Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގަ ނިމިގެން ދިޔުން ބޭނުމޭ…! (1)

nukko Level 110 Stories100 Comments
February 23, 2016 8 Mins Read
19 Comments

އަހަރެން ރަށަށް 4 އަހަރުކޮށްފައި އައިރު ރަށަށް ވަނީ ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަހަރެންގެ ގިނަ އެކުވެރިންތަކެއް ވެސް ވަނީ އެކި  ވަޒީފާތަކަށް ވަދެފައެވެ. އަހަރެންނަކީވެސް މިހާރު މާލޭގެ އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހެކެވެ. އަހަރެން ރަށްދޫކޮށް ދިޔައީ މީގެ 6 އަހަރު ކުރިންނެވެ. އޭގެ ފަހުން އެއްފަހަރު އައިގޮތަށް އަހަރެން ނައިސް ހުރެފައި މިއައީ މި އަހަރުއެވެ.

ކުރިން ފަސްގަނޑު މަޑުކޮށް އޮންނަ ރަށުގެ ބޮޑުމަގުގައިވަނީ ތާރުއަޅާފައެވެ. ގިނަ ގޭގޭ ދެބުރި ތިންބުރިއަށް ހިއްލާލާފައި ވާއިރު ރަށުގެ ސަރުކާރު އޮފީސްތަށްވެސް ވަނީ ފެންވަރު ރަނގަޅުކޮށް ހަދާފައެވެ. ކުރިން 4 ކޮޓަރިއާއި 4 ފާހަނާ އާއި އެކު ހުރި އަހަރެންގެ މަންމަގެ ގެ ވެސް ވަނީ ދެބުރިއަށް ހިއްލާލާފައެވެ. އެވެސް ދޮންބެގެ މަސައްކަތެވެ. ދޮންބެ އުޅެނީ މި އަތޮޅުގެ އެހެން ރަށެއްގެ ކުއްޖަކާއި އިނދެގެންނެވެ. މިހާރު އެއީ 2 ކުދިންގެ ބައްޕައެކެވެ. ދޮންބެ އަކީ އަތޮޅު ހޮސްޕިޓަލް ގެ ވެރިޔާގެ އިތުރުން އަމިއްލަ މަސައްކަތުންވެސް ލާރި ހޯދާ ކެރޭ މީހެކެވެ. ތިރީބައިގައި ދޮންބެ އުޅޭއިރު މަތީބައި އަދި  ކިރިޔާ ހަދާ ނިމުނީ އެވެ. ދޮންބެ ބުނި ގޮތުގައި އެއި އަހަރެންގެ ބައެވެ. ގޭގެ ބޭރުގައި ކުޑަވަރެއްގެ ބަގީޗާއެއްއޮތް އިރު އެއީ ދޮންބެ ދައްތަގެ މަސައްކަތްކަން އަހަންނަށް ނަގައިގަންނާ ކަށް އުނދަގުލެއް ނުވިއެވެ. ދޮންބެ ދައްތަ ގަސް ހެއްދުމަށް އެހާފޯރި ހުރޭވިއްޔާއެވެ.

އަހަރެން ރަށަށް އައި އިރު ދޮންބެމެން ވީ ދޮންބެ ދައްތަ  ރަށަށް ގޮސްލާއެވެ. އަހަރެން ބަލާ ދޮންބެ ގެ އެކުވެރި ހަސަން އައިސް ހުއްޓެވެ. ގެޔަށް ގޮސް ސިޑިން މައްޗައް އަރައިފައި އަހަރެންގެ ކޮޓަރިކަމަށް ދޮންބެ ބުނެފައި ވާ ކޮޓަރި ހުޅުވާލީމެވެ. އެއީ ދޮރުން ވަންނަ އިރަށް ފުރަތަމަ އަށް އިންނަ ކޮޓަރި ކަމުގައި ދޮންބެވަނީ ބުނެފައެވެ. ކޮޓަރި ހުޅުވާލާފައި ވަދެލީމެވެ.

