ގަތުލް – 02
މުލައިލް ޒައިވާގެ ދަތްދޮޅީގައި މަޑުމަޑުން ހިފައިލަމުން ޒައިވާގެ މޫނު އޭނައާ ދިމާލަށް އަނބުރައިލިއެވެ. ޒައިވާގެ ކަރުނުން ފުރިފައިވި ދެލޯ ފެނުމުން މުލައިލްގެ ހިތަށްގޮތެއްވިއެވެ. “ހޭ ކިހިނެތްވީ ކީއްވެ ތި ރޮނީ؟” ޒައިވާގެ މޫނުކޮޅުގައި ދެއަތުން ހިފައިލުމަށްފަހު ބޮޑުވާ އިނގިލި ޒައިވާގެ ކޯތާފަތުގައި ހިންގައިލަމުން މުލައިލް އަހައިލިއެވެ. “ޒިވީ.. މުލް ޒިވީ އިޒް ޑެޑް.. އެމީ..ހުން..” ޒައިވާއަށް އެހިސާބަށް ބުނެވުނު ތަނާހެން ބަޑި ފަޅައިގެންދިޔައެވެ. މޫނުމަތީ އަތް އަޅައިލުމަށްފަހު އަޑުން އަޑު ނަގާ ރޯންފެށިއެވެ. މުލައިލް ސޯފާގައި އިށީންނަމުން ޒައިވާ އޭނަގެ މޭތެރޭގައި ފޮރުވައިލިއެވެ.
****ޕާޓް 02****
މޭޒުމަތީގައި އޮތް ފައިލަށް ބަލަން އިން ނިހުލާލްގެ ވިސްނުމުގައިވީ ޒައިވާގެ ބަސްތަކެވެ. އެ ގަތުލްތަށް ހިންގަނީ އެންމެ މީހަކަށް ނުވިއްޔާ ކިތަށް މީހުން ހެއްޔެވެ؟ އެންމެ މީހަކަށް ސޯޅަ އަހަރުގެ ދެ އަންހެން ކުދިން ހިފައްޓާލެވޭނެ ހެއްޔެވެ؟ އެ ގާތިލް ބަޔަކު ގާތުން އެހީ ހޯދަނީބާއެވެ؟ ނޫނީ އޭނަ އާއި އެއްބައިވެގެން އެކުދިން މެރުމުގައި އެހެން ބަޔެއް ވެސް ގާތިލްއާއެކީ މަސައްކަތް ކުރަނީ ހެއްޔެވެ؟ ހުސް ވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. ނިހުލާލްއަށް ހޭވެރިކަމެއްވީ ރުކާން އޭނަގެ މޫނުމަތީގައި އަތް ހޫރަން ފެށީމައެވެ. “ސާރ ހާދަ ބޮޑު ވިސްނުމެއްގަ؟ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ ކުނި އުކާލާ މީހަ މިހާރު ހުރީ.. ވާހަކަ ދައްކާލަން ބޭނުންތޯ؟” ރުކާން އަހައިލިއެވެ. ނިހުލާލް ވަގުތުން ބޯޖަހައިލިއެވެ.
ރުކާން އާއިއެކު ނިހުލާލް މީހުން ބަންދު ކުރަން ބަހައްޓާފައި ހުންނަ ސެލްތަކާއި ދިމާލަށް ހިނގައިގަތެވެ. “އެމީހަގެ ވަނަވަރު އަލަށް ޖޮއިންވި ޓެކް ކުއްޖަ ކައިރީ ހޯދާލަން ބުނާތި.. އަހަރެމެނަށް ބޭރުން އެކަކަށް ވެސް އިތުބާރު ކުރެވޭކަށް ނެތް.. މި ކުނިއުކާލާ މީހަގެ ހަގީގަތެއް ވެސް އެނގެނީކީއެއް ނޫން..” ރުކާންއާއި ދިމާލަށް ބަލައިލަމުން ނިހުލާލް ބުންޏެވެ. “އެއީ ދިވެއްސެއްނޫން.. ބަންގްލަދޭޝް ރައްޔިތެއް.. އަދި އޭނަގެ ބަޔާނެއް އަޅުގަނޑެއް ނުނަގަން.. ގެނައި ގޮތަށް އެތާ ބައިންދާފަ އޭނީ..” ރުކާން ބުންޏެވެ. ނިހުލާލް އެތެރެއަށް ވަންނަމުން، ރުކާން އެތަނުން ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުނެލިއެވެ.
