އެކުގައިވާނަން-33
ޓީވީ ކުރިމަތީގައި ކޮފީތަށި ހިފައިގެން ކައިލާން އިނީރު އޭނާ އިނީ ހިނިތުންވެލައިގެންނެވެ. އެދުވަހަަށް ފަހު އޭނާ ހަމައަކަށް އެޅުނީ އަދި މިއަދު އެވެ. ހަމަޖެހިލައިގެން ސައިބުއިގެން ތަށިދޮވެފައި އަނެއްކާ ވެސް ޓީވީ ކާރިއަށް ދާން އުޅެނިކޮށް ދޮރުގައި ޓަކި ދިނެވެ. ކައިލާން ގޮސް ދޮރު ހުޅުވާލުމާއި އެކީ އޭނާގެ މޫނުމަތީވީ ހިނިތުންވުން އެއްކޮށް ގެއްލުނެވެ.
*ޕާރޓް-33*
އޭރު ދޮރުމަތީގައި އަތަށް ފްރުޓް ބާސްކެޓެއް ލައިގެން އެހުރީ ހަޔާ އެވެ. ކައިލާން އަށް ހަޔާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހަޔާ ވެސް ބަހެއް ނުބުނެ އިނީ ކައިލާންގެ ދެލޮލަށް ބަލާށެވެ. އެދެމީހުންގެ “ސްޓެއަރިން ކޮމްޕެޓިޝަން” ފޫއަޅުވާލީ ޔަސްރާގެ އަޑުންނެވެ. ޔަސްރާ އައިސް ގޭތެރެއަށް ވަނެވެ. އަދި ކައިލާން ގާގައި މަޑުމަޑުން ބައްދާލިއެވެ. ކައިލާން ވެސް ޔަސްރާގެ “ހަގް” އަށް ރައްދުދިނެވެ.
“ކީއްވެ އަހަރެމެން ކާރިޔަށް ނައީ..؟” ދުރުވެލަމުން ޔަސްރާ އަހާލިއެވެ.
“ކަމެއް ނުވޭ.. ކޮންގްރާ ޔަސް.. ފިރާޝާ ވެސް ޖަލަށް ލެވިއްޖެ ދޯ..” އެދެކުދިން ގޭތެރެއަށް ވަނުމުން ކައިލާން ދޮރު ލައްޕާލިއެވެ.
“ޔާހް.. ބައްޕަ އައިސް ވަރަކަށް މަޢާފަށް އެދުނު.. ސުފްޝާގެ ހާލު ނެތިން ބަލާކަށް ވެސް..” ޔަސްރާ ބަދިގެއިން ގޮނޑިއެއް ދަމާލާފައި އިށީނެވެ.
“ޝަޔާން ވެސް އަމިއްލަ އަކަށް ސޫސައިޑް ވީ..” ހަޔާ ވެސް އެކުދިންގެ ވާހަކައިގައި ބައިވެރިވިއެވެ.
“ކޮންމެ އަކަސް.. އަހަރެންނަށް ބޮޑު ރިލީފް އެއް..” ޔަސްރާ ހިނިތުންވެލަމުން ބުނެލިއެވެ. ތެދެކެވެ. އޭނާ އަށް މިހާރު އެއްވެސް ނުރައްކަލެއް ނެތެވެ.
“ކޮން އިރަކުން ޔޫ ގާއިޒްގެ ވެޑިން އޮތީ..؟” ކައިލާން ވެސް ޔަސްރާ ކުރިމަތީގައި އިށީނެވެ.
“އަޒްހާން ރަގަނޅުވި އިރަކުން.. އިންޝާﷲ ވަރަށް އަވަހަށް..” ޔަސްރާ ހުރީ ހިނިތުންވެލާގެންނެވެ.
އެތިން ކުދިން އެތަކެއް ވާހަކައެއް ދައްކަން ތިއްބެވެ. ސަކަރާތް ޖަހަޖަހާފައި އެތިން ކުދިން ވެސް ދިޔައީ ލައިބްރެރީއަށެވެ.
