Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 10

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
December 30, 2025 4 Mins Read
8 Comments

“ރާކިން އިނގޭނެ ދޯ އޭނައަށް.. އައިނާ ކައިރީ އަހަ އަހާ އެއްޗެއް އެނގޭ ގޮތެއް ނުވި.. މިތަނުން އޭނަގެ ފައިލް ލިބުނީކީއެއް ނޫން..” ރުކައިން ބުނެލިއެވެ. “ބަޑީ.. އެންމެން ކަލޭ ކައިރީ ރާކިންގެ ކަންކަން ނުބަލަން ބުނަނީ ކަމަކުއޭ.. އެނގޭނުން މަޔާން؟ މައިރީންގެ ދޮންބެ؟ އޭނަ ރާކިންގެ މަރުގެ ހަގީގަތް ހޯދަން އުޅުނީމަކޮށްލާފަ އޮތް ވަރު އެ އޮތީ.. ރުކައިން އަދި ރާކިންގެ ސިފަ ހުރި މީހަކަށް ކިހިނެތްވާނީ؟” ރުކައިންއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ކައިލް އަހައިލިއެވެ. “ދެން އެހެނޭ ކިޔާފަ ރާކިންގެ ގާތިލުން ދުނިޔޭގަ އުޅެން ދޫކޮށްލަނީ؟ އައިނާ ބުނެފި އޭނައަށް ޔަގީނޭ އެކަން ކުރީ ޝިޔާންއޭ އެހެންވީމަ އޭނައާ ސުވާލު ކުރަންވީނުން؟” ރުކައިން ބުންޏެވެ.

***ޕާޓް 10**

ކައިލް ރުކައިންއާއި ދިމާލަށް ބަލައިލީ މޮޔައަކަށް ބަލައިލާނެ ފަދައަކުންނެވެ. “ރުކައިން ކޮންއިރަކު ތިހާ ގަމާރުވީ؟ ހެއްކެއް ނެތި މީހަކު މިތާ ބަންދުކޮށް ސުވާލުކޮށް އުޅުނީ ކޮންއިރަކު؟” ނިތުގައި އަތް އަތް ބާއްވައިލަމުން ކައިލް ސުވާލުކޮށްލިއެވެ. “އައިނާ ވަރަށް ޔަގީން ކަމާއެކު އޭ-” ރުކައިންއަށް އޭނަ ބުނަން އުޅުނު ޖުމުލަ ފުރިހަމަ ކުރެވުމުގެ ކުރިން ކައިލް ވާހަކަ ދައްކަން ފެށިއެވެ. “އައިނާ އެހެން ބުންޏަސް އަހަރުން މީ ފުލުހުންނޭ ރުކައިން.. އަހަރުންނަށް ހެއްކެއް ނެތި އެއްވެސް ކަމެއް ނުކުރެވޭނެ!” ކައިލް ތަންކޮޅެއް ބާރަށް ބުންޏެވެ. ރުކައިންއަށް ފުންނޭވާއެއް ދޫކޮށްލީ ކައިލް އެ ބުނަނީ ތެދެއްކަން އެނގޭތީއެވެ.

“ދެން؟ ދެން އަހަރުން އަތް އުރައިލައިގެން ހުންނަންވީ؟” ރުކައިން ހަށަން ބަނދެލަމުން އަހައިލިއެވެ. “އަހަރެންނެއް ތިހެނެއް ނުބުނަމެއްނުން.. އެހަށް މިހާރު އަހަރުންނަށް ދީފަ އޮތް ކޭސްއާގެން އުޅެމާ… ރާކިންގެ ކޭސް މިހާރު ބަންދުކޮށްފަ އެ ހުރީ..” ދުރުބަލައިލަމުން ކައިލް ބުންޏެވެ. “ކައިލްއާ ގާތް މީހެއްގެ ކޭސްއަށް ނުވީމަ ތަ ކައިލް އެ ކޭސްއާ އެހާ ވަރުން ތި ނޫޅެނީ؟ ކިޔާރާގެ ކޭސްގަ ކައިލް ހިތްވަރު އެހާ ފަސޭހައިން ދޫކޮށްލި ތަނެއް އަހަރެން ނުދެކެން ހަމަގައިމު ވެސް..” ކައިލްގެ މޫނަށް ނަޒަރު ހުއްޓައިލައިގެން ހުރެ ރުކައިން ސުވާލުކޮށްލިއެވެ.

