ރީމާލް ފަސްވަނަބައި (ހަދިޔާފޮށިން ލިބުނު ބޮޑު ލަދު)
ވިއްސަކަށް މިނެޓް ތެރޭ ތާހިރުވެގެން ހުވަދު ލައިގެން ރުހައިސް ނިކުތެވެ. އާނޫގެ އެދުމަކަށް ރީމާލްއަށް އެއްޗެއް ގަންނަށް ބުނީމައެވެ. ރަށުމެދުގައި ހުރި ދެބުރި ފިހާރައަކަށް ސައިކަލު ދިޔައެވެ. ދާދި އިހަކަށް ދުވަހު ހުޅުވުނުތަނެއް ކަމަށް ވެއެވެ. މާމެލާމެލީގެ ބާވަތްތަށްވެސް އޮތީ އޮށްސާފައެވެ. ނަން ހުސްކޮންނެވެ. ލޯބިވެރިޔާއަށް މަލެއް ދޭންވިޔަސް އަނބިމީހާއަށް ދޭންވިޔަސް މިތަނުން ލިބޭނެއެވެ. ދުނިޔޭގެ ނަން މަޝްހޫރު އެތައް މަލެއް މިހިރީ އެވެ. ފިނިފެންމާ، ލޯތްބާއި ރީތިކަމުގެ ރަމްޒެކެވެ. ލިލީ، ސާފުތާހިރުކަމާއި މާތްކަން ރަމްޒުކޮށްދޭ މަލެވެ. އިރުމާ، އިރާ ދިމާލަށް އެނބުރޭ، ރީނދޫކުލަ ގަދަ ބޮޑު މަލެވެ. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. އިރުދޭމާ، ރޭގަނޑު ވަގުތު މުޅި ފަޒާގައި މީރުވަސް ފަތުރާލާދޭ މަލެވެ.
ބާޒާރުކޮށްގެން ދެމީހުންވެސް މިޝްރާބު ޖެހީ ހަސްފަތާލަށެވެ. މާތަކަށް ބަލަބަލާފައި ރުހައިސް މާބޮނޑިއެއް ރީމާލްއަށް ދޭން ތައްޔާރު ކުރިބާއެވެ. އަނެއްކާ އެއީ ކޮންކަހަލަ މާބޮނޑިއެއް ބާއެވެ. ފިނިފެންމާ ނޫނީ ލިލީމާ ބާއެވެ.
***********************************
އަތުގައި ހަތަރު ލިލީމަލުގެ ވަސް ބަލާލާފައި މޭގައި ޖައްސާލިއެވެ. މަޑު ދަނބު ކުލަޔާއި ހުދުކުލައިން ބަންދުކޮށްފައިވާ މާބޮޑި އެކެވެ. ސައިކަލު ގޮސް މަޑުކުރީ ހިޔާދޭ ގަހެއްގެ ދަށަށެވެ. އެގަހާއި އިންވެގެން ހުރި ގެއިން ކުއްޖަކު ކުޑަ ދެފޮށި ހިފައިގެން ނިކުތެވެ. އެއް ފޮށި އާނޫއަށް އަނެއްފޮށި ރުހައިސްއަށް ދިނެވެ.
” މީ ކޮންކަމެއް” ނޭނގޭ ކަމަށް ހެދެމުން އާނޯ ދެލޯ ބޮޑުކޮށްލިއެވެ. ” ތީ ދޭ ހަދިޔާއެއް” އެކުއްޖާ ހިނިތުންވެލާފައި ފަހަތަށް އެނބުރިލިއެވެ.
އެއީ މާލޭ ލޯންޗުން މެންދުރު އާނޫ ގެނައި އެއްޗެކެވެ. ރުހައިސް މިކަން ނާއްގަން އޭނާ ލައިލީއާއި ހަވާލުކުރީއެވެ. “ރީމާލްއަށް ދޭން ރަނގަޅު ކާއެއްޗެއްނު މިލިބުނީ” ފާނޑަކަށް ހެވިފައި ހުރެ އާނޫ ސައިކަލުގެ ޓިކީތެރެއަށް އޭނާގެ ފޮށިލިއެވެ.
