Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 20..

kamana Level 310 Stories500 Comments100 Comments
March 2, 2016 6 Mins Read
45 Comments

“ރާސިލް…. ރާސިލް ބުނީމެއްނު އަހަރެންނަށް އިތުބާރު ކުރަމޭ… އެ އިތުބާރުގައި ދެމި ހުރިނަމަ.. ރާސިލް ތި ލޯބިވާ ކުއްޖާ ދުނިޔޭގައި އެ އިނީވެސް އަހަރެންގެ ސަބަބުންކަން އެނގޭތަ… އަހަރެން ނޫންނަމަ އޭނަ މިހާރު ކައްވަޅުގައި އޮންނާނެތާ ކިތައް އަހަރު ވެދާނެ….” މަހުމޫދު ކިޔަމުން ދިޔަ އެއްޗެހި ދެނެގަނަން ނޭނގި ރާސިލް އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ނާސިރާގެ ހާލަކީވެސް އެއީއެވެ. މަހުމޫދުގެ ރުޅިގަނޑު ހަޔާތުގައިވެސް ފެނުނުމީ ފުރަތަމަ ފަހަރެވެ.

“މަހުމޫދޫ…. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ… ކިހިނެއް ވެގެންތަ މިއުޅެނީ” ނާސިރާ މަހުމޫދުގެ އަތުގައި ހިފަމުން ބުނެލީ ހާސްކަންމަތީގައެވެ. “ރާސިލް އަށް އެނގޭނެ ވީގޮތް….އޭނަ ކައިރީގައި އަހާ” މަހުމޫދުގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ. “ދަރިފުޅާ.. ” ނާސިރާ ރާސިލް ކައިރިއަށް ޖެހެމުން ގޮވާލިއެވެ. ނާސިރާގެ ލޮލަށް ބަލާލިޔަސް ވެގެން އުޅޭގޮތެއް އެނގެން ބޭނުންވެފައިވާ މިންވަރަރު ހާމަވާނެއެވެ. އެހެން ނަމަވެސް ރާސިލް ނާސިރާއަށް ފުރަގަސްދިނީ އެއަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ.

“ބައްޕާ… ތީގަ އޮތީ ކޯޗެއް” ރާސިލް އަމީނާ ފަސްދީ ގޮސް މަހުމޫދުގެ އަތުގައި އޮތް ސިޓީއުރައިގަ ހިފަން އަތްދިއްކޮއްލިއެވެ. “އަތްނުލާތި…. ރާސިލް ނުޖެހޭ މީގަ އޮތް އެއްޗެއް ބަލާކަށް… ރާސިލް ކީއްވެ މަންމަ ކައިރީގައި ނުބުނެވިގެން ތިއުޅެނީ… އެކުއްޖާގެ ގަޔަށް އަހަރެންވެސް އެރިއޭ ބުނެބަލަ.. މިބުނީނު ބުނާށޭ.. ” މަހުމޫދު އަމިއްލަ މީހާގެ މޭގައި އަތުން ޖަހާލަމުން ބުނެލީ ރާސިލްގެ ގަޔާ ދިމާލަށް އަންނަމުންނެވެ. “މަހުމޫދޫ.. ކާކުގަޔަށް އަރައިގެން ތިއުޅެނީ.. ކިހިނެއްތަ ވެގެން މިއުޅެނީ… މަހުމޫދު އަނެއްކާ ޕޮލިހުން ވަކިވީ….ބުނެބަލަ… ތިކިޔަނީ ކީކޭތަ… އަހަރެންގެ ބޯ ފަޅައިގެން ދާވަރުވޭއެބަ” ނާސިރާ އެއްފަހަރު ރާސިލްއަށް އަނެއްފަހަރު މަހުމޫދަށް ބަލަމުން ކިޔަމުން ދިޔައެވެ.

“ބައްޕަ އެމީ ގަޔަށް އެރީ.. ބައްޕަ އަމިއްލައަށް ނޫންތޯ އެއްބަސްވީ…. ބައްޕައަށް އެނގޭނީވެސް އަޅުގަނޑު އެމީ ދެކެ ލޯބިވާވަރު… އެކަމަކު ބައްޕަ ކުރިކަމަކުން އެލޯބިވެސް ގުރުބާންކޮށް ބައްޕަ ބޭނުންވި މީހާއާ ކައިވެނި ކުރަން މިއުޅެނީ… އެކަމަކުވެސް ބައޕަ ތިބުނަނީ އަޅުގަނޑޭ ހުރިހާ ކަމެއްވެސް ކުރީ” ރާސިލް ބޯ ހީވަނީ ފަޅައިގެންދާން ރެޑީގަ ހުރިހެންނެވެ. ނާސިރާގެ ދުނިޔެ ބިއްލޫރި ކޮޅެއްހެން ތެޅި މުޅި ހަށިގަނޑަށް ހެރުނު ކަހަލައެވެ. “މަހުމޫދޫ… ބުނޭ އެއީ ދޮގެކޭ…. އަހަރެން ދަންނަ މަހުމޫދަކީ އެކަހަލަ މީހެއްނޫން” ނާސިރާ މަހުމޫގެ މޭމަތީގައި ތަޅަމުން ދިޔައިރު ވަނީ ގިސްލެވިފައެވެ. “މަހުމޫދޫ… އެ އަންހެން ކުއްޖާގެ ބަދަލުގައި އަހަރެމެންގެ ރިއުފާ ހުރި ނަމައޯ… އެކުއްޖާގެވެސް އާއިލާއެއް ވާނެ… މަހުމޫދޫ… ކީއްވެ… ކީއްވެ… މަޔަކަށް ކުރާނެ ވޭން ނޭނގެނީތަ…. ރިއުފާއަށް އެކަހަލަ ކަމެއް ވީމަތަ އެ ވޭން އިހްސާސް ވާނީ” ނާސިރާ ބިންމައްޗަށް ތިރިވަމުން ތިރިވަމުން ދިޔައިރު ހީވަނީ މީހާ ގައިގަ ހަކަތަ ހުސްވާހެންނެވެ. އަމިއްލަ ފިރިމީހާއަށް ކުރި އިތުބާރު އެގެއްލުނީ ނުވެސް އެނގިއެވެ.

