Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 4

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
May 16, 2016 6 Mins Read
37 Comments

 

ޒިން އޭނާގެ ޓެބްލެޓް ހިފައިގެން އައިސް ކާ މޭޒްމަތީ އިށީނދެލިއެވެ. ސުމާ ފެންނަ ހިސާބުގައެވެ. އެއަށްފަހު ގޭމެއް ކުޅެން ފެށިއެވެ. “ބޭބީ މިއަދު މީ ހުކުރޭ…. ދޯ….. މަންމި ހަނދާނެއްވެސް ނެތް.. ބޭބީ ޖެހޭނެ ހުކުރަށްވެސް ދާން ދޯ.. ރީހަން ބެ އަންނާނެ ބަލައިވެސް..” ސުމާ ދެލޯ ބޮޑުކޮށްލަމުން ބުނެލީ މިއަދު މީ ހުކުރުކަން އޭނާ ހަނދާން ނެތުމުންނެވެ. ސުމާމެން ރާއްޖެ އައިފަހުން ކޮންމެ ހުކުރަކު ނަމާދަށް ދާން ޒިން ކިޔާވަރުން އެމީހުންގެ ފްލޯރ ގެ ތީރީގައި އުޅޭ ރީހަން އާއި އެކު ހުކުރަށް ފޮނުވައެވެ. ރީހަންއަކީވެސް ޒިންވަރުގެ ކުއްޖެއްގެ ބައްޕައެއް ކަމުން އޭނާ ދަނީ ޒިންއާއި އޭނާގެ ދަރި އަލާންވެސް ގޮވައިގެންނެވެ. ޒިން ވެސް ގޭމް ކުޅެން އިނދެމުން ފުޅާ ހިނިތުންވުމެއް ސުމާއަށް ދިނީ ހުކުރަށް ދާން ބޭނުންވެފައި އިންލެއް ބޮޑުކަމުންނެވެ. ސުމާ އަވަސް އަވަހަށް ސޭންޑްވިޗްތަށް ހަދާ ނިންމާލިއެވެ.

އެއަށްފަހު ދެމީހުންވެސް ކައިގެން ކޮޓަރިއަށް ދިޔައީ ޒިން ލާނެ އެއްޗެއް ހޯދާށެވެ. “އުމްމްމް ގްރީން އެން ބްލެކް އޯކޭތަ؟؟ ޒިން އާއި ވަރަށް ގުޅޭނެ…” ސުމާ ބުނެލިއެވެ. ޒިން ގޭމް ކުޅެން އިނދެ ބޯ ޖަހާލިއެވެ. ސުމާ އަވަސްއަވަހަށް ފެހި ކުލައިގެ ގަމިހާއި ކަޅު ކުލައިގެ ޖިންސް އިސްތިރިކުރުމުގައި އުޅުނެވެ. އިސްތިރިކޮށްލުމަށްފަހު ކޮނޑުގައި އަޅުވާލިއެވެ. އެއަށްފަހު ޒިން އާއި ދިމާ ބަލައިލިއެވެ. ޒިން އެނދުމަތީ އޮށޯވެ އޮވެގެން ގޭމް ކުޅެން އޮތެވެ.

ސުމާ އެއްޗެހި ދޮންނަމެޝެނަށް އަޅާލުމަށްފަހު މެޝެން ޖައްސާލިއެވެ. އެއަށްފަހު ބެލްކަނީއަށް ނުކުމެލިއެވެ. އެއްފަޅިން ފެންނަނީ މޫދެވެ. އަނެއްފަޅިން ފެންނަނީ މާލެއެވެ. މި މާލޭގެ ކޮންމެސްތަނެއްގައި އޭނާގެ ހިތްވަނީ ގެއްލިފައެވެ. އެ ހިތް ހޯދާނެ ގޮތަކާއި މެދު ސުމާ ވިސްނާލިއެވެ. މަގުމަތިން ފެނި ނުވަތަ ފައިގަ އަޅައިގަނެގެން ވެއްޓުނަސް ނޭނގޭނެއެވެ. މިހާރު މާޒިންއަށް 26 ވާނެއެވެ. އޭނާ ހާދަ ތަފާުތު ވާނެއެވެ. ސުމާ އަށް އެންމެ ފަހުން މާޒިން ފެނުނު ދުވަހުގެ ހަނދާންކޮށްލިއެވެ. އެއީ ބައްޕަގެ މޫނު ބަލަން އައި ދުވަހެވެ. އޭރުވެސް އޭނާގެ މޫނު ކުޑަކޮށް ތަފާތުވެފައި ހުއްޓެވެ. މިހާރު ހުންނާނީ ކިހިނެއްބާއެވެ؟ މިހާރު އުމުރުން 26 ވާއިރު ހުންނާނީ ކައިވެނި ކޮށްގެން ކަންނޭނގެއެވެ.