ރުކައިންއާއި ދިމާލަށް ކައިލް ގަބޫލު ނުކުރެވިފައިވާ ފަދައަކުން ބަލައިލިއެވެ. “ރުކައިންއަށް އެނގޭތަ ރާކިން އޮތް ހާލު އޭނަ ފެނުންއިރު؟ ޓޯޗާރކޮށްފަ އޮތް ކަމުގެ ހެކިތަށް އޭނަގެ ހަށިގަނޑުން ފެނުނު.. އޭނަގެ ހަށިގަނޑު އޮތީ އަންދާލާފަ އިންސާނެއްގެ ސިފަ ވަކި ނުވާ ވަރަށް.. އަދި ނުވިތާކަށް އޭނަގެ ކޮއްކޮ އޭނައަށްވީ ގޮތް ހޯދަން އުޅުމުން ކިރިޔާ އެކަމުގެ ފަހަތުގަ ތިބި ބަޔަކު އޭނަ ކޮއްކޮ އެކްސިޑެންޓު ނުކޮށްލީ.. މަޔާން އެ ކޭސް ބަލަން އެކޮޅަށް ދިޔައީތީވެ މަޔާން ވެސް މަރުގެ އެތިފަހަރަކުން ކިރިޔާ ސަލާމަތްވެފަ އެހުރީ.. ރާކިންއަށް އެހެން ހެދި މީހުން.. އެއީ އިންސާނުންގެ ސިފައިގަ ހުރި ޖަނަވާރުން.. އަހަރެން އެ ކޭސް ނުބަލަނީ ރާކިންއަކީ އަހަރެންގެ އާއިލާ މީހަކަށް ނުވީމައެއް ނޫން.. އެ ކޭސް ބެލޭނީ ޓީމްއެއް ނަގައިގެން.. މިކޮޅުގަ ވެސް އެބަހުރި އެކަމަށް ހުރަސް އަޅާނެ މީހުން..” ކައިލް ވާހަކަ ދެއްކީ ރުކައިންއަށް އަޑު އިވޭނެ ވަރަށްށެވެ. ކައިލްގެ ވާހަކަތައް ރުކައިންއަށް ގަބޫލު ކުރެވުނެވެ.

ސައިކްރޭޓްރީ ޑިޕާރޓްމެންޓްގައި ޕޭޝަންޓުން ހުސްވި ވަގުތުކޮޅެކެވެ. ޒީނާ ފޫހިވެގެން އެތަން ވަށާ ހިނގައިލިއެވެ. އޭނަގެ ލޮލުގައި އެވަގުތު އެއްކައިރީގައި ހުރި ފުރޮޅުލީގޮޑި އަޅައިގަތެވެ. އިތުރު ވިސްނުމަކާއި ނުލައި ޒީނާ އެ ގޮޑީ ހުޅުވައިލުމަށްފަހު އިށީނެވެ. އަދި އެ ދުއްވަން މަސައްކަތް ކުރަން ފެށިއެވެ. ޔުލާން ބަލިމީހުންބަލާ ކޮޓަރިން ނިކުތީ މީހަކު ހޯލުގައި އުޅޭހެން ހީވެގެންނެވެ. މާ ބާރަށް މީހަކު ފުރޮޅުލީ ގޮޑި ދުއްވާ ތަން ފެނުމުން އޭނަ ހާސްވިއެވެ. އަވަސް އަވަހަށް ފުރޮޅިލީގޮޑީގެ އަތްގަނޑުގައި ހިފައިލިއެވެ. “އެކްސްކިޔުޒް މީ؟ ތިހާ ބާރަށް ދުއްވަންޏާ ވެއްޓިދާނެ..” ޔުލާން ބުނެލިއެވެ. ޔުލާންގެ އަޑަށް ޒީނާ އިސްއުފުލައިލާ ބަލައިލިއެވެ. އޭނަގެ މޫނު ފެނުމުން ޒީނާގެ ކޯތާފަތަށް ރަތްކުލަ ފާއްދައިލިއެވެ. ހިތުގެ ހިނގުން އަވަސްވެގެން ދިޔައީ އިންތިހާއަށެވެ.