“ވާއޮ…….” އަހަރެންނަށް ބުނެލެވުނެވެ. ކޮޓަރީގައި ވަނީ އަހަރެންގެ ފޭވަރިޓް ކުލަތަށް ކަމުގައިވާ ހުދު ކަޅު އަދި އަޅިން ޕެއިންޓް ކޮށްފައެވެ. އަދި ފަރުނީޗަރ ތަށްވެސް ވަނީ އެ ކުލަ ތަކާއި ގުޅުވާލެވުފައެވެ.  ކޮޓަރީގެ އެއްފަޅީގައި ކިންގް ސައިޒުގެ ކަޅު ކުލައިގެ އެނދެއް ހުއްޓެވެ.އެނދު މަތީގައި މަޑު މަޑު މެޓްރެސް އެއް އަޅާފައި އޮތެވެ. އެނދުގެ އެއްފަޅީ ގައި ސައިޑް ޓޭބަލް އެއްހުއްޓެވެ. ދެން އިނީ ސޯފާއަކާއި ބިއްލޫރި މޭޒެކެވެ. ބިއްލޫރި މޭޒުގެ ދަށުގައި މަޑު މަޑު ރަގް އެއް އަޅާފައި އޮތެވެ. ދޮރު ފޮތިތަށް ވެސް ހުރީ އަޅި އާއި ކަޅާއި ހުދުން ގުޅުވާލާފައެވެ. އަހަރެން ގޮސް ދޮރުފޮތިތަށް ކަހާލީމެވެ. އެތާ ހުރީ ކަޅު ބިއްލޫރި ޖަހާފާ ހުރި ބޮޑު ދޮރެކެވެ. އެއީ ދެފަރާތަށް ކެހޭކަހަލަ ދޮރެކެވެ. އަހަރެން ދޮސް ދޮރު ހުޅުވާލީމެވެ. އަހަރެން އަނގަ ހުޅުވިގެން ދިޔައީ ބެލްކަނީ ފެނިފައެވެ. އެކި ކުލަ ކުލައިގެ މާމެލިން ވަނީ ބެލްކަނީ ފަޅުފިލުވާލާފައެވެ. އެތަން ބަލާ ލުމަށް  ފަހު އަހަރެން އެތެރެއަށް ވަނީމެވެ. އޭރު ހަސަންބެގެ އަންހެނުންވެސް ހުއްޓެވެ. ” ކޮބާ އަލަމާރި އާ ޑްރެސިންގ ޓޭބަލް؟”  އެ އެއްޗެހި ފެންނަން ނެތުމުން އަހަންނަށް އަހާލެވުނެވެ. ހަސަންބެ އިޝާރާތް ކޮށްލީ އަހަރެންގެ ފުރަގަހަށެވެ. އޭތާ ހުރީ ބެލްކަނީ ގައި ހުރި ކަހަލަ ދޮރެކެވެ. ނަމަވެސް އެއީ ޕްލާސްޓިކް ހުރު ކުލައިގެ ދޮރެކެވެ. އަހަރެން ގޮސް ހުޅުވާލީމެވެ. އެތާ ހުރީ 4 ދޮރުފަތް ލީ އަލަމާރިއެކެވެ. ހުދު ކުލައިގެ އެ އަލަމާރީ ގައި ކަޅާއި އަޅިކުލައިގެ މާތަކެއް ކުރުހާފައި ހުއްޓެވެ. ޑްރެސިންގ ޓޭބަލް ވެސް ހުރީ ހަމަ އެއްގޮތަކަށެވެ. އަހަންނަށް ކޮޓަރި ވަރަށް ކަމުދިޔައެވެ. ދޮންބެ ދިން އެންމެ އަގުބޮޑު ހަދިޔާ އަކީ މިއެވެ.

އެވަގުތު އަހަރެންގެ ފޯން ރިންގް ވާން ފެށިއެވެ. ގުޅަނީ ދޮންބެ އެވެ. “ހަލޯ” ” ތޭންކްސް ދޮންބޭ.. ވަރަށް ރީތި ކޮޓަރި… އައި ކާންޓް ބިލީވް އިޓް.. ހަމަ ރީ ބޭނުން ވި ގޮތަށް.. ތެންކް ޔޫ ސޯ ސޯ މަޗް..” ދޮންބެ ހަލޯ ބުނުމާ އެކު އަހަރެން ބުނެލީމެވެ. ” އަނެއްކާ ކާކު ކޮޓަރި އަކަށް ތި ވަނީ..؟ ރީ ކޮޓަރީގަ އަދި ތަށި މުށިވެސް ނުޖަހަން.. އެހެން ބުނަން މި ގުޅީ…” ދޮންބެ އެތެރެ އަށް ހިނިގަނޑު ހިފަހައްޓައިގެން ހުރެ ބުންޏެވެ..”ދެން ދޮންބޭ… އަސްލު ތަ..؟ ސޮރީ.. އެކަމް މިއީ ކާކު ކޮޓަރި އެއް؟ ” “ހަހަހަހަ ތިއީ ހަމަ ރީ ގެ ކޮޓަރިއޭ… ހަހަހ ހައްދާލައިފީމެއްނު… ކޮޓަރީގެ ވާހަކަ އަހަން ވެގެން މި ގުޅީ ވެސް. ދޮންބެ ވަރަށް އުފާ ވެއްޖެ ރީ އަށް ކަމުދިޔައީމަ..” ދޮންބެ އެންމެ ފަހުން ބުންޏެވެ. އަހަރެން ދެންންން އޭބުނެލީމެވެ. ދެބެން ވާހަކަ ދައްކާލާފައި ފޯން ބޭއްވީ އޭގެ 20 ވަރަކަށް މިނިޓް ފަހުންނެވެ. އޭގެ އިރުކޮޅެއް ނުވެ އަނެއްކާވެސް ދޮންބެ ގުޅައިފިއެވެ. “ހަލޯ” ” ހަލޯ ރީ.. މީ ދޮންބެ ދައްތަ އޭ.. މާދަމާ ދޭބަ މިރަށު ލޯންޗެއް ތިކޮޅަށް.. މިކޮޅަށް އަންނަން ވީނުން.. 2 ހަފްތާ ފަހުން ދައްތަ މެން ވެސް ތިކޮޅަށް ދާނަން.. އެންމެން އެއްކޮން ދާގޮތަށް.. މާދަން 00 3 ގަ ލޯންޗް ތިކޮޅުން ނައްޓާލާނެ…” ދޮންބެ ދައްތަ ގުޅީ އަހަރެން އެކޮޅަށް ގެންދަންވެގެންނެވެ. ” އަމް.. އޯކޭ.. ރި ވެސް 4 އަހަރު ވެއްޖެ ތިރަށަށް  ނުދާތާ..ދާނަން އިނގޭ.. ” އަހަރެން ޖަވާބު ދިނީމެވެ. އާނ އޯކޭ އޭބުނެ ދޮންބެ ދައްތަ ފޯން ބޭއްވިއެވެ. އަހަރެން އެރޭ ހަސަންބޭ މެން ގެއިން ކައިގެން އައިސް ޕެކްކޮށްލީމެވެ. އަދި އެނދަށް އެރުމަށް ފަހު އަހަރެން ޑާޓާ ޖެއްސުމައްފަހު ރައްޓެހިންނާ އެކު ޗެޓްކޮށްލާ ފައި ނިދި އިރު ގަޑިން 30 12 ވެއްޖެއެވެ.

