Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ކަލާއަށް އެދޭތީ 3

Ara
Ara Level 210 Stories100 Comments
January 5, 2026 3 Mins Read
14 Comments

މެންދުރުގެ ވަގުތެވެ. ޒިޔާން އޮތީ އެކަނިވެފައެވެ. އޭނާގެ ރަހުމަތްތެރިންވެސް މިވަގުތު ތިބީ ބޭރުގައެވެ. އޭނާ ގަދަކަމުން ތެދުވެ އެނދުގެ މަގަތުގައި އިށީނދެލިއެވެ. ފައިގައި އިންތިހާ އަށް ރިއްސި ނަމަވެސް އޭނާގެ ހިތުގައި އޮތީ އަޒުމެކެވެ. އޭނާ ބޭނުންވީ ޝިފާ ހޯދާށެވެ. ޒިޔާން މަޑުމަޑުން އެނދުން ފޭބިއެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. އޭނާ ފާރުގައި އަތް ވިއްދަމުން ކޮޓަރިން ނިކުމެ ބޯދިއްކޮށްލިއެވެ. ނަރުހުންގެ ސްޓޭޝަން ކައިރީގައި ޝިފާ ހުއްޓާ އޭނާއަށް ފެނުނެވެ. ޝިފާ ހުރީ އެހެން ނަރުހަކާ ވާހަކަދައްކާށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ޒިޔާން ފެނުމާއެކު ޝިފާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. އޭނާގެ ދެލޮލުން ފެނުނީ ނުރުހުމެވެ.

“ޒިޔާން! ކީއްކުރަން ތި ނިކުތީ؟ އަވަހަށް އެނދަށް ދޭ.” ޝިފާ ދުރުގައި ހުރެ ބާރަށް ބުންޏެވެ. “އަދި ކިރިޔާ ފައިގެ ލޭ މަނާވީ. ތިގޮތަށް ހިނގަން ވެއްޖިއްޔާ އިއްޔެ އަޅުގަނޑުމެން ކުރި ހުރިހާ މަސައްކަތެއް ފެނަށް ދާނެ. ޒިޔާންގެ އަމިއްލަ ފުރާނައަށް ތިހާ ފަރުވާކުޑަ ކުރަނީ ކީއްވެ؟” ޝިފާ ޒިޔާންގެ އަތުގައި ހިފާލީ އޭނާ ވެއްޓިދާނެތީއެވެ. ޒިޔާން ހުއްޓުނެވެ. އޭނާ ބޭނުންވީ ކުރިއެކޭވެސް އެއްފަދައިން ބާރަށް އެއްޗެކޭ ބުނާށެވެ. ނަމަވެސް ޝިފާގެ ދެލޮލުން ފެނުނު އިހުލާސްތެރި ކަންބޮޑުވުމަކީ ޒިޔާން މީގެ ކުރިން ދުވަހަކުވެސް މީހެއްގެ ފަރާތުން ތަޖުރިބާކޮށްފައިވާ ކަމެއް ނޫނެވެ.

“މަ… މަ މި އައީ ބުނަން…” ޒިޔާންގެ އަޑު މަޑެވެ. އޭނާ އިސްޖަހާލައިގެން ހުރެ ބުންޏެވެ. “ކައޭ އެރޭ މަ ސަލާމަތްކުރީމަ… ޝުކުރިއްޔާ. އަދި… މަށަށް ބުނެވުނު އެއްޗެއްސަށް…” ޒިޔާންއަށް އެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަ ދެރަވެފައިވާ ކުލަވަރުން އޭނާގެ ހިތުގައި އުފެދިފައިވާ “ލަދުވެތިކަން” ޝިފާއަށް އިހުސާސްވިއެވެ.