“ޒީނާ؟؟ މީ ކޮންކަމެއް؟” ޔުލާންއަށް ޒީނާގެ މޫނު ފެނުމުން އެއްބުމަ އަރުވާލަމުން ސުވާލުކޮށްލިއެވެ. “މީ.. އަނެއް.. މި ގޮޑި ޓެސްޓުކޮށްލަނީ މި..” ހަދާނެ ބަހަނާއަކާއި މެދު ވިސްނަމުން އަނގަ އޮޅެމުން ކަހަލަ ގޮތަކަށް ޒީނާ ޖަވާބު ދިނެވެ. އޭނަ ތެދުވަންއުޅުމުގެ ކުރިން ޔުލާން ގޮޑި އޭނަގެ ގަޔާއި ދިމާލަށް ތިރިކުރަން ފެށިއެވެ. ފަހަތަށް ވެއްޓޭ ފަދަ އިހްސާސެއްވުމުން، ޒީނާގެ އަނގައިން ތޫނު ހަޅޭކެއްގެ އަޑު ނިކުމެގެން ދިޔައެވެ. ލާނެތް ގޮތަކަށް ހީލަމުން ޔުލާން އޭނަގެ މޫނު ޒީނާއާ ކައިރިކޮށްލިއެވެ. “ޝްޝްޝް.. އަހަރެން ޒީއަށް ގޮޑި ޓެސްޓުކޮށްލަން އެހީ ވަނީއެއްނުން މި..” ހިނިއައިސްފައި ހުރެ ޔުލާން ބުންޏެވެ. ޔުލާންގެ ޖުމުލައިން ޒީނާގެ ކޯތާފަތް އިތުރަށް ރަތްވެގެން ދިޔައެވެ. ޔުލާން އޭނަގެ މޫނަށް ތިރިވެގެން އޮތް ގޮތުން ޒީނާގެ މޫނަށް ޔުލާންގެ ހޫނު ނޭވަގެ އިހްސާސްވެއެވެ.

ހުދުކުލައިގެ ޑޮކްޓަރ ކޯޓު އަޅައިގެން ހުރިއިރު ޔުލާންގެ ފިރެހެންވަންތަކަން އިންތިހާއެވެ. އޭނަގެ ދެލިގަނޑެއް ފަދަ ކަޅުކުލައިގެ އިސްތަށިކޮޅު ނިތް މައްޗަށް ވެއްޓިފައިވެއެވެ. ހަންގަނޑުގެ ކުލަ އަލިކޮށް ހުރި އިރު އިސްކޮޅުން ހަ ފޫޓު އުލާންގެ ހަމަވާނެކަން ގައިމެވެ. ގުދުރަތީ ގޮތުން މަޑު ރަތްކަމެއް ވެރިވެފައިވާ ތުންފަތެކެވެ. ނަންބަރު އައިނުގެ ފަހަތުގައި ފޮރުވާލެވިފައިވާ ޖާދޫވި ދެލިކޮޅެއް ފަދަ ދެ ލޮލެވެ. ޔުލާންގެ ޖާދޫގައި ޖެހިފައިވި ޒީނާއަށް ހޭވެރި ކަމެއްވީ މީހަކު ކަރުކެހޭ އަޑުއިވުމުންނެވެ. “މިއީ ދެމީހުން ހިނދީ ޑްރާމާ ކުޅޭ ތަން ތަ؟” ލާނެތް ގޮތަކަށް އެހެން ބުނި ނަމަވެސް މާކިންގެ އަޑުގައި ކޮންމެ ވެސް ވަރެއްގެ ނުރުހުމެއްވެއެވެ. ޒީނާ އިށީނދެގެން އިން ގޮޑި ރަނގަޅުކޮށްލުމަށްފަހު ޔުލާން ހިނިގަނޑެއް ޖަހައިލާ އޭނަގެ އިސްތަށިގަނޑަށް އަތް މަހައިލިއެވެ. “ޒީ ފޫހިވެގެން އުޅޭތީ މަޖާކޮށްލީއޭ ދޯ..” ޔުލާން ހީލަމުން ޒީނާއަށް ދޯ ދިނެވެ. ޒީނާ ވެސް ހިނިތުންވެލުމަށްފަހު ބޯޖަހައިލަމުން މާކިންގެ ގާތަށް ދިޔައެވެ. “ޕޭޝަންޓަކަށް ދެމީހުން ކަސޯޓީ ކުޅޭތަން ފެނުން ނަމަ މަޖާވީސް..” ޒީނާއާއިއެކީ ހިނގައިގަންނަމުން މާކިން ދިމާކޮށްލިއެވެ. ޔުލާން ދެމީހުން ދަން ދެން ލާނެތް ހިނިތުންވުމެއްގައި ދެ މީހުންނަށް ބަލަން ހުއްޓެވެ

