Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 19..

kamana Level 310 Stories500 Comments100 Comments
February 29, 2016 6 Mins Read
41 Comments

ފަސްދީ ހިނގަމުން ދިޔަ ރާސިލް ފަހަތަށް ބަލާލީ އަމޭލިއާއަށް ވާނެގޮތް ހަމަ ރަނގަޅަށްވެސް އެނގޭތީއެވެ. ނޫރާގެ އަތް ފޮޅުވާލުމައްފަހު ކުރިއަށް ހިނގައިގަތީ ފަސްއެނބުރި ބަލާލަމުންނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލީ އެވެސް ހައްގުނޫނޭ ބުނަމުންނެވެ.

“ރާސިލް…. ދެންމެ ހީވި އަހަރެންނާ ހެދި މޮޔަވެގެން އުޅުނުހެން…. އަނެއްކާ އެއީ އެތާހުރި ކުއްޖާއަށް ދެއްކެންތަ…. ރާސިލް ވައި އާ ޔޫ ޑުއިން ދިސް ޓު މީ… އައި ލަވްޔޫ..” ނޫރާ އަށްވުރެއް ކުރިން ހިނގާފައި ދިޔަ ރާސިލްގެ އަތުގައި ހިފަމުން ނޫރާ ބުންޏެވެ. “ނޫރާ މަޑުންހުރޭ.. މީ މަގުމައްޗޭ… އެޑް އައި ޑޯންޓް ލަވް ޔޫ… އެމީ އަކީ އަހަރެން މިދުނިޔޭން ހަމަ އެކަނި ލޯބިވާނެ މީހާ…” ނޫރާގެ އަތް ފޮޅުވާލަމުން ދަތްތަކަށް ބާރުލަމުން ރާސިލް ބުންޏެވެ.

………..

ހަވީރުގެ ހިތްގައިމު ވަގުތުގައި އަމޭލިއާ ބީޗުގައި އިށީދެލައިގެން އިން އިރު ހިތް ހީވަނީ ކުދި ކުދި ވެދާނެހެންނެވެ. އިރު އިރުކޮޅާ ކަރުނަ ފޮހެލާއިރު ނުރޮއިވޭތޯ ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ. “އެމީ…..” އެންމެގާތް އެކުވެރިޔާ ލޯތްބައްޓަކާ ރޯތަންފެނި ޒީނާގެ ހިތައްވެސް ތަދުވިއެވެ. “އެމީ.. ނުރޮއިބަލަ.. ހުރިހާކަމެއްވެސް ވާނީ ރަނގަޅަށްށޭ…” އަމޭލިއާގެ ބުރަކަށީގައި އަތުން ފިރުމާލަމުން ޒީނާ ބުންޏެވެ. ޒީނާއަށް އެނގޭހާވެސް އެއްޗަކީ ޒީނާ ކޮންމެ އެއްޗެއް ކިޔަސް އަމޭލިއާއަށް މިވަގުތު އެއްވެސް ބަދަލެއް ނާންނާނެކަމެވެ.

“ޒީ…. އަހަރެން ހާދަ މަސައްކަތަކުންނޭ ލޯބިވެއޭ ބުނީވެސް.. އަހަރެން ދުރައްދާން އެހާ މަސައްކަތް ކުރީރު ކީއްވެ އޭނަ ދުރުނުވީ… އަހަރެންގެ ހިތުގެ ހާލު އެނގި އެހުރިހާ ކަމެއް އެކުރީ ކީއްވެ…. ރާސިލް އައްޓަކާ މާޒީ ހަނދާނުން ފޮހެލަންވެސް އަހަރެން ހުރީ ތައްޔާރަށް… އެކަމަކު އެކަމަކު.. ޒީ އަހަރެން ވަރަށް ވަރަށް ލޯބިވޭ ރާސިލް ދެކެ… ޒީ ހެޔޮނުވާނެ… ރާސިލް އާ ވާހަކަ ދައްކާބަލަ… އަހާބަލަ އަހަރެންނަށް ކުރެވުނީ ކީއްތޯ… ޒީ ޕްލީޒް… އޭރުން އަހަރެން އެކަންވެސް ރަނގަޅު ކުރާނެމޭ….” ފެންފުޅިއެއް ހިފައިގެން އައި މާޒިންއަށް އަމޭލިއާ ކިޔަމުން ދިޔަ އެއްޗެހި އަޑު އިވި ފަހަތައް ޖެހިލެވުނީ އެހިތުން ޖާގައެއް ނުލިބޭނެކަން ކަށަވަރުވުމުންނެވެ. އެހެންނަމަވެސް އެންމެ ލޯބިވާ މީހާ ރޯތަން ދުށުމަކީ ކިހާ ވޭން އަޅާކަމެއްކަން މީހަކަށް ނޭނގޭނެއެވެ. “އެމީ…. ވެދާނު ކަމެއްވީ ކަމައްވެސް… ތިހާ އަވަހަށް ގިވް އަޕް ކުރާކަށް ނުވާނެ…” އަމޭލިއާ ކައިރީގައި އިށިންނަމުން މާޒިން ބުންޏެވެ.