……………………..

މާޒިންއަށް ކުއްލިއަކަށް ތެދުވެވުނީ ހުވަފެނެއް ފެނިގެންނެވެ. އެ ހުވަފެނާއި މެދު ވިސްނަން އޭނައަށް މަޖުބޫރުވިއެވެ. އެނދުން ތެދުވެ ކޮޓަރިއާއި ގުޅުވާފައި ހުރި ބެލްކަނިއަށް ނިކުމެލިއެވެ. އެ ހަށިގަނޑު އޮތީ ހާމައަށް ފެންނާށެވެ. ހަަމައެކަނި ސޯޓެއް ލައިގެން ހުރި މާޒިން ފެންނަލެއް ވަރަށް ހިތްގައިމެވެ. މޮޑެލް ކުރާ މީހެއް ދުލެއް ނުކުރާނެކަން ޔަގީނެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ހޭވިފައެވެ. މާޒިން ޖައްވު ތެރެއަށް ފުން ނޭވައެއް ދޫކޮށްލުމަށްފަހު ރެއިލިންގައި އަތް އަޅާލިއެވެ. “ސުމްކޮ…..” އޭ ވައި އަޑުން ބުނެލެވުނެވެ. ސުމްކޮ ކޮބާބާއެވެ. އޭނާގެ ހަބަރެއް ނުވާތާ މިހާރު މިވީ ކިތަށްއަހަރުހެއްޔެެވެ؟ އޭރު ވަރަށް ލޯބިވެޔޭ ކިޔައިގެން އުޅެ އެހާ އަވަހަށް އެ ލޯބި މަތިން ހަނދާން ނެތުނީ ބާއެވެ..؟  ހުވަފެނުން ސުމާގެ އެ ކަރުނައިން ފުރިފައިވާ ދެލޯ ފެނުނީ ކީއްވެބާއެވެ.؟ މާޒިން ރެއިލިންގައި ގޮށްމުށުން ޖަހާލިއެވެ. ރެއިލިން ކުޑަކޮށް ހެލިލިއެވެ. “ކީއްވެތަ ސުމްކޮއާއި މެދު މި ވިސްނެނީ މިއަދު.. ގޯޑް…” މާޒިން އަމިއްލަ ނަފްސާއި ވާހަކަ ދައްކަން ފެށިއެވެ. އެއަށްފަހު މާލެއިން ފެންނަމުން ދިޔަ އުސްއިމާރާތްތަކަށް ބަލާލިއެވެ. “ސުމްކޮ އަދިވެސް މެލޭގަތަ އުޅޭނީ….. އޯރ މިތާނގަ…” މާޒިން އަމިއްލަ ނަފްސާއި ސުވާލުކޮށްލިއެވެ. ސުމާ މަތިން މާ ބޮޑަށް ހަނދާންވާން ފެށިއެވެ. ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. މާޒިންއަށް ކުރީގެ ދުވަސްތަށް ހަނދާންވަމުން ދިޔައެވެ. ސުމާގެ ބައްޕަ ނިޔާވެގެން މޫނު ބަލަން ދިޔައީ ސުމާއާއި ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ. މާފަށް އެދެންވެގެންނެވެ. ސުމާދެކެވެސް ލޯބިވާކަން ބުނަންށެވެ. ނަމަވެސް ސުމާ އޭނާ ފެނުމުން މޫނު ފޮރުވާލި ގޮތް ފެނި އޭނާއަށް އެކަން ކުރާކަށް ނުކެރުނެވެ. ސުމާ މިހާރު އޭނާއާއި މެދު ނުވިސްނާކަން އޭނާއަށް ހީކުރެވުނެވެ. އޭނާއަށް ސުމާ ބުރުގާ އެޅިކަންވެސް އެނގުނީ އެދުވަހުއެވެ. ސުމާގެ ލައިގެން ހުރީ ޖިލްބާބެއް ކަން އޭނާއަކަށް ނޭނގުނެވެ. އޭނާގެ ފެނުނީ ހަމައެކަނި މޫނެވެ. ސުމާ ބުރުގާ އެޅީމަ ވަރަށް ރީއްޗެވެ. އެ ހިތާއި ކުޅެލިއެވެ. އަދިވެސް ހަމަ އެ ދުވަހެއް ފަދައިން ސުމާގެ ސޫރަ ސިފަވި ވަގުތު ހިތް ތެޅެންފެށިއެވެ.