ޒައިވާގެ ބަދަލުގައި އައިޓީއަށް ނެގުނު ކުއްޖާ ކައިރިއަށް ރުކާން ދިޔައެވެ. އެއީ ތޭވީސް ވަރަކަށް އަހަރުގެ ޒުވާން ފިރެހެނެކެވެ. ކަޅުކަން ގަދަ ބުމައެއްގެ ވެރިއެކެވެ. ރުކާން އޭނަގެ ކެބިންއަށް ވަނުމުން އެ ޒުވާނާ ކޮޅަށް ތެދުވެލާފައި ޖީބަށް އަތް ޖަހައިލިއެވެ. “ސަލާމް އަހަރެންނަކީ ރުކާން.. މިހާރު ކުރިއަށްދާ ގަތުލްތަކުގެ މައްސަލަ ބަލަމުންދާ ޓީމްގައި މަސައްކަތް ކުރަމުންދާ މީހެއް.. ޒައިވާގެ ބަދަލުގަ އައިޓީއަށް ގެނައި ކުއްޖަކީ ތިޔައީ ދެއްތޯ؟” ރުކާން އޭނަގެ ބަރު ފިރެހެންވަންތަ އަޑުން ވާހަކަ ދެއްކިއެވެ. އެ ޒުވާނާ ރުކާންއާއި ހަތަރު ކަޅި ހަމަކޮށްލަމުން ބޯޖަހައިލިއެވެ. “ނިހުލާލް ސާރ އަކީލް ގާތު މި ބަންގްލަދޭޝް މީހާގެ މައުލޫމާތު ހޯދާލަ ދޭން ބުނެލި ވާހަކަ ބުނަން އަހަރެން މިއައީ.. ވީހާ ވެސް އަވަހަކަށް އޭނަގެ މައުލޫމާތު ހޯދައި، ފައިލްކޮށްލުމަށްފަހު އަހަރެންގެ މެއިލްއަށް ފޮނުވާލާތި..” އެ ޒުވާނާގެ ޔުނީފޯރމްގެ ނަންކޮޅަށް ބަލައިލުމަށްފަހު، ކަރުދާސްކޮޅެއްގައި ރުކާންގެ އަމިއްލަ އީމެއިލް އެޑްރެސް ލިޔެލާފައި އަކީލްގެ އަތަށް ދެމުން ރުކާން ވާހަކަ ދެއްކިއެވެ. އަކީލް މިފަހަރު ވެސް ޖަވާބު ދިނީ އޭނަގެ ބޮލުގެ އިޝާރާތުންނެވެ. އަކީލްއަށް ފާޑަކަށް ބަލައިލުމަށްފަހު ރުކާން ދިޔައީ ފޮރިންސިކް ޑިޕާރޓްމެންޓަށްށެވެ.