“މިއޮށް ގުޅަނީ އިބްރާހިމް” މާޒިން ޖީބުން ފޯނު ނަގަމުން ބުންޏެވެ. އަމޭލިއާ އަތުގެ ނުފުށުން ކަރުނަތަށް ފޮހެލަމުން މާޒިން އަތުގައިވާ ފޯނަށް ސަމާލުކަން ދިންއިރު ހިނދުކޮޅަކަށް ނަމަވެސް ދެންމެ ވީ ކަންތައް މަތިން ހަނދާން ނެތުނެވެ.

“އާތިފްގެ މައްސަލަ ބަލަން ފަށާނެ ވަރަށް އަވަހަށް…. ހީވަނީ އާދިއްތަ ދުވަހު އެމީހުންނަށް ކޯޓު އަމުރު ދާނެހެން… އަމޭލިއާ ކައިރީގަވެސް ބުނައްޗޭ ރެޑީވެ ހުންނައްޗޭ… އެހީއެއް ބޭނުން ވެއްޖެއްޔާ އެންމެ ރަނގަޅު ގުޅިއަސް” އިބްރާހިމްގެ ވާހަކަތައް އަޑުއަހައި މާޒިންގެ ތުންފަތުގައިވީ ފޫޅާ ހިނިތުންވުމެކެވެ. ލަސްނުކޮށް އަމޭލިއާއަށް އެ ހަބަރު ދިނުމުން އަމޭލިއާ ވީ އުފަލެއްގެ ބޮޑުކަމުން ބައްދައި ގަނެވުނީ މާޒިން ގައިގައެވެ. އެ ސިކުންތު ކޮޅުވީ މާޒިންއަށް ވަރަށް ހާއްސަ ވަގުތު ކޮޅަކަށެވެ. މޫޅި ދުނިޔެވެސް އެ ވަގުތު ކޮޅަށް ހުއްޓުނުހެން މާޒިންއަށް ހީވިއެވެ. އަމޭލިއާގެ އުނަގަނޑު ވަށާލުމަށް ނެނގި އަތް ފަހަތަށް ލާން ޖެހުނީ އަމޭލިއާ ސޮރީއޭ ބުނެ ދުރައްޖެހިލުމުންނެވެ. މާޒިންވެސް ބޯކަހާލީ ދެންމެ ވީކަންތަކާ ލަދުންނެވެ. “ސޯ ހެޕީ ދޯ… ” ޒީނާގެ އަތުގައި ހިފައިގެން އިން އަމޭލިއަ ކުރެން ޒީނާ އަހާލިއެވެ. އެހެން ނަމަވެސް ދެންމެ އަމޭލިއާގެ މޫނުމަތީގައިވީ ހިނިތުންވުން އެއްކޮށް ފަނޑުވީ ހީނުކުރާހާ އަވަހަށެވެ. “ޒީ ދާންވީނު އެމީގޮވައިގެން ގެއަށް…” މާޒިން އަށް އެވަގުތުގައި ވިސްނުނު އެންމެ ރަނގަޅުގޮތް ހާމަކުރުމުން ޒީނާވެސް އެކަމަށް އެއްބަސްވިއެވެ. ރުއިމުގެ ސަބަބަން އަމޭލިއާގެ ދެލޯ ދުޅަވެފައިވާއިރު ދެކޯ ވަނީ ރަތްވެފައެވެ. އަމޭލިއާ ރޯން ކިތައްމެ ބޭނުން ނުވިއަސް އެލޮލުން އަނެއްކާވެސް ކަރުނަ ފައިބައިގަތީ ހޯސްލާފައެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ސިއްރު ސިއްރުން ކަރުނަ ފޮހެލަނީ މީހުން ބަލާތީއެވެ. ކޮންމެ ފަހަރަކު ނޭފަތް ދަމާލާއިރު ރޯގާޖެހިފައިވާ މީހެކޭ މީހުންގެ ހިތައްއަރާނެއެވެ.

……………

ވިލިގިލިން ގެއަށް އައިގޮތަށް ރާސިލް ކޮޓަރިއަށް ވަދެ ދޮރު ތަޅުލީ ފަހަތުން ނޫރާ އަންނަކަން އެނގި ހުރެއެވެ. ބަން ލާފައި ދޮރު ޖެހި އަޑަށް ނާސިރާ ބަލާލި އިރު ނޫރާ ރާސިލްގެ ކޮޓަރީގެ ދޮރުމަތީގައި އިނދެގެން ރާސިލްއަށް ގޮވައެވެ. ކައިވެނީގެ ރަން ކިޔާފައިވިޔަސް ނާސިރާގެ ހިތް ބުނަމުން ދިޔައީ މި ކައިވެންޔަކީ ރާސިލް ބޭނުންވެގެން ކުރެވޭ ކައިވެންޏެއް ނޫންކަމެވެ. ދަރިއަކަށް މަޔަކަށް ފޮރުވޭނެ ކަންތަކެއް ނުހުންނާނެވެ. ހާއްސަކޮށް އެހާ ލޯބިން ބަލާ ބޮޑުކުރި ދަރިއެއްގެ ކަމެއް ސިއްރުވުން އެއީ ވާނެކަމެއް ނޫނެވެ. ނޫރާ ރާސިލްއަށް ގޮވާ ގޮވާ ވަރުބަލި ވީއިރުވެސް ދޮރު ނުހުޅުވުމުން އެންމެ ފަހުން ރުޅިއައިސްގެން ދިޔައީއެވެ. ނޫރާ ގޭން ނިކުމެގެން ދިޔަ ދިމާލަށް ބަލަން އިނދެ ނާސިރާ ރާސިލްގެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ.

