ނަފްރަތު (9)
ފެން ވަރައިގެން ނުކުމެ ރައިހާން މިސްކިތަސް ދިޔުމަށް ތައްޔާރުވާން ފެށިއެވެ.އެވަގުތު ލޮލުގައި އަޅައިގަތީ ސްޓަޑީ ޓޭބަލްމަތީގައި ހުރި ޖޫސްތަށްޓާއި ކައިރީގައި އޮތް ނޯޓުކޮޅެވެ.”ހޯޕް ޔޫ އެންޖޮއި އިޓް” ރަތް ކުލައިގެ ހިތެއް ޖަހާފައިއިން ނޯޓް ކޮޅު ކިޔާނިމުމާއެކު ރައިހާން އަށް ހިނިގަނޑެއް ޖަހާލެވުނެވެ. އެއް ނޭވާއިން ޖޫސްތަށި ބޮއެލުމަށްފު ގަޔަށް ސެންޓު ކޮޅެއް ބޫރުވާލަމުން ކޮޓަރިން ނުކުތެވެ. ބަދިގޭގައި ކެއްކުމުގައި އަވަދިނެތި އުޅުނު ޒާރާ ފެނުމުން ޒާރާ ކައިރި ލައްވެލިއެވެ.”އައި ރިއަލީ އިންޖޮއިޑް ވިތް އިޓް” ރައިހާން ބުނެލި ރާގުން އެ ބުނީ ކޮން ވާހަކަ އެއްކަން ޒާރާ އެނގުނެވެ.”ޔޫ!! ޒާ ބުނީ ޖޫސްތަށީގެ ވާހަކައޭ..”ޒާރާ ލަދުގަތް ނަމަވެސް މޫނުމަތިން އެކަން ނުދައްކަން މޫނު އަބުރާލުމުން ރައިހާން ގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ.”ޖޫސް ނޫނިއްޔާ ދެން ކޯއްޗަކާ ތަ ޑޭޑް އެންޖޮއި ކުރީ؟”ޒައިހާން ވެސް ނަމާދަށް ދިޔުމަށް ތައްޔާރު ވެލައިގެން ނުކުތްވަގުތު ރައިހާން ބުނެލި ވާހަކައިން ސުވާލު ކޮށްލިއެވެ.ޒާރާ ގެ އިތުރުން ރައިހާން ވެސް ޒައިހާން އަށް ބަލާލިއެވެ.”ސޮރީ ދޫނީ!! އެއީ ޑޭޑް ރޭގަ މާ ވަރަކަށް ޗީޒް ކޮށްތު ރޮށި ހަދާދޭށޭ ބުނީމަ ހަދަދިނީ. މަންމި އަށްވެސް ނުދިނޭ!! އެ އެއްކޮށް ޑޭޑް ކެއީ” ޗީޒް ކޮށްތު ރޮށްޓަކީ ރައިހާން ގެ އިތުރުން ޒައިހާން އަށް ވެސް ވަރަށް މީރު އެއްޗެކެވެ. ޒާރާ އަށް އެކަން ހަނދާން ވުމުން އަވަސްއަވަހަށް ޒައިހާން އުރާލަމުން ބުނެލިއެވެ.”ދޭންންން!! ޑޭޑް ޖެހޭތަ އެއްކޮށް ކާން..މާގިނައިން ކާކަށް ނުވާނެއޭ ބުނާނެ ޒައި ކައިރި އެކަމު ބަލަ” ޒައިހާން ހަނދާން ކޮށްދިނީ މީގެ ކުރިން ރައިހާން ބުނެ އުޅެ ވާހަކައެވެ.”ސޮރީ ޑެޑީ ގެ ދޫނީ..ދެން ފަހަރަކުން ބަހައްޓާނަން. ޕްރޮމިސް”ޒަރާ އަތުން ޒައިހާން އުރާލަމުން ބުނެލިއެވެ.ޒައިހާން ވެސް ހެވިލާފައި ރައިހާން އާއެއްކޮށް މިސްކިތަށް ދިޔުމަށް ނުކުތެވެ. ޒައިހާންމެން ދިޔުމުން ސުފުރާ މައްޗަށް ކާން ތައްޔާރު ކުރުމަށްފަހު ތާޒާ ވެލަންދިޔައެވެ.