ސުމާ އޭނާ ބޭނުންވި ދުވަހު ސުމާއާއި ދުރުވީ އަމިއްލަ އިހްސާސްތަށް އޭނާއަށް ނޭނގުނީމައެވެ. އިނގުނުއިރު އޮތީ މާ ލަސްވެފައެވެ. އަދިވެސް އޭނާގެ ހިތުގައި ދެގޮތެއް ނުވެ ވަނީ ހަަމައެކަނި ސުމާގެ ލޯތްބެވެ. ހަމައެކަނި ސުމާއެވެ. ނަމަވެސް މިހާރު ސުމާ އޭނާ ބޭނުމެއްނުވާނޭ ހިތާ އޭނާވެސް ދިރިއުޅުމައިގެން ކުރިއަށް ދިޔައެވެ. ރިޝްފާ އާއި ގުޅުނުތާ އަދި މިވީ 3 މަހެވެ. އޭނާގެ އާދޭސްތަކަށް ފުރަގަސްދޭން އޭނާއަށް ނުކެރުނެވެ. ސުމާ ދެނެއް އޭނާއަކަށް ނުލިބޭނެތާއެވެ. މިހާރު ސުމާ މީހަކާ ނީންނަކަން ވެސް ނޭނގެއެވެ. ސުމާ މާޒިން ދެކެ ލޯބިވާނަމަ މާޒިން ހޯދާނެނޫންހެއްޔެވެ… މާޒިން މިއަދު އަމިއްލަ ނަފްސް ދެކެ ރުޅިއާދެވުނީ އެ ހަނދާންތަށް އާވެ އަނެއްކާވެސް އޭނާގެ ހިތުގައި ދިއްލުނު ލޯބީގެ ހުޅުކޮޅު ގެ އަލިފާން ބޮޑުވެ އަލިވުމުންނެވެ. އޭނާ ބޭނުމީ ރިޝްފާއާއި އެކު އާދައިގެ ދިރިއުޅުމެއް އުޅެންށެވެ. ނަމަވެސް ސުމާދެކެ ލޯބިވާއިރު އެކަމެއް ނުވާނެއެވެ. އޭނާ މަސައްކަތްކުރާނެއެވެ. ރިޝްފާދެކެ ލޯބިވެ އެ ހިތުން ސުމާ ފޮހެލެވޭތޯއެވެ.

މާޒިން ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ހިފައި ޓަކި ދިނުމުންނެވެ. އެއީ އޭނާގެ މަންމަކަން އިނގުމުން މާޒިން ތެދުވެފީމޭ ގޮވާލިއެވެ. އަވަސްއަވަހަށް ގަޑި ބަލާލުމަށްފަހު މާޒިން ފާހަނައަށް ވަދެ ފެންވަރާލިއެވެ. ފެންވަރައިގެން ނިކުތުމަށްފަހު އަލަމާރި ދޮށުގައި ހުރީ ލާނެ އެއްޗަކާއި މެދު ވިސްނާލުމަށެވެ. ކުއްލިއަކަށް ހަނދާންވީ ސުމާ ބުނި އެއްޗެކެވެ. “ޒިން ރީތި ވާނެ ގްރީން އެން ބްލެކް ލީމަ…” އެ ދުވަހު ސުމާ އެހެން ބުނީ މާޒިން ހުކުރަށް ދާން ލާނެ އެއްޗެއް ނޭނގިގެން އުޅެނިކޮށް ސުމާއަށް އެ ކޮޓަރިއަށް ވަދެވުމުންނެވެ. މާޒިންއަށް ރީތީ ފެހި ކުލަކަމަށްވެފައި މާޒިން އަށް އެ ކުލަ ވަރަށް ގުޅެއޭ ސުމާ ބުނެލި ހަނދާންވިއެވެ. މާޒިން އަވަސްއަވަހަށް އަލަމާރިން ފެހި ކުލައިގެ ގަމިހެއް ހޯދާލިއެވެ. ނަސީބަކުން އެ ގަމިސް އިސްތިރިކޮށްފައި އިނެވެ. މާޒިން ގަމިސް ނަގައި އެނދުމަތީ ބާއްވާލުމަށްފަހު ކަޅު ޖިންސެއް ނަގާލިއެވެ. އަދި ހަމައެކަނި ޖިންސް ލައިގެން ބޭރަށް ނިކުމެލީ ބަނޑުހައިވެގެން ސައިބޯލަން ބޭނުންވިވަރުންނެވެ. މާޒިންގެ ދެބެންގެ ދެދަރި ކޮއްކޮ އެގޭގައި އުޅޭކަންވެސް އިނގުނީ ތިރިއަށް ފޭބިތަނާއެވެ.

