ލޮތްބެއް މަ ނޭދެން ޔާރު ނޫން – 09
“ތިޔަ ގާތް އެކުވެރިއަކީ ކާކު؟” އެ ޒުވާނާ އަހައިލިއެވެ. ނަދީހު ހޭން ފެށިއެވެ. “ކަލެއަކަށް އޭނައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ.. މިހާރު ވެސް އޭނަ މަ ހޯދާނެ.. އޭނައަށް ކަލޭ ފެނިއްޖެއްޔާ ބޮލާ ކަނދުރާ ވަކިކޮށް ކަނޑު ފައްތާނެ!” މޮޔައެއްހެން ހެމުން ނަދީހް ބުންޏެވެ. ކުއްލިއަކަށް އިވުނު ބާރު ހަޅޭކުން އެތަނަށް ޒަލްޒަލާއެއް ގެނުވި ފަދައެވެ. “އަދި އެއްފަހަރު އަހަރެން ސުވާލު ކުރާނަން.. ކަލޭގެ ތިޔަ ގާތް އެކުވެރިއަކީ ކާކު؟” ނަދީހުގެ ކުޑަވާ އިނގިލި އޮތީ އެޒުވާނާގެ މުށުގެ ތެރޭގައެވެ. ނުބައި ގޮތަކަށް އެ އިނގިލިބުރި އަނެއް ފަރާތަށް ލެނބިފައިވީ އިރު، އެ އޮތީ ބިނދިފައިކަން ޔަގީނެވެ. “ޝި.. ޝި..ޔާން..” އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުން އުނދަގޫ ގޮތަކަށް ނަދީހް ބުންޏެވެ.
***ޕާޓް 9**
އެ ޒުވާނާ މޫނުމަތިން ފޫހިކަން ފެނިގެން ދިޔައެވެ. “އޮފްކޯޒް.. އެކަހަލަ ބޮޑު ވިޔަފާރިވެރިއެއްވިއްޔާ ކުރާ ކޮންމެ ނުލަފާ ކަމެއްގެ ފަހަތުގަ ހުންނާނެ.. ލެޓްމީ ގެސް.. ކަލޭ އެކަން ކުރަނީ ލާރިއަށް؟” އޭނަ އަހައިލިއެވެ. “ލާރި ދިނަސް ނުދިނަސް މަ ބޭނުންވާ ކަމެއްވިއްޔާ ކުރާނަން..” ނަދީހު ކަޅި އަޅައިލަމުން ބުނެލިއެވެ. ހޫޑީލައިގެން ހުރި މީހަ ދަތްކުނޑިވިކައިލިއެވެ. އޭނަ އެހެން ފޮޓޯގަނޑެއް ނަގާ ދައްކައިލިއެވެ. “އަހަރެމެން މި ކުޅޭ ގޭމައިގެން ކުރިއަށް ދަމާ ދޯ؟ މިއީ ކާކު؟” ހޫޑީ ލައިގެން ހުރ މީހާ އަހައިލިއެވެ. އެފަދައިން އެތާ އޮތް ހުރިހާ ފޮޓޯގަނޑެއްގައިވި ކުދިންގެ މައުލޫމާތު ނަދީހު ދެމުން ދިޔައިރު، އޭނައަށް ނޭނގުނީ އެތާ ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަށް އަޑާއެއްކޮށް އެ މަންޒަރު އަރާނެކަމެވެ.