“ނާސިރާ… ދެން ތި ދުލުން ތިކަހަލަ އެއްޗެއް ނުބުނައްޗޭ… އަހަރެންނަށް އެނގޭ މަޔަކަށް ވާނެވަރު.. ނާސިރާ ބުނެދޭން ނުޖެހޭނެ” މަހުމޫދުގެ އަޑު ވަނީ އެއްކޮށް ބަދަލުވެފައެވެ. “ނާސިރާ ﷲގެ އިރާދަ ފުޅުން އަހަރެންގެ ދަރިއަކަށް އެކަހަލަ ކަމެއް ދިމާނުވާނެ” މަހުމޫދު އެހެން ބުނުމުން ނާސިރާ ރުޅިގަދަވިއެވެ. “ދެން ކީއްވެ.. ދެން ކީއްވެ އެކުއްޖާ ގަޔަށް އެރީ،…. އެކަމެއް ކުރި އިރު މަހުމޫދު ހިތައް އެއްޗެއް ނާރަނީތަ” މަހުމޫދު ދުރަށް ކޮއްޕާލުމައްފަހު ނާސިރާ ރާސިލް ގައިގަ ބައްދައިގަތެވެ.

“ނާސިރާ… ކިހާ ވަރަކަށްތަ ބުނަންވީ… އަހަރެން އެ ކުއްޖާގެ ގައިގަ އިނގިލި ކުރިވެސް ޖައްސާ ނުލަން… ހަމަ ހުވާ ކޮއްފަ މިބުނަނީ…. ތިފާފައިގަ އަހަރެންވެސް ބައިވެރިވި ކަމަށް ވާނެ… އެކަމަކު އަހަރެން އެކުއްޖާ ގަޔަކު އަތެއް ނުލަން” ނާސިރާ ގެއްލެނީ ކަމުގެ ބިރު ފުރަތަމަ ފަހަރަށް މަހުމޫދުއަށް ހީވިއެވެ. ނާސިރާ އާއި ރާސިލްއަށް މަހުމޫދާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ގަބޫލު ނުކުރެވިފައެވެ.