އެ ފޮށީގެ ތެރޭގައި އޮތީ މާލޭގެ މަޝްހޫރު ބޭކަރީއެއްގެ ކޭކެކެވެ. އެވަރުން އޯޑަރުކޮށްގެން އެގެނައި ރުހައިސްއަށް ލަނޑެއްދޭށެވެ. މިއީ އާދައިގެ ކޭކެއް ނޫނެވެ. އޭގައި ޖަހާފައިވާ ނަމަކީ ރުހައިސް ލަދުގަންނާނެ ނަމެކެވެ. ރީމާލް އަޖައިބު އަންތަރީސްކޮށްލާނެ ފަދަ ނަމެއްވެސްމެއެވެ. މުޅި ހަސްފަތާލުގެ ކުރިމަތީގައި އޭނާގެ މޫނު ރަތް ވާނެއެވެ. ހާލު ބަލާލަންވެސް އަންނަން ނުކެރިދާނެއެވެ.
ކޮޅުކޮޅަށް ބައިގަނޑު ގަނޑަށް މީހުން ދުވަމުން ދިޔައެވެ. ހަވީރުގެ ފިނި ވައިރޯޅިތައް މަގުގެ ދެފަރާތުގައި ހުރި ބޮޑެތި ގަސްތަކުގެ ފަތްތަކާ ސަމާސާ ކުރަމުން ދިޔައެވެ. މުޅި މަގުމަތީގައި ވަނީ އަމާންކަމުގެ ސާލެއް ލެވިއެވެ. ކުޑަކުދިންތައް ސުކޫޓަރުތަކުގައި ދުވަމުންދިޔައިރު މޫނުމަތިން ހިނިތުންނުފިލައެވެ.
ސައިކަލުގެ ފަހަތުގައި އާނޫ އިށީނދެ ހަމަޖެހިލިއެވެ. ދުއްވަން އިނދެފައި ފަހަތަށް ބަދަލުވީ އޭނާ އަރާމުކޮށްލާށެވެ. ރުހައިސް މިސްރާބު ޖެހީ މެދުމަގައި ދިމާލަށެވެ. ހަނިގޯޅި ގަނޑަކުން ލާފައި ބޮޑު އިމާރާތެއްގެ ކުރިމައްޗަށް ސައިކަލު ހުއްޓާލިއެވެ.
ކުދިވެރިންގެ ހަލަނި ހަރާކަތްތައް ފޯނުގެ ކެމެރާތަކަށް ރައްކާކުރަމުން ބެލެނިވެރިން ދިޔައެވެ. އެކުދިންގެ ފަރި ހަރަކާތްތަކުން މުޅި ރަށަށް ދިރުން ގެނެސްދެމުންދިޔަ ކަހަލައެވެ. ބަލާލި ކޮންމެ ދިމާލަކުން ހިތްހަމަޖެހުން ވިދަމުންދިޔައެވެ. އެކަމަކު ރުހައިސްގެ ހިތްވަނީ ހާސްކަމެއްގެ ތެރޭއެވެ. ކަމެއް ވާން އުޅޭ ކަމުގެ އިހްސާސެއް އޭނާއަށް ދިޔައީ ކުރެވެމުންނެވެ.
ޒަމާނީ ފެންވަރުގައި ހަތަރު ފަންގިފިލާއަށް ހަދާފައި ހުރި ހަސްފަތާލެކެވެ. ހުދު ފެހިކުލައިގެ ފާރުތަކެވެ. މުޅި ގޯތިތެރެ ވަނީ ހިޔާދޭ ގަސްތަކުން ފުރިފައެވެ. ދޮރުން ބޯއްދިކޮށްލެވުނު އިރު ލިލީގެ މީރުވަހުގެ ތެރެއަށް ބޭސްވަސް ފޭދުނު ފަދައެވެ.