***
މަޔާން އިސްޖަހައިލައިގެން ހުރީ ފޯނުން ފެންނަމުން ދިޔަ ނަތީޖާއަށް ބަލާށެވެ. އެއީ ‘އޭއައި’ ކަމަށް ޓެސްޓު ކުރުމަށް އޭނަގެ އެކުވެރި ފުލުހަކަށް ދިން ފޮޓޯގަނޑުގެ ނަތީޖާއެވެ. ސުން ޕަސަންޓް އޭއައި ރަތް ކުލައިން ބޮޑުކޮށް ފެނިގެން ދިޔައިރު މަޔާންއަށް ހުރެވުނީ ފޯނު ހިފެއްޓި ގޮތަށް ގަޑުވެފައެވެ. ލާރާއަށް އެތަން ފެނުމުން މަޔާންގެ އަތުން ފޯނު އަތުލުމަށްފަހު ބަލައިލިއެވެ. އެއާއެކު ލާރާ ދަތްކުނޑިވިކައިލިއެވެ. “ހަގީގަތް ދެލޮލަށް ފެންނަން ހުއްޓަސް މަޔާންއަށް ގަބޫލެއް ނުކުރެވޭތަ؟” މަޔާންގެ މޭމަތީގައި އަތް އަޅައި ކޮށްޕައިލަމުން ލާރާ ބުންޏެވެ. އަލަށް ޖަހާފައިވާ ފަޔަށް ރަނގަޅަށް ހޭނިފައި ނުވާތީ ވެއްޓެން ދިޔަ މަޔާނަށް އޭނަގެ ހަށިގަނޑު ސީދައެއް ނުކޮށްލެވުނެވެ. ވެއްޓި ޖެހުން ގޮތުން އޭނަގެ އަރިކަށްޓަށް ކުއްލި ތަދެއް އަރައިގެން ދިޔައެވެ. މަޑު އާހްއަކާއިއެކު މަޔާން އޭނަގެ އަރިކަށީގައި އަތް ޖައްސައިލިއެވެ.
އެވަގުތު ކޮޓަރިން ނިކުތް ލަޔާޝާއަށް މަޔާން ފެނުމުން ދެލޯ ބޮޑުވިއެވެ. “ޔާންބެ” އޭ ކިޔައި ގޮވައިލުމަށްފަހު މަޔާން ތެދުވަންނަން އެހީތެރި ވެދިނެވެ. “ކަލޭ ތިއީ ކާކުތަ ދެމަފިރިންގެ ދެމެދަށް ވަންނަން އޭ؟ ކަލެޔާ ހުރެއޭ ހުރިހާ ކަމެއްވީ ނުލަފާ ކުއްޖާގަނޑު.. އަދި ހުރެގެން މަގޭ ފިރިމީހައާއެކީ ނިދާފަ ބޭބެވެގެން އެބަ އުޅޭނުން..” ލަޔާޝާގެ އަތުގައި ހިފައި މަޔާންއާއި ދުރުކޮށްލުމަށްފަހު ލާރާ ހަޅޭއްލަވައިގަތެވެ. ލަޔާޝާއަށް ލާރާގެ ހަޅޭކުން އިސްޖެހުނެވެ. މަޔާން ތެދުވެ ހަމަޖެހިލުމަށްފަހު ލަޔާޝާއަށް ފޯނުގައިވާ ފޮޓޯ ދައްކައިލިއެވެ. އެއާއެކު ގަތް ލަދުން ލަޔާޝާގެ މޫނަށް ރަތްކުލަ އަރައިގެން ދިޔައެވެ. “އަހަރެން ހުވާކޮށްފަ މިބުނަނީ އަހަރެން ހަމަހޭގައި މިފަދައިން ލަޔާޝާއާއެކު އުޅެފައެއް ނޯންނާނެ.. މިއީ އަސްލެއް ނޫނޭ ބުނޭ ލަޔާޝާ ޕްލީޒް..” މަޔާން ލަޔާޝާގެ ގާތުން އާދޭސްކޮށްލިއެވެ.
ލަޔާޝާއަށް ލަދުން އިސްޖަހައިލިއެވެ. އެއީ އަސްލެއް ނޫނޭ އޭނަ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އެދުވަހު އެހެން ނުހެދުން ނަމައޭ ލަޔާޝާގެ ހިތަށް އެރި އަދަދެއް ނޭނގުނެވެ. ލާރާ ނޫން އެންމެން އޭނަ މި އާއިލާއަށް ބަލައިގަތީ ހެޔޮ ހިތަކާއިއެކުގައެވެ. އެހެންނަމަވެސް އޭނައާ ހުރެ މަޔާންގެ ކައިވެންޏަށް ލޮޅުންތަކެއްވަނީ އަރާފައިކަން އޭނައަށް އެނގެއެވެ. “ތި.. ތިއީ އަސްލެއް..” ސިއްރެއް ބުނާ ފަދައަކުން މަޑުމަޑުން ލަޔާޝާ ބުނެލިއެވެ. ލަޔާޝާގެ ޖުމުލައިން ސިކުންތު ކަށި ހުއްޓުން ފަދަ އިހްސާސެއް މަޔާންއަށް ކުރެވުނެވެ. މަޔާން ގާތަށް އައީ ފާޑެއްގެ ރުޅިއެކެވެ.