ނަމާދުކޮށް ނިމިގެން ޒާރާ ނުކުތްއިރު ރައިހާން ތަށިތަކަށް ފަނި އަޅަން ހުރިއިރު ޒައިހާން ފެން އަޅަމުން ދިޔައެވެ.”ތެންކްޔޫ މަންމި ލޯބީ!! އަވަހަށް އަތްދޮވެލައިގެން ކާން އިށީދޭ އެނގޭ.މަންމި އެބަ އަށްނަން” އެއް ތައްޓަކަށް ޗީޒް ސެޕެގެޓީ އެޅުމަށްފަހު އިތުރު ތަށްޓަކަށް ކުކުޅު ކޮޅަކާއި ފްރައިޑް ރައިސް ކޮޅެއް އަޅާލިއެވެ.”ތި ކާކަށް؟؟” ރައިހާން އަތްދޮވެލަމުން އަހާލިއެވެ.”ރައި ބަލިކޮށް ބަޑުގަ ރިއްސާތީވެ. އެހެންވެ ރައި ބުނެގެން އޭނަ އާ ލައިގެން ކެއްކީ…”މެގްނަމް ޕުޑިން ތައްޓާއި ފަނިފުޅި ކޮތަޅަށް ލަމުން ބުނެލިއެވެ.”ޒައި ބޭނުން ދޮންތި ކައިރިއަށް ގޮސްލަން ޕްލީޒް”ކާން ހުރި ތަށި ދޫކޮށްލަމުން ގޮޑިން ތެދުވެ ޒައިހާން ބުނެލިއެވެ.”އެކަމު އޭގެ ކުރިން ފިލާވަލުތައް ނިންމާލާ. އޭރުން އޯކޭ ދިޔަސް” ޒާރާ ޒައިހާން ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
ބެލް އެޅުމުން ޒަޔާން ގޮސް ދޮރު ހުޅުވާލިއެވެ.”ކޮބާ ރައި” ކޮތަޅު ކާ މޭޒުމަތީ ބަހައްޓަމުން ޒާރާ ސުވާލު ކުރުމުން ކޮޓަރިއަށް ޒަޔާން އިޝާރަތް ކޮށްލިއެވެ.ބަޑުގައި އަތް އަޅައިގެން އޮތް ރައިޝާ ޒާރާ ގޮވާލުމުން ބަލާލިއެވެ.”މަންތްލީ ވިޒިޓަރ”ޒާރާ ނިތްކުރި އަރުވާލުމުން ރައިޝާ ބުނެލިއެވެ.”ދެން ހިތްވަރު ކޮށްލާފަ އެއްޗެއް ކާން އުޅޭ..”ޒާރާ ރައިޝާ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.”ލަވް…ހިނގާ ކާން”ތަށްޓަކަށް ޗީޒް ސްޕެގެޓީ ކޮޅަކައި ކުކުޅު ކޮޅެއްގެ އިތުރުން އޮރެންޖު ޖޫސްތަށްޓެއް ހިފައިން އައިސް އެނދުގަ މަގަތުގައި ޒަޔާން އިށީނެވެ.”ކޮބާ ކަރާފަނި..މަ ކޮތަޅު ތެރެއަށް ލިން ފުޅީއެއް”ޒާރާ ހައިރާންވެފައި ސުވާލު ކުރުމުން ރައިޝާ ގާތަށް ހިތްހަމަ ނުޖެހުނެވެ.”ނުލަފާ!! ހަމަ ނޭނގެނީތަ ކަރާފަންޏަކީ ރައި ބޯ އެއްޗެއް ނޫންކަން”ރައިޝާ ކަޅި އަޅާލިއެވެ.”އޯ އައި ފޮރުގޮޓު!! ސޮރީ ބޭބީ” ޒާރާ ބޮލުގައި އަތް އަޅާލިއެވެ. ޒަޔާން ރައިޝާ ތެދުވެ އެދުގައި ލަށްވެލަން އެހީވެދިނެވެ. އެތައް ވާހަކައެއް ދެއްކުމުގައި ތިބިމަށްފަހު ޒާރާ ތެދުވެލިއެވެ.”