Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-34

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
March 8, 2026 4 Mins Read
10 Comments

ގޭތެރެއަށް ވަދެގެން އައި ހަޔާ ފެނި ނަހާން ގޮވާލި އެވެ. ހަޔާ އައިސް އޭނާ ކާރީ ސޯފާގައި އިށީންދެލިއެވެ.

ނަހާން ހަޔާ ކާރީ ބުނީ އަޒްހާން އާއި ޔަސްރާގެ ކައިވެންޔަށް ފަހު ހަޔާ ބޭރަށް ކިޔަވަން ފޮނުވާނެ ވާހަކައެވެ. ހަޔާ އުފާވެސް ވިއެވެ. އެކަމު އޭނާ ދެރަވަނީ އޭނާގެ އާއިލާ އާއި ދުރަށް ދާންޖެހޭނެ ކަން އެނގުނީމައެވެ. އެކަމު ލިބުނު ފުރުސަތު ނަގާލާކަށް އޭނާ ބޭނުމެއްނޫނެެވެ.

*ޕާރޓް-34*

*އެއްމަސް ފަސް*

ހޯލްތެރެ އަޑުބައްދާލެވިފައިވަނީ މީހުން ވާހަކަދއްކާ އަޑުންނެވެ. އެއްމެންގެ މޫނުމަތިން ފެންނަން ހުރީ އުފާވެރިކަމެވެ. ހޯލްތެރެ އަލި ކޮށްލާފައިވަނީ ރީންދުލާއި އޮރެންޖް ކުލައިގެ ކުދި ބޮކި ތަކުންނެވެ. އެއްފަރާތުގައި އިން ބޮޑު މޭޒުގައި ކާއެއްޗެހީގެ އެކިވައްތަރުގެ ކާއެއްޗެހި ބަހައްޓާލެވިފައިވެއެވެ. ކައިވެނި ކުރެވުނު ދެމީހުންނަށް ހާއްސަކުރެވިފައިވާ  ސްޓޭޖްގައި އޭރު ޔަސްރާ އާއި އަޒްހާން ތިބީ އަތުގުޅުވާލައިގެންނެވެ. އޭރު ވެސް މީހުންތަށް ދަނީ ވަންނަމުންނެވެ. އުފާވެރި ހިނިތުންވުމަކާއި އެކީގައި އެދެމީހުން ދިޔައީ ވަންނަމުން ދިޔަމީހުންނަށް މަރުހަބާ ކިޔުމަށެވެ. އަޒްހާން ލައިގެން ހުރީ ކަޅުކުލައިގެ ސޫޓް އެކެވެ. ފުލް ބްލެކް ގައި އޭނާ ފެންނަލެއް ކިތަށް މެހާވެސް ހިތްގައިމެވެ. ޔަސްރާގެ ހާލަކީ ކޮބާ އެވެ؟ ލައިގެން ހުރި ބޮޑު ހުދުކުލައިގެ ގައުންގައި އޭނާ ހީވަނީ ރާނީ އެއްހެންނެވެ. އޭނާގެ ދިގު އިސްތަށިގަނޑު ވަނީ ދޫކޮށްލެވިފައެވެ. މޫނުމަތީވެސް ވަނީ ސިމްޕަލް މޭކް އަޕް އެއް ކޮށްލެވިފައެވެ. އަތުގައި އޮތް ކަޅާއި ހުދުގެ މާބޮޑި ވެސް ވަރަށް ރީއްޗެވެ.

އާއެކެވެ. އަޒްހާން އާއި ޔަސްރާގެ ކައިވެނި ކުރެވުނީއެވެ. އެދެލޯބިވެރިންގެ ހަތަރު އަހަރުގެ ގުޅުން ހަލަލާ ކުރެވުމުން އެއްމެން ވެސް ތިބީ ނުލާހިކު އުފަލުންނެވެ. އެއްމެ އުފާވެފައި އިނީ އަޒްހާން އެވެ. އެއްމެ ފަހުން ޔަސްރާ އޭނާގެ ހައްޤަކަށް ވީއެވެ. އޭނާ ޔަސްރާގެ މީހަކަށް ވީއެވެ. ޔަސްރާ އޭނާގެ މީހަކަށް ވީއެވެ. އޭނާ ޔަސްރާ ރައްކާތެރި ކުރާނެއެވެ. އުފާކޮށްދޭނެއެވެ.

