Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ލޮތްބެއް މަ ނޭދެން ޔާރު ނޫން – 08

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
December 22, 2025 6 Mins Read
19 Comments

“އަހަރެން ޝިޔާން ގާތަށް ގޮސްފަ ސުވާލު ކުރަންވީތަ؟ ނޫނީ އައިނާ އަހަރެންނަށް ޝިޔާންއާ އައިނާއާ ދެމެދު އޮތް ގުޅުން ކިޔައިދޭނީތަ؟” ރުކައިންގެ ސުވާލުން އައިނާއަށް އޭނަގެ މޭގަނޑު އަނގަޔަށް އައި ފަދަ އިހްސާސެއް ކުރެވުނެވެ. ރުކައިންއާއި ދިމާލަށް ދެލޯ ބޮޑުކޮށްލާފައި އައިނާއަށް ބަލައިލެވުން އިރު އައިނާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

***ޕާޓް 8***

އައިނާގެ ގައިގައި ހިފައްޓައިލަން ހަރަކާތްކުރި އަތް މުށްކަވައިލުމަށްފަހު ފަޓުލޫނުގެ ޖީބަށްލިއެވެ. އައިނާގެ މޫނަށް އަރައި ފައިބަމުން ދިޔަ އަސަރުތަކުން ރުކައިންގެ ހިތަށް ތަފާތު އަސަރުތަކެއް ކުރަމުން ދިޔައެވެ. އެއީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހިތަށް މި އަންހެން ކުއްޖާއަކީ ވަރަށް ގާތް ކުއްޖެއްހެން ހީވަނީ ކީއްވެ ހެއްޔެވެ؟ މި އަންހެންކުއްޖާއަށް ދެރަ ގޮތެއްވާން ނެދެނީ ކީއްވެ ހެއްޔެވެ؟ ސުވާލުތަކުން ރުކައިންގެ ހިތް ނުތަނަވަސްވަމުން ދިޔަ ނަމަވެސް، ރުކައިން އޭނަގެ ސިކުނޑި ހިތަށްވުރެ ކުރިޔަށް ގެނައެވެ. “އެހެންވީމަ އަހަރެން ޝިޔާން ކައިރިއަށް ދާންވީ ދޯ؟” ރުކައިން އަހައިލިއެވެ. އައިނާ ވަގުތުން ދެފަރާތަށް ބޯހޫރުވައިލިއެވެ. “ރުކައިން ތިއުޅެނީ އަލިފާނާ ކުޅެން.. ޕްލީޒް ތިކަންތަށް ހަނދާން ނައްތާލަބަލަ!” އައިނާގެ އަޑުގައި މަޑު ތުރުތުރެއްވިއެވެ. ރުކައިން ފުންނޭވާއެއް ދޫކޮށްލިއެވެ. އައިނާގެ ކައިރިން އެއްވެސް ކަމެއް އޮޅުން ނުފިލާނެކަން ޔަގީންވުމުން އޭނަ އެތަނުން ދާން ހިނގައިގަތެވެ.

“ރުކައިން ވަރަށް… ވައްތަރު އަހަރެން ކުރިން ރައްޓެހިވެގެން އުޅުނު ކުއްޖަޔާ..” އައިނާ އިސްޖަހައިލަމުން ބުންޏެވެ. ރުކައިން އޭނަ ހުރި ފިޔަވަޅު މަތީ ހުއްޓުނެވެ. އޭނަ އެހެން މީހަކާ ވައްތަރު ވާހަކަ މީހަކު އެބުނަނީ އަލަކަށް ނޫނެވެ. އައިނާގެ މޫނުމަތިން އޭނަ ފެނުނު އެންމެ ފުރަތަމަ ދުވަހު ފާޅުވި އިހްސާސްތަކަކީ، މީހަކު ބީވެ ދިޔުމަށްފަހު އަލުން އެނބުރި އައުމުން ފެންނަ ފަދަ އިހްސާސްތަކެކެވެ.

