Skip to content
އެސްފިޔަ

ގަތުލް – 01

ކަޅުކުލައިގެ ބަނަ ވިލާތަކުން ދުނިޔެ ވަށައިލީ ސާދަ ވިލޭރޭގެ މިލަ ހަނދުވަރުގެ އަލި ފަޑުކޮށްލަމުންނެވެ. ޖެހިލާ ބާރު ވައިރޯޅިތަކުން ގަސްތައް އެގޮތް މި ގޮތަށް ހޫރެމުން ދިޔައިރު، ދޫނި ސޫފާ ސޫފީގެ އަޑު އެ ވައިރޯޅިތަކުގެ އަޑަށް ހިނދެމުން ދިޔައެވެ. ވާރޭ ކަނިތައް ބިމަށް ހަމަލަ ދޭން ފެށުމުން މާހައުލުގެ އަޑު ވާރޭ ކަނިތަކުގެ އަޑުން އެއް އަޑުކޮށްލިއެވެ. ބާ ގެގަނޑެއްގެ ތެރެއިން އަންހެންކުދިންތަކެއްގެ މަޑު ރުއިމުގެ އަޑު އިވޭހެން ހީވިއެވެ. އެހެންނަމަވެސް އެ އަޑު ވާރޭގެ ސަބަބުން އިވެމުން ދިޔައީ ވަރަށް ވެސް މަޑުންނެވެ. ފަޑު އަލިކަމެއް ލިބޭ އެންމެ ބޮއްކެއް އެ ގޭތެރޭ މެދުގައި ދިއްލާފައިވީއިރު، ބިޔަކޮށް ހުރި ހަތަރު ހިޔަނި ފާރުތަކަށް އެޅެމުން ދިޔައެވެ. އެގޭތެރެ އެއް ވަސްކޮށްލާފައި ވަނީ ބިޔަރު ވަހުންނާއި ރާ ވަހުންނެވެ. ފާޑެއްގެ ސިރިންޖުތަކެއް އެތާ މޭޒެއްގައި ބަހައްޓާލެވިފައިވެއެވެ.

ތަޅުންގަނޑުމަތީގައި އަންހެންކުދިންތަކެއްގެ ހެދުންތައް ވީރާލާފައި އުކާލާފައި ހުއްޓެވެ. އެ އަންނައުތައް ނިސްބަތްވާ ދެކުދިން ތަޅުންގަނޑުމަތީ އޮތް އިރު، ހަށިގަނޑުގެ އެކި ދިމަ ދިމާލުން ލޭ އަންނަމުން ދިޔައެވެ. އެކުދިންގެ ހަށިގަނޑުތަކުގައި އެ ހަތަރު ހިޔަނީގެ މުޑުދާރު އަތްތައް ނޫފައިގަނެފައިވިއެވެ. “މިހާރު މިއެއްޗެހީން މިއޮތީ ބާވެފައޭ.. ހިނގާބަލަ މާދަން އެހެން ބަޔަކު އަތު ޖެހޭތޯ އުޅެން..” އެތާ ހުރި މީހެއް އެތަނުން ކުއްޖެއްގެ ބަނޑުގައި ކޮޅު ފައިން ޖަހަމުން ބުންޏެވެ. “ހޫން ތިހެންވިއްޔާ މި މީހުން އޯޑީ ކުރޭ.. އައްޔަ ދޭބަލަ ކަޅު ކޮތަޅުކޮޅެއް ގެންނަން..” އައްޔަ އާއި ދިމާލަށް ދެން ހުރި މީހާ ބުނުމުން ބޯޖަހައިލުމަށްފަހު އައްޔަ ހިނގައިގަތެވެ. މޭޒު ކައިރީ ހުރި މީހަ ސިރިންޖު ހިފައިގެން އައިސް އެތަނުން އެއްކުއްޖެއްގެ ކަރަށް ހަރައިލިއެވެ. އެއާއެކު އެ އަންހެންކުއްޖާގެ ހަށިގަނޑު ތެޅެން ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި މޫނަށް ހުދުކުލައަރައި އަނގައިން ފޮނުތައް ބޭރުވާން ފެށިއެވެ. އެކުއްޖާގެ ކަޅިވަނީ މައްޗަށް އަރާފައެވެ. އެމީހުން ބަލަބަލާ ހުއްޓާ އެކުއްޖާގެ އެންމެ ފަހު ނޭވާ ދުނިޔެއަށް ދޫކުރިއެވެ. އެމީހުންގެ ހިތުގައި ރަހުމެއް ހަމްދަރުދީއެއް ހުރިހެން ހީނުވެއެވެ. ކިބުލެއް ފަދައިން ތުންފަތުގެ އެއްކަނުން އަނެއްކަނަށް ހިނިއައިސްފައި ހުރިއިރު ހީވަނީ އެކުއްޖާގެ މަރުން އެމީހުންނަށް މާ ބޮޑު އުފަލެއް ހާސިލްވި ހެންނެވެ.

