Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތިޔައީ ސާފު ލޯތްބޭ 4

az000 Level 110 Stories
February 21, 2016 3 Mins Read
16 Comments

” މީޓް މައި ބޯއިފްރެންޑް.. ޝާދް…” ޝާދްގެ އަތުގައި ހިފާލަމުން ނިކްހާ ބުނެލި ޖުމްލައިން އަންޖަލްގެ ހިތް ކުދިކުދިވިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އަންޖަލްގެ ހިތުގެ ހަމަޖެހުމެވެ. އެމީހަކީ ހަމައެކަނި އަންޖަލްގެ މީހެކޭ ހީކުރެވުނު މީހައެވެ. ނަމަވެސް މިހާރު އެ ހީ ކުށްހީއަކަށް ބަދަލުވެއްޖެއެވެ. އަންޖަލްގެ މީހެކޭ ހީކުރި މީހަކީ މިހާރު މުޅިން އެހެންމީހެއްގެ ހައްޤެކެެވެ. އަންޖަލްއަށް އަނގަމަތީގައި އަތްއެޅުނީ ރޮވެން އުޅޭހެން ހީވާން ފެށުމުންނެވެ. ނިކްހާގެ ކުރިމަތީގައި ބޭޒާރުވުމުގެ ކުރިން އަންޖަލް ބޭނުންވީ އެތަނުން ދާށެވެ. އަނގަމަތީ އަތްއަޅައިގެން ހުރެ އަންޖަލް ދުވެފައި ގޮސް ގެއަށްވަނެެވެ. އަންޖަލްގެ މިހަރަކާތުން ނިކްހާއާއި ޝާދު ހައިރާން ކަމާއެކު އެކަކު އަނެކަކަށް ބަލާލިއެވެ.

ނިކްހާ ޝާދް ކައިރީގައި މަޑުކުރާށޭ ބުނުމަށްފަހު އަންޖަލްގެ ފަހަތުން ގެއަށް ވަދެގެން ދިޔައެވެ. ނިކްހާ އަށް ފެނުނީ އަންޖަލް ކޮޓަރިއަށްވަދެ ދޮރުލައްޕާލިތަނެވެ. ނިކްހާ ދުވެފައި ގޮސް އަންޖަލްގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާ އަންޖަލްއަށް ގޮވަންފެށިއެވެ. އޭގެ އިރުގަނޑެއްފަހުން އަންޖަލް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަންޖަލްގެ ދެލޮލުގެ  ރަތްކަންފެނި ނިކްހާ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

” އަންޖު ރޮނީތަ؟” ނިކްހާގެ ހިތުގައި އެތަކެއް ސުވާލެއް އުފެދިފައިވެއެވެ. އަންޖަލް ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

” އެކަމަކު އަންޖު ކީއްވެ ޝާދް ފެނުނީމަ އެގޮތަށް ދުވެފަ ތިއައީ.. އަނެއްކާ އެއީތަ އަންޖުގެ ޑްެރީމް ބޯއީ އަކީ؟” ނިކްހާގެ ސުވާލުން އަންޖަލް ހުއްޓުން އެރިއެވެ. ހިތަށް އިތުރު ވޭނެއް ނޫނީ ނުލިބުނެވެ. ނަމަވެސް އަންޖަލް ހިތްވަރުކޮށްފައި ރަހުމަތްތެރިޔާ ކުރިމަތީގައި ހީލިއެވެ.

” ސާބަސް.. އަހަރެން ހޮޑުލަވައިގަނެގެން އައީ.. އެނގޭއްނު ހެނދުނު ކިރުތަށި ބުއީމަ ވާގޮތް.. އެހެންވެ..” އަންޖަލް ގަސްދުގައި ދޮގުހެދިއެވެ.

” ދެން އެހެންވިއްޔާ ހިނގާބާ އަހަންނާއެކީ” ނިކްހާ އަންޖަލްގެ އަތުގައި ހިފައިގެން ތިރިއަށް ދާން ފެށިއެވެ. ވަކި ހިސާބަކަށް ގޮއްސައި އަންޖަލް ހުއްޓުނެވެ.

” ނިކް އަހަރެންގެ ބޯވެސް އެބަ އަނބުރާ.. ޕްލީޒް ދެން އެހެން ފަހަރަކުން..އެހެން ނޫނަސް އަހަންނަކަށް ނުކެރޭނެ މިގޮތަށް ހުރެ ދާކަށް ” އަންޖަލް ބަހަނާއެއް ދައްކާލިއެވެ.

