Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-22

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
December 29, 2025 3 Mins Read
3 Comments

“ސޮރީ..” ދެމީހުންނައް ވެސް ބުނެވުނީ އެއްފަހަރާއެވެ. ފިރިހެންވަންތަ އަޑެކެވެ. އިސް އުފުލައި ހަޔާ ބަލައިލުމާއި އެކު އޭނާ  ހައިރާންވި އެވެ. ހަމައެފަދައިން އެހާ އުފާވެސް މިއެވެ. އެފިރިހެން ކުއްޖާގެ ވެސް މޫނުމަތި އެއްކޮށް އަލިވެގެން ދިޔައެވެ. ރީތި ހިނިތުންވުމެއް އެކުއްޖާގެ ތުންފަތްމައްޗަށް ވެރިވިއެވެ.

“ޒާމިން..” ހަޔާ އެނަން ކިޔާލިއެވެ.

*ޕާރޓް-22*

ޒާމިން ހިނިތުންވެ ހުރެ ބޯޖަހާލީ މިއީ އަސްލުވެސް އޭނާއޭ ބުނާފަދަ ގޮތަކަށެވެ. ޒާމިން އަކީ ހަޔާގެ ކުޑައިރުގެ ވަރަށް ގާތް އެކުވެރިއެކެވެ. ނަމަވެސް ހަޔާ ރާއްޖެ ދިޔަފަހަކުންނެއް ޒާމިން އެއް ނުދެކެއެވެ.

“ހަޔާ ކިހިނެއް..؟” ޒާމިން އަހާލިއެވެ.

“ހަމަ ރަގަނޅު.. ކިހިނެއް ޒާމިން.. އަޅެ އަހަރެން ނުދެކެން ޒާމިންއެއް ކުރިޔަކުންނެއް.. ޔަސް އަށް ޒާމިން އުޅޭކަން އެނގެއްޖެއްޔާ ވަރަށް އުފާވާނެ..” ހަޔާ އެއްފައްޗަކަށް އަމުނާލިއެވެ. އޭނާ އުފާވެފަ ވާ މިންވަރު އެއަޑުންވެސް އެނގިދެއެވެ.

“އަހަރެން ރަގަނޅު.. ނުފެންނާނެއްނު އަހަރެންނެއް އަދި އިއްޔެ މިއައީ ލަންޑަން އަށް ގޮއްސަ.. ކޮބާތަ ޔަސް..؟” ޒާމިންކިޔައިދިނެވެ.

“ނޭނގެ ޔަސްވީތަނެއް.. ކްލާހަށް ގޮސްދާނެ މިހާރު.. ހިގާ އަހަރެމެން ވެސް ދަމާ..” ހަޔާ އެހެން ބުނެ ހިގައިގަތެވެ. ޒާމިން ވެސް ހަޔާ އާއި އެކީ ހިގައިގަތެވެ. ދެމީހުން ވެސް މަޖަލާއި ސަކަރާތުގައި އައިސް ކްލާހަށް ވަނީރު އެދެކުދިން ފިޔަވާ އެހެން ހުރިހާ ކުދިން ތިބީ ވަދެއެވެ.

ހަޔާ އާއި ޒާމިން ގޮސް އެއްކޮށް އިށީނެވެ. އޭރު ޔަސްރާ ވެސް އިނެވެ. އެދެކުދިން އިށީނީ ޔަސްރާގެ ފަހަތުގައެވެ. ޒާމިން ފެނުމުން ޔަސްރާ ވެސް އިންތިހާއަށް އުފާވިއެވެ.

އެތިން ކުދިން ވާހަކަދައްކަން ތިބިއިރު ކައިލާން އިނީ ދުރުގައި ބަލާށެވެ. އޭނާ އަށް ހަމަ ބެލެނީ ޒާމިން އާއި ހަޔާ އަށެވެ. އެދެމީހުން ހާދަހާ އެކުވެރިއެވެ. ވާހަކަދެއްކުމުގެ ތެރިން އަތުގައި ޖަހައިލާ ކަންތައް ކުރާއިރު އަޅައެއް ވެސް ނުލައެވެ. ހަޔާ އަކީ އެހެން މީހުން އޭނާގެ ގައިގައި އަތްލާން ވަރަށް ނުރުހޭ ކުއްޖެއްކަން ކައިލާން އަށް އެނގެއެވެ. އޭނާ ކަންބޮޑުވިއެވެ. ޒާމިން ހަޔާ އާއި ހާދަ ގާތެވެ. އޭނާ ވެސް ހަޔާ އާއި މިހާ ގާތްނަމަތާއެވެ.