ދެން ހުރި މީހާ ވެސް ދެވަނަ ކުއްޖާއަށް އެފަދައިން ކަންތައް ކުރިއެވެ. އައްޔަ ކަޅު ކުލައިގެ ކޮތަޅުތަކެއް ހިފައިގެން އައުމުން، އެތަނުން އެކަކު މިޔަ ތޫނު ބޮޑު ވަޅިއެއް ހިފައިގެން އެކުދިންނާއި ދިމާލަށް ތިރިވިއެވެ. ދެން ފެނިގެން ދިޔައީ އަނިޔާވެރިކަމުން ފުރިގެންވި މަންޒަރެކެވެ. އެމީހަ އެކުއްޖާގެ ހަށިގަނޑު ފަޅައި ގުނަވަންތައް ބުރިކުރަމުން ދިޔައިރު އަލަށް އެފަަދަ ކަމެއް ކުރާ މީހެއްހެން ހީނުވެއެވެ. އެކުއްޖާގެ އެތެރެ ހަށީގެ ގުނަވަންތައް އެއް ކޮތަޅަށް އެޅުމަށްފަހު ބުރިކުރި އެހެން ގުނަވަންތައް އެހެން ކޮތަޅަކަށް އެޅިއެވެ. ހަތަރު މީހުން ބައިވެރިވެގެން އެކަންތައް ކުރުމަށްފަހު ކޮތަޅުތަކުގެ ތުން އެއްސިއެވެ. “މިފަހަރު ކޮންތާކަށް މިއަޅަނީ؟ އަހަރުން އެހެންނޫނީ އަޅާތަން ހުންނަނީ ކޮޕުންތައް ގާޑުކޮށްފަ..” މަސައްކަތް ނިންމައިލުމަށްފަހު އެތަނުން އެކަކު ސުވާލުކުރިއެވެ. “ތީ ހާސްވާ ވަރު ކަމެއްތަ؟ ކުނި އުކާނީ ކުނި ގޮނޑަށް.. މި ލޭތައް ސާފުކޮށްފަ ކުނިއުކާލާ ބޮންދަކަށް މި ދިނީމަ ނިމުނީ..” އަތް ފޮޅައިލަމުން އެތަނުން މީހަކު ބުންޏެވެ. ލައިގެން ހުރި ޓީޝާޓުތަކުގައި ލޭޖެހިފައި ހުރުމުން އެ އެއްޗެހި ބާލައި އަންދާލިއެވެ. އެއަށްފަހު އައު ޓީޝާޓްތައް ލައިގެން ހަތަރު މީހުން އަވަސްވެގަތީ އިރުއެރުމުގެ ކުރިން އެމީހުންގެ ގެތަކަށް ވަންނާށެވެ.

ހެނދުނު އަރައިގެން އައި އިރާއެކު ރަށު ރައްޔިތުންނަށް ބައްދަލުކުރީ އަނެއްކާ ވެސް އަނެއް ބިރުވެރި މަރެކެވެ. މިއީ މިފަދައިން މަރާލެވިފައިވި ހަތްވަނަ ކުއްޖާއެވެ. ކުނިގޮނޑުން އެ ދެކުދިންގެ ހަށިގަނޑު ނަގައިގެން ފުލުހުންގެ ފޮރިންސިކު ޓީމުން ސްޓޭޝަނަށް ވަނެވެ.