ބަސްދޭހަ ކުރާ މީހާގެ އެހީގައި ނިހުލާލް އެ ބަންގްލަދޭޝް މީހާ ކަމަށްވާ އަކޭޝް މޯލާ އާއި ސުވާލު ކުރަން ފެށިއެވެ. އަކޭޝްއަކީ އެ ރަށުގެ އެންމެންނާ ވެސް ގުޅޭ ހިތްހެޔޮ މީހެކެވެ. އޭނަގެ ތިން ފުރޮޅުލީ ބަގީގައި ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ކުނި އުކާލުމަށްޓަކައި އެކި ގޭގެޔަށް ދެއެވެ. އަކޭޝް ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ ހަރަކާތްތަކުގައި ނެގި މަޑުވެފައި ހުރި ކަމުގެ އަލާމާތްތަކެއް ފެންނަމުން ދިޔައެވެ. ސުވާލު ކުރެވެމުން ދިޔައިރު ފާރާއި ދިމާލަށް ގެއްލިފައި އިނުމާއެކު، އޭނަގެ މޫނަށް ބައެއް ފަހަރު ނުތަނަވަސްކަމުގެ ކުލަވަރު ވެރިވެގެން ދެއެވެ. އޭނަ އާއި ކުރެވުނު ސުވާލުތަކުން މާ ބޮޑު އެއްޗެއް ނިހުލާލަށް އޮޅުންނުފިލި ނަމަވެސް އޭނަގެ ހަރަކާތްތަކުން އޭނަ ނުތަނަވަސްވެފައިވިކަން ނިހުލާލްއަށް ދޭހަވިއެވެ.
އައު މައުލޫމާތަކަށް އެމީހުނަށް އެނގޭ ގޮތްވީ ގަތުލް ކުރެވިފައިވާ ދެ ކުދިންގެ ގުނަވަންތަށް ހުރި ކޮތަޅުތަށް އޮތީ ރަށު ސްކޫލުގެ ބޮޑު ޑަސްޕިނަށްލާފައި ކަމެވެ. ނިހުލާލް ބަސް ދޭހަ ކުރާ މީހާއަށް ޝުކުރު އަދާ ކުރުމަށްފަހު ރުކާންއާއި މަޝްވަރާކޮށްލަން ރުކާންގެ ކެބިންއާއި ދިމާލަށް ހިނގައި ގަތެވެ. “ނިހުލާލްގެ ވިސްނުމަކީ ކޮބާ؟ ހީވޭތަ މި ބަންގާޅި މީހަ އެކަންތައް ކޮށްފާނެހެން؟ އޭނަ ދޮގު ވެސް ހަދާފާނެ… އެކަހަލަ މީހުންނަށް އިތުބާރު ކުރާކަށް ނުވާނެ..” ނިހުލާލްގެ ފަހަތުން ހިނގަމުން ބަސް ދޭހަ ކުރަން ގެނައި މީހަ ކަމަށްވާ ޖަޒްލާން ވާހަކަ ދެއްކިއެވެ.
ނިހުލާލްއަށް އޭނަ ހުރި ފިޔަވަޅު މަތީ ހުއްޓެވުނެވެ. އޭނަ ޖަޒްލާންއާއި ދިމާލަށް ބަލައިލީ ހައިރާން ކަމުން ފުރިގެންވި ނަޒަރަކުންނެވެ. “އަހަރުމެންނަށް ސްޓެރިއޯޓައިޕްކޮށް މިކަހަލަ ކޭސްތަކަށް ގޮތެއް ނުނިންމޭނެ.. އެމީހެއްގެ ގައުމުގެ ސަބަބުން ނުވަތަ އޭނަ ހުންނަ ގޮތަކުންނޭ ކިޔާފަ އޭނަ އާއި މެދު ގޮތެއް ނުނިންމޭނެ.. އަހަރެން ވަރަށް ހައިރާންވެއްޖެ ޖަޒްލާން ތިހެން ބުނީތީ ވެސް..” އޭނަގެ އަޑުގައި ހުރި ހިތްހަމަނުޖެހުމުގެ އަސަރުތައް ފިލުވައިލަމުން މަޑުމައިތިރި ކަމާއިއެކީ ނިހުލާލް ވާހަކަ ދެއްކިއެވެ. “ހެހެ އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ.. ދެން ނިހުލާލަށް ވެސް އެނގޭނުން އެމީހުންގެ ތަންތާގައި މީހުން މަރައި މިކަހަލަ ކަންކަން ކުރުމަކީ ފެންފޮދެއް ބޯލާ ފަދައިން އެމީހުން ކުރާ ކަމެއް.. އެހެންވެ މި ބުނީ..” ގަދަކަމުން ހިނިގަނޑެއް ޖަހައިލަމުން ޖަޒްލާން ބުންޏެވެ. އަދި ނިހުލާލްގެ ކޮނޑުގައި އަތުން މަޑުމަޑުން ދެފަހަރަކު ޖަހައިލުމަށްފަހު ޖަޒްލާން ކެފެޓީރިޔާއާއި ދިމާލަށް ހިނގައިގަތެވެ.