ޝިފާ ފުން ނޭވާއެއްލިއެވެ. “ޒިޔާން. އަޅުގަނޑު މާފަށް އެދޭކަށް ނުބުނާނަން. އެކަމަކު އިންސާނަކަށްވީތީ އެކަކު އަނެކަކަށް ދޭންޖެހޭ ގަދަރާއި އިހުތިރާމަކީ އެއީ ކޮންމެ ތަނެއްގައިވެސް އޮންނަންޖެހޭނެ އެއްޗެއް.” ޝިފާގެ އަޑު މިފަހަރު މަޑުވިއެވެ. “ހިނގާ އެނދަށް ދާން. ތި ޒަހަމުން އަނެއްކާވެސް ލޭ ފައިބަން ފަށައިފި. އިތުރު ފަރުވާއެއް ބޭނުންވޭތޯ އަޅުގަނޑު އަލުން ޗެކްކޮށްލަން ޖެހޭނެ،” ޝިފާ ބުންޏެވެ. ޒިޔާން އެއްޗެކޭ ނުބުނެ ޝިފާގެ އެހީތެރިކަމާއެކު ހިނގަމުން ދިޔައެވެ. އޭނާގެ މުޅި އުމުރުގައިވެސް މީހެއްގެ އެހީތެރިކަމަކީ ބަލިކަށިކަމެއް ކަމަށް ދެކުނު ނަމަވެސް ޝިފާގެ އަތުގެ ބީހުމުން އޭނާގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.

“ޝިފާ…” ޒިޔާން ވަރަށް މަޑުމަޑުން ގޮވާލިއެވެ.

ޝިފާ ހުއްޓިފައި ޒިޔާންއަށް ބަލާލިއެވެ.

“މަށަށް އެނގޭ މަ މިއީ ކޮން ކަހަލަ މީހެއްކަން. މާލޭގެ އެންމެން މަދެކެ ބިރުގަނޭ ނޫނީ ނަފުރަތުކުރޭ.” ޒިޔާން އިސްޖަހާލަމުން ވަރަށް މަޑުމަޑުން ބުންޏެވެ. “އެކަމަކު ކައޭ… ކައޭ އާ ދީމާލަށް މަ އެ ވަރަށް އެއްޗެހި ކީމަވެސް އަދިވެސް ތި އުޅެނީ މަ ސަލާމަތްކުރަން. ކީއްވެ؟” ޝިފާ ހިނިތުންވެލިއެވެ. އޭނާގެ ހިތުގައި ޒިޔާންއާ މެދު އުފެދިފައިވާ ފޫހިކަން ކޮންމެވެސް ވަރެއްގެ ހަމްދަރުދީއަކަށް ބަދަލުވާން ފެށިއެވެ. އޭނާއަށް ވިސްނުނީ ޒިޔާންގެ އެ ހަރުކަށި ސިފައިގެ ފަހަތުގައި ފޮރުވިފައިވަނީ އޯގާތެރިކަމަކީ ކޮބައިކަން ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ އެކަނިވެރި ފުރާނައެއް ކަމުގައެވެ. “އަޅުގަނޑު މިއީ ނަރުހެއް. އަޅުގަނޑުގެ ވަޒީފާއަކީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުން. އެއީ ޒިޔާން ކަމަށް ވިޔަސް ނޫނީ އެހެން މީހަކަށް ވިޔަސް.” ޝިފާ ވަރަށް ސާބިތުކަމާއެކު ބުންޏެވެ. “އެކަމަކު ޒިޔާން ބުނި އެއްޗެހިން އަޅުގަނޑުގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނު. އެއީ އަޅުގަނޑަކީވެސް އިހުސާސްތަކެއް ހުރި އިންސާނަކަށް ވާތީ.” ޝިފާ އަލުން ޒިޔާންގެ ފައިގެ ބޭސްގަނޑު އޮޅަން ފެށިއެވެ. “ޒިޔާންއަށް ހީވަނީތަ މީހުން ބިރުގަންނަވައިގެން އުޅުމަކީ ބާރުގަދަކަމެކޭ؟ އަސްލު ގަދަ މީހަކީ އަމިއްލަ ނަފުސާއި ބަސްމަގު ކޮންޓްރޯލް ކުރަން އެނގޭ މީހާ. އަދި އެވެސް ރުޅި އަންނަ ވަގުތުތަކު.” ޒިޔާން ބަސްހުއްޓުނެވެ. އޭނާގެ ހިތަށް އެރިއެވެ. މިއީ ކޮން ކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ އޭނާގެ ދިރިއުޅުމުގައި ދިމާވާ އެހެން މީހުން އޭނާގެ ކުރިމަތީގައި ތުރުތުރުލާއިރު ޝިފާ މި އުޅެނީ އޭނާއަށް ދިރިއުޅުމުގެ ފިލާވަޅުތައް ދަސްކޮށްދޭށެވެ. ޝިފާގެ އަތުގެ މަޑު ބީހުމުން ޒިޔާންގެ ހަށިގަނޑަށް ވަމުންދިޔަ ތަދުވެސް ކުޑަވާހެން އޭނާއަށް ހީވިއެވެ.

