Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ނަވާވިސްވަނަބައި ( ފޮނިކަމާއެކު ފެށުނު ބޮޑު ތުފާން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
January 12, 2026 6 Mins Read
12 Comments

މިލީހަމްގެ ތުންފަތް ތުރުތުރުލާން ފެށިއެވެ. އޭނާގެ ހިތުގައިވާ ބިރުވެރިކަމުގެ ފާރު ފުނޑުފުނޑުވިއެވެ. ތެދު ބުނުމުގެ ހިތްވަރު ލިބުނު ކަހަލައެވެ. އެކަމަކު މިލީހަމް އޭނާ އެންމެ ލޯބިވާ ބާސީލް ބޭޒާރުކުރާކަށް ބޭނުމެއްނުވިއެވެ. އެނަން ހާމާކުރާކަށް އެހިތް ނޭދުނެވެ.  އެހެންކަމުން ބުނީ  އޭނާއަށް ރަނގަޅު ގޮތް ބުނެދީ ހެޔޮ ނަސާހަތްދިން ފަރާތުގެ ނަމެވެ. އެ ހުތުރު އިލްޒާމު އެޅުވީ އެ ހިތްހެޔޮ އެކުވެރިޔާގެ ބޮލުގައެވެ.

 

“ޚު… ޚުބާބް…” މިލީހަމްގެ ދުލުން އެ ނަން ބޭރުވީ ވަރަށް އުނދަގުލުންނެވެ. މިހެދެނީ ދޮގެއްކަން އެނގިހުރެ ބުނަން ޖެހުމުންނެވެ. ދެން ކަންތައް ވާނީ ކިހިނެއްބާއެވެ؟ ހުއްބާ އެކަން ގަބޫލުކުރާނެބާއެވެ؟  ޚުބާބްގެ ދިރިއުޅުމަށް ވާނީ ކިހިނެއްބާއެވެ؟

********************************************

މިލީހަމްގެ ދުލުން ބޭރުވި އެ ނަމާއޭކު ނޫރީނާގެ ރުޅި ފަޅައިގަތް ދިޔައެވެ. ކަންތައްތައް ވެގެން އުޅޭ ގޮތް އޭނާއަށް އެނގެއެވެ. އެވާހަކަތައް ހިއްސާކުރީ ހުދު އޭނާގެ ދޮންބެ އެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ހެނދުނު ޚުބާބް އުޅުނީ ނޫރީނާ ކައިރީއެވެ. މިކަމާއި މަޝްވަރާކޮށް ހިޔާލު ތަފާތުކޮށްހަދާށެވެ. މީހާ ބޯ ހާސްވެ ހަނދާނެތް ގޮތް ހުސްވީމާ ވާނީވެސް އެހެންތާއެވެ. އިތުބާރު ކުރެވޭ މަދަދުގާރެއްގެ އެހީއަށް އެދެވެނީ އެވެ. ނޫރިނާއަކީ ޚުބާބްގެ ކޮއްކޮއެވެ. މިދުނިޔޭން އޭނާ އެންމެ އިތުބާރު ކުރާ އެކަކެވެ.

 

ހުޅުގަނޑު ފަޅަފަޅައިން ނޫރިނާގެ ދިޔައެވެ. “ނޫރީނާ: މިލީހަމް! ކީކޭ ދޮންބެއޭ! ދޮންބެގެ ދަރިއެކޭ! ބުނަން ދޮންބެ ތިކަހަލަ ހުތުރުކަން ބޮޑުކަމެއް ނުކުރާނެ ހަދާ ދޮގު ބަލާބަލަ ފާފާތަށް ކޮށްފައި” އެހުރިހާ އެއްޗެއްވީ އެހިތުގައެވެ. ދުލާހަމާލަށް އެންމެ ބަހެއްވެސް ނައެވެ. ހަލުވިކޮން ގޮސް މިލީގެ ކޯތާފަތުގައި ބާރު އެތިފަހަރެއް ޖަހާފާނަމޭވެސް އެހިތަށް އެރިއެވެ. މިއިން އެއްވެސް ކަމެއް ކުރާނެ ހިތްވަރެއް އޭނާގެ ނެތެވެ. މިކަން އެނގުންކަން ދޮންބެވަނީ ސިއްރުކޮންދޭންވެސް އެދިލައްވާފައެވެ. މިއިން ކަމެއް އެނިގިފައިވިޔަސް ދޮންބެއަށްޓަކައި އަނގަބަންދުކުރަން މިވަނީ މަޖުބޫރުވެފަ އެވެ.

