Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޮޑީގާޑު 1

Ara
Ara Level 210 Stories100 Comments
January 13, 2026 3 Mins Read
9 Comments

މާލެއަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ރެއެކެވެ. މުޅި ފަޒާގައި ވަނީ ތެތްފިނިކަމެވެ. މާލޭގެ އުސް އިމާރާތެއްގެ ހަތްވަނަ ބުރީގައި ހުރި އިނާގެ ކޮޓަރި ތެރޭގައި އޮތީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ. ވިދާލާ ކޮންމެ ފަހަރަކު ކޮޓަރީގެ ފާރުތަކަށް އެޅިގެންދާ ހިޔަނިތަކުން މުޅި މާހައުލަށް ނުތަނަވަސްކަމެއް ގެނެވައެވެ.

އިނާ އިނީ އޭނާގެ ލިޔާ މޭޒު ކައިރީގައެވެ. ކޮޓަރީގެ ބޮކި ނިވާލާފައި ހުރުމުން މުޅި މާހައުލަށް އަލިވަނީ އޭނާގެ ލެޕްޓޮޕްގެ ސްކްރީނުން ފޭދިގެން އަންނަ ހުދުކުލައިގެ އައްޔެވެ. އެ އަލީގެ ތެރެއިން އިނާގެ މޫނު ފެންނަލެއް ދޮންވެފައި ރީއްޗެވެ. ނަމަވެސް ދެލޯ ކައިރި ކަޅުވެފައި ހުރުން، އޭނާ ހަމަ ނިދި ނުލިބި ހޭދަކުރަމުންދާ ރޭތަކުގެ ހެއްކަކަށް ފުދެއެވެ. އޭނާގެ އިނގިލިތައް ކީބޯޑުގެ މަތީގައި ހަލުވިކަމާއެކު ދުވަމުން ދިޔައެވެ. ލެޕްޓޮޕްގެ ސްކްރީނުގައި ލިޔެވިފައިވާ ކޮންމެ އަކުރަކީ މީގެ ހަތަރު އަހަރު ކުރިން ހިނގާދިޔަ އަދި މިއަދާ ޖެހެންދެންވެސް ޤައުމުގެ އެންމެ އިސްވެރިން ފޮރުވަން މަސައްކަތްކުރާ ބޮޑު ޚިޔާނާތުގެ ވާހަކައެވެ. ލިޔަމުން ދިޔަ ވަރަކަށް އޭނާގެ ނޭވާ ވެސް ދިޔައީ އަވަސްވަމުންނެވެ. ހީވަނީ އޭނާ ލިޔަމުން ދިޔަ ކޮންމެ ލަފުޒަކީ ވެސް އޭނާގެ ފުރާނައަށް އޮތް ނުރައްކަލެއްހެންނެވެ. ވައިރޯޅިއެއް ޖެހިލާ އަޑަށް ވެސް އޭނާ ސިއްސައިގެން ގޮސް ފަހަތް ބަލާލައެވެ.

ކުއްލިއަކަށް މޭޒުގެ އެއްފަރާތުގައި އޮތް ފޯނު ދިއްލިގެން ދިޔައެވެ. އެ ހަމޭންކަމުގެ ތެރޭގައި ފޯނު ވައިބްރޭޓްވި އަޑު އިވުނީ ބޮމެއް ގޮވި އަޑު ފަދައިންނެވެ. އިނާގެ އަތް ތުރުތުރުލާން ފެށިއެވެ. އޭނާ މަޑުމަޑުން ފޯނާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ފޯނުގެ ސްކްރީނުގައި އޮތީ ނުދަންނަ ނަންބަރަކުން އައިސްފައިވާ މެސެޖެކެވެ. “ކަލޭ ތިކުރާ މަސައްކަތުގެ ނިމުން އޮތީ ވަރަށް ހިތްދަތިކޮށް. ކަލޭ ތި ހުޅުވާލަނީ ލައްޕާލަން ނޭނގޭނެ ފަދަ ބިރުވެރި ދޮރެއް. އެކަން ހުއްޓާލަން ކަލެއަށް ލިބޭނެ އެންމެ ފަހު ފުރުސަތަކީ މިއީ” އެ މެސެޖު ގައި ލިޔެފައި އޮތެވެ. އިނާގެ ނޭވާ އަވަސްވިއެވެ. މިއީ މި ހަފްތާގައި އައި ތިންވަނަ އިންޒާރެވެ. އޭނާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާއަށް އިހުސާސްވަނީ ކޮންމެވެސް މީހަކު އޭނާއަށް ފާރަލަމުންދާ ކަމެވެ.

