ރީމާލް… ހަތަރު ވަނަބައި (އެހަށިގަނޑުގައި ހުރީ އެންމެ ފަސްޕޮއިންޓް ލޭ)
އެތަނުގައި ތިބެލާފައި ގެއަށް ދާން ތެދުވީ ބާރަޖެހުމުންނެވެ. ބައިވަރު ވާހަކަތައް ރުހައިސް ކިޔައިދިނެވެ. އޭނާ އަނގަ ހުއްޓައިލީ އަހަރެން ގެއަށް ވަދުމުންނެވެ.
ކިތަންމެ ލަސްވެފައި ހުއްޓަސް ފެންވަރަށް ތައްޔާރު ވީމެވެ. އެނދުގައި އޮށޯތުމުގެ ކުރިން ތާޒާވެލަން ބޭނުންވާތީއެވެ. ދަނބުކުލައިގެން ނިދާ ހެދުން އެނދުމަތީ ބާއްވާލީމެވެ. ރީތިވާ ސާމާނުތައް ކައިރީ ބަހައްޓާލީމެވެ. ތުވާލި ހިފައިގެން ފާޚާނާއަށް ވަނީމެވެ. ފެންވަރާ ނިމިގެން ނިދަން އުޅެނިކޮށް ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ސޭވް ނުކުރާ ނަންބަރަކުންނެވެ. ގަޑިން އޭރު އެއްގަޑިބައިވެ ވެއްޖެއެވެ. އެހާ ދަންވަރު ރީމާލްގެ ފޯނަށް ގުޅާނީ ކާކު ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ އެފޯނަށް ރީމާލް ޖަވާބު ދާރީ ވާނެ ހެއްޔެވެ؟
**********************************
ހަތަރު މިނެޓުވެފައި ފޯނު ކެނޑިއްޖެއެވެ. އޮޅިގެން ގުޅުނު މީހެކޭ ހިތައި ނިދަން އެނދުގައި އޮށޯވެލީމެވެ. ރަނގަޅަށް ބާލިހުގައި އަތް ނުޖެހެނީސް އެނަންބަރުން ގުޅަންފެށިއެވެ. މުހިންމު ކަމަކު ގުޅާ މީހަކަށް ވެދާނެއޭ އޭނާ ހިތަށް އެރިއެވެ. ފޯނު އެހެން އޮވެފައި ކެނޑިފައި އަނެއްކާވެސް ރިންގްވިއެވެ. ބަލާލިއިރު ހަމަ އެނަންބަރުންނެވެ.
ކޮންމެ ގޮތެއް ވަރިހަމަކަމަށް އެ ފޯނު ރީމާލް ނެގިއެވެ.
“އައްސަލާމް އަލައިކުމް” ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ސަލާމުގެ މޫރިތި އާޔަތްތަކެވެ. ދަންނަން މީހެއްގެ އަޑުހެންވެސް ހީވިއެވެ. އިސްވެ ބުނެވޭ ވަރެއް ނުވިއެވެ. އޭނާގެ ނަން ބުނެފިއެވެ. ” މީ ރުހައިސް” މާވަރަކަށް ގުޅަމުން އެދިޔައީ އެރުހައިސްއެވެ. އެކަމް މިހާ ދަންވަރު ކީއްވެ ހެއްޔެވެ؟ “މި ގުޅާލީ ރީމާލް ނިދީތޯ ބަލާލަން” ދެންވެސް އެއްޗެއް ބުނީ އޭނާއެވެ. “އެއްޗެއް ހަމަ ނުބުނާނަށް ދޯ” ހެވިފައި ރުހައިސް ބުނެލިއެވެ. އަހަންނަށް އެވަގުތުވެސް ރުހައިސްްގެ މޫނު ސިފަވި ކަހަލައެވެ. “ނިދަން މިއޮތީ” މަޑުމަޑުން ރީމާލް ނިދާށޭ މިއޮތީ ބުނުލިއެވެ. ” އެހެންވިއްޔާ ބާއްޖަވެރި ރޭގަނޑަކަށް އެދެން! ބޭއްވީ ދެން އިނގޭ،” އަހަރެން އެއްޗެއް ބުނަންދެން އޭނާ މަޑުކޮށްލައިގެން ހުރި ކަހަލައެވެ. ނިދަނީ އޭ ބުނެލުމުން އެބޭއްވީޔެއެވެ. ކީއްވެކަމެއް ނޭނގެއެވެ. އަހަންނަށް މޫނުގައި ބާލީސް އަޅާލެވުނެވެ.