ފަތިހު އަހަންނަށް ހޭލެވުނީ ފޯން އެލާރމް ވި އަޑަށެވެ. ނަމާދު ކޮށްލައިގެން އަހަރެން ނިކުމީ ބެލްކަންޏަށެވެ. ކޮފީއެއް ހެދުމަށް  ދޮންބެމެން ބަޔަށް މިސްރާބު ޖެހީ އެތާ އިރުކޮޅަކު ހުރެލާފައެވެ. އިރު އަރާ މަންޒަރު ބަލަމުން ކޮފީ ތަށި ހުސްކޮއްލާފައި ފެންވަރާލައިގެން  ދިޔައީދެތިން ރައްޓެހިންގެ ގެޔަށް ޖައްސާލާށެވެ.. އެންމެ ފަހު ގެޔަކަށް މަންމަ އެއްބަނޑު ބޭބެގެ ގެޔަށް ގޮސްލީމެވެ. ” ރިއާ…. ހާދަ ބަދަލުވެފަ އޭ.. ހާދަ ހިކިއްޖޭ.. އަނެއްކާ ހެދުން އަޅާ ގޮތްވެސް ބަދަލު ކޮއްލައިފި…” އެގޭ ދައްތަ އަހަރެން ފެނުމާ އެކު އެހެން ކިޔަން ފެށިއެވެ.

އާއިކެވެ. އަހަރެން ނަކީ ކުރިން އެއިރެއްގެ ފެޝަނަކަށް އުޅޭ ކުއްޖެކެވެ. އެއީ މޮޔަ ދުވަސް ވަރެވެ. މިހާރު އަހަންނަކީ އަބާޔާ އަކުން ފޮރުވިގެން ހުރި ޒުވާނެކެވެ. ހެޔޮ ވިސްނުން ދެއްވި ކަމަށްޓަކާ ﷲ އަށް ހަމްދު ކުރަމެވެ. ހަމައެއާއެކު އަހަރެންނަކީ ކުރިން ވަރަށް ފަލަ ކުއްޖެކެވެ. އުމުރުން 14 އަހަރުގައި ވެސް 79 ކިލޯ ހުއްޓެވެ. އޭރު އެހާ އަޅާނުލި ކަމުގައިވިޔަސް އަހަރެން ހަށިގަނޑަށް މިހާރު ވަރަށް ބަލަމެވެ.

ގޭގެޔަށް ގޮސް އާދެވުނު އިރު ގަޑިން މެންދުރުފަހު 00 14 ވެއްޖެއެވެ. އަހަރެން އަވަސް އަވަހަށް މަޑުނޫ ކުލައިގެ އަބާޔާ އަކާއި އެއާއި ގުޅޭ ޝޯލް އެއްނަގައި އިސްތިރިކޮށްފައި އަވަހަށް ފެންވަރައިގެން ނިކުމެ ރެޑީ ވެލީމެވެ އަދި އަތް ދަބަސް އެޅުވުމަށް ފަހު ފޮށި ހިފައިގެން ނިކުމެ ކާރަކަށް ގުޅާލީމެވެ އަދި ލޮލުގައި އިން ނަންބަރު އައިނު ދަބަހަށް ލާފައި ދަބަހުގައި އޮތް ރޭބަން އަވި އައިނު އަޅާލީމެވެ. ކާރުގައި 5 މިނެޓްގެ ދަތުރަކަށްފަހު ބަނދަރަށްދެވުނެވެ. އޭރު ލޯންޗަށް މީހުން އަރަނީ އެވެ. އަހަރެން ކާރުން ފައިބައިގެން ގޮސް ލޯންޗް ކައިރީ ފޮށި ހިފައިގެން ގޮސް ހުއްޓެލީމެވެ. “ތީ ޝާމިލް ގެ ކޮއްކޮތަ؟ ” އަހަރެން އެތާ ހުއްޓާ ދެބައިއުމުރުގެ މީހަކު އައިސް އެހާލިއެވެ. އަހަރެން އާނއިކޭ ބުނުމުން އޭނާ އަހަރެންގެ ފޮށި އެރުވިއެވެ.  އަދި އެއީ ދޮންބެ ދައްތަގެ ބޮޑުބޭބެ ކަމުގައި  ބުންޏެވެ.

އަހަރެން ލޯންޗަށް އަރާފައި އެތެރެއަށް ނަޒަރު ހިންގާލީމެވެ. ބޮޑު ލޯންޗެއްކަމުންނާއި މީހުން އެހާގިނަ ނުވުމުން ބޭނުން ތަނެއްގައި އިށީންނަން ލިބުނެވެ.އަހަރެން ގޮސް ފަހަތު ސީޓުގައި ޖައްސާލީމެވެ. އައިނު ބޮލަށްޖެހުމަށްފަހު ޓިޝޫ އަކުން މޫނު ފޮހެލަމުން ކުރިމައްޗަށް ބަލާލީމެވެ. އެތެރެއަށް ވައިން ޒުވާނާ ފެނި އެވަގުތު ކޮޅު އަހަރެން ބޭރަށްލާން އުޅުނު ނޭވާ ތާށިވިކަހަލައެވެ. އެތެރެ އަށް ވައިން ޒުވާނާގެ ހާލަކީވެސް އެއެވެ. އޭނާ ހުރީ ރޯޔަލް ބްލޫ ކުލައެއްގެ އަތްދިގު ޓީޝާޓެއްލާފައި ކަޅޫކުލައިގެ ސްކިނީ އެއް ލާފައެވެ. ލޮލުގައި އިން އަވިއައިނު އޭނާ ނަގާލީ އަހަރެންތޯ ޔަގީންކުރަން ކަންނޭނގެ އެވެ. އަހަރެން އިސްޖަހާލީމެވެ. އޭނާ އައިސް އިށީނީ އަހަރެންނާ ދާދި ކައިރީގައެވެ. ”  ރީ ދޯ ތީ؟” އެ ފިރިހެންވަންތަ އަޑުން އަހާލިއެވެ. އަހަރެން ބޯ ޖަހާލީމެވެ.

