Skip to content
އެސްފިޔަ

ތިޔައީ ހަނދޭ-4

ބުރަ ދުވަހަކަށް ފަހު ބްޜޭކް ލިބުމުން ރަޝްނާން ބޭނުންވީ ސިކުނޑި ތާޒާ ކޮށްލުމަށް އެއްޗެއް ބޯލާށެވެ. މިއަދު ކައިފް ނާންނާތިވެ އޭނާ އިނީ ފޫހި ވެފައެވެ. އެކީގައި ތާކަށް ގޮސްލާކަށް ކައިފް ނެތިއްޔާ ނެތެވެ. ފޯނު ބަލަމުން ރަޝްނާން ގޮސް ވަނީ އޮފިސް ކައިރީ ހުރި ކޮފީ ވިއްކާ ތަނަކަށެވެ. ބިއްލޫރި ކުދަދޮރު ކައިރީ ހުރި ގޮނޑީގައި ރަޝްނާން އިށީންތާ މާގިނަ އިރެއް ނުވެ އޭނާ ކައިރިއަށް ކުއްޖަކު އައެވެ.

“ކޯއްޗެއް ތޯ ބޭނުމީ..؟” ދަންނަ އަޑެކެވެ. ރަޝްނާން އިސްއުފުލައި ބަލައިލިއެވެ.

*ޕާރޓް-4*

ހަަމަ އެމޫނުކޮޅެވެ. ވަރަށް ވެސް މައުސޫމް އެވެ. މިކުއްޖާ މަސައްކަތް ކުރަނީ މިތާގަ ހެއްޔެވެ؟ އަނެއްކަ ފަހަރާ ދިމާވީއެވެ.

“އެކްސްޕްރެސޯއެއް..” ރަޝްނާން އެކުއްޖާގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. ރަޝްނާން ބަލާތީވެ ޒަހްރާ އިސްޖަހާލިއެވެވެ. އޭނާ ލަދުގަތީއެވެ.

“އެއްމެ ރަގަނޅު..” ޒަހްރާ އެހެން ބުނެ ހިގައިގަތެވެ.

ރަޝްނާން އިނީ ޒަހްރާ އަނެއްކާ އަންނާނެ އިންތިޒާރެއް ގައެވެ. އޭނާ އެކުއްޖާ އާއި ބެހޭ މައުލޫމާތު ހޯދަން ބޭނުމެވެ. އެކަމަކު ނުދަންނަ މީހަކު އެގޮތަށް މައުލޫމާތު އެހުމުން އެކުއްޖާ ހިތައް އަރާނީ ކީއްހެއްޔެވެ؟ ކޮންމެ ގޮތެއްވިއަސް އޭނާގެ ހުވަފެނުން ފެންނަން އަންހެންކުއްޖާ އާއި މި އަންހެން ކުއްޖާ އާއި ގުޅުމެއް ވެއެވެ.

ޒަހްރާގެ ފުރަތަމަ ދުވަސް ކަމުން އޭނާ އިނީ ކުޑަކޮށް ބިރުންނެވެ. ކަމެއް ގޯސްކޮށް ކުރެވިދާނެތީވެ އޭނާ އިނީ ހާސްވެފައެެވެ. ކޮފީ ހިފައިގެން ދަމުން ޒަހްރާ ފުން ނޭވާ އެއް ދޫކޮށްލިއެވެ. މަޑުހިގުމެއްގައި ފަރުވާތެރިކަމާއި އެކު ހިގައިފައި ދަނިކޮށް ހަމަ ރަޝްނާން އާއި އަރާ ހަމަ ވުމާއި އެކު ޒަހްރާ އަތުން ކޮފީތަށި ވެއްޓުނެވެ. އޭތި އެޅުނީ ރަޝްނާންގެ ގަމީހަށެވެ. ރަޝްނާން އަށް ތެދުވެވުނެވެ. ދިލަނަގަމުން ދިޔައީ އަމަަށަކު ވަރަަކަށް ނޫނެވެ. ޒަހްރާ އަށް ވާނި ކިހިނެއްހެއްޔެވެ؟ ޒަހްރާ އަތް ތުރުތުރު އަޅައިގަތެވެ. އޭނާ އިނީ ހުއްޓުން އަރާފަ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އޭނާ އިންތިހާ އަށް ބިރުގަތެވެ. އަނެއްކާ އޭނާ މި ވަޒީފާ އިން ބޭރުކޮށްލާނީ ހެއްޔެވެ؟ ޒަހްރާ އަވަސް އަވަހަށް ގަމީހުގައި އިން ރުމާލެއް ކަހަލަ އެއްޗަކުން ރަޝްނާންގެ ގަމީސް ފުހެދޭން ފެށިއެވެ.