ކަޅު އަނދިރި ރޭގަނޑުގެ ސާލު ކަސްފުވަމުންދިޔައެވެ. އިރުމަތީ އުދަރެހުން އިރު ފާޅުވާން ފެށި އެވެ. ރިހިދިހުމުގެ އަލިކަމުން މުޅި ފަޒާ އުޖާލާ ކުރަމުން ދިޔައެވެ. ރޭގަނޑުގެ ހަމަހިމޭންކަން ކެނޑި، ދޫނިސޫފާސޫފީގެ މަޑުމައިތިރި ގޮވުންތަކުގެ އަޑު އިވެންފެށިއެވެ. އަރާމު ހެނދުނަކަށް އަލިވިލެން ދުނިޔެ ފޫގަޅާލިއެވެ. ކޮވިލި ކާޅުގެ އަޑު މިއުޒިކެއް ފަދައިން މުޅި ދޭހުގައި ގުގުމާލިއެވެ. އެސޮރުމެން ދަތުރަށް ފުރީކަން އަންގައިދެމުންނެވެ.
ފަތިހުގެ ތާޒާ ވައިރޯޅިތައް ހިނގާފައި ދިޔައިރު އައިސް ރީމާލްގެ މޫނުގައި ބީހިލީއެވެ. އޭނާގެ މުނިފޫހި ފިލުވައިދޭ ފަދަ އޯގާތެރިކަމަކާއެކުގައެވެ. ގަސްގަހާގެހީގެ ފަތްތަކުގައި ހަރުލާފައިވާ ފިނި ފޮދުތަކެވެ. ފަތިހުގެ ފަނޑު އަލީގައި ޖަވާހިރުތަކެއް ފަދައިން އެ ބަބުޅަމުންދިޔައެވެ.
މިސްކިތްތަކުން ފަތިސް ނަމާދުން، ފައިބައިގެން ދާ މީހުން ފެންނަމުން ދިޔައެވެ. އެމަންޒަރުތަކުން ދުނިޔެމައްޗަށް އާ ދިރުމެއް އަތުވެއްޖެއެވެ. އެއީ ހިނިތުންވެވުނު ރޭގަނޑަކަށްފަހު ލިބުނު އުންމީދީ ހިތްހަމަޖެހުމެކެވެ. ރޭގަނޑުގެ އެ ކޯލުން ރީމާލްގެ ހިތުގައި ފިނިފެންމާ ފޮޅުނެވެ. އެ އޯގާތެރި އަޑު ފަތިހުގެ މި ހިތްގައިމު އަލިކަމުގެ ތެރެއަށް ފޭދިގެންދިޔަ ފަދައެވެ.
އެމަގަށް އެޅުނު އިރު ނޭފަތުގައި ޖެހުނީ ކަނޑު ލޮނުގަނޑުގެ ތާޒާ ވަހެވެ. މަހަށް ފުރާ ދޯނި ފަހަރުތައް ބަނދަރުމަތީ ބަރިޖަހާލައި ތިއްބެވެ. ފަޅުވެރިން ފުރަން އަންނާނެ ވަގުތަކަށެވެ. ތަޅުދަނޑި އަނބުރާލުމާއެކު “ރީމާލްގެ ރަހަ” ހުޅުވިގެންދިޔައެވެ. ބުޅީގައި އަޅުވާފައި ހުރި ކައްކާހެދުން ރީމާލް އަޅުވާލިއެވެ. ލައިގެން ހުރި ހެދުން ހަޑިވުމުން ސަލާމަތްކުރާށެވެ. އެހެން ދުވަސްތަކާއި ހިލާފަށް ޖޯޝާއި ބުންވަރު މަސައްކަތުގައި އެކުލެވިގެންވިއެވެ. ހަލުވިވެފައި އެހާ ހަލަނިވެ. އާދަޚިލާފު ބާރެއް އެ ދެއަތުގައި ހުރިކަހަލައެވެ.
” ދަރިފުޅާ ދެ ފަޔަށް ހިނިއަރައިގެންތަ ތިއުޅީ މިއަދު. ތިހާ ހަލުވި ނުވިޔަސް ވާނޭ.” ރީމާލް އުޅެމުންދިޔަ ގޮތުން އެއްޗެއް ނުބުނެ އޭނާގެ މަންމައަކަށް ނުހުރެވުނެވެ. ހީވަނީ ތަކަށް ދާން ނުނިމިދާނެ ތީ އުޅޭހެންނެވެ.