ނިހުލާލް ގޮސް ރުކާންގެ ކެބިންއަށް ވަނެވެ. އޭރު ރުކާން ދިޔައީ އެ ކޭސް އާއި ގުޅޭ ފައިލްތަކުގައި ބޯގާނަމުންނެވެ. “އަހަންނަކަށް ހީނުވޭ މިތަނުގަ ވެސް އިތުބާރު ކުރެވޭ ކަހަލަ މީހުން އުޅޭހެނެއް..” ދޮރުލައްޕާލާފައި އައިސް ރުކާންގެ ކުރިމަތީގައި ހުރި ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން ނިހުލާލް ބުންޏެވެ. “އައު އައިޓީ މީހައާ ދިމާވީ ދޯ..” ފައިލްތަކަށް ނަޒަރު ހުއްޓާގެން ހުރެ ރުކާން ބުންޏެވެ. “އުހޫން ބަސްދޭހަ ކުރަން ނެގި ސޮރުގެ ވާހަކަތައް ހުރި ގޮތުން އެހެން މި ބުނީ.. އައިޓީ މީހަ ކިހިނެތްވީ؟” އެއްބުމަ އަރުވައިލަމުން ނިހުލާލް އަހައިލިއެވެ. “އެވެސް ވަރަށް ފާޑަކަށް އުޅެނީ.. ވާހަކަ އެއްގޮތަކަށް ވެސް ދެއްކީކީއެއް ނޫން.. ހީވަނީ އަހަންނަށް އޭނަގެ އަޑުފުޅު އިވިދާނެތީ ބިރުން އުޅުނުހެން..” ކޮނޑުއަރުވައިލަމުން ހަމަޖެހިލާފައި ރުކާން ބުންޏެވެ. ރުކާންގެ ވާހަކައިން ނިހުލާލްގެ ގާތަށް ހިނިއައެވެ. އެހެންނަމަވެސް ނުހަނު އަވަހަށް އޭނަގެ ތުންފަތުގައިވި ހިނިތުންވުމުގެ އަސަރު ފިލައިގެން ދިޔައީ ގަތުލް ކުރެވިފައިވި ދެ ކުދިންގެ ފޮރިންސިކް ރިޕޯޓް ރުކާންގެ މޭޒުމަތިން ފެނުމުންނެވެ. ނިހުލާލް އޭތި ނަގައި ކިޔަން ފެށިއެވެ.
އެ ރިޕޯޓު ކިޔަމުން ދިޔަ ވަރަކަށް ނިހުލާލްގެ ދެބުމަ ކައިރިވަމުން ދިޔައެވެ. އެ ރިޕޯޓުން ވެސް ގާތިލުން ހޯދުމަށް ފަސޭހަ ވާނެ ފަދަ އެއްވެސް ހެއްކެއް ނުލިބުނެވެ. “މި ރިޕޯޓުގަ އެބައޮތް އެކުދިން ރޭޕްކޮށްފަ ހުރި ކަމަށް، އެހެންވިއްޔާ އެމީހުންގެ ޑީއެންއޭ އެކުދިންގެ ހަށިގަނޑުން ފެންނާނެއެއްނުން.. ދެން މިހުރީ އެކުދިންގެ ހަށިގަނޑުގަ ދަތްއަޅާ، ވަކިއަޅުވާފަ ހުރި ކަމުގެ ހެކި ވެސް ފެންނަން އޮތޭ ބުނެފަ.. އެއިން ވެސް އެމީހުންގެ ޑީއެންއޭ ހޯދޭ ގޮތެއް ނުވާނެ؟” ފައިލްގެ ގަނޑުތައް އުކަމުން ނިހުލާލް އަހައިލިއެވެ. “އެމީހުންގެ ޑީއެންއޭ ކޮންމެސް ގޮތަކަށް ފްލަޝްކޮށްލާފައޯ ހުރީ.. ހަމަ އެއްގޮތަކަށް ވެސް ނުލިބުނޯ އެމީހުން ބުނީ.. މި ފޮރިންސިކުން ހަދާ ގޮތުން އަހަންނަށް އެއްޗެއް ހީވާން ފަށާފި މިހާރު..” ރުކާން މޭޒުމަތީ އުޅަބޮށި ވިއްދައިލުމަށްފަހު ބުނެލިއެވެ.