“ރާސިލް… ނާސިރާ… އެރޭގަ ނޭނގެ ކޯޗެއްކަމެއް އުބައިދު ހިތައްއެރީ… އޭރު ވިލިގިލި ލިބުނީ އަހަރެމެންނަށް ޕެޓްރޯލް ކުރަން… އެރޭ ޖިޕުގަ ނިކުތީ އަހަރެންމެން ހަތަރު މީހުން… އުބައިދު އާއި އަހަރެން އަދި އިތުރު ދެ އޮފިސަރެއް.. އެހެން ދުއްވަނިކޮށް މަގުމަތިން ސްކޫލް ޔުނީފޯމްގަ ބާރު ބާރަށް ހިނގާފައި ދިޔަ ކުއްޖެއް ފެނިގެން އުދަގޫ ކޮއްލާ ހިއްވީ…. ފުރަތަމަ އެކަންވީ މަޖާކަމަކަށް… އޭނަ ބިރުގަންނުވާލަން އުޅުނީ.. އަހަރެން އުބައިދު ކައިރީގައި ބުނިން އެގޮތަށް ކަންތަށް ނުކުރާށެ… އެކަމަކު އޭނަ އާދޭސް ކުރީމަ އަހަރެންވެސް އެކަމުގައި ބައިވެރިވީ… ވަކި ހިސާބަކަށް ދިޔަތަނުން ޝައިތާނާގެ ވަސްވާސް ލައިގަތީ…. އެފަޅުގެއަށް އެކުއްޖާ ވެއްދީ ގަދަކަމުން… ކުރަން އައި ކަންތަށް ކޮއްފަދާން އުބައިދު ބޭނުންވީ… އަހަރެން ވަރަށް ފަސްޖެހުނު…. އަހަރެންގެ ނަސީބު ކަންނޭގެ… އެވަގުތު ރާސިލް ގުޅީ….. ރާސިލްއާ ވާހަކަ ދައްކަމުން އަހަރެން އެތަނުން ނިކުތީ…. ވަރަށް އިރުވަންދެން ހުރީމެއްނު ރާސިލްއާ ވާހަކަ ދައްކަން.. ނޫންތަ… ރާސިލްއަށް އެނގޭނެ.. އެރޭގަ އެހީމެއްނު ބައްޕަ ހާދަ ސަކަރާތް ޖަހައޭ… ނޫންތަ… އެކަމަކު ރާސިލް ކުލާހަށް ދާންވެގެން އެރޭ ފޯނު ބޭއްވީ… އަހަރެން ބާއްވަން ބޭނުން ނުވިޔަސް ބާއްވަން ޖެހުނީ…. އެތާ ބޭރުގައި އަހަރެން ދިހަ މިނެޓްވާނެ…. އެވަގުތު ޒުވާން ފިރިހެން ކުއްޖެއް އަންހެން ކުއްޖަކަށް ގޮވަމުން އައީ… ކޮން ނަމެއް ކަންނޭގެ ކީ.. އެކަމަކު އެމޫނުމަތިން ވަރަށް ހާސްވެފައި ހުރިތަން ފެނުނު… އަހަރެން އެނާ ކައިރީގަ ބުނިން އެތެރޭގައޭ… އެހެން ބުނެ އެތަނުން ނިކުތީ.. ފަހުންވީގޮތެއް ނޭނގެ… ނާސިރާ… ގަބޫލު ކޮއްބަލަ… ހެޔޮނުވާނެ ރާސިލް” މަހުމޫދު ފަހަރަކު މީހަކު މޫނަށް ބަލަމުން ބުނީ އާދޭހުގެ ރާގަށެވެ. މަހުމޫދު ދެއްކި ވާހަކަ ރާސިލްއަށް ގަބޫލު ކުރެވުނެވެ. އެއީ ހަޔާތުގައިވެސް މަހުމޫދު އެހާ ގިނައިން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އެދުވަހަކީ މަހުމޫދު ފޯނު ބާއްވަން ބޭނުންވި ދުވަހެއް ނޫންކަން ރާސިލްއަށްވެސް އެނގެއެވެ.

“އެކަމަކުވެސް އެކަން ބަލަން ހުންނަ މީހަކާ ކުރާމީހަކާ ތަފާތެއް އެބައޮތްތަ…” ނާސިރާ އައި ރުޅިމަތީގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.

“ބައްޕާ” މަހުމޫދު ގޮސް ސޯފާއަށް ވެއްޓުނީ ގައިގަ ހަކަތަ ހުސްވީކަހަލަ އިހްސާސައެއް ކުރެވިގެނެވެ. “ރާސިލް… ބައްޕަ ނުކުރަމޭ” މަހުމޫދެ އަޑުގައިވަނީ ވޭނެވެ. މަހުމޫދު ނާސިރާ އާއި އިނީ ވަރަށް ލޯބިންނެވެ. އެލޯބި ގެއްލިއްޖެއްޔާ މަހުމޫދުގެ ހަޔާތަށް ސިއްކަޖެހޭނެއެވެ. “ބައްޕާ… އަޅުގަނޑު ގަބޫލު ކުރަން… އެކަމަކު އެކަން ނުވާ ކަމަކަށް ނުވާނު… ބައްޕާ އަޅުގަނޑު އެމީ ކައިރީގައި އެއްވެސް ވާހަކައެއް ނުދައްކަން… އެކަމަކު އޭނަ ލޯވ ކިޔެވީ މިބޭނުމުގަ ކަންނޭގެ..” މަހުމޫދެގެ ކޮނޑުގައި އަތް ބާއްވާލަމުން ރާސިލް ބުންޏެވެ. މަހުމޫދު ސޯފާގެ ގޮޑީގައި ބޯ އަޅާލީ ދެލޯ މަރަމުންނެވެ. މަހުމޫދާ ދިމާލަށް ބަލަމުން ރާސިލް އެތަނުން ދިޔައީ މަހުމޫދު އެކަނިވެލަން ބޭނުންވާނެތީއެވެ.