ރުހައިސްގެ އަޑު ކަންފަތުގައި ޖެހުމުން އެހިތަށް އަރޯކަން ގެނެސްދެއެވެ. ނިވިފައިވާ އިޝްގުގެ ދަންމަރުގައި ހުޅުރޯވެއެވެ.
ދުވަން އަރައި ޓެނިސް އަތަށް ލައިގެން އާނޫ އައިސް ހުއްޓާލިއެވެ. ދާތަށް މޫނުމަތިން ތިކިޖަހަމުންދިޔައެވެ. އަހަންނަށް ބަލާލެވުނީ ރުހައިސް ހުރިތޯއެވެ. އޭނާއެއް ފެންނާކަށް ނެތެވެ. ހުރީ ހަމައެކަނި އާނޫއެވެ. އެހާވަރުން ދެތިންވައްތަރުގެ ހެދިކާ ހެދީމަވެސް އޭނާ ނައީތާއެވެ. ރީމާލްއަށް ބުނެވުނެވެ. އެވަރުންވެސް އާނޫއަށް އެއަޑު އިވިއްޖެއެވެ. އެއޮތް މާޑުން ބުނެލީމަވެސްއެވެ.
” ކާކު ނައޭ ތިބުނީ” ނޫންކަމަށް ހެދެމުން އާނޫ ދުރުބަލާއިއެވެ. އެބުނީ ކާކުގެ މުޚާޠަބެއް ކަން އޭނާއަށް ފަހުމްވިއެވެ.
ރީމާލް ހޫނު ކޮފީއެއް އާނޫއަށް ދިއްކޮށްލީއެވެ. އެކަން ފޮރުވާށެވެ.
” މިއަދު އެރުހޭ ވީ އެފަޅީގައި، މަމި އައީ ޑިއުޓީއަށް ދާން ޖެހޭތީ އަވަހަށް.” އާނޫ އެހެން ބުނުމުން އަންނާނެކަން އެނގުނެވެ.
“ކުޑައްތާ، ހެދިކާ ކޮޅެއް އަޅާބަލަ ކޮތަަޅަކަށް ނެތޭ ހުރެވޭކަށް” ކުޑައްތަ ކައިރީ އާނޫ ބުނެލިއެވެ. ހެދިކާ ކޮތަޅު ދިނުމުން އާނޫ ރުފިޔާ ދިއްކޮށްލިއެވެ. އެކަކުވެސް އެރުފިޔާއަކު ނުހިފިއެވެ. އެހެންކަމުން ކައުންޓަރުގައި ބާއްވާފައި ދިޔައީއެވެ.
” ބޯހަރު ކުއްޖެއް ސަހާދެއް މިބުނީ. ހެވޭ ބުނީމަވެސް އެދިޔައީ ބާއްވާފައެއްނު.” މަންމަ އާނޫ ދިޔަ ދިމާލަށް ބަަލަމުން ބޯހޫރާލިއެވެ.
އެއީވާ ފިސާރި އަންހެނެކެވެ. އޭނާއަށް ލިބިފައި އެހެރީ ސީދާ ދޮންބޭބެގެ ގޮތެވެ. ދޮންބޭބެވެސް އުޅެފައި ހުރީ ހަމަ އެގޮތަށެވެ. އެބައި މިއަދު ކެނޑިފައި ހުއްޓަސް މެއެވެ.
މާ ގިނައިރެއް ނުވެ އެ ނުފެނިގެން އުޅުނު ޝަޚުޞިއްޔަތު ފާޅުވެއްޖެއެވެ. އިރުގެ ރަންދަޅައިގެ ތެރެއިން ރުހައިސް ހިނގާލާފައި އައިގޮތެވެ. އޭނާގެ ކޮންމެ ފިޔަވަޅަކުން ރީމާލްގެ އެދުމުގެ ނިމުން ގެނުވިއެވެ. އެ އުޖާލާ ދެލޯ ފެނިލުމާއެކު މުޅި ނަފްސަށް އާރޯކަން ގެނެސްދިން ފަދައެވެ. އެހިނދު އެތުންފަތަށް ވެރިވީ ކުޑަކުޑަ ހިނިތުންވުމެކެވެ.
ރުހައިސް އައުމާއެކު، އޭނާގެ ހަށިގަނޑުން ދުވާ މީރުވަސް މުޅި ފަޒާގައި ހިފާލިއެވެ. “އަކުއާ ޑި ޖިއޯ”ގައި ހުންނަށް ކަނޑުގެ ތާޒާ ވަހެވެ. ނޭވާ ދަމާލައި ފުން ނޭވާއެއްވެސް ރީމްލަށް ލެވުނެވެ.