އެ މައްސަލައާއި ހަވާލުވެގެން ހުރި ފުލުހުންގެ ޓީމް، ޕްރޮޖެކްޓަރުން އަޅުވައިފައިވާ ކްރައިމް ސީންގެ ފޮޓޯތަކަށް ބަލަން ގޮނޑިތަކުގައި ތިއްބެވެ. “ކުރިން މިފަދައިން ކުދިން ގެއްލެމުން ދިޔައީ އެއްމަހުން ދެމަހުން ކަހަލަ ގޮތަކަށް.. މިހާރު އަވަސްވަމުން އައިސް ކޮންމެ ހަފްތާއެއްގަހެން މިފަދައިން ކުދިން މަރާލާ.. މިތަނުން އެއްވެސް ޕެޓާރންއެއް ފާހަގަވާ ނަމަ އަހަރެންނަށް އަންގާލާތި…” ނިހުލާލް ކޭސް ރިޕޯޓަށް ބަލަމުން ބުންޏެވެ. އެއާއެކު އެމީހުން ގަނޑުތަކަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. “ޒައިވާ އެކުދިންގެ އޭޖްތައް އަޅުވަބަލަ..” ކުއްލިއަކަށް ރުކާން ބުންޏެވެ.

އެއާއެކު އައިޓީއަށް ހާއްސަ ކުއްޖާ ކަމައްވާ ޒައިވާ، އަދި އަދަށް މަރާލެވިފައިވާ ފަސްކުދިންގެ މައުލޫމާތުތައް ޕްރޮޖެކްޓަރުން އަޅުވައިލިއެވެ. “ފުރަތަމަ ކުއްޖަކީ ދެ އަހަރުގެ އަންހެންކުއްޖެއް.. ދެން ހަ އަހަރުގެ ދެބެން، އެއަށްފަހު ބާރަ އަހަރުގެ އެއް ނިބޫ.. މިބުނީ ޓްވިންސް، ދެން މިކުދިންގެ މައުލުމާތެއް ނުލިބޭ އަދި.. އެކަމަކު އަޅުގަނޑަށް ބޮޑަށް ހީވަނީ މިއީ ސޯޅައަހަރުގެ ކުދިންހެން..” ރުކާން ބުންޏެވެ. “ދެޔެއް، ހައެއް، ބާރަ… ސޯޅަ… އީވެން ނަންބާރސް؟” ނިހުލާލް އޭނަގެ ތުނިކޮށްފަޅާފައި ހުރި ތުނބުޅީގައި އަތްހިނގާލަމުން ސުވާލުކޮށްލިއެވެ. “އެކްޒެކްޓްލީ.. ދެން ބަލާބަލަ ޑޭޓުތަކަށް.. ހަމަ އީވެން ނަމްބާރސް އެހުރީ.. އެމީހުންގެ އާއިލާ ބެކްގްރައުންޑަށް ބަލާއިރު ކޮންމެ އާއިލާއެއްގަ ވެސް ފުލުހެއް އެބަ ހުރި.. މިއީ މި މީހުން މަޖަލަކަށް ކުރާ ކަމެއްނޫން.. ބޮޑަށް ބެލެވެނީ ސީރިއަލް ކިލާރގެ އަމަލަކަށް.. ވަރަށް ފަރުވާތެރި ކަމާއި ރޭވުންތެރި ކަމާއެކު މިކަމެއްކޮށްފަ މިހުރީ..” ރުކާން ބުންޏެވެ.

އެވަގުތު އެމީހުން ތިބި ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލިއެވެ. “ވަދޭ” ނިހުލާލް އަންގައިލުމުން ފުލުހަކު އެތެރެއަށް ވަނެވެ. އެއީ ފޮރިންސިކް ޓީމްގެ މީހެކެވެ. އޭނަގެ ބޮލުގައި އޮތް ތާކިހާ ނެގުމަށްފަހު ބަލައިލީ ޒައިވާ އާއި ދިމާލަށްށެވެ. “އަޅުގަނޑުމެނަށް އެކުދިން އައިޑެންޓިފައި ކުރެވިއްޖެ..” އޭނަ މަޑުމަޑުން ބުންޏެވެ. ނިހުލާލް އެއްބުމަ އަރުވައިލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާ ފަދައަކުންނެވެ. “ސޯޅަ އަހަރުގެ ދެކުދިން.. ދެކުދިންނަށް އެކިވަރުގެ ޖިންސީ އަނިޔާދީފަ ހުރީ.. ކުރީގެ ކޭސްތައް ފަދައިން އިނގިލިކޮޅުތަކެއް ނެތް.. ފުރަތަމަ ބަދައިން އިނގިލިކޮޅުތައް ބުރިކޮށްފައިވަނީ.. އަދި ހަށިގަނޑުގެ އަތާ، ފަޔާއި އެނޫންވެސް ގުނަވަންތައް ބުރިކޮށް ކަޅުކޮތަޅަށް އަޅާފަ ވަނީ.. ޕްލަސް އެތެރެހަށީގެ ގުނަވަންތައް ނަގައި އެހެން ކޮތަޅަކަށް އަޅާފަ ހުރީ.. އަނގަ ކައިރީ ހުރި ފޮނުތަކުގެ ސަބަބުން މަރުވީ އޯވާ ޑޯސްވެގެން ކަމަށް ބެލެވެނީ.. އަޅުގަނޑުމެނަށް ޔަގީންކަމާއެކު ބުނަން އެނގޭނީ އޮޓޮޕްސީ ހެއްދުމަށްފަހު.. އެހެންވެ އާއިލާއަށް އެންގުމަށްފަހު އެޓޮޕްސީ ހަދަން އަޅުގަނޑުމެން ވިސްނަނީ…” އާތިކް ވާހަކަ ދެއްކިއެވެ. “އެ ދެކުދިންނަކީ ކޮންބައެއް؟” ނިހުލާލް އަހައިލިއެވެ.

