Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ މަޢާފް

thaadhi Level 110 Stories
February 23, 2016 5 Mins Read
12 Comments

(ނުވަ ވަނަ ބައި)

މާނީއަށް ހޭލެވުނީ ދަންވަރު ދެގަޑި ފަނަރަ ހިނގަނިކޮށެވެ. އޭރުވެސް އިޔަންއެއް ގެއަކަށް ނާދެއެވެ. މާނީ ގޭތެރެއަށް ނުކުމެ ހޯދާލިއެވެ. ސިޓިންގ ރޫމަކުވެސް އިޔަންއެއް ނެތެވެ. އެނބުރި ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހި ވަގުތު އޭނާއަށް އަޑެއް އިވުމުން ހުއްޓެވުނެވެ. އިތުރަށް ޔަގީންކޮށްލުމަށް އިރުކޮޅަކު މަޑުކޮށްލިއެވެ. ދެވަނަ ފަހަރަށްވެސް އެއަޑު އިވުނެވެ. އެއީ އަންހެނެއްގެ މަސްތީ އާހެއްގެ އަޑެވެ. އެއަޑު އައީ ދެވަނަ ފަންގިފިލާއިންނެވެ. މެހެމާނުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ކޮޓަރިންނެވެ. މަޑު ހިނގުމެއްގައި މާނީ އެކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރު ހުރީ ތަންމިނަށް ހުޅުވާފައެވެ. ނަމަވެސް އެއްވެސް އަލިކަމެއް އެތަނަކު ނެތެވެ. މާނީ ކޮޓަރިއަށްވަދެ ލައިޓު ޖައްސާލިއެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އޭނާގެ ފިރިމީހާ އެހެން އަންހެނަކާއެކު އޮތް ލަދުވެތި ހާލު ފެނިފައި ހިތުގާ ޖެހުނެވެ. އެއާ އެއްވަރަށް ރުޅިވެސް އައެވެ. ރައްޓެހިވެގެން އުޅުނުއިރު ފޮނި ކުރި ބަސްތަކުގެ ސަބަބުން މާނީ ހެއްލުނީއެވެ. އިޔަން އެފަދަ ކަމެއްކޮށްފާނެ ކަމަށް އޭނާއަށް ހީވެސް ނުވީއެވެ. ނަމަވެސް ލާރާ ބުނީ ތެދެކެވެ. ކަށީގައި ހިފާފައި ހުރި ކަމެއް އެހާ ފަސޭހައިން ދޫކޮށެއް ނުލެވޭނެއެވެ.

މާނީއަށް ރުޅިގަނޑު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. ހަޅޭއްލަވައިގަންނަމުން ދިޔަ ގޮތަށްގޮސް އެނދުމަތީގައި އޮތް އަންހެނާގެ އިސްތަށިގަނޑުގައި ހިފާ ބިންމައްޗަށް ވައްޓާލިއެވެ. ފިރިމީހާދެކެ ލޯބިވާ އެހެން އަންހެނުންނެކޭވެސް އެއްފަދައިން މާނީއަށްވެސް ކުށްވެރި ކުރެވުނީ އެއަންހެން މީހާއެވެ. އެވަގުތު އިޔަން ހަޅޭއްލަވައިގަންނަމުން މާނީގެ އިސްތަށިގަނޑުގައި ހިފާ ގެންގޮސް ފާރުގައި ވަރަށް ބާރަށް ބޯ ޖެއްސިއެވެ. ވީތަދުން މާނީއަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އިޔަން މާނީ ފުގަހަށް ވާ ގޮތަށް ދަމައިގަނެ ދޫކޮށްލުމުން މާނީ ފުރަގަހަށް ވެއްޓުނެވެ.

“މީގެ ފަހުން އަހަރެން މިގެއަށް ވައްދާ މީހަކާ ބެހޭ ގޮތުން ކަލޭ އޮޅުން ފިލުވަން ނޫޅޭތި.” ރުޅިއައިސް ފުފި ފުފި ހުރި އިޔަން މާނީއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ އިންޒާރު ދިނެވެ. “ތީ މަގޭ އަނބިމީހާ، އެހެންވީމަ އަތްންބެއްގެ ގޮތުގަ އިނދޭ. ކަލެޔަށް މިގޭތެރޭން ކަލޭ ބޭނުން ހުރިހާ ކަމެއް ފުދޭ ކަމަށްޓަކައިވެސް ޝުކުރުކޮށްބަލަ.”