“ކިރު ކޮފީއެއް ކުޑައްތާ އިނގޭ” ރުހައިސް މަންމަގެ އަރިހުން އެދިލިއެވެ. ދެ ހެދިޔާ ތަށްޓަކަށް ލައިގެން މޭޒެއް ކައިރިއަށް ދިޔައެވެ.
ކެއުމަށް އެއީ ނިކަން އަވަސް ފަހުލަވާނެކެވެ. ލޮލު ފިޔަ ޖަހާލާހައި އަވަހަށް އެކޭ ނިންމައިފިއެވެ. އަހަންނަށް ބަތްކޮޅެއް ވެސް ކެވޭނީ މަދުވެގެން ތިރީސް މިނެޓުންނެވެ. އެހާ ލަސްވާނެ އެވެ.
ދެން ބައްދަލުވާނޭ ކަމެއްވެސް އެނގެނީއެއް ނޫނެވެ. ޑިއުޓީގައި ބުރަ ދުވަހަކަށްވެސް ވެދާނެއެވެ. ބަލަން ޖެހޭ މީހުންގެ ގޮތުން ހަވީރުވެސް ނުނިމިދާނެއެވެ.
ކިތަންމެ ބަޔަކު އަޔަސް އަހަންނަށް ފޫހިކަންވެރިވިއެވެ. ބޮލުގައި ގަދަޔަށް ރިއްސަން ފެށިއެވެ. ހޮޑު އަގަޔަށް އައީ ނުވެސް އެނގިހުއްޓައެވެ. ބައިވަރު ހޮޑު ރީމާލްއަށް ލެވުނެއެވެ. ހެނދުނު ހޭލީންސުރެ ގޮހުރަށް އެހުރީ ކާއެއްޗެއް ނުލައެވެ. ކުޑަމިނުން ފެން ފޮދެއްގެ މިންވަރުވެސް ނުބޯއެވެ.
ހަސްފަތާލަށް ގެންދިޔަ ތަނުން ރީމާލް އެނދުމަތި ކުރިއެވެ. ވަރުދެރަވެފައި ލޭ މަދުވެގެންނެވެ. އެ ހަށިގަނޑުގައި ހުރީ ފަސް ޕޮއިންޓު ލެޔެވެ.
“ފަހަރުގައި ލޭ އަޅަންވެސް ޖެހިދާނެ. ލޭ އަޅާނެ ބޭފުޅެއް ހޯއްދަވަފައި ހުރިއްޔާ ފަސޭހަވާނެ” ޑޮކްޓަރު ލޭއަޅާނެ ބޭފުޅަކު ހޯއްދެއްވުމަށް ލަފާދެއްވި އެވެ. އެ ޚަބަރަށް އާނޫގެ މަންމަ އާއި ބައްޕަވެސް ހަސްފަތާލަށް އަތުވެއްޖެއެވެ. ގަޑިތަށް ނިމާފައި ގެއަށްވެސް ނުގޮސް އާނޫވެސް އައީ ރީމާލް ދެކިލާށެވެ. އޭރު ރީމާލް އޮތީ ހުންވެސް އައިސްފައެވެ. ތުރުތުރު އަޅާއިރު ހީވަނީ އެހެންފަދަ ކަމެންހެންނެވެ.
“ރީމާލް, ބަލިވީމައި ހާދަ ދެރައޭ ދޯ ކައިވެނީގެ ކަންތައްތަކުގައިވެސް ނޭނގެ ބައިވެރި ވެވޭނެ ހެންނެއް” އާނޫ ހިތާމަ ފާޅުކުރިއެވެ. އޭނާގެ ކައިވެނީގެ ކަންކަމުގައި ބައިވެރި ނުވެވިދާނެތީއެވެ.
“ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު ފިރުކިފަވިޔަސް، ދާނަމޭ” އާނޫގެ އަތުގައި ހިފާލަމުން ރީމާލް ބުނެލީ މަޖާކޮންނެވެ.
” ހުން ހެވޭ ދެން ތި ނިދާލެވޭތޯ ބަލާ އިހަށް ދެން. ނަމާދުކޮށް ހަދައިގެން ހަވީރު އަންނާނަން. ” ހާވިރު އަންނަން ބުނެފައި އާނޫ ނިކުމެގެން ދިޔައެވެ.
