Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތު(10)

naberr
naberr Level 210 Stories100 Login
September 16, 2026 4 Mins Read
4 Comments

“ވަގުތު އައިސް ޖެހުނީމަ ހުރިހާ ކަމެއްވެސް ވާނެ..ކަލޭގެ ކެއްތެރިކަން ކޮބާތަ؟ ކިހާ ބޮޑު ކަމެއް ދެން..”ގޮޑީގައި ހަމަޖެހިލަމުން އޭނާ ބުނެލިއެވެ.”މިހާރު 3 ހަފްތާ ވަނީ.. ކަލެއަށް ވީ ކަމެއް ހަރާމް.. އަދިވެސް މަގޭ ކެތްތެރި ކަމުގެ ވާހަކަ ދައްކަން ކަލޭ ހުންނަން ތި ހުންނަނީ؟؟” އަޅައިގެން ހުރި މާސްކު ރަނގަޅު ކޮށްލަމުން އެ އަންހެން ކުއްޖާ ބުނެލިއެވެ.

ކުއްލި އަކަށް މޭ ނުބައި ކުރުމުން ރައިޝާ ދުވެފައި މީޓިންގ ހޯލުން ނުކުމެ ފާހަނަށް ވަދެނުވެ.މޫނު ދޮވެ ހަމަޖެލުމަށްފަހު އަމިއްލަ ސޫރައަށް ރައިޝާ ބަލައިލިއެވެ.އޮފީހުގައި ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ރައިޝާ އަށް ރަނގަޅެއް ކެވޭ ގޮތް ނުވުމުގެ ސަބަބުން އަބަދުވެސް ހުންނަނީ ބޮލުގައި ރިއްސައި މޭ ނުބައިކޮށްފައެވެ. 10 ޖެހުމުން އޮފީހުން ނުކުމެ ރައިޝާ ގެޔަށް މިސްރާބު ޖެހިއެވެ.

ފެންވަރާލައިގެން ނުކުމެ ލުއި ގޮތަކަށް ރީތިވެލައިގެން އެނދުގައި ރައިޝާ ޖައްސާލީ ޒަޔާން އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ.މާގިނަ އިރުތަކެއް ނުވެ ވެފައި ހުރި ވަރުބަލި ކަމުގެ ސަބަބުން ރައިޝާ އަށް ނިދުނެވެ. ރައިޝާ އަށް ނިދިފައި އޮތުމުން އުނދަގޫ ކުރަން ނަހަދައި މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު ތާޒާ ވެލުމަށް އަވަސްވެގަތެވެ. ފާހަނައިން ނުކުމެ ބޮލުގައި ކުޑަ ޖެލް ކޮޅެއް ލުމަށްފަހު އަލަމާރިން ސޯޓެއް ނަގައި ޒަޔާން ލައިގެން ރައިޝާ ކައިރީގައި ޖައްސާލިއެވެ.އެ ލޯބި މޫނަށް އެތައް އިރެއް ވަންދެން ބަލަން އޮތުމަށްފަހު ރައިޝާ ނިތްކުރިއަށް ދޮނެއް ދިނުމަށްފަހު ބޮލުގައި ފިރުމާލިއެވެ.އެވަގުތު ނިދިފައި އޮތް ރައިޝާ މޭ ނުބައި ކުރުމުން ކުއްލި އަކަށް ހޭލެވުމުން ދުވެފައި ފާހަނައަށް ވަދެ ދޮރު ޖެހިއެވެ. އިރުކޮޅެއް ވީ ފަހުން ރައިޝާ ފާހަނައިން ނުކުމެގެން އައިސް ޒަޔާން މޭ މަތީގައި އޮށޯވެލިއެވެ.” ކިހިނެއް ވީ؟ ރައިޝާ އިސްތަށިގަނޑުގައި ތުންފަތް ޒަޔާން ޖައްސާލިއެވެ.”އޮފީހުގައި މިދުވަސްކޮޅު ވަރަށް ބިޒީކޮށް ދިޔައީ.. ރަނގަޅަށް ނުކެވި އެހެންވެ ކަންނޭގެ” ރައިޝާ ލޯމަރާލައިގެން އޮވެ ބުނެލިއެވެ.”އެކަމު ކޮންމެ ފަހަރަކު އަހާރަށް ބުނާނެ އާން ކައިފީމެ..ނޫން މަޑު… މިފަހަރު ވަރަށް ލަސްވެއްޖެއްނު” ޒަޔާން ހަނދާން ކޮށްލަމުން ބުނެލިއެވެ.”ކޯއްޗެއް؟ އޯހް ޔެސް!ޒަޔާން އަށް ކިހިނެއް އެނގުނީ؟” ރައިޝާ ތެދުވަމުން އަހާލިއެވެ.” ރައިޝީ ގެ ކޮންމެ ކަމެއް އަހަރެން ވަރަށް ގާތުން ބަލަމޭ.” އަމިއްލަ ނަފްސާ މެދު ފަހުރުވެރިވެލަމުން ޒަޔާން ބުނެލިއެވެ.ރައިޝާ ބޮލުގައި ފިރުމާލުމަށްފަހު ރައިޝާގެ މަޑު ކަފަކޮޅެއް ފަދަ ކޮލެއް ދިނެވެ.”ކޮންތާކަށް؟” ޒަޔާން ޓީޝާޓު ލާން ފެށުމުން ރައިޝާ އަހާލިއެވެ.”އެބަ އަންނަމޭ ދޫންޔާ…”ސައިޑް ޓޭބަލް މަތީގައި އޮތް ވޮލެޓް ނަގައި ޖީބަށް ލަމުން ޒަޔާން ބުނެލިއެވެ.