މައިދޮރުން އެތެރެއަށް ވަދެވުމުން އެގިގެން ދިޔައެވެ. އެތަނަކީ ދާދި ފަހުން ފަހުން އާބާތުރައި ފިލުވާފައިވާ އިމާރާތެކެވެ. ދެވައްތަރުގެ ސިޑިއާއި ލިފްޓުވެސް ހުރީ ހަރުކޮށްފައެވެ. ރުހައިސް ދުވާ ސިނޑިމަތީ ކައިރީ ހުއްޓާލިއެވެ. ފަހަތުން ހިނގާފައި އައި އާނޫ ހުރިތޯ ބަލާލި އެވެ. ފެންނަން ހިސާބުގަވެސް އޭނާ ނެތެވެ. އެހާ އަވަހަށް ވަދެގެން ދިޔަ ދިމާލެއްވެސް ނޭނގެއެވެ. ރީމާލް ވީ ކަތައް ވަނަ ފަންގިފިލާގައި ކަމެއްވެސް އޭނާއަށް އެނގެނީއެއް ނޫނެވެ. އައި ކޮޅަށް އަނބުރާލާފައި ރުހައިސްދިޔައެވެ. ކައުންޓަރު ކައިރީ ހުއްޓިލިއެވެ. ” މިއަދު މެންދުރު އެނދުމަތި ކުރި ކުއްޖާ ވީ ކޮން ފަންގިފާލެއްގަތޯ” ފަސްޖެހިފައި ހުރިކަން އެއަޑުން ހާމަވަމުންދިޔައެވެ. ” ކޮންބޭފުޅެއްތޯ ހަސަނިކުބެތޯ. އެބޭބެ ވީ ދެވަނަބައިގަ” ކައުންޓަރުގައި އިންކުއްޖާ އެހެން ބުނުމުން ރުހައިސް ބޯކަހާލިއެވެ. ލިފްޓުން ފައިބައިގެން އައި ނަރުހަކު ރީމާލްވީ ތިންވަނަ ބުރީގައޭ ބުނެލިއެވެ. “ރީމާލްވީ ތިންވަނަ ބުރީގެ ހަވަނަ ކޮޓަރީގައި” އެބަސް އުޅުއްވީ ޝަމާރާ ނޫން ދެވަނަމީހެއް ނޫނެވެ. އެއީ ހަމަ އެ ޝަމާރާއެވެ. އޭނާއަކީ ނަރުހެކެވެ. މިމަހު ފަހުކޮޅު ޑިޕްލޮމާ ނިމޭނެއެވެ. ވަޒީފާ ލެވަލް ތިނަކަށް ބަދަލުވާނެއެވެ.
އުފަލުން ފޮޅިފައިވައި ހިތަކާއެކު ދުވާ ސިޑިއަށް އޭނާ އެރިއެވެ. އެ ހިތް ރީމާލްދެކޭ ހިތުން ތެޅިފޮޅޭތައި ކޮން އިރެއްހެއްޔެވެ؟ ކުޑަކޮން ދޮރުގައި ޖަހާލާފައި ރުހައިސް ވަދުނެވެ. “އަހާ ރުހައިސް” މަންމަ ހަމަ ރުހައިސް ފެނުން އިރު ބުނެފިއެވެ. މާބޮޑި ދިއްކޮށްލުމުން ރީމާލް އޭގައި ހިފާފައި ޝުކުރު އަދާއެއް ނުކުރިއެވެ. “ދަރިފުޅާ! ޝުކުރެއްވެސް އަދާ ނުކުރާނަށްތައް” އެގޮތަށް ކަންތައް ކުރުމުން މަންމަ ހިތްހަމައެއް ނުޖެހުނެވެ. އަސްލު ރުހައިސް އައިލެއް ރީމާލްއަށް ލަސްވީއެވެ. އެހެން އެތައި އޮވެ ވަގުތަށް ގުނާލަ ގުނާލަ އޮންނަތައި އޭނާ ކޮންއިރެއް ހެއްޔެވެ؟ ބާރަ ޖެހީންސުރެން އޭނާ އޮންނަނީ އެތަނުގައެވެ. މިހާރު އެއޮތް ގެން ހަވީރު ފަހަނައަޅައި ދިޔައީއެވެ. ރޭގަނޑުވާން އުޅެނީއެވެ. ރުހައިސްއަށް އެއާދެވުނީއެވެ.