“މިކަމުގަ މިތާ ތެރެއިން ބަޔަކު އުޅެއޭ ދޯ ބުނަން ތިއުޅެނީ؟” އެއްބުމަ އަރުވައިލަމުން ނިހުލާލް އަހައިލިއެވެ. ނިހުލާލްގެ ސުވާލަށް އާއެކޭ ބުނުމުގެ ގޮތުން ރުކާން ބޯޖަހައިލިއެވެ. “އަހަދު ސާރ ވެސް ޒައިވާ ގެއަށް ފޮނުވާލީއެ.. އޭތި ކުޑަކޮށް އަހަންނަށް އަންޑަސްޓޭންޑްވޭ.. ޒައިވާގެ ކޮއްކޮވީމައާއެކީ.. އެކަމަކު މި ކޭސްއާ އެއްކޮށް ދުރުކޮށްލީމަ މައްސަލައަކީ.. ދެން މިއުޅޭ ނިޔު ޓެކް.. ނޭނގެ ބުނާނެ އެއްޗެއް ވެސް..” ރުކާން އޭނަގެ ނިތްކުރީގައި ފިރުމައިލަމުން ބުންޏެވެ. “ބަސްދޭހަ ކުރާ މީހަ ވެސް އަދި އެ ބަންގަލެދޭޝް މީހާގެ ވެސް ހަގީގަތެއް ނޭނގެ.. އަހަރެން އޮބްސާރވްކޮށްލިން އޭނަގެ ހަރަކާތްތައް ކޮންމެ ވެސް ވަރަކަށް.. ވަރަށް ނުތަނަވަސްވެފަ ހުރީ.. ދެން ބަސްދޭހަ ކުރަން ގެނާ ޖަޒްލާންއާ ދިމާލަށް ވެސް ބަލަނީ ވަރަށް ބިރުން އިނދެ.. އޭނަގެ ކޮންމެ ވެސް ކަމެއް އުޅޭ އެބަ..” ނިހުލާލް ބުންޏެވެ. “ސްޓޭޝަނަށް ގެނެސް ސުވާލު ކުރަންޏާ ކޮންމެ މީހަކު ވެސް ނުތަނަވަސް ވާނެ.. އަދި މިކަހަލަ ބޮޑު ކޭސްއަކާ ގުޅިގެން ސުވާލު ކުރެވިއްޖެއްޔާ.. ސެލްއިން ނެގި ރިކޯޑިން ޓްރާންސްލޭޓް ކުރަންވީނުން ބަސް ދޭހަ ކުރާ މީހައާ މެދު އިތުބާރު ނެތިއްޔާ؟” ރުކާން އޭނަގެ ބޮލަށް އައި ހިޔާލު ފާޅުކޮށްލިއެވެ. ނިހުލާލް ބޯޖަހައިލި ގޮތުން އޭނައަށް ވެސް އެ ހިޔާލު ކަމުދިޔަކަން އެނގެއެވެ.
