Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (9)

Hath Level 110 Stories100 Comments
March 1, 2016 3 Mins Read
34 Comments

މަންމައަށް ނޭނގުނީ އަހަރެންގެ ހިތުގެ ހާލަތެވެ. އަހަރެން ލަދުގަތީކީ ނޫނެވެ. އަހަރެން މާ ބޮޑަށް ހިތުގައި ޖެހުނީއެވެ. ކޮޓަރިއަށް ވަދެ ދޮރު ނުލެއްޕެނީސް، ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އޮހިގަތެވެ. ދޮރުގައި ލެނގިލައިން އަހަންނަށް އަޑުން އަޑު ނަގާ ރޯން ފެށުނެވެ.

މިއަދު އިޔާގެ ހިތަށް އަރާނީ ކީކޭބާވައެވެ؟ އަހަންނަކީ ވަރަށް ދޮގު ހަދާ މީހެކޭ ހީކުރާނެތާއެވެ. އިޔާގެ ހިތަށް އަރާނެހާ އެއްޗެއްސާއި މެދު ވިސްނާލުމުން އަހަރެންގެ ބޯ ހާސްވިއެވެ. ނަމަވެސް މިހެން ރޯން އިނދެގެން އަހަރެންގެ ހިތުގެ އެއްވެސް ސުވާލަކަށް ޖަވާބު ނުލިބޭނެތީ، މޫނު ދޮވެ ތާޒާ ވެލުމަށް އަހަރެން ހިނގައިގަތީ ފާހަނާއާ ދިމާލަށެވެ. ދެތިން ފިޔަވަޅު ނޭޅެނީސް އަހަންނަށް ފޯނެއް އައެވެ. ޖީބުން ފޯނު ނަގައި ބަލާލި އިރު ގުޅަނީ އިޔާގެ ނަންބަރުންނެވެ. އަހަރެން ހިނދުކޮޅަކަށް ގަނޑުވި ކަހަލައެވެ. އަހަރެން ބުނާނީ ކީކޭ ބާވައެވެ؟ ފޯނަށް ބަލަހައްޓައިން، އެ ކޯލް ނުނަގާން ހިތަށްއަރުވާލައިން އެތައް އިރަކު ހުރީމެވެ. ނަމަވެސް ވާހަކަ ދައްކައިން ނޫނީ އެއްވެސް ކަމެއް ހައްލު ނުވާނެކަން އެނގޭތީ އެންމެ ފަހުން ކޯލް ނެގީމެވެ.

” ހަލޯ މައި ޑަރލިންގ! ” އިޔާ ބުނެލިއެވެ. އޭރު އެއަރޕޯޓުގައި ތިމްނާ ކިޔައިގެން ވާހަކަ ދެއްކުމަށް ފަހު އެހާ ލޯބިން މިގަޑީ އިޔާ ވާހަކަ ދެއްކުމުން އަހަރެން ހިތަށް އެރިއެވެ. އިޔާއަށް ހަޤީޤަތް އިނގެނީ ބާވައެވެ؟ އެހެން ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅުތާއެވެ.

” ހެއި އިޔާ! އައި ރިއަލީ ނީޑް ޓު ޓެލް ޔޫ ސަމްތިންގ…. ” ކެތްތެރިކަން ކޮޅުންލާ ގޮތް ވުމުން އަހަންނަށް ބުނެލެވުނެވެ.

” ޝްޝްޝް… އިހަށް އަހަރެންގެ ސުވާލުތަކަށް ޖަވާބުދީ! އަހަންނަށް އެނގޭ ތިމް އަހަންނަކަށް ދޮގެއް ނަހަދާނެކަން. ” އިޔާ އަމުރުވެރި ގޮތަކަށް ބުނެލިއެވެ.

” ތިމް ހަމަ ބޭނުންވެގެންތަ ވިރާހުއާއި އިންނަންތަ ތިއުޅެނީ؟ ” އިޔާ އެހެން އަހާލުމުން، އަހަރެންގެ ހިތުގެ ހިނގުން ކުޑަ ސިކުންތު ކޮޅަކަށް ހުއްޓުނު ކަހަލައެވެ.

” ނޫން.. ” އަހަރެން މަޑުމައިތިރި ކަމާއި އެކު ބުނެލީމެވެ.