އޯކޭ!! ދަނީ..ޒައި ހުންނާނެ މިހާރު ނުގޮސްގެން. ދެންމެވެސް ވަރަށް ފޫޖެހި އަށްނަން.. ފިލާވަޅުތައް ނިންމާފަ އަޔަސް އެންމެ ރަނގަޅޭ ބުނެފަ މިޔައީ..އޯކޭ ދޯ؟” ރައިޝާ ބޯ ޖަހާލަމުން ޒާރާ ހިނގައިގަތެވެ.”އަމްމް.ހާދަ ވައްތަރަކަށް ތި ހިނގަނީ”ޖޫސްތަށި ބަހައްޓަމުން ރައިޝާ އަހާލިއެވެ.”އެ.އަމް..އާން..މިއަދު ފައި ފުރޮޅާލީ”ޒާރާ އަވަސްއަވަހަށް ނުކުމެގެން ދިޔައެވެ.”ދިޔައީ؟”ބެލްކަނީ ދޮރު ލައްޕާލަމުން ޒަޔާން އަހާލުމުން ރައިޝާ ބޯ ޖަހާލިއެވެ.”ނުކައި ޖޫސްތަށި އެއްކޮށް ހުސްކުރަން އެނގުނީ” ޒަޔާން ބޯ ހޫރާލިއެވެ.”ދެން އަޅެ!! ބަނޑު ހައިވީމަ އޭ އެއީ..އަދި ބޭނުން” ރައިޝާ އެނދުމަތީގައި އަތުން ޖަހަމުން ބުނެލިއެވެ.”ސާބަސް ޕެންޑާ އަށް. މަޑު ކުރޭ މިގެންނަނީ” ޒަޔާން ފަސްއެބުރިދިޔުމުން ރައިޝާ ދޫ ނެރެލިއެވެ.
ފެންވަރާލައިގެން ނުކުމެ ޒަޔާން ގެ ޖާޒީ އަކާއި ކަޅު ކުލައިގެ ދޫ ހަރުވާޅެއް ލިޔައެވެ. އަބަދުވެސް ތުވާލިން އިސްތަށިގަނޑު ހިއްކާ ރައިޝާ ހެއަރ ޑްރެއަރ އިން ބޯ ހިއްކަން ފެށީ އަދިވެސް ބަނޑުގައި ރިހުން ހުރީތީއެވެ.”ދައްކާ އަހަރެން ހިއްކަދޭނަން ޕެންޑާ އަށް” ޒަޔާން ރައިޝާ އަތުން ހެޔަރ ޑްރެޔަރ އަތުލިއެވެ.”ރައި ހަމަ އެހާ ޕެންޑާ އަކާ ވައްތަރު؟މިހާރު ޕެންޑާ ދޯ ނޮޓް ރައިޝީ” ރައިޝާ މޫނަށް ވައްތަރެއް ޖައްސާލުމުން ޒަޔާން ހެވައިގަތެވެ.”ހަހަހަ ވެރީ ފަނީ” ރައިޝާ ތެދުވަން ހަދައިލި ވަގުތު ޒަޔާން ވަގުތުން ޓީޝާޓު ބޭލިއެވެ.”ޒަޔާނޫ..ތި ކޮން ކަމެއް އޭ” މޫނުގައި އަތް އަޅާއިގެން ހުރެ ރައިޝާ ހަޅޭލަވައިގަތެވެ.”ނޭނގެ މި ކޮން ކަމެއް؟ ހޫނު ވީމައޭ މި ބޭލީ އެހެން ނޫނަސް ތިޔަކީ މަގޭ ހަލާލު އަނބިމީހަ. ސޯ އައި ކޭން”ހަރުގަނޑުގައި ޓީޝާޓު އަޅުވަލުމަށްފަހު ރައިޝާ އިސްތަށިގަނޑު ހިއްކައިދޭން ފެށިއެވެ. “މީ ގައިމު އަހަރެން ޓީޝާޓު ބޭލީމަ ނުބަލަން ވެގެން މޫނު އަނބުރާލި މީހަ” ކަޅިޖަހާނުލައި ލޯގަނޑުން ޒަޔާން އަށް ބަލަން ހުރި ރައިޝާ އަވަސް އަވަހަށް މޫނު އަނބުރާލިއެވެ.