“އައްދެ.. ކަމަނާއަށް އާދެވިއްޖެ ދޯ ގެއަށް…. ޒިން ހީކުރީ ހަނީމޫންއަށް ގޮއްސަ ނުވެސް އަންނާނެކަމަށް..މިގެއަށް ކީއްކުރަން މާލެވެސް ނާންނާނެކަމަށް..” މާޒިން މަހާއާއި ކުޑަކޮށް ޖެއްސުންކޮށްލިއެވެ. އޭނާ ކައިވެނި ކުރިތާ އަދި މިވީ އެއްމަހެވެ. ކައިވެނި ކުރި ފުރަތަމަ ހަފްތާ ލަންޑަންއަށް ގޮސް މާލެއެއައީ އިއްޔެއެވެ. މާޒިންގެ އެއްބަނޑު އެއްބަފާ އިތުރު މީހަކު ނެތުމުން އޭނާ އަބަދުވެސް އުޅެނީ އޭނާގެ ދެބެންގެ ދެދަރި ކުދިންނާއި އެއްކޮންނެވެ. މަހާ ތުން ދަމާލިއެވެ. “ދޮންތަ ބަލާބަލަ މިހިރަ ސޮރެއް…” މާޒިންއަށް ލޯ އަޅާލަމުން މާހާ ބުނެލީ މާޒިންގެ މަންމަ މަރީނާ ކައިރީގައެވެ. “ދޮންތަ ނެތިން އެއްޗެއް ބުނާކަށް.. ދެން މާއްކޮވެސް އޭނަ މެރީ ކުރީމަ ތިހެން ކިޔާބަލަ… މިހާރު އުމުރުން އެހެރަ 27 ވަނީ… ދޮންތަ މިކިޔަނީ ރިޝްއާއި އިންނަންވީ އެ ލަސްނުކޮށް…” މަރީނާ ބުނެލިއެވެ. ” މަންމާ… އަދި މާ އަވަސް މެރީ ކުރަން.. އެހެން ނޫނަސް އަހަރެންނަކަށް އަދި އެ ރިޝް ގެ ގޮތެއް ނޭނގެ.. އަދި އެވީ އެންމެ 3 މަންތްސް..” މާޒިން ސައި ބޯން ގޮނޑީގައި އިށިންދެލަމުން ބުނެލިއެވެ. ފޫހިގޮތަކަށެވެ.

“ދެން އެންމެ އެންމެ ކިޔަނިކޮށް އުމުރުން 50 އަހަރުވެފައި ހުންނާނީ… ހަހަހަ” މާހާ މާޒިން އާއި ދިމާކޮށްލިއެވެ. މާޒިން އެއާއި އިދިކޮޅަށް އެއްޗެއް ބުނެފިއްޔާ އޭނާ އެ ބަލިވީކަން އިނގޭތީ މާޒިންވެސް މާހާއާއި އެއްބައިވެލިއެވެ. އޭނާ އެމީހުންގެ ކުރިމަތީ ބަލިވާކަށް ބޭނުމެއްނުވެއެވެ. މާހާ އިތުރަށް ރުޅި އައެވެ. އެއަށްފަހު ވަރަށް ފޫހިވޭ ކިޔާފާ ސޯފާ މައްޗަށް ވެއްޓިގަތެވެ. “އެގޭގަ ސޯފާއެއްވެސް ނެތީތަ؟؟؟” މާޒިން ކަމުން ކަމުން އެހެން އަހާލީ އިތުރަށް މާހާ ރުޅި އަރުވާލާށެވެ. އޭނާ އެންމެ ގާތްކޮށް އުޅެނީ މާޙާއާއި ކަމުން އަދި މާހާއާއި ދިމާ މިވީ މަހެއްފަހުން ކަމުން އޭނާއަށް އުނދަގޫކޮށްނުލައި ނީނދެވުނެވެ. “ދެން ދޯ ދޮންތަވެސް ހުންނާނީ ހޭން ހަމަ..” މާހާއަށް ބުނާނެއެއްޗެއް ނޭނގިގެން ހޭން ހުރި މަރީނާއާއި ދިމާލަށް އެހެން ބުނެލިއެވެ. “ކޮބާތަ ފިރިކަލުން؟؟ އެބޭފުޅާ މޮޅުކަމުން މިގެއަށް ނުވަދޭތަ؟؟” މާޒިން އަނެއްކާވެސް އަހާލިއެވެ. “ދެން މާޒިން އޭނައާއި ދިމާ ނުކޮށް ހުއްޓާލަބަ…” މަރީނާ އެހެން ބުނެލިއެވެ. އެއާއި އެކު މާހާ މާޒިންއަށް ޖަވާބު ދިނެވެ. “މާއްކޮ ނޫޅެން ކޮންމެހެން އޭނާ މާޒިން އާއި ބައްދަލުކުރާ ހިތަކުންނެއް.. އެހެން ނޫނަސް އޭނާ ދިޔައީ މާއްކޮ ޑްރޮޕް ކޮށްފަ…” މާހާ މާޒިންއަށް ބަލާލުމެއް ނެތި އެހެން ބުނެލިއެވެ. މާޒިން ކާން އިނދެގެން ތަފާތު ވާހަކަތަކެއް މާހާއާއި ދެއްކިއެވެ. މާޒިން ކައި ނިމިގެން މައްޗަށް އަރަމުން މާހާގާތު އައުމަށް ބުނެލިއެވެ. މާހާ އޭނާގެ ފަހަތުން އަރަންފެށިއެވެ. ދެމީހުން ޓެރެސްއަށް އަރާލިއެވެ.

