އެކުގައިވާނަން-27
“ބަސް އެހީމަ ލިބޭ އަނިޔާ ވެސް ކުޑަވާނެ..” އަނެއްކާ ވެސް ޔަސްރާގެ ސިކުނޑިތެރޭ ހަދާން އާވާން ފެށިއެވެ. އޭނާ އެކަންތަށް ހަދާން ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިކަހަލަ ހިތާމަވެރި ކަމެއް ވެއްޖެއްޔާ އިންސާނާގެ ހަދާނުގައި އެކަންތަށް ވަރަށް ފަސޭހަ ކަމާއިި އެކީ ހަރުލާނެއެވެ. ޔަސްރާ ހުއްޓުން އަރާފައި އިންތަން ފެނިފައި އަޒްހާން ޔަސްރާގެ އަތުގައި ކޮށްޓާލިއެވެ. އެވަގުތު ޔަސްރާގެ ދެލޮލުން ކަރުނަ އަންނަން ފަށާފިއެވެ. އަޒްހާން ވަގުތުން ޔަސްރާ ގަަގައި ބައްދާލިއެވެ. ޔަސްރާ އިނީ ހަމަ ކުރިން އިންގޮތަށް ހުއްޓުން އަރާފައެވެ.
*ޕާރޓް-27*
“ސޮރީ ސޮރީ.. އޯކޭ ނުބުންޏަސް..” އަޒްހާން ޔަސްރާ އާއި ދުރުވެލާފައި ކަރުނަތަށް ފޮހެދޭން ފެށިއެވެ. ޔަސްރާ ނޮރޯންވެގެން މަސަށްކަތް ކުރަމުން ދިޔަނަމަވެސް އޭނާ އަށް ހަަމަ ރަގަނޅަށް ވެސް ރޮވެންފެށިއެެވެ. ޔަސްރާ ރޯތަން ބަލަން ކެއްނުވެގެން އަނެއްކާ ވެސް އަޒްހާން ޔަސްރާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. އަޑު ބޭރުވެދާނެތީވެ ޔަސްރާ އިނީ އަނގަމަތީ އަތް އަޅާ ބާރުކޮށްލައިގެންނެވެ. ޑަކްޓާރ އަށް ގޮވާފައި އައިސް ކައިލާން ވަނުމާއި އެކީ ޔަސްރާ ރޯތަން ފެނުމުން އޭނާ އަވަހަށް ގޮސް ހަޔާ އަށް ގޮވާލިއެވެ.
“ޔަސް ނޮރޯ.. މިހާރު ދެން ޔަސް އަކަށް ގޮތެއް ނުވާނެ..” ހަޔާ އައިސް ޔަސްރާ ކައިރީ އަނެއްފަރާތުގައި އިށީންދެލިއެވެ. ވަރަަށް ހިތްވަރު ކޮށްފައި ޔަސްރާ ރުއިން ހުއްޓާލިއެެވެ.
ޑަކްޓާރ އައިސް ޔަސްރާގެ ހާރޓް ބީޓް ބަލައި އެހެން ކަންތަށް ކޮށްލާފައި ނުކުތެވެ. އަޒްހާން ދެން އަވަސް ވެގަތީ ޔަސްރާ އަށް އެއްޗެއް ދެވޭތޯއެެވެ.
“ޔަސް.. ކޯއްޗެއް ކާންބޭނުމީ.. އާފަލެއްތަ، ނޫނީ ސޭނޑްވިޗް އެއްތަ..” އަޒްހާން ވަރަަށް ލޯބިން ޔަސްރާގެ ބޮލުގައި ފިރުމާލާފައި އަހާލިއެވެ.
“ކޮންމެ އެއްޗަކަސް އޯކޭ..” ޔަސްރާ ބުނެލިއެވެ. އަޒްހާން އާފަލު ފަޅި ކޮށްލާފައި އެބައި ކޮށާލަންވެގެން އިންދައި ހަޔާ އައިސް ޔަސްރާ ކައިރީ އިށީންދެލިއެވެ.
“ރާޝިމްބެ އަށް ގުޅަންވީތަ..؟” ހަޔާ އަހާލިއެވެ.
“އުހުން.. ނުބުނައްޗޭ.. އަހަރެން ބޭނުމެއްނޫން ދޮންބެ އަނެއްކާ އައްނާކަށް..” ޔަސްރާ ބުނެލިއެވެ. ރާޝިމް އެހާ ދުރުގައި ވަޒީފާ އަދާކުރަން އުޅެފައި އަނެއްކާ އޭނާ އައްޓަކައި އަންނާކަށް ބޭނުމެއްނޫނެވެ.
“އޯކޭ.. ދެން ބުނެބަލަ.. އެމީހާ ބުނީ ކީކޭތަ..؟” ހަޔާ ސިއްރުން އަހާލިއެވެ.