” އޯކޭ އެކަމަކު މިއަދު ހަވީރަށް ޖެހޭނެ ރަނގަޅުވާން.. ހަވިރު ޖެހޭނެ ތިން މީހުން ހިނގާލަން ދާން.. އޯކޭތަ” ނިކްހާ އަހާލިއެވެ. އަންޖަލްއަށް ނިކްހާގެ އެދުމަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ހިތްމަތީ ހިލަގަނޑެއް ބާއްވައިގެންވެސް އަންޖަލްއާއި ޖެހުނީ ދާން އެއްބަސް ވާށެވެ.

އެދުވަހުގެ ގިނަ ވަގުތު އަންޖަލް ހޭދަކުރީ ކޮޓަރީގައެވެ. މެންދުރު ކާންވެސް ނުނިކުތުމާއެކު ރިޝްފާ ކޮޓަރިއަށް ވަދެ ކިހިނެއްވީތޯ ސުވާލުކުރުމުން އަންޖަލް ބުނީ ކާހިތް ނުވަނީ ކަމުގައެވެ. އަނަމްވެސް އަަންޖަލް އެހާ ވަރަށް ޖެއްސުން ކުރިއިރުވެސް އަންޖަލް ބަހެއް ނުބުނާތީ އަނަމްވެސް ހުރީ ވީގޮތެއް ނޭނގިފައެވެ. އަނަމް ރިޝްފާ ކައިރީ އެހުމުންވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ.

ކަންބޮޑުވެފައި ހުރެ އަނަމް ގޮސް އަންޖަލްގެ ކޮޓަރީ ދޮރުހުޅުވާލިއެވެ. އަންޖަލް އެނދުގައި އެއް އަރިއަކަށް އޮށޯވެލައިގެން އޮތެވެ. އަނަމް މަޑު ފިޔަވަޅުތަކެއްގައި ގޮސް އަންޖަލްގެ އެނދުކައިރީގައި ހުއްޓުނެވެ. އެވަގުތު އަަނަމްއަށް އިވުނީ ވޭނީ ގިސްލުމެއްގެ އަޑެވެ. އަންޖަލްގެ ރުއިމުގެ އަޑު އިވިފައި އަނަމްއަށްވެސް ރޮވޭގޮތްވިއެވެ. ކިތަންމެ ވަރަކަށް އަނަމް އަންޖަލްއަށް ޖެއްސުން ކުރިޔަސް އަންޖަލްދެކެ އަނަމް ވަރަށް ލޯބިވެއެެެވެ. އަނަމް ފުރަގަހަށް އެނބުރި އޮތް އަންޖަލްކައިރީގައި އޮށޯވެލިއެވެ. އަދި ދޮންތާ އޭކިޔާ އަންޖަލް ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. އަންޖަލް އަށް ބާރަށް ރޯންފެށުނެވެ. އަދި އަނެއްފަރާތަށް އެނބުރި އަނަަމް ގައިގާ ބައްދާލިއެވެ. އަަންޖަލްއާއި އެއްވަރަށް އަނަމްވެސް ރޮމުން ގެންދިޔައެވެ.

” ކޮއްކޮ ކީއްވެ ތިރޮނީ..” ރުއިމުގެ ތެރޭން އަންޖަލް ބުންޏެވެ.

” އެނގެއެއްނު ދޮންތަ ރުއީމަ އަނަމް ދެރަވާނެ ވަރު… ދޮންތަ ކީއްވެ ތިރޮނީ.. ” ސަތާރާ އަހަރުގެ އަނަމް މައުސޫމު ގޮތަކަށް ސުވާލުކޮށްލިއެވެ. އަންޖަލް ރުއިން ހުއްޓާލުމަށްފަހު ތެދުވެ އެނދުމަތީގައި އިށީނެވެ. އަދި އިރުކޮޅަކު ވިސްނަން އިނުމަށްފަހު ބާލީސް ދަށައްލާފައި އޮތް ފޮތް ނެގުމަށްފަހު އަނަމްއަށް ދިއްކޮށްލިއެވެ. އަނަމް ހައިރާންވެފަައި އިނދެ ފޮތް ހުޅުވާފައި ބަލާލިއެވެ. ކޮންމެ ގަނޑެއް ކިޔާލުމަށްފަހު އަނަމް އަންޖަލްއަށް ބަލާލައެވެ. އަނަމް ފޮތް ލައްޕާލުމަށްފަހު އަންޖަލްގެ ކުރިމައްޗަަށްވާ ގޮތަށް އިށީނެވެ.

” ދޮންތަގެ ބޯއިފްރެންޑްތަ މީ؟” އަނަމްގެ ސުވާލުން އަނެއްކާވެސް އަންޖަލްއަށް ރޮވެން އުޅުނެވެ.

” ތީ ދޮންތަ ގެ ބޯއިފްރެންޑަށް ވުމުގެ ކުރިން ނިކްގެ ބޯއިފްރެންޑަށް ވެއްޖެ.. ” އަންޖަލް ބުނެލިއެވެ.