“މާއްކޮ….!!” މާޒިން  ދެރަވެލާފައި ގޮވާލިއެވެ. މާހާއަށް ވީ ގޮތް އިނގުނެވެ. “ދެން ޒިން… މާއްކޮއަށް ހީވަނީ ރިޝްއާއި މެރީ ކުރަންވީހެން… ބުނެއެއްނު ލޯބި ވާ މީހަކާއި އެކު އުޅެންޏާ ލޯބި ވެވޭނޭ… ސުމްކޮ ފެނުނަސް ޒިންއަކަށް ނޭނގޭނެ އެހެން ނޫނަސް ސުމްކޮ މި ހުރިހާ ދުވަހުވެސް ވީ ތަނެއް ނޭނގެއެއްނު.. އޭނަވެސް ލޯބިވާނަ އައީހެއްނު ހޯދަން….” މާހާ ބުނެލިއެވެ. ވިސްނައިދޭފަދަ ގޮތަކަށެވެ. މާޒިންގެ ހިތުގެ ހާލު އެންމެ ރަނގަޅަށް އިނގޭނީ މާހާއަށެވެ. “އިނގެޔޭ ތިކަން އެކަމްވެސް ހިތަށް އުނދަގޫވެ ރިޝް ފެނުނަސް.. އޭނަ އަތުގައި ހިފާލިޔަސް… އެދެވެނީ ސުމްކޮއަށް.. ސިފަވަނީ ސުމްކޮ… އެއީ ރިޝްއަށްވެސް ދެވޭ އަނިޔާއެއްނޫންތަ؟” މާޒިން ޓެރެސްގައި ހުރި ރެއިލިންގައި ހިފަހައްޓާލަމުން ބުނެލިއެވެ. މާލޭގެ އިމާރާތްތަކަށް ނަޒަރު ހިންގާލަމުންނެވެ. “ދެން ޒިން.. މާ ބޮޑަށް ނުވިސްނާ.. ކަންވާގޮތަށް ވުމަށް ދޫކޮށްލާ… އިން ޝާ ﷲ ކޮންމެވެސް ކަމެއްވެސް ވާނީ ރަނގަޅަށް.. ރިޝްއާއި އެކު ހެޕީ ލައިފެއްގައި އުޅެވޭތޯ ބަލާ…” މާހާ މާޒިން ގެ ކޮނޑުގައި އަތްއަޅާލަމުން ބުނެލިއެވެ. މާޒިން ބޯ ޖަހާލިއެވެ. “ސުމްކޮ މިކޮޅަށް އައިސްދާނެދޯ…. މިހާރު ކިތަށް އަހަރު…. އައި މިސް ހާރ..” މާޒިން އެ ހުރި ގޮތަށް ހުރެ ބުނެލިއެވެ.