މަޔާންގެ ކުރިމަތީ އިސްޖަހައިގެން ހުރި ލަޔާޝާއާއި ދިމާލަށް މަޔާން ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. އެ ހާދިސާއަށް ފަހު މައިރީން ފަދައިން ކޮއްކޮއެއްހެން ލަޔާޝާ ބަލަމުން ދިޔަ ނަމަވެސް، މިހާރު އެކަމާ މެދު އޭނަ ހިތާމަ ކުރެއެވެ. “ލަޔާޝާ ކީކޭތަ ތި ކިޔަނީ.. އަހަރެން ދުވަހަކު ވެސް އެކަހަލަ ކަމެއް ނޯންނާނެ ލަޔާޝާއާ އެއްކޮށްކޮށްފައެއް.. އަހަރެމެންގެ ކައިވެނި ރޫޅާލާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ އޭނ؟؟” އައިސްފައި ހުރި ރުޅިން ލަޔާޝާގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން މަޔާން ބުންޏެވެ. “އެ ފޮޓޯއަކީ އަސްލެއް ނޫނޭ ބުނޭ..” ދަތްކުނޑިވިކައިލައިގެން ހުރެ ލަޔާޝާގެ ކޮނޑަށް ފިތައިލަމުން މަޔާން ބުންޏެވެ. ލަޔާޝާ މަޑުމަޑުން ތުންފަތުގައި ދަތް އަޅައިލުމަށްފަހު އިސްޖަހައިލިއެވެ. ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔަ ހިނދު މަޔާން އޭނަގެ އަތް ބޮލުގެ އިސްތަށިގަނޑަށް މަލައިލިއެވެ. ލާރާގެ މޫނަށް ބަލައިލަމުން ލާރާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިލިއެވެ. “ލާލާ ޕްލީޒް ބިލީވް މީ..”
ލާރާ ދަތްކުނޑިވިކައިލުމަށްފަހު މޫނު އަނބުރައިލީ އޭނަގެ ދެލޮލުގައި ތާށިވެފައި ހުރި ކަރުނަތައް މަޔާންއަށް ވަންހަނާ ކުރާށެވެ. މިހާ ދުވަހު އަމިއްލައަށް އެއީ ކަންވެފައި އޮތް ގޮތް ކަމަށް ގަބޫލުކުރި ނަމަވެސް، ލަޔާޝާގެ ދުލުން އެހެން ބުނުމުން ލާރާގެ ހިތް ކުދިކުދިވިއެވެ. އޭނަ އަދިވެސް މަޔާންދެކެ ލޯބިވެއެވެ. ނަފްރަތު ކުރާކަން ބޭރުފުށުން ދެއްކި ނަމަވެސް، އޭނަގެ ހިތަކީ މަޔާންގެ މިލްކެކެވެ. ކިތަންމެ ނަފްރަތު ކުރަން އުޅުނު ނަމަވެސް އެކަމެއް އޭނައަކަށް ނުކުރެވުނެވެ. “ނިކުމޭ މިގެއިން.. ހަމަ މިހާރު ނިކުމޭ! އަހަރެން ކޮށްދިން ކަންތަކަށްފަހު ވެސް ލަޔާޝާއަށް އޭގެ އަގު އަދާކޮށްދޭން އެނގުނު ގޮތަކީ ތިއީތަ އޭން؟؟ އަހަރެން ދުވަހަކު ވެސް ކަލެޔަކަށް މާފެއް ނުކުރާނަން.. ކަލޭގެ އެއްވެސް އެއްޗެއް މިގެޔަކު ނުހުންނާނެ! ނިކުމޭ!!” މަޔާންގެ އަޑު ލަޔާޝާގެ ކަންފަތަށް އަވުނީ ބާރު ގުގުރިއެއް ޖަހައިލި ފަދައަކުންނެވެ. އަވަސް އަވަހަށް އެއްޗެކޭ ބުނަން އުޅުނު އަނގަ ލައްޕަން ޖެހުނީ ލާރާ އޭނަގެ އަތުގައި ހިފައިގެން ބޭރަށް ނެރެން ހިނގައިގަތީމައެވެ.