 

މައިންބަފައިން ޚުބާބަށް ދިން ތަރުބިއްޔަތަށް ހުތުރުވެއްޖެއެވެ. ނުކުރާ ކުށެއްގެ ޒިންމާ ބޮލުއަޅަން ޖެހިއްޖެ އެވެ. މީހާގެ އަގު ވެއްޓި ނަޖިސްވީއެވެ. އުމުރުގެ ޒުވާން ދުވަސްވަރު އަދި ކުރިއަށް އޮތީއެވެ. އުމުރުން މިވީ އެންމެ ސައްބީހަކަށް އަހަރެވެ. ކިޔެވުން ނިމެންވެސް ދުވަސް އަދި އެބޯތެވެ. ލިބިގެން ދިޔަ ހުތުރު ލައްގަނޑާއެކު ކޮލެއްޖަށް ދާނީވެސް ކިހިނެއް ހެއްޔެވެ؟ މަލާމާތާއި ފުރައްސާރައިން ރެކޭނީ ކިހިނެއް ހެއްޔެވެ؟ ހައްދު ޖަހާ ދުރު ރަށަކަށް އަރުވާލާނެއެވެ. ދިރިއުޅުމަށް ކުރަމުން މިދާ ހުވަފެންތައް ވިއްސިވިހާލިވާނެއެވެ. ބައްޕަމެންގެ އުންމީދުތައް ފުނޑުފުނޑުވާނެއެވެ.

 

 

އެނަން އަހާފައި ހުއްބާއަށް ދެއަތް މުށްކަވާލެވުނުވެ. މިވޭތުވެދިޔަ ދުވަސްތަކުގައި ޚުބާބް އުޅުނު ގޮތަށް ބަލައި އެކަން ނިކަން ފަސޭހައިން އޭނާ ގަބޫލުކޮށްލިއެވެ. މިލީ އެބުނި ސީދާ ތެދެކެވެ. އެބަނޑުގައި އެވަނީ ޚުބާބްގެ ދަރިއެކެވެ. ހުުއްބާ އެކަން ޔަގީންކުރިއެވެ. މިފަދަ ހާލަތެއްގައި މިލީހާމްވެސް ދޮގެއްނުބުނާއެވެ. މިއީ އޭނާގެ ނަޒަރުގައި ވިސްނޭގޮތެވެ.

ފިނި މޫސުމުގެ ހިތްގައިމު ރެއެކެވެ. ލިނީޔާ އުޅުނީ ބަދިގެ ތެރޭގައި ކައްކާށެވެ. އޭނާގެ ފިރިމީހާވީ ޑިއުޓީގަ އެވެ. އާދެވޭނެ އިރެއް އަދި ބުނަން ދައްޗެވެ.   ސައިފައިންގެ ތެރޭގައި އުޅެމުން މިހާރު އެދަނީ ޑޮކްޓަރީ ކަމުން ސަނަދުވެސް ނަގަމުންނެވެ. ކުރިއަށް އޮތްތައި އޭނާ ވާނީ ސިފައިންގެ ތެރޭގައި ހުރި އެންމެ ޤާބިލް އެއްޑޮކްޓަރަށެވެ.

