުލެވިފައި އިން މީހެއް ފަދައިން ލަތާ ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ.

ކުރިން އެއްވެސް ވަރަކަށް ހިނިތުންވުމެއް ނުހުންނަ ޝިޔާރާގެ މޫނުމަތި މިހާރު އަބަދު ހުންނަނީ އުޖާލާވެފައެވެ. ލޯބިވާ ޒޯހަން އެގެއަށް އަންނަކަން އެނގުމުން ކޮޓަރިއަށް ވަދެ ވަރަށް ރީތިކޮށް ތައްޔާރުވެލިއެވެ. އެފަދަ އަޅާލާ ބައިވެރިއެއް ޝިޔާރާއަށް ދެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރު ކުރިއެވެ. މިފަދަ އުފާވެރި ދުވަސްތަކެއް ޝިޔާރާގެ އުމުރުގައި އައިސްދާނެކަމަށް ދުވަހެއްގައި ވެސް ހީކުރެވިފައެއް ނެތެވެ. ޒޯހަންއާއި އެކުގައި މުޅި އުމުރަށް ލައްވާތޯ އަބަދު ހުރެވެނީ ދުއާ ކޮށްލަ ކޮށްލައެވެ. ޑްރެސިންގްޓޭބަލް ކުރިމަތީގައި ހުރި ޝިޔާރާ ބޮލުގައި ފުނާ އެޅުމަށްފަހު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލީ ހެއަރބޭންޑެއް އަޅާލާފައެވެ. މަޑުނޫކުލައިގެ ގަމީސްކޮޅުން ފޫކޮޅު ފޮރުވެއެވެ. ކަޅުކުލައިގެ ސްކިނީ ހެއުވަރުކޮށްލުމަށްފަހު ދެކޮޅަށް އެނބުރިލާ އަމިއްލަ ސޫރައަށް ބަލާލިއެވެ. މިރީތިކަން ޝިޔާރާ ދައްކަން ބޭނުން ހަމައެކަނި ފަރާތަކީ ޒޯހަންއެވެ. މިރޭ ޝިޔާރާ ފެނި ޒޯހަން ތަލިން ކުޅުހިކޭނޭ ހިތަށް އެރުމާއެކު އަމިއްލައަށް މޫނުމަތީގައި އަތް އަޅާލެވުނެވެ. ކޮޓަރިތެރެއިން ނިކުމެވެން ހުރި ބެލްކަނިން ކާރެއްގެ ބަރުގޮނު އަޑު އިވުމާއެކު ދުވެލާފައި ޝިޔާރާ ގޮސް ބަލާލިއިރު ޒޯހަން ގޭތެރެއަށް ވަންނަނީއެވެ. އަވަސް އަވަހަށް ދެވަނަ ފަހަރަށް ލޯގަނޑުން ބަލާލުމަށްފަހު އަނެއްކާ ޝިޔާރާ ގޮސް ހުއްޓިލީ ބެލްކަނީގެ ދަގަނޑު ކައިރީގައެވެ. ޒޯހަން އައިސް ހުއްޓޭނީ ހަމަ އެތަނުގައިކަން ޝިޔާރާ އަށް އެނގޭ ކަހަލައެވެ. ކޮޓަރިއަށް ވަދެގެން އައި ޒޯހަން އައިސް ހުއްޓުނީ ބެލްކަނީގައެވެ. ޝިޔާރާ ކުރިމަތީގައި ތަންކޮޅެއް ދުރުގައެވެ. ޝިޔާރާގެ ލޯބިވެތި ސޫރަ ފެނި ޒޯހަން އާޝޯހްވިއެވެ. އެހެން ދިމާލަކަށް ބަލާލަން ކަޅި ނުކުޅެދުނެވެ. ކައިވެނީގެ ވާހަކަ ދެކެވުނު ހިސާބުން ފެށިގެން މިވަގުތާއި ހަމައަށް ޒޯހަންގެ ސިކުނޑީގައި އެނބުރެމުން ދިޔަ ކަންތައްތައް އެލޯބި މޫނު ފެނި ހަނދާންނެތުނެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ޝިޔާރާއާއި ކައިރިއަށް ޖެހެމުން ދިޔައެވެ. އެންމެފަހަށް ޒޯހަންއަށް ކޮންޓްރޯލްނުކުރެވުނީ ޒޯހަންގެ ބެލުންތަކުން ލަދުގަނެފައި ހުރި ޝިޔާރާ ހީލުމުން ދެކޮލަށް އެޅިގެންދިޔަ އަޑިކޮޅު ފެނިފައެވެ. ޝިޔާރާގެ ތުނިތުނި ހަށިގަނޑުގައި ވަރަށް ބާރަށް ބައްދާލިއެވެ. ހީވަނީ ދުވަހަކު ވެސް ދޫނުކުރުމަށް ހުވާ ކޮށްގެން ހުރި ހެންނެވެ. ޒޯހަންގެ ހަށިގަނޑުގައި ޝިޔާރާގެ ދެއަތް ވަށާލިކަން ޒޯހަންއަށް އިހުސާސް ވުމާއެކު ކުރިއަށް ވުރެ ވެސް ބާރަށް ޝިޔާރާގެ ހަށިގަނޑަށް ބާރުކޮށްލިއެވެ. އެއަށްފަހު ޝިޔާރާގެ ދޮން ކޯތާފަތުގައި ބޮސްދިނެވެ. ލަދުން ވިރިވިރި ހުރި ޝިިޔާރާ މޫނު އެއްފަރާތް ކޮށްލުމާއެކު ޒޯހަން އެކަންފަތްދަށުގައި ބުނި އެއްޗެއް އަޑު އިވުމާއެކު ޝިޔާރާގެ ދެލޯ ބޮޑުވިއެވެ. “ޕްރިންސަސް. މެރީ މީ. އައި ކާންޓް ވެއިޓް” ޝިޔާރާ ޒޯހަންގެ މޫނަށް ބަލާލީ ގަބޫލު ނުކުރެވިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 47