ޔަސްރާ އާއި އަޒްހާން އަށް ބަލަހައްޓައިގެން ކައިލާން އާއި ހަޔާ ތިއްބެވެ. އދެކުދިން ވެސް ތިބީ ޔަސްރާ އަށްޓަކައި އުފާވެފައެވެ. ޔަސްރާ އަށް ރަގަނޅުގޮތް ދިމާވުމުންނެވެ. ހަޔާ ލައިގެން ހުރި ކަޅު ކުލައިގެ ދިގުހެދުން ވަނީ މޭމަތިން ރޫޖައްސާލެވިފައެވެ. އޭނާގެ ދޮންކަރު ވަނީ ހާމައަށެެވެ. އިސްތަށިގަނޑު ވެސް ވަނީ ހުޅިއަކަށް އައްސާލެވިފައެވެ. ކައިލާން ވެސް ލައިގެން އިނީ ކަޅު ކުލައިގެ ޖަމީހެކެވެ. ނަމަވެސް އޭނާ ވެސް ފެންނަލެއް ނުލާހިކު ފިރިހެންވަންތަ އެވެ. އެތަކެއް ކުދިންތަކެއްގެ ނަފްރަތުގެ ބެލުންތަށް ދިޔައީ އެދެކުދިންނަށް ހުއްޓެމުންނެވެ.

“އަޅެ އެދެމީހުން ހާދަ ކިއުޓޭ..” ހަޔާ ބުނެލިއެވެ. ކައިލާން ހިނިތުން ވެލިއެވެ. އެދެކުދިން ވާހަކަދައްކަން ތިއްބައި ހޯލްތެރެއަށް ވަދެގެން އައި ސުފްޝާ ފެނި ހުއްޓުންއެރިއެވެ. ސުފްޝާ އިނީ ކޮންމެވެސް ފިރިހެނެއްގެ އަތުގައި ހިފާގެންނެވެ. އެއީ ހަޔާ އަދި ކައިލާން ވެސް ދުވަހަކު ވެސް ދެކިފައި ނުވާ މީހެކެވެ.

“ކޮންގްރާ.. ޔަަސްރާ..” ސުފްޝާ އޭނާގެ އަތުގައި އޮތް ޕާރިސަލް ޔަސްރާ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. ޔަސްރާ ގަދަކަމުން ހިނިތުންވެލިއެވެ. އޭނާ ސުފްޝާގެ އަތުގައި ހިފާގެން ހުރި ފިރިހެން މީހާއަށް ބަލާލިއެވެ. ސުފްޝާ ހިނިތުންވެލިއެވެ.

“މީ ޝާޔަން.. ޝަޔާންގެ ކޮއްކޮ.. ޝާޔަން ވަރަށް ބޮޑަށް ޔަސްރާ ފަރާތުން މަޢާފަށް އެދޭ..” ސުފްޝާ ބުނެލިއެވެ. ޔަސްރާ އާއި އަޒްހާން އަށް ވެސް ދެމޫހުންގެ މޫނަށް ބަލާލިއެވެ. ޔަސްރާ މަޢާފް ޤަބޫލު ކޮށްފިކަމަށް ބުނުމުން ސުފްޝާ ޝުކުރު އަދާކޮށްފައި އެތަނުން ދިޔައީއެވެ.

ހަޔާ އާއި ކައިލާން އަށް ވެސް އެމީހުން ދެއްކި ވާހަކަ އަޑުއިވުނެވެ. އެދެކުދިންވެސް ދެމީހުންގެ މޫނަށް ބަލާލާފައި ބުމަ އަރުވާލިއެވެ.

މީހުންތަށް މަދު މަދުން ގެޔަށް ދާން ފަށާފިއެވެ. މީހުން މަދުވެ އެތަން ފަޅުވާން ފެށިއެވެ. ނަމަވެސް މަދު މީހުން ކޮޅެއް އަދި ވެސް ތިއްބެވެ. ހަޔާ ފާޙަނާ އަށް ވަދެލާފައި އަންނާނަމޭ ބުނެފައި ދިޔުމުން ކައިލާން ވެސް އެތާ އިން މޭޒެއްގައި ލެނގެލާފައި ކޯކުތައްޓެއް ނަގައި ބޯލިއެވެ. އިރުކޯޅެއް ތެރޭގައި ހެދުމުގައި ހިފައިގެން ދުވަމުން ހަޔާ އައިސް އިއެވެ. ކައިލާން ކިހިނެއްވީހޭ އަހާލުމުން ވެސް ހަޔާ އަށް ބަހެއް ނުބުނެވެއެވެ. އޭނާ އަށް ހެވެނީއެވެ.