ހާލުދެރަވެގެން ރީމާލް ބޭއްވި ކަން ރުހައިސްއަށް ވެސް އޮތީ އެނގިފައެވެ. ބަލަން ޖެހޭ ފަރާތްތައް ގިނަކަމުން ދެވޭގޮތްނުވީއެވެ. އަދި މިއިން އިރަކު ނިމީނެހެންނެއް ހިއެއް ނުވެއެވެ. ސުކޫލް އުމުރުފުރާގެ ކުދިންވެސް އެހާ ގިނައެވެ. ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރަށް ބޭނުން ރުހައިސް އިނީ ގަބުވެފައެވެ. ރީމާލް ދެކޭ ހިތުން ކެތްމަދުވެފައިއެވެ. ބަލިވެއްޖެއްޔާ ކުޑައިރުވެސް އޭނާ އެހާ ފިނޑިވާނެއެވެ. އިންޖެކްޝަން ދެކެ އެހާ ބިރުގަންނާއެވެ. ކުޑައްތަށް ބުނިގޮތުން ވިއްޔާ ކޮވިޑް ވެކްސިންވެސް ޖެހުނީ ބާރުކޮށްގެންނެވެ. ފަސް ހަ ނަރުހުންނަށްވެސް ނުހިފެހެއްޓިގެންނެވެ.
މިނެޓަކަށް ފަހު މިނެޓެއް ފާއިތު ވަމުން ގޮސް މެންދުރު ތިނެއް ޖަހާ ބޮޑުވެއްޖެއެވެ. ބާކީ އިނީ ބަލަން ޖެހޭ އެންމެ ކުއްޖެކެވެ. މާގިނައިރެއް ނުވެ ދެން ރީމާލް ފެނިދާނެއެވެ. ހިތާ ހިތުން ރުހައިސްއަށް ކިޔާލެވުނެވެ.
“ވަންނަވާ” އަދަބު އިހުތިރާމާއެކު ރުހައިސް އިޝާރާތްކޮށްލިއެވެ. ގޮނޑީގައި އިށީނދެ ހަމަޖެހުމުން އޮޅުންފިލުވަން ފެށިއެވެ.
” ކޮންނަމެއް ތޯ ކިޔަނީ.. ކިހިނެއްތޯ ވަނީ. ” ހިނިތުންވުމާއެކު އޭނާ އަހާލިއެވެ.
” މީ އަޅުގަނޑުގެ ދަރިފުޅު ރައްޔަ. ވަރަށް ދުރުދުރުން އެކަނި އުޅޭނީ. ގިނަވަގުތު އޮންނާނީ ކޮޓަރީގަ. ބޭރަށް ދިޔަޔަސް ވަކިން އުޅޭނީ.” ރައްޔަގެ މަންމަ ކުރުގޮތަކަށް ކިޔައިދިނެވެ. މިއީ އެކަހެރި ދިރިއުޅުމެއް އުޅެމުންދާ ކުއްޖެކެވެ.
“އުމުރުން ކިހާ ވަރެއް ވެއްޖެތޯ؟ އަބަދުވެސް މިހެން ތޯ އުޅެމުންދަނީ.” ބަލަން ޖެހޭ އެންމެ ފަހު ކުއްޖާއަށް ވުމުން ރުހައިސް އިނީ އަވަސްވެފައެވެ. ސުވާލުތައް ދިގުނުކޮށް ކުރުކޮށްގެން ކަހަލައެވެ.
” މިހާރު އޭނީ އަށާރަ އަހަރުވެފައިދޯ އާ ނަވާރަވެސް ވެއްޖެ. މިހެން ދެން އުޅެން ފެށީ އުމުރުން ތޭރަ ސާދަ އަހަރުގައި.” އެމޫނު މައްޗަށް ރޫތަށް އަރައި ގެންދިޔައެވެ. މިކަމުގައި ގޯހެއް އުޅޭކަން އޭނާގެ ހަވަނަ ހިއްސު ޤަބޫލުކުރިއެވެ.
“އޭގެ ކުރިން އެހެންވީމައި ރަނގަޅޭ ތިބުނީ. ތި ގޭގައި ކޮންބައެއް އުޅެނީ.” ކުޑަކޮން ވިސްނާލަމުން ރުހައިސް ބުނެލިއެވެ. ގޭގައި އުޅޭ މީހެއްގެ ފަރާތުން ގޯނާއެއް ލިބެނީ ކަމަށްވެސް ވެދާނެތީއެވެ.