ޒަޔާން ދޮރުހުޅުވާލުމާއެކު ދުވެފައި އައިސް ރައިޝާ ގައިގައި ޒައިހާން އޮޅުލައިގަތެވެ.”ޑޭޑް މިޔަދު ވަރަށް ގޯސް ކަމެއްކުރީ.. އަމް އެންގްރީ ވިތް ހިމް” ޒައިހާން ފުރަތަމަވެސް ބުނެލިއެވެ. އޭރު ރައިހާން ގެ އިތުރުން ޒާރާ ކޮޓަރިއަށް ވަށްނަނީއެވެ.”އެޔޯ؟” ރައިޝާ ނިތް އަރުވާލިއެވެ.” ނަމާދަށް ދާން ނުކުތްގަނޑި ޑޭޑް ބުނީ މަންމި ކައިރި އައި ރިއަލީ އެންޖޯއި އިޓް އޯ ލާސް ނައިޓް!! ޒައއި އެހީމަ ބުނީ ޗީޒް ކޮށްތު ރޮށި ހެދީއޯ” ރައިހާން ގެ ކޮޓުގައި ޒާރާ ޖަހާލީ ރައިޝާ ގެ ދިމާކުރުން ތަކާއި ކުރިމަތިލާން ޖެހޭނެކަން އެނގޭތީއެވެ. ޒައިހާން ޕީއެސް ކުޅެން ބޭނުން ވުމުން ސިޓިން ރޫމުގައި ޒައިހާން އަށް ޕީއެސް އަޅުވާދިނެވެ.”ޒައި ކުޅެލާ އެނގޭ! ތިއްތިމެން ވާހަކަ ދައްކާލާނަން” ޒައިޙާން ބޯ ޖަހާލުމުން ޒަޔާން ދިޔައެވެ.
“ހްމްމްމްމްމް!! ޗީޒް ކޮށްތު ރޮށި ދޯ.. މިހާރު މި އެނގުނީތާ ކީއްވެކަން މަ އެވަރަށް ގުޅި އިރުވެސް ފޯނު ނުނެގީ ކީއްވެކަން” ރައިޝާ އުނގުގައި ބޯ އަޅާލައިގެން އޮވެ ޒަޔާން ބުނެލިއެވެ.” ކަލެއަށް ސާބަހޭ ހުވާ.. ކައެ މަށަކަށް ނުވެސް ގުޅަ އެހެން ނޫނަސް. ކޮންހާ ދޮގެއް ތިދެން އޭ” ޒަޔާން ބަނޑުގައި ހޫނު އެތިފަހަރެއް އަޅާލިއެވެ.”މަށާ އެނގޭ ތިބެހުނީ” ޒަޔާން ބަނޑުގައި ފިރުމާލަމުން ރައިޝާ ބުނެލިއެވެ.” އޫޕްސް…. ރާމާމަކުނު ދެރަވީތަ؟” ރައިހާން ބާރު ހިނިގަނޑެއް ޖެހުމުން ރައިޝާ ކަލި އަޅާލިއެވެ.”ކަލޯ ގަޔާ.. 20 ފަހަރު ކަލޭ ގުޅާފަ.. ކަލޯ ކަމެއް ވީތަ އަނެއްކާ ރޭނގަ؟ އަދި މަ ފޯނަށް މި އަތްލީ” ޒަޔާން އެވަރަށް ގުޅާފައި އޮތުމުން ރައިހާން ދެލޯ މުދުނަށް އަރައިގެން ނުދިޔައީ ކިރިޔާއެވެ.” އެހެމް..އާން ރޭނގަ ކަމެއް ވެގެންތާ ކައެ މަގޭ ފޯނި ނުނެގީ އެވަރަށް ގުޅި އިރުވެސް” ޒަޔާން އާއި ރައިޝާ ހީނގަތެވެ. އޭރު ޒާރާ ބާލީހުން މޫނު ފޮރުވާލިއެވެ.” ސައިލެންޓަށް ލާފަޢޭ އޮތީ ދެން އަޖައިބެއް” ޒާރާ ކައިރި ކޮށްލަމުން ބުނެލިއެވެ.” ފޯކަސް ގެއްލިދާނެތީ ” ރައިޝާ އިތުރު ކޮށްލުމުން ކުރިޔަށް ވުރެ ބާރަސް ޒަޔާން އާއި ދެމީހުންނަށް ހީގަނެވުނެވެ.