މުޅި ކޮޓަރީ ތެރޭގައިވަނީ އަނދިރިކަމެވެ. މުޅި ކޮޓަރި އަޅި ކުލައިން ޖަރީކޮއްފައިވުމުން އިތުރަށް އަނދިރި ކަމަށް ދައްކައެވެ. ފާރުގައި ނާސިރާ އަތްކާތާލީ ބޮކި ޖެއްސުމަށެވެ. މުޅި ކޮޓަރިތެރެއަށް އަލިވެގެން ދިޔުމުން ނާސިރާ ރާސިލްއާ ދިމާލަށް ބަލާލިއެވެ. އެނދުގައި ކުރުގެޅިގެންއޮތް ރާސިލް ފެނި ނާސިރާގެ މެޔަށް ފިނިވިއެވެ. “ދަރިފުޅާ” ނާސިރާ އައިގޮތަށް އައިސް ރާސިލްގެ ބޮލުގައި ފިރުމާލީ އެނދުގައި އިށީންނަމުންނެވެ. ރާސިލް ކުޑަކޮށް ބޯހިއްލާލުމައްފަހު ނާސިރާގެ ފައިމަތީގައި ބޯ ބާއްވާލީ މަޑުންނެވެ. “ދަރިފުޅާ… ކިހިނެއްވީ…” ނާސިރާގެ އަޑުގައި ރިހުމެއް ވިއެވެ. ރާސިލްގެ ފަރާތުން ދުވަހަކު ނުފެންނަ ސިފައެއް ފެނުމުން ރާސިރާ އިނީ އެކަމާ ޖަންބޮޑުވެފައެވެ. “ދަރިފުޅާ.. މިކައިވެންޔަޏަކީ ދަރިފުޅު ކުރަން ބޭނުންވެގެން ކުރާ ކައިވެންޏެއް ނޫންތަ… މަންމަ މެންނައްޓަކައޭ ކިޔާފައި ޅައެއްޗެއް ނާޅައްޗޭ” ނާސިރާ ރާސިލްގެ އިސްތަށި ގަނޑުގައި ފިރުމަމުން ދިޔައެވެ. ރާސިލްގެ ލޮލުން ވެއްޓުނު ކަރުނަ ތިކި އަވަހަށް ފޮހެލީ ނާސިރާއަށް ފެނިދާނެތީއެވެ.

“މަންމާ… ހަމަ ބޮލުގަ ރިއްސަނީއޭ….. ތިގޮތަށް ފިރުމާލަދީބަލަ.. އޭރަށް އަރާމުކޮށް ނިދޭނެ…” ނާސިރާގެ އަތުގައި ހިފުމައްފަހު ރާސިލް ބުންޏެވެ. ރާސިލްގެ މޫނު ނާސިރާއަށް ނުފެނުނެއް ކަމަކު ރާސިލް ކަމަކާ ހިތާމަ ކުރާކަން ނާސިރާއަށް އެއަޑުން އެނގުނެވ. އެހެން ނަމަވެސް އިތުރަށް އެވާހަކަ ނުދެއްކީ ރާސިލް އެވާހަކަ ދައްކަން ބޭނުން ނުވާނެކަން އެނގި ހުރެއެވެ.