” އެހެން ވެއްޖެއްޔާ ބުނެބަލަ، ތިމް ލޯބިވާ މީހަކު ހުރޭތަ؟ ” އިޔާ އެހެން އަހާލީ ވަރަށް ލޯބިންނެވެ. އަހަރެންގެހިތް އުފަލުން ފޮޅުނެވެ. ހިތަށް އެރިއެވެ. އަހަރެން އިޔާ ދެކެ ލޯބިވާ ވާހަކަ ބުނާކަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ލިބޭނެ ހެނެއް ހިޔެއް ނުވެއެވެ.

” އާން އިޔާ! އަހަރެން ވަރަށް ވަރަށް ވަރަށް، ބޮޑަށް ލޯބިވާ މީހަކު ހުރޭ. މިހާރު ގާތް ގަނޑަކަށް 5 އަހަރު ވެދާނެ ނުބުނެވިފައި ހުންނަތާ! އަހަރެން ލޯބި.. ” އަހަރެންގެ ވާހަކަ ނުނިމެނީސް އިޔާ ވާހަކަ ދައްކަން ފެށިއެވެ.

” އަހަރެން އެބަ ދަން ތިގެއަށް. ކޮންތާކު ތިމް ތިހުރީ؟ ” އިޔާޒު ކެތްމަދު ވެފައި ހުރިހެން އަހަންނަށް ހީވިއެވެ.

” ކޮޓަރީގައި. ” އަހަރެން އެހެން ބުނުމުން އެބަ އަންނަމޭ ބުނެލާފައި ފޯނު ކަނޑާލިއެވެ.

އޭގެ 10 ވަރަކަށް މިނެޓު ފަހުން އިޔާ އަހަރެންގެ މަންމައާއި ވާހަކަ ދައްކަން މަޑުކޮއްލުމަށްފަހު އަހަރެންގެ ކޮޓަރިއާއި ދިމާލަށް އަންނަތަން ފެނުމުން އަހަރެން ކޮޓަރިއަށް ވަދެ ލޯގަނޑުން ފަރި ބަލާލީމެވެ. ރޮއެފައި ހުރި ކަން ފޮރުވާލަން އަވަހަށް ތުވާލިން މޫނު ފޮހެލީމެވެ. އިޔާ ދޮރުގައި ޓަކި ޖަހާލިއެވެ.

އަހަރެން ދޮރު ހުޅުވާލީ ވަރަށް އުންމީދާއި އެކުއެވެ. ނަމަވެސް ދޮރުމަތީގައި ހިނިތުންވެލައިގެން މަޑުކޮއްލައިން ހުރީ ވިރާހުއެވެ. މޫނުމަތީގައިވި ހިނިތުންވުން ސިކުންތެއްގެ ތެރޭގައި ގެއްލުނެވެ.

” ކިހިނެތް ވީ ވިރާހު؟ ” އަހަރެން ފޫހި ވެފައި ވާކަން މޫނުގެ ކުލަވަރުން ދައްކާލީމެވެ.

” އަހަރެން މިދަނީ ރައްޓެއްސެއްގެ ގެއަށް. އެހެންވެ ދާނަންތޯ އަހާލަން ވެގެން…؟ ” ވިރާހު ބުނެލިއެވެ.

” އުހުނ. ނުދާނަން. އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ.. ” ގަސްތުގައި ދޮގު ހެދީމެވެ.

ވިރާހު އެންމެ ރަނގަޅުކަމުގައި ބުނެލުމަށްފަހު ދާން ހިނގައިގަތެވެ.

ދޮރު ބާރަށް ލައްޕާލުމަށްފަހު އަހަރެން ފޫހިކަމާއި އެކު އެނދާ ދިމާލަށް ހިނގައިގަތީމެވެ. ނަމަވެސް ދޮރު އެހާ ބާރަށް ޖެހުމުން ވެސް ނުލެއްޕުމުން ފަހަތަށް އެބުރި ބަލާލީމެވެ.

އިޔާ ހިނިތުންވެލައިގެން ހުއްޓެވެ. އަހަންނަށް އުފަލުން ވީ ގޮތެއް ވެސް ނޭނގުނެވެ. ދުވެލާފައި ގޮސް ބައްދާލެވުނެވެ. އިޔާ އަހަރެންގެ އުނަގަނޑުގައި ހިފާ އުފުއްލާލިއެވެ. އަދި މަސްތީ އަޑަކުން، ތޫނުނަޒަރަކުން ސީދާ އަހަރެންގެ ލޮލަށް ބަލަހައްޓައިން ހުރެ، ބުނެލިއެވެ.