********

ހަވީރު ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން އަރާމު ހޯދުމަށް ނޫރާ ޓެރަހުގައި ކޮފީތައްޓެއް ހިފައިގެން އިނީ ބޮޑު ގޮނޑީގައި އިށީދެގެންނެވެ. “ދަރިފުޅާ” އުބައިދު ނޫރަ ކައިރިއަށް އައިސް ހުއްޓުނު އިރު މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. “ބައްޕާ… ކިހިނެއް ވެފަ މީނީ… ކަސްރަތު ކޮއްގެންތަ ތިއައީ” ނޫރާ އުބައިދަށް ބަލާލަމުން ބުނެލީ މޫނުމައްޗަށް ވައްތަރެއް ޖައްސަމުންނެވެ. “ދަރިފުޅާ… ފުރަން ތައްޔާރުވޭ… މިކޮޅުގަ ހުންނާނެ ކަމެއްނެތް.. ދޭ އަވަހަށް ފޮއްޓަށް އެއްޗެހި އަޅަން” ނޫރާ އަތުގައި އިން ކޮފީތަށި މޭޒުމަތީ ބޭންދުމައްފަހު ތެދުވީ އުބައިދު ދައްކަމުން ދިޔައީ ހަމަ ނުޖެހޭ ވާހަކަތަކެއް ކަމަށް ހީކޮށެވެ. “ބައްޕާ… ކިހިނެއްވީ އަނެއްކާ… ބައްޕަ ބަލީތަ… އަހަރެން އިންނަން ދެތިން ދުވަހަށް ވެ އޮއްވާ ފުރަން… ހެހެހެހ ނުވާނެ އެކަމެއް” ނޫރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ. “ހެވޭ… ތިކައިވެއްޏަށް ވުރެއް މުހިންމު ކަމެއް މިބުނީ.. ގޮތް ދޫ ކުރަން ޖެހޭނީ.. މިރެއަށް ރެޑީވޭ… ފޮއްޓަށް އެއްޗެހި ނޭޅިއަސް ދާނީ ގޮވައިގެން” އުބައިދު ނޫރާއާއި ދިމާލަށް އިނގިލި ދިއްކޮއްލަމުން އަމުރު ކޮއްލިއެވެ. “ވަރަށް ފޫހިވޭ… ބައްޕަ ދަންޏާ އެކަނި ދިޔާމަ ވީނު.. ކޮންމެހެން މަ ގެންދަން އުޅޭނެ ކަމެއްނެތް” އުބައިދުއާ ދިމާލަށް ލޯއަޅާލަމުން ނޫރާ ޓެރަހުން ފޭބިއިރު އިނީ މާނޭވާ ލެވި ލެވިއެވެ. ބައްޕައެއް ކަމަށް ވިޔަސްހެޔޮއެވެ. ދަންޏާ ދާންޖެހޭނީ އެކަންޏެވެ. ގަދަކަމުން ނުގެންދެވޭނެއެވެ. ސިޑިން ފައިބަމުން ދިޔައިރު ނޫރާ ދިޔައީ ކުދި ކިޔަމުންނެވެ.

*******

“ދަރިފުޅާ…. ދެދުވަސް ފަހުން ބޮޑު ކޯޓުލައިގެންދޯ ދަރިފުޅު ހުންނާނީ” ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން އަބްދުލް ރަހުމާނު ވާހަކަ ދެއްކިއެވެ. “ބައްޕާ… ބޮޑެއްނުވާނެ.. ހެހެހެހ.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް” އަމޭލިއާ ފުންނޭވާއެއް ދޫކޮއްލަމުން ބުންޏެވެ. “ތެދެއް އެމީ އެބުނީ.. އިރާދަ ކުރެއްވިއްޔާ ނުވާނެ ދެރަގޮތެއް.. މަންމާ… ދެން ނުރޮއިބަލަ” މިފްޒާލް އަމީނާގެނެސް ކުޑަކޮށް ގައިގަ ޖައްސާލީ ހިއްވަރުލައިދެމުންނެވެ. އަމީނާގެ ލޮލުން އަންނަމުންދިޔައީ އުފާވެރި ކަމުގެ ކަރުނައެވެ. އެތައް އަހަރު ތަކަކަށްފަހު އާތިފްއަށް އިންސާފު ލިބޭތީއެވެ. “މަންމާ.. ކުޑޭ ކިހާ ދެރަވާނެ… ޕްލީޒް” އަމޭލިއާވެސް އަމީނާއަށް ހިއްވަރު ލައިދިނެވެ. އާތިފްއަށް އިންސާފު ލިބުން އެއީ ވާޖިބެއް ކަމަށް އަމޭލިއާ ދެކެއެވެ.

******

ދެދުވަސް ނިމި ދިޔައީ ވަރަށްވެސް ހަލުވިކޮށެވެ. އަމޭލިއާއަށް ރާސިލް ނުފެންނަތާވެސް ދެދުވަސް ވާނެއެވެ. އެސޫރަ ދެކެން ހިތް ކިތައްމެ އެދުނަސް ހިތައް ވިސްނައިދެވެނީ ހާލުންނެވެ. އަމޭލިއާ ފެހި ކުލައިގެ ޝޯލް ރީކޮއްލުމައްފަހު ކަޅު ކޯޓު ގަޔަށް ހެޔޮވަރު ކޮއްލިއެވެ. “ސޮރީ ރާސިލް… އައި ލަވް ޔޫ.. ކުޑޭއަށްވެސް އެލިބުނީ ނުކުރާކަމެއްގެ އަދަބު….. ” އަމޭލިއާ ލޯގަނޑު ކުރިމައްޗަށް ހުއްޓުމައްފަހު ބުނެލިއެވެ.