*******

އަމޭލިއާ އަށް ރާސިލްއަށް ގުޅުނު އަދަދު ނޭނގެއެވެ. އެންމެ ކުޑަމިނުން ވެގެން އުޅޭގޮތެއް ބަލަން އަމޭލިއާ ބޭނުމެވެ. ރާސިލްއަށް ކުއްލިއަކަށް އައި ބަދަލު ދެނެގަންނަން ބޭނުންވިއެވެ. އަމޭލިއާގެ ދެލޯ ވަނީ ވަޅު ވަދެފައެވެ. އެ ރީތި ސިފަވަނީ ގެއްލިފައެވެ. ކޮޓަރިން ނުނިކުމެ ރުއިން ނޫންކަމެއް އަމޭލިއާ ނުކުރެއެވެ. މާޒިން ގުޅުމުން ފޯނު ނުނެގީ ހަމަ އެކަނި ރާސިލް އާ ވާހަކަ ދައްކަން ބޭނުންވާތީއެވެ. “ދަރިފުޅާ… މިރޭ ނުކަނީތަ…” އަމީނާ އަމޭލިއާގެ ކޮޓަރީގައި ކުޑަކޮށް ޖަހާލަމުން ބުންޏެވެ. ދޮރު ތަޅުގައި ހިފި އިރު ތަޅުލާފައި ހުރުމުން އަމީނާ ކުޑަކޮށް ހާސްވިއެވެ. އަމޭލިއާ އަކީ ކޮޓަރި ތަޅުލައިގެން އޮންނަ މީހެއް ނޫނެވެ. އައް އަހަރު ކުރިން ހިނގި ހާދިސާއަށްފަހު އަމޭލިއާ ކޮޓަރީގައި އެކަނި އޮންނަންޏާ ތަޅުނުލަނީ ބިރުގަންނާތީއެވެ. “ދަރިފުޅާ” އަމޭލިއާ ހަބަރެއް ނުވުމުން އަމީނާ ކަންބޮޑުވިއެވެ. އެއަޑަށް މިފްޒާލްވެސް އަމޭލިއާ ކޮޓަރީއާ ދިމާލަށް އައެވެ. މިފްޒާލްގެ އަޑުއިވުމުން އަމޭލިއާ ކުޑަކޮށް ބޯ ހިއްލާލުމައްފަހު ނުކާނެމޭ ބުނެލީ އެމީހުން ނުދާނެކަން އެނގޭތީއެވެ. އަމޭލިއާގެ އަޑަށް އަމީނާ އާއި މިފްޒާލް ކެއުމަށް އިންސާފު ކުރަން ދިޔައީ އަމޭލިއާ ނިދަނީކަމަށް ނިންމައެވެ.

“ރާސިލް.. ޕްލިޒް… ވީ ކީއްކަން ބުނެދީބަލަ… އަހަރެންނަށް ރާސިލް ނުރުހޭ ކަމެއް ކުރެވުނީތަ… ސޮރީއޭ… ޕްލީޒް” ރާސިލް ފޯނު ނުނެގުމުން އަމޭލިއާ މެސެޖެއް ފޮނުވާލިއެވެ. އެހެން ނަމަވެސް ރާސިލްގެ ހަބަރެއް ނުވިއެވެ. ރޮއި ރޮއި ރޭގަނޑު ހަތަރުދަމު ވޭތުވެގެން ގޮސް އަމޭލިއާއަށް ނިދުނީ ކޮން އިރަކުކަމެއްވެސް ނޭނގެއެވެ.

*********

މޫޅި ޓެރަހަށް އަވި ދިއްލާފައިވާއިރު އަމޭލިއާ ޓެރަހަށް ނިކުމެލީ ރާސިލް ފެންނާނެކަމުގެ އުންމީދުގައެވެ. ރޭނގަޑު ލަހުން ނިދުމުގެ ސަބަބުން ހޭލެވުނީ މެންދުރުވާން އުޅެނިކޮށެވެ. އެއްލި ކަޅިއަކުން ޕާކްވިއު ގަރާޖަށް ވަތް ރާސިލް ފެނި އަމޭލިއާ ދުއްވައި ގަތީ ސިޑިއާ ދިމާލަށެވެ. ހިތްއަވަސް ވެފައި އިން ވަރުން ގޭގަ ލިފްޓް ހުރިކަންވެސް ނޭނގުނެވެ. ދުވެފައި ސިޑިން ފޭބިގޮތަށް އެ ހަލުވި މިނުގައި އަމޭލިއާ ރާސިލް އާ ދިމާލަށް ދުއްވައިގަތީ ރާސިލް ގެއްލިދާނެތީއެވެ. ވައްބުރުގަލެއް އަޅައިގެން ހުރިއިރު ހުރެވުނީ ކަކުލާ ހަމައަށް އަންނަ ކުރު ހެދުން ބުރިއަކާ ހަރުވާޅެއް ލައިގެން ކަމެއް އަމޭލިއާއަށް ނޭނގުނެވެ.

“ރާސިލް” ދުވެފައި ގޮސް ޕާކްވިއު ގަރާޖަށް ވަންނަމުން އަމޭލިއާ ގޮވާލިއެވެ. ރާސިލްއަށް އަމޭލިއާ އާއި ދިމާލަށް ބަލާލެވުނީ ހައިރާންވެ ހުރެއެވެ. އަމޭލިއާ ލައިގެން ހުރި އެއްޗެއްސަށް ބަލާލެވުނީ ގަބޫލު ނުކުރެވިއެވެ. ޔަގީނުންވެސް އެއައީ ރާސިލް ފެނިގެންކަން ރާސިލްއަށް އެނގުނެވެ. އަމޭލިއާ ފެނުމުން ރާސިލްއަށް ރޭގައި އަމޭލިއާ ކުރިހައި މެސެޖްތަކާއި މިސްކޯލްތަށް މަތިން ހަނދާންވިއެވެ. އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނީ އަމިއްލަ މީހާއަކީ ކިހާ ނުބައި މީހެކޭ ހިތައް އަރައެވެ.