” އައި ލަވް ޔޫ… އައި ރިއަލީ ރިއަލީ ޑޫ! ” އަހަންނަށް އުފަލުން ރޮވުނެވެ. އަހަރެންގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސް ވިއެވެ. ތުންފަތުގައި ދަތް އަޅާލައިގެން ހުއްޓާ އިޔާ ބުނެލިއެވެ.

” އަހަރެން ބޭނުމީ އަހަރެން އެންމެ ލޯބިވާ ކުއްޖާ ހަމަ މިހެން އުރާލައިގެން ހުރެ، މިހެން ލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލަން. އަހަރެން މިއުޅެނީ މިރޭ ޕްރޮޕޯޒް ކުރަން ދާން ވެގެން. ތިމް ވާނެ ދާން. އޭރަކަށްނު އަހަރެންނަށް އެކުއްޖާ އިންޓްރޯ ކޮއްދެވޭނީވެސް! ” އިޔާ އަހަރެން ތިރިކޮއްލުމަށްފަހު ބުނެލިއެވެ.

އަހަރެންގެ ލޮލަށް ޖަމާވީ ހިތާމައިގެ ކަރުނައެވެ. ނަމަވެސް ހިތްވަރު ކޮއްލީ އިޔާގެ އުފަލަށް ޓަކައެވެ.

” ކީއްވެ ލޮލުން ފެން އަންނަނީ؟ އަހަރެންދެކެ އަނެއްކާ ތިމް ލޯބިވަނީތަ؟ ” ހެމުން ހެމުން އިޔާ ބުނެލިއެވެ.

އާނ އެކެވެ. ހަމަ ހަޤީޤަތުގައިވެސް ވަރަށް ލޯބިވެއެވެ. އެކަމަކު ދެން ބުނުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

” ހިހިހިހި.. ދެން ދޯ؟ ނޫން.. އަހަރެން މިއަދު ވަރަށް އުފާވެއްޖެ. އިޔާ ލޯބިވާ ކުއްޖާ އިންޝާﷲ އިޔާއަށް ލިބޭނެ. ” ލޯ ފޮހެލަމުން އަހަރެން ބުނެލީމެވެ.

” އިނގޭތަ ދެންމެ އަހަރެން ވިރާހު އަށް ފިލަން މިތާ ހުރި ތަނބާ ނިވާވެލީ. އޭނަޔަކަށް ނޭނގުން މަ ހުރި ކަމެއްވެސް. އޭނަ އޯކޭތަ؟ ހިހިހި ” އިޔާ ހެމުން ހެމުން އަހާލިއެވެ.

ބައްޕަ އަހަންނަށް ގޮވާލީ ހަމަ އެގަޑީގައެވެ.

އަހަންނާއި އިޔާ ތިރިއަށް ފޭބުމަށް ހިނގައިގަތީ އެކުއެކީގައެވެ.

ތިރިއަށް ފޭބި އިރު ވިރާހު އާއި ބައްޕަ ތިބީ ސޯފާގައެވެ. އިޔާ އަހަންނާއި އެކު ތިރިއަށް ފޭބިތަން ފެނުމުން ވިރާހު ވަރަށް ހައިރާން ވިއެވެ. ވިރާހު ބަލާލި ގޮތުން އިޔާގެ ހިނިގަނޑު ފަޅައިން ނުދިޔައީ ހަމަ ކިރިޔާއެވެ. ހިނިގަނޑު ފިއްތާލީ އަހަރެން އިޔާގެ އަތުގައި ވިކައިގަތުމުންނެވެ.

އިޔާ ފެނުމުން ބައްޕަ ވަރަށް އުފާވެފައި ވާހަކަ ދެއްކިއެވެ.

އިޔާއަށް ލަސްވާތީ ފަހުން އަންނާނަން ކަމަށް ބައްޕަ ގާތުގައި ބުނެލަމުން ގެއިން ނިކުތެވެ.

މަންމަވެސް އައިސް ސޯފާގައި އިށީނދެލީ ހަމަ އެގަޑީގައެވެ. ދައްކަން އުޅެނީ ވަރަށް ސީރިއަސް ވާހަކައެއްކަން އަހަންނަށް ރެއަކާލީ ދެނެވެ.

ސޯފާގައި އަހަރެން އިށީނދެލީމެވެ.