ރަޝްނާން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަޅަމުން ދިޔަ ވޭން މަތިންވެސް ިއރުކޮޅަކުން އޭނާ ހަދާން ނެތުނެވެ. ޒަހްރާގެ މޫނު އިނީ ރަޝްނާންގެ މޫނާއި ވަރަށް ކައިރީގައެވެ. ޒަހްރާގެ މޫނުމަތިން ކިތައްމެހާވެސް ހާސްކަން ފެންނަން ހުއްޓެވެ. އޭނާގެ ހަރަކާތްތަށް އަވަހެވެ. ޒަހްރާ ހުއްޓުން އެރީ ރަޝްނާން އޭނާގެ އަތުގައި ހިފޭއްޓުމުންނެވެ. ޒަހްރާ ރަޝްނާން އަށް ބަލައިލީ ހައިރާންވެ ހުރެއެވެ.

“އިޓްސް އޯކޭ..” ރަޝްނާން މަޑުމަޑުން ބުނެލިއެވެ.

“އޯކޭ އޭ..؟!! ހޫނު ކޮފީ އެއެޅުނީ..!!” ޒަހްރާ އަށް ހަޅޭ ލަވައިގަނެވުނީއެވެ.

ރަޝްނާން ހަމަ ބަލަހައްޓައިގެން ހުރީއެވެ. ޒަހްރާ ރަޝްނާންގެ އަތުގައި ހިފައިގެން ނުކުތީ ބޭރަށެވެ. ރަޝްނާން އިނީ ވާނުވާގައެވެ. އަނެއްކާ ވެސް ޒަހްރާ ވަދެއްޖެއެވެ. ހަމަ އަނެއްކާ ވެސް ޒަހްރާ އައިސް ރަޝްނާންގެ އަތުގައި ހިފައިގެން ހިގައިގަތީ އެވެ.

“މިދަނީ..؟” ރަޝްނާން އަށް ނުހުރެވިގެން އަހާލިއެވެ.

“މިދަނީ އަހަހަރެންގެ ގެޔަށް.. މިތާ ކަންމަތީގަ އިންނާނީ..” ޒަހްރާ ޖަވާބު ދިނެވެ.

އެގެޔަށް ގޮއްސަ ޒަހްރާ ހުޝާމްގެ ގަމީހެއް ރަަޝްނާން އަށް ދިނެވެ. އަދި ފެންވަރައިގެން ގައި ހިއްކާނެ ތުވާއްޔަކާއި އެލޯވެރާ ފަތެއް ވެސް ދިނެވެ. އެލޯވެރާ ފަތް މޭމަތީގައި ކުޑަކޮށް ހާކާލައިފައި ރަޝްނާން ވަނީ ފެންވަރާށެވެ. ފެން ވަރަން އިނީރު އޭނާ އަށް ވިސްނެމުން ދިޔައީ ޒަހްރާ އާއި މެދުއެވެ. ޒަހްރާ ހާދަ ރަގަނޅެވެ.

ރަޝްނާން އަނެއްކާ ވެސް އޮފިހަށް ދިޔައީ ފެންވަރައި ތާޒާ ވެލައިގެންނެވެ. އޭނާ އަށް އެއަންހެން ކުއްޖާގެ ނަން ވެސް އެނގިއްޖެއެެވެ.

“ޒަހްރާ..” ރަޝްނާން އެނަން ކިޔާލިއެވެ. އަދި ހިނިތުން ވެލިއެވެ.