ލަޔާޝާ ބޭރަށް ކޮށްޕައިލުމަށްފަހު އެޕާޓްމެންޓުގެ ދޮރު އޭނަގެ މޫނު މައްޗަށް ޖެހިއެވެ. މަޔާންއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ލާރާ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ލާރާ އަނގަމަތީގައި އަތް އަޅައިލީ އަނގައިން އަޑޭއް ބޭރުވެދާނެނެތީއެވެ. އޭނަގެ ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބަމުން ދިޔައެވެ. “ލާރާ ޕްލީޒް އަހަރެން އެކަހަލަ ކަމެއް ނުކުރަމޭ.. ގަބޫލުކޮށްބަ އާދޭސްކުރަން..” މަޔާން ދޮރު ހުޅުވަން މަސައްކަތް ކުރަމުން ބުންޏެވެ. އޭރު އޭނަގެ އަޑު ވެސް ވަނީ ކުރެހިފައެވެ. ލާރާ އެއްޗެކޭ ބުނުމެއް ނެތި އަލަމާރިމަތީގައި ހުރި ފޮއްޓަށް މާޔަލް އާއި ލީންގެ ހެދުމާއި ބޭނުންވާ ތަކެތި އަޅަން ފެށިއެވެ. ލާރާ ދޮރު ނުހުޅުވުމުން މަޔާން ދޮރު ކައިރީ އިށީންދެ އޭނަގެ މޭގައި ކަކޫ ޖައްސައިލިއެވެ. އޭރު މަޔާންގެ ދެލޮލުގައި ހައްޔަރުވެފައިވާ ކަރުނަ ތިކިތަށް ކޯތާފަތްމަތީ ފިރުކިލުމަށްފަހު ތިރިއަށް ވެއްޓެމުން ދިޔައެވެ. ސިކުނޑިއަށް ބާރުލާފައި އޭނަ ދިޔައީ ލަޔާޝާއާއެކު ހަމަހޭގައި ނުހުރެވުނު ނަމަވެސް އެފަދަ ކަމެއް ކުރެވުނުތޯ ހަނދާން ކުރަން މަސައްކަތް ކުރަމުންނެވެ.
އައިދަން ގޮވައިގެން އެޕާރޓްމެންޓަށް ވަންނަން ދިޔަ މާކިންއަށް އޭނަ ހުރި ފިޔަވަޅުމަތީ ހުއްޓެވުނީ ރޮވިފައި އެޕާރޓްމެންޓްގެ ދޮރަށް ބަލަން ހުރި ލަޔާޝާ ފެނިފައެވެ. މާކިން އަވަސް ފިޔަވަޅުތަކަކަށްފަހު ލަޔާޝާގެ ކުރިމަތީ ހުއްޓުނެވެ. “ހޭ ކިހިނެތްވެފަ މިތާ؟ ދޮންބެދައްތަ އެއްޗެކޭ ބުނީތަ؟..” މާކިން މަޑުމައިތިރި ރާގަކަށް ބުންޏެވެ. “އަހަރެންގެ ސަބަބުން ހުރިހާ ކަމެއް ގޯސްވަނީ.. އަހަރެން ޔާންބެގެ ކައިވެނި ހަލާކުކޮށްލީ..” ލަޔާޝާ އިސްޖަހައިގެން ހުރެ ރޮމުން ކިޔަމުން ދިޔައެވެ. އައިދަންއަށް ލަޔާޝާގެ އަޑުއިވުމުން ހީބިހި ނަގައިގަތެވެ. ކޮންމެ ވެސް ސަބަބަކާއި ހުރެ ލަޔާޝާގެ ރުއިމުން އޭނައަށް އުނދަގޫވިއެވެ.