“ކިހިނެއްވީ..؟ މާވަރަކަށް ހެނީ..؟” އަނެއްކާ ވެސް ކައިލާން އަހާލިއެވެ. މިފަހަރު ވެސް ހަޔާ އަަކަށް ޖަވާބެއް ނުބުނެވުނެވެ. ކައިލާން އޭނާގެ ތަށިބައިންދާފައި ހަޔާގެ ކޮޑުގައި ހިފާ ތަޅުވާގަތެވެ. ނަމަވެސް އެހެން ހެދުމުން އަދި އޭނާ ބާރަށް ހޭނފެށީއެވެ. އެއްމެންތަ އެކުދިންނަށް ބަލަން ފެށުމުން ކައިލާން ހަޔާގެ އަގަމަތީގައި އަތް އަޅާގެން ނުކުތީ ބޭރަށެވެ. ހަޔާ އަށް އޭރު ވެސް ހެވެނީއެވެ. ހެވޭވަރުން އޭނާގެ ލޮލުން ފެންއަންނަން ފަށާފިއެވެ.

“ދެން ވެސް ބުނެބަލަ ކިހިނެއްތަވީ..؟” ހަޔާގެ އަނގަމަތިން އަތް ނަގަމުން ކައިލާން އަހާލިއެވެ.

“ދެއްމެ އަހަރެން ފާޙަނާ އަށް ދާން ވެގެން އުޅެނިކޮށް އެތަނުން ގޯޅީ އެޅި ތަނާހެން ފެނުނީ-” އަނެއްކާ ވެސް ހަޔާ ފެށީ ހޭށެވެ.

“ފެނުނީ.. ސުފްޝާ އާ އެފިރިހެނާޔާ މޭކް އައުޓް ކުރަނިކޮށް..” އަނެއްކާ ވެސް ހަޔާ އަށް ހީގަނެވުނެވެ. މިފަހަރު އެހުނުމުގައި ކައިލާން ވެސް ބައިވެރި ވިއެވެ. ދެމީހުން ހޭނތިއްބައި މިންހާ އައިސް ކާންއަންނާށޭ ބުނެލިއެވެ.

އުފާވެރިކަމުގެ ހަފްލާ އަކަށް ފަހު އެއްމެންތަށް ގެޔަށް ދިޔައެވެ. ޔަސްރާ ބަދަލުވީ އަޒްހާން އާއި އެކީ އެގެޔަށެވެ. އެގޭގައި ރައްކާތެރިކަން އިހްސާސް ކުރެވޭތިއެވެ. އެއްމެންތަށް ގެޔަށް ދިޔަ ނަމަވެސް ހަޔާ އާއި ކައިލާން ދިޔައީ ހިގާލާށެވެ. މިރެއަކީ ހަނދުވަރުދޭ ރީތިރެއަކަށް ވާތީވެ އުޑުމަތިފެންނަން އޮތީ އަލިކޮށެވެ. އެތަށް ހާސްތަރިތަކެއް އޭރިވެސް ދިޔައީ ވިދާ ބަބުޅަމުންނެވެ. އެދެކުދިން ގޮސް ވަނީ ޕާކަކަށެވެ. ބެންޗް އެއްގައި އިށީނުމަށް ފަހު ހަޔާ އޭނާ އަރައިގެން އިން ހީލްސް ބޭލިއެވެ. ހީލްސް ބޭލުމުން އޭނާގެ ފަޔަށް އަރާމުވިއެވެ.

“އިގޭތަ.. މާދަން އަހަރެން މިއުޅެނީ ބޭރަށް ފުރަން..” ހަޔާ ބުނެލިއެވެ. ކައިލާންގެ މޫނުމަތި އެއްކޮށް މިލާ މޯޅިވިއެވެ. ހަޔާ އަދި އެބުނީއެވެ. ހަޔާ އޭނާ އާއި ދުރަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް ދެނެއް ބަދަލެއް ނުވާނެއެވެ. ތަޤްދީރު ނިއްމާފައިވާ ގޮތަށް ދާނީ ކަންތަށް ވަމުންނެއް ނޫނެއް ނޫންހެއްޔެވެ؟

“އޯހް.. ކޮންއިރަކުން އަންނާނީ..؟” ކައިލާން އަހާލިއެވެ.