ދެން ދުވަހަކުވެސް ކައޭއާ ދިމާލަށް އެކަހަލަ އެއްޗެއް މަ ނުބުނާނަން،” ޒިޔާން ވަރަށް މަޑުމަޑުން ބުންޏެވެ. “މަށަށް އެނގެނީ މަގުމަތީގެ ބަސްމަގު. މިތާ އުޅެންވާ ގޮތެއް މަށަކަށް ނޭނގޭ.” ޝިފާ ޒިޔާންގެ މޫނަށް ބަލާލާފައި ކުޑަކޮށް ހިނިތުންވެލިއެވެ. “އެންމެ ރަނގަޅު. އެކަމަކު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކައޭ ކިޔުން ހުއްޓާލުން.” ޝިފާ ޒިޔާންގެ ޒަހަމްގައި ބޭސްއަޅައި ނިންމާލުމަށްފަހު އެނދުގެ މަގަތުގައި އިން ގޮނޑީގައި އިށީނދެލިއެވެ. “ޒިޔާން… ކީއްވެ ތިކަހަލަ ދިރިއުޅުމެއް ހިޔާރުކުރީ؟” ޝިފާ ވަރަށް މަޑުމަޑުން އަހާލިއެވެ. “ތިއީ ހަމަ ގަސްތުގައި ބޭނުންވެގެން އުޅޭ އުޅުމެއްތަ؟” ޒިޔާން ފުން ނޭވާއެއްލިއެވެ. އޭނާގެ ލޮލުން ފެންނަނީ މާޒީގެ ހިތި ހަނދާންތަކެވެ. “މަށަކަށް ނޭނގެ. ކުޑައިރުން ފެށިގެން މަށަށް ފެނުނީ މަގުމަތި. ގެއަކީ ހަމައެކަނި ނިދާލަން އޮންނަ ތަނެއް. މަގޭ ރަހުމަތްތެރިން މަގޭ އާއިލާއަކީ.” ޒިޔާން ކިޔައިދިނެވެ. ޝިފާގެ ހިތުގައި ރަހުމް އުފެދުނެވެ. “އެކަމަކު މިހާރު ޒިޔާންއަށް އެނގޭނެ އެއީ ރަނގަޅު ގޮތެއް ނޫންކަން. މިފަހަރު މިވީ ކަންތަކުންވެސް އިބުރަތެއް ލިބިއްޖެއެއްނު؟”

“އާނ… އިއްކޮމެން މަ މިތަނަށް ގެނައީ އެކަމަކު، އެރޭ މަ މަރުގެ ތުންފަތްމަތީ އޮތްއިރު މަގޭ ފުރާނަ ސަލާމަތްކުރަން ހަނގުރާމަކުރީ ޝިފާ” ޒިޔާން ޝިފާގެ ލޮލަށް ބަލާލިއެވެ. “މަށަކީ ކާކުކަން އެނގި ހުރެ މަދެކެ ނަފުރަތުކުރާނެ އެތައް ސަބަބެއް އޮއްވާވެސް ޝިފާ މަ ސަލާމަތްކުރީމަ މަ ހައިރާންވޭ.” ޝިފާ ކުޑަކޮށް ހިނިތުންވެލިއެވެ. “އަޅުގަނޑު ޒިޔާންދެކެ ނަފުރަތެއް ނުކުރަން. އަޅުގަނޑު ނުރުހުނީ ޒިޔާންގެ އަމަލުތަކާ މެދު. އަދިވެސް ޒިޔާންއަށް ބަދަލުވެވިދާނެ.”

