Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އަނދިރިވުމުން

mohamed neer Level 210 Stories100 Stories
July 11, 2013 2 Mins Read
5 Comments

ފެށުން

ސިފާނާއި ނިހާޔަތުބައްދަލުވީ އެއްފިހާރައެއްގައި ވަޒީފާ އަދާކުރަމުން ދިޔަ ދުވަސްވަރު އެތަނުންނެވެ.
ނިހާޔަތަކީ އުމުރުންވިއްސަކަށްއަހަރުގެޒުވާނެކެވެ.ހެދިހުރި ފުރިހަމަ ހަށިގަނޑަކާއި ހެޔޮވަރުގެއިސްކޮޅެއް ލިބިފައިވާނިހާޔަތުގެމޫނާއިހަށިގަނޑުގެ ކުލައައްޔެވެ. ބައްޓަންތަކާއިހަށިގަނޑުގެގުޅުންބަދިހިކަމަށްއިތުރު ފުރިހަމަކަމެއްލިބެނީ އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކުގެ ސަބަބުންނެވެ. އޭނާގެ ކުލައަލި އޮމާންމޫނަށް އިތުރު ފުރިހަމަކަމެއްލިބިފައިވަނީ އޭނާގެ ބޮޑުދެލޮލާއި ހިތިފަތުބުމައިގެ އިތުރުން ކޯތާފަތްމަތިން ފާޅުވާ ޖަންބު ކުލައިގެ ސަބަބުންނެވެ. ހަމައެހެންމެހީލުމުން ކޯތާފަތްމަތިންފާޅުވާއަޑިކޮޅަކީ ވެސް އޭނާގެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ. އޭނާއަށް ލިބިފައިވާ ކަޅުކުލަގަދަ ފަން އިސްތަށިގަނޑަކީ ވެސް އޭނާއާމެދުގައި މީހުން ޝައުޤުވެރިވާ ކަމެކެވެ.
ނިހާޔަތަށް ލިބިފައިވާ ރީތިކަމާއި ފުރިހަމަކަމުގެ އިތުރުން،އޭނާގެކިބާގައިވާ މީހުނާއިގުޅޭ ސަމާސާމިޒާޖަކީ ވެސް އޭނާއާ އެކުގައި މަސައްކަތްކުރާ މީހުނަށް ފާހަގަކުރެވެމުން ގޮސްފައިވާ ކަމެކެވެ.
ފުރަތަމަ ފެނިލުމާއެކު ވެސް ސިފާންގެ ހިތުގައި ނިހާޔަތުގެ ސޫރަ ފެވިގެން ދިޔައެވެ. އެހެނަސް ސިފާން ފިޔަވާ އެހެންމީހަކަށް އެކަމެއް ނޭނގެއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު ނިހާޔަތާއި ގާތްގުޅުމެއް އުފެއްދޭތޯ ސިފާން މަސައްކަތް ކުރަމުންދިޔައެވެ.
އެތައްދުވަހަކު ސިފާން ކުރިމަސައްކަތުން ނިހާޔަތާއި އޭނާގެމެދުގައި ކޮންމެވެސް ވަރެއްގެ ރަހުމަތްތެރިކަމެއް އުފެދުނެވެ. އެކަމުގެސަބަބުން ސިފާނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްލިބުނެވެ. ހަމައެހެންމެ ކޮންމެވެސްވަރަކަށް އުންމީދުއާވިއެވެ
ނިހާޔަތުގެ ލޯތްބައްޓަކައި ފެންބޮވައިގެންފައިވާސިފާން،ނިހާޔަތަށް އެކަން އަންގާނެގޮތަކާމެދުވިސްނާފިކުރުކުރަމުން ގެންދިޔައެވެ.ހަމައެހެންމެ އެފަދަވާހަކައެއް ދައްކައިގެން ނިހާޔަތު އޭނާއާމެދުގައި ދެކެފާނެ ގޮތަކާމެދު ވެސް ވިސްނަމުންދިޔައެވެ.
އެތައްދުވަހަކު އެތައްގޮތަކަށް ވިސްނުމަށްފަހު ކޮންމެގޮތެއްވިޔަސް ހެޔޮކަމަށް ނިންމާފައި ނިހާޔަތަށް އެކަންހުށަހެޅުމަށް ސިފާން ނިންމިއެވެ. އަދި އެކަމަށް ތައްޔާރުވެ ވަގުތަކަށް އިންތިޒާރު ކުރަމުންދިޔައެވެ.
ރޭގަނޑު ދިހަގަޑިފަންސާސްކަން ހާއިރެވެ. ފިހާރައިގެ މަސައްކަތްތައް ނިންމާލުމަށްފަހުނިހާޔަތު ފިހާރައިން ނުކުމެ ގެއާއިދިމާއަށްމިސްރާބުޖެހިއިރު ސިފާންހުރީ ވަގުތައް ބަލަބަލައެވެ. ނިހާޔަތުގެ ފަހަތުން ހިނގަމުންދިޔަ ސިފާނަށް ނިހާޔަތާއި ހަމަކުރެވުނީ ފިހާރައިން ނުކުތްތާ ފަސްވަރަކަށްމިނިޓް ފަހުންނެވެ.
” ނިހާޔަތު!. ” ނިހާޔަތާއި ހަމަކުރަމުން ސިފާން ގޮވާލިއެވެ.
ސިފާން ގޮވާލުމުން އޭނާއަށް ބަލާލަމުން އާނއެކޭ ނިހާޔަތު ބުންޏެވެ.
” އަހަރެންނާއެކު ކޮފީއަކަށް ގޮސްދީފާނަންތަ ؟ “ނިހާޔަތަށް ބަލާންހުރެ ސިފާން އެދުނެވެ.
” އާން! އެކަމު އެހާގިނައިރު މަޑެއްނުކުރެވޭނެ. “ސިފާންގެ އެއެދުމަށް އިންކާރުކުރާން ނުކެރިފައި ކަހަލަގޮތަކަށްހުރެ ނިހާޔަތު ބުނެލިއެވެ.
” ވަރަށްބޮޑަށް ޝުކުރިއްޔާ! މިހިސާބާއި އެންމެކައިރީ ފިޒެސް.. އެތަނަށްދޯ ދާނީ ؟ “ނިހާޔަތުގެ ޚިޔާލަކަށް އެދޭ ފަދައަކުން ސިފާން ބުންޏެވެ.
” އާން. ރަނގަޅުވާނެ. ” ސިފާނާއި އެކުގައި ހިނގައިގަންނަމުން ނިހާޔަތު ބުންޏެވެ.