” ނިކް ދައްތަ ކީއްވެ ދޮންތައަށް އެހެން ހެދީ… ނިކް ދައްތަ ހާދަ ގޯހޭ..” ހިތްހަމަނުޖެހިފަ އަނަމް ބުންޏެވެ.

” ނޯ އަނަމް.. ނިކް ގެ އެއްވެސް ކުށެއް ނެތް…. ނިކްއަކަށްވެސް ނޭނގޭނެ ތީ ދޮންތަ ލޯބިވާ ކުއްޖާ ކަމެއް.. ތަގުދީރުގަ އޮތް ގޮތް މީ… އައި ހޭވް ޓު ޑީލް ވިތް އިޓް” ކުރެހިފައިވާ އަޑަކުން އަަންޖަލް ބުންޏެެެވެ.

” އޯވްހް ދޮންތާ..” މިހެން ބުނެ އަނަމް އަންޖަލް ގައިގާ ބައްދާލިއެވެ.

” އަނަމް.. ދޮންތަގެ މި ސިއްރު އެއްވެސް މީހެއް ކައިރީގަ ނުބުނައްޗެ.. ހާއްސަކޮށް ނިކްއަށް އެނގިގެން ނުވާނެ..” އަނަމްގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަންޖަލް ބުންޏެވެ. އަނަމް އާއެކޭ ބުނުމުގެ ގޮތުން ބޮޖަހާލައި ކުރިއަށްވުރެވެސް ބާރަށް އަންޖަލް ގައިގާ ބައްދާލިއެވެ.

………………………………………………………………………………………………..

ނިކްހާއާއި ބައްދަލުކުރުމަށްޓަކައި ތްއާރުވަމުން ދިޔަ އަންޖަލް ވިސްނަމުން ދިޔައީ ޝާދްއާއި ދޭތެރޭގައެވެ. ޝާދްއާއި ނިކްހާ އެކުގައި އުޅޭ މަންޒަރު ދުށުމަކީ އަންޖަލްއަށް ކުރެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް އެންމެ ގާތް ރަހުމަތްތެރިޔާއަށްޓަކައި އެކަން ކުރަން އަންޖަލްއަށް މަޖުބޫރެވެ. މިއަދު ޝާދް އަންޖަލްއަށް ނުލިބުނަސް ނިކްހާއަށް އޭނަގެ ލޯބި ލިބުނީތީ އެކަމާ އުފާކުރެއެވެ. ކޮންމެ ގޮތެއްވިޔަސް އަންޖަލްއާއި ޖެހޭނީ މިކަމާ ކުރިމަތިލާށެވެ. އަންޖަލްއާއި ޖެހޭނީ ޝާދް މަތިން ހަނދާން ނައްތާލާށެވެ. ނަމަވެސް އެކަން ވެދާނެބާއޭ އަންޖަލްގެ ހިތަށް އަރައެވެ.

ބޮލުގަ ފުނާ އަޅާލަ އަޅާލައިން އަންޖަލްއަށް ހޭވެރިކަމެއްވީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އެެތެރެއަށް ވަންނާށޭ ބުނުމަށްފަހު އަނެއްކާވެސް ފުނާއަޅަން ފެށިއެވެ. ދޮރުހުޅުވާލާފައި އެތެރެއަށް ބޯ ދިއްކޮށްލީ ފާޒްއެވެެ. ލޯގަނޑާ ދިމާއަށް ބަލަން ގެއްލިފައިން އަންޖަލްގެ މޫނަށް ފާޒް ވަރަށް ރަނގަޅަށް ބަލާލިއެވެ. ކުޑައިރު އެއްކޮށް ކުޅެހަދާ ހީސަމާސަ ކޮށް އުޅުނުއިރު އަންޖަލްއަކީ އެހާ ރީތި ކުއްޖެއްކަން ނޭނގުނީ ކީއްވެބާއޭ ފާޒްގެ ހިތަށް އެރިއެވެ. އަންޖަލް ފެނުނީއްސުރެ ފާޒްއަށް ބުނަން ނޭނގޭ ގޮތްތަކެއް ވާކަން ފާޒްއަށް ވަނީ ފާހަގަ ކުރެވިފައެވެ.  ފާޒް މަޑުމަޑުން ގޮސް އަންޖަލް ކައިރީގަ ހުއްޓުނެވެ. އޭރުވެސް އަންޖަލް އިނީ އެއްދިމާއަކަށް ބަލަހައްޓައިގެންނެވެ. ފާޒް އަންޖަލްގެ ލޯމަތީގައި އަތް ހުރަސްކޮށްލުމުން އަންޖަލް  ސިއްސައިގެން ގޮސް ބަލާލިއެވެ. ފާޒް ފެނުމުން އަންޖަލް ހީލުމަށްފަހު ކިހިނެއްތޮ ސުވާލުކުރިއެވެ.