“އަންނާނީ ގާތްގަނޑަކަށް 2 އަހަރު ތެރޭގަ..” ހަޔާ އެހެން ބުނެލީ އެއް ވެސް އަސަރެއް ނެތިއެވެ. ކައިލާން އަށް ފުން ނޭވާއެއް ބޭރު ކޮށްލެވުނެވެ.

އެރޭ ވަރަށް ދަންވާންދެން އެދެކުދިން އެތާގައި ވާހަކަ ދައްކަން ތިއްބެވެ. މިރެއަކީ އޭނާއަށް ހަޔާ ފެންނާނެ އެއްމެ ފަހު ފަހަރުހެން ހީވާން ފެށިއެވެ. އެކަމާ ކައިލާން ދެރަވިއެވެ. އެކަމު އެރޭ ގެޔަށް އައިއްސައި އޭނާ ނިއްމީ ހަޔާ ދިއުމުން ހަޔާ މަތިން ހަދާން ނައްތާލުމަށެވެ. އެހެން ނޫނަސް އޭނާ ހަޔާ އަށް އިންތިޒާރު ކުރުމެ އެއްވެސް ބޭނުމެއް ނެތެވެ. ހަޔާ އޭނާ ދެކެނީ ހަމައެކަނި އެކުވެރިއެއް ގޮތަށެވެ. އެރޭ ކައިލާން ހިތުލީ ހަޔާ ކިޔަވަން ދިއުމުން އޭނާ ހަޔާ މަތިން ހަދާން ނައްތާލުމަށެވެ. ނަމަވެސް އެހެން ވާނެ ހެއްޔެވެ؟

އާދުވަހަކަށް އިރުއަރައިގެން އައިރު ހަޔާ ތައްޔާރު ވަމުން ދިޔައީ އެއާރ ޕޯޓް އަށް ދިއުމަށެވެ. އޭނާ ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރު ވަމުން ދިޔައިރު އެދެލޮލުން ފެންނަން ހުރީ ވަރުބަލި ކަމެވެ. ރޭގައި ނިދުނީ އެއްމެ ދެގަޑީރަށެވެ. ނަމަވެސް ކައިލާން އާއި ވާހަކަ ދައްކާލަން ހުރެވުނީމައި އޭނާ އުފާކުރެއެވެ. ކައިލާން އަކީ އޭނާގެ ގާތް އެކުވެރިއެކެވެ. އޭނާ ވަނީ ކައިލާން ކާރީގައި އޭނާ ފުރާތަނަށް އެއާރ ޕޯޓަށް އަންނަން ބުނެފައެވެ. އަންނާނަމޭ ކައިލާން ވަނީ ބުނެފައެވެ.

އައިލާ އެއްމެންނާއި އެކީ ހަޔާ ދިޔައީ އެއާރ ޕޯޓް އަަށެވެ. އެއްމެން ވެސް އޭނާ އަށް ނަސޭހަތް ދިނެވެ. ބައްސަހައިގެން ކިޔެވުމަށް ބުންޔެވެ. ޔަސްރާ ގައިގައި ބައްދާލާފައި ހަޔާ ދިޔައެވެ. ދެން އާއިލާ މީހުންނާއި ބައްދަލުވާނީ  ދެއަހަރު ފަހުންނެވެ. އިންޝާﷲ އެވެ. އޭނާ ދެން އެނބުރި އަންނާނީ މޮޅު ލޯޔަރަކަށް ވުމަށް ކިޔަވައިގެންނެވެ. އަނެއްކާ ވެސް ފަސް އެނބުރި ހަޔާ ބަލާލީ ކައިލާން އަންނާނެތޯ އެވެ. ކައިލާން އެއް ފެންނާކަށް ނެތެވެ. ހަޔާ ފެރަވިއެވެ. ކައިލާން އަންނާނަމޭ ކިޔާފައި ނައެވެ. އަނެއްކާ އޭނާ އަށް ކަމެއް ވީބާ އެވެ. ނޭނގެއެވެ.