މާކިން އަދި ވެސް ހުރީ ވާނުވާގައެވެ. ލަޔާޝާ ހުއްޓުމެއް ނެތި ރޮމުން ދާތީ، މާކިން ލަޔާޝާގެ ކޮންޑުގައި ހިފައި އޭނަގެ ހަށިގަނޑާއި ކައިރިކޮށްލިއެވެ. “އަހަރެންނަށް ނޭނގެ މަންމަ އަހަރެން ދުނިޔެއަށް ގެނައި ސަބަބެއް.. އަހަރެން ހަނދާނެއް ނުހުރެ އަހަރެންގެ އާއިލާ މަތިންނެއް.. އެ ނުލަފާ ހޮހަޅައިގަ އަހަރެންނަކަށް ނޭނގެ އަހަރެން އުޅެން ޖެހުނީ ކިތަށް އަހަރުވަން ދެން ކަމެއް.. އެކަމަކު ޔާންބެ އައިސް އަހަރެން ސަލާމަތްކޮށްދިނީ.. އަހަރެންނަށް ޔާންބެއަށް ކޮށްދެވުން ކަމެއް ނެތް.. އަހަރެންގެ ސަބަބުން ޔާންބެގެ ދިރިއުޅުން ހަލާކުވެގެން ދިޔައީ.. އެ ފޮޓޯތަކަކީ އެމީހުން ޔާންބެ ޑްރަގްކޮށްފަ އަހަރެން އެތާ ބާއްވާފަ ނެގި ފޮޓޯތަކެއް.. އެއީ އަހަރެންނަށް ޔާންބެއަކީ އެތާ އުޅޭ މީހުން ފަދަ މީހެއް ނޫންކަން އެނގުމުގެ ކުރިން.. އެކަންތައް އެމީހުން ކުރީ ކޮންމެވެސް ޑިސްޓްރެކްޝަންއަކަށް.. އަހަރެންނަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ނުކެރުނީ ޔާންބެ އަހަރެންނާ މެދު ކަންތައް ކުރަމުން ދިޔަ ގޮތް ރަނގަޅުކަމުން..” ގިސްލެވިފައި ހުރެ ލަޔާޝާ ކިޔައިދިނެވެ. ލަޔާޝާގެ ވާހަކަތަކުން އައިދަންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. “އަނެއްކާ މިއީ ޔާޝްބާ؟” އޭނައަށް ހިތާ ހިތުން ސުވާލުކޮށްލެވުނެވެ.
ސޫޓްކޭސް ހިފައިގެން އެޕާރޓްމެންޓުން ނިކުންނަން ދޮރުހުޅުވައިގެން ހުރި ލާރާއަށް އެވާހަކަ އަޑުއިވުމުން އޭނަގެ ކަކުލުން ވަރު ދޫވިއެވެ. އަތުގަ އޮތް ދަރިފުޅު ވެއްޓި ދާނެ ކަމުގެ ބިރަށް މަޔާން އަވަސް އަވަހަށް ލާރާ އަތުން އެކުއްޖަ ނެގިއެވެ. ހުރިހާ ކަމެއް ހާމަވުމުން މަޔާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އޭނަ ހީކުރި ފަދައިން ނޭނގި ނަމަވެސް ލާރާއަށް ބޭވަފާތެރިނުވެވޭކަން އެނގުމުން މަޔާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މަޔާން ދެރަވީ އޭނަ ދެންމެ ލަޔާޝާގެ އަޑު އެހުމެއްނެތި އެޕާރޓްމެންޓުން ބޭރުކުރީމައެވެ.
ލަޔާޝާއަށް ލާރާ ފެނުމުން ދެލޯ ފޮހެލުމަށްފަހު ލާރާގެ ކައިރީ ކުޑަކަކޫ ޖަހައިލިއެވެ. “ލާރާ ދައްތާ.. އަހަރެންނަށް މާފުކުރޭ މި ވާހަކަ މިހާ ދުވަސް ވަންދެން ސިއްރުކުރެވުނީމަ.. ޔާންބެ އެންމެ ފުރަތަމަ ދުވަހު އަހަރެންނާ ބައްދަލުވީއްސުރެ ކައިރިވިޔަސް ބުނާނެ ތިމަންނަގެ ލޯބިވާ ވައިފްއަކާ ދަރިއެއް އެބަހުއްޓޭ.. ތިމަންނަ ހަމަހޭގަ ހުރެގެން އެމީހުންނަކަށް ބޭވަފާތެރިއެއް ނުވާނަމޭ.. ޔާންބެ އަބަދު ވެސް ހުރީ އެ އަޒުމުގެ މަތީ.. ޔުއާރ ސޯ ލަކީ އެކަމް ޕްލީޒް މިސްއަންޑަސްޓޭންޑިންއަކާ ހުރެ… އަހަރެންނާ ހުރެ ތި ދެމަފިރިން ވަކި ނުވޭ..” ލަޔާޝާ ނޭފަތް ދަމައިލަމުން ބުންޏެވެ.
