Skip to content
އެސްފިޔަ

އާއެކޭ ލޯބިވޭ… ތިރީސްވަނަބައި (ލީނިޔާ ލިޔުނު ސިއްރު ލަވަ)

މިއީ އާއެކޭ ލޯބިވޭގެ ޚާއްސަ ބައެކެވެ. މިބައި ގެނެސްދޭނީ ލިނީ މާއިޒު ދެކެވާ ލޯބި އަންގައިދެމުން ލިޔެފައި ޅެމެކެވެ. މި ޅެން ލީނިޔާ ލިޔެފައި ވަނީ ކައިވެނި ކުރެވުނު ފަހުންނެވެ. ދިވެހި ލަވަ ސާހިބާގެ ރާގަށް ލިޔެ ތައްޔާރުކޮށްފައިވާ މި ރީތި ލަވަ ކިޔުންތެރިންނަށް ހަދިޔާއެކެވެ. އަޅުގަނޑުގެ މި އުފެއްދުންވެސް ތިޔަ އެންމެ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.  ވީޑިއޯ ލަވައެއްގެ ސިފައިގައިި މިލަވަ ގެނެސްދޭން އަޅުގަނޑު އެބަ ގަސްތުކުރަމެވެ. މިލަވަ ކިޔާލުމުގެ ޝައުގުވެރިކަން ހުރި ކުދިން ކޮމެންޓެއް ކޮށްލައްވަދޭށެވެ.       ****************************************

ޅެން: ތޯތޯނުވާ ލޯތްބެއް…             ރާގު: ސާހިބާ

އުންމީ ހަޔާތަށް ގެނުވައިފިއޭ

އުންމީދު އާރޯ ކުރުވައިފިއޭ

މާތަށް ބަހާރުގެ ފަރިވެއްޖެއޭ

ލޯބީގެ މޫސުން ތާޒާއައޭ

 

މާއިޒްގެ ލޯބިން ފުރިފާވިއޭ

މާއިޒް ހަނދާންތަށް ފިލުވައިދިނޭ

ފަތްތަށް ހަރީފުގެ ފޮޅިގެންދިއޭ

ގަހުގައި އެމާތަށް ފަރިވާނެއޭ

 

އުފަލުން މިހިތް ފަރުދާވިއޭ

އުފަލުގެ އަޒަލު ކީދާނެހޭ

މި އުފާ ހިތުން އުނިވާނެހޭ

މި ލޯތްބަށްޓަކައި ދިރިވާނަމޭ

 

މަސްތުން ދެހިތް ފުރިދާނެއޭ

މަސްތީ ގަދަރު އުފުލޭނެއޭ

އަބަދަށް ވަފާތެރި ވާނަމޭ

އަބަދީ އުޖާލު ދިރުވާނަމޭ

 

ހިތު ވިންދުގާވީ ޝާއިރުތިއޭ

ހިތު ލޯބި އަލާކުރުވާނެއޭ

ހިތިކަން ފިލައިގެން ގޮސްދާނެއޭ

ހިތްޗާވެ ކައްޗާ ނުވެދާނެއޭ

 

މާދަން އުޖާލާ ކުރެވޭނެއޭ

މާދަމުގެ ހުރިހާ ލިބިދާނެއޭ

މާދުރުގެ ފިނި ފައިބައޭ

މާދުރު ނުވާ ފޮނިލިބިދެއޭ

 

އޭނާ މިލޯބި ދަސްކޮށްދިނޭ

އޭނާގެ ލޯތްބެއް ތޯތޯނުވޭ

އާއެކޭ އެދެން ހިތްކިޔޭ

އާއެކޭ އެދެން ލޯބިވޭ

(ކިޔުންތެރިންގެ ސަމާލުކަމަށް)

ވާހާކައިގެ ބޭރުގަނޑުން އެ ފެންނަނީ ލީނިޔާއި މާއިޒްގެ ކައިވެނީގެ ތަސްވީރުތަކެވެ. މި ތަސްވީރުގެ އަޅުގަނޑުގެ ގުރޫޕުން މިހާރު ފެންނާއެވެ. ފޮޓޯތަށް ބަލާލަން ބޭނުން ކުދިން ގުރޫޕަށް ވަދެލަށްވާށެވެ. އޭރުން ފެނި ވަޑައިގަންނަވާނެއެވެ.          ❤️🥰🥀🤗🫶