އާތިކް ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވަނީ އޭނަ ބުނަން އުޅޭ ޖުމުލައަށް ތައްޔާރުވެލި ހެންނެވެ. މޭޒުމަތީ އެކުދިންގެ މައުލޫމާތުތައް އޮތް ފައިލް ބާއްވައިލިއެވެ. “އެއް ކުއްޖަކީ އައިޝަތު ހިލްމާ.. ދެވަނަ ކުއްޖަކީ މަރިޔަމް ޒިވާ..” އިސްޖަހައިލަމުން އޭނަ ބުންޏެވެ. ޒައިވާގެ ކަންފަތް ކައިރީ ބޮމެއް ގޮވި ފަދަ އިހުސާސެއް ކުރެވުނެވެ. “ނޫން އެހެނެއްނުވާނެ..” ޒައިވާއަށް އޭނަގެ އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ބުނެވުނެވެ. އޭނަ ދުއްވައިގަތީ އެތަނުން ނިކުންނާށެވެ. “ޒައިވާ މަޑުކޮށްބަލަ.. ޒައިވާ..” ޒައިވާ ފަހަތުން ދަމުން ނިހުލާލް ގޮވައިލިއެވެ. ޒައިވާއަށް އެ އަޑު ނީވޭ ފަދައެވެ. އޭނަގެ ދެލޯ ވަނީ ކަރުނުން ބަރާވެފައެވެ. ގަދަކަމުން ކަރުނަތައް ހިންދައިލަމުން މަރުވެފައިވި ހަށިގަނޑުތައް ބާއްވާތަނަށް ޒައިވާ ވަނެވެ. ޒައިވާ އާއި އެކީ ނިހުލާލްމެން ވަނެވެ.

އެމީހުން ޒައިވާ އެތަނުން ނެރެން އުޅުމުން ނިހުލާލް ބޯހޫރުވައިލިއެވެ. އެއާއެކު އެމީހުން ޒައިވާއަށް ޒިވާ ބަލައިލުމުގެ ފުރުސަތު ދިނެވެ. ޒިވާގެ މޫނުވަނީ ހުދުވެފައެވެ. ބެޑްޝީޓަކުން ހަށިގަނޑު ވަނީ ނިވާކޮށްލެވިފައެވެ. ޒިވާގެ ނޭފަތް ފަޅައިގެން ގޮސްފައިވީއިރު، އޭނަގެ މޫނުމަތީގެ އެތަން މިތަން ވަނީ ނޫފައި ގަނެފައެވެ. ޒައިވާއަށް މިފަހަރު ކަރުނަތައް ހުއްޓުވުމަށް ނުކުޅެދުނެވެ. ކޯތާފަތުން ތިރިޔަށް ސާލެއްލާފައި ކަރުނައަކަށްފަހު ކަރުނައެއް ވެއްޓެމުން ދިޔައެވެ. ޒައިވާއަށް އަމިއްލަ ނަފްސު ކުއްވެރިކުރެވެމުން ދިޔައީ އިންތިހާއަށްށެވެ. އެމީހުން ފުލުހެއް ހުންނަ އާއިލާތަކަށް އަމާޒު ކުރާނަމަ ޒިވާގެ މަރުގެ އިލްޒާމު އެޅޭނީ އޭނަގެ ބޮލުގައެވެ. ޒިވާ ގަންނާނެ ބިރާއި، އޭނަ ދޫކޮށްލަން ކުރާނެ އާދޭސްތައް ހިތަށް އެރުމުން ޒައިވާގެ ހަށިގަނޑުން ހީބިހިނަގައިގެން ދިޔައެވެ.