——————-

“ޒިން…..މިހާރު ނުފެންނަތާ ކިތަށް އަހަރު.. އައި މިސް ޔޫ….” ސުމާ އޭނާގެ މޭގައި އަތްއަޅާލަމުން ބުނެލިއެވެ. އެ ބޮޑު ދެލޮލުން ކަރުނަ ވިދަ ވިދާ ހުއްޓެވެ. ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ސުމާ އެތެރެއަށް ވަދެގެން އައެވެ. ހުކުރު ގަޑި ކައިރިވަމުން ދާތީ ސުމާ ކޮޓަރިއަށް ވަދެ ޒިން ފެންވަރުވަން އުޅުނެވެ. “މަންމީ… ހާދަ ސަޅިއޭ ޒިން ގްރީން ލީމަ… ނައު އިޓްސް މައި ފޭވްރިޓް..” ޒިން ގަމިސް ލެއްވުމަށްފަހު އަތްއޮޅާލުމާއި އެކު ޒިން ދުއްވައިގަތީ ލޯގަނޑުން އަމިއްލަ ސޫރަ ބަލާލާށެވެ. އޭނާއަށް އަމިއްލަ ސޫރަ ފެނުމާއި އެކު ބުނެލެވުނެވެ. “ހެހެހެ.. ދެން ބުލޫ އޯ” ސުމާ އެހެން ބުނެލީ ޒިން އަބަދުވެސް ނޫ ކުލަ ރީތިވެގެން އުޅޭތީއެވެ. “އެއީ ކުލީގައޭ.. މިހާލު ގްރީން…” ޒިން ފޮނިވެލާފައި އެހެން ބުނެލުމުން ސުމާ ލުއި ހިނިތުންވުމެއް ދިނެވެ. އެއީ މާޒިންއަށް ވެސް އެންމެ ރީތި ކުލައެވެ. “މަންމީ ދެން އެއްކަލަ ބޭބެ ހުރި ގޮތަށް ފުނާ އަލައިދީބަ.. މަންމި ބުނީމެއްނު އެހެން ސްޕައިކް ޖައްސާނަމޭ..” ޒިން އޭނާގެ ބުރުސް ހިފައިގެން ސުމާ ކައިރިއަށް ދިޔައެވެ. ސުމާ އޭނާގެ ވައުދު ފުއްދުމުގެ ގޮތުން ޒިން ބޭނުންވާހެން ސްޕައިކްއެއް ޖައްސާލިއެވެ.

“އޯކޭތަ؟؟” ސުމާ ފުނާ އަޅާނިމުމަށްފަހު އަހާލިއެވެ. ޒިން ލޯގަނޑު ކުރިމައްޗަށް ގޮސް ވަރަށް ސަޅިއޭ ބުނެލިއެވެ. “މަންމި އަށް ކިހިނެއް އިނގުނީ މިހެން ފުނާ އަޅަން؟؟؟” ޒިން ސުވާލުކޮށްލިއެވެ. “އެއީ ޒިންވެސް އަޅަނީ ތިހެން…..” ހިޔާލަކަށް ގެއްލިފައި އިން ސުމާ އަށް އެހެން ބުނެލެވުނެވެ. “ކީކޭ މަންމީ؟؟؟” ޒިން ސުވާލުކޮށްލީ ސުމާ ބުނިއެއްޗެއް ނޭނގިގެންނެވެ. “އެއީ ވަރަށް ގިނަ ކުދިން އެހެން އަޅާތީއޭ….” ސުމާ ކުއްލިއަކަށް ޒިންއާއި ދިމާ ބަލާލަމުން ބުނެލިއެވެ. ޒިން ގަޔަށް ސެންޓް ޖަހާލުމަށްފަހު އިސްޓާކީނަކަށާއި ކަޅު ބޫޓަކަށް އަރުވާލާ ތައްޔާރުކޮށްލިއެވެ. “ބޭބީ…. ވަރަށް ބަސްއަހައިގެން އިންނާތި އިނގޭ… ނަމާދަށް ހުރެގެން ތަންތަން ނުބަލަ އެއްވެސް ކުއްޖަކާ ވާހަކަވެސް ނުދައްކާތި އިނގޭ…..” ސުމާ ނަސޭހަތްދަމުންދިޔައެވެ. “ލައްބަ މަންމީ… އެކަމް މަންމީ ވަރަށް ގިނަ ކުދިން ތިބޭނެ ޤުރުއާން ކިޔަވަން.. ހުތުބާ ފެސެންވާއިރަށް… ޒިންއަކަށް ނުކެރެ ހަތިމްގަ އަތްލާކަށް. ބަޓް އައި ވޯންޓް ޑޫ ދެޓް.” ޒިން ބުނެލީ ޝަކުވާގެ ރާގަކަށެވެ. “އަޅޭ މައި ބޭބީ.. އުޅޭ ބޭބީގެ އައްމާފޮތް ގެންދަން ދޯ.. ބޭބީ އަށް އެނގޭނު އަލްހަދުއިން ފަށައިގެން ކިޔާލަން ހިސާބަކަށް ދޯ….” ސުމާ ބޭނުންވަނީ ޒިން އަކީ ރަނގަޅު ކުއްޖެއްކަމުގައި ހަދާށެވެ. ޒިން ދީނަށް ކުރާ ލޯބި ބޮޑުވެފައި ނަމާދުކުރަންށާއި ޤުރުއާން ކިޔަވަން ބޭނުންވާލެއް ބޮޑުކަމުން ޒިން އަށް އެކަންވެސް ކޮށްދެނީ އުފަލާއެކުގައެވެ. ޒިން މިސްކިތުގައި އިނދެގެން ކިޔަވާލަން ބޭނުންނަމަ އެކަންވެސް ކޮށްދޭން ސުމާ ހުރީ ތައްޔާރަށެވެ. ޒިން އޭނާގެ ކުދި ކުދި ދަތްތަށް ފެންނަވަރަށް ހީލަމުން އާއެކޭ ބުނެލިއެވެ. “އޯކޭ… ރީހަން ބެ ކައިރި ބުނާނީ ދޯ.. އިރުކޮޅަކުން އަންނާނެ..”