“ހުރޭ ބުނާނަން ފަހުން.. އަހަރެން އެހާ ކޮންފޮޓޯބަލް އެއް ނޫން އަޒްހާން އާއި ކައިލާން ކައިރީ ބުނާކަަށެއް..” ޔަސްރާ ވެސް ސިއްރުން ބުނެލިއެވެ. ހަޔާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.
“ޔަސް.. ޔަސް ރަގަނޅު ވެގެން ދޫކޮށްލީމަ އަަހަރެން މަންމަމެން ކައިރީ ބުނެގެން ޔަސް އާ އަހަރެންގެ ކައިވެނި ކުރުވާނަން..” އަޒްހާން ޔަޤީންކަން ދިނެވެ.
“އެމީހާގެ ފަރާތުން ޔަސް އަށް އިތުރު ގެއްލުމެއް އަނިޔާ އެއް ލިބޭކަށް އަހަރެން ނޭދޭ..” އަޒްހާން އިނީ ޔަސްރާ ކައިރީ އޭނާ ކާންދެކަށެވެ.
“އަހަރެން ހަމަ އެއްބަސް..” ޔަސްރާ ހިނިތުންވެލިއެވެ.
ކައިލާން އާއި ހަޔާ ދިޔައީ ފިހާރެއަކަށެވެ. އަޒްހާން އާއި ތިންމީހުން ކާނެ އެއްޗެއް ގަނެލާށެވެ. އޭރު ގަނޑިން ދެގަނޑި ބައިވެއްޖެ އެވެ. ހަޔާ އަދިވެސް އިނީ ގަނބުއަރާފައެވެ. ދުވަހަކު ވެސް ހިތަށް ނާރާ ގޮތަށް ކަންތަށްތައް ވަމުން ދަނީއެވެ. އިންސާނާގެ ހަޔާތް ބަދަލުވާން ނަގަނީ ހާދަ ކުޑަ ސިކުންތު ކޮޅެކެވެ. ޔަސްރާ އާއި ދިމާވި މީހާގެ މަޤްސަދަކީ ކޮބާބާއެވެ؟. އެމީހާ ޔަސްރާ އާއި ދިމާކުރަނީ ކީއްވެބާއެވެ؟ އޭނާ ހަދާން ހުންނަން ފެށީއްސުރެއް ޔަސްރާ އަކީ ވަރަށް ރަގަނޅު ކުއްޖެކެވެ. އެއްވެސް މީހެއް އޭނާ އާއި މެދު ނަފްރަތު އުފެދޭންޖަހޭ ވަރުކަމެއް އޭނާ ކޮށްފައެއް ނޯންނާނެއެވެ.
“ހަޔާ ކޯއްޗެއް ބޭނުމީ..؟” ކައިލާންގެ އަޑުއިވުމުން ހަޔާ ދިޔައީ ސިއްސައިގެންނެވެ. ހިޔާލުތަކެއް ފުން ކަނޑުން ބޭރުވުމަށް ފަހު ހަޔާ ފިހާރެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ގިނަ ވައްތަރެއްގެ ކާއެއްޗިހިތަށް ބަހައްޓާފައި ހުރީރު އެތާ ގިނައީ ހުސް ހަޔާ ބޭނުންވާ އެއްޗިއްސެވެ. އެކަމު މިގަޑީގައި އޭނާ އެހާ ކާހިތެއް ނުވެއެވެ. އެހެންކަމުން ޗިޕްސް ޕެކެޓް އަކާއި މެގްނަމް އެއް ހިފައިގެން ހަޔާ ކައުންޓާރ ކައިރިއަށް ދިޔައެވެ. ކައިލާން ވެސް ކޮފީ އަކާއި ބިސްކޮލާޓާ އެއް ނެގިއެވެ. ލާރި ދައްކާ ނިއްމާފައި ދެމީހުން ވެސް ނުކުތީއެވެ. ހަމަހިމޭން ކަމާއި އެކީ ހޮސްޕިޓަލަށް ދެވުނެނެވެ.
ދެވުނީރު ޔަސްރާގެ އަތުގައި އަޅާފައި އޮތް ބޭސްގަނޑު ބަދަލު ކުރަނީއެވެ. ޔަސްރާ ދޫކޮށްލާނީ މާދަން ހެނދުނުކަމަށް ނަރުސް ކުއްޖާ ބުނެފައިވެއެވެ. ހަތަރު މީހުން ވެސް ވާހަކަ ދައްކައިގެން ނިއްމީ ޔަސްރާ ދޫކޮށްލުމުން ހަޔާ ވެސް ޔަސްރާ އާއި އެކީ އެގެޔަށް ބަދަލު ވުމަށެެވެ. އެއީ ޔަސްރާ އާއި އަޒްހާން ކައިވެނި ކުރަން ދެކަށެެެވެ. ޔަސްރާގެ ރައްކާތެރިކަމައްޓަކައެވެ.