“އޭ.އައި ބޭނުންކޮށްގެން އޭތި ޓްރާންސްލޭޓް ކުރަންވީ.. އައިޓީ މީހައަށް އިތުބާރު ނުކުރެވެންޏާ މިކަހަލަ ކަމެއްގަ އޭނަގެ އެހީ ހޯދުން ބުއްދިވެރިއެއް ނޫން..” ވިސްނާލަމުން ނިހުލާލް ބުންޏެވެ. ޒައިވާ ކުރާ މަސައްކަތް ބަލަން ރުކާން އިންނަ އިނުމުން ފައިދާވިއެވެ. ޒައިވާ ބޭނުންކޮށްފައިވާ ވެބްސައިޓަކަށް ވަނުމަށްފަހު ސެލްއިން ނެގި ރިކޯޑިން އެ ވެބްސައިޓަށްލިއެވެ. ރުކާންއަށް ފުންނޭވާއެއް ދޫކޮށްލެވުނީ ކޮމްޕިޔުޓަރުން އެ ވީޑިއޯ ޓްރާންސްލޭޓް ކުރުމަށް ފަނަރަވަރަކަށް މިނެޓް ނަގާނެކަމަށް އަރާފައިވުމުންނެވެ. “ކުޑަ އިރުކޮޅެއްވާނެ އަދި މިހެން އަރާފަ އިނަސް.. ސާރ ޒައިވާގެ ހާލެއް ބަލައިލަން އުޅެންވީނުން.. އެ ފެމިލީގަ ހުރި އެންމެ ހަގު ކުއްޖާ މަރާލީ އެ.. އަހަރެންނަށް ހީވަނީ ޒައިވާ އަމިއްލަ ނަފްސު ވަރަށް ކުށްވެރި ކުރާނެހެން އެ ގާތިލުން ޓާރގެޓް ކުރަނީ ފުލުހުން ހުންނަ އާއިލާތައް ކަން އެނގުނީމަ.. ނޮޓް ޓު މެންޝަން އެ ފެމިލީ ޒައިވާ ފުލުހަށް ވަންނަން އެއް އިރެއްގައި ވެސް ސަޕޯޓިވް އެއް ނޫން..” ރުކާން ކީބޯރޑްގެ ފިތްތަކަށް ފިތްތަމުން ބުންޏެވެ.
“ޒައިވާގެ ފިއާންސޭ ހުރީ އަހަރުންދެކެ ރުޅިއައިސްފަ.. ހިޔެއްނުވެ މިދުވަސްކޮޅު ޒައިވާއާ ވާހަކަ ދައްކަން މަސައްކަތް ކުރުން އޯކޭ ހެނެއް..” ނިހުލާލް ރިޕޯޓަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުންޏެވެ. “ކުރިން ސާރއާ ޒައިވާ ހާދަ ކްލޯޒްއޭ.. މިހާރު ކިހިނެތްވީ؟ މިހާ ހިތާމަވެރި ދުވަސްކޮޅެއްގަ ސާރގެ ހެލްޕް ޒައިވާއަށް ކިހާ ބޮޑަކަށް ބޭނުންވާނެ..” ވިސްނައިދިނުމުގެ ގޮތުން ރުކާން ބުންޏެވެ. “ޒައިވާ މިހާރު އެދުވަސްތައް މަތިން ހަނދާނެއް ނެތްކަން ރުކާންއަށް އެނގެއެއްނުން.. ތި ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތް..” އެހެން ބުނުމަށްފަހު އިތުރަށް އެ މައުލޫއާއިގެން ކުރިޔަށް ދާން ބޭނުން ނުވުމުން ނިހުލާލް އެތަނުން ނިކުތެވެ.