ސުމާ އެހެން ބުނެލުމާއި އެކު ބެލްޖެހި އަޑުއިވުނެވެ.

 

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

މަންޝާ (ސަތާރަވަނަ ބައި)

Next

ވާނޭހެ ދުނިޔޭގާ (1)

Next
May 17, 2016

ވާނޭހެ ދުނިޔޭގާ (1)

Previews
May 16, 2016

މަންޝާ (ސަތާރަވަނަ ބައި)

37 Comments!

  1. Ryn says:
    May 16, 2016 at 10:43 pm

    hey guys hre is the nxt prt. hykuran rythi vaane kamah… vrh bwdah thnkx cmmnt kuraa kudhin ah n sry reply nukureveythyvx… esfiya opn khleveny aneh prt up kuran v ma n dhanvaru to write the prts.. lol 😛 ekm vx i wil try my bst to reply to the cmmnts.. okayyy dhn thnkx all tc c u.. n nxt prt in sha allah 2 days therey up khla dheynan… enjoy 😉

  2. Shyhaa says:
    May 16, 2016 at 11:01 pm

    Salhi.. ekam maa kury… ekam vex owkii dhw.. hehehe… nxt prt thankolheh dhigu kohla dhehchey… luv yuh n miss yuh a lttt ryn…. tc

    1. Ryn says:
      May 16, 2016 at 11:12 pm

      owwh sry fr tht.. kuriah huri prts in sha allah dhigu vaane.. n thnkx fr readin.. n miss u mre luv ya.. tc 😉

  3. Shyhaa says:
    May 16, 2016 at 11:02 pm

    BTW I frst dhw… yay

    1. Ryn says:
      May 16, 2016 at 11:14 pm

      haan haha cngrts 😉

  4. shima says:
    May 16, 2016 at 11:14 pm

    Story is getting better everyday…. keep up the good work Ryn…

    1. Ryn says:
      May 16, 2016 at 11:27 pm

      alhumdulihlaah.. thnkyww… al cx of u pplge supprt 😉 thnkyw enjoy 😉

  5. Reysham says:
    May 16, 2016 at 11:24 pm

    Varh reethi… ?????

    1. Ryn says:
      May 16, 2016 at 11:28 pm

      thnkyw 😉

  6. laimaan says:
    May 16, 2016 at 11:26 pm

    V reethi mi part vs. Curiosly waiting. Try avahah up kuran, engey miee nuunkan abadhu kuraakamaky bzy koh kan ulheny vs bt hama ehaalas nukoh up kohdhey thy v ufaaveyme.

    1. Ryn says:
      May 16, 2016 at 11:29 pm

      thnkyww.. n kyp waitin.. n yrh i wil try my bst thnkxx fr undrstandin.. dnt wnt make it late bt abadhu free veveny lahun.. n stry vx liyeveny nrmly migadyga.. ehnve.. sry fr tht… n thnkxx tc 😉

  7. Kiyuntheriyaa says:
    May 17, 2016 at 12:28 am

    Mi baives varah reethi..
    I think this is going to be better than your previous stories..
    Cant wait to read next part…
    And plx do try to upload the story daily.. I know you have other things to do but do try ingey… Luv ya ??

    1. Ryn says:
      May 17, 2016 at 11:25 am

      aww thnkyww so mch… kyp waitin… n i wil try my bst to uplwd it within 2 days… thnkyw n luv u mre.. 😉 😉

  8. Lily says:
    May 17, 2016 at 7:55 am

    Varah nice ..hama inthixaaruga ebahurin next part ah…hope kuranee varah avahah next part upload kuraane kamah..well done Ryn ❤

    1. Ryn says:
      May 17, 2016 at 11:26 am

      hehe thnkyw.. kyp waitin… n in sha allah i wont b late.. 😉 thnkyw so mch…

  9. Zeena says:
    May 17, 2016 at 7:59 am

    Reethi story eh

    1. Ryn says:
      May 17, 2016 at 11:26 am

      thnkyw 😉

  10. Add says:
    May 17, 2016 at 8:13 am

    Alhey mivaruge rythi story eh adhi nukiyan.., really. Vvvvvvv rythi. Just a wow… Keep it up. And next part avahah adhi dhigu koh genesdhehchey..