ހަމަ އެ ވަގުތު، އެޕާޓްމަންޓުގެ ބެލް ޖަހާލި އަޑު އިވުނެވެ. އިނާ ސިއްސައިގެން ގޮސް ގޮނޑިން ތެދުވިއެވެ. އޭނާ ބިރުން ހުރެ ދޮރުގެ ޕީޕް ހޯލް އިން ބަލާލިއެވެ. އިނާ ލަސްލަހުން ދޮރުހުޅުވާލިއެވެ. ބޭރުގައި ހުރީ އިސްކޮޅުން ދިގު ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ހޫޑީ އެކެވެ. ފެންތިކިތައް އޭނާގެ ހޫޑީއިން ފޭދިގެން ތަޅުންގަނޑަށް ފައިބަމުން ދިޔައެވެ. އޭނާގެ ދެލޮލުން ފެންނަނީ އެއްވެސް އިހުސާސެއް ނެތް ފަދަ ހަމަހިމޭންކަމެކެވެ. “ކާކު؟” އިނާގެ އަޑު ތުރުތުރުލައެވެ. “ޒޭން. އޭޖެންސީން ފޮނުވި ބޮޑީގާޑް” އެއީ ބަރު އަޑެއްގެ ވެރިއެކެވެ. “އޭޖެންސީންނޭ؟” ކުއްލިއަކަށް އިނާގެ ހަނދާނަށް އައީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ބޮޑީގާޑެއް ހޯދުމަށް އޭނާ ކުރި ފޯންކޯލެވެ. އޭރުއްސުރެ އޭނާ ހުރީ އެމީހުން ފޮނުވާނެ މީހެއްގެ އިންތިޒާރުގައެވެ.

ނަމަވެސް އެކަން އޭނާގެ ހަނދާނުން މުޅިން ކައްސާލީއެވެ. ޒޭން އެތެރެއަށް ވަދެ ދޮރު ލައްޕާލީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކުގައި ހުރި ހަލުވިކަމާއި ސާބިތުކަމުން އޭނާއަކީ އާދައިގެ މީހެއް ނޫންކަން އިނާއަށް އިނގުނެވެ. “މި ގޭގެ ހުރިހާ ކަމެއް މިރޭން ފެށިގެން ހުންނަންވާނީ އަހަރެން ބުނާ ގޮތަކަށް” ޒޭންގެ އަޑު އިވުނީ އަމުރުވެރި ގޮތަކަށެވެ. “އަހަރެން މީ ކަލޭގެ ރައްޓެއްސެއް ނޫން. އަހަރެން މިީ ކަލޭގެ ފުރާނަ ސަލާމަތްކުރަން ހުރި ހަތިޔާރެއް. އެހެންވީމާ އަހަރެންގެ ސުވާލުތަކަށް ސީދާ ޖަވާބުދީ އަހަރެންގެ އަމުރަށް ކިޔަމަންވާން ޖެހޭނެ.” އިނާ ހިންދިރުވާލިއެވެ. ޒޭންގެ އެ ހަރުކަށި ބަސްތަކުން އޭނާ އިތުރަށް ޖެހިލުންވިއެވެ. ނަމަވެސް މި ވަގުތު އޭނާއަށް އޮތް ހަމައެކަނި އުންމީދަކީވެސް އެއީއެވެ.

“އެންމެ ރަނގަޅު. އާދޭ. އަހަރެން އެޕާޓްމަންޓް ދައްކާލާނަން” އިނާ މަޑުމަޑުން ބުންޏެވެ. އޭނާ ޒޭން ގޮވައިގެން ގޮސް މުޅި އެޕާޓްމަންޓް ދައްކާލިއެވެ. ކުޑަ ބަދިގެއާއި ސިޓިންގްރޫމް އަދި ޒޭން ހުންނަން ހަމަޖެހިފައިވާ ކުޑަ ކޮޓަރިއެވެ. އެއީ އިނާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއެވެ. ޒޭން ކޮންމެ ތަނަކަށް ވަންނަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ކުޑަދޮރުތަކާއި ފާރުތަކަށް އޭނާ ބަލަމުންދިޔަ ގޮތުން ހީވަނީ ކޮންމެ ތަނެއްގައިވެސް ނުރައްކަލެއް ފޮރުވިފައި އޮވެދާނެ ކަމަށް އޭނާ ޤަބޫލުކުރާ ހެންނެވެ. އެކަމަކު ޒޭންގެ ހިތުގެ އަޑީގައި އޮތީ މުޅިން ތަފާތު ރޭވުމެކެވެ.

ގެ ދައްކާލުމަށްފަހު އިނާ އޭނާގެ ކޮޓަރިއަށް ވަނެވެ. ދޮރު ލައްޕާލުމަށްފަހު އޭނާ ދޮރުގައި ލެނގިލިއެވެ. އޭނާގެ ހިތުގައި ވަނީ އާދަޔާޚިލާފު އިހުސާސެކެވެ. އެއްފަރާތުން ގޭގައި ހަތިޔާރު އެޅި ބޮޑީގާޑަކު ހުރުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އަނެއްފަރާތުން ޒޭންގެ އެ ސިއްރުވެރިކަމާއި އޭނާގެ ދެލޮލުން ފެންނަ ނުރައްކާތެރި ކުލަވަރުން އިނާގެ ހިތް ބިރުގަންނަވަނީއެވެ.