ލާރާ އިނީ އިންތިހާއަށް ލަދުގަނެފައެވެ. އަދި ހިތުގަ ޖެހިފައެވެ. އޭނަގެ ހިތަށް ތޫނު ތިނޯހެއް ހަރާ ފަދަ އިހްސާސެއް ކުރެވެމުން ދިޔައެވެ. މިއޮއް ހުރިހާ ދުވަހު އޭނަ މަޔާންއާއި މެދު ކަންތައް ކުރަމުން ދިޔައީ ހާދަ ބޭއިންސާފުންނެވެ. މަޔާން އެހާ ވަރަށް އާދޭސްކުރި އިރު، އެއަޑު އޭނަ ނާހައެވެ. އޭގެ އިތުރުން މަޔާން އޭނައަށް އެންމެ ބޭނުންވި ދުވަހު އޭނަ މަޔާންއާއި މެދު ހާދަ ބޮޑަކަށް އަނިޔާވެރިވިއެވެ. “އައިމް ސޯ ސޮރީ.. އަހަރެންނަށް މާފު ކުރޭ..” މޫނުމަތީގައި އަތް އަޅަމުން ލާރާ ބުންޏެވެ.
***
ފޯނަށް ގުޅަމުން ދިޔަ ނުދަންނަ ނަންބަރަށް އައިނާ ބަލަން އިނީ ރިންގުވެފަ ކެނޑޭނެއިރެއްގެ އިންތިޒާރުގައެވެ. މި ހަފްތާގައި މިފަދައިން ނުދަންނަ ނަންބަރެއް އޭނައަށް ގުޅާތާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެއީ ޝިޔާންކަން އޭނައަށް އެނގެއެވެ. ޝިޔާންއާއި ބައްދަލުވި ފަހުން ކޮންމެ ދުވަހަކު ދެތިން ފަހަރަކު އޭނައަށް ޝިޔާން ގުޅައެވެ. “މަންމަ އަތުން ބައްޕަގެ ކޮންޕެނީ އަތުލާފަ ވެސް މީނައަށް މައިތިރިވާކަށް ނޭނގުނު ދޯ..” ދަތްކުނޑިވިކައިލަމުން އައިނާއަށް ބުނެވުނެވެ. ފޯނު ކެނޑުމުން މެސެޖެއް އައީމަ އައިނާ ފޯނަށް ބަލައިލިއެވެ. އޭރު އިންސްޓަގްރާމްއިން ރުކައިން އޭނައަށް ފޮލޯކޮށްފަ ހާއި ޖަހާފަ އިނެވެ.
އައިނާއަށް ބުމަ އަރުވައިލެވުނެވެ. “މި ކަލޭގެއަށް އަދިވެސް އެއްޗެއް ނުވިސްނިގެންތަ މިއުޅެނީ؟ ޕިސް އައިމް ނޮޓް އިންޓަރެސްޓެޑް އިން ރާކިން ޓޫ ޕޮއިންޓް އޯ.. މީނަ ރާކިން އާ އަޅާ ވެސް ނުކިޔޭނެ..” އައިނާ އަމިއްލައަށް އިނދެ ކުދި ކިޔައިލިއެވެ. ފޯނު މޭޒުމަތީ ބަންޑުން ބާއްވާފައި އައިނާ ދެލޯ މަރައިލިއެވެ. އެއާއެކު އޭނަގެ ހަނދާނަށް އައީ ރާކިންއައި އޭނަގެ އެންމެ ފަހު ބައްދަލުވުމެވެ. އޭރު އޭނަ ރާކިން ބުނަން އުޅުނު ވާހަކަ އަޑުއެހި ނަމައޭ އައިނާގެ ހިތަށް ކިތަންމެ ފަހަރަކު އެރިއެވެ. އެކަމާ އަމިއްލަ ނަފްސު އައިނާއަށް އަބަދު ވެސް ކުށްވެރި ކުރެވުނެވެ.