 

ތަންކޮޅެއް ގިނައިން މިރޭ ގޭގައި ކެއްކުމަށް ބުނެފައި އޮތުމުން ދެތިން ވައްތަރު ލިނީ ހެދިއެވެ. ސްޕެގެޓީ، ތަރުކާރީ ބަތް އަދި މީގެ އިތުރުން ކުކުޅެވެ. ފަރާޓާއާއި ކުކުޅު ނިކަން ގިނައިން ލީނިޔާ ހަދާނެއެވެ. އޭނާގެ ފިރިމީހާއަށް އެވަރެއް ނޯންނާނެއެވެ. ފުއްޕާހަން ބޮޑިއަކާއި އަކުރުތަކެއްވެސް ފާރުގައި ހިޕަންޖެހޭ އެބަހުއްޓެވެ.

 

މެގްނަމް ޕުޓިން ހަދަމުން ދިޔައިރު ކޮއްކޮމެން މަތިން ހަނދާންވެ ލިނީއާށް ރޮވުނެވެ. ކޮއްކޮމެން ނުފެންނަތާއި ދެމަސް ތިންމަސްވީއެވެ.

 

ފެންވަރާއިގެ ލުއިމޭކަޕެއްކޮށްގެން ހަން ފުއްޕަން ލީނިޔާ ފެށިއެވެ. ފަހަރަކު ހަތަރެތި އޭގެން ފުއްޕެއެވެ. ދެލޯމަރާލެވޭހައި އަވަހަށް އެކަން ނިމިއްޖެއެވެ. އަކުރުތަށް ތަރުތީބު ކުރިއިރު ” ދޮންތަގެއަށް މަރުހަބާ” ޖަހާފައި އޮތީ ކީއްވެބާއެވެ. އޭނާ ހިތާ ސުވާލުކޮށްލިއެވެ. ނިލީ އާއި ނަލޫގެ ފޯނަށްވެސް ނުގުޅޭ ދުވަހެކެވެ. އަންނަން އެއުޅެނީ ނަލޫމެންހެއްޔެވެ؟ އެހެންނަމަ ކޮންފަދަ ހެއްޔެވެ؟

ފިނިމޫސުމުގެ މިއީ ބަންދު ދުވަސްވަރެވެ.  އިމްތިޙާނުގެ ނަތީޖާ ލިބެންވެސް ވަގުތު އެބައޮތެވެ. އެފަދަ ޚިޔާލުތަކެއް ކުރަމުން ދަނިކޮން ފިރިމީހާ ގުޅައިފިއެވެ. “މާއިޒް: ނިމިއްޖެތަ! މާ ގިނައިރެއް ނުވެދަންއެބަ. އަލަމާރި އަށް ލީ ކޭކު ފޮށިން ނަގާފައި މޭޒަށް ލާ” ފިރިމީހާގެ ވާހަކަ ހަލުވިކަމުން ލިނީއަށް ހެވުނެވެ. “ސާބަހޭ! ދެންވެސް އާދެބަލަ. ނިމިފައޭ މިހިރީ” ގެންނައުޅޭ ބަޔަކު ދެކޭ ހިތުންވެސް ލީނިޔާއަށް ހުރެވެނީއެއް ނޫނެވެ.

ހާމަ ބޮޑު ސިޓިންރޫމްގައި ލިނީ ހަމަޖެހިލައިގެން ޓީވީ ހުޅުވާލިއެވެ. ބަލަމުން އަންނަން ޑުރާމާ “އަރަފާތު” އަޅުވާލިއެވެ. ތަންކޮޅެއްވެސް ޑުރާމާއިން ބެލޭ ގޮތެއް ނުވިއެވެ. ގޭގެ ބެލް މީހަކު ޖަހާފިއެވެ. ފިރިމީހާ އަތުގައި ތަޅުދަނޑި އޮންނާނެއެވެ. މިހާ ރޭގަނޑު ދެން ކާކު ހެއްޔެވެ؟ ބާރު ބާރަށް ތެޅެމުން ދިޔަ ހިތުގައި އަތްޖައްސާލަމުން ލިނީ ދޯރާދިމާލަށް ދިޔައެވެ.

