Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 3

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
May 14, 2016 6 Mins Read
46 Comments

 

އަހަރެން ކިޔަވަމުން ދިޔަ ކޯހުގެ 3 ވަނަ އަހަރު ފެށުނުތަނާހެން ދޮންތަ ބަނޑުބޮނޑުކަމުގެ އުފާވެރި ހަބަރު ލިބުނެވެ. އަހަރެންގެ އަދި ދޮންތަގެއާއި ދޮންތަބެއަށް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ. އޭރު ދޮންތަ ދިޔައީ ސުކޫލެއްގައި ވަޒީފާ އަދާކުރަމުންނެވެ. އަދި އަހަރެން ޕާޓް ޓައިމް ޖޮބެއްގެ  ގޮތުގައި ފިހާރައެއްގައި މަސައްކަތް ކުރަމުން ދިޔައީމެވެ. އަހަރެން ދޮންތަ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވަމެވެ. އަބަދުވެސް އަރާމު ކުރުމަށް ބުނެ އެނދުގައި ބާއްވަމެވެ. އަހަރެން ކްލާހަށް ދާ އިރުގަޔާއި ފިހާރައަށް ދާ ގަޑީގައި ދޮންތަބެ އަންނާނެއެވެ. ދޮންތަބެ ދިޔައީ ވަކިން ކޮޓަރިއެއް އެގޭތެރޭގައި ރެޑީކުރަމުންނެވެ. ލިބޭ ފުރަތަމަ ދަރިފުޅަށް ބޭނުންވާނެހާ ހުރިހާ އެއްޗެއް އެހާއަވަހަށް ދިޔައީ ގަނެދެމުންނެވެ. ދޮންތަބެ ދޮންތަގެ ވާ ލޯބި ފެނި އަހަރެންވެސް އެ ފަދަ ލޯތްބަކަށް އެދެވުނެވެ. އެތަކެއް ފަހަރު ލޯބީގެ ހުށައެޅުންތަކެއް އަހަރެންނަށް ލިބުނެއް ކަމަކު އަހަރެން ބޭނުމީ މާޒިންގެ ލޯތްބެވެ. މާޒިންގެ ނޫންނަމަ އެކަކަށްވެސް އަހަރެންނެއް ނުލިބޭނެއެވެ.

އަަހަރެންގެ ކިޔެވުން އެއްކޮށް ނިމުނެވެ. އޭރު ދޮންތަގެ ބަނޑަށް 8 މަހެވެ. އަހަރެމެން ފަރާތުން އިތުރަަށް ދޮންތައަށް އަޅާލުން ލިބެމުން ދިޔައެވެ. ދޮންތަބެވެސް ވަޒީފާއިން ޗުއްޓީނަގާ ގިނަވަގުތު ހޭދަކުރަމުން ދިޔައީ ދޮންތަކައިރީގައެވެ. އަހަރެން ހުރީ ދޮންތަ ވިހަންދެންނެވެ. އެއަށްފަހު ރާއްޖެ ގޮސް ވަޒީފާ އަދާކުރުމަށެވެ. ދޮންތަ އާއި ދޮންތަބެ އޭރުވެސް ދަރިފުޅަށް ކިޔާނެ ނަމެއް ނުނިންމައެވެ. ދަރިފުޅު ލިބުނީމައޭ ބުނެ އެމީހުން ތިބީއެވެ.

ރެއަކީ ވިއްސާރަ ރެއެއްކަމުން ޖައްވު ވަނީ ފިނިވެފައެވެ. މަގުތަކުގައި ފެން ހިކިފައި ހުއްޓެއްކަމަކު ފަސޭހައިން ކައްސާލާނެކަން ޔަގީނެވެ. އަހަރެން އުޑަށް ބަލަހައްޓައިގެން ހުރެވުނެވެ. 14 ވިލޭރޭގެ ހަނދެވެ.. ނަމަވެސް ވިލާތަކު ތެރޭ އެ ރީތި ހަނދުވެސް ވަނީ ފޮރުވިފައެވެ. އަހަރެންގެ ދިރިއުޅުންވެސް ވަނީ މިފަދަ ގޮތަކަށެވެ. މާޒިންގެ ލޯބި ބޭނުންވާއިރު އެ ލޯބި ލިބޭކަށްވެސް ނެތެވެ. ލިބެން ނެތް އެއްޗެހި ދެކެ އެހާ ލޯބި ވެފައި ބޭނުންވަނީ ކީއްވެބާއެވެ.؟ ހަނދާން ނައްތާލެވޭނެ ނަމައެވެ. ހިތުން އެ ސޫރަ ފޮހެވޭނެ ނަމައެވެ. ލޯބި ނަގާ އެއްލައިލެވޭނެ ނަމައެވެ. އަހަރެންގެ އުފާވެރިކަމަށް އެޅިފައި ހުރި ހަމައެކަނި ހިޔަންޏަކީ އަހަރެންގެ އުފާވެރިކަމާއި އެއްމެ ބޮޑަށް ގުޅިފައިވާ އެއްޗެވެ. މާޒިންގެ ލޯތްބެވެ. މާޒިންގެ ހިޔާލުތަކުގައި އަހަރެން ހުއްޓާ ސިއްސައިގެން ދިޔައީ ދޮންތަބެ އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އޭރު ދޮންތަ އަތު ލަފިކޮށް ދޮންތަބެ ކޮޓަރިން ނިކުންނަތަން ފެނެއެވެ. އަހަރެންނަށް ވަގުތުން ވީގޮތް އިނގުނެވެ. ހާސްވެފައި ހުރި ދޮންތަބޭ ގެއިން ނިކުތެވެ. އަހަރެން ބުރުގަލެއް ބޮލަށް މަހާލުމަށްފަހު ދުވެފައި ނިކުތީމެވެ. ލައިގެން ހުރެވުނީ އަތްދިގު ކުރު ޓީސާޓަކާ ކަށި މައްޗަށް އަރައި ޓައިޓެއްކަން އިނގުނީވެސް ގެއިން ނިކުމެވުނީމައެވެ. ނަމަވެސް އެކަމަށް އަހަރެން ފަރުވާލެއް ނެތި ދުވެފައި ދިޔައީ ދޮންތަބެއާއި ދިމާލަށެވެ. ދޮންތަބެ އެދުނީ އަހަރެން ދޮންތަ ގޮވައިގެން ފަހަތުގައި އިނުމެވެ. އަހަރެން އަވަސްއަވަހަށް ފަހަތަށް އަރާ ހަމަޖެހިލުމާއި އެކު ދޮންތަ ގެނެސް އަހަރެންގެ ފައި މަތީ ބާއްވާލުމަށްދަހު ދޮންތަބެ ކާރު ދުއްވަން ފެށިއެވެ.