” ރަނގަޅު.. އަަހަރެން މިއައީ އަންޖު ކައިރީ މާފަށް އެދެންވެގެން.. އަހަރެން ހިއެއް ނުކުރަން އަންޖު އެހާވަރަށް ބިރުގަންނާނެ ކަމަކަށް” ފާޒް ބުންޏެވެ.

” އެއީ އެވަރު ކަމެއް ނޫން.. އެއީ ކުޑައިރުވެސް ފާޒް ކަންތައްކުރާ ގޮތެއްނު.. ” އަންޖަލް ހީލެވޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.

” ކޮންތާކަށް ދާން ތިތައްޔާރުވަނީ..” ފާޒް ސުވާލުކޮށްލިއެވެ.

” މިއުޅެނީ ނިކްއާ އެއްކޮށް ހިނގާލަން ދާންވެގެން…” އިސްތަށި ގަނޑު އެއްފަރާތަކަށް އައްސާލަމުން އަންޖަލް ބުންޏެވެ.

” އޯހް.. ގްރޭޓް.. އަހަރެންވެސް މިއުޅެނީ ވަރަށް ފޫހިވާތި.. ހިނގާ ދާން..” ފާޒް އަންޖަލް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތު ނުދީ ކޮޓަރިން ނިކުތެވެ. ފާޒްގެ ފަހަތުން އަންޖަލްވެސް ނިކުތެވެ. ފާޒް އެހާ ދާހިތްވެފަ އިނުމުން ފާޒްއަށް މަނާކުރާކަށް އަންޖަލްއަށް ނުކެރުނެވެ. އެހެންކަމުން އަންޖަލް ކާރަށް އަރާ ދުއްވާލީ ފާޒްވެސް ގޮވައިގެންނެވެ.

-ނުނިމޭ-

Share Article

Follow Me Written By

az000

Level 110 Stories

Other Articles

Previous

ހިތް އެދެނީ 14 (ފަހު ބައި)

Next

ދޭނަން ހިތާ ޖާނާ..! 15 ވަނަ ބައި

Next
February 21, 2016

ދޭނަން ހިތާ ޖާނާ..! 15 ވަނަ ބައި

Previews
February 21, 2016

ހިތް އެދެނީ 14 (ފަހު ބައި)

16 Comments!

  1. havvu says:
    February 21, 2016 at 9:52 pm

    Next part avahan upload kohla dhee plx

  2. NIHAA says:
    February 21, 2016 at 9:53 pm

    V v reethi…great………nice story….i love this……

  3. Zeena says:
    February 21, 2016 at 10:11 pm

    Salhi ey Varah

  4. Ishaam says:
    February 21, 2016 at 10:13 pm

    Vaahaka varah reethi.. Adhi thankolheh dhigu kollaa.. Eyrah varah habeys vaane..
    ~ Immu ~

  5. Harchem Waphir says:
    February 21, 2016 at 11:12 pm

    ?????? stupid love stories

  6. iris says:
    February 21, 2016 at 11:36 pm

    Mi story hama kureetha… Nunee kiyaa hithun inee ma Ehn heevany tha??

  7. Nicky says:
    February 22, 2016 at 7:31 am

    Hama kureenu…rangalhashey thi fennanyy…..stry nyc varah…

  8. rash says:
    February 22, 2016 at 8:27 am

    Nice

  9. shamyy says:
    February 22, 2016 at 11:15 am

    Vv reethi storuu eh…

  10. nee says:
    February 22, 2016 at 1:44 pm

    pis dhn shaadhu aa anjal aa gulhuvaba .. plss n faaz aa nik aa .. vaahaka v rythi 🙂

  11. Itx Me? says:
    February 22, 2016 at 3:16 pm

    Story vrh salhi…bt thankolheh kury bai thah…..thankolheh dhigu kohladhy plxxxx

  12. naax says:
    February 22, 2016 at 3:59 pm

    Nice

  13. lovely girl says:
    February 27, 2016 at 3:43 pm

    next part koba

  14. raaz says:
    February 28, 2016 at 3:10 pm

    haadha laheyyyy????

  15. Maashal says:
    March 2, 2016 at 9:37 pm

    Mivaahaka mihaa hisaabun salaam dhineetha alhe??

  16. myf says:
    March 5, 2016 at 3:52 pm

    nyc stry thnkolhe avas kolacchey ingeyy 🙂 good luck!

Comments are closed.



All Right Reserved!