ޔަސްރާ ސްކޫލް އަށް ލާފައި އައިސް ގެޔަށް ވައިން ރާޝިމްގެ ފޯން ރިންގްވާން ފެށިއެެވެ. އޭނާ ފޯނު ކަންފަތުގައި ޖައްސައިލަމުން ގޭތރެއަށް ވަނެވެ.

“ރާޝިމް ދެއްތޯ..؟” ޕޮލިސް ކުއްޖާ އަހާލިއެވެ. ރާޝިމް އާއެކޭ ބުނެލިއެވެ.

“ތިބޭފުޅާ ހުށައެޅި މަައްސަލަ އަޅުގަނޑުމެން ބަލައި ގަނެފިން.. އެކަމަކު، ޝައްކު ކުރާ ނުވަތަ ޔަޤީންކުރާ ފަރާތް ހޯދުމުގެ މަސައްކަތުގެ ތެރިން އަޅުގަނޑުމެންނަށް އެނގިފައިވަނީ ތިކަމެއް ހިނގި ދުވަހުގެ ކުރިން އެމީހަކު ވަނީ ބޭސްފަރުވާ ހޯދުމަށް ގައުމުން ބޭރަށް ގޮސް ކަން..” އެކުއްޖާ އެހެން ބުނުމާއި އެކީ ރާޝިމް ހުއްޓުން އެރިއެވެ. އެކަމަކު ހަޔާ މެން އިއްޔެ އެއައީ އެމީހާގެ ފޮޓޯއެއް ހޯދައިގެނެވެ. މިއީ ވާނެ ކަމެއް ނޫނެވެ. އެމީހާ އެއޮޅުވައިލަނީއެވެ.

“އެއީ ކިހިނެއްވާނެ ކަމެއް.. އެކަމު އިއްޔެ އަޅުގަނޑުމެން މިއައީ އެމީހާގެ ފޮޓޯއެއް ހޯދައިގެން.. އަލުން ބަލަންވީ ނޫންތޯ..” ރާޝިމް ހާސްވެ ހުރެ ބުނެލިއެވެ.

“ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމު ދެނެއް އަޅުގަނޑުމެންނަކަށް ނުވާނެ.. އެމީގެ ބޮލުގައި ތިއެޅުވި ތުހުމަތު ސާބިތުކުރާނީ ކިހިނެއް.. އެއްވެސް އެވިޑެންސް އެއް ވެސް ނެތް.. ދެން އެހެންކަމުން އަޅުގަނޑުމެން ޖެހޭނީ މި ކޭސްކްލޯސް ކޮށްލަން..” އެކުއްޖާ އެހެން ބުނެ ބޭއްވިއެވެ. ރާޝިމް އަށް އެއްޗެއް ބުނަން ފުރުސަތު ނުދީއެވެ.

ރާޝިމް ސޯފާގައި އިށީންދެލިއެވެ. ޔަސްރާ ރޭޕްކޮށްލި މީހާ އެއުޅެނީ ވަރަށް ފިލަފިލައިގެންނެވެ. އަނެއްކާ އެޕޮލިސްމީހާ އަކީ އޭނާ ލާރިދީގެން އުޅޭ މީހެއް ހެއްޔެވެ؟ ނޭނގެއެވެ. ކޮންމެގޮތެއްވިއަސް ޔަސްރާއަށް އިންސާފް ހޯދައިދޭން އޭނާ ބޭނުމެވެ. އެމީހާ އަށް ހައްޤު އަދަބު ދޭން އޭނާ ބޭނުމެވެ. އަދި އޭނާ އެމީހަކު ހޯދާނެއެވެ.