ސޯފާގައި ލާރާ އިނީ އިސްޖެހިފައެވެ. ލަދުން އިސްއުފުލައިލާ މަޔާންގެ މޫނަށް ބަލައިލާނެ ހިތްވަރެއް މިއަދު އޭނަގެ ގައިގައެއް ނެތެވެ. މޫނުމަތީ އަތް އަޅައިގެން އިން އިރު، ކަރުނައަކަށް ފަހު ކަރުނައެއް އޭނަގެ ދެލޮލުން ވެއްޓެމުން ދެއެވެ. މަޔާން ކުރިމަތީ ސޯފާގައި އިން އިރު، އޭނައަށް ދިޔައީ ލަޔާޝާއާއި މެދު ވިސްނެމުންނެވެ. ލަޔާޝާ ގާތު އެ ބަޔަށް އަލުން ވަންނަން އެދުމުން ވެސް ދެކޮޅު ހެދިއެވެ. އެހެންކަމުން މާކިން ލަޔާޝާ ގެންދިޔައީ އައިދަން އުޅޭ ގޭގައި ހުސްކޮޓަރި ހުންނަ ވާހަކަ ބުނުމުން އެގެޔަށްށެވެ. އައިދަން ކުރިން އެމީހުނަށް އެހީވެފައި އޮތް ނަމަވެސް އަދި ވެސް ބޭރު ތެރޭ ކުރިން އުޅޭ ގޮތަށް އުޅޭތީވެ މަޔާންއަށް އައިދަން އެހާ ކަމަކު ނުދެއެވެ. އެހެންނަމަވެސް މާކިން ބުނުމުން މާކިންގެ ބަހަށް އިތުބާރު ކުރީއެވެ.

މަޔާންގެ ނަޒަރު ލާރާއަށް ހުއްޓުނެވެ. ލާރާ ހުއްޓައި ނުލައި ރޮމުން ދާތީވެ އޭނަގެ ހިތަށް އުނދަގޫވިއެވެ. “ލާލާ ދެން ހުއްޓާލާ ވީ ކަމެއްވީ.. އަހަރެންގެ ހިތަކު ލާލާއާ މެދު އެއްވެސް ރުޅިވެރިކަމެއް ނެތް.. އަލްހަމްދުލިއްﷲ މިހާރު ހަގީގަތް އެނގިއްޖެ.. ދެން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ..” ލާރާ ގާތު އިށީންނަމުން އޭނަގެ ކޮނޑުގައި ހިފައިލާ މަޔާންގެ މޭތެރޭ ބޮޑިކޮށްލިއެވެ. “އައިމް ސޯ ސޯރީ.. ޔާންއަށް ޓްރަސްޓު ކުރެވުންނަމަ މިއަދު މިހެން ނުވީސް… ދެން އެހެނެއް ނުވާނެ..” ލާރާ ގިސްލަމުން ބުންޏެވެ. “އައި ނޯ އައި ނޯ… ދެން އަވަހަށް ހުއްޓާލާ ޔާލު އަނެއްކާ އަހަރެންދެކެ ރުޅިއައިސްދާނެ މަންމި ރޮއްވަނީއޭ ކިޔާފަ..” ހީލަމުން މަޔާން ބުނެލިއެވެ. “ޔާލު އޯކޭ ވާނެ… އަހަރެންނާ ހެދި ޔާލު ވެސް ޔާންއާ ދުރުވީ..” ލާރާ ދެރަވެލާފަ ބުންޏެވެ. “ދެން ތިހެން ކިޔައިގެން ވާނެ ކަމެއް ނެތެއްނުންދޯ.. ހިނގާ މިއަދު ލީންއާ ޔާލު ގޮވައިގެން ޕާކަށް ދާން..” މަޔާން ދިން ހިޔާލު ލާރާއަށް ވެސް ކަމުދިޔައެވެ. ލާރާ ބޯޖަހައިލުމަށްފަހު މަޔާންގެ ހަށިގަނޑުގައި ލައްވެލިއެވެ.