މާނީއަށް އޮތީ ރޯންވެސް ނޭނގިފައެވެ. ހައިރާންވީލެއް ބޮޑުކަމުންނެވެ. މިފަދަ ކަމެއް އޭނާ ހުވަފެނުންވެސް ދެކެފާ ނުވެއެވެ. އިޔަންގެ މި ސިފައިގެ ހިލަމެއްވެސް މީގެ ކުރިން އޭނާއަށް ވެފައެއް ނުވެއެވެ. ރީތި ސޫރައެއްގެ ފުރަގަހުގައި ފަރުދާވެގެން ހުރި ޝައިޠާނާއާއި ދިމާލަށް މާނީއަށް އަދިވެސް އިނދެވުނީ ބަލަހައްޓައިގެންނެވެ. އެހެންއިންދާ މާނީގެ އަތުގައި ހިފައިގެން ތަޅުންގަނޑުމަތީގައި ދަމާފައި ގެންގޮސް ކޮޓަރިން ބޭރަށްލިއެވެ. މާނީއަށް ރޮއެ ގަނެވުނީ އޭގެވެސް އިރުކޮޅެއް ފަހުންނެވެ. އެރޭ އޭނާއަށް ސިފަވެގެން ދިޔައީ އޭނާ ފަށް ކެނޑި ރެއަށްވުރެވެސް ބިރުވެރި ރެއެއްގެ ގޮތުގައެވެ.

އިރުއެރުމާއެކު ފޮށި ދަމަމުން މާނީ ނުކުތީ އެގެއިން ނުކުމެގެން ދާށެވެ. ޚުދުމުހުތާރު އަނިޔާވެރި ފިރިއެއްގެ އަތްދަށުގައި އެންމެ ހިނދުކޮޅަކުވެސް އޭނާ މަޑުކުރާކަށް ބޭނުމެއް ނޫނެވެ. އޭނާއަކީ އެހާ ނިކަމެތި އަންހެނެއް ކަމަކަށް އޭނާ ނުދެކެއެވެ. އޭނާ އާ ފެށުމަކުން ފަށައިގެން ދިރިއުޅުމުގައި ތައްޕާހެއް ޖެހި އިންސާނާއާއިއެކު އުޅޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ކެތްތެރިކަމާއި ލޯބި އަގު ވަޒަން ކުރަން ނޭނގުނު މީހަކަށް އޯގާތެރިވާކަށްވެސް އޭނާ ބޭނުމެއްނޫނެވެ. އޭނާގެ މާޒީވެ ދިޔަ ދިރިއުޅުން އޭނާ ވާނީ އިޔަންއަށް ކިޔާދީފައެވެ. ފިރިއެއްގެ ފަރާތުން އޭނާ ބޭނުންވަނީ ކޮން ކަމެއް ކަންވެސް ވަރަށް ރަނގަޅަށް ވާނީ ބުނެދީފައެވެ. ނަމަވެސް “ނުބައި، ނުލަފާ، ގޯސް” އަދި “ލޯބި، އޯގާތެރިކަން، އަޅާލުން” މި ލަފުޒުތަކުގެ ހަގީގީ މާނަ މާނީއަށް ދަސްވީ މިއަދުއެވެ. އައްސަދަކީ ނުބައި މީހެއް ނޫންކަން މާނީއަށް މިއަދު އިހުސާސްކުރެވިއްޖެއެވެ.

“އަހަރެންގެ އަތްންބެއްގެ ގޮތުގަ އިންހާ ހިނދަކު ކަލެއަށް މިގެއަކުން ނުދެވޭނެ.” ފަހަތުން އިޔަންގެ ބާރު އަޑުއައީ ހޮނު ގުގުރިއެއް ޖެހި ފަދައިންނެވެ. މާނީއަށް ހުއްޓެވުނެވެ. ނަމަވެސް އިޔަންގެ ޖުމްލަ ނިމުމާއެކު އަނެއްކާވެސް ހިނގައިގަތެވެ.