ދުއްވަމުން ދިޔައީ ބާރައްކަން އަހަރެންނަށް އިނގުނެވެ. ހިތުގައި ބިރުވެރިކަންވެސް އުފެދުނެވެ. ވިއްސާރަ ރެއަކަށް ވެފައި ކައްސާލަފާނެތީއެވެ. އަހަރެން ދޮންތަބެ ކައިރި މަޑުން ދުއްވަން އެދެމުން ދޮންތަބެވެސް މަޑުން ދުއްވަން ފެށިއެވެ. އަހަރެން ދޮންތަގެ ބޮލުގައި ފިރުމަމުން ދޮންތަަގެ އަތުގައި ހިފަހައްޓައިގެން އިނީމެވެ. ދުއްވަން އިނދެ ދޮންތަބެވެސް ހިތްވަރުކުރާށޭ މި ދެވެނީ އޭ ބުނެލައެވެ. 15 ވަރަކަށް މިނެޓް ފަހުން ހޮސްޕިޓަލަށް ދެވުނުއިރު ދޮންތަގެ ހާލު ދިޔައީ ދައްވަމުންނެވެ. ދާ ހިތްލާ ފޯވެފައި ހުރި ދޮންތަގެ ގެ ދެފަރާތުގައި އަހަރެމެން ދެމީހުން ހިފަހައްޓައިގެން ހުރެ ހޮސްޕިޓަލަށް ވެއްދުމާއި އެކު ވީލްޗެއަރ އެއް ގެނައެވެ. ދޮންތަ ވީލްޗެއަރ އަށް ލައިގެން ގެންދެވުނީ ލޭބަރ ރޫމްއަށެވެ. އަހަރެންނާއި ދޮންތަބެ ލޭބަރ ރޫމްގެ ކުރިމަތީގައި އިށީންދެ ތިބިއިރު އިރު އިރުކޮޅާ އެދިމާ ބަލައިލެވެއެވެ. ދުޢާ ކޮށްލެވެއެވެ. ދެމީހުންވެސް ތިބީ ވަރަށް ހާސްވެފައެވެ.

އަހަރެން ދޮންތަބެ ހިތްހަމަ ޖެއްސޭތޯ ތަފާތު ވާހަކަ ތައް ދައްކަމުން ދިޔައީމެވެ.. ދޮންތަބެ މިހާ ހާސްވެފައި ހުއްޓާ ދުވަހަކުވެސް ނުދުށީމެވެ. ދޮންތަބެގެ ސިއްހަތަށްވެސް އެހާ ހާސްވުން އެއީ ރަނގަޅު ކަމެއް ނޫނެވެ. އަހަރެން ބުނާ އެއްޗެއްސަށް ހިނިތުންވެލުމަކުން ދޮންތަބެ ފުއްދާލިއެވެ. އެތަށް އިރެއްވީއިރުވެސް ދޮންތަގެ ހަބަރެއް ނުވިތާނގާ ލޭބަރ ރޫމް އިން ނަރސް އެއްވެސް ނުނިކުމެއެވެ. އަހަރެމެން ދެމީހުންގެ ހާސްކަން އިތުރުވަމުން ދިޔައެވެ. ދޮންތަބެ އިރު އިރުކޮޅާ ލޭބަރ ރޫމް ކައިރި ގޮސް ހުއްޓިހުރެއެވެ. ނަމަވެސް އަނެއްކާވެސް އައިސް އިށީނދެ ދެއަތުން މޫނު ފޮރުވާލައެވެ.