ކާރުގައި އިން އައިދަންއަށް އިރުއިރުކޮޅާ ލަޔާޝާއަށް ބަލައިލެވެއެވެ. އޭނަގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. “ލަޔާ މިއީ އައިދަން.. ލަޔާ ގޭގަ ހުންނަން ބޭނުން ނޫނިއްޔާ ދެން އައިދަން ގޭގަ ހުރެލާ.. އަހަރެންގެ ކުރީގެ އެކުވެރިއެއް މީ.. އައިދަން ލަޔާއަށް ރަނގަޅަށް ބަލާނެ..” މާކިން މަޑުމައިތިރި ރާގަކަށް ވާހަކަ ދެއްކިއެވެ. މާކިން އޭނައަށް ދިން ކުރު ނަމުން ލަޔާޝާގެ ހިތުގެ ވިންދު އަވަސްވިއެވެ. އެހެންނަމަވެސް އެކަމެއް ދެއްކުމެއް ނެތި އިސްޖަހައިގެން އިނެވެ. އައިދަން އުޅޭ ގެ ކައިރީ ކާރު ޕާކުކޮށްލުމަށްފަހު ތިން މީހުން އެގެޔަށް ވަނެވެ.

ފިލާ ކުލައާއި ޑިޒައިން އިން ގޭތެރެ ޒީނަތްތެރި ކުރެވިފައިވީއިރު، ބަލާބެލުމަށް ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެން ލޯބިކުރާ ބައެއް އުޅޭ ތަނެއްހެން ހީވެއެވެ. ބޮޑު ފަތި ޓީވީއަކާއި، ސޯފާ ސެޓެއް ސިޓިންރޫމްގައި ހުއްޓެވެ. ސިޓިންރޫމްއާއި ޖެހިގެން ބަދިގެ ހުރިއިރު އެ އެޕާރޓުމެންޓުގައި މުޅިއެކު ތިން ކޮޓަރި ހުރެއެވެ. “ކަނާތް ފަރާތުގަ އެހުރީ އަހަރެންގެ ދޮންތަ އުޅޭ ކޮޓަރި، ދޮންތަ އުޅެނީ މެރީކޮށްގެން ސޯ ދޮންތަބެ ވެސް އުޅޭނެ، ދެން ޖެހިގެން އެ ހުރީ އަހަރެންގެ ކޮޓަރި، ދެން އެހުރީ ގެސްޓުރޫމްއެއް.. އެތަން ލަޔާޝާއަށް.. މިގޭގަ ލަޔާޝާއަށް ދަތިވާ އެއްވެސް ކަމެއް ނޯންނާނެ.. އަމިއްލަ ގެއޭ ހިތަށް އަރުވައިލައިގެން އުޅުނީމަ ރަނގަޅުވާނެ.. ލަޔާޝާ ކިޔަވަން ބޭނުމިއްޔާ ކިޔަވަންވީ ހަމަ.. އެއްވެސް އެއްޗެއް މިކޮޅަށް ނުދިނަސް ރަނގަޅުވާނެ..” އައިދަން ކޮޓަރިތައް ދައްކައިލަމުން ބުންޏެވެ. “ނޫނޭ އެގޮތެއް ރަނގަޅެއް ނުވާނެ.. އަހަރެން ވަޒީފާއަށް ގޮސްފަ ކުލި ދައްކާނަން.. އަބަދު އެހެން މީހުންގެ އެހީގައެއް ނޫޅެވޭނެ،.” އިސްޖަހައިލަމުން ލަޔާޝާ ބުނެލިއެވެ.

އައިދަންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އަލިޝްކާއާއި ޔަޝާލް ގޭތެރެއަށް ވަނެވެ. އައިދަން ގާތު ނުދަންނަ އަންހެންކުއްޖެއް ހުރުމުން ދެމީހުން ދެމީހުންނަށް ބަލައިލުމަށްފަހު އައިދަންއަށް ބަލައިލިއެވެ. “އިދީ މީ ކޮން ކުއްޖެއް؟” އަލިޝްކާ އަހައިލިއެވެ. “މިއީ ލަޔާޝާ… މިގޭގަ ގެސްޓުރޫމްގަ ބަހައްޓައިލަން ގެނައި ކުއްޖެއް..” އައިދަން ހަމަޖެހިލަމުން ބުންޏެވެ. “ލަޔާޝާއޭ؟؟ ޔާޝް؟؟”  އަލިޝްކާ ދެލޯ ބޮޑުކޮށްލަމުން އަހައިލިއެވެ. ލަޔާޝާއާއި ދިމާލަށް ރަނގަޅަށް ބަލައިލިއިރު އަލިޝްކާގެ ދެލޯ ފެންކަޅިވެއްޖެއެވެ. އޭނަގެ ވޮލެޓްގައި އަބަދުހެން އޮންނަ ފޮޓޯގަނޑު ނެގުމަށްފަހު ބަލައިލިއެވެ. އަލިޝްކާގެ ހަރަކާތްތަކުން ނަގާނެ މާނައެއް ނޭނގިފައި ލަޔާޝާއަށް ހުރި ތަނުގައި ހުރެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 11

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 12

Next
December 30, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ 12

Previews
December 30, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ 11

8 Comments!

  1. Laii says:
    December 30, 2025 at 10:28 am

    This part is also sooo good
    Is layaasha alishkaa ge sister?
    Atleast laara and Mayland are getting along again
    When next part?
    Lyy

    1. Maash Maash says:
      December 30, 2025 at 9:29 pm

      Thanks darlll.. tbh not my best part but happy U liked it💜..
      Let’s see dhww..
      Next part Insha Allah Saturday noony sundayga..
      Love you moree💜🦋

  2. Thiththi says:
    December 30, 2025 at 11:19 am

    Hama ran’galhah rovvaalaafa ninmaalee thiya! Enmefahun yaash fenunee dhoa! Kurin ves heeviyey yaash akee layaasha ey. Mibai ves varah reethi

    1. Maash Maash says:
      December 30, 2025 at 9:31 pm

      Hehe ehen dhw thiththi.. yes yaash fenijje emme fahun.. shukuriyya vrh bodah.. thiththi ge comment eh libuneema vrh ufaa vejje💜🦋

  3. Your fav bab Your fav bab says:
    December 30, 2025 at 12:21 pm

    Vrh reeth mi part ves MA!
    I ah vrh heeve ey rukain akee raakin hen!
    Awn! Yulan and zeena ah romantic scenes jassan ves engeny hospital eh ga dhw😂😂😹
    FINALLYY laaraa and Mayaan 😭💗💗
    So layaasha is alishka and aidhan’s long lost sis??
    So curious for the next part!
    When’s next
    Ly💗

  4. Maash Maash says:
    December 30, 2025 at 9:34 pm

    Thanks darlll.. I’m happy U liked it…
    Let’s see dhww..
    Hehe yeshhh they really are rom..
    Mayaan and laara make up kurevijje mihaaru..
    And alishka ge gotheh vx engeyne dhen oii Bai ga.. next part Insha Allah Saturday noony sundayga..
    Love you more darll.💜🦋

  5. Anonymous says:
    December 31, 2025 at 1:48 am

    ma ves rashusoraa agree

    1. Maash Maash says:
      December 31, 2025 at 2:03 pm

      Noted💜🦋

Comments are closed.

Next Episodeލޮތްބެއް މަ ނޭދެން ޔާރު ނޫން – 09←


All Right Reserved!