“ދަރިފުޅާ…. ހިނގާ ދާން.. ނުނިމޭތަ” އަމީނާ ހެދުން ރީތިކޮއްލުމައްފަހު އައިސް އަމޭލިއާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. ފެހިކުލައިގެ ޑިޒައިން ޖިލްބާބެއް މަތިން ކަޅު ކޯޓުލައިފައި އިނުމުން އަމޭލިއާ ފެންނަލެއް ވަރަށް ވެސް ރީޗެވެ. “މަގޭ ދަރިއަށް އެއްވެސް މީހެއްގެ އެސްފީނާ ނުޖެހެންދޭވެ….. ހިނގާ ދާން..” އަމީނާއާއި އަމޭލިއާ ތިރިއަށް ފޭބި އެކު އެކީގައެވެ. އޭރު ކާރުގައި އެދެމައިންގެ އިންތިޒާރުގައި އަބްދުލް ރަހުމާނާއި މިފްޒާލް އިނެވެ.

…………

“އެމީ އާރ ޔޫ ރެޑީ” މާޒިން އަމޭލިއާގެ އަތުގައި ހިފުމައްފަހު ކޯޓަށް ވަންނަން މިސްރާބު ޖެހިއެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި ރާސިލް މޫނު އަނބުރާލީ ހިތައް ތަދުވުމުންނެވެ. އަމޭލިއާ އެހެން މީހަކު މިހާ އަވަހަށް ހޯދީބާއެވެ. އެކަމަކު ލޯބިވެވޭނީ އެކަކު ދެކެއެވެ. ރާސިލް އައިނު އަޅާލީ ދެލޯ ފޮރުވަމުންނެވެ.

މަގުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން އަމީނާގެ ހިތް ހީވަނީ ނިކުމެ ދާނެހެންނެވެ. އަމޭލިއާއަށް ވުރެއް ބޮޑަށް އަމީނާ ހާސްވެފައިވާކަން ޔަގީނެވެ. އެއް ގަނޑިއިރަށް ފަހު އަމޭލިއާ އާއި މާޒިން އަންނަތަން ފެނުމުން މިފްޒާލް އަވަސް އަވަހަށް އެމީހުން ކައިރިއަށް ޖެހިލިއެވެ. “ދަރިފުޅާ…. ކިހިނެއްވީ.. އުބައިދު އެއްބަސްވިތަ…” އެންމެންނަށް ވުރެއް ކުރިން އަބްދުލް ރަހުމާނު ސުވާލު ކުރިއެވެ. އަމޭލިއާ އިސްޖަހާލުމުން އަމިނާ ކުރިއަށް ޖެހިލިއެވެ. “ދަރިފުޅާ.. ކިހިނެއްވީ…” އަމީނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. “އުބައިދު އެއާޕޯޓުން ހިފެހެއްޓީ.. އޭނަ އަށް ޗިޓެއް ނުލިބެޔޯ… އެއްބަހެއް ނުވި.. އެހެންވެ ދެން އަންނަ އަނގާރަ ދުވަހަކަށް އަންނަން ޖެހޭނީ… ބައްޕާ… އެތަނުން އެކަކުވެސް އެއްބަހެއް ނުވިއޭ… ކުޑޭ ހަމަ ދަންޖެހުނީއޯ… ޑްރަގްސް އަށްވެސް ޕޮޒިޓިވްއޯ… އެމީހުންނަށް އަހަރެން ކުރާނެ ސުވާލު ތަކުގެ ޖަވާބު އެނގޭ ކަހަލަ…” އަމޭލިއާ އަމީނާ ގައިގަ ބައްދާލިއެވެ. ދުރު ދުރުން ރާސިލް އަމޭލިއާ އަށް ބަލަމުން ދިޔަ އިރު އެއްވެސް ކަމެއް ރަނގަޅު ނޫންކަން އެނގުނެވެ.

“ބައްޕާ.. ކިހިނެއްވަނީ” މަހުމޫދު ރާސިލް އާ އަރާ ހަމަވުމުން ރާސިލް އަހާލިއެވެ. ” ވާނެތަ ކަމެއް.. އަހަރެން އެއްބަހެއް ނުވަން…. ނުވާނަން ދޯ… އަހަރެންނަކަށް ނޭނގެ ތި އާތިފް އަށް ވީގޮތެއް” މަހުމޫދު ރާސިލްގެ ސުވާލަށް ޖަވާބު ދިނުމައްފަހު އަވަހަށް އެތަނުން ދިޔައީ އިތުރު ސުވާލަކާ ކުރިމަތި ވެދާނެތީއެވެ. ރާސިލްއަށް މަހުމޫދުގެ ޖަވާބު ކަމަކު ނުދިޔައެވެ. އުބައިދު ކުރާ ކަމެއް ވިއްޔާ އެންމެ ފުރަތަމަ އެނގޭނީ މަހުމޫދަށެވެ.

*******

“އެމީ” ގޮނޑުދޮށުގައި އަމޭލިއާ އާއި މާޒިން ހިނގާލައިފަ ދިޔައީ ރީތި ހަނދުވަރުގެ އަލީގައެވެ. “އެމީ.. އަހަރެން އެވަރަށް އާދޭސް ކޮއްގެން ނިކުތެއް ކަމަކު އަނގައިންވެސް ބުނާނީ އާދޭސް ކުރީމަތަ” އަމޭލިއާގެ އަތުގައި ހިފަމުން މާޒިން ބުންޏެވެ.