“ޝުކުރިއްޔާ!” ކުޑަކޮން ހީލަމުން ރީމާލް ބުނެލިއެވެ. ހާސްފަށުން ފީދާވެވޭފަދަ ޖާދުވީ ހީލުމެކެވެ. ދެކޮލަށް އެޅިފައިވާ އެހެރަ އަޑިކޮޅެވެ. ފިޔާތޮށިކުލައިގެ ގުދުރަތީ ތުންފަތްވެ. އެސްފިޔަތަކުގެ ނިވަލުގައިވި ފޮރުވިފައިވި ކަޅުކަން ގަދަ ކަޅިއެވެ. ހުދު ބޯކިރު ކޮޅެއް ފަދަ ވަށް ބޮޑު ދެލޮލެވެ.
“އަހާ ކޭކެއް ވެސް ހިފައިގެންތައް” ކުޑައްތަބެ ރީމާލް ބައްޕަ އަތަށް އިޝާރާތްކޮށް އަހާލިއެވެ. އޭރު ރީމާލް ކޮޅަށް ތެދުވެ ފަޑީގައި ލަށްވެލިއެވެ. އެ ކުޑަފޮށި ގަނޑަށް ބަލަން ހުރެލާފައި ރުހައިސް އެވެސް ރީމާލްއަށް ދިނެވެ. އޭގެ އެތެރޭގައި ވާ އެއްޗެއް ނޭނގޭ ހާލުއެވެ. ފިހާރައިން ނިކުމެގެން ދިޔަ މަގުމަތިން ލިބުނު އެއްޗެއްވިއްޔާއެވެ. އެދިނީ ކޮންތާކު ކާކު ކަމެއްވެސް އޭނާއަކަށް އެނގެނީ އެއްނޫނެވެ.
ފޮށި ހުޅުވާލި ރީމާލްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ދެފަރާތުގައި ތިބި މަންމައާއި ބައްޕަވެސް އެޔަށް ބަލާލި އެވެ. ނުވިތާކަށް ރީމާލް ބައްޕަ ހަރުއަޑުން ކިޔާލިއެވެ.
” އަވަސް ޝިފާއަކަށް އެދެން މަގޭ ޝާހީ އަމީރާ!” އިނގިރޭސިން ލިޔެފައިވާ އެ އިބާރާތް ކުޑައްތަބެ ކިޔާލިއެވެ. ރުހައިސް ލަދުން މަރުނުވީ ކިރިޔާއެވެ. މިކަމުގައި އާނޫގެ އަތެއް ނުވެނުދާނެކަން އޭނާއަށް ޔަގީންވިއެވެ. އެ ހިކިކަނދުރާ ފިލިއިރެއްވެސް ނޭނގެއެވެ. ވަރުގަދަ ލަނޑެއް ދޭން ރުހައިސް ރާވާލިއެވެ.
އާނޫ ކައިވެނި ކުރަން އެއުޅެނީ ރުހައިސްގެ އެންމެ ގާތް މިތުރާއެވެ. މިކަމެއް އާނޫއަށް އެނގޭހެން ހިއެއް ނުވެއެވެ. އެނގޭނައި ސުވާލު ފަށެއް ކޮށްލީހެވެ. އޭނާއަކީ ތާކު އިންނަށް ހަމަ ބޮލި ރަވައެކެވެ. އެ އަނގަ ހުއްޓޭ އިރެއް ވަރަށް މަދުވާނެއެވެ.
“ދައްތަމެން ބަލިވިޔަސް މިހާ ލޯބި ހަދިޔާއެއް ނުލިބޭ ވިއްޔަ” ކުޑައްތަގެ މަގްސަދަކަށް ވީ ރުހައިސް މާ ބޮޑަށް ރަކިކޮށްލުން ކަހަލައެވެ. އެތާ ހުންނަން ނުކެރިގެން އަވަހަށް އޭނާ ގޮއްސިއެވެ. މަޤްރިބް ނަމާދަށް ބަންގިވެސް ގޮވަން ކައިރިވާތީއާއެކުއެވެ.