 

ތަޅުގައި ހިފާ ހުޅުވާލި ދޮރުގެ ކުރިމަތީ ހުރީ މަންމައެވެ. ލީނިޔާގެ މަންމައެވެ. “ލީނިޔާ: މަންމާ!” އެހާ ދުވަސްކޮށްފައި މަންމަ ފެނިލުމުން ލިނީ ބާރަށް ބައްދާލިއެވެ. އެވަގުތު ބަލާ ނަލޫމެން އެތެރެއަށް ވަދެއްޖެ އެވެ. “މަންމަ: ދަރިފުޅާ! ދެން ތި ރޯނީ ގެއަށް ވަދެފަ”  މަންމަ  ލީނިޔާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ދެލޯ ފުހަލުން ލިނީ ބޯ ނަގާލިއެވެ. ދެ މާބޮޑު އަތަށް ލައިގެން ޓީވީއަށް ގެއްލި ހުސްވެފައި ނިލީ އާއި ނަލޫ ތިއްބެވެ.

” ލީނިޔާ: ނަލޫ، ނިލީ” ލީނިޔާ އަށް ހީވީ އީދެއް އައިސްގެން އުޅޭހެންނެވެ. އެކަކު ގައި އޮޅުލައި ގަނެފައި އަނެކަކު ގައިގައި އޮޅުލައި ގެންފައިއުޅުނެވެ. ދުރުގައި ތިބި އާއިލާ ކައިރިން ފެނުމުން އެހެންވެސް ވާނެތާއެވެ. ބައްޕައެއްވެސް ދުނިޔެއަކު ނެތެވެ. ތިބީ ދެއަންހެން ކޮއްކޮ އާއި އެކަނިވެރި މަންމައެވެ. އޭނާގެ ޒިންމާގެ ދަށުގައި ވި އެއީ ބައްޕަގެ ފުރާނައެވެ. އެއްބައްޕައަށް ލިބުނު ހަމައެކަނި ދެ ދަރިންނެވެ. އަހަރެން މީ އުފަންދަރިއެއް ނޫނަސް އެއިހުސާސެއް ނުކުރަމެވެ. ދުވަހަކުވެސް ނުކުރަމެވެ. އުފަންދަރިއަކާ އެއްވަރަށް ނޫނީ އެއަށްވުރެ އިތުރަށްވެސް ލޯބި ލިބުނެވެ. ހިމާޔަތާއި ރައްކާތެރިކަން ލިބުނެވެ. ބަލިވެ އުޅޭ އިރަކު ބައްޕަ ޑިއުޓީއަށްވެސް ނުދާނެއެވެ.

 

ޤައުމީ ހިދުމަތުގައި މެދުނުކެނޑި ތިރީސްފަސްއަހަރު ސިފައިގައި ބައްޕަ އުޅުއްވި އެވެ. އެންމެނާއެވެސް ގުޅޭ އެއީ ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. ނަމާދަށް ފަރުވާތެރި ދީނީކަންކަމަށް ލޯބިކުރަށްވާ ބޭފުޅެކެވެ. އެގޮތުން ސިފައިންގޭގައި އިސްއިމާމުކަންވެސް ވަނީ ކޮށްފަ އެވެ. މި ދުނިޔެއާއި ބައްޕަ އަލްވަދާއު ކީއިރު ހަތިމުގެ ފަންސަވީސް ފޮތް ވަނީ ހިތުދަސްކޮށް ނިންމާފައެވެ.