“މާޒިން… މިގޮތަށް ނިމިގެން ނުވާނެ.. މާޒިން ސިޓީއެއް ލާންވީނު މާޒިން ކޭސްއާ ހަވާލުވާން.. ޕްލީޒް” އަމޭލިއާ ހުއްޓި އެންމެ ފުރަތަމަވެސް ބުންޏެވެ. “އެކަމަކު އެމީ އެއްނު ބޭނުންވީ އެކަން ކުރަން… ދެން ކީއްވެ” މާޒިން އަށް އަމޭލިއާ ކިޔަމުންދާ އެއްޗެއް ނުވިސްނުނެވެ. “މާޒިން އައި ޓްރަސްޓް ޔޫ… އަހަރެން ހެކިބަސް ދޭނަން… އެހެންވެ.. ޕްލީޒް.. މި ކޭސްއަށް ބާރުދޭ ޕޮއިންޓަކަށް އަހަރެން ބޭނުންވާން… މާޒިން އެމީހުން……. އެމީހުން ފުރަތަމަ އަހަރެން ރޭޕް ކޮއްލީ… އެވާހަކަ ބުނާނީ… އަހަރެން ހެކިވާނަން… ޑޮކްޓަރުގެ ލިޔުންތައްވެސް ހުންނާނެ… ޕްލީޒް” އަމޭލިއާ އެބުނި އެއްޗަކުން މާޒިން ހުރީ ގަނޑުވެފައެވެ. “އެމީ” މާޒިން އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “އަހަރެންނަށް އޯކޭ… ކުރިން މިވާހަކަ ނުބުނަން އިނީ.. ބަޓް ހެޔޮ… ނުވާކަމަކަށް ނުވާނެ… ލެޓްސް ޑޫ އިޓް ޕްލީޒް” އަމޭލިއާ އާދޭހުގެ ނަޒަރަކުން މާޒިންއަށް ބަލާލިއެވެ.

މާޒިން ކުއްލިއަކަށް އަމޭލިއާ ގެނެސް މެއާލާ ބޮނޑިކޮއްލީ އަމޭލިއާ ކުރާނެ ހިތާމަތަށް އެނގޭތީއެވެ. އެންމެ ލޯބިވާ ކުއްޖާ ނުފެނި ގެއްލުނު މައިގަނަޑު ސަބަބަކީ މީހެއްޔެވެ. “އެމީ…” މާޒިން ކުރިއަށް ވުރެއްވެސް ބާރަށް އަމޭލިއާ ގައިގަ ބައްދާލިއެވެ. މާޒިންގެ އެ ކުއްލި ހަރަކާތުން އަމޭލިއާ އިނީ ކުރަންވީ ކީއްކަން ނޭނގިއެވެ. “މާޒިން… ޑޯންޓް ފީލް ސޮރީ… މިހާރު އެއިޓް އިޔާޒް ވެއްޖެ” މާޒިންއާ ކުޑަކޮއް ދުރުވެލަމުން އަމޭލިއާ ބުންޏެވެ.

“ސޮރީ އޭ.. އޭމީ ވައި ޑޯންޓް ޔޫ ސީ…. އެމީ ފަހަތުން އަހަރެން އުޅޭއިރު.. އޯ ގޯޑް.. އައި ލަވްޔޫ.. ކަމެއް ވާއިރަށް ސިމްޕަތީއޭ ތިހީކުރަނީ ކީއްވެ.. އެމީ.. އެމީ ދެކެ އަހަރެން ލޯބިވާތާ ކިތައް އަހަރު ވާނެ… އެނގޭތަ ދިހަ އަހަރަށްވުރެއްވެސް ގިނަ ދުވަސް ވާނެ… އެމީ އެންމެ ފުރަތަމަ އަހަރެންނަށް ފެނުނީ ގްރޭޑް އެއިޓްއިން.. އެމީ… އެމީ ފަހަތުން އަހަރެން އުޅޭއިރުވެސް ނޭނގެނީތަ…” މާޒިން އަނެއްކާވެސް އަމޭލިއާ ގެނެސް ބައްދާލީ އެއަތުގެ ތެރޭގައި ފޮރުވާލުމަށެވެ. އަމޭލިއާ އަށް އިނދެވުނީ ހަދަންވީ ގޮތެއް ނޭނގިއެވެ. މަޑުމަޑުން އަތް ހަރަކާތް ކޮއްލީ މާޒިންގެ އެ ފުޅާ ބުރަކައްޓާ ދިމާލަށެވެ. މާޒިންގެ ގައިން ދުވަމުން ދިޔައީ މީރުވަހެވެ. އެވަހުގެ ތެރެއަށް ފީނައިގަންނަން އަމޭލިއާ ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 9

Next

އެދެނީ މަޢާފް

Next
March 3, 2016

އެދެނީ މަޢާފް

Previews
March 2, 2016

ނިމިދާނެ ޖާނާ ހިތާ 9

45 Comments!

  1. Magey says:
    March 2, 2016 at 9:08 pm

    Waau ❤
    Amazing

    1. kamana says:
      March 2, 2016 at 10:28 pm

      Awwwnn thnk u ??