ހަސްފަތާލުން ބޭރަށް ނިކުމެވުނުއިރު ދިޔައީ މާނޭވައި ލެވެމުންނެވެ. އެހާ ބާރަށް އޭނާ ހިނގައިފިއެވެ. ބޮލުގެ އިސްތަށިގަނޑު ރަނގަޅު ކޮށް ލަމުން އުޑަށް ނަޒަރެއް ދިނެވެ. ފެނަމުން ދިޔައީ ސިހުރީ މަންޒަރެކެވެ. އިރު އޭގެ ވާޖިބު އަދާކޮށްފައި ތިރިއަށް ފައިބަމުންދިޔަ އެވެ. އުދުރެސް ރަންކުލައިން ފެވެމުންދިޔައެވެ. ފިޔާތޮށިކުލައާއި ރަތްކުލައިގެ ހިޔަނިތަށް ޖައްވުގައި ފެވެމުންދިޔަ ކަހަލައެވެ. މުޅި ލޯމަތީ ކުރިހެ އެޅިގެންދިޔައީ ކުލައަލި ވިދުންގަދަ ކުރެހުމެކެވެ.
އަރިމަތިން ފެންނަށް އޮތް ކަނޑުގެ ރާޅުތައް މާދުރަށް ދަޅައަޅަމުން ދިޔައެވެ. ކާޅުތައް އެސޮރުމެންގެ ހާލިތަކަށް ދަތުރުފަށައިގެން އުޅުނެވެ. އަނދިރިވުމުގެ ކުރިން ހިމާޔަތް ލިބޭނެތާކަށް ދެވޭތޯއެވެ.
މަޑުމަޑު ފިނި ރޯޅިތަށް އެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. އޭގެން ކޮންމެ ފަހަރު ހީބިހި ނަގައިގެން ދާކަހަލައެވެ. ދާނެ ދިމާލެއް ނޭގަފައި ހުއްޓަށް މަގްރިބަށް ގޮވަން ފެށިއެވެ. ބަންގީގެ މޫރިތި ކަލިމަތަށް ކަންފަތުގައި ޖެހުމުން ހަމަޖެހުން ލިބިގެން ދިޔައެވެ. ދާންޖެހޭ ރާސްތާވެސް އެގިގެން ދިޔަފަދަ އެވެ. މަޑު ހިނގުމުގައި ގޮސް ގޯޅި އެޅިތަނުން މިސްކިތެއް ފެނިއްޖެއެވެ. އެ މާތަކުގައި ރީމާލް ފިރުމާލިތަން ސިފަވުމާއެކު އޭނާއަށް ހިނިތުންވެވުނެވެ. އާނޫގެ ނަން ބޮލަށް ވަދުމާއެކު އެހިނިތުންވުން ވިހަވެލިއެވެ.
ރުހައިސް ގެއަށް ދިޔައީ އިޝާނަމާދުންވެސް ފަސްވިފަހުންނެވެ. އެތައް ކަމަކާއި އޭނާއަށް ވަނީ ވިސްނަން ޖެހިފަ އެވެ. ރައްޔަގެ ކަންތައްގަނޑެވެ. އެކަންތަކުގައި އިނގިލި ދިއްކުރެވެނީ އޭނާއަށް ހަމަ ދޮންބައްޕައަށެވެ. ރައްޔަގެ ދޮންބަޕައަށެވެ. އެތައް ސުވާލު ތަކަކުން ބޯ ހީވަނީ ގޮވާފާނެހެންނެވެ. އެކުއްޖާގެ އަސްލު ބައްޕަ މަރުވީ ބާއެވެ. މަންމަ ދޫކޮށްލާފައި ދިޔައީ ބާއެވެ. ހަރަދުދީ ހާލުބަލައި ހަދައި ހެއްޔެވެ؟ ހިތުގެ ކަނަކުން ހާއްސަވަމުން އަންނަން ރީމާލް ކޮބާ ހެއްޔެވެ؟ އެފަކީރު ދެކިލާހިތްވެސް ވެއެވެ. އެކަމަކު އެތަނަން ދެން ދާނީވެސް ކިހިނެއް ހެއްޔެވެ؟ އާނޫގެ ސަބަބުން އޭނާ ކުޑައްތަބެމެން ކައިރީ ބޭޒާރުވެގެން ދިޔަ ކަހަލައެވެ.
“ދަރިފުޅާ ކާން އާދޭ އަވަހަށް” އަހަރެން ހަމަ ފެނުމާއެކު އާނޫ މަންމަ ކާން ގޮވައިފިއެވެ. ގޭތެރެ އޮތީ ނިކަން ހިމޭންކޮންނެވެ. އާނޫ ޚަބަރެއް ހިލަމެއްވެސް ނެތެވެ.