“އެއްވައްތަރު ހަތް މީހުން ދުނިޔޭގަ އުޅޭ ކަމަށް މީހުން ބުނެ އުޅޭ..” ރުކައިން މަޑުމަޑުން ބުނެލިއެވެ. “ހޫމް.. ތިބުނީ ތެދެއް.. އަހަރެންގެ ރާކިންގެ ގާތިލްއަކީ ޝިޔާންކަން އަހަރެންނަށް ޔަގީން.. އެކަމަކު.. ނުފޫޒު ގަދަ މީހުން ކުރިމަތީ އަހަރުން ފަދަ މީހުން ނުވާނެ ކުޑިފުކަކަށް ވެސް.. އެމީހުން ބޭނުން ގޮތަކަށް ކުޅިފަސް އަނބުރައިލުމުގެ ބާރު އެމީހުންގެ އަތްމަތީ އެބަ އޮތް.. ހެކި ހުއްޓަސް ނައްތާލުމަކީ އެމީހުނަށް ފެންފޮދެއް ބޯލުންހައި ފަސޭހަ ކަމެއް.. ރުކައިން ކަހަލަ ފުލުހުންނަކީ އެމީހުންގެ ޕަޕެޓުން ފަދަ ބަޔެއް.. އެމީހުނަށް ނުރައްކާވާ ކަހަލަ ކުޑަ ކަމެއް ދިމާވިޔަސް ބޯޑުން އެއްފަރާތްކޮށްލާނެ.. އަހަރެންނަށް ޝިޔާންގެ ގޮތް އެނގޭތީ މިބުނަނީ.. އޭނައާ ކައިރިވުމަކީ ރުކައިންއަށް ކުރެވޭ މޮޔަ ކަމަކަށްވާނެ..” މާނަ ފުން ބަސްތަކެއްގެ ތެރެއަށް ރުކައިން ދޫކޮށްލުމަށްފަހު އައިނާ އޭނަގެ ވަޒީފާ އަދާ ކުރާ އިމާރާތައް ވަނެވެ.

ރުކައިންގެ ބޯ ތެރޭ ޖަވާބު ނުލިބޭ އެތަށް ސުވާލެއް އެނބުރެމުން ދިޔައެވެ. އައިނާގެ ބަސްތަކުން ރުކައިންގެ ސިކުނޑި އިތުރަށް ހާސްކޮށްލި ފަދަ އިހްސާސެއް ކުރެވުނެވެ. ޝިޔާންގެ ހަގީގަތާއި މެދު އޭނައަށް ޝައުގުވެރިވެވުނެވެ. އަދި ހަމައެހެންމެ ރާކިންއަށްވީ ކިހިނެތް ކަމާއި މެދު އޭނަގެ ހިތުގައި ސުވާލުތަށް ފުނި ޖެހެމުން ދިޔައެވެ. ސްޓޭޝަނަށް ދިޔުމަށްފަހު ކައިލް ކޮބާތޯ ރުކައިން ހޯދަން ފެށިއެވެ. ރާކިންއަށްވީ ގޮތް އައިނާ ފިޔަވާ ދެން އެންމެ ރަނގަޅަށް އެނގޭ މީހަކަށްވާނީ މައިރީންކަން އޭނައަށް ޔަގީންވެއެވެ.

ފޯނު ރިންގުވާ އަޑަށް ކައިލްއަށް ހޭލެވުނެވެ. މައިރީންއަށް ހޭލެވުމުގެ ކުރިން ކައިލް އަވަސް އަވަހަށް ފޯނު ކަނޑައިލިއެވެ. ދެލޯ ކުޑަކޮށްލަމުން އޭނައަށް ހެނދުނު ހެނދުނާ ގުޅަނީ ކާކުތޯ ބަލައިލިއެވެ. އެއީ ރުކައިން ކަން އެނގުމުން އޭނަ މިއަދު ސަލާން ނެގި ކަމަށް މެސެޖްކޮށްލިއެވެ. ކުޑަދޮރުގެ ފަރުދާއިން ފޭދިގެން އިރުގެ އަލި ލުއި ގޮތަކަށް ކޮޓަރިތެރެއަށް އެޅިފައިވެއެވެ. ކައިލްއަށް ބަލައިލެވުނީ އޭނައާއި ޖެހިގެން ނިދާފައި އޮތް މައިރީންއަށްށެވެ.

ކަރާއި ހިސާބަށް ރަޖާގަނޑު އަޅައިގެން އޮތް މައިރީންގެ އިސްތަށިގަނޑު ވަނީ ބާލީސްމަތީގައި ފެތުރިފައެވެ. އިރުގެ ރަން އަލި މައިރީންގެ އިސްތަށިގަނޑަށް އެޅިފައިވުމުން، މައިރީންގެ އިސްތަށިގަނޑަށް ވަނީ ކޮފީ ކުލަ އަރާފައެވެ. ދިގު އެސްފިޔަތަކުގެ ހިޔާ ކޯތާފަތަށް އެޅިފައިވިއިރު، މައިރީންގެ ކޯތާފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާލާފައިވި ފަދައެވެ. ކައިލްއަށް ފޫހި ކަމެއް ނެތި މައިރީންގެ މޫނުގެ ހުރިހާ ގުނަވަނަކަށް ބަލަމުން ދިޔައީ، އެ ނަލަ މޫނު ދަސްކުރާ ފަދައިންނެވެ. ލޯ އުނގުޅައިލުމަށްފަހު މައިރީން މޯޅިއަކަށް ދެމިލިއެވެ. ދެލޯ ހުޅުވައިލިއިރު އޭނަގެ މޫނަށް ލާނެތް ހިނިތުންވުމަކާއިއެކު ބަލަން އޮތް ކައިލް ފެނުމުން މައިރީންގެ މޫނުގައި ހުރި ފިނިފެންމާކުލަ އިތުރަށް ގަދަވެގެން ދިޔައެވެ. މައިރީން އަވަސް އަވަހަށް އޭނަގެ މޫނުމަތީ ރަޖާ އެޅިއެވެ.