ނިހާޔަތާއި ސިފާން ފިޒެސްއާއި ދިމާއަށް ހިނގަމުންދިޔައީ އެކުގައި ނަމަވެސް އެކަކު އަނެކަކާ އަނގައަކުން ނުބުނެއެވެ.
ފިޒެސްތެރެއަށް ވަދެވުމާއެކުހެން ނިހާޔަތަށް ބަލާލަމުން ސިފާން ހިނިތުންވެލިއެވެ. އެއާއެކު ނިހާޔަތުވެސް ހިނިތުންވެލިއެވެ. އޭރު ސިފާންގެމޫނުމަތިން ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ފިޒެސްގެ ތެރޭން އިވެމުންދިޔަ ހިތްގައިމު މިއުޒިކާއި އެތަނުގައިވާ ފަނޑުއަލީގެސަބަބުން ނިހާޔަތު ވަރަށް ހިތްހަމަޖެހުނެވެ.
ނިހާޔަތާއި ސިފާން މިސްރާބުޖެހީ އެތަނުގެ ދެވަނަ ފަންގިފިއަށް އެރުމަށެވެ.
އެތަނުގެ ދެމޭޒެއްކައިރީގައި މީހުން ތިބިނަމަވެސް ދެންހުރި މޭޒުތައް ހުރީ ހުހަށެވެ. އެކަންވެސް ވެގެންދިޔައީ ނިހާޔަތަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމަކަށެވެ.
ނިހާޔަތުގެ އުމުރުން ވިއްސަކަށްއަހަރު ވެފައިވީ ނަމަވެސް އެފަދަ ތަންތަނަށް އައިސްއުޅުމަކީ ނިހާޔަތަށް ވަރަށްއާކަމެކެވެ. ހަމައެހެންމެ އޭނާ އެހާކުރާހިތްވާ ކަމެއްވެސްނޫނެވެ. އެހެންވެ އޭނާ ހިތާހިތުން ދުޢާކުރަމުން ދިޔައީ ވެސް އެހެންމީހުންގެ ސަމާލުކަން އެދެމީހުނަށްނުހުއްޓުމަށެވެ.
ކޮފީބޮއި ނިމުމުން ދެމީހުން ދިޔައީ ގެއަށެވެ.
ސިފާންގެ އުމުރުން ފަސްއަހަރުގައި އޭނާގެ މަންމަ ވަނީ ނިޔާ ވެފައެވެ. އޭގެފަހުން އޭނާގެ ބައްޕަ ކުރި ދެވަނަކައިވެންޏާއި އެކުސިފާންމެން ދިރި އުޅެމުންދަނީ އޭނާގެ ދޮންމަންމަގާތު މާލޭގައެވެ.
ނިހާޔަތާއިއެކުގައި ވަގުތުކޮޅެއް ހޭދަކޮށްލެވުމުން ސިފާން ހުރީ ވަރަށްއުފާވެ ހިތްހަމަޖެހިފައެވެ. އެކަން އޭނާގެމޫނުމަތިންނާއި ހަރަކާތްތަކުން ވެސް އެނގެއެވެ.
މިރޭފަދައިން ނިހާޔަތާއި އެކުގައި ވަގުތު ހޭދަކުރާން ލިބޭނަމަ އޭނާގެ މަޤްސަދު ހާސިލުވާނެ ކަމުގެ ޔަގީންކަން ސިފާނަށް ލިބެމުންދިޔައެވެ. އެކަމުގެ ސަބަބުން އޭނާގެ އުންމީދުތައް އާވަމުންދިޔަ ވެސް މެއެވެ.
ފިހާރައިގެވަޒީފާގައި އުޅެމުންދިޔައިރު ފިހާރައިގެ މަސައްކަތްތަކެކޭ އެއްފަދައިން ނިހާޔަތުގެ ލޯބި ލިބޭތޯ ވެސް ސިފާން މަސައްކަތް ކުރަމުންދިޔައެވެ. ހަމައެހެންމެ ފޯނު ނަންބަރު ހޯދައި، ފިހާރައިން ދިމާވުމުން ގޮވާލާ ގޮވާލުމުގެ އިތުރަށް މަދުމަދުން ފޯނުކުރާން ވެސް ފެށިއެވެ.ސިފާންގެ ފޯނުތަކަށް ފުރަތަމަކޮޅު ނިހާޔަތު ސަމާލުކަން ނުދިން ނަމަވެސް، އެކަންވެސް މަޑުމަޑުން ބަދަލުވަމުން އައެވެ. އެއީ ސިފާން ކުރަމުންއައި މަސައްކަތުގެ ހެޔޮނަތީޖާ ކަމުގައި ސިފާން ގަބޫލުކުރެއެވެ.
ކާމިޔާބީއަކީ މަސައްކަތްކުރާ އަޅާގެޙައްޤެކޭ ބުނާފަދައިން،ނިހާޔަތުގެ ސަމާލުކަން ސިފާނަށް ލިބޭންފެށިއެވެ. އަދި ސިފާން ބޭނުންވާ ފަދައިން ސިފާނާއި ބައްދަލުކޮށް ފޯނުން ވެސް ވާހަކަދައްކާން ފެށިއެވެ.
ތަރިރު ހަނދުގެ ދައުރުވުމާއެކު ރޭދުވާ ދައުރުވަމުން އައިސް، ނިހާޔަތާއި ސިފާން ބައްދަލުވިތާ ތިންމަހެއްހާ ދުވަސް ވެއްޖެއެވެ.
ސިފާން އެދެމުންދިޔަ އެދުމަށް އިޖާބަދީ ސިފާންގެ ލޯބި، ނިހާޔަތު ގަބޫލުކުރީ އޭނާ ވެސް އެގޮތް ބޭނުންވެގެން ނެވެ. ހަމައެހެންމެ ސިފާނާއި ގުޅިގެން އުފާވެރިހަމަޖެހޭމުސްތަޤުބަލެއް ލިބޭނެކަމުގެ އުންމީދާއި ޔަގީންކަން ވެސް ލިބުމުންނެވެ. އޭނާގެހަޔާތަށް ގެނައުމަށް އެންމެއެކަށީގެންވާމީހަކީ ސިފާންކަމުގައި ނިހާޔަތު އަމިއްލައަށް ގަބޫލުކުރިއެވެ.އަދި އެކަމާބެހޭގޮތުން އޭނާގެ ބައެއް އެކުވެރިންނާއި ވާހަކަދައްކާ މަޝްވަރާ ވެސް ކުރިއެވެ.
ނިހާޔަތާއި ސިފާން އެދެލޯބިވެރިންގެ ލޯބީގެ ބައްދަލުވުންތައްބާއްވާ މަންޒިލަކަށްހެދީ ވިލިނގިލީގެ އަތިރިމައްޗެވެ. އެއީ އެފަދަ އެތައް ލޯބިވެރިންގެ ލޯބީގެ މަންޒިލްކަން ނިހާޔަތާއި ސިފާނަށް ވެސް އެނގެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 29