އޮފީހުގައި ފޯނަށް ބަލަހައްޓައިގެން ރުކައިން އިނީ އައިނާގެ ޖަވާބަކަށް އިންތިޒާރުކޮށްލަ ކޮށްލައެވެ. “ބޯހަރު ކުއްޖާގަނޑު ޕިސް ތި ފޮލޯ ރިކުއެސްޓްގަނޑު އެކްސެޕްޓުކޮށްބަލަ ދޯ.. އަދި އެކައުންޓު ވެސް ޕްރައިވެޓްކޮށްފައޭ އިނީ އުނދަގޫކުރަން..” އަތުގައި އޮތް ގަލަމުން މޭޒުގައި މަޑުމަޑުން ޖަހަމުން ރުކައިން ބުންޏެވެ. ކުއްލިއަކަށް ޓަކި ޖަހައިލުމެއްނެތި ކައިލް އޭނަގެ ކެބިންއަށް ވަނުމުން ރުކައިން ފުންމައިގެން ތެދުވިއެވެ. “އިއްޔެ މަ ގުޅީމަ ފޯނު ކަނޑާލާފަ މިހާރު ޓައްކެއް އެއްޗެއް ޖެހުމެއް ނެތި މަގޭ ކެބިންއަށް ތިވަންނަނީ؟” ރުކައިން އެއްބުމަ އަރުވައިލަމުން ބުންޏެވެ. “އިއްޔެ ހަނީމޫން ހަދައިލީއޭ..” ކޮނޑު އަރުވައިލަމުން ހިނިގަނޑެއް ޖަހައިލަމުން ކައިލް ބުންޏެވެ.
“ލަދެއް ވެސް ހުރި އިންސާނެއްނޫނޭ މިއީ އަދި..” ރުކައިން ހިނިއައިސްފައި ހުރެ ކައިލްގެ ބޮލުގައި ޖަހައިލަމުން ބުންޏެވެ. “ހޫމް ކޮބާ ސީސައިޑް ރެސްޓޯރަންޓް ކޭސްއަށް ކިހިނެތްވަނީ؟” ކައިލް ސީރިއަސްވަމުން އަހައިލިއެވެ. “ސްޓިލް ނަތިން.. އެކަން ކޮށްފަ ހުރި މީހަކު އެކަން ކޮށްފަ ވަނީ ވަރަށް މޮޅަށްށޭ ބުނެވޭނީ.. އިނގިލީގަ ނިޔަފައްޗެއް ނެތް.. ސްކިން އަނދާފައި ހުރީމަ ޑީއެންއޭއެއް ނުނެގުން.. މައިންޑް ސިކް ފްރީކްއެއް މިއުޅެނީ..” ރުކައިން މޫނުގައި އަތް ހާކައިލަމުން ބުންޏެވެ. ކައިލް އަލުން އެ ފައިލް ބަލަން ފެށިއެވެ.
އަހަރެން އިއްޔެ އަސްލު ގުޅީ ކަމަކުއޭ.. އަހަރެން ބޭނުންވޭ ކަލޭ އަންހެނުންނާ ވާހަކަ ދައްކާލަން..” ރުކައިން ބުންޏެވެ. ކައިލް ދެލޯ ހަނިކޮށްލުމަށްފަހު އެއްބުމަ އަރުވައިލިއެވެ. “ރާކިން އިނގޭނެ ދޯ އޭނައަށް.. އައިނާ ކައިރީ އަހަ އަހާ އެއްޗެއް އެނގޭ ގޮތެއް ނުވި.. މިތަނުން އޭނަގެ ފައިލް ލިބުނީކީއެއް ނޫން..” ރުކައިން ބުނެލިއެވެ. “ބަޑީ.. އެންމެން ކަލޭ ކައިރީ ރާކިންގެ ކަންކަން ނުބަލަން ބުނަނީ ކަމަކުއޭ.. އެނގޭނުން މަޔާން؟ މައިރީންގެ ދޮންބެ؟ އޭނަ ރާކިންގެ މަރުގެ ހަގީގަތް ހޯދަން އުޅުނީމަކޮށްލާފަ އޮތް ވަރު އެ އޮތީ.. ރުކައިން އަދި ރާކިންގެ ސިފަ ހުރި މީހަކަށް ކިހިނެތްވާނީ؟” ރުކައިންއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ކައިލް އަހައިލިއެވެ. “ދެން އެހެނޭ ކިޔާފަ ރާކިންގެ ގާތިލުން ދުނިޔޭގަ އުޅެން ދޫކޮށްލަނީ؟ އައިނާ ބުނެފި އޭނައަށް ޔަގީނޭ އެކަން ކުރީ ޝިޔާންއޭ އެހެންވީމަ އޭނައާ ސުވާލު ކުރަންވީނުން؟” ރުކައިން ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Maashaa Allah mi part vx varah varah reethi….