 

މާއިޒް އާއި އަހަރެންގެ ކައިވެނި އެއީ މާކުރިން ސުރެއް ރާވައި ނިމިފައިވި ކަމެކެވެ. ދުވަސްވީ ބައްޕަގެ ބޮޑު ހުވަފެނެކެވެ. މަރުވަމުން ބައްޕަ އެދިލެއްވި އެންމެފަހުގެ ވަސިއްޔަތަކީއެވެ. އުފާވެރި ހަޔާތެއް މާއިޒާއެކު ފެށުމަށެވެ. ލީނިޔާދެކެ ތެދުވެރި ހިތަކުން މާއިޒް ލޯބިވާނެއެވެ. އެކަންވީ ބޮޑު ތެދަކަށެވެ. ލީނިޔާ އުޅެމުން އެދަނީ ތަނަވަސް ހިތްހަމަޖެހޭ ލޯބިން ފުރިގެންވި ދިރިއުޅުމެކެވެ. އިންތިހާ ލިނީ މާއިޒްދެކެ ލޯބި އެވެ. މާއިޒަކީ އޭނާ ބޭނުންވި ކަހަލަ ބައިވެރިއެކެވެ. އެ ބާސިލާ ހާސްބައިތަފާތު މީހެކެވެ. ބޭރަށް ދިޔަސް އެދެއަތުން ދޫކޮށްނުލާނެ އެވެ. ފިނި މޫސުންތަކުގައި އެހާ ބަލާނެއެވެ. ޔުނިވާސިޓީއަށް ދާއިރުވެސް ތިންހަތަރު ފިނިހެދުން ލައްވާނެއެވެ. މާބޮޑަށް ފިނި ބޮޑުވެގެން ބައްޔެއް ޖެހިދާނެތީ އެވެ.

 

ހަޤީޤީ ލޯބީގެ ފޮނި މީރުކަން ވަރަށް ރަނގަޅަށް ލީނިއަށް ލިބިއްޖެއެވެ. އޭނާ އިނީ ދެމަފިރިންގެ ޖަމަންގައި ފޮޅެން އުޅޭ އަލަތު ފިނިފެންމަލަށް ބަލިވެއެވެ. ބަނޑަށް ވީ ދެތިން ހަފްތާ އެވެ.

 

“ނަލޫ: ދޮންތަބެއަށޭ ޝުކުރުއަދާކުރަން ވީ! ނަލޫމެން ގެނައީ ދޮންތަބޭ ވިއްޔަ ދޯ!” ބަދިގެން ނިކުމެގެން އަންނަމުން ދިޔަ މާއިޒަށް ނަލޫމެން ދޯ އެއްލިއެވެ.

” ލީނިޔާ: އެކީއްކުރަން ދޮންތައޭ ހުރިހާ ކަމެއް ކޮށް ކައްކާ ހެދީ. ދޮންތަބެ ނުވެސް ބުނޭ އަންނަވާހަކަައެއްވެސް ނިލީމެން” ލީނިޔާ މޫނު ކުނިކޮށްލިއެވެ. ކައިރީ ހުރި އެ މަންމައަށް އެމަންޒަރުންވެސް ހިތްހަމަޖެހުން ލިބިގެންދިޔައެވެ. އެދަރިފުޅަށް އެވަރުގެ ފިރިއެއް ލިބުނީތީއެވެ.

 

 

“މަންމަ: ނިލީމެން ދާންވީނު ފެންވަރާލަށް އެހާވަރަށް ހޮޑު ލާފައި އެތިބީ” މަންމަ އެހެންބުނުމުން ލިނީ އެހެންހޭ އަހާލިއެވެ.

 

” ލީނިޔާ: އެކަކު ވަދޭ ދޮންތަމެން ކޮޓަރިއަށް އިނގޭ އެހެންވިއްޔާ” ކޮއްކޮމެންނަށް ބަލާލަމުން ލިނީ ހިނިތުންވެލިއެވެ. ދަބަސްތައް ހިފައިގެން ކޮޓަރިއަށް މަންމަމެން ދިއުމުން ދެމަފިރިން އެކަނިވިއެވެ. ސޯފާގައި އިށީދެލާފައި ނިކަން ލޯބިން ލިނީ މާއިޒް ގައިގައި ލައްވެލިއެވެ. މިދުނިޔޭން އޭނާއަށް ލިބުނު އެއީ ބޮޑު ރަންގަނޑެކެވެ. މާއިޒްވެސް އިތުރަށް ލީނިޔާ ކައިރިކޮށްލިއެވެ. ވައިކޮޅަކަށްވެސް ނުދެވޭނެ ވަރަށެވެ.