އެ އަޑަކީ އަހަންނަށް ދުވަހަކުވެސް އޮޅޭނޭ އަޑެއްނޫނެވެ.އެއީ މަހީދުއެވެ. ކުރިން އަހަރެން ދެކެ ވަރަށް ލޯބިވި މީހެކެވެ. މިހާރުގެ ގޮތެއްނޭނގެއެވެ. ނަމަވެސް އަހަރެން މިހާރުވެސް އަދި އޭރުވެސް ލޯބިވީ އޭނަ ދެކެ އެވެ. ދެން އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އެހެންކަމުން ދެމެދަށް ދެންވެރިވީ މަރުފަދަހިމޭން ކަމެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ލޯންޗް ނައްޓާލީއެވެ. އޭރު ލޯންޗްގައި ހުރީ ލަވަޖަހާފައެވެ. ދިވެހި ރީތިލަވައެކެވެ. ” މިހާރުގެ މީހުންދޯ.. ދަތުރުގަވެސް ލަވަޖެހުން ކަމަކީ..” އަހަރެންގެ އަނެއްފަރާތުގައި އިން ދެބައި އުމުރުގެ ދައްތަ އަކު އެހެން ބުނެލިއެވެ. އަންނަމުން ދިޔަދިޔަ ލަވަ ނިމުމާއެކު ދެން އަންނަން ފެށި ލަވަ އަކުން މާދު އަހްނަނާ ދިމާލަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން އިނެވެ.

“ޖެހެލުންވެ މޭ ތެޅޭ ގޮތްވޭ…. ގައިބާރުދޫވެ ދާގޮތްވޭ…… މާކައިރި ވާގޮތްވެ ސީދާ ލޮލާ ލޯ ބެލީމާ…..”

“ހާދަހާ ލޯބިވޭ.. ހާދަހާ ލޯބިވޭ.. ހާދަހާ ލޯބިވޭ..”

“ހިތްމޭ ތެޅޭ ފިތެންއުޅޭ… ލޭ ދައުރުވުން ތެދޭ ނުވޭ… މާކައިރި ވާގޮތްވެ ސީދާ ލޮލާ ލޯ ބެލީމާ… ހާދަ ހާ ލޯބިވޭ.. ހާދަހާ ލޯބިވޭ.. ހާދަހާ ލޯބިވޭ..”

“ތުނި ތުނި ފަތި ހަށި ހެދިހުރި އިސްކޮޅު… ލިބިހުރި ހޫރުޕަރީއޭ..”

“ފިނިފެން ޖަންބެކެ ނިޔަނެތި މޫނެކެ ރިވެތިޗާލު މަލާ އޭ… ފެނިފާ އާގަމަ ވެވެނީ އޭހަމަ ކުޅަދުންވަންތަ ކަމާއޭ.. ފެނެޔޭ ކުޅުތިކި ދާއިރު ވަކި ވަކި.. އަލިގަދަ ހުޅެވި ހަނދާއޭ..”

“ތިޔައޭ އެދޭ އަރާމަރީ.. ހޯދަން އެދޭ ނަސީބަކީ.. ޔާރާގެ މަސްތީ ނަޒަރު ފެންނަ އިހުސާސްވީމާ ހާދަހާ ލޯބިވޭ.. ހާދަހާ ލޯބިވޭ.. ހާދަހާ ލޯބިވޭ..”  ” ވާހިތުން ލޯބިވޭ..”

…………………………………………………………………………………………………..

އެލަވަ ނިމުނު އިރުވެސް މަހީދު އާއި އަހަރެންގެ ހަތަރު ކަޅިވަނީ ސީދާވެފައެވެ. އެދުވަސް ތަށް ހަނދާންވުމާއެކު އަހަރެންގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އަހަރެން ވަގުތުން ބޮލުގައި އިން ރޭބަން އަވިއައިނު ނަގާ އަޅާލީމެވެ. މަހީދު ބަލަން އިންގޮތުން އަހަންނަށް އޭރުވެސް ދިޔައީ އުނދަގޫވަމުންނެވެ.