ކްލާސްތައް ނިމުމުން ޔޫރާ ވެސް ނުކުތީ ގެޔަށް ދާށެވެ. އޭނާ އިނީ ނިދި އައިސް ފައެވެ. ރޭގައި ފިލާވަޅު ދަސް ކުރަން މާގިނައިރު އިދެވުނީއެވެ. މަޑު ހިނގުމެއްގައި ޔޫރާ ކޮލެޖް ގޭޓް އިން ނުކުތީރަށް އޭނާ އަށް ފޯނެއް އައެވެ. ބަލައިލިއިރު އަރުފާން އެވެ. ހީލާފައި ޔޫރާ ފޯނު ނގައި ކަންފަތުގައި ޖައްސާލިއެވެ.

“ހަލޯ..” ޔޫރާ ގޮވާލިއެވެ.

“ބަލާބަ ބޭބީގެ ކަނާތް ފަރާތް..” އަރުފާން އެހެން ބުނުމުން ޔޫރާ ފުޅާ ހިނިތުން ވުމަކާއި އެކީ އޭނާގެ ކަނާތް ފަރާތް ބަލައިލިއެވެ. އޭރު އަރުފާން އިނީ ހިނިތުން ވެލައިގެން ސައިކަލު މަތީގައެވެ. ގާތަށް އައުމަށް އަރުފާން އިޝާރާތް ކޮށްލިއެވެ.

“ތިއައީ އަހަރެން ބަލާތަ..؟” ޔޫރާ ގޮސް އަރުފާން ކައިރީ ހުއްޓިލަމުން އަހާލިއެވެ.

“ހޫމް.. ދެން އަވަހަށް އަރާ..” އަރުފާން ސައިކަލު ސްޓާޓް ކޮށްލަމުން ބުނެލިއެވެ. ދެމީހުން ވެސް ދުއްވާލަން ގޮށްސައި އަރުފާން އައިސް ޔޫރާމެން ގޭ ދޮރުމައްޗަށް ހުއްޓިލިއެވެ. ޔޫރާ ފައިބައިފައި ދަނީއޭ ބުނެލިއެވެ.

“އުހުން، އަދި ނުދެވޭނެ..” އަރުފާން ޔޫރާގެ އަތުގައި ހިފިއެވެ. ޔޫރާ ބުމަ އަރުވާލީ ކިހިނެއްވެހޭ އަހާ ގޮތަކަށެވެ. އަރުފާން ކުޑަކުއްޖެއް ފަދައިން އޭނާގެ ކޮލުގައި އިނގިލި ޖައްސާލިއެވެ. ޔޫރާ ހީލައިފައި އަރުފާންގެ ކޮލަށް ބޮސްދިނެވެ.

“ދެން އޯކޭތަ..؟” ޔޫރާ އަހާލިއެެވެ. އަރުފާން ބޯޖަހާލާފައި ޔޫރާ ވަންނަންދެން ބަލަން ހުރީއެވެ.

ޔޫރާ ވަދެގެން އައިރު ރަޝްނާން ފެނުނެެވެ. ރަޝްނާން ފެނުމާއި އެކު އޭނާ ހައިރާން ވިއެވެ. ރަޝްނާން ލައިގެން އެހުރީ ކޮން ގަމީހެއް ހެއްޔެވެ. ގައިމުވެސް އެއީ ރޭގައި އޭނާ ރަޝްނާން އަށް އިސްތިރިކޮށްދިން ގަމީހެއް ނޫނެވެ.