ރައިޝާ ފާހަނައިން ނުނިކުމެ ގިނައިރުވި ވަރަކަށް، ފާހަނައިގެ ދޮރުމަތީގައި ދެކޮަޅަށް ހިނގަމުން ދިޔަ ޒަޔާން ގެ ހިތް އަވަސްވެ ހާސްވާން ފެށިއެވެ.ޒަޔާން މޫނުމަތީގައި އަތް އަޅައިގެން ހުރެ ކޮޓަރި ތެރޭގައި ހުރި ސޯފާގައި އިށީދުނެވެ. ފާހަނަ ދޮރުހުޅުވުން އަޑާއެކު ޒަޔާން އަވަސްއަވަހަށް ރައިޝާ ކައިރިއށް ޖެހިލިއެވެ.ރައިޝާ މޫނުމަތީގެ ކުލަވަރު ހުރިގޮތުން ވީ ކިހިނެއްކަން ދެނެގަށްނަން ޒަޔާން އަށް އުނދަގޫ ވިއެވެ.ރައިޝާ މަޑުމަޑުން ފަހަތުގައި ފޮރުވައިފައިވާ ޓެސްޓް ކިޓް ޒަޔާން އަށް ދައްކާލިއެވެ.”ދެރަ ނުވޭ!! އަދި ވާނެ އިންޝާ ﷲ” ރައިޝާ ގައިގައި ބައްދާލަމުން ބުނެލިއެވެ.”އާދެބަ! ހުންނާނެ ރައިޝީ ފޭވް ގެނެއްސަ.”ރައިޝާ އަތަށް ދަމާލަމުން ޒަޔާން ބުނެލިއެވެ. މޭޒުމަތީގައި ހުރި ތަށިތަކުގެ މަތިތައް ނަގަން ހުރި ޒަޔާން ގެ ގައިގައި ރައިޝާ ފަހަތުން ބައްދާލިއެވެ.”ކައިގެން ހިނގާބަ ރެޑީވާންދާން” ރައިޝާއާއި ދިމާލަށް އެބުރިލަމުން ބުނެލިއެވެ.ބޭރަށްއެހާ ދާހިތްނުވެފައި ހުރުމުގެ ސަބަބުން ރައިޝާ ބޯ ހޫރާލިއެވެ.”ރައި ބުނީމެއްނު ދެމީހުން އެއްކޮށް ކޭކްއެއް އަޅަން ބޭނުމޭ! ހަނދާންވޭތަ؟” ޖޫސްތައްޓެއް ރައިޝާއަށް ގިރަމުން ބުނެލިއެވެ.”އޯހް!! ޔެސް ޔެސް..” ޒަޔާން ގެނެސްފައި ހުރި ޑަމްޕްލިންގްސް ތަށިން ދެތިން އެތިކޮޅު ކެއުމަށްފަހު ޖޫސްތަށި އެއްނޭވާއިން ރައިޝާ ބޮއެލިއެވެ.ރައިޝާ ގެ އަމަލުތައް ހުރިގޮތުން ޒަޔާން ހިނިގަނޑެއް ޖަހާލިއެވެ.