” ދަރިފުޅާ ތިމްނާ! ދަރިފުޅު މިހާރު ކައިވެނި ކުރަން ވެއްޖެ. ބައްޕަ ދެކޭ ގޮތުގައި މާ ލަސްވެސް ވެއްޖެ. ވިރާހު އަކީ ބައްޕަ ދަރިފުޅަށް ހޮވާފައިވާ ހޮވުން. ކައިވެނީގެ ހުރިހާ ކަމެއް މާދަމާ ހަމަޖައްސާނަން އިރާދަކުރެއްވިއްޔާ! ” ބައްޕަ ދިޔައީ ސީދާ މަޢުޞޫއުއަށެވެ. އަހަރެންގެ ހިތަށް ހީވީ ފިތާލިހެންނެވެ.

” ބައްޕާ އަޅުގަނޑު ލޯބިވާ މީހަކު ހުރޭ. އެއީ އިޔާޒު. އަޅުގަނޑަކަށް ވިރާހު ދެކެ ލޮތްބެއް ނުވެވޭނެ. އަޅުގަނޑު ވަރަށް ވަރަށް ލޯބިވޭ އިޔާޒުދެކެ. ” ބައްޕަގެ ކުރިމަތީގައި އަހަރެންގެ ދޫ ހަރަކާތް ކުރީ ކިހިނެތް ކަމެއް ވެސް ނޭނގެއެވެ.

އަހަރެންގެ ވާހަކަ އިވިފައި ތިން މީހުންވެސް ތިބީ ލޯ ބޮޑުވެފައެވެ.

ބައްޕަގެ ރުޅިވެރި ނަޒަރު ހުރީ އަހަންނަށް ސީދާވެފައިކަން އެނގި، އަހަރެންނަށް ރޮވެން ފެށުމުން މައްޗަށް ދާން އަހަރެން ދުއްވައިގަތީމެވެ.

އަހަރެން މައްޗަށް އަރާ ފެންތައްޓެއް ބޯލައިގެން ހަމަ ޖެހިލައިގެން މިރޭ ނުދެވޭނެ ކަމުގައި ބުނެ އިޔާއަށް މެސެޖު ކޮއްލީމެވެ.

  • -ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

ފުންއަސަރު 06

Next

ރަހުމެތް ނެތް ހިތް… (ފަހުބައި)

Next
March 2, 2016

ރަހުމެތް ނެތް ހިތް… (ފަހުބައި)

Previews
March 1, 2016

ފުންއަސަރު 06

34 Comments!

  1. Ninni says:
    March 1, 2016 at 9:58 pm

    Haadhr kurey..
    Nxt part avahah up kohdheebr..

  2. Aisha says:
    March 1, 2016 at 10:08 pm

    Haadha kurey evx ehaa dhuvas kohfa genes thi dhiny bt nice ingey whn next part???

  3. Ily says:
    March 1, 2016 at 10:10 pm

    Aslu v kuru
    V reethi

  4. twnkl str says:
    March 1, 2016 at 10:12 pm

    Salhi..ekm ehaa dhuvas khffa kurukh genaeema mahssalaaky…

  5. Meesh says:
    March 1, 2016 at 10:39 pm

    Oh…my my…
    Maa bodavves kuru….
    Hope next part will be long enough ????
    Keep up the good work..

  6. Blue says:
    March 1, 2016 at 10:50 pm

    Varah kuru… Bt it’s intresting.. Waiting for the next part..

  7. Aharen says:
    March 1, 2016 at 11:59 pm

    Mi vaahakaga “aharen” beynun kuraathyve v olhey…

  8. Zu says:
    March 2, 2016 at 6:55 am

    Haadha kureyy.. Mi pagega vaahaka up vaalehvx v las.. Foohi foohi.. ??

  9. rakin says:
    March 2, 2016 at 11:20 am

    Ehaa dhuvas fahun up kuraa iru vc thanfukeh mi libeny kiyaalan…nxt part myn zamaaanakun kiyaalan libeyne baa.. btw salhi?

  10. Aimsithu says:
    March 2, 2016 at 1:53 pm

    Alhey.. maa bodah ves kuru mi part..plz dhigu koh dhechey

  11. Girl says:
    March 2, 2016 at 10:09 pm

    Vvvvvvvvv salhi vaahaka.
    Ekam keevethe furathamakolhu konme dhuvahaku up kohfa fahun fahun aiss up kurun laskurany…..v dheravey ehenve…..nxt prt long kohdhechey…….