“މި ކުދިންގެ އާއިލާތަކަށް އަންގާފައި އެޓޮޕްސީ ހައްދަންވާނެ..” އާތިކް ބުންޏެވެ. ނިހުލާލް ބޯޖަހައިލަމުން ހަމްދަރުދީގެ ނަޒަރަކުން ޒައިވާ އާއި ދިމާލަށްށެވެ. “ޒައިވާ މަންމަމެނަށް އަންގަންވީނުން..” ޒައިވާގެ ކޮނޑުގައި އަތް ބާއްވައިލަމުން ރުކާން ބުންޏެވެ. “ނޫން އަހަރެން ބޭނުމެއްނޫން އިތުރަށް ޒިވާގެ ހަށިގަނޑު ފަޅާކަށް.. އޮޓޮޕްސީ ހަދައިގެން ނުވާނެ..” އަމުރެއް ކުރާ ފަދައަކުން ޒައިވާ ބުންޏެވެ. “އެކަމަކު ޒައިވާ.. އަހަރުމެންނަށް ޒިވާ މަރުވި ވަގުތާއި މަރުވި ސަބަބު އެނގޭނީ އޮޓޮޕްސީ ހަދައިގެނެއްނުން.. އާއިލާއާ މަޝްވަރާކޮށްގެން ތިކަހަލަ ފިޔަވަޅެއް އެޅިއްޔާ ކަންނޭނގެ އެންމެ ރަނގަޅުވާނީ.. ޒިވާއަށް އިންސާފު ހޯދައިދޭކަށް ޒައިވާ ބޭނުމެއް ނޫންތަ؟” ނިހުލާލް ޒައިވާއަށް ވިސްނައިދޭން ފެށިއެވެ.

ކުއްލިއަކަށް އެތަނުގެ ދޮރު ހުޅުވައިލުމަށްފަހު މީހަކު ވަނެވެ. “ޒައިވާ މިއަދު ގެޔަށް ދިޔަޔަސް އެންމެ ރަނގަޅު.. ޒައިވާ މިދުވަސްކޮޅަށް އަހަރެން ރިލީޒް މިދެނީ.. ޒައިވާއާ ކޮންޓެކްޓް ކޭސްއަކަށްވީތީ ދެން ޒައިވާއަކަށް މި ކޭސްއާ ގުޅޭ މަސައްކަތެއް ނުކުރެވޭނެ..” އޮޕަރޭޝަން މެނޭޖަރުކަމުގައިވާ އަހަދު ދޮރު ލައްޕައިލަމުން ބުންޏެވެ. “ސާރ އެކަމަކު އަޅުގަނޑުމެނަށް އައިޓީ ޓެކެއް ބޭނުންވާނެ..” ރުކާން ނުރުހިފައި ބުންޏެވެ. “ޒައިވާ ނޫން އެހެން މީހުން ވެސް އުޅޭނެ.. އަހަރެންނާ ޖަދަލު ކުރަން މަސައްކަތް ނުކުރޭ ރުކާން..” އަހަދު ހަރުކަށި ރާގަކަށް ބުންޏެވެ.