“ދޮންބެދައްތާ އާނޫ ނެތީތަ” އެންމެން ފަހުން ކޮޅު ކޮޅު ބަލަމުން ރުހައިސް އަހާލިއެވެ. އާނޫއަކީ މުޅި ގޭގޭ ރޫހެވެ. ކާގަޑީވެސް އެހާ ވާހަކަ ހުންނާނެއެވެ. ކާއެއްޗެހީގެ ހުރިހާ ރަހަތަކެއްް ކިޔައިދޭނެއެވެ. ނުވިތާކަށް އަޅާފައި ހުންނަށް ސާމާނުތައްވެސް ވަކިވަކިން ކިޔައިދޭނެއެވެ. “މީ ފިޔާ ލޮނުމެދު އަޅާފައި ހުރި ބަތެއް” ކާމޭޒުދަށުގައި ހުރި ގޮނޑީ ގައި އިށީދެލުމާއެކު ކަންފަތް ދަށުގައި އާނޫ ބުނެލިފަދައެވެ. ފަހަތަށްވެސް ބަލައިލީމެވެ. އާނޫ ހުރިތޯއެވެ. އޭނާއެއް ނެތެވެ. އެހެން އެބުނީ ދޮންބެދައްތައެވެ. ” އާނޫ ބަލިވެ އުޅެނީ ވެއްޖެ ކޮޓަރީގައި. އެބަޑެއްގައި އެހެން ދޭތެރެ ދޭތެރެއިން ނިކަން ރިއްސާތީ އުޅޭނެ.” ޖޫސް އަޅަމުން ދޮންބެދައްތަ ކިޔައިދިނެވެ.
“އެއްޗެއް ކައިފިތަ މިހާރު” ކާން ދިނުންވެސް އެއީ އެހާ ބޮޑު ކަމެކެވެ. ކަމެއް ވެއްޖެތައް ގޮހޮރަށް ކާއެއްޗެއްވެސް ލާނީ ހާހަކުން ފަހަރަކުއެވެ. ޑޮކްޓަރުން ދެކެ އެހާ ބިރުގަންނާނެވެ. ބަލިވެއްޖެނަމަ ތާކު ހުރި އެއީ ބޮޑު ފިނޑިއެކެވެ. ބޭސްކޮޅެއްވެސް ދެވެނީ އެހާ ހާލުން އެވެ.
ކާ އެއްޗެހީގައި ލާ ރަހައެއްވެސް އާނޫ ނެތުމުން ނޭނގުނެވެ. މިރޭގެ ބަތުގައި ލޮނު ހެޔޮވަރު ކަމެއް ވެސް އެނގެނީއެއްނޫނެވެ. ލޮނު ގަދަވެސް ވެދާނެއެވެ. ކުޅި ރަހަ މިހިރީ ހެޔޮވަރު ވަރަކަށް ހެއްޔެވެ؟ ނޫނީ މާކުޅި ގަދައީއެވެ.
ކައި ހަދައިގެން އަތްދޮންނަން ސިންކުދަށުގައި ހުރިއިރުވެސް ވިސްނެނީއެވެ. އާނޫ ކާން ނެތުމުގެ ފަޅުކަން ބަރުދާސް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކެވުނީ ކޮން ބާވަތެއްގެ މަހެއްކަންވެސް މިރޭ އެނގުނީއެއް ނޫނެވެ.