މީޓިންގ ނިންމާލުމަށްފަހު އެނބުރި ކެބިން އައިސް ގޮނޑީގައި ހަމަޖެހިލަމުން ޒަޔާން ރައިޝާ އަށް ގުޅާލިއެވެ.”ހެލޯ ޖާނޫ” ރައިޝާ ފޯނު ނެގުމާއެކު ބުނެލިއެވެ.” ހޫން.. ކިހިނެއް ވީ” ރައިޝާ ގެ އަޑުން ވަރުބަލިކަން ޒަޔާން އަށް ފާހަގަ ވިއެވެ.”ކީއއްވެ ފުރަތަމަ ގުޅައިގެން ނުނެގީ” ޒަޔާން ގެ ސުވާލުންރައިޝާ ރުޅި އައުން ނޫން ކަމެއް ނުވިއެވެ.” ގޭތެރެ ފޮޅާ ސާފު ކުރީ. އެހެންވެ” ފުން ނޭވާއެއް ރައިޝާ ދޫކޮށްލިއެވެ.”އައި މިސް ޔޫ އަ ލޮޓް ޑާރލިންގ” ޒަޔާން ގެ އަމަލުތައް ހުރިގޮތުން ރައިޝާ ދެފަރާތަށް ބޯ ހޫރުވާލިއެވެ.”މިސް ވިޔަސް ތިތާ އޮފީހުގަ އެއްނު އޮށްނަން ވަނީ.. ގެޔަށް ނައިސް”ރައިޝާ އެއްޗެހި ހިއްކަން އަޅަމުން ބުނެލިއެވެ.”ހަމަ ބިޒީ އޭ.. މިހާރު މިދަނީ އިޝާ ނަމާދަށް.. 30 8 އެބޮތް އަދި މީޓިންގ އެއް ވެސް. ނިމޭރު ހުންނާނީ 30 23 ވެފަ” ޒަޔާން ގެ އަޑު އަހާފައި ރައިޝާ އަށް ފުންނޭވާ އެއ ދޫކޮށްލެވުނެވެ. ފަހަރެއްގައި އެއީ މިހުރިހާ އިރު ރައިޝާ އަޑު އަހަން ބޭނުންވި ސުވާލުގެ ޖަވާބެވެ.
ހުރިހާ ކަމެއް ނިމުމުން ރައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ފޯނު ސިޓިންގ ރޫމަށް ޗާޖަށް ޖެހުމަށްފަހު ރައިޝާ ތާޒާ ވެލުމަށް ފާހަނަ އަށް ވަނެވެ. ކާރަށް އަރައި ސްޓާރޓް ކޮށްލަމުން ރައިޝާ ނަންބަރަށް ޒަޔާން ޑައިލް ކޮށްލިއެވެ.4 ފަހަރަށް ގުޅުމުން ވެސް ރައިޝާ ފޯނު ނުނެގުމުން ޒަޔާން ހިތް ތެޅިލިއެވެ.”ސާބަހޭ!! ފަހަރި ނިދީ ކަމަށްވެސް ވެދާނެއްނު މިހާ ލަސްވީމަ..ތި ހާސްވާކަށް އަދި ނުވެޔެއެ” ޒަޔާން ގެ އެކުވެރިއެއް ކަމަށްވާ ފަޔާޒް ބުނެލިއެވެ.”ހުމްމް..އެކަމު ނިދާފަ އޮތަށް އޭނަ ނަގާނެ.. މުލާހިކު ނިދި މަޑުވާނެ… ދެން ނޭނެގެ ކައެ ގެޔަށް ލާފައޭ ދެވޭނީވެސް އަދި..ކަލެ ސައިކަށްވެސް އެނގެނީ މިކަހަލަ ގަޑިގަޑީގަ ވިއްޔަ ހަލާކުވާން” ކާރުގެ ދުވެލި ޒަޔާން ބާރު ކޮށްލިއެވެ.