އެހެން ތިއްބާ އިރުކޮޅެއް ނުވެ ނަރުހަކު ނިކުތެވެ. ދޮންތަގެ އޮޕެރޭޝަން ކުރަން ޖެހޭނެ ވާހަކަ ބުންޏެވެ. ދެމީހުންގެ ފުރާނަވެސް މިވަގުތު ވަނީ ނާޒުކު ހާލަތެއްގައި ކަން ބުންޏެވެ. އަހަރެންނަށް ރޮއެ ގަނެވުނެވެ. އެވަގުތުވެސް މާތް ﷲ އަށް ދުޢާ ކޮށްލީމެވެ. ނަރުސްގެ ފަހަތުން ދޮންތަބެ ދިޔައީ ފޯރމެއްގައި ސޮއެ ކުރަންށެވެ. އިރުކޮޅެއްނުވެ ދޮންވެސް ނެރުނެވެ. ދޮންތަ މައި ނޭވާ ލަމުން ދިޔައިރު ދޮންތަގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ރަނގަޅަށްވެސް އެ މޫނުމަތިން ފެނެއެވެ. ދޮންތަބެ އާއި އަހަރެން ދޮންތަ ބާއްވައިގެން ތިއެޓަރ އަށް ގެންދަމުން ދިޔަ އެނދުގެ މަގަތުގައި ހިނގަމުން ދިޔައީމެވެ. އަހަރެންނަށް އެއްޗެކޭ ނުބުނެވުނެއް ކަމަކުު ދޮންތަބެ ދޮންތަ ކައިރި ހިތްވަރުކުރުމަށާއި ހުރިހާ ކަމެއް ރަނގަޅުވާނެއޭ ބުންޏެވެ. ދޮންތަ އަހަރެންނާއި ދިމާ ބަލާލިއެެވެ. އަހަރެން ކަރުނުން ފުރިފައި ހުރެ ދޮންތަ ކައިރި އައި ލަވް ޔޫ އޭ ބުނެލެވުނެވެ. ދޮންތަ ގެ ކެތްތެރިކަމާއި ހިތްވަރުގަދަ ކަން ފެނި އިތުރު އެއްޗެއް އަހަންނަކަށް ނުބުނެވުނެވެ. ދޮންތަ ތިއޭޓަރ އަށް ވެއްދުމާއި އެކު އަހަރެމެން ދެމީހުންގެ ހާސްކަން އިތުރުވިއެވެ. އިތުރު އެއްޗެއް ބުނުމެއް ނެތި އަހަރެންވެސް ދެލޯ މަރާ އިނދެގެން ދުޢާ ކުރަމުން ދިޔައީމެވެ. އަހަރެންގެ ހަމައެކަނި ހުރީވެސް ދޮންތައެވެ. ދޮންތަގެ ފުރާނައާއި ކޮއްކޮގެ ފުރާނަ ސަލާމަތްކުރެއްވުމަށް އިނދެ ދުޢާ ކޮށްލުން ނޫން ކަމެއް ނުކުރެވެއެވެ.

އެތަށް އިރެއްގެ ފަހުން ނަރުހަކު ދޮރު ހުޅުވާލިއެވެ. އަހަރެންނާއި ދޮންތަބެއަށް އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ. ނަރުހުގެ އަތުގައި އޮތީ ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. އަހަރެންނާއި ދޮންތަބެ އެއްފަހަރާ އެދިމާލަށް ދިޔައީމެވެ. “އައި އެމް ސޮރީ… ޝީ އިސް  ނޯ މޯރ..” އެހިސާބަށް އަރަ އަރާ ހުއްޓާ ނަރުސް މީހާ އެހެން ބުނެލުމާއި އެކު އަހަރެންގެ ފިޔަވަޅު ހުއްޓުނެވެ. ނަރުހާއި ދިމާ ބަލައިލެވުނީ ގަބޫލުކުރަން ދަތިވެފައެވެ. ދޮންތަބެއަށް ވެސް ވީ އެވަރެވެ. ދޮންތަބެ އެ ހުރިތަނަށް ވެއްޓުނެވެ. ހިތާއި ވީ ދިމާއިން އަތް އަޅައިގެން އޮތެވެ. އަހަރެން ރޮމުން ރޮމުންވެސް ދޮންތަބެ އަށް ގޮވަމުން އިށީނދެލީމެވެ. ދޮންތަބެ ދެލޯ އޮތީ ހުޅުވާފައެވެ. އަހަރެން ތަންކޮޅެއް  ބާރަށް ގޮވާލީމެވެ. ބޭބީ އުރައިގެން ހުރި ނަރުސް މީހާ ޑޮކްޓަރަކަށް ގޮވާލިއެވެ. ޑޮކްޓަރ ދޮންތަބެ އެ އޮތްތަނަށް ގުދުވެލައި ދޮންތަބެގެ އަތުގައި ހިފާލިއެވެ. އަހަރެންނަށް އިނދެވުނީ ބަލާށެވެ. ޑޮކްޓަރ އަހަރެންނާއި ދިމާ ބަލާލުމަށް ފަހު ބުނި އެއްޗަކުން އަހަރެން ގެ ބޮލަށް އެރީ ނުބައި ތަދެކެވެ. ބޮލުގައި ހިފަހައްޓާލެވުނެވެ. ނަރުހަކު އައިސް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ނެގިއެވެ. އަދި ގޮނޑިއެއްގައި ބޭންދިއެވެ. އަހަރެންނަށް ރޮއެ ގަނެވުނީ އެވަގުތުގައެވެ. ދޮންތަބެވެސް ދިޔައީއެވެ. ދޮންތަވެސް ދިޔައީއެވެ. އަހަރެން ވަކި ކުރާނީ ކީއްހެއްޔެވެ؟ އަހަރެންވެސް މަރުވާނީ އެވެ. އަމިއްލައަށް ވިޔަސް ހެވެވެ.

