ދަތުރު-17
*ކޮންމެވެސް ގޮތަކުން ހާނިޔާ އައް އޭނާ ކުރިކަންތައް އަހަރެންނަށް އިނގޭ ކަން އިނގުނެވެ. އޭނާ ރުޅިއައީ އަހަރެންދެކެ އެވެ.*
ރަށުގައި ވޮލީ މެޗެއް އޮތުމުން އަހަރެން ހުރީ އެތަން ބަލަން ގޮހެވެ. ވަރަށް މީހުން އުޅުނެވެ. އެހެން ކަމުން އަހަރެން ހުރީ ދޮންތަ އާއި އެކު އައިނީ އައި ނުހާ ކައިރީގައެވެ. އެއީ ވެސް އަހަރެންގެ އެކުވެރިންނެވެ. ނާއިމް އަހަރެން ކައިރި އައް އައީ އަހަރެން އެހެންތިއްބަ އެވެ. ވާހަކަ ދައްކާލާފައި އޭނާ ދިޔައީ އެވެ. އެހުރިހާ އިރަކުވެސް ހާނިޔާ އިނީ އަހަރެންނާއި ދިމާލައް ބަލަހައްޓައިގެންނެވެ. އިރުކޮޅަކުން ދޮންތަ ދުރައް ދިޔަ އެވެ. އިރުކޮޅަކުން އައިނީ އާއި ނުހާ ކޮންމެވެސް ކަމަކު އެތަނުން ދިޔަ އެވެ. އަހަރެން ކައިރީ އެތާ މަޑުކުރުމަށް ބުނެފަ އެވެ.
އަހަރެންނައް ހީވީ ރަނގަޅަށެވެ. ހާނިޔާ އިނީ ވަގުތު ކޮޅަކަށް ބަލަބަލަ އެވެ. އޭނާ ވަގުތުން އަހަރެން ކައިރި އައް އައެވެ. ފުސް މޫނު ހަދައިލައިގެންނެވެ.
“ޒީވާގެ މައްސަލައަކީ ކޮބާތަ؟ ކީއްވެތަ އަހަރެންނާ ނާއިމްގެ ދޭތެރޭ ޖައްސަނީ؟ ބުނަން ވާހަކަ އެއް އަހަރެންނާއި ނާއިމްގެ ދޭތެރެ ޖައްސަން އުޅެންޏާ މާރަނގަޅެއް ނުވާނެ.” ރުޅިއައިސްފައި ހަރުކަށި ރާގަކަށް ހާނިޔާ ބުންޏެވެ. ހާނިޔާގެ ވާހަކައިން އަހަރެން ހައިރާން ވެސް ވި އެވެ.
“އަހަރެން އެއްވެސް މީހެއްގެ ދޭތެރޭއެއް ނުޖައްސަން. ތީ ހާނިޔާ އައް ހީވާ ހީވުނެއް.” އަހަރެން ވެސް ދުލެއް ނުކުރަމެވެ.
“ޒީވާ އާއި ހެދިއޭ ނާއިމް އަހަރެން ދެކެ ރުޅިއައިސަ އެހުރީ.” ވަރަށް ދެރަވެފައި ހާނިޔާ ބުންޏެވެ.
އޭނާ ވާހަކަ ދެއްކި އިރު ކަޅި ހުއްޓިފައި ވަނީ އެއްދިމާލަކަށެވެ. އަހަރެން ވެސް އެދިމާލައް ބަލައިލީމެވެ. ނާއިމް އޭނާގެ ކޮއްކޮއެއް ގޮވައިގެން އުޅެ އެވެ. ކައިރީގައި އަހަރެންގެ ދޮންތަ ވެސް އިނެވެ. އަހަރެނަށް ރަނގަޅު ހިޔާލެއް ލިބުނެވެ.
“ތި ދެމީހުން ތީ ކްލޯޒް ފްރެންޑްސްތަ. އައި އަކައް ނޭނގެއޭ. ތި ދެމީހުން މެދުގަ މައްސަލަޖެހުނީ އައި ގެ ސަބަބުން ކަމައް ވަންޏާ ވަރަށް ވަރަށް ސޮރީ. އައި ގެ ސަބަބުން ދޯ ނާއިމް ޔޫ ދެކެ ރުޅި އައިސްފަ ހުރީ ވެސް؟ ސޮރީ އިނގޭ އެކަމާ ވެސް.” އަހަރެން އެކްޓު ބޮޑު ކޮށްލައިފައި ބުނީމެވެ. ވަގުތުން ހާނިޔާ ހީލި އެވެ. އޭނާގެ ހިތުން އަހަރެން އޭނާ ދެއްކި ވާހަކަތައް ގަބޫލު ކުރީ އެވެ. ނަމަވެސް ނާއިމް ދުވަހަކު ވެސް ހާނިޔާ އާއި ވާހަކަ ނުދައްކާކަން އަހަރެންނައް އެނގެއެވެ.
“އޯހ. އެއީ އެވަރު ކަމެއް ނޫނޭ. އިޓްސް އޯކޭ އޭ.” ދަތްޕިލަ އެއްކޮށް ފެންނަވަރައް ހިނިތުން ވެލައިގެންހުރެ ހާނިޔާ ބުންޏެވެ.
“އަހަރެން މިދަނީ ނާއިމް ކައިރީ ވެސް ސޮރީ ބުނަން. ހަމަ ހަގީގަތުގައި ވެސް އަހަރެން ވަރަށް ދެރަ ވެއްޖެ އަހަރެންގެ ސަބަބުން މިކަހަލަކަމެއް ވީމަ.” ހާނިޔާ އައް އިތުރައް އެއްޗެެއް ބުނުމުގެ ފުރުސަތެއްނުދީ އަހަރެން ނާއިމް ކައިރީ އައް ދިއުމައް ހިނގައިގަތީމެވެ.
-ނުނިމޭـ
One Comment
Comments are closed.



Maasha Allah 🖤🖤🖤
Very very nice story ….XeeWaa How good that she Acting ???… That’s how I talk to my friends HeheHE,, That weird Haaniya I hate herr Bcxxxxx xxx trying to steal Naaim from Xeev probably,Xeev deserves better than her Ex Now Naaim deserve Xeev,Although ,I really like this story
Lysmm Tc Bye
🖤🖤🖤