ހަޔާގެ އެތަކެއް މިސްޑް ކޯލް ތަކާއި މެސެޖް ތަކެއް އައިސްފައިވާ ކަމުގެ ނޮޓިފިކޭޝަން އަށް ބަލަހައްޓައިގެން ކައިލާން އަށް އޮވެވުނީއެވެ. އޭނާ އަށް ހަޔާ ކާރިއަށް ދާނެ ހިތްވަރެއް ނުލިބުނެވެ. ހަޔާ އޭނާ އާއި ވަކިވެގެން ދާނެއޭ އޭނާގެ ހިތް ބުނަމުން ދާތީވެ އޭނާ އެއާރ ޕޯޓް އަކަށް ނުދެއެވެ. ލޮލުން އައި ކަރުނަ ތިކި ފޮހެލާފައި ކައިލާން ދެރޯ މަރާލިއެވެ. ހިތާ ކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އޭނާ ހަޔާގެ ނަމްބަރު ބްލޮކް ކޮށްލާފައި ހުރިހާ އެއްޗަކު ވެސް ހަޔާ ބޮލޮކް ކޮށްލިއެވެ. ފޯނު ދުރުގައި ބާއްވާފައި ކައިލާން ދެލޯމަރާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ދޮންސިއްތި – 03

Next

ދެވުނީ ވޭނޭ 51

Next
March 9, 2026

ދެވުނީ ވޭނޭ 51

Previews
March 8, 2026

ދޮންސިއްތި – 03

10 Comments!

  1. Shaba_73 says:
    March 8, 2026 at 10:43 pm

    Mi part ves vrh Reethi MA! 😍
    Awwn finally yas and Axhern wauu 💗
    Wait. Shaayan is a boy right 🤔
    I thought he is a gurll ✌️
    Omg sufsha hahaha 😂🤣
    Sad for Kailaan 😭 😭
    Haya and Kailaan so cute but 😭
    Haya Kailaan ah Ehen nuhadhaa pls
    Muxo ur just talk I’d plsss 😢
    Curiously waiting for the next part
    When’s next gurlyy
    Lyy and tc 💗✌️

    1. _MuXo_ _MuXo_ says:
      March 8, 2026 at 11:09 pm

      Thank you!!
      Shaayan is a boy!! ahahah!!
      Sorry shaba fahun just talk id bunelaanan!! Hahdhaaneh neii!!
      Next part v avahah IA!!
      Love you more and take care!!

  2. Anonymous says:
    March 8, 2026 at 10:57 pm

    how old are you girl? js curious

    1. _MuXo_ _MuXo_ says:
      March 8, 2026 at 11:10 pm

      I’m 14!! Gonna be 15 this year!!

  3. Sheex says:
    March 8, 2026 at 11:07 pm

    Alhey wow ehme fahun edhemeehun marry kuree dhww🖤🤍
    I’m so happy for them! congrats! 🎊
    Alhey sheex ves heekuree shaayan akeee girl eh kamah
    Pispis🤦‍♀️
    Alhey sheex hamun hemun go’s godinves vehtunu emeehun make out kuranee ey buneema 🤣🪑
    I feel so sad for kailaan 😢
    Alhey but kailaan keehvetha hayaa block e kohlee🥺
    MuXo pls kailaan ah ehen nahadhabala 🫣😢
    V reethi mi part ves MA 🤩
    Can’t wait for the next part 🫠
    Ly & Tc MuXo🥰

    1. _MuXo_ _MuXo_ says:
      March 8, 2026 at 11:12 pm

      Yes finally they married!!
      Shaayan kiyaa anhen kudhin ves ulhe eyy dhw!!
      Muxo ves ethan kolhu liyuneeru hevunu!!
      He wants move on!!
      Glad you liked this part Sheex!!
      Love you more!! You also take care!!

  4. Miss jennie says:
    March 8, 2026 at 11:34 pm

    Mi part ves varah reethi. Yay finally azhan and yasra is married. Congratulations azhan and yasra! Alhey kailan haadha dheravey dhww haya dhaathee. What? shaayan is sufsha ge boyfriend? But how? Curiously waiting for next part???

    1. _MuXo_ _MuXo_ says:
      March 8, 2026 at 11:36 pm

      Thank you Miss jennie!!
      Yes they are finally married!!
      Yes kailan is depressed!!
      Because they are in a relashionship!

  5. Anonymous says:
    March 9, 2026 at 9:51 pm

    how old r you?

    1. _MuXo_ _MuXo_ says:
      March 9, 2026 at 11:52 pm

      14

Comments are closed.

Next Episodeއެކުގައިވާނަން-35 (ފަހުބައި)←


All Right Reserved!