އިރުކޮޅެއްތެރޭ ދޮންބެ ދައްތަ ގެ ރަށަށް ދެވިއްޖެއެވެ. އަހަރެން ބަލާއައިސް ދޮންބެ އާއި ދޮންބެ ދައްތަ ހުއްޓެވެ. ދޮންބެ ކާރަކަށް ގުޅުމުން ކާރު އަންނަ ދެން އަހަރެމެން ގޮސް ބަނދަރުމަތީ ހުރި އުނދޯޔެއްގައި އިށީނދެލީމެވެ. އަހަރެން ދެން ބަލާލީ މަހީދު ކޮބާތޯއެވެ. އޭރު އޭނަ އަހަރެމެން ތިބި ދިމާލަށް އަންނަނީ އެވެ. އަހަރެން ބޭނުންވީ އޭނަ އަންނަން ވާއިރަށް އެތަނުންދާށެވެ. ” ހިނގާ ދޮންބެ ކައިރިއަށް…” އަހަރެން ދޮންބެ ދައްތަ ކައިރީ އެހެން ބުނެލީމެވެ. ” އިހަށް މިތާ ޖައްސާލަ ބަލަ….” ދޮންބެ ދައްތަ ބުނެލިއެވެ. ” ނޫން ހިނގާބަ އަވަސް..” އަހަރެން ހުރީ ނުހަނު ހާސްވެފައެވެ. އޭނަ އާ ކުރިމަތި ލުމަކީ އަހަންނަށް ވާމެ ކަމެއްނޫނެވެ.  “ދައްތަ އަށް އެނގޭ ކީއްވެ ކަން ދާން ތިއުޅެނީ..” ހަށަންބަނދެލާފައި ދޮންބެ ދައްތަ ބުނެލިއެވެ. އަހަރެން ދެލޯ ބޮޑުކޮށްލާފައި ބަލާލީމެވެ. ” މަޙިދު މިދިމާލަށް އަންނާތީ އޭނުން ތިދަނީ.. ދޮންބެ ދައްތަ ކައިރީ މަހީދު މިފަހަރު އައިސް ހުރިހާ ވާހަކަ އެއް ކިޔައިދިން.. އަދި އޭނަ ފަހުން ކަންތަށް ކުރި ގޮތުގެ ވާހަކަ ވެސް…ރީ އޭނަ ދެކެ ލޯބިވާ ވަރުވެސް އޭނައަށް އެނގޭ.. އޭނަ އަށް އެއް ޗާންސް ވެސް ނުލިބޭނެތަ؟.. ޑޯންޓް ވޮރީ.. ދޮންބެ އަކަށް ނޭނގޭނެ…” ދޮންބެ ދައްތަ ބުނެލިވާހަކަ އިން އަހަރެންގެ އަނގަ ހަފޫޓު ފަސްއިންޗި އަށް ހުޅުވިގެން ދިޔައެވެ.

މަހީދު މިހާރު އެއުޅެނީ ކޮންމޮޔައެއްވެގެން ބާއެވެ؟.. މިހާރު ސާބިތު ކޮށްދޭން ބޭނުން ވަނީ ކޮންކަމެއް ހެއްޔެވެ.؟ ދޮންބެ އަށް ނޭނގޭ ކަން އެނގުމުން އަހަރެންނަށް ފުންނޭވާއެއްދޫކޮށްލެވުނެވެ. ” ތިކަމާ ޖެހޭނީ ވިސްނާލަން..” އަހަރެން އެވަރުން އެ ވާހަކަ ކުރުކޮށްލީމެވެ. އޭރު މަހީދު އައިސް އަހަރެމެން ތިބި ތަނާ އަރާ ހަމަ ވެއްޖެއެވެ. އޭނަ އައީ ސައިކަލް ބަލާކަން އެނގުނީ އެތާ ހުރި ޔަމަހާ ޒިއޯން ސައިކަލް އަށް އަރާ ނައްޓާލުމުންނެވެ. ސައިކަލަށް އަރަމުން އޭނާ ބެލި ގޮތުން އަހަރެންގެ ހިތް ގުޑާލިއެވެ. އޭނާގެ މޫނުން އެތަށް ވާހަކައެއްބުނަން އުޅޭ ކަހަލައެވެ. އަހަރެން ވަގުތުން އިސްޖަހާލީމެވެ. އަދި އަތުގައި އޮތް ކެވެލިކޮޅާ ކުޅެން ފެށީ މެވެ. އެވަގުތު ނަސީބަކުން ކާރު އައިއްސި އެވެ.

ކާރަށް އަރައިގެން އަހަރެމެން ގޮސް ދޮންބެ ދައްތަ ގެޔަށް މަޑުކޮށްލީމެވެ. ގެޔަށްގޮސް އެންމެނާއެކު ކައިގެން ސިޓިންގ ރޫމްގައި ޖައްސާލީ ދޮންބެ، ދޮންބެގެ ދެކުދިން ބަލާ ދޮންބެ ދައްތަ ގެ މަންމަ ގެޔަށްދިއުމުންނެވެ. 15 ވަރަކަށް މިނެޓް ފަހުން ދެކުދިން އައިސް ފިއެވެ. އެއީ 5 އަހަރުގެ ލުޔޫނާ އާއި 10  އަހަރުގެ  ލައިނާ އެވެ. ދެ ކުދިންވެސް އަހަރެން ފެނުމާއެކު ދޮނާ އޭކިޔަމުން އައިސް ބައްދާލިއެވެ. “ދޮނާ ތިއައީ ޔޫންކޮ އާ ކުޑަ  ދޮންތި ގަޔަށް އިންޖެކްޝަން ޖަހަންތަ؟ މަންމި ބުނި ދޮނާ އަކީ ނާރސް އެކޯ..” ލުޔޫނާ އޭނާގެ ތުއްތު ތުއްތު އަޑުން ބުނެލިއެވެ. “ނޫނޭ… ދޮނާ ޔޫންކޮ އާ ކުޑަ ދޮންތި ގަޔަކަށް ނުޖަހާނަން އިނގޭ.. އެކަމް ނުކަންޔާ ޖަހާ ގޮތަށް.. އޯކޭ…” އަހަރެން ލުޔޫނާ އާ އެއްވަރަށް ތިރިވެލާފައި ބުނެލީމެވެ. ތުންކޮޅޫ އޫ ކޮށްލުމަށްފަހު އޯކޭ އޭބުނެ އެތެރެއެއަށް ދުއްވައިގަތެވެ. ލައިނާ ވެސް އެތެރެއަށް ދިޔައީ ރީތިވާށޭވެ. އަހަރެން ވެސް ނަމާދުކޮށްލާ ހަދަން ކޮޓަރި އަށްވަނީމެވެ.