“ރާސިލް” އަމޭލިއާ އައިގޮތަށް އައިސް ރާސިލްގެ ހަށިގަނޑުގައި ބައްދައިގަތީ ރޮމުންނެވެ. އަމޭލިއާގެ ހަށިގަނޑުގައިއާދަޔާ ހިލާފަ ހޫނުކަމެއް ވިކަން ރާސިލްއަށް އިހްސާސްވިއެވެ. އަމޭލިއާއަށް މިއަންނަމުންދާ ބަދަލަކީ ހުދު ރާސިލްގެ ސަބަބުން އަންނަ ބަދަލު ތަކެއްކަން އެނގުމުން އަމޭލިއާ ގަޔާ ދުރަށް ޖައްސާލެވުނެވެ.

“ރާސިލް… ރާސިލް ކީއްވެ… ބުނީމެއް އަހަރެންނާ ނުލާ ނޫޅެވޭނޭ.. އަހަރެންނަށް ވައުދު ވީމެއްނު ދޫކޮއްފައި ނުދާނެކަމަށް… ރާސިލް” އަމޭލިއާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އެ އަޑު އިރު އިރު ކޮޅާ ބެދެއެވެ. އަމޭލިއާ ރޯއަޑު ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ހަމަ އެވަގުތު އަމޭލިއާ ގަޔާލާ ބޮނޑިކޮއްލަން ބޭނުންވި ވަރު ދެނެވޮޑިގެންވާނީ އެންމެ ފަރާތެކެވެ. އެހެން ނަމަވެސް އަމިއްލަ އިހްސާސް ތަކަށް ބާރުފޯރުވީ އަމޭލިއާގެ ލޯތްބަކީ ހައްގު ނޫން އެއްޗެއްކަން އެނގުމުންނެވެ. އަމޭލިއާއަށް ހަގީގަތް އެނގޭ ދުވަހަކުން ނަފްރަތު ކުރާނެކަން ރާސިލްއަށް އެނގެއެވެ.

“އޯ ޕްލީޒް… ތި ޑްރާމާ ހުއްޓާލަބަލަ… ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ބޭނުންވީ އެންމެ ކަމެއްކަން…. އަމޭލިއާ އަށް ނޭނގެނީތަ އަމޭލިއާގެ ސަބަބުން އަހަރެން ލަދު ގަންނަން ޖެހުނު ވަރެއް… އަހަރެން ގޭ މީހުންގެ ކުރިމަތީގަޔާ ރަހުމަތްތެރިންގެ ކުރިމަތީގައިވެސް ލަދުގަންނަން ޖެހުނު… އަދި ނުވިތާކުން މުޅި ހިސާބު ގަނޑު މީހުންނަށްވެސް އަހަރެން ބޭޒާރިކޮއްލީމެއްނު… އޭގެ ކުޑަ ކުޑަ ބަދަލެއް އަހަރެން މިހިފީ… ސޯ ޕްލީޒް.. މާ އިމޯޝަނަލް ނުވޭ…” އަމޭލިއާ ރާސިލް މަތިން ހަނދަން ނެތޭ ވަރުކުރަން ރާސިލް ބޭނުމެވެ. އެގެ އެންމެ ފުރަތަމަ މަރުހަލާއަކީ އަމޭލިއާގެ ނަފްރަތެވެ. ރާސިލްގެ ކޮންމެ ލަފްޒެއް އަމޭލިއާގެ ކަންފަތުގައި ގުގުމައިގަތީ ރިޕީޓުކޮށެވެ. އަމޭލިއާއަށް ރާސިލްއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ގަބޫލު ނުކުރެވިފައެވެ. ރާސިލް އަމޭލިއާ ފަސްދީ ހިނގަގަތީ ގެއާ ދިމާލަށެވެ. ރާސިލް ދިޔަ ދިމާލަށް ބަލަން އިނދެ އަމޭލިއާ މަޑު ހިނގުމެއްގައި ގެއާދިމާލަށް މިސްރާބުޖެހީ ފުރާނައެއްނެތް މަސްގަނޑެއްގެ ސިފައިގައެވެ.

…………

ކޮޓަރިއަށް ވަދެވުވުމާއެކު ރާސިލްއަށް އަމޭލިއާ ދޭތެރޭގައި ވިސްނެނީއެވެ. އަނެއްކާ އަމެލިއާ ޅައެއްޗެއް ނާޅާނެބާއެވެ. ނޫނެކެވެ. އަމޭލިއާ އަކީ ހިއްވަރުގަދަ މީހެކެވެ. ރާސިލްއަށް އިރު އިރުކޮޅާ ފޯނު ބަލާލެވެނީ އަމޭލިއާގެ ކޯލެއް އާދޭތޯއެވެ. އެހެން ނަމަވެސް ދެނެއް ނާންނާނެކަން ހުދު ރާސިލްއަށްވެސް އެނގެއެވެ. އެނދުމަތީގައި އިށީނީ ބޮލުގައި ބާރަށް ހިފަހައްޓަމުންނެވެ. އަމިއްލަ އަތުން ލޯބިވާ މީހާ ގުރުބާން މިކުރީ މީހަކަށް ޓަކައެއްނޫނެވެ. ހަމަ އެލޯތްބައްޓަކައެވެ. ހަގީގަތް އެނގޭ ދުވަހަކުން އަމޭލިއާ ކަންތައް ކުރާނީ މިހެންކަން ރާސިލްއަށް ޔަގީނެވެ.