Next

ދިރުމެއްނެތަސް

Next
July 12, 2013

ދިރުމެއްނެތަސް

Previews
July 11, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 29

5 Comments!

  1. ބޯބުޅި says:
    July 11, 2013 at 9:26 am

    މިވާހަކަ ވެސް ފެށުން ވަރަށް ރީތި. އަނެއްކާ އާ ވާހަކައެއް. ތިކުރާ ހިތްވަރަށް ސާބަސް. ބަރާބަރަށް ކުރިޔަށް ގެންދާތި.

  2. mariyanmaa says:
    July 11, 2013 at 12:04 pm

    varah reeeeeeeeeeeeeeeeeeethi

  3. Milli Adam says:
    July 11, 2013 at 1:15 pm

    ކުރީގެ ވާހަކަހާ ރީތި ވާނެ ކަމަށް އުއްމީދު ކުރަންް.

    1. Esmeralda says:
      February 8, 2014 at 1:19 am

      I really wish there were more aretclis like this on the web.

  4. އިއްބެ says:
    July 13, 2013 at 1:02 am

    ނިދީތެރޭން ވާހަކަ ފަދަ ރީތި ފުރިހަމަ ވާހަކައަކަށް ވާނެކަމަށް އުންމީދު ކުރަން. ނީރުގެ ވާހަކަތައް ވަރަށް ރިތި

Comments are closed.

Next Episodeއަނދިރިވުމުން←


All Right Reserved!