ދޮރު ހުޅުވާލުމާއެކު ޒަޔާން އަށް މަރުހަބާ ކީ އަނދިރިކަމެވެ. އެއްކޮށް ގޭތެރެ އަނދިރިކޮށް އޮތުމުން ތަނެއް ވަކިކުރާ އެނގޭ ވަރެއް ނުވިއެވެ.ފްލޭޝް ލައިޓަ ޖެއްސުމަށް ޒަޔާން ފޯނު ނެގި ވަގުތު ފަހަތުން މީހަކު ފޯނު ޖަހަގަނެ ދޮރު ބަން ކިޔާފައި ލެއްޕިއެވެ.ޒަޔާން ގެ ހިތް ތަޅިގަށްނަން ފެށީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. އެކި ތަންތާގައި އަތް ހާކަމުން ދަނިކޮށް ސްވިޗް ބޯޑުގައި އަތް ޖެހުމުން އަވަސް އަވަހަށް ލައިޓް ޖައްސާލިއެވެ. އެ ވަގުތު ތިރީގައި ހުރި ލޭތައް ފެނުމާއެކު ޒަޔާން ލޯ ބޮޑުވެގެން ދިޔައެވެ.ފެންނަ ފެނުމަށް ހީވަނީ ހަމަލާއެއް ދިނުމަށްފަހު ދަމާފައި ގެއިން ނެރެފައިވާހެންނެވެ. ލޮލުން ކަރުމަތައް ފައިބައި ގަތުމުން އަވަސްއަވަހަށް ކޮޓަރިއަށް މިސްރާބު ޖެހީ ރައިހާން ގެ އެހީހެއް ހޯދުމަށެވެ. ރައިޝާ އަށް ކަމެއް ވުމަކީ ދުވަހަކުވެސް ޒަޔާން އަސް ބަރުދާސްތު ކުރެވޭނެ ވޭނެއް ނޫނެވެ.”ހެޕީ 25 ބާރތް ޑޭ ލަވް” ދޮރު ހުޅުވާލުމާއެކު ޖެހުނީ ރައިޝާ ގެ އަޑެވެ. ރައިޝާ ގެ އަމަލުން މިޔަދު މީ އަމިއްލަ މީހާގެ އުފަންދުވަސް ކަން އެނގުނެވެ. ނަމަވެސް ހަމަ އެވަގުތު ހިތްހަމަ ނުޖެހުނީ ރައިޝާ މިކަންކުރަން ގެންގުޅުނު އުކުޅުތަކުގެ ސަބަބުންނެވެ.” ރައިޝީ ހީކުރީ ވަރަށް މަޖާ ކަމެއް ކަމަށްތަ.. ލެޓްސް ސްޓާރޓް ރީލް ގޭމް” ރައިޝާ ގެ ކަންފަތާއި ގާތްވެލަމުން ޒަޔާން ބުނެލިއެވެ. ކަރުގައި އޮތް ޓައީ ދޫކޮށްލަމުން ގަމީހުގެ ގޮށްތައް ޒަޔާން ނަށްޓަން ފެށުމުން ރައިޝާ ތެދުވަން މަސައްކަތް ކުރިއެވެ.”ހަނީ ނައު ޔޫ ކާޓް” ރައިޝާ ގެ ކުޑަ ކުޑަ ދެއަތުގައި އެއްއަތުން ހިފަގެން ހުރިއިރު އަނެއް އަތުން އުނަގަނޑުގައި އަތްއަޅުވާލިއެވެ. ރައިޝާ ބޮލުގެ އިސްތަށިގަނޑަށް އަތް މަހާލަމުން އެތުންފަތުގައި ޒަޔާން ބޮސްދެމުން ދިޔައެވެ.ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި ރައިޝާ ވެސް ޒަޔާންގެ ހަރަކާތަށް ބައިވެރިވެލިއެވެ.