އަތްތިދު ހުދު ޓޮޕްކޮޅަކާއި މަޑުފިޔާތޮށިކުލައެއްގެ ކަކުލާއި ހަމައަށްދާ ހެނދުމުގައި ރައިޝާ ވަރަށް ލޯބިއެވެ. ބޮލުގެ ދެފަރާތުން ކުޑަ އިސްތަށިގަނޑުކޮޅެއްނަގައި ބޮލުގެ މެދަށް ވާގޮތަށް ދައްޗެއްގެ އެހީގައިވަނީ އައްސާލާފައި ވާއިރު ރައިޝާގެ މަޑުފިޔާތޮށި ކުލައިގެ ތުންފަތުގައިވަނީ ލިޕްގްލޮސް އެއް ޖައްސާފައެވެ. ޒަޔާން ވެސް ހުދުކުލައިގެ ފަޓުލޫނެއްގެ އިތުރުން މަޑުފިޔާތޮށްޓަކާއި ހުދުކުލައިގެ ރޮގުދެމި އަތްދިގު ގަމީސް އުޅަބޮށްޓާއި ހަމައަށްވަނީ އޮޅާލެވިގައެވެ. ޒަޔާންއަށް ގުދުރަތުން ލިބިފައިވާ ކަޅުކުލައިގެ ފަން އިސްތަށިގަނޑު ޖެލްކޮޅަކުން ވަނީ ރީތިގޮތަކަށް ހަދާލާފައެވެ.”ކޮބާ!!” ތައްޔާރުވެ ނިމިގެން އެބުރުންއިރު ރައިޝާއަށް ސޯފާގައި ނިދިފައި އޮތެވެ.ރައިޝާއާއި ދިމާލައަށް ގުދުވެލިވަގުތު، އެސްފިޔަތަޅުވާލާފައި ރައިޝާ ލޯ ހުޅުވާލިއެވެ.

ކާރު ޕާކުކުރުމަށްފަހު، ޒަޔާން ރައިޝާއަށް ދޮރުހުޅުވާދިނެވެ. ޒަޔާންގެ އަތުގައި ހިފަހައްޓައިގެން ރައިޝާގެ މޫނުމަތިން ފެންނަމުންދަނީ ވަރުބަލިކަމެވެ.”ރައި ކިހިނެއް ވަނީ؟އަބަދުވެސް ވަރުބަލި ވެފަ ތިހުންނަނީ!!” ހާސްވެފައި ހުރެ ރައިޝާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ޒަޔާން އަހާލިއެވެ.”އެ ވެދާނެ ރަނގަޅަށް ނުކާތީކަމަށް..ދެން ހިނގާބަލަ ވަރަށް އެކްސައިޓެޑް ވެފަ މިހުރީ” އެނބުރިލަމުން ރައިޝާ ބުނެލިއެވެ. ހިނިގަނޑެއް ޖަހާލަމުން ރައިޝާ އަތުގައި ހިފައިގެން ހުރެ “ބޭކަރީސް” އަށް ދެމީހުން އެކުގައި ވަދުނެވެ.”ހައި ސަރ!! ހައު މޭ އައި ހެލްޕް ޔޫ؟” ކައުންޓަރު ކައިރީގައި ހުރި ކުއްޖާާ ފުޅާ ހިނިތުންވުމަކާއެކު އަހާލިއެވެ.ރައިޝާ ކައުންޓަރުން ކޭކު ޑިޒައިންގ ފޮތެއް ނަގައިގެން ސޯފާގައި އިށީދެލީ ޒަޔާން ކައުންޓާރު ކައިރިީގައި ހުރިކުއްޖައާއި ވާހަކަ ދައްކައި ނުނިމޭތީއެވެ.”ހައި!! ކޭން އައި ރިކުއެސްޓް ސަމްތިންގ”އެވަގުތު ރައިޝާ ކައިރިން ހުރަސްކޮށްލި މުވައްޒަފަކާއި ރައިޝާ ސުުވާލު ކުރުމުން ހެވިލާފައި އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ. ރައިޝާ ބުނެލި ވާހަކައިން އެކުއްޖާގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.”ޔެސް ޝުއަރ މޭމް!!” ހިނިތުންވުމެއް ރައިޝާ އަށް ރައްދު ކުރުމަށްފަހު އެކުއްޖާ ދިޔައެވެ.