އެރޭ ފަތިހު އަޒްހާން ގެޔަށް ގޮސްލިއެވެ. ހަޔާ އާއި ކައިލާން މަޑުކޮށްފައެވެ. ޔަސްރާ ނިދާކަށެއް ނޫޅެއެވެ. ކުޑައިރުކޮޅަކަށް ނިދާލެވުމުން ހަޔާ އަށް ހުރެވެއެވެ. ކޮފީ އެއްބޮއެއް ކަމަކު ކައިލާން އަށް ވެސް ނިދުނީއެވެ. ހަޔާ އާއި ޔަސްރާ ވާހަކަ ދައްކަން ތިބީއެވެ.
“އެމީހާ ބުނީ އެހެން އިތުުރު މީހެއް ކައިރީ ބުނެފިއްޔާ އަހަރެންގެ ފުރާނައަށް ގެއްލުން ވާނެކަމަށް.. ދެން ބުނީކީ ބަސްއެހީމަ ލިބޭ އަނިޔާ ވެސް ކުޑަވާނެއް ނޫންހޭ..” ޔަސްރާ ކިޔައިދިނީރު ހަޔާ އިނީ ކަނުލާ އަޑުއަހާށެވެ. އެވާހަކައިގެ ތެރެއިން ޔަސްރާ ހަޔާ އާއި ސުވާލެއް ކޮށްލިއެވެ.
“ޑޫ ޔޫ ލައިކް ކައިލާން..؟” ޔަސްރާގެ މިސުވާލުން ހަޔާ ހައިރާން ވިއެވެ. ކުއްލިއަކަށް ޔަސްރާ މިކަހަލަ ސުވާލެއް މިކުރީ ކީއްވެހެއްޔެެވެ.
“ނޯ.. އައި ޑޯންޓް..” ހަޔާ ބުނީ ތެދެވެ.
“އެހެން ދޯ..” ޔަސްރާ އިނީ ހިނިއައިސް ފައެވެ.
“ސީރިއަސްކޮށް މިބުނީ އައި ޑޯންޓް ލައިކް ހިމް..” ހަޔާ ބުނެލިއެވެ.
ޔަސްރާ އާއި ހަޔާ ވާހަކަށް ދައްކަން ތިއްބައި ފަތިސްނަމާދަށް ބަންގިގޮވިއެވެ. ކައިލާން އަށް ވެސް ބަންގީގެ އަޑުން ހޭލެވުނެވެ. ހޮސްޕިޓަލާއި މިސްކިތް ކައިރިވުމުން އޭނާ ދިޔައީ މިސްކިތަށް ޖަމާއަތަށެވެ.
“ޖަސްޓް އިމޭޖިން.. އަހަރެމެން ދެމީހުން އެކަނި އެއްގެޔަކު އުޅޭނީ..” ހަޔާ އިނީ ވަރަށް އުފަލުންނެވެ. ދެމީހުން ވެސް ފޫހިކަމެއް ނެތި ވާހަކަ ދައްކަމުން ދިޔައިރު އިރު އިރު ކޮޅާ ނަރުސް ކުއްޖެއް އާސްލެއެވެ.
ހެނދުނު ގާތްގަޑަކަށް އަށެއް ޖަހާލީރު ފިރާޝާ ސައިހަދައި ނިއްމާލިތަނާހެން ޔޫސުފް އައެެވެ. ސައިނުބޯ ބޭރަށް ދާންފެށުމުން ފިރާޝާ ގޮވާލިއެެވެ.
“ޔޫސުފް.. ސައި ނޮބޯ ކޮނާތާކަށްތަ ތިދަނީ..؟” ޔޫސުފްފަހަތުން ފިރާޝާ ވެސް ނުކުތެެވެ.
“އަހަރެންގެ އެކުވެރިއެއް ބުނި ރޭގަ އޭނަ ހޮސްޕިޓަލުގައި އޮށްވައި ޔަސްރާ ދެކުނީމޭ.. އެހެންވެ މިދަނީ ދާންވެގެން.. ފިރާޝާ ވެސް އަންނަންވީނު ސުފްޝާ ގޮވައިގެން..” ޔޫސުފް ބުނެލިއެވެ.
“އެމަންޖެ ދާކަށް ބޭނުމެއް ނުވާނެ ކަންނޭނގެ..” ފިރާޝާ ބަހަނާ އެއް ދެއްކިއެވެ. އޭނާ ޔަސްރާ ކައިރި އަށް ދާކަށް ބޭނުމެއް ނޫނެވެ.
“އެހެންވީރު އަހަރެން އަންނާނަން ގޮސްލާފަ..” ޔޫސުފް އެހެން ބުނުމުން ފިރާޝާ ވަނީއެވެ. ޔަސްރާ އާއި ފިރާޝާ އާއި މެދު އޮތީ ކޮން ދުޝްމިން ކަމެއް ހެއްޔެވެ؟. އެއީ އޭނާގެ ދޮން ދަރިއެއް ނޫން ހެއްޔެވެ؟.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Mi part vx v reethi hama curiously waiting for the next part
When next??
I’m first time comment yay😊
Thank you Gurl!! 🥰
Next part ves v avahah genes dhevey thw balaanan! ✌
Yes you are first congra! ✨