ރަންކުލަޔާއި ހުދުކުލައިން ޒީނަތްތެރި ކުރެވިފައިވި ބޮޑު ކޮޓަރިތެރޭގައި ތިބި މީހުންގެ މޫނުތަކުން ފެންނަނީ ހާސްކަމެވެ. ކޮޓަރީގައި ހުރި އަގު ބޮޑު ފަރުނީޗަރުތަކުގެ ސަބަބުން އެއީ މުއްސަނދި ބަޔެއްގެ ގެއެއްކަން ހާމަވެއެވެ. އޭސީގެ ފިނިކަން ސޯޅައަށްލާފައިވީ ނަމަވެސް އެމީހުން ހީވަނީ ދަލުން ފެންވަރާފައި ތިބި ހެންނެވެ. ކިންގު ސައިޒް އެނދުގައި ވަށް ބުރުގެ އެއްބައި ފަދައިން، އެނދުމަތީގައި ބައިންދާފައިވި ލެޕްޓޮޕާއި ދިމާލަށް ބަލަން ތިބި އިރު އެމީހުންގެ މޫނުތަކުން ފެންނަނީ ހާސްކަމާއި ނުތަނަވަސް ކަމެވެ. “އޭ ގުޅާ ބޮސްއަށް.. ބުނޭ ހަމަ މިހާރު އަންނާށޭ.. ކަލެމެން އެކަކަށް ވެސް އެނގޭތަ ހެކު ކުރަން؟ މި ގޮލާގެ ވަނަވަރު އަވަހަށް ހޯދަބަލަ.. މީނައަށް ކިހިނެތް މަ މިއީ ކާކުކަން އެނގުނީ؟ އަނެއްކާ މީނައަށް އަހަރުން އެންމެން އެނގޭތަ؟ ނޫނީ އެނގެނީ ހަމައެކަނި މަ ތަ؟ އޭ ބަލަން ނުހުރެ ހެކު ކުރާ ގޮލަޔެއް ހޯދަބަލަ..” ކައިރީގައި އިން މީހަގެ ބޮލުގެ ފުއްކިބައިގައި ބޮނޑިއެއް އަޅައިލަމުން އެ މީހަ ބުންޏެވެ. އޭރު އޭނަގެ ކަނާތް ފަރާތުގައި އިން މީހަ ފޯނު ނަގައިގެން އެމީހުންގެ ބޮސްއަށް ގުޅޭތޯ އުޅެއެވެ.
އެ ލެޕްޓޮޕުން ދައްކަނީ ކަޅުކުލައިގެ ދޫ ހޫޑީއެއް ލައިގެން ހުރި މީހެކެވެ. ބޭރު މީހުން ސްކީ ކުރާއިރު އަޅާ މާސްކެއް ފަދަ އެއްޗަކުން އޭނަގެ މޫނުމަތި ވަނީ ފޮރުވައިލެވިފައެވެ. އޭނަގެ ބޮލަށް ވަނީ ކަޅުކުލައިގެ ހުޑް ވައްޓާލެވިފައެވެ. ހަމައެކަނި ފެންނަނީ އޭނަގެ ތޫނު ކަޅުކަން ގަދަ ދެލޮލެވެ. އޭނަގެ ފަހަތުން ފެނަނީ ކަޅު އަނދިރިގަނޑެކެވެ. ކަޅުކުލައިގެ މޭޒުގައި ދެ އަތް ބާއްވާލައިގެން އިން އިރު އޭނަގެ މޫނު މަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ލެޕްޓޮޕް ސްކްރީނަށް އަރައިފައިވަނީ އެތަނުން އެކަކުގެ ހުރިހާ މައުލޫމާތެކެވެ. އޭނަގެ ނަމާއި، އުމުރާއި، އޭނަ ކޮށްފައިވާ ކުށްތަކާއި، އެންމެ ފަހުން ގަތުލް ކުރި ކުއްޖާގެ ގަތުލްގައި އޭނަގެ އަތެއްވާ ކަމުގެ ހެކި އެއިން ދައްކައިދެއެވެ. “މާދަމާ އިރު އެރުމުގެ ކުރިން މީނަ މަރައިލި ކުޑަކުދިން ފަދައިން، މީނަ މަރައިލާ މީހަކަށް އެއްލައްކަ ރުފިޔާގެ އިނާމު ލިބޭނެ!” ލެޕްޓޮޕުން އިވުނީ ފިރެހެނެއްގެ ބަރު އަޑެވެ.
(ނުނިމޭ)
ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދުޢާ ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް އަރިސް ކުރަމެވެ. ރަމަޟާން މުބާރަކް🌙
27 Comments!
Comments are closed.







Mi part ves v reethi MA
Hmm who is that person wearing black hoodie?