” އަޅުގަނޑުމެން ގޭގައި އުޅޭނީ ހަތަރު މީހުން. އަޅުގަނޑުގެ ފިރިމީހާ ރައްޔަގެ ދޮންބައްޕަ. ހަގު ދަރި އޭނާއަށް ވާނީ އަދި ތޭރަ އަހަރު.” ރައްޔަގެ ދޮންބަޕައޭ ބުނުމުން ރުހައިސް ކަމެއް ފާހަގަކުރި އެވެ. ދޮންބައްޕަ އެނަން ކީވަގުތު ރައްޔަގެ މޫނުމަތިން ބިރުވެރިކަން ފެނުނެވެ. މަންމަ އެހެން ބުނެލިއިރު ރައްޔަ އިނީ ބިރުންގޮސް ހަލާކުވާވަރުވެފައެވެ.
“އަޅުގަނޑު ބޭނުން ރައްޔައާއި ވަކިން ބައްދަލުކޮށްލަން. މާދަން ވަކި ގަޑި އެއް ބުނެލާނަށް. އޭރުން މިވާ ގޮތެއް ސާފުވާނީ.” ނިންމާލަމުން ރުހައިސް އެދުނެވެ. ވަކިން ރައްޔާއާއި ބައްދަލުކޮށްލެވޭނެ ގޮތެއް ހަދައި ދިނުމަށެވެ.
އަސުރުވަގުތައް ޓިއުޓީ ނިމުމުން މިސްކިތަށް ދިޔައީ އޭނާ ޖަމާއަތުގައި ބައިވެރިވެވޭތޯއެވެ. ގެއަށް ގޮސްގެން ހުރިހާ ރަކުއަތެއް ނުލިބިދާނެތީއެވެ. ފަރުޟު އަދާކޮށްގެން ބާރުދުވެލީގައި ސައިކަލުގައި ނައްޓާލިއެވެ.
“އޭ އަވަސްކޮށްގެން ހިނގާބަލަ ރީމާލްއަށް އެއްޗެއް ގަންނަށް ގޮސްލަން” އާނޫ ދޮރުން ވަންނަމުން ދިޔަ ރުހައިސްއަށް ބުނެލިއެވެ.
ވިއްސަކަށް މިނެޓް ތެރޭ ތާހިރުވެގެން ހުވަދު ލައިގެން ރުހައިސް ނިކުތެވެ. އާނޫގެ އެދުމަކަށް ރީމާލްއަށް އެއްޗެއް ގަންނަށް ބުނީމައެވެ. ރަށުމެދުގައި ހުރި ދެބުރި ފިހާރައަކަށް ސައިކަލު ދިޔައެވެ. ދާދި އިހަކަށް ދުވަހު ހުޅުވުނުތަނެއް ކަމަށް ވެއެވެ. މާމެލާމެލީގެ ބާވަތްތަށްވެސް އޮތީ އޮށްސާފައެވެ. ނަން ހުސްކޮންނެވެ. ލޯބިވެރިޔާއަށް މަލެއް ދޭންވިޔަސް އަނބިމީހާއަށް ދޭންވިޔަސް މިތަނުން ލިބޭނެއެވެ. ދުނިޔޭގެ ނަން މަޝްހޫރު އެތައް މަލެއް މިހިރީ އެވެ. ފިނިފެންމާ, ލޯތްބާއި ރީތިކަމުގެ ރަމްޒެކެވެ. ލިލީ, ސާފުތާހިރުކަމާއި މާތްކަން ރަމްޒުކޮށްދޭ މަލެވެ. އިރުމާ، އިރާ ދިމާލަށް އެނބުރޭ، ރީނދޫކުލަ ގަދަ ބޮޑު މަލެވެ. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. އިރުދޭމާ، ރޭގަނޑު ވަގުތު މުޅި ފަޒާގައި މީރުވަސް ފަތުރާލާދޭ މަލެވެ.
ބާޒާރުކޮށްގެން ދެމީހުންވެސް މިޝްރާބު ޖެހީ ހަސްފަތާލަށެވެ. މާތަކަށް ބަލަބަލާފައި ރުހައިސް މާބޮނޑިއެއް ރީމާލްއަށް ދޭން ތައްޔާރު ކުރިބާއެވެ. އަނެއްކާ އެއީ ކޮންކަހަލަ މާބޮނޑިއެއް ބާއެވެ. ފިނިފެންމާ ނޫނީ ލިލީމާ ބާއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