ކުޅި އެއްޗެހި ހެދިއިރު ވެސް ލިނީ ހުރީ މޭނުބައިކުރަން ފަށާފަ އެވެ. ދުވާލަކު ހަބުރު ހަތްބުރު ހޮޑުލާނެއެވެ. ގިނަވަގުތު މާއިޒްވެސް އުޅެންޖެހެނީ ގޭގައެވެ. ކަމެއްވާނީ ބުނެފައެއް ނޫންތާއެވެ. ރީތިވެގެން ކާން ނިކުއިން އިރު ލީނިޔާއަށް އިނީ ދެލޯމެރިމެރިއެވެ.

 

“މަންމަ: ދަރިފުޅު ނިދިއަންނަންޔާއި  އުޅޭ އަވަހަށް އެއްޗެއް ކައިގެން ނިދަން. މަންމަމެން ތަށިތައް ނަގާނަން” މަންމަ ލީނިޔާގެ އަތުގައި ހިފައިގެން ކޮޅަށް ނެގިއެވެ.

 

ދެތިން އެތިކޮޅު ކާލެވުނު ތަނައާއި ހޮޑު ލެވިއްޖެއެވެ. އިތުރަށް ދެން އެކަތިކޮޅުވެސް ލިނީއަށް ނުދިރުނެވެ. މޭވާ ކޮޅަކާއި ފޮނި އެތިކޮޅެއް ކާލިއެވެ. ޖޫސްފުދެއްވެސް ނުބޮވުނެއެވެ. ކާން މާއިޒް ފެށީ ނިދަން އެދުގައި ލިނީ ބާއްވާފައި އައިހެވެ.

 

ކައިނިމިގެންވެސް ނަލޫމެން ނިދަން ދާހިތެއް ނުވިއެވެ. ތަށިތައް ދޮވެ ހަދާފައި މަންމަ ދިވެހި ޗެނަލެއް އަޅުވާލިއެވެ. ދަބަސް އަޅުވާލައިގެން ފުށްޖަހައިގެން ނިލީމެން މާއިޒާއެކު ބޭރަށް ނިކުމެ ލިއެވެ. މިތާކައިރި ފިހާރަތަކަށް އެއްޗެހި ގަނެލާށެވެ. ދަތްއުނގުޅާއި ބޭސް ފަދަ ތަކެތި އާދެވުނީ ނުލައެވެ.

 

ރީތިވާ ސާމާނުތަށް ގަނެގެން ހަތަރުތަށި ކޮފީވެސް ހިފައިގެން ގެއަށް ދިޔައެވެ. އޭރު ލީނިޔާވެސް ހުރީ ހޭލައެވެ. ކުރީގެ ވަރުބަލިކަން މުޅިންހެން ފިލައިގޮސްފައެވެ.

“މާއިޒް: މަންމައަށް ކިރުކޮފީއެއް” މާއިޒް ކޮފީ މަންމައަށް ދިއްކޮށްލިއެވެ. ޓީވީއެމުން އޭރުދިޔައީ ދިވެހިފިލްމެއް ދައްކަމުންނެވެ. “އާ… އަހަރެންވެސް ލޯބިވީން…” ދައްކަމުންނެވެ. ހަފްތާގެ ހޮނިހިރު ވިލޭރޭ ޓީވީއެމުން ޤަވައިދުން ފިލްމު ގެނެސްދޭނެއެވެ. އިއްތިފާޤުން މިރޭ ތިނެސްކަން ލޯޯބީގެ ވާހަކައަކާއި ދިމާވީއެވެ.

“ނަލޫ: ދޮންތަ ނިދިފައި އޮތީމައި ނުގެންނަށް އިނގޭ ކޮފީއެއް” އަންނައިރު ދޮންތަ ހޭލާނޭ އެމީހުން ހިތަށްވެސް ނާރާ އެވެ.