“އިތުރަށް އެންމެ ފިޔަވަޅެއް އެޅިޔަސް ލާރާއަށް ވާނެ ގޮތަކަށް ޒިންމާވާންޖެހޭނީ ކަލޭ.” އިޔަންގެ މި އިންޒާރާއެކު މާނީއަށް ހުރި ފިޔަޅުމަތީގައި ހުއްޓެން މަޖުބޫރު ކުރުވިއެވެ. އޭނާގެ ހިތްތެޅިލީ ބިރުންނެވެ. ލާރާގެ ނަން އަޑުވުމުންނެވެ. އޭނާއަށް ދެރަގޮތެއްވާކަށް މާނީ ދުވަހަކުވެސް ނޭދެއެވެ. ބުނެލި އެންމެ ޖުމްލައަކުން އިޔަން އޭނާ ނިކަމެތިކޮށްލައިފިއެވެ. ނަފްރަތުން ފުރިގެންވި ނަމަވެސް ފެންކަޅިވެފައިވީ ދެލޮލުން މާނީ އިޔަންއަށް ބަލާލިއެވެ.  މާނީއަށް ކޮންމެ ގޮތެއް ވިޔަސް ލާރާ ހިމާޔަތް ކުރަން އޭނާ ބޭނުމެވެ. އޭނާ މިހާ ހިސާބަށް ގެނެސް އަލުންބަލުން ދިރިއުޅުން އާރާސްތު ކުރުމަށް މަގުފަހިކޮށްދިން މީހަކީ ލާރާއެވެ. މިއަދު ލާރާ ލޯމަރާލި ކަމުގައި ވިޔަސް އޭނާއަށް ހެޔޮ އެދޭނެ އެކަކުވެސް ދެން މިދުނިޔެއަކު ނުހުންނާނެވެ. އެހެންކަމުން މާނީ ނިންމީ ލާރާއަށްޓަކައި އިޔަންގެ އަތްދަށުވާން ޖެހުނަސް އެކަންވެސް ކުރާށެވެ. މީހަކަށް ކޮށްދެވުން ހެޔޮކަމެއްގެ ގޮތުގައި ގައިމު ކޮންމެވެސް ދުވަހަކުން އެކަންތައް ގުނޭނެތާއެވެ. އޭނާގެ ނިކަމެތި ދިރިއުޅުމާއި ބިކަ ހާލު އޭނާ ލާރާއަށް ސިއްރު ކުރިއެވެ.

ލާރާއަށް އެކަން ފަޅާއެރީ އެއަނިޔާވެރި ކަމުގައި މާނީ އުޅޭތާ މަހެއްހާ ދުވަސް ފަހުންނެވެ. އެއީ، އެއްގޮތަކަށްވެސް މާނީގެ ޚަބަރެއް ނުވާތީ ވަގުތެއް ހުސްކޮށްލައިގެން މާނީ އާއި ބައްދަލުކޮށްލަން ލާރާ އެގެއަށް ޒިޔާރަތްކޮށްލި ދުވަހެކެވެ. މާނީގެ ހިކެމުން ދިޔަ ހަށިގަނޑާއި މިލަމުންދިޔަ މޫނު ފެނިފައި ލާރާގެ ސުވާލުތައް އަމާޒުވީ ހިނދު، އެހާ ދުވަސް ވަންދެން އޭނާ ހިންދައިގެން ހުރި އުދާސްތައް ހިފަހައްޓާނުލެވި ބަންޑުންވީއެވެ.

“އަހަންނަށް ކުރިންވެސް އެނގޭ އޭނާ އަކީ އެހާ ރަނގަޅު މީހެއް ނޫން ކަން.” އިޔަންދެކެ ރުޅިއައިސްފައި ހުރި ލާރާގެ އަޑުންވެސް އޭނާގެ ނަފްރަތު ހާމަ ވެގެންދިޔައެވެ. “އެކަމަކު އޭނާ ތިޔަހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް ހިޔެއް ނުކުރަން. އޭނާ އަކަށް އަހަރެން މަތިކޮށްފަ މާނީއަށް އިންޒާރެއް ނުދެވޭނެ. އަހަރެން ހަމަ މިހާރު މިދަނީ އޭނާ ބޭޒާރުކޮށްލަން.”

ލާރާ ދާންއުޅުމުން މާނީ އޭނާ ހުއްޓުވިއެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އެތައް އާދޭހެއް ކުރިއެވެ. މާނީ އެގޮތަށް ކަންތައް އެކުރަނީ ކީއްވެގެން ކަމެއް ލާރާއަކަށް ނުވިސްނުނެވެ.