އިންޓަވަލް ގަޑީގައި ހަޔާ އާއި ޔަސްރާގެ އިތުރަށް ޒާމިން ވެސް ތިބީ މޭޒެއް ދޮށުގައެވެ. ކޮންމެ ކުއްޖެ ކުރިމަތީގައި ކާއެއްޗިހި އަޅައިފައިވާ ތައްޓެއް ވެއެވެ. އެކި ވާހަކަދައްކަމުން ކެއުންކުރިޔައް ގެންދިއުންވީ އުނދަގޫކަމަކަަށެެވެ. އެހެން ތިއްބައި ޔަސްރާ އަށް ކައިލާން ފެނުނެވެ. ވަގުތުން އޭނާ ކައިލާން އަށް ގޮވިއެވެ. އަދި އެކުދިންނާއި އެކީ ތިބުމައް ދައުވަތު ދިނެެވެ. ކައިލާން ލަދުން ހުރެ ޔަސްރާ ކައިރީ އިށީނެވެ.

“ޒާމިން.. މިއީ ވެސް އަހަރެމެންގެ އެކުވެރިއެއް.. ކައިލާން.. ކައިލާން، މިއީ ޒާމިން..” ޔަސްރާ ކައިލާން އަށް ޒާމިން ތަޢާރްފް ކޮށްދިނެވެ. އަދި ޒާމިން އަށް ކައިލާން ތަޢާރަފް ކޮށްދިނެެވެ.

“ކައިލާން.. އިއްޔެ ވެދިން އެހީއަށް ވަރަށްބޮޑަށް ޝުކުރިއްޔާ..” ޔަސްރާ ބުނެލިއެވެ. ކައިލާން ހިނިތުންވެލިއެވެ. ހަޔާ އިނީ މަޑުންނެވެ. އޭނާ ކައިލާން އައުމުން އެއްވެސް އެއްޗެއް ނުބުނެވެ. އެކަމަކު މިހާރު އެދެމެދުގައިވަނީ އެކުވެރިކަން އުފެދިފައެވެ. އެކަން ހަޔާ އަށް ވެސް ވިސްނެއެވެ. އޭނާ ކައިލާން އަށް ވާހަކަ ދައްކަން އުނދަގޫވަނީއެވެ.

ހަތަރު ކުދިންވެސް އެކުވެރިވީ ވަރަށް އަވަހަށެވެ. ގަޑިނިއްމާފައިވެސް އެއްމެން ގެޔައްދިޔައީ އެއްކޮށެވެ. ޔަސްރާ ފެންވަރައިގެން ނުކުތުމާއި އެކު އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. އެއީ އަޒްހާން އެވެ. އޭނާ ބޭނުންވީ ޔަސްރާ އާއި ބައްދަލު ކޮށްލާށެވެ. އެކަމު ރާޝިމް އުޅޭތީވެ އޭނާއަކަށް ނުކުރުނެވެ. ދެން އޮތީ އެއްމެ ގޮތެކެވެ. އެގެޔަށް ދިއުމެވެ. ދެމީހުން ވެސް އެއްބަސްވީ ހަވީރުގަޑީގައި ޔަސްރާ އަޒްހާންމެން ގެޔަށް ދިއުމަށެވެ.

ޔޫސުފް އަށް ކާންހަދަން ހުރި ފިރާޝާ އިނީ ފުންވިސްނުމަކައް ގެއްލިފައެވެ. މިފަހަރު އޭނާގެ ހަޤީޤަތް ހާމަނުވީ ހަމަ ކިރިޔާއެވެ. އޭނާ މިފިޔަވަޅު ނުނެގިނަމަ އޭނާ އޮންނާނީ މުޅި އަވަށައް ފަޟީހަތްވެފައެވެ. ޔޫސުފް އޭނާ ވަރިވެސް ކުރާނެއެވެ. މިއީ ހަމަ އޭނާގެ ނަސީބެވެ. އޭނާ މިއަށްތުރެއް ބަލައިގެން އުޅެން އެބަޖެހެއެެވެ.