Meehun maraakahves
Thankyou darll.. vrh ufaa vejje mi part kamu dhiyakan enguneema.. let’s see kaaku tho dhw..
Jehilumeh nuvey when next?
Next part Insha Allah wednesday ga💜🦋
v reethi MI PART VES MA💚💚💚
alhey e meenhun fennaanenama dhww😔😔
They don’t even hesitate emeehun maraakahves ❤️🩹
Sheex ves mi part kiyaafa suspension vejje team ah join vi police ge atheh vaahen not surely 😁
When next?
Ly💛
Ramazan mubaarak💫🌟
Aww thankyou sooo muchhh Sheez…
Yeahh it’s like they don’t fear anything dhww.. let’s see vaagoi dhww.. next part Insha Allah wednesday ga..
Love you moree..
Ramadan Mubarak 💜🦋
Ramadan Mubarak to you too Marrsh
Thankyou maan lover.. Ramadan Mubarak 💜🦋
How u mAke wallpaper of stryyy??
I use Pinterest and PowerPoint.. Pinterest in beynunva kahala pics nagaafa PowerPoint ga tharutheebu kohlany..💜🦋
RAMADAN MUBARIK!!!!
vrh reethi mi part vx MA!
Alhe haadha ithubaareh neth thankey dhw? Enmen ehaa SUS!
Hope ur doing well Maash darlingg💗
Lysm💗
Ramadan Mubarak your fav bab..
Aww thankyou sooo muchh.. I’m happy U liked it.. hehe heenukura meeha vaany ingey.. let’s see dhw.. I’m good alhamdhulillah.. I hope Ur doing good as well..
Love you moree..💜🦋
Masha allah mi part vs vrhhh reeethiii
Kaakubaa eiii????konmevs bayaku jazlaan n IT force kuranytha???ekm eba hyvey jazlaan e Bangladesh myha blackmail kurany????ahadhu vs sus…ithubaaru kuranvi myheh neyngifa dhww ethibii…. Vrh gina suvaal ebh ekm comment maaka dhiguvegn dhaany…btw adhi mi vy comment kohlaane vagutheh😢curiously waiting..when next???
Ramadan mubarak maash🫶🏼
Lyysmmm🫶🏼🫶🏼🫶🏼
Thanks aanaa.. vrh ufaavejje aanaa ah mi part reethi v ma.. let’s see dhw jazlaan and IT guy ge hageegai.. hurihaa emmenvx vrh Sus dhww.. hehe yess roadha mas v ma vrh busy vaane.. maash ah vx reply kuran adhi vaguthu mi v.. next part Insha Allah wednesday ga.. Ramadan Mubarak darll.. love you moree💜🦋
maasha vatharee igili buri yakaa🤣🤣🤣🤣
aarrnnn dhow😂😂… vaahaka lian neygey bodu gulhieh 😂😂😂
Hehe ehntha💜🦋
Mioh Ramadan mahu roadha ah huregen hadi ehchehi kiyan kerey kamey alhugadu hithah arany.. hehdhevi faraathah vx evves biruvethi kameh nuhunnany tha? Hi eh nukuran roadha mahu mikahala comments fenidhaane kamakah..🫠
Mi meehun alhe roadha hifaane kamaa medhu vs shahkehnu?
Roadha hifyeh kamaku Aga Vrh Vrh
Huthuru..
Ekieki ID thakun vadhegen Kon beynumeh
Dhw Authors ah Malaamah kuran…
Story kiyaa hihnuvanyaa mun nubeleyma nimunee nu…
Koba when next???
Maashhh Kon iraku thaa loiybeh ma neydhen yaaru noon ge next part Kiyaalan libeynee
I think Maash Ramdan month nimuneema Story upload kuraanehen ….
Cox she’ll be Vrh Vrh buxxyy dhw…
Whn next?
Maash whn next??
And aneh stry vx when??
U ge bro kairy u maa busy v hey ahaalan ulhefa vx nukerun 🤣🤣🤫
Curiously waiting…..
U ge frnd eh tha eii maash ge bro
Yeah classmate eh..