ހަވީރު 5 ޖެހިއިރު އަހަރެންނާއި ދޮންބެ މެން އެންމެން އަތިރ މައްޗަށް ނިކުތީމެވެ. އެންމެން އެއްކޮން އެތަށް ފޮޓޯއެއްނަގާފައި ގެޔަށް އައިއިރު އިރުއޮއްސި 6 ޖަހައިފި އެވެ. އަހަރެން ވެސް ނަމާދުކޮށްލައިގެން 30 7 ގައި ނިކުމި އިރު ލުޔޫނާ ނުކައިގެން ދޮންބެ ދައްތަ ހުރީ ބޭރު މަގުމަތީގައެވެ.އަހަރެން ގޮސް ލުޔޫނާ އަށް އެކިވާހަތަށް ކިޔައިދީގެން ބަތް ތަށި ހުސްކޮށްލިއެވެ.  އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ނިދާށެވެ. މާހިދުގެ ހިޔާލުތަކުން އަހަރެންގެ ބޯހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެނދަށް އަރައި އޮށޯވެލުމަށްފަހު ދަބަހުން އަހަރެން ގެންގުޅޭ އޭސަސް ބްރޭންޑް ގެ ލެޕްޓޮޕް ނެގީމެވެ. އަދި އަހަރެންގެ އަމިއްލަ ބައި ހުޅުވުމަށް ފަހު ހައިޑް ކޮށްފައި އިން ފޯލްޑާރ އެއްހުޅުވާލީމެވެ. އޭގައި ހުރީ މާހިދު ހަނދާން ތަކެވެ. އޭނާ އާ އެންމެފުރަތަމަ ދިމާވި ދުވަހެވެ. އެދުވަހު ވީ ހުރިހާ ކަމެކެވެ. އެއެއްޗެހި ތަށް ކިޔަންފެށީމެވެ

ފިލްމެއް އޮޅާލާހެން އަހަރެންގެ ހަޔާތް ފަހަތަށް އޮޅާލީމެވެ. އައި ހުއްޓާލީ މީގެ 6 އަހަރު ކުރިއަށެވެ. އޭރު އަހަރެން ތަންކޮޅެއް ކުޑައެވެ.

****** ******** *************** ***************** ******************

“ރީ.. ތެދުވޭ.. ފުރަންދާ ގަޑި ޖެހެނިއްޔޭ.. ދަރިފުޅާ ރިއާ..” އެއީ އަހަރެންގެ މަންމަ ރަޝީދާއެވެ.  އަހަންނަކީ އަހަރެންގެ މަންމަ ގެ ހުރި ހަމައެކަނި އަންހެން ދަރިއެވެ. މިއަދަކީ އަހަރެން މަތީ ތައުލީމަށް ކިޔެވުމަށް މާލެއަށް ފުރާ ދުވަހެވެ. އަހަރެން ބޭނުންވީ ނަރސިންގ ހަދާށެވެ. އޯލެވެލް ނިންމާފައި ނަތީޖާ ލިބުމާއެކު ދޮންބެ ވަނީ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް އެންޑް ސައިންސް ޑިޕާރޓްމެންޓް އިން ޖާގަވެސް ހޯދާފައެވެ.

އަހަރެންނަކީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. ފުދޭވަރަކަށް ފަލަވާނެއެވެ. ނަމަވެސް އިސްކޮޅުގައި 5 ފޫޓު 7 އިންޗި ހުރުމުގެ ސަބަބުން އަހަރެން އެހާ ފަލަކަމަކަށް ނުދައްކައެވެ.  އަހަންނަކީ މެދުމިންވަރެއްގެ ދޮންކަމެއް ލިބިފައިވާ ކުއްޖެކެވެ. ވަށް އޮރެންޖެއްފަދަ މޫނަކާ އާދައިގެ ވަރެއްގެ ލޮލަކާއި ‘ފުލް ލިޕްސް’ އޭ މިކިޔާ  މަޑު ރަތް ކުލައިގެ ތުންފަތަކާއި ކުޑަ ކުޑަ ނޭފަތެއް އަހަންނަށް ލިބިފައި ވެއެވެ.  އަހަރެންނަކީ އަބަދުވެސް ފެޝަނަށް ލޯބި ކުރާ ކުއްޖެކެވެ. އެކި ގޮތް ގޮތަށް ޝޯލް އެޅުމާއި މޭކަޕް ކުރުމަކީ އަހަރެންގެ އާދައެކެވެ.

އަހަރެން ފުރުމަށް ހަމަޖެހިފައިވާ ބޯޓް ‘ އުދުހޭ ތަރި’ ރަށުން ނައްޓާލާ ގަޑިއަކަށް ވަނީ ހެނދުނު 30 10 ގަ އެވެ. އެހެންކަމުން އަހަންނާއި މަންމަ އާއި ދޮންބެ އަދި ދޮންބެ ދައްތަ އާއި ދޮންބެގެ 6 އަހަރުގެ ދަރިފުޅު ލައިނާ  އާއެކު 10 ޖެހި އިރު ބަނދަރަށް ދިޔައީމެވެ. އޭގެ އިރުކޮޅެއްފަހުން އަހަރެންގެ ބައެއް ރައްޓެހިންވެސް އަހަރެން ފުރުވަން އައެވެ. މި ދަތުރުގައި ދަނީ އަހަންނާއި އަހަރެންގެ މަންމަ އެވެ. ބޯޓް އަށް އެރީ ދޮންބެ އާއެކުއެވެ.