އަހަރެން އެފަދަ ހިޔާލެއްގައި އިންދާ ނަރުސް މީހާ އައިސް އަހަރެންގެ އަތަށް ލައިދިނީ ދޮންތަގެ ބޭބީއެވެ. އަހަރެންނަށް ހަމަ ބިމަށް ފޭބުނު ކަހަލައެވެ. އެ މައުސޫމް މޫނަށް ބަލައިލެވުނެވެ. ބޭބީ އޮތީ ލޯމަރައިގެން ނިދާލާފައެވެ. އަހަރެންނަށް އެ ބޭބީ ފެނިފައި ވެސް ސިފަ ވީ ދޮންތަބެއެވެ. އޭރު ދޮންތަބެ އެތަނުން ނަގައިގެން ވީ ގެންގޮހެވެ. އަހަރެންނަށް ރޮއެ ގަނެވުނެވެ. ނަމަވެސް ހިތުގެ އަޑިން އަޒުމް ކަނޑައެޅީ މި ކުޑަ ކުޑަ ފުރާނަ އަހަރެންގެ ހިމާޔަތުގައި އަހަރެންގެ އެހީގައި ބޮޑުކޮށް ބެލުމެވެ. ދޮންތަބެއާއި ދޮންތަގެ ރީތި އާދަތަށް ދަސްކޮށްދިނުމަށެވެ. އަހަރެން ކަރުނަތަށް ފޮހެލީމެވެ. އެއަށްފަހު ބޭބީގެ ނިތުގައި މަޑު މަޑުން ބޮސް ދިނީމެވެ. އަހަރެން ގެ އާއިލާގައި ހުރި ހަމަ އެކަނި ދެމީހުންގެ ހަމައެކަނި ނިޝާނަކީ މީއެވެ. އެތާ އެއިންގޮތަށް އިންދާ ނަރުހަކު އަހަންނަށް ގޮވާލިއެވެ. އަހަރެން ބޭބީ އުރައިގެން ހުރެ ނަރުސް މީހާގެ ފަހަތުން ދިޔައީމެެވެ. އޭނާ އަހަރެން ވެއްދީ ވާޑް އަކަށެވެ. އަހަރެންނަށް ފެނުނީ އަހަރެންގެ ލޯބިވާ ދޮންތައެވެ. އަދި ދޮންތަބެއެވެ. އަހަރެން ރުއިން ކޮންޓޮރޯލް ކުރަމުން ގޮސް ދޮންތައާއި ކައިރި ވެލާ ދޮންތަގެ ގައި މަތީ ބޭބީ ބާއްވާލީމެވެ. އެއަށްފަހު ދޮންތަބެ ގައިމަތީ ބާއްވާލީމެވެ. ދޮންތަބެއަށް ބޭބީ އުރާލުމުގެ ފުރުސަތުވެސް ނުލިބުނެއެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ!! މިއަޅާގެ ދޮންތައަށާއި ދޮންތަބެއަށް ހެޔޮ ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށެވެ. އާމިން…..

އަހަރެން ގެއަށް އައީ ދޮންތަބެގެ އެކުވެރިއެއްގެ އެހީގައި ވަޅުލުމުގެ ކަންތަށް ހަމަޖައްސާ ފަހު ފަހަރަށް އެމީހުންގެ މޫނު ބަލާލާފައެވެ. އަހަރެން ބޭބީ ގޮވައިގެން އާއިރު ރޮނީއެވެ. ބަނޑުހައިވެފައި ހުރިކަން އަހަރެންނަށް އިނގުނެވެ. އަހަރެން ބޭބީ މަސަލަސް ނުވެގެން އުޅެނިކޮށް ދޮންތަގެ ގާތް އެކުވެރިއެއް އައެވެ. އައީ ކުޑަކުދިންނަށް ހާއްސަ ކިރުޕެކެޓްތަށް ހިފައިގެންނެވެ. އެއާއި ދިމާ ބަލަން އަހަރެންނަށް ހުރެވުނެވެ. އޭނާ އެތަކެތި ބޭނުން ކުރުން ރަނގަޅުވާނޭ ބުންޏެވެ. އެހެން ކަމުން އަހަރެން އޭނާގެ އެހީގައި ބުއްފުޅިއަކަށް ކިރު އަޅާ ބޭބީ އަށް ޖެއްސީމެވެ. އަހަރެން ވިސްނަމުން ދިޔައީ އަހަރެންގެ މުސްތަގުބަލާއި މެދުގައެވެ. ބޭބީގެ މުސްތަގުބަލާއި މެދުގައެވެ. ދޮންތަގެ އެކުވެރިޔާ ގެ އެހީގައި ފުރަތަމަ ހަފްތާ ފަސޭހަކަމާއި އެކު ވޭތުވެގެން ދިޔައެވެ. ބޭބީއަށް ކިޔާނެ ނަމެއް އަހަރެން ކައިރި އޭނާ އަހާލިއެވެ. އަހަރެން ބުނީ ދޮންތަމެން ނަމެއް ޑިސައިޑް ނުކުރާ ކަމެވެ. އޭނާ ބުނީ އަހަރެން ނަމެއް ކިޔާށެވެ. އެހެން ކަމުން ހޮޓަލަކުން ކެެއުން ގެނެސް އަހަރެންގެއާއި ދޮންތަގެ އަދި ދޮންތަބެގެ އެކުވެރިންނަށް ކާންދީ ބޭބީއަށް ނަން ކީމެެވެ.. އަހަރެން ކީ “މުހައްމަދު މާޒިން” އެވެ. އަހަރެންނަށް އެނަން ހާއްސަ ވީލެއް ބޮޑުކަމުންނެވެ. އެންމެންނަށްވެސް އެނަން ރީތިވިއެވެ.