    1. Ryn says:
      May 17, 2016 at 11:27 am

      hehe thnkyww.. thts so swyt of u…. n in sha allah mi liyaa prts dhigu khlaanan n nxt prt vx wil uplwd soon.. thnkyw 😉 enjoy

  11. Appy says:
    May 17, 2016 at 9:06 am

    Woww just amazing. …ryn haadha molheyyyyyyyy v v rythi mi vaahaka

    1. Ryn says:
      May 17, 2016 at 11:27 am

      heheh thnkyww…. this made my day 😉 enjoyyy…. 😉 lts luv

  12. Thaany says:
    May 17, 2016 at 9:06 am

    Wow haadha haadha reehchey…..i lurv this storry…❤❤❤❤❤?

    1. Ryn says:
      May 17, 2016 at 11:28 am

      thnkyww 😉 enjoy

  13. ken? says:
    May 17, 2016 at 9:18 am

    mi part ves v reethi….atleast he also loves her dhw. ….but i guess sumaa zin aa ekeega fenifa n mom kiyaathyve maazin hunnaaneeeynage kid ei kamah heekoh ekan gaboolu kohgen hen…dn i guess rish aa marry kuran decide ves kohfaane…???….hhheheh…dhw rynx…v curious to knw wat ll happn wen they both comes face to face…? btw ryn mi part heevanee kudakoh kuruhen…next part dhigukoh genesdheveythw try kohlaathi ing3y…? goodluck ??❤?✌?

    1. Ryn says:
      May 17, 2016 at 11:30 am

      hehe thnkyww.. yrhh hehe they bth do dhw… haha lts c n asluvx ur hama fab to guess the strys.. haha a well knwwn readr… asluvx one of my fav n enme inthixaaru kurevey cmmnt… hehe thnkyww dhn… n yrh its lil shrt in sha allah i wil uplwd the nxt prt soon n dhigu kh…. n thnkyww 😉 😉

  14. aff says:
    May 17, 2016 at 10:06 am

    wow rynooo its obiness ingey..hehe.. keekey bunaany dhen .. ryn thee magey fav author. . love u rynoo.. keepit up..waittin waiitin for next prt..tc.☺☺☺☺☺ maaxin n suma marry kurewunas i dont think maxin mom ehaa hih hama jeheynehenneh .. Cox xin is no her son..thats y..sumtimes mums varah dangerous waane.. ????

    1. Ryn says:
      May 17, 2016 at 11:32 am

      aww thnkyww… hehehe thts so swyt thse cmmnts jxt made my day.. thnkyw… n luv u too.. n kyp waitin…. hahaha lts c wht haoons…. hahahah yrh dhw… vrh dangerous n swyt as hakuru 😛 hehehe thnkyw once again tc 😉 lts luv

  15. Zeyk says:
    May 17, 2016 at 12:54 pm

    Wow! Hadha Molheyy rryyyynnnn. Kuru viyas ok. Avahah up kurachey dhoonee.

  16. zoya says:
    May 17, 2016 at 12:57 pm

    wow so nice hama habas
    next parta waiting

  17. Shyher says:
    May 17, 2016 at 1:43 pm

    Wow…. mi prt vex varah varah reethi… dhe myhun dhemyhun ge inthixaaruga…. hehe…. dhn varah majaa… luv yew n miss yew big koh…. tc.. c ya soon…??

  18. maarsh says:
    May 17, 2016 at 4:47 pm

    V cute

  19. meesha says:
    May 17, 2016 at 5:56 pm

    varah reethi

  20. loooseee says:
    May 18, 2016 at 12:29 pm

    Vaahakaige dhen in bai vara kiyaa hithun meenee v

  21. NAU says:
    May 18, 2016 at 1:09 pm

    VERY NICE PLX NEXT PART

  22. samhaa says:
    May 18, 2016 at 2:05 pm

    kobaa aneh baaaa?????????vr. nce stry ah.. avahah up kohbr

  23. niha says:
    May 18, 2016 at 10:08 pm

    VERY BEAUTIFUL … NCE STRY
    PLX NEXT PART

  24. Faxoo says:
    May 19, 2016 at 11:33 am

    Ryn hi! faxu mi vaahaka feshugen kyyn. bt comment eh kollevuny adhi kiriya. mi story vrh cute. Ryyn ge stories varah kiya hithun kiyaalevey 😉 its a great pleasure to read ur stories 😀 keep it up Ryyn 😀

Comments are closed.

Next Episodeinthixaaruga hurin…. 5←


All Right Reserved!