ބޯޓަށް އެރި އިރު ވަރަށް މީހުން ގިނައެވެ. މީހުން ބަލާވަރުން ހިތާހިތުން ކުދި ކިޔަމުން ގޮސް އަހަރެމެންގެ ޖާގާގައި އިށީނދެލީމެވެ. ދޮންބެ އޭރު ދަބަސްތަށް އަރުވަނީއެވެ.ގަޑިން ބަރާބަރު 30 10 ހިނގި އިރަށް އިންޖިން ސްޓާޓް ކޮށްލިއެވެ. އަހަރެން ރަށާދިމާލަށް ވަދާއީ ސަލާމް ކުރާ ހާލު ބެލްކަންޏަށް ނިކުމެ ބަލާލީމެވެ. އަހަރެން އުޅެބޮޑުވި ފަސްގަނޑެވެ. 15 އަހަރުވަންދެން އެއްވެސް ތަނަކަށް ހިޖުރަނިކޮށް ހުރެ މިހާރު މިދަނީ  ދިގު މުއްދަތަކަށް މާލެއަށެވެ. އަހަރެންގެ ރައްޓެހިންނާ ދޮންބެމެންނަށް ކަރުނައިން ފުރިގެންވާލޮލަކުން ބަލަހައްޓައިގެން ހުރި އިރު އެންމެން ވެސް ދުރަށް ދަމުން ދަމުން ގޮސް ގެއްލިއްޖެއެވެ. ރަށް ވެސް ލޮލުކޮޅަށް ގޮސް އޮބައިފިއެވެ. އަހަންނަކަށް ދެން ކަރުނަތަކެއް ނުހިފެހެއްޓުނެވެ.. ކޯތާފަތް މައްޗަށް ފައިބައިގަތުމާއެކު އަވަހަށް ޓިޝޫ އަކުން ފޮހެލީމެވެ. އަދި މޫނު ރަނގަޅު ކޮށްލުމަށްފަހު އެނބުރި ގޮސް އެ ޖާގައިގައި އިށީނދެލީމެވެ. އަދި ފޯނު ނަގައި ހެޑްސެޓް ޖަހައި ޕޮޕް ލަވަ އެއް ޖަހާލީމެވެ. އަދި އޮށޯވެ ލޯމަރާލީމެވެ. އަހަންނަށް ނިދުނީ އެހެން އޮއްވައެވެ.

ހޭލެވުނީ މެންދުރުކާން ބޯޓުން ގެނައުމުން މަންމަ ކާން ގޮވީމައެވެ. ނަމަވެސް އަހަރެން ކާހިތްނެތުމުން ނުކާނެ ކަމަށްބުނެ އަނެއްކާވެސް އޮށޯވެ ނިދީމެވެ. ދެން ހޭލެވުނީ ހަވީރު 30 5 ވެސްވީފަހުންނެވެ. ތެދުވެ ފްރެޝް ވެލައިގެން  އަހަރެން ބޭރަށް ނުކުތީ ސާފް ވައި ކޮޅެއް ލިބޭތޯއެވެ. ނިކުމި އިރު އެތާތިބި އަންހެންވެރިން ތަކެއް ހެދިކާ ކަނީއެވެ. ބަނޑުހައިވެފައިވާކަން އިހުސާސް ވީ ކާއެއްޗެހި ފެނުމުންނެވެ. އެހެން ކަމުން އަހަރެން އެތެރެއަށްވަދެ ކޮފީ ދަޅަކާއި ޗިޕްސް ދަޅެއް ހިފައިގެން ގޮސް ބެލްކޮނީގައި ޖައްސާލީމެވެ. ފުން ނޭވައެއް ލުމަށްފަހު ވަށައިގެން ފެންނަމުން ދާ މާސިންގާ ކަނޑަށް ނަޒަރުހުއްޓާލައިގެން އިނދެ ކަމުންގެންދިޔައީމެވެ.އެވަގުތު ދުރުގައި އެކަނި އިން އަންހެން ކުއްޖެއް އައިސް އިށީނެވެ. އަދި އޭނަ އަށް ކިޔަނީ ނަދާ ކަމުގައި ބުނެ ތައާރަފްވެލިއެވެ.

“ހާއި..” ރަތްކުލައިގެ އަތްދިގު ޓީޝާޓެއްލައިގެން ހުރި ފިރެހެން ކުއްޖެއް އައިސް އަހަރެމެން ކައިރީ އިށީނެވެ. އަހަރެން އެއްވެސް އެއްޗެކޭނުބުނެ އިނީމެވެ. ” ތިއީ ޝާމިލް ކޮއްކޮތަ؟ ” އެ ޒުވާނާ އަހާލިއެވެ. އަހަރެން ހމމ އަކުން ޖަވާބު ކުރުކޮށްލީމެވެ.. ” ހައި އަހަންނަށް ކިޔަނީ އާސިދު.. ޝާމިލް އާ ވަރަށް ރައްޓެހިވާނެ.. އޭނަ އިނދެގެން އުޅެނީ އަހަރެމެން ރަށުކުއްޖަކާ  އޭނުން.. ކޮންނަމެއެއް މަންޖެ އަށް ކިޔަނީ..؟ ” އާސިދު ސުވާލުކޮށްލިއެވެ. “ރިއާ” އަހަރެން ޖަވާބުދިނީމެވެ. ނަދާއޭރު އޭނާގެ ފޯނުން ފޭސްބުކް އަށް ވަދެ އިނދެގެން  ޗެޓްކުރަމުން ގެންދިޔައެވެ. އަހަރެން ނަދާގެ ފޯން އަށް ބަލަހައްޓައިގެން އިނދެފައި އަނެއްފަރާތަށް ބަލާލީމެވެ.