ބަންދު ދުވަހެއް ކަމުން މީހުން ފުދޭވަރަކަށް ގިނަ ނަމަވެސް ރައިޝާއާއި ޒަޔާން އަމިއްލަ ކޭކެއް އެޅުމުގައި އުޅުނެވެ. ވިޕިން ކްރީމްކޮޅެއް ހެދުމަށްފަހު ކޭކުވަށައި އޮމާންކޮށް ހާކާލިއެވެ. ތަށީގއި ބާކީ ކުޑަ އެތިކޮޅެއް ހުރުމުން ރައިޝާގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައެވެ.”ޒަޔާން ބަލާބަަލަ ކޭކަށް ވީ ގޮތް” ރައިޝާ ދެރަވެލާއި ބުނެލިއެވެ. ވަގުތުގެ ބޭނުން ހިފައި ޒަޔާންގެ މޫނުގައި ވިޕިން ކްރީމް ކޮޅެއް އުގުޅާލިއެވެ.”ރައިޝީ!!” ރައިޝާ ފަހަތުން ދުއްވައިގަންނަމުން ޒަޔާން ގޮވާލިއެވެ. އެދެމީހުންނަށް ހާއްސަ ކުރެވިފައިވާ މޭޒުވަށާ ދުވަމުން ދިޔަ ރައިޝާގެ އުނނަގަޑުގައި ޒަޔާން އަތްއަޅުވާލައި ގަޔާއި ކައިރިއަށް ދަމާލިއެވެ.”އެވަގުތު އެމަންޒަރު ފެނުން ދެ މުވައްޒަފުންވެސް ހެވާލިއެވެ.”ދޭ އަރ ސޯ ކިއުޓް” މުވައްޒަފަކު ބުނެލިއެވެ. ރައިޝާގެ ބޮލަަށް ބޮސް ދިނުމަށްފަހު ޒަޔާން ކޭކުގައި އައިސިންގ ޖަހަން ފެށިއެވެ.

ކޭކު އަޅައި ނިމުމުން ރައިޝާ އޭނަ އެޅި ކޭކު ފޮށިގަނޑަކަށްލައި ފޮރުވާލިއެވެ. ޒަޔާން އެޅި ކޭކު ފެނުމުން ރައިޝާ ހެވައިގަތެވެ.”ދަނޑި މީހުން ކުރަހާފަ ތިހުރީ ރައިމެން މީ ދަނޑިތަކެއްތަ؟” ރައިޝާ ބުނެލި ވާހައިން ޒަޔާން ލޯ އަޅާލިއެވެ. ދެމީހުނ އެކީގައި ކޭކު ފެޅުމަށްފަހު އޭގެއިން އެއްބައި ކެއުމަށޤފހު އަނެއްބައި ޕެކް ކުރީ ގެޔަށް ދިޔުމަށެވެ.” ރައި އެޅި ކޭކުވެސް ފަޅާފަ ދާނީ!! ވެއިޓް” ޒަޔާން އަށް ނުފެންނާނެހެން ” އޯކޭ!! ކަމް” ޖަހާފައި މެސެޖެއ ފޮނުވާލިއެވެ. ފައި އުފުއްލާލުމަށްފަހު ޒަޔާންގެ ލޮލުގައި ރައިޝާ އަތްއެޅިއެވެ.” ކީއްތި ކުރަނީ” ވާނުވާގައި ހުރި ޒަޔާން ސުވާލު ކުރި ނަމަވެސް   ރައިޝާ އެއްވެސް ޖަވާބެއް ނުދިނެވެ. މަޑު ފިޔާތޮށި ކުލައިގެ އަލި މުޅިތަނަށް އެޅިގެންދިޔަ އިރު ރައިޝާ އެޅި ކޭކުކައިރީގައި މާބޮޑިއެއް އޮތެވެ. މަޑުމަޑުން ޒަޔާން ގެ ލޯމަތިން އަތްނެގި އިރު ރައިޝާގެ ހިތުގެ ވިންދު ވެސް ދިޔައީ އަވަސްވަމުންނެވެ. ވާނުވާގައި ހުރި ޒަޔާން އަށް ކޭކުގައި ޖަހާފައި އިން ނަން އަޅައިގަތުމާއެކު ލޯ ބޮޑުވެގެން ދިޔައެވެ.(3=1+1) ޖަހާފައި އިންއިރު ތަން ކުލައިން ” ސީޔޫ ސޫން ޑޭޑީ” ޖަހާއި އިނެވެ. ރައިޝާ ޖަހާ ސަކަރާތެއް ކަމަށް ހީކޮށް، ރައިޝާ އާއި ދިމާލަށް އެބުރުމުން ޒަޔާންގެ އަތަށް ކުޑަ ޕާރިސަލް އެއް ޒަޔާން އަތަށް  ދިނެވެ. ފަހަށް މަޑުނުކޮށް ވަގުތުން ޒަޔާން ޕާރިސަލް ކަޑާލިއެވެ.އޭގައި އޮތް ޕްރެގްނެންސީ ޓެސްޓް ކިޓް ފެނިފައި ޒަޔާން ރައިޝާއާއި ދިމާާލަށް ބަލާލި ވަގުތު އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.” ރައި އެގަނޑީގައި ނުބުނީ ސަޕްރއިޒްއެއް ގޮތަށް ބުނަން ބޭނުންވީމާ. އެގަނޑި ޒަޔާން އަށް ދެއްކި ކިޓް އެއީ ފޭކް” ރައިޝާ ގެ ވާހަކަ ނުނިމެނިސްް، ރައިޥާ އުރާލައި އެނބުރިލިއެވެ.ރައިޝާ ވެސް ހިނިތުން ވެލަމުން ޒަޔާންގެ ކަރުގައި އަތް އަޅުވާލިއެވެ. ދެމަފިރިންގެ އުފާވެރި މަންޒަރުތައް ރައިޝާގެ އެދުމުގެ މަތިން ، އެތާނގައި މަސައްކަތް ކުރާ މުވައްޒަފެއް ކެމަރާއެއްގެ އެހީގައި ރައްކާތެރިކުރަމުން ދިޔައެވެ.

