
އެދިގެން ކަލާ ލިބޭތޯ 43

(43 ވަނަ ބައި)
“ޒެލް… އައިމް ސޮރީ… އައިމް ސޯ ސޮރީ… އަހަރެން ގަސްތަކުނޫން… އެރޭ… އަހަންނަށް… އަހަންނަށް ވީނުވީއެއް ނޭނގުނީ… އިނގޭ ޒެލްއަށް ނުބައި މާނައެއް ނެގިދާނެކަން… އެކަމްވެސް…. އަހަރެން…” ޒެލްގެ ކުށްވެރިކަމުން ފުރި ގެންވީ ނަޒަރު އެ މޫނާއި އަމާޒުވެގެންދިޔުމާއިއެކުހެން އައިލީގެ ކެތްތެރިކަން ނެތިގެންދިޔަކަހަލައެވެ. ހަޔާތުގެ އެ ހިތި ހަނދާނަކީ ނުވާކަމަކަށް ހެދުމަށް އޭނަ ހާދަ މަސައްކަތެއްކޮށްފިއެވެ. ޒެލްގެ ކުރިމައްޗަށް އަންނަން ބޭނުންނުވީވެސް އެ ހަނދާންތަކާއި ދުރަށްދާން ބޭނުންވީވަރުންނެވެ. ކުށްވެރިކަމުގެ އިޙުސާސްތަކުން އެ ހިތް ފުރިފައިވުމުންނެވެ. އެކަމަކު ޒެލް ގެ ހިތް އޮތްގޮތް އިނގުމަށްފަހު އޭނައަށް ފުރަގަސްދެވިދާނެ ހެއްޔެވެ؟
“އައިލީ ޔޫ ރިމެމްބަރ އެވްރީ ތިންގް… ޑޯންޓް ޔޫ… ދެން ކީއްވެ ހަނދާން ނެތްކަމަށް ހެދިގެން އުޅުނީ؟” އައިލީގެ ބަސްތަކުން ލިބިގެންދިޔަ ހައިރާންކަމާއިއެކު ޒެލްއަށް އައިލީގެ ގައިން އަތްދޫކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނަގެ ހަނދާނަށް އައީ ރިސޯޓްއަށް ކުރި ދެވަނަ ދަތުރަށްފަހު އައިލީއަށް އައި ބަދަލުތަކެވެ. އޭނައާއި ކުރިމަތިލާން ޖެހިލުންވެގެން އުޅުނުގޮތެވެ. ފުރަ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (1)
Comments are closed.
Ramadan Kareem to my dear readers
May Allah swt accept all our deeds and dua’s.