އެންމެންގެ އެހީތެރިކަމާއި އެކު ފުރަތަމަ 4 މަސް ފަސޭހަކަމާއި އެކު ދިޔައެވެ. އަަހަރެން މަސައްކަތް ނުކުރިއެއް ކަމަކު އަހަރެންނަށް މާލެއިންވެސް ލާރި އާދެއެވެ. ކުއްޔަށް ދޫކުރަމުން ދާ ކޮޓަރީގެއެވެ. އަދި ދޮންތަބެގެ ބިޒްނަސްއިން އެއްބައި ޒިންއަށް ލިބޭގޮތަށް ނިންމިއެވެ. ދޮންތަބޭގެ ދުރު އާއިލާއެއްގެ ދައްތައެއް ގެއަށް އައިސް އަހަރެމެން ދެމީހުންގެ ހާލު ބެލިއެވެ. ޒިން އަކީ ގިނަވަގުތު ނިދާފަ އޮންނަ ކުއްޖެއްކަމުން އޭނާ ގެންގުޅޭކަށް އަހަންނަކަށް އުނދަގުލެއް ނޫނެވެ. ބަލަދުވެރި ވާނީވެސް އަހަރެންނަށް ތާއޭ އަހަރެން ހިތަށް އެރިއެވެ. ދޮންތަބެގެ ދައްތަ އަހަރެން ރާއްޖެ ދާނެތޯ އަހާލިއެވެ. އަހަރެން ވިސްނަމުން ދިޔައީ ޒިން ގެ އުމުރުން 3 އަހަރުގައި ރާއްޖެ އެއްކޮށް ބަދަލުވާށެވެ. އޭގެ ކުރިން މެލޭގައި އުޅުމެވެ. ޒިން އަހަރެންނަށް މަންމި ކިޔަ ގޮވަމުން ދިޔައެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބެއެވެ. ޒިން ވީ އެ އުމުރުގެ އެހެން ކުދިންނާއި ހިލާފަށް ބަސްއަހާ ކިޔަމަންތެރި ކުއްޖަކަށެވެ. ބޮޑު ވަމުން ދިޔައިރުވެސް އަހަރެންނަށް ގެން ގުޅެން ފަސޭހައެވެ.

ދޮންތަބޭގެ އެ ދައްތައާއި ގެ ހަވާލުކުރުމުގެ ކަންތަށް ނިންމާލުމަށްފަހު ޒިންގެެ އުމުރުން 3 އަހަރުގައި އަހަރެން ރާއްޖެ ބަދަލުވީމެވެ. މިހާރު އަހަރެންގެ ދިރިއުޅުމުގައި އެ މާޒިން ނެތަސް އާ މާޒިންއެއް އެބަހުއްޓެވެ. އަހަރެން ދޫ ކޮށްލާފައި ނުދާނެކަމުގެ އިތުބާރު އޮތެވެ. އަހަރެން މާލޭގެ ފަސްގަނޑުގައި ފައި ޖައްސާލިވަގުތު ހިތަށް ހުރިހާ ކަމެއް ސިފަވަމުން ދިޔައެވެ. ކޮންމެ ކަމެއްވެސް މާޒިންއާއި ވަނީ ގުޅިފައެވެ.

……………………………………………………………………………

 

ސުމާ ޑައިރީ ލައްޕާލިއެވެ. ކަރުނައިން ފުރިފައިވާ ހާލު އޭނާ ކަރުނަތަށް ހިންދަން މަސައްކަތްކުރިއެވެ. ގިސްލެވެމުން ގޮސް އެންމެ ފަހުން އަޑުން އަޑު ނަގާ ރޮއެ ގަނެވުނެވެ. އެނދުމަތީ ބަންޑުން އޮވެލުމަށްފަހު ލޯ މަރާލިއެވެ. “ބައްޕާ….. ދޮންތާ……” އޭ ކިޔާ ގޮވާލެވުނެވެ. ސުމާ އެންމެ ލޯބިވާ ދެމީހުންވެސް ވަކިވީއެވެ. މާޒިން ކޮބާ ބާއެވެ؟ އޭނާއަށް ދޮންތަގެ ހަބަރު ލިބުނުބާއެވެ؟ ސުމާ މާލެ އައިކަން އިނގޭނެބާއެވެ؟ ސުމާ ރޮމުުން ދިޔައިރު ހިތުގައި އެތަކެއް ސުވާލުތަކެއް ފުރިފައި އޮތެވެ. އެންމެން އޭނައާއި ވަކިވަނީ އޭނާގެ ބަދުނަސީބުކަމުން ހެއްޔެވެ؟ ސުމާއަށް އެހެން އޮއްވާ ނިދުނި އިރެއްވެސް ނޭނގުނެވެ.