  2. Emy says:
    March 2, 2016 at 9:12 pm

    Woah..woah… Mi part ves v v vv salhi…
    Keep it up… ? avhah up khdheichey ??

    1. kamana says:
      March 2, 2016 at 10:29 pm

      Yes will try to up sooner. Thnku?

  3. twnkl str says:
    March 2, 2016 at 9:19 pm

    Nycccccc???

    1. kamana says:
      March 2, 2016 at 10:29 pm

      Awwn thnkulove?

  4. sithhaara says:
    March 2, 2016 at 9:19 pm

    wwww nice ingey ..

    1. kamana says:
      March 2, 2016 at 10:31 pm

      Thnku?

  5. Ily says:
    March 2, 2016 at 9:26 pm

    Upssssss reethi???????

    1. kamana says:
      March 2, 2016 at 10:32 pm

      Awwnnn thnku??

  6. Hoooo says:
    March 2, 2016 at 9:32 pm

    Woooow v v v v v v v salhi..keep it up kamanaa..when is the next part?? ..awahah up khlla dhechey plx plx plx

    1. kamana says:
      March 2, 2016 at 10:33 pm

      Awwnn thnkusosomuch.? Insha allah will tryto up sooner

  7. Aisha says:
    March 2, 2016 at 9:38 pm

    Emy dnt do this…. Maazin aa emy aa nugulhuvabala kamanaa… Raasil ah thihn nahadhaa… I love ur this story ❤️❤️❤️

    1. kamana says:
      March 2, 2016 at 10:34 pm

      Thnkusomuch. ?

  8. misty says:
    March 2, 2016 at 9:42 pm

    Wowwww.. varah salhi.. Keep it up kamana

    1. kamana says:
      March 2, 2016 at 10:34 pm

      Thnkusomuchmisty?

  9. Zu says:
    March 2, 2016 at 9:51 pm

    It’s just amazing… Wow wow.. So cute.. I love this story so much.. Wen next part kiyaahithun nuvx hureve plx avahah up khdhehcheyy..

    1. kamana says:
      March 2, 2016 at 10:36 pm

      Alheyyy will try to up as sooon as possible. Ingeyy. Thnkusomuch?

  10. laimaan says:
    March 2, 2016 at 11:10 pm

    V v salhi. Bt emy n raasil dhuru nukurahche. Waiting for the next part

    1. kamana says:
      March 3, 2016 at 7:55 am

      Thnkusomuchmaan?

  11. Xee says:
    March 2, 2016 at 11:36 pm

    I love this story???❤️❤️❤️

    1. kamana says:
      March 3, 2016 at 7:56 am

      Thnkusomuch heartheart????

  12. munee says:
    March 3, 2016 at 2:46 am

    vvv nice emy and raasil dhuru nukurache waiting ……. nxt part…..

    1. kamana says:
      March 3, 2016 at 7:57 am

      Thnkusomuchmunee?

  13. Appy says:
    March 3, 2016 at 8:05 am

    Wowww alhe haadha rycheyyy ….

    1. kamana says:
      March 3, 2016 at 11:35 am

      Awwn thnkusomuch?

  14. sheyn says:
    March 3, 2016 at 10:59 am

    ehkala kaamana gandhu dhn thi strry up nukoh faanan thr v v v v foohi kamana liyaa stry kiyan vx..????

    1. kamana says:
      March 3, 2016 at 11:36 am

      Thnku sheyn. Thnku for ur support?????????

    2. Shaleen says:
      March 3, 2016 at 12:18 pm

      Sheyn ah huthuriyyaa sheyn mi vaahaka nukeema V nun. Mi vaahaka reethi meehun baynun vaane vaahaka up vaan… Mihaaruves ma mihureee vaahaka up nuvegen las vefa… Liyuntheri kamugai Kamana ah abadhuves kurierumah edhen!!! Shukuriyyaa kamana mihaa salhi vaahaka genesdheytheeve… Shaleen ge hayaathuga ves kiyey enme reethi vaahaka thakuge therey mi vaahaka ves himeney

    3. kamana says:
      March 3, 2016 at 1:51 pm

      Thnku so much. Really happii toknw tht there are readers who support me. ?? Thnk u so so much. Lov yu guyxxx ??