އިނާ އަކީ ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ ފުދިގެން އުޅޭ އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާގެ މައިންބަފައިން ބޭނުންވީ ރަށުގައި ހުރެގެން އާއިލީ ވިޔަފާރީގެ ކަންކަމުގައި އިނާ އުޅުމަށެވެ. ނަމަވެސް ކުޑައިރުއްސުރެ އިނާގެ ހިތުގައި އޮތީ ތަފާތު އަޒުމެކެވެ. އޭނާ ބޭނުންވީ ނޫސްވެރިއަކަށް ވާށެވެ. ހަޤީޤަތް ހޯދައި އަނިޔާ ލިބޭ މީހުންގެ އަޑަކަށް ވާށެވެ. މީގެ އަށް އަހަރު ކުރިން އޭނާ މާލެ އައީ އެ އުންމީދުގައެވެ. ކިޔެވުން ނިންމައި ފާއިތުވި ފަސް އަހަރު ތެރޭގައި އޭނާ ވެފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ފުންނާބު އުސް އަދި އެންމެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އެއް ނަމަށެވެ. އިނާގެ މައިންބަފައިން އަދިވެސް ދިރިއުޅެނީ ރަށުގައެވެ. އޭނާއަށް އަންނަ އިންޒާރުތަކުގެ ޚަބަރު އެމީހުންނަށް ލިބިއްޖެނަމަ ވަގުތުން ރަށަށް ދާން އަމުރުކުރާނެކަން އިނާއަށް އެނގެއެވެ. އެހެންކަމުން މި ނުރައްކާތެރި ކުޅިގަނޑުގައި އޭނާ މިހުރީ މުޅިން އެކަންޏެވެ. ނުވަތަ މިހާރު އޭނާއާއެކު މިހުރި ސިއްރުވެރި ބޮޑީގާޑާއެކުގައެވެ.

އިނާ އަލުން މޭޒު ކައިރީގައި އިށީނދެ ލެޕްޓޮޕަށް ބަލާލިއެވެ. ކޮޓަރީގެ ދޮރުގެ އަނެއް ފަރާތުގައި ހުރި ޒޭންގެ ހިޔަނި ދޮރުގެ ދަށުން ފެންނަން ހުއްޓެވެ. އޭނާ އެހުރީ ފާރައަށެވެ. އެކަމަކު އޭނާ އެ ފާރަލަނީ އިނާގެ ސަލާމަތަށް ހެއްޔެވެ؟ ނޫނީ އިނާ ލިޔާ އެންމެ ފަހު ލަފުޒާއެކު އޭނާގެ ދިރިއުޅުން ނިންމާލަން ހެއްޔެވެ؟

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

އެދެނީ އުމުރަށް ތިބާ ޓްރުއިލަރ

Next

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 13

Next
January 13, 2026

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 13

Previews
January 13, 2026

އެދެނީ އުމުރަށް ތިބާ ޓްރުއިލަރ

9 Comments!

  1. Anonymous says:
    January 13, 2026 at 2:25 pm

    Very interesting.. Waiting for next part

    1. Ara Ara says:
      January 13, 2026 at 3:50 pm

      Thank you 😊🫶🏻

  2. 😶‍🌫️Raajiha 😶‍🌫️ says:
    January 13, 2026 at 2:33 pm

    V.v reethi MA!!
    Aney..e meehunge nan photo ga Liye dheefaanantha??
    Eyrun kiyuntherinnahves faseyhavaane kannaynge aee kaakukan vakikuran😊😊

    Vaahaka v v reethi …
    When is next?!?

    1. Ara Ara says:
      January 13, 2026 at 3:51 pm

      Story kuriyah dhaa varakah get vaane kanneynge 😊 Next part tomorrow

  3. Anonymous says:
    January 13, 2026 at 4:34 pm

    authormaash is dhogu hadhaa ha di vhk liyaa meehe

    1. 😶‍🌫️Raajiha 😶‍🌫️ says:
      January 13, 2026 at 6:10 pm

      Hello,e author eh ge vaahaka dhakkaanee e author eh kaireega pls
      Kiyaa hurihaa vaahaka ehge comments ga mihaaru author maash author maash
      What is this?!?
      I just don’t understand WHY u guys hate her so much 😭

    2. X says:
      January 14, 2026 at 10:51 am

      why are saying this mithaanga? this isnt her story right ? plus her stories are really good she doesnt write hadi vhk

  4. Fiza says:
    January 13, 2026 at 6:29 pm

    Vrh Salhi… Anehkaves thafaathu vaahaka eh. Vrh shauguveri. Waiting for next episode. ❤️

    1. Ara Ara says:
      January 13, 2026 at 7:10 pm

      Thank you so much 🥰🫶🏻

Comments are closed.

Next Episodeބޮޑީގާޑު 2←


All Right Reserved!