އަދިރިކޮށް އޮތް އެކޮޓަރި ތެރޭގައި ހިފާލެވިފައިވަނީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެނދުކައިރީގައި ގުޅަވެގަނެގެން އޭރު ސުފްޝާ އިނީރު އޭނާ އިނީ ބިރުން ތުރު އަޅައެވެ. އޭނާ ލައިގެން އިން އަތް ކުރު ޓީޝާޓްގެ ސަބަބުން އޭނާގެ އަތުގައި ހުރި ލަކުނުތަށް ފެންނަން ހުއްޓެވެ. ސުފްޝާ އަށް ހިތާ ހިތާ ކުދިކިޔެމުން ދިޔައެވެ. މިވަރުގެ ބޮޑު އަނިޔާ އެއް އޭނާ އަށް ލިބެންވީ އޭނާ ކުރި ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟
އެހެން ރުއިލަ ރުއިލަ ހުއްޓާ އަނެއްކާ ވެސް އެކޮޓަރި ދޮރު ހުޅުވާލާފައި ޝާޔަން ވަނެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ނުރައްކާތެރި ކަމެވެ. ސުފްޝާ އަށް އަނެއްކާ ވެސް ރުއިގަނެވުނެވެ. އޭނާގެ އަނިޔާވެރިޔާ އަނެއްކާ އޭނާގެ ކުރިމައްޗަށް އައީއެވެ.
“ކައިރި ނުވޭ.. ކައިރި ނުވޭ.. ދުރައްދޭ.. ހެޔޮނުވާނެ.. އާދޭސް ކުރަން..” ސުފްޝާ ހަޅޭ ލަވައިގަތެވެ. ޝާޔަން އަނެއްކާ ވެސް ހިނިތުން ވެލިއެވެ. އޭނާގެ ފިޔަވަޅުތަކަކަށް އެއް ވެސް ބަދަލެއް ނާދެއެވެ. އޭނާ އައިސް ސުފްޝާގެ ކާރީގައި އުޑުފައިން އިށީނެވެ. އަދި ސުފްޝާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތަށް ދުރުކޮށްލިއެވެ. ސުފްޝާ އޭނާގެ މޫނުއަނބުރާލިއެވެ. ޝާޔަން ގާތަށް ރުޅި އައެވެ. އޭނާ ސުފްޝާގެ ކޮލުގައިހިފައި އޭނާ އާއި ދިމާއަށް އަނބުރާލިއެވެ.
“ހަޔާތް ކުޑަ.. ކަލޭޔަށް މި އަދަބު ހައްޤު.. އެއީ ކަލޭގެ ލޯބިވާ މަންމަގެ ކަންތަށް..” ޝާޔަން އެހެން ބުނެ ތެދުވެގެން ގޮސް ކެކި ކެކި ހުރި ކުރާ ހިފައިގެން އައިސް ސުފްޝާގެ ދެފަޔަށް އަޅާލިއެވެ. ސުފްޝާ އަށް ހަޅޭ ލަވައިގަނެވުނެވެ. ނަގައިގެން ދިޔަ ދިލައިން އޭނާ އަށް ރޮއި ގަނެވުނެވެ. ތެޅި ގަނެވުނެވެ. ދުއްވައިގަންނަން ބޭނުނެވެ. އެކަމު އޭނާ ވަކި ދާނީ ކޮންތާކަށް ހެއްޔެވެ؟ އޭނާ ވަނީ ބަނދެފައެވެ. ސުފްޝާގެ ވޭނީ ހަޅޭކުގެ އަޑެއް ޝާޔަން ނާހައެވެ.
އަޒްހާން އޮތް އެނދުގައި އޭނާ ކާރީގައި އޮށޯވެލައިގެން އޮތް ލީވާން އޮތީ ހިނިތުންވެލައިގެންނެވެ. އަޒްހާން އާއި ދެމީހުން ބޮޑިކުޅެނީއެވެ. ލީވާން މޮޅުވާން ފެށުމުން އޭނާ ހުރީ ވަރަށް ވެސް އުފަލުންނެވެ. އަޒްހާން ބަލިވި ފަހުން އެއްމެންގެ ލޯތް ބާއި އަޅާލުން ބަރާބަރަށް އަޒްހާން އަށް ދިޔައީ ލިބެމުންނެވެ. އެކަމާއި ހެނދި އަޒްހާން ނުލާހިކު ފަޙްރު ވެރި ވެއެވެ.
“ބޮޑި.. ހަހަހަހަ.. ކޫދުން ރަގަނޅަށް ބަލައިގެންތަ ތިކުޅެނީ..” އަނެއްކަފަހަރަށް އަޒްހާން އަށް ބޮނޑިދެމުން ލީވާން ހީގަތެވެ. އަޒްހާން ވެސް ދެކޮޅަށް ބޯހޫރާލަމުން ގަނޑުތަށް ނެގިއެވެ.