އޭރު އާސިދު ކައިރީގައ އެކި ކަހަލަ ޕެޓާރން ތަކެއް ކުރުހާފައި ހުރި  ޕީޗް ކުލައިގެ އަތްދިގު ޓީޝާޓް އަކާއި މަޑު ނޫކުލައިގެ ޖީންސް އެއްލައިގެން އިން ފިރިހެން ކުއްޖަކު އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.އުމުރުން ވާނީ  ގާތްގަނޑަކަށް 19 އަހަރެވެ. އޭނާގެ އިސްކޮޅުގައި 6 ފޫޓު ހުންނާނެއެވެ. ރީތިވަރެއްގެ ދޮން ކަމެއް ހުރި ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރިއެކެވެ. އިސްތަށިގަނޑު ހުރީ ކަނދުރާ އާހަމައަށް ދިގުކޮށްފައެވެ. ޖެހެމުންދާ ވަޔާ އެކު އެ ފަންއިސްތަށިތަށް އޭނާގެ މޫނަށް ގޯނާ ކުރަމުން ދިޔައެވެ.  އޭނާ އޭރުވެސް އަހަންނާ ދިމާލަށް ބަލަމުން ގެންދިޔައެވެ. އަހަރެން އެންމެ ފަހުން އިސްޖެހީ އޭނާ ބަލާވަރުންނެވެ.

(ނުނިމޭ…..”)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

i love reading and writing stories

Share Article

Follow Me Written By

nukko

Level 110 Stories100 Comments

Other Articles

Previous

ފުންއަސަރު 03

Next

ރަހުމެތް ނެތް ހިތް…. (3)

Next
February 23, 2016

ރަހުމެތް ނެތް ހިތް…. (3)

Previews
February 23, 2016

ފުންއަސަރު 03

19 Comments!

  1. nukko says:
    February 23, 2016 at 7:11 pm

    hey guys… heres a new stry… hope u all will like it.. n if there is any mistake plx plx let me no it.. enjoy 😀

  2. twinkl str says:
    February 23, 2016 at 7:26 pm

    Woww nyc..gd luck

    1. nukko says:
      February 23, 2016 at 9:57 pm

      thnks… 🙂

  3. Maalu says:
    February 23, 2016 at 8:20 pm

    Wowwwwwwwww vrh vrh vrh reethiiiiiii…….. when is the next part???????? Waiting…. 🙂 🙂 🙂

    1. nukko says:
      February 23, 2016 at 9:58 pm

      aww.. thnks.. umm.. in shaa allah maadhan knmvs vagutheh ga up kohdheynan… 😀

  4. ina says:
    February 23, 2016 at 9:17 pm

    Nukkoooo…wowwwwww vrh vrh vrh vrh reethi ingey…..14 yrs ga vx 79 kg???laaaaeeee….hehehe….vrh intrstng vaanehn hyvey mi stry…waiting fr nxt prt..miss u..

    1. nukko says:
      February 23, 2016 at 10:00 pm

      hehe.. thnks.. ya dw eyna v fat ey… 😉 thnk u n miss u mre 😀

  5. nausheenn says:
    February 23, 2016 at 10:05 pm

    woooooow nukkooooo…. vr vr vr vr vr vr vr salhi… dhen oiy part konirakun? vr reethi vaanehen heevanee?good luck… ?

    1. nukko says:
      February 23, 2016 at 10:25 pm

      thnk u nau…. v avahah.. hehehe thnks once again 😀

  6. abcdefghimissuvwxyz ;) says:
    February 24, 2016 at 3:10 pm

    hei cndrella….m so glad to read ur story. bt 6ft 5 inch ah anga hulhuvenya j kaives laafaanan dhw? hehe… story ix awesum. keep up the great work. all the best lil princess. go ahead wid a lovely smile. dnt frgt to keep smile on ur face. MAY GOD BLESS YOU ALWAYS.

    1. nukko says:
      February 24, 2016 at 3:20 pm

      awww… thnk yew jai… n tht nam.. hahha .. no jai eh nukaalaaney 😛 😛 n thnks n yes i will smile mihaa vraha thnks n keep readin ehn parts vs miss u n salaam 🙂 😀

  7. Thukko says:
    February 24, 2016 at 6:07 pm

    V rythi story

    1. nukko says:
      February 24, 2016 at 7:10 pm

      thnku thukko 🙂 🙂

  8. sidd says:
    February 24, 2016 at 10:44 pm

    Mistake eh hurejjeyya bunashey bunefa otheema bunelani ingey. Six years back ah vaahaka gendhiyairu dhombbe ge dhoshee dhariah 6yrs eh nuvaane ee mihaaru 10yrs veema. So rangalhu gothaki 4yrs dho.

    1. nukko says:
      February 27, 2016 at 4:12 pm

      ya ryt.. nukko rangalhah nubalaalaa dw.. hehe thi than kolhah visnaanan ingey dhn vaahaka liyaairu.. thnk u v bodah sidd

  9. zidhu says:
    February 25, 2016 at 3:51 pm

    hurun inun othun rangalhah check kohlaa 🙂

    1. nukko says:
      February 27, 2016 at 4:13 pm

      thnks zidhu.. labba chk kohllaanan.. thnks v bodah

  10. Ree says:
    February 29, 2016 at 5:19 am

    Story hadi eh nun .. But thankilheh beykaaru waahaka Gina kan faahaga v ree ah.. And laptop brand ah dhandhen bunefa hureema odd.. But overall kon reethi Ingey ? Next part kiyaafa anekka comment eh Eba kollan 🙂

    1. nukko says:
      March 2, 2016 at 6:09 pm

      thnks… owhh.. thnks fr tellin me… 😀

Comments are closed.

Next Episodeއެކުގަ ނިމިގެން ދިޔުން ބޭނުމޭ….! (2)←


All Right Reserved!