މައިރީންގެ މައުސޫމު ހަރަކާތުން ކައިލް ހިނިގަނޑެއް ޖަަހައިިލިއެވެ. “ހެހެ ދެން ލަދުން އުޅޭނެ ކަމެއް ނެތް ކޮންމެހެން.. މްމް އަހަރެންގެ އުފަންދުވަހު އަހަރެންނަށް ލިބޭނެ އެންމެ އަގުބޮޑު ހަދިޔާ ތި ދިނީ..” ކައިލް އޭނަގެ ދެއަތުގެ ތެރޭ މައިރީން ހައްޔަރުކޮށްލަމުން ބުންޏެވެ. “ތި.. ތިބުނީ؟” މައިރީން މަޑުމަޑުން އަހައިލިއެވެ. ކައިލް ޖަވާބެއް ދިނުމެއް ނެތި މައިރީންގެ ކޯތާފަތަށް ބޮސްދިނެވެ. “އިޓް ވޯޒް ޔުއާރ ފަރސްޓް ޓައިމް.. އެހެން އެއްވެސް ފިރެހެނެއް މިނީގެ ހަށިގަނޑުގައި އަތްލާފަ ނެތް.. އަހަރެން ހާދަ ލަކީއޭ އަލްހަމްދުލިއްﷲ.. ތޭންކިޔޫ ސޯ މަޗް.. ތިއީ ހަމައެކަނި އަހަރެންގެ މީހެއް.. ޔުއާރ މައިން.. އޮންލީ މައިން..” މައިރީންގެ ހަށިގަނޑު އިތުރަށް އޭނަގެ އަތުތެރޭ ގައިދުކޮށްލަމުން މައިރީންގެ ކަންފަތުގައި ތުންފަތް ޖައްސައިލަމުން ކައިލް ބުންޏެވެ.

މައިރީންގެ ހިތް ކޮށްޓެއްގައި ބަންދުވެފައި އިން ކުޑަ ކުޑަ ދޫންޏެއް ފަދައިން ތެޅެމުން ދިޔައެވެ. މޭކަށިގަނޑު ފަޅާލާފައި ހިތް ނިކުމެދާނެ ފަދަ އިހްސާސެއް މައިރީންއަށް ދިޔައީ ކުރެވެމުންނެވެ. މައިރީންގެ ކޯތާފަތަށް ހޫނުކަން ވެރިވެގެން ދިޔައީ ގަދަ ރަތްކުލައެއް އެ ކޯތާފަތަށް ފާއްދައިލަމުންނެވެ. ކައިލްގެ މި ސިފައަކީ މައިރީންއަށް މުޅިން އައު ސިފައެކެވެ. އެހެންކަމުން މައިރީން އޮތީ ލަދުން ކުރާނެ ކަމެއް ނޭނގިފައެވެ. “އެއްވެސް ތާކަށް ތަދުވޭތަ؟” ކުޑަ އިރުކޮޅަކު އެހެން އޮތުމަށްފަހު ކައިލް ސުވާލުކޮށްލިއެވެ. މައިރީން ތުންފަތުގައި ދަތްއަޅައިލަމުން ބޯ ހޫރައިލިއެވެ. “އޯހް ޝޫޓް.. ގަޑި ޖެހުނީ އެ އޮތް.. ޑޭމް އިޓް..” އެއްލި ކަޅިއަކުން އެނދު ކައިރީ ހުރި ކުޑަ މޭޒުގައި ހުރި ގަޑި ފެނުމުން މައިރީން ތެޅިގަތެވެ. “ރިލޭކްސް.. އަހަރެން ދެމީހުނަށް އެފް.އާރް.އެލް، ނަގައިދީފަ އިންނާނީ.. އަހަރެންގެ އުފަންދުވަހެއްނުން މީ..” ކައިލް ހިނިއައިސްފައި އޮވެ ބުންޏެވެ.