Next

ހައްގަކަށް ތީ މަގޭ ވުން ނިކަން ބޭނުމޭ….

Next
March 16, 2016

ހައްގަކަށް ތީ މަގޭ ވުން ނިކަން ބޭނުމޭ….

Previews
March 16, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 47

19 Comments!

  1. Ninni says:
    March 16, 2016 at 2:11 pm

    Wow..
    Vaahaka v reethi..
    Nxt part avahah up kohdheebr

  2. xee xee says:
    March 16, 2016 at 2:12 pm

    Hei… story is very beautiful. Omg…. plx plx zon shiyaa dhemyhun gulhuvaa ny… hehe im first lol 🙂 🙂 :*)♡♡

  3. Aimsithu says:
    March 16, 2016 at 2:20 pm

    Alhey zoan. .. kommes shiyaa dhookoh nulaathi

  4. princess says:
    March 16, 2016 at 2:31 pm

    Vrh vrh vrh rythi….avahah up khdhybaplzzzzzzzzz

  5. Zu says:
    March 16, 2016 at 2:35 pm

    Wow wow cant wait for the next part.. please up kurahchey awahh.. please please

  6. Aayaa says:
    March 16, 2016 at 3:20 pm

    Wow it’s beautiful. Next part plx

  7. Appy says:
    March 16, 2016 at 3:59 pm

    Itx awesome story. ..plx avahah up kohdhehcheyy next part

  8. Nis says:
    March 16, 2016 at 4:08 pm

    V reethi mivaahaka.konmes shiyaa a joahan marry kuru vah chey nooni story v hadai vaane

  9. Zaanaa says:
    March 16, 2016 at 5:12 pm

    Wow haada reechay next part keyaa hethun kehmaduvefa

  10. zeee says:
    March 16, 2016 at 8:02 pm

    Varah varah varah reethi..☺☺

  11. mariyam says:
    March 16, 2016 at 8:16 pm

    Wow Varah reethi… avahah up kohdheeba plx…

  12. Mar Sha Marsha says:
    March 16, 2016 at 10:39 pm

    Ooohhh rythi kannnn… Shiya avahah yes buney.. adhi Zohan ves vaane Shiya aa marry kuran.. ushaali dhen e dhe kudhin dhuru nukuraathi plz..

  13. Sithi says:
    March 18, 2016 at 5:05 pm

    When is next part??
    Kiyaa hithun keh madhuvani..

  14. Shaai says:
    March 18, 2016 at 5:35 pm

    Ushalee mifaharu haadha lahey update vaaleh. Dhen vaane gotheh balaala hithun kehmadhuvefa

  15. princess says:
    March 18, 2016 at 11:52 pm

    Ushaali….kn irakun nxt prt

  16. aff says:
    March 19, 2016 at 11:23 am

    hei ushaali .. alhe up nukurany kyhve tha ? .. plx up kohbala .. waitinn .. 🙁

  17. Ram says:
    March 19, 2016 at 11:56 am

    V reethi vaahaka.masala akee up kuraale las kamun.

  18. Zaanaa says:
    March 19, 2016 at 1:42 pm

    Kobaa next part mefaharu haada lasvanee avahah up kohdheeba pls pls

  19. aff says:
    March 19, 2016 at 6:46 pm

    ushaaaaali … plxxx mi storyyyy up kohdheebah … puleeez ushaa ..

Comments are closed.

Next Episodeފުންއަސަރު 14←


All Right Reserved!