ކޭކުފެޅުމަށްފަހު ޒަޔާނގެ އަގައަށް ރައިޝާ ކޭކުކޮޅެއް ލަވައިދިނެވެ. ރައިޝާ ގެ އަތްތުރު ތރުލާކަން ފާހަގަ ވުމުން އަވަސްއަވަހަށް ޒަޔާން ރައިޝާ އަތުގައި ހިފިއެވެ. އެވަގުތު ރައިޝާހެ ހަބަރު ހުސްވެގެން ޒަޔާންގެ އަތްމައްޗަށް ރައިޝާ ވެއްޓުނެވެ..

***ނުނިމޭ***

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

ތަޤްދީރު-26

Next

ލޯބިން ބުނާތީ 47

Next
September 17, 2026

ލޯބިން ބުނާތީ 47

Previews
September 16, 2026

ތަޤްދީރު-26

4 Comments!

  1. Shaba_17 says:
    September 16, 2026 at 4:09 pm

    Hiii Omg I missed you so much nabaa 😭
    After a long time Finally your back 😍
    Vrh dhuvahu ge Inthizaarah fahu Mi vhk kiyaalan libeythy vrh Ufaavehje 💖 how are you Darling?? Keehve ehaa gina dhuvas V? Also Shaba hiyeh nukuran dhn kiyaalan libeyne kamakah vx 😩… Alhey Raisha ah kihineh evyyy? I’m so curious 😳 Patiently waiting for the next part When’s next? Avahah up koh dhehchey plss
    Lysmmm & Tc 💗✌🏻

    1. naberr naberr says:
      September 16, 2026 at 10:31 pm

      hi shaba so happy to know that u liked this part too
      hehehe
      vrh surprising koh mi episode genaee mi
      lets see dhw raisha ah kihineh thw vee
      next part mi saturday ga IA
      love you more darling

  2. Eyesher.. says:
    September 16, 2026 at 7:29 pm

    Ayyooooo…. Look who’s back…. I’ve been waiting ages for this part…
    WAIT… Are you gonna kill raisha after she got preg…? 🤨🤨
    Jk… I hope she’ll be okay… And whoever that is trying to make some dirty-ass plan… I hope it doesn’t work…. I hope wtv they are planning happens to them that they gonna regret it forever and ever and ever and everrrrrrrrrr….
    Anyways…. So glad to see you again Darla…
    Mi part ves varah reethi…
    When’s next part???
    I hope next part ves avahah kiyaalan libeyne kamahhh…
    And before going…. Lemme say this… You are a great writer.. this story so far, it’s so good… Like, komme part eh kiyaa nimey iru, it makes me so curious to see what happens next, that I can’t wait for the next part… Like yk… 😭😭 You might get hate comments and all… Like, from those who can’t hajam kuranings the fact that someone’s doing something better than them… Don’t let them get to you ingey… No matter what they say, please don’t stop writing… Like, neverrrrr…
    Anyways…..
    Next part soon plz..
    Lots of love from me…. 🫶🏻🫶🏻

    1. naberr naberr says:
      September 16, 2026 at 10:34 pm

      lets see dhw raisha maruvaneethw or smthn else
      thnk you for ur support love n patience
      IA Saturday ga next part genesdheyn try kuranymi
      love u more

Comments are closed.



All Right Reserved!