ޒައިވާ ބާރުބާރަށް ހިނގާފައި ސްޓޭޝަނުން ނިކުތެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން ޒައިވާގެ އަތުގެ މުލައްދަނޑީގައި ހިފައި ހުއްޓުވިއެވެ. “ޒައިވާ މޮޔަވީތަ؟ ދެން ގާތިލްގެ އަމާޒަކަށްވާނީ ބާވީސް އަހަރުގެ މީހުން.. އަހަރެމެންނަކަށް ނޭނގެ ދެން އޭނަ އަމާޒަށް ހަދާނީ ފުލުހުން ނޫންކަމެއް ވެސް.. އެކަނި ތިހެން ދަނިކޮށް ކަމެއް ވިއްޔާ ކިހިނެތް ހަދާނީ؟” ނިހުލާލް ހާސްވެފައި އަހައިލިއެވެ. “ދެ މަސް ނިމިގެން މިދަނީ މިހާރު އޭނަ އެކުޅިވަރެއް ކުޅޭތާ.. އެކަމަކު އަހަރުންނަށް އެނގިއްޖެތަ އޭނަގެ ކުޑަ ވެސް މައުލޫމާތެއް؟ އަހަރުންނަކަށް އެންމެ ކުޑަވެގެން އެމީހަކު ހުންނަ ގޮތެއް ވެސް… ނޫނީ އެއީ އެންމެ މީހެއް ކަމެއް ވެސް.. މިހާރު ވިސްނަންވެއްޖެ ކަންނޭނގެ އެކަމާ ދޭތެރޭ.. މިއީ އެކަކުގެ ކަމެއްހެން އަހަންނަކަށް ހީނުވޭ.. އަހަންނަށް ހެޔޮ އަހަންނަށް ކޮންމެ ގޮތެއްވިޔަސް އެމީހުން ހޯދެނިކޮށް.. އެމީހުން އަހަރެން ޓާގެޓަށް ހަދާފިއްޔާ އަހަރެން މަރުވާނީ އެމީހުންނަކީ ކޮންބައެއްކަން އެނގޭ ވަރުކޮށްފަ..” ޒައިވާ ފަހަތަށް ޖެހިލަމުން ދަތްކުނޑިވިކައިލަމުން ބުންޏެވެ. “ތިއީ އަމިއްލައަށް މަރުވުން ކަހަލަ ކަމެއްކަން ޒައިވާއަށް އެނގެޔެއްނުން.. ތަންކޮޅެއް ހަމަޖެހިލާފަ ވިސްނަން-” ނިހުލާލްގެ ޖުމުލަ ކެނޑުނީ ޒައިވާގެ އަތުގައި ހިފައި އެހެން މީހެއް ދަމައިގަތުމުންނެވެ.

“ކަލެޔަށް ކޮން ހައްގެއް އޮތީ މަގޭ މީހެއްގެ ގައިގަ އަތްލަން.. ޒައި ހިނގާ މިތަނުން ދާން.. އެމީހުން ޒައި މިތާ ބަހައްޓަން ބޭނުންނުވަންޏާ މަތިން ބައިން ޖެހިގެން އުޅޭނެ ކަމެއް ނެތް…” ޒައިވާގެ ހަށިގަނޑު މުލައިލްގެ އަތުތެރެއަށް ގެންނަމުން ބުންޏެވެ. ނިހުލާލް ކަރުކެހިލިއެވެ. “މިއީ އަހަރުންގެ ވަޒީފާއާ ގުޅުންހުރި ކަމެއް.. މިކަމުގެ ތެރެއަށް މުލައިލް ވަނުމުގެ ބޭނުމެއް ނެތް..” ނިހުލާލް ފިނި ގޮތަކަށް ބުންޏެވެ. އެހެންނަމަވެސް އޭނަގެ ދެލޮލުން މުލައިލްއާއި ދިމާލަށް ތުނޑު ތޫނު ހަންޖަރުތަކެއް އެއްލަމުން ދާފަދައެވެ. “އަހަރެން މިއީ ޒައިވާގެ ވާން އުޅޭ ފިރިމީހަ.. އެހެންވީމަ ޒައިވާގެ ކަންކަމަކީ އަހަންނަށް ބެހެވޭނެ ކަންކަން..” ހަރުކަށި ރާގަކަށް މުލައިލް ބުންޏެވެ. “ހިނގާ ދާން..” ޒައިވާގެ އަތަށް ދަމައިލަމުން މުލައިލް ހިނގައިގަތެވެ. މުލައިލް ވާހަކަ ދެއްކި ގޮތުން ޒައިވާ ހުރީ ލަދުގަނެފައެވެ. ނިހުލާލްއަކީ އޭނަގެ ޓީމް ލީޑަރު ކަމަށްވެފައި، އޭނައަށްވުރެ މަތީ މަގާމެއްގެ މީހަކަށްވެ، އެފަދައިން މުލައިލް ނިހުލާލްއާ ވާހަކަ ދެއްކުމުން ޒައިވާ ހުރީ އުނދަގޫވެފައެވެ.