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (9)

  1. Shaba_73

    Mee haqeeqyy story eh thr? ☺️

    1. Isnaa
      Shaba_73

      Aanekey loabivey vaahaka akee hama hiyaalee vaahaka haadhisaa thr kah alhugaduge amilla visnumaa hiyaalah liyaa vaahaka eh
      Mi vaahaka ga mi higaa kahala haadhisaa thr raajje ga ves higaane higaa fa hureeves
      Thank you 🫶🥰🥀❤️🤗

  2. Inernu 27

    Yrh nice question girl…. <3

    1. Isnaa
      Inernu 27

      Thank you dear
      Hope you both love this song
      IA vrh avaha vaahaka aan eku bahdhalu kohlaanan

      🫶🥰🥀❤️🤗

  3. Kujja

    Vara reethi lhemei.
    Vara molhu.
    Kihineyta das kuree lhen liyaan????

    1. Isnaa
      Kujja

      ވީ އުފާ ބުނެދޭން ދުލާއި ގަލަމުން ނުކުޅެދިއްޖޭ ”
      “ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ހިތުގެ އުމުގުން ފަށްފަށުން ޝުކުރުދަންނަވަން! ތިދެއްވި ލޯބި ލޯބި މެސެޖަށް
      އަލްޙަމްދު ﷲ ފުރަތަމަވެސް ޅެން ލިޔަން ދަސްވަމުން ދަނީ
      އަޅުގަނޑު ޅެން ލިޔަން މި ދަސްކުރަނީ ޅެންވެރިޔަކަށް ވުމުގެ ހުވަފެނުގައި
      ޅެން މިލިޔަނީ ހިތުން ސިފަވާ ގޮތްގޮތަށް
      އަޅުގަނޑުގެ ހިތުގައި ބަނޑުގައި ވާ އެއްޗެހި މި ލިޔަނީ
      މަޝްހޫރު ބޭފުޅުންގެ ޅެންތައް ކިޔާ ހަދަން އަޅުގަނޑު ވަރަށް
      ޅެމެއް ކިޔާލެވުނަސް ޅެމެއް ހަދާލެވޭނެ މިހާރު

      ވަރަށް އުފާވެއްޖެ ޅެން ލިޔަން މޮޅު ވާހަކަ ފާހަގަ ކޮށްލީމަ
      ޅެން ލިޔަން ދަސްކުރި ގޮތް އަހާލީމަ
      އަސްލު އަޅުގަނޑު ޅެންވެރިކަން އެއްވެސް ވަރަަކަށް ދަސްނުކޮށް ޅެން މިހަދަނީ މިއަދު މި ހިސާބަށް އާދެވުނީމަ ވަރަށް އުފަލުން މިހިރީ ކުރިއަށް އޮތްތައި އަޅުގަނޑުގެ ޅެންތައް އަންނާނީ ރީތި ވަމުން ފުރިހަމަ ވަމުން
      އަދިވެސް އެއްފަހަރު ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ކުއްޖާއަށް

      😊🫶♥️🥀🥰

  4. ....

    can I have permission to record this song in my voice?

    1. Isnaa
      ....

      Yes you can dear ❤️🫶

    2. Isnaa
      ....

      އަޅުގަނޑަށްވާނެ ލަވައިގެ އޯޑިއޯ އެއް ވީޑިއޯ އެއް ވިޔަސް ލިބެން
      !މެސެޖް ފެނުންލެއް މާބޮޑަށް ލަސްވީތީ ނިހާޔަތަށް މާފަށް އެދެން
      ވަރަށް ބޭނުންވެފައި މިހުރީވެސް މިޅެން ކިޔާލާނެ ކުއްޖަކަށް ވެސް ލަވައެއް ހަދަން
      ވަރަށް އުފާވެއްޖެއް ލިބިގެން ދިޔަ ތި ހުށައެޅުމަަށް
      އަޅުގަނޑު ހެޔޮ ހިތުން ލޮތްބާއެކު ތި ހުށައެޅުން ގަބޫލުކުރަން
      ❤️🫶☺️🥀🥰

Comments are closed.