“އަހަރެން ވެސް ބޭނުން ލާރާއަށްޓަކައި ކޮންމެވެސް ކަމެއް ކޮށްދޭން.” ގިސްލާ ރޮމުންދިޔަ މާނީ ޖަވާބުދިނެވެ.

“އަހަރެންވެސް ބޭނުން މާނީ އަހަންނަށްޓަކައި ކަމެއް ކޮށްދޭނެ ދުވަހެއް ދެކެން. އެކަމަކު ތިހާލުގަ ތެޅިގެންނެއް ނޫން.” ލާރާވެސް ފެންވަޅިވިއެވެ.

“އަހަރެން މީ ހާލެއްގަ ތެޅެނީއެއް ނޫނޭ. މިއީ އަހަންނަށް ލިބުނު ފުރުސަތެއް. މީހަކަށް ހެޔޮ ކަމެއްކޮށްދޭން.”

“އެކަމަކު…” މާނީ ލާރާގެ އަނގަމަތީގައި އަތްއެޅިއެވެ.

“ލާރާ. މިއީ އަހަރެން ހަމައެކަނި ލާރާއަށްކޮށްދޭ ކަމެއް ނޫނޭ. އަހަންނަށްވެސް މިކަމުން ފައިދާ ވާނެ. އަހަރެންވެސް ބޭނުން ރަނގަޅު މީހެއްގެ ގޮތުގަ ނިމިގެންދާން. ފިރިމީހާއަށް ވަފާތެރި އަންބެއްގެ ގޮތުގަ ނިމިގެންދާން މިއަދު އަހަރެން ބޭނުން. މީހުން ބުނެއެއްނު މީހަކަށް ދެރައެއްދީފަ އަނެއް މީހާއަށް އުފަލަކު ނޫޅެވޭނެޔޭ. މިއަދު އަހަންނަށް މިލިބެނީ އަހަރެން އައްސަދަށް ދިން ލަނޑުގެ ހައްގު ސަޒާ. ނުބައި ކަމެއް ކޮށްފިއްޔާ އެކަމުގެ ޖަޒާ ދުނިޔެމަތީގަވެސް ދެއްވައޭ ބުނެއެއްނު. މިއީ ހަމަ އެ އަދަބު. އައްސަދަށް ނުވެވުނު ވަފާތެރިކަން ވާނެ ދެވަނަ ފުރުސަތެއް އަހަންނަށް ލިބިފަ މިއޮތީ. އިރާދަ ކުރެއްވިއްޔާ މިގޮތުގައި މަރުވެއްޖެ ނަމަ ﷲގެ ހަޟުރަތުގައި އަހަރެންގެ ދަރަޖަ އުފުލޭނެ. އަހަންނަށް މިއަދު ވިސްނިއްޖެ ލާރާ، އަހަންނަށް މިއަދު ވިސްނިއްޖެ.” ލާރާގެ އަތްތިލަމަތީގައި ނިތް ޖައްސާލަމުން މާނީ އިތުރަށް ރޮއެގަތެވެ.

“އެކަމަކު އަހަންނަކަށް މާނީގެ ތިހާލު ދެކޭކަށް ކެތެއް ނުވާނެ.” މާނީގެ ބޮލުގައި ފިރުމާލަމުން ލާރާ މިހެން ބުނެލިއިރު އޭނާއަށްވެސް ވަނީ ރޮވިފައެވެ.

“ކެތް ކުރޭ ލާރާ، ކެތްކުރޭ.” އިސްނަގަމުން މާނީ ވާހަކަ ދެއްކިއެވެ. ” އަހަންނަށްޓަކައި ކެތް ކުރޭ. އަހަރެން މިބުނި ފަދައިން މިއީ އަހަންނަށް އަހަރެންގެ ހެޔޮ ކަމުގެ ތިލަފަތް ބަރު ކުރަން ލިބުނު ފުރުސަތެއް ކަމަށް ހީކޮށްލީމަ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. ލާރާ އަހަންނަށް ކޮށްދެންވީހާވެސް ކަމަކީ ލާރާގެ ވެރިމީހާއަށް ފުރިހަމައަށް ވަފާތެރިވާ އިޚްތިރާމްކުރާ މުވައްޒަފަކަށް ލާރާ ވާނަން ކަމަށް ވައުދު ވެދޭންވީ.” މާނީގެ އެ އެދުމުން ލިބުނު ހައިރާންކަމާއެކު ލާރާއަށް ނަޒަރު އަނބުރާލެވުނެވެ. އޭނާ އެކަމަށް އެއްބަސްވާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މާނީގެ އާދޭސް ތަކަށް ކެތް ނުވެގެން ލާރާ އެންމެފަހުން އެކަމަށް ވައުދުވީއެވެ.