 

“މަންމީ…. މަންމީ……” ސުމާއަށް އުނދަގުލަކުން ނަމަވެސް ދެލޯ ހުޅުވާލެވުނެވެ. އެއާއި އެކު ސިއްސައިގެން ގޮސް އެނދުން ތެދުވެވުނެވެ. ރޭގަ ވީ ކަންތަށް ހަނދާންވީ ކައިރި އޮތް ޑައިރީފެނިފައެވެ. “މަންމީ…..” ސުމާ އަށް ޒިން އިންކަން އިނގުނީ އަނެއްކާވެސް ޒިން ގޮވާލުމުންނެވެ. ސުމާ އަވަސް އަވަހަށް ޒިންއާއި ދިމާ ބަލައިލިއެވެ. “މަންމީ.. ޒިން ގޮވާ ގޮވާ.. ކީއްވެ މިތާ އޮތީ… އައި ވޯސް އެލޯން މަންމީ..” ޝަކުވާ ކޮށްލަމުން ޒިން އެހެން ބުނެލިއެވެ. ޒިންއަށް އެކަނި ނިދުން އެއީ ވަރަށް އުނދަގޫކަމެއްކަން ސުމާއަށްވެސް އިނގެއެވެ. “ސޮރީ ބޭބީ.. މަންމި ކޮޓަރިއަށް ވަދުނުތަނާ ނިދުނީ… ސޮރީ…” ސުމާ މާފަށް އެދުނެވެ. އެއާއި އެކު ޒިން ހިނިތުންވެލަމުން އިޓްސް އޯކޭއޭ ބުނެލިއެވެ. ސުމާ ޒިންގެ އިސްތަށިގަނޑާއި ކުޅެލުމަށްފަހު ޑައިރީނަގާ އެ އޮންނަ ބަޔަށް ލާ ފޮރުވިއެވެ. “މަންމީ ކޮންފޮތެއް އެއީ؟؟” ޒިން ސުމާ އަލަމާރި ލައްޕަނިކޮށް އަހާލިއެވެ. “އެއީ މަންމިގެ މުހިއްމު ފޮތެއް.. ކޮބާ ބޭބީ ތެދުވެފަ ހަމްދުކޮށްލިންތަ؟ މަންމި ބުނީމެއްނު އަލްހަމްދުލިއްﷲ ކިޔަންޖެހޭނޭ އާ ދުވަހަކަށް އިރުއަރާ… ރަނގަޅު ސިއްހަތެއްގައި ހޭލެވުމުން ދޯ..” ސުމާ ހަނދާންކޮށްލަދިނެވެ. މާޒިން އަވަސްއަވަހަށް އަލްހަމްދުލިއްﷲ ކިޔާލިއެވެ. “ހިނގާ އަވަހަށް ފެންވަރާލަން ދޯ ބޭބީ..” ސުމާ ޒިންގެ އަތުގައި ހިފައިގެން އެނދުން ބާލާ ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ. އެއަށްފަހު ފާހަނައަށް ވަދެ ޒިން ފެންވަރުވާލުމަށްފަހު ސުމާވެސް ވަނެވެ.

ސުމާ ނިކުތް އިރު ޒިން ހުރީ ހަމައެކަނި ސޯޓެއް ލައިގެންނެވެ. އޭނާއަށް ލާން އިނގެނީ ހަމައެކަނި ސޯއްޓެވެ. ސުމާ އައިސް ތުނި ޓީސާޓް ކޮޅެއް ލައްވާލިއެވެ. އެއަށްފަހު ފަތިން ނަމާދުކޮށްލަން ފެށިއެވެ. ޒިންވެސް އަވަސް އަވަހަށް ސުމާގެ ފަހަތުން ނަމާދު ކުރަންފެށިއެވެ.

އެއަށްފަހު ޒިންއަށް ޕެކެޓެއް ބޯން ބޭންދުމަށްފަހު ބަދިގެއަށް ޖެހިލީ ފެން ކައްކާލުމަށެވެ. ކަރަންޓް ފެން ޖަގަށް ފެން އަޅާލުމަށްފަހު އޮން ކޮށްލިއެވެ. “ބޭބީ ކޯޗެއް މިއަދު ހަދަނީ؟؟” ސުމާ އަހާލުމުން ޒިން ސޭންޑްވިޗް އޭ ބުނެލީ އަނގައިން ޕެކެޓްގެ ހޮޅި ދުރުކޮށްލަމުންނެވެ. ސުމާ އޯކޭ އޭ ބުނެލުމަށްފަހު ސޭންޑްވިޗް ހަދަން ބޭނުންވާނެ އެއްޗެހި ރެޑީ ކޮށްލިއެވެ. “އަދި އެހެން އެއްޗެއް ދެންތަ ބޭބީ؟؟” ސުމާ ފިޔާކޮށަން ހުރެ ބުނެލިއެވެ. “މަންމީ އާދެބަ…” ޒިން ސުމާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ސުމާ ގާތު އައުމަށް ބުނެލިއެވެ. ސުމާ ދެއަތް ދުރުކޮށްލަމުން ޒިންއާއި ދިމާލަށް ދިޔައެވެ. “ލައްބަ ކީކޭ…؟” ސުމާ ޒިން ކައިރިއަށް އައިސް އަހާލުމުން ޒިން އަތުން ސުމާއަށް ޕެކެޓް ޖައްސާލިއެވެ. “މަންމީ.. ޒިން ބުނަމެއްނު ޒިންއާއި އެކު މަންމިވެސް ވާނޭ އެއްޗެއް ބޯލަން. ބަޓް ސްޓިލް ޔޫ ޑޯންޓް…” ޒިން ރުޅިއާއި ކަމަށް ހަދާލިއެވެ. ސުމާ ޕެކެޓް ދުރުކޮށްލުމަށްފަހު ޒިންގެ ގައިގާ ބައްދާލީ ދެއަތް ޒިންގެ ގައިގާ ނުޖެހޭނެ ހެންނެވެ. އޭނާދެކެ އެހާ ލޯބިވާ ކުއްޖެއް ހުރިކަން އިނގި ހިނިތުންވެލެވުނެވެ. “ދެން ބޭބީ… ސޭންޑްވިޗް ހަދާފަ މަންމި ކާނަން އިނގޭ.. އޭރުން ދެކުދިން އެއްކޮށް ކާނީ ދޯ..” އުނދަގުލަކުން ނަމަވެސް ޒިން ހިތްހަމަޖައްސާލުމަށްފަހު ސުމާ ކުރަން ހުރި ކަންތަށް ފެށިއެވެ.