“ކޫދޮންގެ ފަންކާފަޅި އެއް ތިއޮތީ..” ލީވާން ދިމާކުރަން ފެށިއެވެ.
“ތިހާވަރަށް ދިމާކުރަންޔާ ޖެހިދާން ދައްކޮށްލަން..” އަޒްހާން ވެސް ވަކި ދައްނުވާންވެގެން ބުނެލިއެވެ.
އެވަގުތު ރަފާ ކިރާން އުރާލާގެން އައިސް އެކޮޓަރިއަށް ވަނެވެ. ކިރާން އަށް އަޒްހާން ފެނުމުން ފުންމަން ފެށިއެވެ. އަޒްހާން ވެސް އުފާވެލާފައި ކިރާން އަށް ސަމާސާ ކުރަން ފެށިއެވެ. ކިރާންގެ ޅައަޑާއި އަޒްހާންގެ ހީލުމުގެ އަޑުން މުޅި ކޮޓަރިތެރެ ގުގުމަމުން ދިޔައެވެ. އަޒްހާންގެ ނަފްސާނީ ދުޅަހެޔޮކަންވެސް މިހާރު ދުވަހަކުން ދުވަހެއް ދަނީ ރަގަނޅު ވަމުންނެވެ.
ގޭތެރެއަށް ވަދެގެން އައި ހަޔާ ފެނުމުން ނަހާން ގޮވާލި އެވެ. ހަޔާ އައިސް އޭނާ ކާރީގާ ސޯފާގައި އިށީންދެލިއެވެ.
ނަހާން ހަޔާ ކާރީ ބުނީ ޔަސްރާ އާއި އަޒްހާންގެ ކައިވެންޏަށް ފަހު ހަޔާ ބޭރަށް ކިޔަވަން ފޮނުވާނީ ވާހަކައެވެ. ހަޔާ އުފާވިއެވެ. އެކަމު އޭނާ ދެރަވީ އޭނާގެ އާއިލާ އާއި ދުރަށްދާން ޖެހޭނެކަން އެނގުނީމައެވެ. އެކަމު ލިބުނު ފުރްސަތު އޭނާ ނަގާލާކަށް ބޭނުމެއް ނޫނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Mi part ves varah reethi
When next?
Luv you 😘
Thank you Ayaaa!! 🥰
Next part ves V avahah IA!
Love you more!! 💙😘
Mi part vx vrh reethi MA! 😍
Kailaan ge mood of vee haya fenunyma dhw 🤔
Sufsha ah Adhabu hahgu visnaalaba yas ah vaane varu
Finally Yas safe vehje dhw firaasha vx jail ga yay 😆
Alhey haya kailaan ah ehen nuhadhaa hadha dhera eyy 😭
Curiously waiting for the next part when’s next?
Lyy and Tc my best Author 💗✌️
Glad you like this part!!
Yes hayaa fenuneema kailan ge mood off v!!
Fr girl!!
Next part ves V avahah IA!!
Love you too!! You also take care my fav reader!!
Mi part ves varah reethi. Azhaan and yasra avahah marry kurachchey . cant wait to see you guys ge wedding. Curiously waiting for next part???
Thank you Miss jennie!!
Don’t worry darls they will marry!!
Next part ves V avahah IA!
MA…Vn this part ves!!✨🫶
Muxo buxy dhuvas kolheh dhw!!🥀🙈
Alhm..❤️🎀 Fearwell Axhern! Yas & You gonna marry soon Yay 😁
Shaayan Ur doing the thing You need to do Sufshaa!🥀🎀 Dhen,Sufshaa ge dhuvas dhuhvaalhaa eyrun emme Ragalheyy..😁
My beloved Yas ah dhen Ehves kamah nuvahjeyy!❤️🙈Alheyyy,Sufshaa Aai Yas mi ‘Eeee Same Daddy eh dhw!!🥀🎀
Ehnnoonee , Sufshaa akeee Hamaekani hithehneih anhennage Hama ekani Bbby tha?🙈
When’s next?😁
Lysm and tcxx of my pupil 🥀🎀🎀
HEYYY GIRLLL KAILAAN AND HAYAA GULHUVAABA ALHE ..HAYAA KIYAVAN FUREEMA KIHINEIH AA FHEN VAANEEE
Varah reethi mi part ves
Waiting for the next part
LOVE YAHH.!!❤️
Lets see dhw kailan and hayaa ah vaane goii!!
Thank you!!
love you too!!