“ލީނިޔާ: ދެން އެހެން ނޫނަސް ދޮންތައަކަށް ނުބޮވޭނެ އެއްޗެއް.” ލިނީ ބަނޑުގައި އަތް ޖައްސާލިއެވެ.

އެގޮތް މާއިޒަށް ކަމަކުނުދިޔަ އެވެ. އޭނާގެ ހޫނު ކޮފީތަށި ލީނިޔާއަށް ދިނެވެ. ދެމީހުންނަށް އެއްތަށިން ބޮވުނެވެ. މާގިނައިން އެކައްޗެއްވެސް ލިނީއަށް ނުބޮވޭތީއެވެ.

“ނިލީ: ދޮންތަބެ އެހާ ރަނގަޅޭ” ނިލީ ހިނިތުންވެލިއެވެ. ލަދުން ލީނިޔާ އިސްޖަހާލިއެވެ.

“މަންމަ: ދޮންތަބެ ރަނގަޅުވާން ޖެހޭނޭ. އަދި ދަރިފުޅުމެން ދެކުދިންނަށްވެސް އެފަދަ ބައިވެރިޔަކު ލިބޭނެ.” މަންމަ އެހެން ބުނުމުން ދެކުދިން ލަދުން ތިބީއެވެ. އެކަކަށްވެސް އެއްޗެއް ބުނެލާކަށް ނުކެރުނެވެ.

އެއްބަޔަކު މާދުރުގައި އުފާފާޅުކޮން ހަދާއިރު އަނެއްބަޔަކު މިތިބީ އޮޅުންބޮޅުން ގަނޑެއް ތެރޭއެވެ. ހަޤީޤަތެއް ވާއެއް ނުވައެއް އެނގެނީއެއް ނޫނެވެ. ތެދަކީ ދޮގުކަކީ ކޮބައި ކަމެއް ނޭނގެއެވެ. ވެގެން މިއުޅެނީ ނަޖިސްކަމެކެވެ. ކޮށްގެން އެއުޅެނީ ބޮޑުވެގެންވާ ފާފައެކެވެ. ދޮގު ހާދާ މީހެއް ތެދު ހާދާ މީހެއް އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟

ކޮފީ ހުސްވުމުންވެސް ނިދާކަށް ނުދިޔަ އެވެ. ފިލްމު ނިމެންދެން އެންމެން ތިބީއެވެ. ސީލާ ބެލްކަނިން ވެއްޓި މަރުވުމާއެކު ފިލްމުގެ ނިމުން ބައްދަލުކުރި އެވެ. ކަރުނައިން ލޯތަށް ރޮއްވާލަމުންނެވެ.

 

ނިދަން އޮށޯވެވުނު އިރު ލިނީމެންނަށް ދޭއްޖަހަނީއެވެ. އެނދުގައި އޮށޯވެ ހަމަނުޖެހެވެނީސް މާއިޒްގެ ފޯނު ރިންގުވިއެވެ. ފޯނު ނަގަމުން ކަންފަތުގައި އޭނާ ޖެއްސިއެވެ. ” މާއިޒް: ސަލާމް” އެއްކޮޅުން ސާއިލް ސަލާމަށް ޖަވާބުދެމުން ބުނެލިއެވެ. “ސާއިލް: ލިނީ ނިދީތަ. ބުނެބަލަ ފޯނު ބަލާށޭ އަވަހަށް” އިއްލެގެ އަޑުގައި ހާސްކަން އެކުލެވިގެންވިއެވެ. ބޮޑު ކަމެއް ނުވެ ދަންވަރު މީހަކު ނުގުޅާނެއެވެ. ކަމެއް ވެއްޖެއެވެ. މާއިޒް ގަބޫލުކުރިއެވެ. ވީކާމެއް ނޭނގޭތީ އޭނާގެ ނިތަށް ރޫތަކެއް އަރައިގެން ދިޔައެވެ.