ފަތިސް ނަމާދުކޮށް ނިމިގެން އައިސް ސޯފާގައި އިށީދެ ޒިކުރުތައް ކިޔަން ފެށީ ރައިޝާ ވެސް ކިޔަވަން ހުރުމުންނެވެ. މުސައްލަ އަލަމާރިއަސް ލުމަށްފަހު، ޒަޔާން އުނގުގައި ބޯ އަޅާލިއެވެ.” ހަނދާން ކުރާތި ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ކޮށްފިއްޔާ އަދަބު މާ ބޮޑުވާނެ”ރައިޝާ ކަންފތުގައި ޒަޔާން ހިފާލިއެވެ.” ގޯސްކަން ބަލާބަލަ!! ރައި ބައްޕަ ޔާން އަށް ނުލާހިކު އިތުބާރު ކޮށްފަ ރައި ހަވާލުކުރީމަ ތި އަނިޔާ ކުރަނީ” ރައިޝާ ބުނެލި ރާގުން ޒަޔާން ހިނިގަނޑެއް ޖަހާލިއެވެ.” އެކަމު ފަހުން މާފަށް އެދުނީމެއްނު.. ނުލާހިކު އުފާވެ-” ރައިޝާ ޒަޔާން އަނގަމަތިގައި އަތްއެޅިއެވެ.”ތިޔެއް ނޫނެ.. ތިއްތި ޓިކެޓް ނަގައިފި މާދަން މަންމަމެން ކައިރި އަސް ދާން” އިނގިލަތާކއި ކުޅެލަމުން ރައިޝާ ބުނެލިއެވެ.”ރައިޝީ ބޭނުމިއްޔާ އޯކޭ ދިޔަސް ރައިހާންމެން އާއެއްކޮށް.. ވަރަށް ދުވަސްފަހުން ނުކުތީމަ މަސައްކަތް ވެސް ވަރަށް ފުނި ޖެހިފަ ހުރީ..” ރައިޝާ އެކަނި ފޮނުވަން ޖެހުމުން އެހިތް ރޮއިލިއެވެ.”ނޫން!! ރައި މަންމަމެންނަށް ވާހަކަ ދެއްކިން އިރުކޮޅެއްކުރިން..ރައި ބުނީމަ ބުނި ޔާން އަށް ޗުއްޓި ލިބުނީމަ ދެމީހުން އެއްކޮށް އައީމަ މާ ރަނގަޅުވާނެޔޯ.އެހެން ނޫނަށް ތިއްތިމެންނަށް އެދެނީ ސުކޫލު ބަންދުވި ދުވަހަކުންނު..އެހެންވެ” ޒަޔާންގެ މޫނުގައި ހިފާލަމުން ބުނެލިއެވެ.
ރެސްޓޯރެންޓް ތެރޭގައި ޒަޔާން ގެ އިތުރުން ރައިޝާ މަޑުކޮށްލައިގެން ތިބީ ރައިހާންމެން އަށްނާނެ ވަގުތެއްގެ އިންތިޒާރެއްގައި އެވެ.”ހާދަ ލަހެކޭ ތިމީހުން”އެތެރެއަށް ވަންނަމުން ޒަޔާން ބުނެލިއެވެ.”އާން މި ޒައި ނުނިދިއޭ..ހަނާ އެބަހުރި ވަރަށް ވާހަކ ދައްްކައިގެނ އޭނަ ގާތްކޮށްގެން.އެހެންވެ މިވަރުވެސް މިވީ..ނޫނީ މިވަރުވެސް ނުވާނެ”އެތެރެއަށް ވަންނަމުން ރައިހާން ބުނެލިއެވެ. ރައިހާން އޮފީހުގެ ހުރިހާ މީހުންގެ އިތުރުން ޒަޔާން އޮފީހުގެ އެންމެނަށް ރޭގަނޑުގެ ކެއުމަށް ޒަޔާން ދައުވަތު ދިނެވެ.