“ޝުކުރިއްޔާ ލާރާ.” މާނީ ލާރާ ގައިގާ ބައްދައިގަތެވެ. “އަހަންނަށް މިތަނުގައި ކެތް ނުކުރެވޭނެ ވަރުގެ ދުވަހެއް އަތުވެއްޖެއްޔާ އަހަރެން ލާރާ ގާތަށް ދާނަން.”

“އަހަރެން ތިދުވަހަކަށް އިންތިޒާރު ކުރާނަން. އަދި މާނީއަށް ތިނޫން ދުވަހެއް ދައްކަވާތޯ ދުޢާވެސް ކުރާނަން.”

އެއްރެއެއްގެ ދަންވަރެވެ. މުޅި ރޭ، އަޅުކަމުގައި ހޭދަ ކުރި މާނީ ހުސްޠާހިރުވަންތަ އަރަހުށި މާތް ﷲ ގެ ޙަޟުރަތަށް ދެއަތްނަގާ ކަރުނަ އޮހޮރިއެވެ. އޭނާގެ ފާފަތައް ފުއްސެވުން އެދި އެޙަޟުރަތުގައި އާދޭސް ދެންނެވިއެވެ. އެ ޙަޟުރަތަށް ކުއްތަންވެ ފުރިހަމަ ތަޢުބާއަކުން އޭނާ ތަޢުބާވިއެވެ.

ޖެހިގެން އައި ދުވަހަށް އަލިވިލުމާއެކު މާނީއަށް ލުއިކަމެއް އިހުސާސް ކުރެވުނެވެ. އާދަޔާޚިލާފު ހިތްހަމަޖެހުމެއް ލިބިފައިވެއެވެ. އޭނާގެ އިސްވެ ގޮސްފައިވި އެންމެހާ ފާފަތައް ފުހެވުމާއެކު އޭނާގެ ނަފްސު ޠާހިރުވެފައިވެއެވެ. އޭނާއަށް ލިބޭ އެކިވަރުގެ އަނިޔާގެ ނިޝާންތައް އެތައް ހަފްތާތަކަކަށް ދެމިގެން ދިޔަ ނަމަވެސް އޭނާގެ ރޫހުން އެރިހުމާއި ލަކުނު ފުހެލާކަށް މާކަ ގިނަ ދުވަހެއް ނުނަގައެވެ. އެކަމަށް އޭނާއަށް އެހީތެރިވެދެނީ އޭނާ ބަރާބަރަށް އަދާ ކުރާ އަޅުކަންތަކާއި ދުޢާތަކެވެ. އެއްގެއެއްގެ ތެރޭގައި އޭނާގެ ފިރިމީހާ އެހެން އަންހެނުންނާއެކު ނާޗަރަންގީ ކުޅޭ އަޑު އިވުމުން އެލިބޭ ހިތްދަތިކަމަށްވެސް ފަރުވާއަކަށްވަނީ ރޭއަޅުކަންތަކެވެ. ކޮންމެ ނަމާދަކަށްފަހު ކުރާ ދުޢާގައި އޭނާގެ ފިރިމީހާއަށް ހެޔޮ ވިސްނުން ދެއްވާ ތެދުމަދު ދެއްކެވުން އޭނާ އެދެއެވެ.