“ދޮންބެ ލައިގެން ތީނީ ކޮން ގަމީހެއް..؟” ޔޫރާގެ މި ސުވާލާއި އެކު ރާނިޔާގެ ވެސް ޝައުގުވެރިކަން ހުއްޓުނީ ރަޝްނާން އަށެެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. Shaba_73

    Mi part vx vrh reethi MA!!
    Rashnaan ah xahra kanne huvafenuga e fehnanee!
    Rashnaan and xahra vrh gulhey hehe..😀
    Finally rashnaan ah name ingihje ehnu xahra ge..
    Rashnaan keekey baa bunaany?? 🤔
    Aww yoora and arufaan so cute… 😍
    Between me first dhw yaya 😅☺️🤙
    Curiously waiting for the next part
    when’s next?
    Luv you & Tc 🤞💖

  2. _MuXo_

    Thank you Shaba_73! 🤗
    Vedhaane hama rashnaan ah huvafenun fennanee zahra kamahves! 🤭
    Next part ga igeyne dhw rashnaan bunee kee key kan! 🔍
    Yes you first congra! 🥰
    Next part ves varah reethi!
    You also take care my love! 😘Love you too! ✌

  3. Anonymous

    Muxo what’s your name can u tell me please 🙏
    Just asking ingey it’s ok if you tell in here

    1. _MuXo_
      Anonymous

      My name is Muxna! 🥰
      Why are you so desperate to know!

  4. 💚🤍💚

    Maasha Allah🫶🌼🌼
    MuXo an adventurous Autor…. You’re making me so so Dreamy of Ur Tales…This story is best of all..May Allah SWT Accept all Ur Dua🤲🖤🖤 InshaAllah…You know,I write so so many long stories now…I don’t have confidence to show it to other bcxx of There words must make me embrass…Even though I write stories I can’t share public…I even never get a chance phone bcxx I’m too small…..Anyways ,So so sry for My Bio…
    When s, Next?Six
    LysxXxm
    Tc of Yourself & You’re Family🫶❤️

    1. _MuXo_
      💚🤍💚

      Thank you so much darling! 🤭
      Great to know that you also like to write stories! Inshaallah one day your stories would be one of the best stories! 🥰
      Next part ves v avahah!
      Love you more baby! 😘
      You also take care! 🤗

  5. XxX

    Aww..So so beautiful Story aslu…Rashnan Oww I think his queen come egadeega haha RaaniYa & Yooshau I miss U ❤️ where are you from ??Plxx tell me Are U a Maldivian county Girl

    1. _MuXo_
      XxX

      Glad to know that you like my story! 🤗
      I’m from M.Atoll! Well M.kolhufushi!
      Well dhivehi story liyeveynee maldivian akah vegen dhw! 🤭

  6. Anonymous

    Ooh ok… Your name is so cute

    1. _MuXo_
      Anonymous

      Awwn! Thank you! 🥰

  7. Alaika_22

    Mi part ves Vrh Reethi MA!!!! 💗
    Rashnaan ah Zahra ge name inguny ehnu……
    Rashnaan keekey Baa bunaany Yoora ehn Eheema 🙂
    Zahra and Rashnaan Vrh gulhey……
    Curiously waiting for next part……
    Whn nxt……????
    Lysm and Tc my dear author

  8. _MuXo_

    Thank you Alaika_22! 🤗
    Lets see dhw rashnaan bunaanee keekey thw dhw! 🔍
    Glad you like them togather! 🤭
    Next part ves Inshaallah v avahah upload kohdheynan! 🥰
    Love you too! 😘
    You also take care my honey! ✌

  9. Miss jennie

    Mi part ves varah reethi curiously waiting for next part????

    1. _MuXo_
      Miss jennie

      Thank you!
      Next part ves v avahah Inshaallah!

  10. 🤭

    Do you have a crush Could you plx tell me right now I just wanna know if u don’t wanna just never tell

    1. _MuXo_
      🤭

      Nahh.. I don’t have one..

  11. 😶

    Are you lying
    Hiyeh nuvey nuhunaane heneh

    1. _MuXo_
      😶

      Why are you asking..?
      Well I have celebrity crushs..

    2. 🤭
      😶

      Nahhh..it could happen,Sis I also never had one yet or anytime

  12. 😶

    Oh who is ur celebrity crush

    1. _MuXo_
      😶

      Why you asking..?

  13. 🤭

    I bet, it’s not me asking about when you just answer…Well,I ‘ll say I ‘m. So sorry for asking I also didn’t have one Yet…In my opinion All of them are SaMe taking advantage from us…

Comments are closed.