“މަންމާ..!!” ފިރާޝާ ސިހުނީ އޭނާގެ ހަމައެކަނި ހުރި ދަރިފުޅު ކަމައްވާ ސުފްޝާ ގޮވާލިއަޑަށެވެ.

“މަންމާ ބައްޕަ ކޮބާތަ..؟” ސުފްޝާ އިނީ މޫނުމަތި ބަނަކޮށްލައިގެންނެވެ. އޭނާ އަށް އަދި އެއްމެ 15 އަހަރެވެ. ސުފްޝާ އަކީ ނަހާލާލަށް ލިބުނު ކުއްޖެކެވެ. ޔޫސުފް ވާނީ ސުފްޝާގެ ދޮންބައްޕަ އަށެވެ.

“ބައްޕަ އަދިނާދެ.. އިރުކޮޅަކުން އަންނާނެ..” ފިރާޝާ ހިނިތުންވެލާފައި ބުނެލިއެވެ.

“ބައްޕަ ކައިރީ މިހާރު އަހަރެންގެ ފޯނު ލާރިހުސްވެއްޖޭ، ލާރިކޮޅެއް އަޅައިދޭށޭ ބުނެވުނު އަދަދެއ ނޭނގެ.. ކޮޓަރީގަ ހުރި ލޯގަނޑު ހަލާކު ވެއްޖޭ އާލޯގަނޑެއް ބޭނުމޭ ބުނެވުނު ވަރެއް ނޭނގެެ.. ބައްޕަ ހާދަހާ ފަރުވާކުޑައޭ.. އަހަރެން ބުނާ އެއްވެސް އެއްޗެއް ބައްޕަ ހަދާން ހުންނަކަމަކަށް ނުވޭ..” ސުފްޝާ ޝަކުވާ ކޮށްލިއެވެ. މިއީ އޭނާގެ އާދެއެވެ. ކޮންމެ ފަހަރަކު އައިސް ފިރާޝާ ކައިރީ ކުޓުވުމެވެ.

“ދަރިފުޅާ، މަންމަ ބުނާނަން މިއަދު ބައްޕަ ކައިރީ.. ތިހެންވީރު ހިނގާ މިރޭ މަންމައާ އެއްކޮށް ލޯގަނޑެއް ގަންނަންދާން.. އޯކޭ..” ސުފްޝާ ހިތްހަމަ ޖައްސާދިނުމައް ފިރާޝާ ބުނެލިއެވެ.

ސުފްޝާ ހޫމް އަޅުވައިލައިފައި ކޮޓަރިއަށް ވަނެވެ. ފިރަޝާ ފުންނޭވާއެއް ބޭރުކޮށްލާފައި ދެލޯމަރާލިއެވެ.

*ނުނިމޭ*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އަަބަދުވެސް ހަނދާންވޭ 3

Next

ޔަލާ

Next
December 29, 2025

ޔަލާ

Previews
December 29, 2025

އަަބަދުވެސް ހަނދާންވޭ 3

3 Comments!

  1. Shaba_73 says:
    December 29, 2025 at 12:31 pm

    Me first dhw hehe 😃…
    Kailaan Jealous vany dhw Zaamin aa Hayaa aa ehaa close veema…. I also think police meehaa ah laari dheegen kanne eulheny…. Mizamaanu ga vrh vikeyne rf dhinyma… 😣 firaasha ge Kon hagee gatheh baa anehkaa… 🤔 I hope Yasra ah insaaf libeyne kamah so curious… 😮 Curiously waiting for the next part when’s next?
    Lyy and Tc ❤️✨

    1. _MuXo_ says:
      December 29, 2025 at 1:39 pm

      Yeah you first! 🤗
      Yep kailan jealous vee dhw! 🤭
      Yeah so true.. Mi zamaanu meehun vrh avahah helleyne kankamah! 👍
      Lets see what happens next dhw! 🔍
      Inshaallah v avahah next part ves!! 😊
      Love you too Shaba_73!! 😘
      You also take care!! 🥰

  2. Naau says:
    December 29, 2025 at 5:20 pm

    When will 2nd part be uploaded ?

Comments are closed.

Next Episodeއެކުގައިވާނަން-23←


All Right Reserved!