………….

“އެމީ…..” ޒީނާއައިސް އަމޭލިއާއަށް ހިއްވަރު ލައިދެމުން ދިޔައެވެ. ގޭ އިތުރު މީހަކަށް ވެގެން އުޅޭގޮތެއް ނޭނގުނަސް ކޮންމެވެސް ވަރަށް އަމީނާއަށް އެނގެއެވެ. “ދަރިފުޅާ…. ދެކުދިން ސައިބޯލާ….. ޒީނާ މިރޭގަދޯ ދެން ދާނީ” އަމިނާ ތަބަކަކަށް ހެދިކާ އަތުރާލައިގެން ގެނެސްދިނީ އަމޭލިއާ ކޮޓަރިއަށެވެ. އަމޭލިއާ ހެނދުނުން ފެށިގެން އެއްޗެއް ނުކާކަން އަމީނާއަށް އެނގެއެވެ. ” އާން… މިރޭ ދާނީ…” އަމީނާއަށް ހީލަމުން ޒީނާ ބުންޏެވެ. އަމޭލިއާ ބޮލުގައި ރިއްސަނީ ކަމަށް ބުނެ ބަހަނާ ދެއްކިޔަސް އަމީނާ ވެގެން އުޅޭގޮތެއް އަދި ހޯދާނެމޭ ހިތުގައި އަޅައިގެން ކޮޓަރިން ނިކުތީ އަމޭލިއާގެ ބޮލުގައި ފިރުމާލަމުންނެވެ.

“އެމީ… މީހަކަށްޓަކާ އަމިއްލަ ނަފްސައް ތިހެން ހަދަންވާނެތަ… އެމީ….. އާތިފް އެއްނޫންތަ މުހިއްމީ… އެހެންވީމަ އާތިފް އައްޓަކާ ވިޔަސް ޖެހޭނެ ހިއްވަރުގަދަ ކުރަން.. އެމީ ތިގޮތަށް އުޅުނީމަ މަންމަމެން ކިހާ ދެރަވާނެ…. އެމީ… އަލިކަމުގެ މަގެއް ފެނުނީމަ ތިހެން ނަހަދަބަލަ.. އާތިފްއައްޓަކާ” އާމެލިއާއަށް ވިސްނަދީދީ ޒީނާގެ ސިނކުޑި ސުމަކަށް ދާވަރުވެއްޖެއެވެ. ޒީނާއަށް ރުޅިއިސްކުރެވުނީ އަމޭލިއާ ވާހަކަ ނުދައްކާ ނުކައި އިނުމުންނެވެ. އަމޭލިއާއަށް ވިސްނުނީ ކަންނޭއެވެ. އެނދުން ތެދުވެ އިށީނީ ސައިބުއިމަށެވެ.

“ޒީ ތިބުނީ ތެދެއް.. އަހެރެން ނުނިދާ ކިޔެވީ ކުޑޭއައްޓަކާ.. ކުޑޭގެ މައްސަލަ ނުނިމެނީސް އިތުރު ކަމަކާ ދޭތެރޭ އަހަރެން ނުވިސްނާނަން.،. އެހެން ނޫނަސް މިވީ ރަނގަޅަށް… ރާސިލްގެ ބައްޕަ ނޫނީ އެމީހެއް ކުރި ކަންތަން އެނގުމުން ރާސިލް ފަހުން ދެރަވާނެ….” އަނގަޔަށް ކައެއްޗެހި އެއްފަހަރާ ލަމުން އަމޭލިއާ ވާހަކަ ދެއްކީ އިރުވެސް އެދެލޮލުން ކަރުނަ ފައިބައެވެ. ނުރޮއި ކެއްކުރުމަށް އަމޭލިއާވެސް މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް ކަރުނަ ފައިބަނީއެވެ.

********

“މަހުމޫދޫ.. މަހުމޫދޫ” މެނދުރުގެ ނާސްތާއަށް ގެއަށް އައި މަހުމޫދަށް ނާސިރާ ގޮވާލީ ޗިޓެއް އައުމުންނެވެ. ރޭންސުރެން ކޮޓަރިން ނުނިކުމެ އޮތް ރާސިލް ގެކޮޓަރި ތަޅުގައި ހިފާލީ ހުޅުވާފައި އިންތޯއެވެ. އެހެން ނަމަވެސް ތަޅުލައިފައި ވުމުން ނާސިރާ މަހުމޫދާ ދިމާލަށް މިސްރާބު ޖެހީ އަތުގައިވާ ޗިޓު ހިފައިގެންނެވެ.