 

-ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ…(7 ވަނަ ބައި)

Next

އަހަރެންގެ ވާހަކަ (ސޯޅަވަނަ ބައި)

Next
May 15, 2016

އަހަރެންގެ ވާހަކަ (ސޯޅަވަނަ ބައި)

Previews
May 14, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ…(7 ވަނަ ބައި)

46 Comments!

  1. Ryn says:
    May 14, 2016 at 8:33 pm

    hey guys.. hre is the nxt prt hwp lyk vaane kamah.. n yrhhh i hve sumthin to tell.. actually its nt 3 years ingeyy bt i wrte it… it ws a mistake bt nw i cnt chng it cx it wil effct the nxt prts alt.. ehnve… actualy first her career ws sumthin else n ltr ehn prt r gulhuvan chng kuran jehuny n frgt to chnge the year.. n if i did nw dhn it wil make a big diffrnce so i jxt kpt it lyk tht m so sry fr tht… so plx readrs vx kyp tht in mind n once again sry fr tht.. thnkx fr readin.. tc n sry fr a laaaaaaate update….. c u 😉

  2. meesha says:
    May 14, 2016 at 8:35 pm

    new 3???? whts tht ryn???

    1. Ryn says:
      May 14, 2016 at 9:08 pm

      oops sryy tht ws a mistake balai nulaa mi up kury avas kuran hadhaign n bfr i wrte NEW 3 cx mi prt thah liyunu iru name eh decide eh nukuran. .thnkx fr tellin dear.. n once again m sry..

  3. laimaan says:
    May 14, 2016 at 8:42 pm

    Hama rovihje bt story is awesome. Eagerly waiting for the next part

    1. Ryn says:
      May 14, 2016 at 9:10 pm

      thnkxx 😉 😉 kyp waitin

  4. meesha says:
    May 14, 2016 at 8:45 pm

    varah varah reethi mibai vex.. 😀

    1. Ryn says:
      May 14, 2016 at 9:11 pm

      thnkxx 😉

  5. aff says:
    May 14, 2016 at 8:50 pm

    rynoo.. alhe haada touching ey ..Rovihje..Hama habeys.. Next prt inthixaaruga keh madhuvefa.. ☺☺☺☺☺☺

    1. Ryn says:
      May 14, 2016 at 9:11 pm

      haha thnkxx aff… kyp waitin 😉 😉

  6. Ushaa says:
    May 14, 2016 at 8:51 pm

    V vvvv salhi mi stwry. Rynge hurihaa stwry evvx Ushaayah vvv salhi. Ur my FAVOURITE. Waitin..

    1. Ryn says:
      May 14, 2016 at 9:12 pm

      aww thnkxx ushaa.. tht myns alt… 😉 thnkyw fr readin my stries.. 😉 enjoy tc

  7. Zaanaa says:
    May 14, 2016 at 8:52 pm

    Me part haada lasvee keyaa hethun balabalaa huhtaa thi up kohlee khon erakun next up khoh ladaynee varah keyaa hethun methinenee

    1. Ryn says:
      May 14, 2016 at 9:13 pm

      yrh sry fr tht ryn vrh bxy kh miulheny… n so happy to knw tht u were waitin fr this stry hehe…. n in sha allah 2 days therey i wil upload it.. 😉 thnkyw

  8. aish says:
    May 14, 2016 at 9:53 pm

    varah reethi mi bai ves

    1. Ryn says:
      May 14, 2016 at 10:44 pm

      thnkx 😉

  9. shima says:
    May 14, 2016 at 10:01 pm

    Nice story…. Eha Las nukoh upload kohdhen yamun warah happy waane… Eha Las wanyamun readers fuhi waane… anyways nice story… I like it because it’s long and story is good too… keep up the good work. .. ?

    1. Ryn says:
      May 14, 2016 at 10:45 pm

      hehe thnkxx.. n i try my bst to do bt aslu bxy v ma nuvany.. n thnkx alt once again.. enjoy 😉

  10. ken? says:
    May 14, 2016 at 10:13 pm

    hahha….told ya…as i guessed zin is her nephew dhw….xin n sumaa ge parta thah v cute? its like my lil soul n me…n suma ge dhonthi vihan ulhun part kiyaafa v touch vi cux i hv been in dat pain…?
    dn mihaaru mi wait kuranee maazin n suma meet vaane dhuvahakah…good luck ryn…n i try appriciate ur work cux after all being so bxxy u r uploading it like a rock?❤?✌??