    4. handi ganduvaru kalhu sheyn says:
      March 3, 2016 at 8:48 pm

      Sheyn aslu vx mi vaahaka obi dhw…sheyn hunnaaii hama mi vaahaka upnuvegen dhw handiganduvaru kalhu sheyn

    5. Misty says:
      March 5, 2016 at 9:51 pm

      J viyas than kolheh body varu

  15. sheyn says:
    March 3, 2016 at 1:32 pm

    really thr!!!shaleen ah thr ingeny sheyn ah reethi vaahakaeh..neyngeyne..mi kamana gandu dheke v foohi vey..handhiganduvaru kalhu kamana…i jst hate u

    1. kamana says:
      March 3, 2016 at 1:48 pm

      Sheyn y do u hate me. I mean y r u doin thx

    2. Stupid sheyn says:
      March 3, 2016 at 2:20 pm

      Kaley thee kanneyge handiganduvaru kalhu sheyn ahky ….. mi site ga agu vahtaalan noolheythy mi stry hama vrh reethi …kaley buniey kiyaafa kamana stry hutaalan nujeheyne ….. anyways stry hama habeys …..

  16. Misty says:
    March 3, 2016 at 1:45 pm

    Varah reethi… I ❤ all ur stwries… BIG FAN ?

    1. kamana says:
      March 3, 2016 at 1:52 pm

      Aewwnnn mistyy. Thnk u so much. Lov yu guyxxx biiiiig koh ???????????

  17. sheyn says:
    March 3, 2016 at 6:26 pm

    kon kaley eh kiyaa kah thr..hama handhi ganduvaru kalhu kamana

    1. Stupid sheyn says:
      March 3, 2016 at 8:03 pm

      Huh hama kaley ….hama handhiganduvaru kalhu sheyn …….mihaaru ves thihury stry kiyaahihthun …stry up vaaiara kiyaafa comment kurany hahahaha…….. kamana stry up kuraathy undhagoo vaanvi sababe bunebaa …kekekekeke

    2. handiganuvaru kalhu sheynd says:
      March 3, 2016 at 8:42 pm

      Sheyn ah hadihyyaamu mi vaahaka nukiyaa…sheyn nukiyakas mi vaahaka kiyaane kudhin vaanr…sheyn ah adhi vaahaka hadiyakas nujeheyne kamana aa thigothah tok kuraakah….sheyn vx hadihyyaamu hadi vaahaka bunefa sababu nuniima nimunii..sheyn nujehwy knmehwn liyun therinnaa dhimaalah ehchehi kiyaakah…sheyn hiyyhama jeheygothah vaahaka liyevey ehvx liyun therieh nethehnnu….sheyn aadhimaalah vx kiyidhaane dhw handi ganduvaru kalhu sheyn ehnnu…knmehen thigothah vaki liyun thriakaajahssaalaigen noolhey…kamanaa..mi hama habeys vaahaka eh ..kyp it up adhi sheyn nukiyakas mi vaahakakiyaane ebathibi…

  18. noo says:
    March 3, 2016 at 6:40 pm

    Keeve tha kamana ah egothah comment kuraa Iru mikolhun emsg up kurani. Aslu sheyn ah evaahaka reethi vegen ehen bunan nukerigen e ulheni.. Hahahaaaaa. Kamanaa haadha reechey mivaahaka. Kamana ah loabi jehihje. Avahah up koh dhey thi. Shyen ebahuri lasvefa….

  19. minnie says:
    March 3, 2016 at 8:16 pm

    sheyn kihineh vegn tha e ulheny??

  20. handi ganduvarukalhu sheynh says:
    March 3, 2016 at 8:53 pm

    Sheyn vrhkiyaahiyy vaane mi vaahaka dhw sheyn..sheyn beynun nuvanii kamana kaari ehn bunan dhwwww sheyn

  21. naax says:
    March 3, 2016 at 10:17 pm

    Wow vvvvv salhi thnx kamana

  22. Anti says:
    March 4, 2016 at 12:44 pm

    Sheynge noveytha ladheh hayaatheh. Myhege dhariakaa dhimaalah thihaa hadikoh vaahaka dhahkamun dhaairu i m pretty sure kamana dheravaanekann. Kamana sheyn aa dhimaalah ehchekeyyy nubunyeyy kiyaafa sheyn ah hithu hurihaa ehcheh nukiyeyne dhw. U shld be bannd frm this site. Thikahala myhun ehvx myhakah rangalhu gotheh vaakag neydheyne. Thy dhehkun therikamun furifa oi myneh. Sheyn enme faharaku vx visnaalintha eyna aa dhimaalah handi ganduvaru kalhu kamana kiyaa iru eyna hithah araane ehcheh. Ehn nunas sheyn ah eyna fenigntha thi kalhey thikiyaniii. Mamii mi site ge admin nama sheyn thi nann beynun kiraa ekakahvx cmmnt nukureveygoi hadhaaniii. Sheyn ge manma aa bappa menn sheyn ah dhaskohdhiny myhunnah malaamaikoh firahsaara kurantha. Sheyn thy kihaa varehge myheh kameh mashakah neyge. Ekamakuvx thankolheh visnaalaignn myhunnaa dhimaalah ehchehi bunihyaa rangalhy. Dhn mi cmmnt kiyaa y do u care eyy none of ur business eyy ehnun bunaany. Mee too just hate people like yu. N get lost from this site.

Comments are closed.

Next Episodeކުރަމުން ތިދާހާ ގޯނާ 21..←


All Right Reserved!