ތުންފުހެ ހަދާލައިގެ ރުހައިސް އާނޫ ދެކިލަން ދިޔައެވެ. އެކޮޓަރިއާއި އަރާ ހަމަވެފައި ތިންފަހަރު ޓަކި ޖަހާލިއެވެ. އެކޮޅުން އަޑެއް ބަޑެއް ނީވެއެވެ. ލިބުނު ސިހުމާއެކު ރުހައިސް ދޮރުން ވަދެގަތެވެ. ނިދާ ބޮކީގެ ފަނޑު އަލީގެ ތެރެއިން ރަތް ކުލަ ދަޅައަޅަމުން ދިޔަހެން އޭނާއަށް ހީވިއެވެ. ވަގުތުން ބަލާކަށް ނުހުރެވެ އޭނާ ބޮކި ދިއްލާލިއެވެ. އަލިވިހެންނެއް ހިޔެއް ނުވެ ބާރުބަށް ރުހައިސް ހަޅޭތްލަވައިގަތެވެ. “އާނޫ…” އާނޫއޭ ކިޔަމުންނެވެ. އެއަޑަށް ބަދިގޭގައި ހުރި ދޮންބެދައްތަވެސް ދުވެފައި އަތުވެއްޖެއެވެ. އަވަސް އަވަސްކޮން އާނޫ އޮތް އެނދާއި ދިމާލަށް ބަލާލިއެވެ. ފެނުނު މަންޒަރުން ވަގުތުން ރޮއިގަނެވިއްޖެއެވެ. އާނޫއަށް ކިހިނެއް ވީބާއެވެ؟ އެހާ ބާރަށް ރުހައިސް ހަޅާތް ލަވައިގަންނަން ވީ ކޮން ސަބަބަކާ ހުރެބާއެވެ؟ އާނޫ މަންމައަށް އެފެނުނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟
ނުނިމޭ
(ކިޔުންތެރިންގެ ސަމާލުކަމަށް) ވާހަކައިގެ ކުރިއަށް ހުރި ބައިތަށް ދެން އަންނާނީ “ޕުރޯ ސޮރީއެއްގެ” ގޮތުގައެވެ. ހިލޭ ކިޔުންތެރިން ދޫކޮށްލި މިފަސްބައި ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް އުންމީދުކުރަމެވެ.
އަޅުގަނޑުގެ ފަރާތުން ހުރިހާ ކިޔުންތެރީންނަށް “ބަހާރުގެ މާތަކުން ފަރިވީ, އުޖާލާ އަހަރަކަށް އެދެމޭ ހަރީފުގެ ރޯޅިވެސް ނުޖެހޭ، އަމާން ފޮނި ދަތުރަކަށް ކިޔަމޭ” އުފާވެރި އާ އަހަރަކަށް އެދެމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.






Pro story eh gothah leema alhugadu men kudhin nakah nukiyene isnaa pls upload it as a normal story vrh Loaibaaeku mi edheny hama ehme kamakah… ❤️
ވަރަށް ލޯތްބާ އިހްތިރާމާއެކު ތި ހިޔާލުވެސް ބަލައިގަނެފިން
😊♥️🥀
🫶🥰 ޝުކުރިއްޔާ
Dhen kon gothakah thi visnany 🤔❤️✨☺️
🥰🫶 ހާސްވެނުލައްވާ ހިލޭވެސް ކިޔާލެވޭނެ މިވާހަކަ
THANK YOU DEAR ❤️✨☺️🥀💯
🫶🥰
Haadha faruvaa Kuda eyy Mihaaru vrh lahun vhk up kurany vx 😏 thihen hadhanya readers kiyaa hitheh nuvaane……….
(!ކިޔުންތެރިންގެ ސަމާލުކަމަށް)
ސުކޫލު ޗުއްޓީ ދުވަސްވަރަށް ވެފައި ސުކޫލްތަށް ހުޅުވެން ކައިރި ވަމުންދާތީ މިއުޅެނީ ވަރަށް ބުރަކޮށް ނަންކާޑުހެދުމުގައެވެ. ކިޔުތެރިންގެ ކިބައިން ވާހަކަތައް ލަސްވަމުންދާތީ ނިހާޔަތަށް މާފަށްވެސް އެދެމެވެ. މިހުރިހާ ކަންތައްތަކެއް ނިމުންހާ އަވަހަކަށް ވާހަކަތައް ގެނެސް ދޭން ފަށާނަމެވެ
މިދުވަސްކޮޅުގެ ގޮތުން ވާހަކަ ލިޔަން ވަގުތުވެސް ނުވަނީއެވެ. މިކަމާ އަޅުގަނޑު ވެސް ނުހަނު ދެރަވެއެވެ. އެހެނަސް މިއަދު ކުރުވާހަކައެއް ލިޔެލާފައި ފޮނުވާލެވޭތޯ އެބަ މަސައްކަތް ކުރަމެވެ.
🫶🥰♥️🤗🥀
🫶😔 ތިކަން ވެސް ހިތަށް އަރާ ވަރަށް އެކަމާ ދެރަވެސް ވޭ