  12. lau says:
    March 3, 2016 at 12:24 pm

    nice…..but avahah up kohdhehchey

  13. myf says:
    March 3, 2016 at 6:27 pm

    Nice bt thnkolhe avaha up kolaccheyy good luck dear .. 🙂 😀 best stry evr.. 😀 😀 🙂

  14. Aaaanthu says:
    March 4, 2016 at 12:22 am

    Haadha last lahun up kurany. .. vahakaige touch gehleyne thihen hadhanaa…

  15. Hawwa says:
    March 9, 2016 at 3:19 pm

    Koba tha anehbai??haadha dhuvas vehjey

  16. sad says:
    March 9, 2016 at 11:17 pm

    hath mikal vaahka fashaigen ulhunu iru hyvy vrh avaha nimmaalaane hen but now haadha laheyyyyyyyy……kohbaa aneh part …still still waiting. ..

  17. Nishoo says:
    March 11, 2016 at 12:07 pm

    U told u will not disappoint me. Right? Dhn what is this….. Thathee v hevva meeheke…

  18. Raz.ad. says:
    March 16, 2016 at 7:51 am

    Awaskohbila haadhalahy

    1. Raatey. says:
      March 16, 2016 at 8:02 am

      Konme feshuma kah nimumeh vaane kobaa ķnnimon. neygunee dhow ninman

  19. Sydyd says:
    March 16, 2016 at 8:07 am

    ????p

  20. Anonymous says:
    March 16, 2016 at 9:18 pm

    Konme dhuvahaku bulaaleveny eithuru paatah nerefa

  21. xoa says:
    March 17, 2016 at 6:25 pm

    haadha reechey.. when is the next episod. upload it soon. can’t wait..

  22. sam says:
    March 19, 2016 at 9:19 am

    NYC next episode ge intixaaruga hurinn

  23. Nihaa says:
    April 11, 2016 at 11:20 am

    Mee ge next part nunerenitha

  24. Thukko says:
    April 11, 2016 at 3:30 pm

    Where is next part???

  25. aish says:
    April 14, 2016 at 10:34 pm

    mi vaahaka liyaa kujaaa kobaa……
    dhen nuliyachey vaahaka

  26. Zeena says:
    May 5, 2016 at 9:55 am

    Koba mihaaru mi story

  27. Shuzu says:
    May 7, 2016 at 8:21 am

    Next part upload please

  28. Youshaa says:
    May 11, 2016 at 9:02 am

    varah dhera ingey upload nukuraathy…
    konme dhuvahaku beley up kohfa intho…
    Can understand konme meehakahves kulli akah kameh dhimaa vedhaane.
    Unmeedhu kuran avahah up kohdheyne kamah…
    Pls Pls upload as soon as possible! juzz love the story…
    Could be that ur in some trouble right? Take care and upload fast pls

  29. manshaa says:
    June 5, 2016 at 9:11 pm

    mi vaahaka liyaa kuhjaa maru v tha?

    1. aleena says:
      March 23, 2017 at 2:19 pm

      Mashahhwx hyywanyy miiwaahaka liiyaa myyhaa maruwyyhn… Aaan dhn ehnya dhn oii part genesdhayyn wyyehhnu… 2016 June 5 ga genesdhiin waahaka ehh miihaar mee 2017 march wiihhyaa.. Stwryy nuniihmanyaa kyyhkuran konmyyhakahh fariidhahhkaan dhehhkayyn uploj

    2. aleena says:
      March 23, 2017 at 2:29 pm

      Upload* kurii stwryyehhtha Meeee.. Wrhh fwhiiwayy ehn hadhaathyy.. Dhn baliiwegn ekahala kamehh wegn owkkayy…

  30. manshaa says:
    June 5, 2016 at 9:13 pm

    v vai vehjje thihen hedhyma……

  31. aleena says:
    March 23, 2017 at 2:11 pm

    Alhayyy miiohh kiiyaa hiethun waahaka kiiyaalii iiru miiothyy nuwx niihmaa.. Kobaa 10wana part… Kiiyaa hiewanyy dhn waa goii… Miihaar kondhuwahehh. Waahaka alun upload kuranwyyehhnu… Alhayy heo nuwaane waahaka niimendhn plyyz genesdhyy… Hama nukiiyaa kehhwx nuwayy… Alhayyy plyyx miiwaahaka dhn oii partun feshiign genesdhyyba plyyx plyyx plyyyyyyyyyyyyyyyz

Comments are closed.

Next Episodeއިންތިޒާރު ކުރި ލޯބި (10)←


All Right Reserved!