Curiously waiting…
Naseebeh laaraa ah hurihaa hageegatheh inguny kan…
When next??
Thanks darlll I’m happy U liked itt..
Yess Hama naseebeh laara ah hageegai engunkan dhw.. next part Insha Allah Monday noony Tuesday ga.. 💜🦋
Mi part vx varah Reethi Masha Allah…
Who is The hoodie guy???? Sooo curious 🧐 Hoodie guy akee aidhan ah vedhaane baa! 🤔 Finalllyyyy, Laara ah Hageegaiy engijje dhw 😌 Rukain haadha curious vegen miulheny, Raakin ah v goiyy hoadhan, 😅 99.9999% sure Rukain is Raakin 😁 Nooo, Rukain don’t ask Shiyaan, Eyna hama komme fadha kameh vx koffaane 🥲
Neynge Aina kujjaj vx kollaame vareh, I just hate this Shiyaan Sooo much🙄
When Next??? Curiously waiting for the next part.. Appreciate your hard work 🥰💗
Lysm Maash 💜
Thanks darlll I’m happy U liked itt..
Hoodie guy akey kaakukan engeyne vrh avahah.. yess finally laara ah hageegai engijje.. dhen emmen rukain raakin AA vahtharey kiyanya curious vaanetha😭.. let’s see what happens next dhww.. next part Insha Allah Monday noony Tuesday ga.. thanks darlll.. love you moree💜🦋
Mi part ves vrh reethi MA!
I’m glad that laara knew the truth.
Rukain keehkuran tha Raakin ge case balan e ulhey???? It’s too dangerous!
Whn nxt???
Lysm 💗💗
Thanks darlll I’m happy U liked itt..
Hehe yess laara ah hageegai engine mihaaru.. curiousity ig😭😭 next part Insha Allah Monday noony Tuesday ga.. love you moree💜🦋
This part so good!!
Finally laara understood I hopes their marriage workout.
I’m 95% sure that rukain is actually raakin
I hate that shiyaan 🙄🙄
I’m soo curious on who that hoodie laigen hjri person issssss
U always finish leaving me in curiosity 😭
When next???
ILY tcc!!!🤍😊
Thanks darlll I’m happy U liked itt..
Yess laara ah hageegai engijje..dhen hingaa emeehunah vaagoi balama…. 5% is there ig👀.. haha hoodie laigen huri meeha adhi engeyne kaakukan eii.. ohhh readers curious vma ehnun story kiyaa hiy vaany😭 next part Insha Allah Monday noony Tuesday ga.. love you moree💜🦋
I’m 100% sure that rukain is raakin
Let’s see dhww💜🦋
Maasha allah mi part vs vrhh reethi
Sorry mihaa lahun cmnt kurevunyma
Adhivs nengey dhww hoodie laign eii kaaku kmhh
Alhamdulillah…laara ah haqeeqaiy egihje..dhn ahnaane dhwww emyhunge cute scenes…layaasha eii aidhan hoadhan ulhunu yaash dhww??kail mn honeymoon ah thanakah nugos honeymoon hadhaalydhwww?😂kail ge nufehnna side eh mihaar fehnanyvrhh hyvey…rukain kyhve tha ehaa aina fahathun eulheneykyeh….mihaaru midheny 100%yageenkan eii raakin….nuny vedhaane tha raakin ge sibling akhvssss?????arghhhh sooo curious….btw this might be my last cmnt engey….olevel kaeri vyma neyvaa laane vgthvs rangalhah nulibey….cmnt nukurevunas ehvs ehchekey hithah naarahcheyyy….I’m gonaa miss uuu….thankuu thihaa busy koh ulhemun vs vhk gensdheythy….lyysmmm🫶🏼😭
Thanks darlll.. I’m happy U liked it.. no worries vrh happy vejje aana ge comment eh libuneema lahun viyas.. hoodie laagen huri meeha engeyne adhi.. yess laara ah hageegai engijje.. hingaa dhw vaagoi balama.. aww I see.. best of luck with Ur exams darll.. study well.. I’ll miss your sweet comments.. love you moree darll💜🦋
maash and maash ge fake fans kolhu haadha hih varu gadha ey dho 😂
Ikr💜🦋