“މީކޯއްޗެއް” ކާން އިންތަށީގައި އުލާ ސަމުސާ ބޭއްވުމަށް ފަހު އަތުގައިވާ ސިޓީ އުރަ މަހުމޫދު ހުޅުވާލިއެވެ. “ރާސިލް” އަޑުގެ ނެއްތަނަށް މަހުމޫދު ރާސިލްއަށް ގޮވާލީ ބާރު އަޑުންނެވެ.

“މަހުމޫދޫ.. ކިހިނެއްވީ” މަހުމޫދުގެ ރުޅިގަނޑު ފެނި ނަސިރާ ބިރުގަތެވެ. “ވެގެން އުޅޭގޮތެއް އެނގޭނެ ރާސިލް ނިކުތީމަ…” މަހުމޫދު ރުޅި އައިސްގެން ތުރުތުރު ލައެވެ. މަހުމޫދުގެ އަޑަށް ރާސިލް ދޮރު ހުޅުވާލީ ވެގެން އުޅޭގޮތެއް ބެލުމަށެވެ. އެހެން ނަމަވެސް ދޮރު ހުޅުވާލުމާ އެކީ ފަހަތަށް ޖެހެވުނީ މަހުމޫދުގެ ހޫނު ހަމަލާއިންނެވެ. “މަހުމޫދޫ.. ކިހިނެއްހޭ ވެގެން ތިއުޅެނީ” ނާސިރާއަށް ނުހުރެވިގެން އެންމެ ފަހުން އަޑުގެ ނެއްތަނަށް އަހާލިއެވެ. ފުރާނައަށް ވުރެއްވެސް ބޮޑަށް ލޯބިވި ފިރިމީހަގެ ހުރި ހަމައެކަނި ނިޝާނަށް އަނިޔާކުރުމުން ނާސިރާ ރުޅިއައެވެ.

“އަހާބަލަ ރާސިލް ކައިރީގައި…. މިއޮތީ ކޯޓުން ޗިޓުއައިސްފަ… ރާސިލް ހިތައް ތިއަރަނީ ކުރެވުނީ މޮޅު ކަމެކޭތަ…. އަހަރެން ޖަލަށް ލީމަ ރާސިލްއަށް ވާނީ ކޮން ފައިދާއެއް.. ބަލަ ކަލޭ ބަލާ ބޮޑު ކުރީ އަހަރެންނޭ….” މަހުމޫދު ކިޔަމުން ދިޔަ އެއްޗެހި ނާސިރާ އާއި ރާސިލް ހުރީ ގަބޫލު ކުރަން ދަތިވެފައެވެ. މަހުމޫދު ކިޔަމުން ދިޔަ އެއްޗެހި ނާސިރާއަށް ނޭނގުނަސް އެކަން ރާސިލްއަށް އަމާޒުވުމުން ރާސިލް ހުރީ ވާނުވާގައެވެ.

“ރާސިލް…. ރާސިލް ބުނީމެއްނު އަހަރެންނަށް އިތުބާރު ކުރަމޭ… އެ އިތުބާރުގައި ދެމި ހުރިނަމަ.. ރާސިލް ތި ލޯބިވާ ކުއްޖާ ދުނިޔޭގައި އެ އިނީވެސް އަހަރެންގެ ސަބަބުންކަން އެނގޭތަ… އަހަރެން ނޫންނަމަ އޭނަ މިހާރު ކައްވަޅުގައި އޮންނާނެތާ ކިތައް އަހަރު ވެދާނެ….” މުހުމޫދު ކިޔަމުން ދިޔަ އެއްޗެހި ދެނެގަނަން ނޭނގި ރާސިލް އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ނާސިރާގެ ހާލަކީވެސް އެއީއެވެ. މަހުމޫދުގެ ރުޅިގަނޑު ހަޔާތުގައިވެސް ފެނުނުމީ ފުރަތަމަ ފަހަރެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 7

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 43

Next
February 29, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 43

Previews
February 29, 2016

ނިމިދާނެ ޖާނާ ހިތާ 7

41 Comments!

  1. kamana says:
    February 29, 2016 at 8:26 pm

    Hope yu guyxx will like this part tooo. Lov yu guyxxx ???? n thnkx for supprtnn ??

  2. adeeb bro says:
    February 29, 2016 at 8:45 pm

    Good. Next part avas beynun.

    1. kamana says:
      March 1, 2016 at 6:37 am

      Willl try ingeyyy. Nxt part wed ga insha allah. Thnkusomuch?

  3. twnkl str says:
    February 29, 2016 at 8:46 pm

    Wowwww vrh vrh nyc….fahun emy aa raasil gulheyne nama…btw stwry is nyc..lurv yu tooooo

    1. kamana says:
      March 1, 2016 at 6:38 am

      Awwwwn sweetyyy alhe balamaaa dhw. Thnkusomuchlov?

  4. Nawal says:
    February 29, 2016 at 8:49 pm

    Woww amazing.. Yayy mee first dho

  5. Nawal says:
    February 29, 2016 at 8:49 pm

    Ugh I’m not first -_-

    1. kamana says:
      March 1, 2016 at 6:38 am

      Dhn faharakun dhw heheheh. n thnksomuch?