    1. Ryn says:
      May 14, 2016 at 10:48 pm

      hahah n tld u tht it wil b a diffrnt stry dhw 😛 hwp it is… n haha ikr thts my n my luvly nephews ge swyt momnts.. owwh alheyy… hahaha lts c dhw dhn n wait fr tht prt… 😉 thnkyww ken… n yrh i ws bxy hama balan up kureveythw ehn hadhaign name vx chng nukh haha -_- anyway thnkyw fr the cmmnt.. made my nyt 😉 😉 enjoy

  11. Haazi says:
    May 14, 2016 at 10:15 pm

    Mibai wex vvv nice…ekam v kuru

    1. Ryn says:
      May 14, 2016 at 10:49 pm

      thnkxx owh ehnthr sry fr tht… 😉

  12. ina says:
    May 14, 2016 at 10:18 pm

    Ryyyynnnuuuuuuu v v v v v v v v nyc mi prt vx.. 😉 ..hehe..suma dhontha ge baby rhw e ee.. I thgt suma ge kmh..hehee.. Ekm kn 3 yrs ekeythr thibuny??? ..nxt prt wen??? Avahah up kohdhehchey…rynuuu missss U n luvvvv U alottt..tvvgc… 🙂

    1. Ryn says:
      May 14, 2016 at 10:50 pm

      inuuuuuuu 😛 hehehe thnkywww darl… yrrhhh… hehehe… ehnthr… yrh thts ehka suma gynee kiyevy 3 yrs ihney jehifa ihnaany it wil tke mre thn tht lol… n i frgt to chng it ltr.. ehnve.. n nxt prt within 2 days in sha allah… inuu i miss u mre n luv u mre.. tc c u 😉

  13. Mimmy says:
    May 14, 2016 at 10:24 pm

    V reethi, avahah up kurahchey

    1. Ryn says:
      May 14, 2016 at 10:51 pm

      sure.. thnkyw 😉

  14. Appy says:
    May 14, 2016 at 10:32 pm

    Wow alhe haadha rychey mi story abadhu beley up vefa inthw….mm…I just luv this ………..?

    1. Ryn says:
      May 14, 2016 at 10:51 pm

      hehe thnkyww 😉 thts so swyt of u.. thnkx tc

  15. neha says:
    May 14, 2016 at 10:50 pm

    Baby hospital in vihey dhuvahu geah fonuvaalytha

    1. Ryn says:
      May 14, 2016 at 10:56 pm

      yrh eyna dhn ehn gwtheh nethehnu hr mum is nt thre so why shuld she wait thr i think.. as bby ws totally fyn…hehe.. ei ryn ah hyvaa goii anyway thnkx fr readin..

  16. Anonymous says:
    May 14, 2016 at 11:09 pm

    Wth???

  17. lai says:
    May 14, 2016 at 11:28 pm

    alheyyyy rynuuu .. lai mioh gen roe roe halaaku vany 😛 haha .. asluvess v dheravehje mi bai kiyaafa 🙁 .. ryn ge kanthah 😛 .. hehe mi part vess hama vvvvvvvvvvvvvvvvvvvvvvvvvv rythi .. awsome ..when next part? .. waiting waiting .. ooh i forgot .. 2 days fahun dhw hehe.. short term memory ekey 😛 .. mi bai vess vvvvv niceeee .. keep it up n gud luck rynuu .. tvvvvvgc .. miss u alottteeee .. luv u 🙂 😉

    1. Ryn says:
      May 15, 2016 at 10:01 am

      hehehehe alheyyy.. sry laithuu… hahaha bulahkad kahykaa ??? thihn gos dnt frgt me okaayyyy…. n thnkxx. miss u mre luv u too c u sumdayyyy ?????????????

  18. Xoya says:
    May 15, 2016 at 12:46 am

    V v reethi mi prt vx … avahah nxt prt vx up kohla dhehchey… N gud luck

  19. Inu says:
    May 15, 2016 at 1:19 am

    V nice rovijje… Varah asarugadha thankolhe baby vihaa fa mom maruvy… I have 10 dhuvas vi baby ehen ve

  20. soru says:
    May 15, 2016 at 1:39 am

    Ryn single tha

    1. ryn says:
      May 17, 2016 at 1:49 pm

      Kaley aa alhe konbehey kameh tha

  21. zoya says:
    May 15, 2016 at 12:37 pm

    vara reethi waiting to next part

  22. mal says:
    May 15, 2016 at 2:39 pm

    v v v loabi….ryn is the best egey…luv u…..

  23. mashy says:
    May 15, 2016 at 3:04 pm

    Ryn plxx 2 dayss ehh nunayy up kuraani. Dailyy kohhh vvvvvvvv beynunnn kiyaaala n. Vvvv nice stryy ehh mieee….. best of luck ryn

  24. maarsh says:
    May 15, 2016 at 4:40 pm

    Vvv salhi mi prt ves

  25. Thaany says:
    May 15, 2016 at 7:05 pm

    V v v v v v v reeeethi….

  26. Reysham says:
    May 15, 2016 at 8:13 pm

    Varh reethi… Mihaaru varh vaahaka ah varh inthixaar eba kuran.. Dhuvahaku ves nukuraa kameh mi

  27. Reysham says:
    May 15, 2016 at 8:14 pm

    Thanx dear

  28. xaan says:
    May 15, 2016 at 10:59 pm

    Vaahaka v reethi thankolheh avahah up kurahchey ingey

  29. mazin says:
    May 16, 2016 at 3:03 pm

    hama hyyvanyy ma hayaathuga kuriah vaane goihe?? i miss my ex

    1. najey says:
      May 16, 2016 at 7:10 pm

      Hey xin… Don’t be sad….
      I know your ex’s name is Suma….?

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން 4←


All Right Reserved!