“އަހަރެން އޭރު ވެސް ޒައި ކައިރީ ބުނިން ދޯ ތި ފުލުސް ވަޒީފާގަނޑު ދޫކޮށްލާށޭ.. އަހަރެން މިއީ ބައްޕަ މާދަމާ ރިޓަޔާ ވިޔަސް ކޮމްޕެނީއާ ހަވާލުވާނެ މީހަ.. ޒައި ގޭގަ ހުރެގެން ދަތިވާ އެއްވެސް ކަމެއް ނޯންނާނެ މިހާރު ވެސް..” ގެއަށް ވަދެވުމުން ސޯފާގައި ޒައިވާ ބައިންދަމުން ޒައިވާގެ ކޮނޑުގައި ހިފައިލާފައި މުލައިލް ބުންޏެވެ. ޒައިވާ ފުންނޭވާއެއް ދޫކޮށްލަމުން ދުރު ބަލައިލިއެވެ. ޒައިވާ އަދިވެސް އިނީ މަރާލެވިފައިވާ އޭނަގެ ކޮއްކޮގެ ހަބަރުގެ ސަބަބުން ޝޮކެއްގައެވެ. މުލައިލް ޒައިވާގެ ދަތްދޮޅީގައި މަޑުމަޑުން ހިފައިލަމުން ޒައިވާގެ މޫނު އޭނައާ ދިމާލަށް އަނބުރައިލިއެވެ. ޒައިވާގެ ކަރުނުން ފުރިފައިވި ދެލޯ ފެނުމުން މުލައިލްގެ ހިތަށްގޮތެއްވިއެވެ. “ހޭ ކިހިނެތްވީ ކީއްވެ ތި ރޮނީ؟” ޒައިވާގެ މޫނުކޮޅުގައި ދެއަތުން ހިފައިލުމަށްފަހު ބޮޑުވާ އިނގިލި ޒައިވާގެ ކޯތާފަތުގައި ހިންގައިލަމުން މުލައިލް އަހައިލިއެވެ. “ޒިވީ.. މުލް ޒިވީ އިޒް ޑެޑް.. އެމީ..ހުން..” ޒައިވާއަށް އެހިސާބަށް ބުނެވުނު ތަނާހެން ބަޑި ފަޅައިގެންދިޔައެވެ. މޫނުމަތީ އަތް އަޅައިލުމަށްފަހު އަޑުން އަޑު ނަގާ ރޯންފެށިއެވެ. މުލައިލް ސޯފާގައި އިށީންނަމުން ޒައިވާ އޭނަގެ މޭތެރޭގައި ފޮރުވައިލިއެވެ.

(ނުނިމޭ)

މި ވާހަކަ ހުރިހާ ކުދިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަން.. މިއީ އަޅުގަނޑު ވާހަކަ ލިޔާތާ ދެ އަހަރުވުމުން ކިޔުންތެރިންނަށް ދޭ ހަދިޔާއެއް.. ހުރިހާ ކިޔުންތެރިންގެ ހާލު ރަނގަޅުވާނެ ކަމަށް އުންމީދު ކުރަން.💜🦋

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (26)

  1. Eyesher

    Alheyyyy… This is varah interesting… Masha Allah varah reethi mi story feshun genesdheefa in goii ves… So much suspense already… Hehe… Anyways… Can’t wait for the next part.. lysm..

    1. Maash
      Eyesher

      Thankyou so much darll.. I’m happy U liked it.. next part Insha Allah next week ge Wednesday ga hama.. love you more 💜🦋

  2. NONNI_07

    Maashallah. Mi prt vrh reethi.

    1. Maash
      NONNI_07

      Thankyou nonni.. vrh ufaavejje mi part reethikan enguneema💜🦋

  3. Aanaa

    Hey maash
    Vaahaka rhhhhhhhhhh reethi…vrh interesting…mifaharu bai thashin ingiyyeh nun dhww…eyah vure maa bodu varu….vrh heevey ahadhu ge atheh mikamuga vaanehn…sooo curious….when next??? Lyy🫶🏼

    1. Maash
      Aanaa

      Hey darlll..
      Thankyou soo muchhh.. I’m happy to hear thatt.. hehe mifaharu maa traumatic vaane.. let’s see dhw.. next part Insha Allah wednesday ga.. love you more darll💜🦋

  4. Thiththi

    Ufaavejje khabareh veema! Ey neththa mihen comment nukoh vaahaka dhekkeyne gotheh vaakah! Bunedheyn beynun baeh vaahaka ebahuri! Ekamaku enmenah nufenna gothah beynumee bunedheyn mihaaru! Vaahaka varah reethi

    1. Maash
      Thiththi

      Ehen dhw.. innaane vhk ah haassa insta page eh.. e page in vhk dhahkaalevehne.. https://www.instagram.com/tales_by_maash?igsh=MXZ6N3Z5dGkwcW03Zg==
      Tales by Maash page ge name aky.. shukuriyya.. vrh ufaavejje vhk reethi v kan enguneema 💜🦋