މި ދަނޑިވަޅުގައި ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޒިޔާންގެ ރަހުމަތްތެރި އިއްކޮއެވެ. “އޭ ކަޅޭ! ކޮބާ ކިހިނެއް؟ މަ މި އައީ އެކަން ނިންމާލާފަ. އެ ސޮރުގެ ދުވަސް…” އިއްކޮގެ ވާހަކަ މެދުކަނޑާލީ ޒިޔާންގެ އަތުގެ އިޝާރާތުންނެވެ. “އިއްކޮ މިތަނުގަ ތިކަހަލަ ވާހަކަ ނުދައްކާ” ޒިޔާން ވަރަށް ހަރުކަށިކަމާއެކު ބުންޏެވެ. “އަދި މިހާރުން ފެށިގެން މި ކޮޓަރި ތެރޭގައި އެއްވެސް މީހަކު އަޑުގަދަކޮށް ނަރުހުންނަށް އިހުތިރާމް ކުޑަވާ ފަދަ ގޮތަކަށް އުޅެގެން ނުވާނެ. އެނގިއްޖެ؟”

އިއްކޮ ހައިރާންވެފައި ޒިޔާންއަށާއި ޝިފާއަށް ބަލާލިއެވެ. އޭނާގެ ހަރުކަށި ލީޑަރުގެ ފަރާތުން މިފަދަ ބަދަލެއް އަތުވެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. ޝިފާގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

ޝިފާ ތެދުވެގެން ދާން ހިނގައިގަތެވެ. “ޒިޔާން ބޭސްތައް ގަޑިއަށް ކާތި. އަޅުގަނޑު އިރުކޮޅަކުން އަންނާނަން ޗެކްކޮށްލަން” ޝިފާ ބުންޏެވެ.

“ޝިފާ…” ޒިޔާން ގޮވާލިއެވެ. ޝިފާ އެނބުރި ބަލާލުމުން ޒިޔާން ހިނިތުންވެލިއެވެ. އެއީ އޭނާގެ މޫނުމަތިން ފެނުނު ފުރަތަމަ ހަޤީޤީ ހިނިތުންވުމެވެ. “ޝުކުރިއްޔާ.”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

އެކުގައިވާނަން-23

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 13

Next
January 5, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 13

Previews
January 5, 2026

އެކުގައިވާނަން-23

14 Comments!

  1. Fiza says:
    January 5, 2026 at 1:03 pm

    Alheyy…. Vrh Salhi. Dhen heevanee mulhin thafaathu Ziyan eh fennan gina dhuvaheh nuvaanehen. Next episode ah kehmadhu.. ❤️

    1. Ara Ara says:
      January 5, 2026 at 3:46 pm

      Thank you 😊🫶🏻

  2. Shaba_73 says:
    January 5, 2026 at 2:00 pm

    Vrh reethi MA??
    Ziyern Mihaaru islaah vaan ulhey hen eba heevey!
    Curiously waiting for the next part when’s next?? Tomorrow up kohdhehchey!! ❤️✨🤞☺️

    1. Ara Ara says:
      January 5, 2026 at 3:47 pm

      Yeah tomorrow.. thank you 😊🫶🏻

  3. Azaa~ says:
    January 6, 2026 at 10:53 am

    Wowwww MA!!!
    Vvv reethi mi part ves
    Impatiently waiting for the next part
    Tc💌

    1. Ara Ara says:
      January 6, 2026 at 2:09 pm

      Thank you 😊

  4. Fiza says:
    January 6, 2026 at 4:56 pm

    Kobaa miadhuge bai. hureveniyyeh noon kiya hithun.

    1. Ara Ara says:
      January 6, 2026 at 6:09 pm

      Reyga upload kuran laafa inaanee adhi inee pending ga

  5. Shaba_73 says:
    January 6, 2026 at 6:23 pm

    Adhives pending ga tha???

    1. Ara Ara says:
      January 6, 2026 at 6:49 pm

      Yes still pending ga inee

  6. Anonymous says:
    January 6, 2026 at 8:22 pm

    ވަރަށް ރީތި އަދި މޮޅު ވާހަކައެއް މީ. ވަރަށް އިންތިޒާރު ކުރެވޭ ކޮންމެ ދުވަހެއްގެ ބަޔަށް ވެސް

    1. Ara Ara says:
      January 6, 2026 at 10:10 pm

      ޝުކުރިއްޔާ 😊🫶🏻

  7. Eshal says:
    January 6, 2026 at 10:49 pm

    V v v salhi mi story…next part kiyaa hithun mihiry..can’t wait..

    1. Ara Ara says:
      January 7, 2026 at 12:02 am

      Thank you so much 😊🥰

Comments are closed.

Next Episodeހިތް ކަލާއަށް އެދޭތީ 4←


All Right Reserved!