
އެދިގެން ކަލާ ލިބޭތޯ 45

(45 ވަނަ ބައި)
ވިސްނުންތަކުން ޔުމްނުގެ ސިކުނޑި އައްސިވެގެންދިޔަވަގުތު ހިޒްޔާން ކުރިއަށް ފިޔަވަޅެއް އަޅާލަމުން އެދެއަތުގެ ތެރޭގައި އެ ހަށިގަނޑު ފޮރުވާލިކަން އިނގުނެވެ. އެކަމަކު ކުރީން އެދެއަތުން ލިބިދިން ހިމާޔަތާއި އެ މުލައްދަނޑީގެ ވަރުގަދަކަން މިފަހަރަކު ޔުމްނުއަކަށް އިޙުސާސެއްނުކުރެވުނެވެ. ހިޒްޔާންގެ ކޮންމެ އަދާއެއްްގައިވެސް މިރޭ ވަނީ އިންތިހާ ދަރަޖައިގެ މަޖުބޫރީއާއި ދުރުގޮތެކެވެ.
“ހިޒްޔާން… އަހަރެން އެބަ ބިރުގަނެއޭ… ބުނެބަލަ ކަމެއްވީތަ؟” ހިޒްޔާންގެ މޭގައި މޫނު ފޮރުވާލައިގެން ހުރެވުނުއިރު ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއިއެކު ޔުމްނުގެ ކެތްތެރިކަން އިމްތިޙާނުވަމުން އައި ކަހަލައެވެ. އެއްވެސް ހުރަހަކާއި ނުލާ އިޙުސާސްކުރެވެމުންދިޔަ ހިޒްޔާންގެ ހަލުވި ވިންދާއިއެކު ޔުމްނުގެ ހިތުގެ ތެޅުންވެސް ހަަމައިން ނެއްޓެމުންދިޔަ އެވެ.
“ސްނީކާރސްގެ ނާޑުވާ މޮހިފައެއްނު…” ޔުމްނުގެ ދެއަތަށް ބާރުލަމުން ހިޒްޔާން ދުރުކޮށްލުމާއިއެކު ހިޒްޔާން ވަގުތުން އިސްއޮބާލައިފިއެވެ. އޭނަ ބަހަނާއެއް ދައްކާލަމުން ތިރިވިގޮތަށް ޔުމްނުގެ ބޫޓުގެ ފަށްތައް އައްސަން އުޅުނީ އެދެލޮލުގައިވީ ކަރުނަތައް ޔުމްނުއަށް ދައްކަން ބޭނުންނުވީތ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.