  5. Your fav bab

    Maashaa Allah💗!
    Vhk haaadha mysterious ey dhw? I love these kinda stories full of suspense!!!
    You ge vhk eh kiyaalan vegen hunnathaa kithanme dhuvaheh! And finally!😁
    Btw how ru maash? Hope ur doing well!
    When is the next part of loabeh ma neydhen yaaru noon? N this story?
    Mi vhk is gonna top my favs kanne.. Hehe..
    Ly💗

    1. Maash
      Your fav bab

      Aww thankss..
      Yes mi mystery and thriller genre ge story eh.. aww ehentha.. vrh ufaavejje vhk ah inthizaaru kohli Kan enguneema..
      Alhamdhulillah I’m good.. hope Ur doing well too.. loehbeh ma neydhen yaaru noon story gennaany ehkoh liye nimuneema.. mi story ge next part next week ge Wednesday ge kurin genes dheveythw balaanan.. aww.. love you moree💜🦋

  6. Shiu

    Mi part vx varah Reethi Masha Allah…
    Long time no see, hehe 😅 Feshun sofa kohdheefa in goiyy is just 💯 varah furihama.. Feeling bad for Zaiva,😭 Emeehun E hurihaa kameh kuri iru fakuru vx nugannany baa? 🤮 Mulail haadha bossy vegen, 😤 hate that kinda people… Btw Miadhah tha Maash vaahaka liyaatha 2 years fureny, Congratulations 👏🎉
    When Next?? Curiously waiting for the next part.. Appreciate your hard work 🥰
    Lyssm Maash💜

    1. Maash
      Shiu

      Awww thankyouuu sooo much darll.. vrh ufaa vejje mi part reethikan enguneema.. thanks a lot darll.. long time no see hehe missed U too.. emeehuna thi suvaalu kohlaane story ga.. bunaa ehcheh balama hingaa dhww.. hehe yeshh vhk liyaatha 2 years.. thanks for Ur unlimited support darl.. next part Insha Allah wednesday ge kurin.. love you more darll💜🦋

  7. Shira

    OMG hama hus ingili buri tha mi ulhenee…
    As always you ate it inger.. MA🖤🖤
    Btw loehbey na neydhen yaaru noon dhn kiyaalan libeynee kon irakun. Just asked, bcuz im to curious to know.. E stry nimen kaari vehje tha..
    Anyways take care.. Lyy🖤🖤🖤

    1. Maash
      Shira

      Hehe anehka aneh ingili buri dhww.. ingili thah buri kuraa sababun story ga engigen dhaane.. let’s see dhw.. thankyou so much darll.. Insha Allah loehbeh ma neydhen yaaru noon vhk ehkoh liye nimuneema kiyaalan libeyne.. adhi busy kamun nimeykah kairi nuve ekam probably mi aharu therey kiyaalan libeyne nimmaalafa.. take care darl.. love you more💜🦋

  8. Anonymous

    mi faharu gavaidhun genetha🤣

    1. Maash
      Anonymous

      Mi kuru vaahaka possibly 3 parts maximum so week aku 1 part genesdheynan💜🦋

  9. Anonymous

    maasha dheybala igili buriyeh kaalan t🤣🤣

    1. Maash
      Anonymous

      Bunelaanan ingilikolhuthah negi meehun kairy😂💜🦋

  10. Anonymous

    Thanx Maash. It was gorgeous. I love itttttttt.

    1. Maash
      Anonymous

      Aww thanks darl.. happy to hear that💜🦋

  11. Rt

    Bro only 3 ep??????

    1. Maash
      Rt

      Should I make it longer?👀💜🦋

  12. shihaamaa ali

    Heyyy marrshh.. congratulations on your second year as a author lovelyy.. i’m soo proud of youuu my favv author🥹🩶.. as always hama mi vaaahaka vess varah reethi.. im in lovee.. alheyy zaiva haadha dheravaaney dhw.. i hope the find justice for ziva and all the othrr victims.. argh i swear this men aren’t human.. counting days for the next episode.. ilyyyssmmm lovelyy! 🩶🩶

    1. Maash
      shihaamaa ali

      Thank you so much darll.. aww thanks I’m happy to hear thatt.. hehe.. yaa zaiva vrh dhera vaane dhw.. her only sis viyya.. let’s see what happens dhww.. Insha allah tmr.. love you more darll💜🦋

  13. binthumuhammad

    Awwn ….vrh reethi alhugaa ge vhk thah vx kiyaalahcchey @maash

    1. Maash
      binthumuhammad

      Thanks darll.. Insha Allah kiyaalaanan binthu ge vhk thah💜🦋

Comments are closed.