  6. Ninni says:
    February 29, 2016 at 8:52 pm

    Love this story..
    Ekam emy ah ehn nuhadhrbr dhww.
    Knirakun nxt part??

    1. kamana says:
      March 1, 2016 at 6:39 am

      Hehheh sorryyyy. Nxt part wedga insha allah. Thnkusomuch?

  7. shai says:
    February 29, 2016 at 9:06 pm

    wow nice story . Next part ves kiyaahihvanee

    1. kamana says:
      March 1, 2016 at 6:40 am

      Awwwnnn wed ga ingeyy nxt partt. Ummeedhu kuran inthixaaru kuraanekamah. Thnkusomuch?

  8. immu says:
    February 29, 2016 at 9:28 pm

    Woww v v reethi mi bai vesss.. kn irakun aneh bai up vaani…

    1. kamana says:
      March 1, 2016 at 6:40 am

      Nxt part wedga ingeyy insha allah. N thnkusomuch?

  9. Aisha says:
    February 29, 2016 at 9:39 pm

    Reethi varah… Bst of luck… Next part whn????

    1. kamana says:
      March 1, 2016 at 6:41 am

      Awwwn thnkusomuch. Wed ga ingeyyyy thnku?

  10. Ily says:
    February 29, 2016 at 9:44 pm

    Upsssss??
    V reethi???????

    1. kamana says:
      March 1, 2016 at 6:42 am

      Thnkusoomuch?

  11. TiNkEr says:
    February 29, 2016 at 9:47 pm

    My favourite.. good luck

    1. kamana says:
      March 1, 2016 at 6:43 am

      Awwwn tinker???thnkusomuch?

  12. Aisha says:
    February 29, 2016 at 10:03 pm

    Raasil ah e jehuny dad nd gf thereyn ekaku choose kuran dhw?? he choose dad!!! bt his dad ll nt understand him dhw??? Ashly v dhera vehje emy nd raasil vaki v ma… Nd raasil ah Vineland beynun vany dnt do that to ur self ey momy aa share kohla balaashey ur sadness nd u both ( emy &raasil) deserve to be together ❤️❤️❤️❤️❤️ Love ur story kamanaa

    1. kamana says:
      March 1, 2016 at 6:43 am

      Uea letx hope for the best. Thnkusomuch?

    2. Magey says:
      March 2, 2016 at 10:23 am

      Actually mahamood is not his dad.
      Ae eynage stepdad..

  13. Aisha says:
    February 29, 2016 at 10:04 pm

    Bunelan beynun vany*

  14. laimaan says:
    February 29, 2016 at 10:32 pm

    Story v v reethi bt v gothun dheraves vehj . Waiting for the next part n hope kuran mi part haa reethivaane kamah next part vs

    1. kamana says:
      March 1, 2016 at 6:44 am

      Insha allah will try hama rythi part eh genssheveythooo. Thnkusomuchmaan?

  15. raaz says:
    March 1, 2016 at 12:51 am

    alhey…. mi vie gothun rovihje raaz ah…. bt story v v v v reethi… avahah up koh dhehchey…..

    1. kamana says:
      March 1, 2016 at 6:45 am

      Insh allah will try to up ingeyyy. Thnkusomuch?

  16. ބޮލައ says:
    March 1, 2016 at 4:12 am

    Janbowdu
    Loooooooooool
    ????????????

  17. sheyn says:
    March 1, 2016 at 6:25 am

    v v v v v v v v v v v v hadhi acheeeedhi hadhi

    1. visnun says:
      March 1, 2016 at 2:33 pm

      Hadi viya thi kiyany kykuran…

    2. girl says:
      March 1, 2016 at 5:25 pm

      Mi sheyn gandah reethi vaahaka eh liyeveyny kaakah baa

  18. munee says:
    March 1, 2016 at 6:42 am

    Kannada story v v v nice an raasil an amee gulu vachey an good luck…..

    1. kamana says:
      March 1, 2016 at 7:09 am

      Thnkusomuch muneee?

  19. Appy says:
    March 1, 2016 at 7:31 am

    Woww v rythi……

    1. kamana says:
      March 1, 2016 at 7:32 am

      Thnkusomuch?

  20. naax says:
    March 1, 2016 at 1:01 pm

    Raasil n amee gulhane dhw adhi varah reethi story next partavas kohdheh chay

  21. Shau says:
    March 1, 2016 at 7:49 pm

    Wowww its amazing…?…v v v v v nice…waiting for the next prt…emy n raasil gulhuvabaa kamanaa…they have hurt so much

  22. Rizoo says:
    March 2, 2016 at 8:48 am

    Varah reethi Mi vahaka ,

  23. Magey says:
    March 2, 2016 at 10:25 am

    Mahamood aky eynage dad eh noon.
    Ae raasil ge dhonbappa.

  24. Appy says:
    March 2, 2016 at 11:19 am

    Kobaa next part….kama

Comments are closed.

Next Episodeކުރަމުން ތިދާހާ ގޯނާ 20..←


All Right Reserved!