 

“ލީނިޔާ: ކާކު ގުޅީ. ކިހިނެއްވީ”ކައިރީގައި އޮތް ލިނީ އަހާލިއެވެ. “މާއިޒް: އިއްލެ ގުޅީ. ބުނީ ލިނީ ކައިރީ ބުނެބަލާށޯ ފޯނު ބަލާލަބަލާށޭ” މާއިޒް އެއްފުންޔަކަށް ބުނެލިއެވެ. ފޯނު ހުޅުވާލިއިރު ވިހިފަހަރު ސާއިލް ގުޅާފައި އޮތެވެ. ބައިވަރު މެސެޖްތައްވެސް ހުއްޓެވެ. އިއްލެ ޖަހާފައިން ބަޔަށް ލިނީ ވަދެ ހުޅުވާލިއެވެ. ފަހަރަކު މެސެޖެއް ކިޔާލިއެވެ. ލިނީއަށް އެކިޔާފައި ވީގޮތެއް ވެސް ނޭނގެއެވެ. މިއީ ހަމަތެދެއްބާއޭ ބާރުބާރަށް ބުނެލެވުނެވެ. އެއަޑު އަހާފައި މާއިޒްވެސް އެފޯނަން ބަލާލީއެވެ. އޭނާ ސުބުޙާނަ ﷲ ކިޔާފައި އެޅީ އަނގަމަތީގައި އަތެވެ. ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ ލިބިގެން އެއުޅެނީ ކޮންކަހަލަ މެސެޖްތަކެއް ހެއްޔެވެ؟ އަނެއްކާ ބާސިލްމެން މީހަކު މަރުވީ ނޫން ބާއެވެ؟

 

 

ނިމުނީ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 34

Next

ދެވުނީ ވޭނޭ 35

Next
January 13, 2026

ދެވުނީ ވޭނޭ 35

Previews
January 12, 2026

އެދިގެން ކަލާ ލިބޭތޯ 34

12 Comments!

  1. Inernu 27 says:
    January 13, 2026 at 7:18 pm

    Hey isnaa… How old are you

    1. Isnaa says:
      January 13, 2026 at 7:31 pm

      Salaam Inernu 27 insha’Allah this year 22

    2. Inernu 27 says:
      January 13, 2026 at 8:27 pm

      Ooh…. Kon rasheh?

  2. Isnaa says:
    January 13, 2026 at 8:49 pm

    I’m from sh atoll

    1. Inernu 27 says:
      January 13, 2026 at 9:07 pm

      Ooh….. If you don’t mind Island bunefaanan thr…?

  3. Isnaa says:
    January 13, 2026 at 9:12 pm

    Public veema ingey
    Rashuge nan F in fesheynee

    1. Inernu 27 says:
      January 14, 2026 at 12:28 pm

      Ooh ok

  4. Isnaa says:
    January 14, 2026 at 12:33 pm

    Thy kon kuhjeh baa
    Age kihaa vareh baa

    1. Inernu 27 says:
      January 14, 2026 at 4:22 pm

      Eheheh u ah vureh kuda…… I’M 17 years old

  5. Isnaa says:
    January 14, 2026 at 6:38 pm

    Are you sh atoll
    Hope you like my story’s

    1. Inernu 27 says:
      January 14, 2026 at 8:05 pm

      Nahh Im from L atoll……. To be honest I didn’t read stories from hear…. My friend said comment eh kohla balaa shey… Ehnve comment eh kohli eyna ge name ga he read kurey stories thah…. My Name is Azaan….. And his name is inaan….

  6. Isnaa says:
    January 14, 2026 at 11:41 pm

    🫶❤️

Comments are closed.

Next Episodeއާއެކޭ ލޯބިވޭ… ތިރީސްވަނަބައި (ލީނިޔާ ލިޔުނު ސިއްރު ލަވަ)←


All Right Reserved!