އިޔަންގެ އަނިޔާވެރިކަމުގައި އުޅެން ޖެހުމުން މާނީ އައްސަދު މަތިން ހަނދާންނުވާ އެންމެ ސުކުންތެއްވެސް ނުދެއެވެ. އައްސަދާމެދު ފިކުރު ކުރެވޭ ހިނދު އޭނާ ދެރަވެއެވެ. ކުށެއް ނެތް ދެމީހުނަށް ދެވުނު ލަނޑާމެދު ލަދުވެތިވެއެވެ. އައްސަދުގެ ހެޔޮ ކަމާއި އޯގާތެރިކަމަށް އޭނާ މިއަދު ޝުކުރުވެރިވެއެވެ. އައްސަދާއެކު އުޅެވުނު ނަމައޭ މިހާރު ހިތަށް އަރައެވެ. ނަމަވެސް ނަމައެއްގައި ކެކޭނެ ރިހައެއް ނޯންނާނެއެވެ. ކުރިން އޭނާއަށް ނުވިސްނުނީއެވެ. ނަމަވެސް މިއަދު ﷲގެ އިރާދަފުޅުން އޭނާއަށް ހެޔޮ ވިސްނުން ދެއްވައިފިއެވެ. މިއަދު މާނީއަށް އޮތީ ދުއާ ކުރުމެވެ. އައްސަދަށާއި މާރިޔާއަށް ހެޔޮގޮތް މިންވަރު ކުރައްވާތޯއެވެ. އެކަން އޭނާ ބަރާބަރަށް ކުރެއެވެ. އެގޮތުގައި ކެތް ކުރުމުގައި އޭނާ 3 އަހަރު ވޭތު ކުރިއެވެ.

މާލޭގެ ކާރޫބާރޫ ބޮޑު މާޙައުލެވެ. އައްސަދުއާއި މާރިޔާގެ ކައިވެންޏަށް 5 އަހަރު ފުރުނު އުފާވެރި މުނާސަބާ ފާހަގަ ކުރުމަށް އައްސަދު ސަޕްރައިޒެއް ރޭވިއެވެ. އެހެންކަމުން އެރޭ މާރިޔާ ކަނުބަނދެގެން އައްސަދުގެ ކާރަށް އެރުވިއެވެ. އައްސަދުގެ ސަޕްރައިޒަށް އިންތިޒާރު ކުރަމުން ދިޔަ މާރިޔާ ޝަކުވާއެއް ނުކޮށް ކާރުގައި އިނީ އުފަލުން ފޮޅިފައެވެ. މާރިޔާއަށް އެ ޚާއްސަ ސަޕްރައިޒް ދެއްކުމަށް ކެތް މަދުވެފައިވާ އައްސަދަށް ކާރު ދުއްވުނީ އާދައިގެ ވަރަށްވުރެ ދުވެލި ބާރުކޮށެވެ. ކުއްލިއަކަށް ބާރު ދުވެލީގައި އެމަގު ހުރަސް ކުރަން މަސައްކަތްކުރި އިތުރު ކާރެއްގައި އައްސަދު ދުއްވަމުން ދިޔަ ކާރު ޖެހި ވިއްސައިގެން ދިޔައެވެ. އެދިޔަގޮތަށް ގޮސް ކާރު ޖެހުނީ އުއްޑުންނެވެ. ތަޅައިގެން ގޮސްފައިވާ ދޮރުފަތުގެ ތެރެއިން ބޭރަށް ނުކުމެފައިވާ މާރިޔާގެ އަތްވެސް ވަނީ ލެއިން ތަތްތެޅިފައެވެ.

ޖެހިގެން އައި ދުވަހު އިރުއެރީއްސުރެ މާނީ ހުންނަނީ އުދާސް ކަމެއްގެ މަތީގައެވެ. ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަމުގެ އިހުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. ނަމަވެސް ނުވިސްނެނީ އެއީ ކޮންކަމެއްކަމެވެ. މާނީއަށް އެއީ ކޮންކަމެއްކަން ވިސްނުނީ މެންދުރެއްހާއިރު ލާރާ ގުޅާފައިދިން ޚަބަރަކުންނެވެ. އޭނާ ފޯނުން އޮންލައިން ނޫސް ބަލާލިއެވެ. މަޝްހޫރު ވިޔަފާރި ވެރިޔާ އައްސަދު އަބޫބަކުރުގެ ދެމަފަރިން އެކްސިޑެންޓްވީ ހާދިސާ ފަލަ ސުރުހީގައި އޮތެވެ. މާނީގެ ހިތް ތެޅިލީ ނާމާން ތެޅުމަކުންނެވެ. އެދެމީހުންގެ ސަލާމަތަށް އެދި ހިތާ ހިތުން ދުޢާ ކުރެވުނެވެ.

