Skip to content
އެސްފިޔަ
PRO · MVR 2.00

އެދިގެން ކަލާ ލިބޭތޯ 41

(41 ވަނަ ބައި)
ނުވިސްނާ ހުއްޓާ އައި އެ ހަމަލާއާއިއެކު ޒައިތޫން އަރި އަޅާލައިގެންދިޔައިރު ރޫޖެހިފައިވާ އިނގިލިތަކުން ރެއިލިންގައި ހިފަހައްޓާލަން ކުރި މަސައްކަތްވެސްވީ ބޭކާރެވެ.
“އައިޝަމް…” ސިޑީގެ ހަރުފަތްތައްމަތީން ފައިތިލަ ކައްސާލައިގެން ވެއްޓެންދިޔައިރު ޒައިތޫންގެ ބާރުހަޅޭކުގެ އަޑު މެހެލް ގެ ހަތަރުފާރުގެ ތެރޭގައި ގުގުމާލައިގެންދިޔައެވެ. ސިކުންތުކޮޅެއްގެތެރޭގައި ހަރުފަތްތައްމަތީން ފުރޮޅެމުންގޮސް ބިންމަތީގައި ޖެހުމާއިއެކު ޒައިތޫންގެ ބޯފަޅައިގެންގޮސް ދުނިޖަހާފައި އޮހިގަތް ލޭތަކުން މާބްލްސްމަތި ކަޅިވަމުންދިޔަތަން ދެކެން ޝެރީން ހުރީ ހަމަޖެހިލައިފައެވެ. ޒައިތޫންގެ ހަށިގަނޑުގެ ހުރިހާ ހަރަކާތްތަކެއްހެން ހުއްޓި އެހަށިގަނޑަށް ފުން ހިމޭންކަމެއް ވެރި ވެގެންދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
******************
އިރުއޮއްސެމުންދިޔަވަރަަކަށް ފަޒާގައިވާ ރަތްވިލާތަކުގެ އަސަރު މަޑުމަޑުން ފިލަމުން ދުނިޔެމައްޗަށް އަނދިރިކަން ވެރިވަމުން އައެވެ. ހަނދު ފެނުން އުދަނުވާތީ އުޑުމަތީގައި ވަނީ ފަޅުކަމެވެ. ހަނދުގެ ބައިވެރިންކަމަށްވާ ތަރިތަކުގެ ހިލަމެއް ނެތްއިރު އުޑު ފެންނަން އޮތީ ކަޅު ކުލައިގެ ފޭރާމެއްފަދައިންނެ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.