ލޯބި-18
*”އަވަހައްދޭ. ގޮސް ބުނޭ. މަށަށް ވަރިހަމަ. ކަލޭތީ ކާކު މަ ކައިރީ ހަދަންވީ ގޮތް ބުނަން.” މިންހާގެ ބޮލަށް އުނދަގޫ ވި އެވެ.*
“ރަނގަޅަކަށް ދޯ މިބުނަނީ. އަނެއްކާ އެއްކަލަ ސޮރުގެ އިންތިޒާރުގައިތަ. އެއީ ވެސް ފިސާރި ސޮރެއް. އެންމެން ތިއްބާ އަންނަން ވެއްޖެ ހޮސްޕިޓަލައް ވެސް.” ޒައިދު ނާއިލް އައް އެއްޗިހި ކިޔަން ފެށި އެވެ.
މިންހާ ގާތައް އިތުރައް ރުޅި އައެވެ. އޭނާ އޮނދޯލިން ތެދުވި ވަގުތަކީ ރިޝްފާ ގެ ފަހަތުން މައިހާ ވެސް ނުކުން ވަގުތެވެ.
“ބޭބޭ! ކީއްތިކުރަނީ މިތާ؟” ރިޝްފާ ވަރަށް ބާރައް ގޮވައިލި އެވެ.
“ބޭބެ މިކިޔަނީ މިންހާ ކައިރީ މި އަވި ގަދަ ގަޑީ މިތާ ނޯންނާށޭ. އެތެރެ އައް ވަންނާށޭ.” ޒައިދު ވަރަށް އޯގާތެރި ރާގަކަށް ބުންޏެވެ.
“ބޭބޭ. ބޭބެ ކައިރީ ބުނީމެއްނު މިންހާ އާ ވާހަކަ ނުދައްކާށޭ މިދުވަސްކޮޅު. ބަލިވީމަ ވަރަށް އަވަހައް ރުޅި އަންނާނޭ.”
“އެކަމަކު ބޭބެ ބުނީ ރަނގަޅަކަށް-”
“ބޭބެ ދޭ އިހައް މިތަނުން.” ޒައިދުގެ ވާހަކަ ހުސްނުވާނޭކަން އިނގޭތީ ރިޝްފާ ބުންޏެވެ.
ޒައިދު ދިޔަތަން ބަލަން އިނދެފައި އަނެއްކާވެސް މިންހާ އޮނދޯލިގައި އޮށޯވެލީ އެވެ. ރިޝްފާ ވެސް އެއްޗެކޭ ނުބުނެ ދިޔައީ އެވެ. މައިހާ މިންހާ އާއި ވާހަކަ ދައްކާލުމުގެ ގޮތުން ޖެހިގެން ހުރި އޮދޯޔެއްގައި އިށީންދެލި އެވެ. ނަމަވެސް މިންހާ އަޅައެއްނުލިއެވެ.
“ވާހަކަ އެއް ދައްކާލަން މިއާއީ.” ވަރަށް ގިނައިރު ހުރުމަށްފަހު މައިހާ ބުންޏެވެ.
“މަ ބޭނުމެއް ނޫން ވާހަކަ ދައްކާކަށް.” އެއޮތް ގޮތައް އޮވެ މިންހާ ބުންޏެވެ.
“ކިހާ ދުވަހަކު ރުޅި އައިސް ހުންނަނީ؟”
“މަ ބޭނުމެއް ނޫނޭ ވާހަކަ ދައްކާކައް!” އަޑައް ބާރުލައިފައި މިންހާ ބުންޏެވެ.
“މިންހާ އަޅެ އެއްފަހަރުވެސް އެހެން މީހަކު ދައްކާ ވާހަކަ އަޑުއަހައިފާނަންތަ!”
“އޯހ. އެހެނ ދޯ. އަޑު އަހަންވީ ދޯ. އެހެންނޫނީ ގޮސް ލޯބިވާ ބިޓު ކާރީ ޝަކުވާ ކުރާނެ. ދެން ކަލޭގެ ލޯބިވާ ބިޓު އަންނާނެ މަށަށް އެއްޗެހި ގޮވަން. އެހެންވީމަ އަވަހައް ކިޔާ. ކީކޭ އޭ ކިޔަން އުޅުނީ.” ތެދުވެ އިށީންދެލަމުން މިންހާ ބުނީ ދިމާކުރާ ގޮތަކަށެވެ.
“ސީރިއެސް ވެފަ އަޑު އަހާބަލަ.” ފުން ނޭވާ އެއް ދޫކޮއްލަމުން މައިހާ ބުންޏެވެ.
“ކަލޭ އައް އަޑު އަހައިގެން މިއޮތްހާ ދުވަހު އުޅުނީ. ޔޫނޯ ވަޓް؟ ޔޫ އޮންލީ ޓިންކް އެބައުޓް ޔޯރ ސެލްފް. ޔޫ ނޭވާ ކެއަރޑް އެބައުޑް އަދަރސް ފީލިންގްސް.”
“އިނގެއޭ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން. ސޮރީ. ދެން ނުވަންނާނަމޭ މިން އާއި ނާއިލްގެ ކަންކަމުގެ ތެރެއަކަށް. އައި ޖަސް ވޯންޓެޑް ޓު ޕްރޮޓެކްޓް ޔޫ. އައި ޖަސްޓް ވޯންޓެޑް ވަޓްސް ބެސްޓް ފޯޔޫ. އައި ނެވަރ ވޯންޓޭޑް ޓު ސީ ޔޫ ސަފާ. އެކަމަކު މިހާރު އެނގިއްޖެ ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.” މައިހާ ދެރަވެފައި ބުންޏެވެ.
-ނުނިމޭـ