ފޯނުން އައްސަދުގެ ނަމްބަރު މާނީ ހޯދާލިއެވެ. އެނަމްބަރަށް ބަލަން އިރުކޮޅަކު އޭނާއަށް ހުރެވުނެވެ. ގުޅަންވީކަމެއް ނުގުޅަންވީ ކަމެއް ނޭނގިފައެވެ. ނަމަވެސް ހިތްވަރުކޮށްފާ ގުޅަން އޭނާ ނިންމިއެވެ. އެނަމްބަރަށް ޑައިލް ކުރަން އޭނާގެ އަތް ހަރަކާތް ކުރި އިރު އޭނާގެ އަތް ތުރުތުރު އަޅައެވެ. ވަރަށް ހިތްވަރުން ޑައިލް ކޮށްލުމަށްފަހު އޭނާ ކަންފަތުގައި ފޯނު ޖައްސާލިއެވެ. ފޯނު ރިންގްވާން ފެށުމުން އޭނާއަށް ހިންދިރުވާލެވުނެވެ. އިރުކޮޅަކު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނަގާ ހަލޯ އޭ ބުނެލިއެވެ. މާނީގެ ކަންފަތުގައި ޖެހުނު އަޑުން އޭނާ ހައިރާންވެ ދެލޯ ބޮޑުވިއެވެ. އެއީ އައްސަދުގެ އަޑު ނޫން ނަމަވެސް އެއީ ކޮންއަޑެއްކަން އޭނާ ދެނެގަތެވެ.

“ތައުފީގު؟” މާނީއަށް އަހާލެވުނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

އެދެނީމަޢާފްޢަބްދުﷲޝާހިދުތާދި

Share Article

Follow Me Written By

thaadhi

Level 110 Stories

Other Articles

Previous

އިންތިޒާރު ކުރި ލޯބި (6)

Next

ފުންއަސަރު 03

Next
February 23, 2016

ފުންއަސަރު 03

Previews
February 23, 2016

އިންތިޒާރު ކުރި ލޯބި (6)

12 Comments!

  1. Nicky says:
    February 23, 2016 at 10:14 am

    Naseebennu visnunu kan vxx….v reethi mi vaahaka

  2. naax says:
    February 23, 2016 at 10:58 am

    Asluves maaneeah visnunukan hama naseeb vvvv..salhi vaahakaeh

  3. abhy says:
    February 23, 2016 at 12:20 pm

    Ehves reehcheh noon. Asadhu menna ehen v ma kon reehcheh vaany? Enme fahun asadhu menge vaahaka aee hageegai engi maariya egein nukunnan gos magumatheega huttaa asadhu gos maariya kaariyah huttuvumah hisaabn meehaku hila meh veehen heevegen beli iru karunun furifaivaa lolakaaigen thaufeeg. Eyge fahun asadhu menge vaahaka eh nais eccident v ma kada thaufeeg rovifa hury keevvegen kameh neygi…… hus maany ge vaahaka. Dhen hadi vejje mi vaahaaka

  4. Mary says:
    February 23, 2016 at 1:26 pm

    Varah reethi

  5. DHIHAAN says:
    February 23, 2016 at 2:08 pm

    Waahaka nunimey kamah jahaafa eba oiy. Ehenweema adhi Assadhumenah weegotheh neyngigen ulhey wareh nuwey kanneynge. Kiuntherinwes konmewes waregge kehtheri kameh hunnan jeheyne kamah wisnenee. Waahaka mihaaru gossa oiy hama warah reethi. ?

  6. lyn says:
    February 23, 2016 at 3:14 pm

    An dhw;-)

  7. Aimsithu says:
    February 23, 2016 at 4:05 pm

    Asluves abhy ebuni vaahaka aa maves thaaeedhu… mariya aa assadh ge vaahaka aii goi kada…

  8. jameela says:
    February 24, 2016 at 7:57 am

    dhen ok vaaane thoache. nuves kiyan . ekam friend ehge vaahaka eh.

  9. raheema says:
    February 26, 2016 at 2:17 am

    alhe dhn avahah ninman ulhe…

  10. mal says:
    March 5, 2016 at 5:02 pm

    Vvvvvvv nice

  11. mal says:
    March 5, 2016 at 5:03 pm

    Wow salhi

  12. Rozy says:
    October 16, 2016 at 4:34 pm

    wow nice story

Comments are closed.

Next Episodeއެދެނީ މަޢާފް←


All Right Reserved!