ޗެކިން އަށް ގޮވުމާއެކު ޒާރާ އެންމެ ފަހުފަހަރަށް ރައިޝާ އަށް ބައްދާލިއެވެ.”ވިލް މިސް އޫ އަލޮޓް” ރައިޝާ ބުނެލިއެވެ. ޒައިހާން ވެސް ފެންކަޅި ވެފައި ހުރެ ރައިޝާ އާއި ބައްދާލިއެވެ.ޒާރާމެން އެތެރެއަށް ވަދެގެން ދިޔުމުން ކައިރި ރެސްޓޯރެންޓް އަށް ވަދެ ހަވީރު ސައިބޮގެނ ގެޔަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
ރައިޝާ ޒަޔާން ގެ ގަމީސް ވިރުވާލުމަށްފަހުވެސް ޒަޔާން ކައިރި ނުބުނުމުން ހިތްހަމަ ނުޖެހިފައި ހުރި ކަމަށް ހެދި ރައިޝާ ފަހަތުން ދުވަމުން ދިޔައެވެ.”މަވެސް ރައިޝީ ގެ ހެދުމެއް ވިރުވާލާނަން.. ހަނދާން ކުރާތި.. އަދި އެވެސް ރައިޝީ އަށް އެންމެ ކަމުދާ ހެދުން” ރައިޝާ އެއްލި ބާލިސް ހުށިޔާރު ކަމާއެކު ހިފާލަމުން ޒަޔާން ބުނެލިއެވެ. ޒަޔާން އާއި ދިމާލަށް ވައްތަރެއް ރައިޝާ ޖެއްސުމުން ފުއްމާފައި ރައިޝާ އާއި ދިމާލަށް ޒަޔާން އައެވެ.”ދެން ޕްލީޒް ނޫން.”ދުވެފައި ސިޓިންރޫމަށް ނުކުންނަމުން ރައިޝާ ގޮވާލިއެވެ.ނަމަވެސް އޭރު ޒަޔާން ފަހަތުން އައިސް ރައިޝާ ގައިގައި އޮޅުލައިގަތެވެ. ރައިޝާ ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ބެލް ޖެހުމުން އެކަކު އަނެކަކު މޫނަށް ބަލާލެވުނެވެ.”މިގަޑީގަ ކާކު” ރައިޝާ ގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ކޮޑު އަރުވާލުމަށްފަހު ދޮރުހުޅުވާލިއެވެ.”އައްސަލާމް އަލައިކުމް!! ރައިޝާ މޭމް އަދި ޒަޔާން ސަރ ދެއްތޯ؟” އެމީޙާ ގެ ސުވާލަސް ޖަވާބު ދިނުމުގެ ގޮތުން ޒަޔާން އާދެ އޭ ބުނެލިއެވެ.އޭރު ރައިޝާ ވެސް ޒަޔާން ގެ ފަހަތުގައި ހުއްޓިލައިގެން ހުރިއެވެ.”މީ މިޔަދު އަޅުގަނޑުމެންގެ ރެސްޓޯރެންޓް ގައި ހިންގި ޕްރޮމޯޝަން ގައި ބައިވެރިވެ ހޮވިފައިވާތީ ދެމަފިރިންނަށް ދެވޭ އިނާމު” ރައިޝާ ވަގުތުން އެއްވެސް ޕްރޮމޯޝަން އެއްގައި ބައިވެރިއެއް ނުވަމޭ ބުނެލިއެވެ.”ހެހެހެ!! އާދެ އެޔަކީ އަޅުގަނޑުމެންގެ ރެސްޓޯރެންޓް އަށް ޒިޔާރަތްކޮށް ކޮންމެވެސް ކަހަލަ ހިދުމަތެއް ބޭނުން ކޮށްގެން ބައިވެރި ވެފަ..” އަޅައިގެން ހުރި ތޮފި ރަނގަޅު ކޮށްލަމުން އެމީހާ ބުނެލިއެވެ.”އޮހް!! ވެދާނެ ވަދެގެން ދިޔައިރު މާ ބޮޑަށް ބަލާނުލެވުނީމަ ނުފެނުނީ ކަމަށް” އެޟމީހާ ހަވާލު ކުރި ޕާރިސަލް ގައި ޒަޔާން ހިފާލިއެވެ.
ސޯފާގައި ހަމަޖެހިލަމުން ޒަޔާން އާއި ރައިޝާ ޕާރިސަލް ކަނޑާލިއެވެ. މޮނިއުމެންޓަ އެއްގެ ވައްތަރަކަށް ހުރި މަލެއްގެ އިތުރުން ފުދޭވަރަކަށް ބޮޑު ކުރެހުމެއް އޭގެތެރޭގައި ވިޔެވެ.”ވަރަށް ރީތި ދޯ މިމަންޒަރު” އިރުއޮއްސޭ މަންޒަރަށް ބަލަން ހުރެރައިޝާ ބުނެލިއެވެ. ޒަޔާން ވެސް ބޯ ޖަހާލަމުން ފާރުގައި އެ ހަރުކޮށްލީ، ބޯ މައްޗަށް ނަގާފައިވާ ބަން ވިލާތައް ނުފެނަ ހާލުގައިއެވެ.