ކެންޓިނުގެ މޭޒެއް ކައިރީ އިށީންދެގެން އިން ޒީނާ ފެނުމުން މާކިން ފިރެހެންވަންތަ ހިނގުމެއްގައި ޖީބަށް ދެ އަތް ޖަހައިލައިގެން ޒީނާ އިން މޭޒާއި ގާތްވެލިއެވެ. “މަގޭ ބޯމަތީ މީހަކު އެނބުރޭ އެބަ ޒީނީގެ ނަންބަރު ނުދީގެން..” ޒީނާގެ ކުރިމަތީ އިން ގޮޑިޔަށް ވެއްޓިގަންނަމުން މާކިން ބުންޏެވެ. އޭރު ކެންޓިނުގައި ތިބި ގިނަ އަންހެންކުދިންގެ ނަޒަރު ހުއްޓިފައިވަނީ މާކިންއަށްށެވެ. ބައެއް ކުދިން ޒީނާއާއި ދިމާލަށް ހަސަދައިގެ ނަޒަރުން ބަލަމުން ދިޔަ އިިރު، ގިނަ ޒުވާން ފިރެހެނުންގެ ނަޒަރު ހުއްޓިފައި ވަނީ ޒީނާއަށްށެވެ. “ކާކު؟ ޔުލާންތަ؟” ޝައުގުވެރިކަމާއެކު ޒީނާ ސުވާލުކޮށްލިއެވެ. މާކިން ގާތަށް ޒީނާގެ ސުވާލުން ލާނެތް ހިންޏެއްއައެވެ. “ނޫނޭ އައިދަން.. ހަނދާން އެބަހުރިތަ؟ އަހަރެމެން ލަންޗަށް ދިޔަ ރެސްޓޯރަންޓުން މީޓްވިއެއްނުން ގްރޫޕްގަނޑަކާ؟” މާކިންގެ ޖަވާބުން ޒީނާގެ މޫނު ކުނިވެގެން ދިޔައެވެ.

“އައްޗީޑި އެ ބޯދިގު ފުރޭތަ؟ ނޫން ނޯވޭ.. ނެވަރ އެވަރ.. ދުނިޔެއިން ފިރެހެނުން ހުސް ވިޔަސް އެ ފޫޅުދިގު ހަންޑިގަނޑަކާ ނުގުޅޭނަން..” ހަށަން ބަނދެލަމުން ދަތްކުނޑި ވިކައިލައިގެން ހުރެ ޒީނާ ބުންޏެވެ. ޒީނާގެ ޖަވާބުން މާކިން ހޭންފެށިއެވެ. “މްމްމް ޒީ.. ސޮރީ ޓު ސޭ ދިސް އެކަމް އަހަރެން މިތާ ފިރެހެނުން ޒީއާ ހިޓް ކުރަން އުޅެފާނެނެތީ ބުނިން ޔޫއާރ މައި ޖީއެފްއޭ.. ސޯ އައި ޑޯންޓް ތިންކް ޔުލާން ޒީއާ އުޅޭނެހެން..” ދުލުކުރީގައި ދައިގަންނަމުން މާކިން ބުންޏެވެ. ޒީނާގެ ދެލޯ މުދުނަށް އަރައިގެން ދިޔައެވެ.

އައި ރުޅިން ހުރި ތަނެއް ބެލުމެއްނެތި މާކިންގެ ކަންފަތުގައި ހިފައި ފިތްތައިލަމުން އަނބުރައިލިއެވެ. މާކިން ހެމުން ހަޅޭއްލަވައިގަތެވެ. “ޔޫ ހައު ކުޑް ޔޫ.. މާކް އަބަދު ވެސް މިހެން ހަދަނީ.. ކިޔަވަން އުޅުން އިރު ވެސް.. އާރގްގްގް އައި ހޭޓް ޔޫ.. އައި ލައިކް ޔުލާންއޭ.. ހީ އިޒް ނައިސް އެންޑް ސޯ ހޭންޑްސަމް.. އަދި ސައިކްރޭޓިސްޓެއް.. ތިކިޔާ ފޫޅުދިގު ހަންޑިއަށްވުރެ މާ ރަނގަޅު..” މާކިންގެ ފަން އިސްތަށިކޮޅަށް ދަމައިލަމުން ޒީނާ ބުންޏެވެ. “އިޓްސް ފޯރ ޔުއާރ އޯން ގުޑް އޭ ދޫންޏާ.. އެހެންނޫނަސް މަށަކަށް އެހާ ރަނގަޅަކަށް ޔުލާންއެއް ނޭނގެ.. އެކަމަކު މަގޭ ބެސްޓީވީމަ އައިދަން އެނގޭ..” މާކިން ކޮނޑުއަރުވައިލަމުން ބުންޏެވެ.

މާކިން ހިނިއައިސްފައި ހުރި ގޮތުން ހީވަނީ އޭނައަށް ކުރެވިގެން އުޅެނީ މާ މޮޅު ކަމެއް ހެންނެވެ. “ގޭގަ ޒީ މިއީ މާކްގެ ކޮއްކޮއެއްހެން ގެންގުޅެފަ މިހާރު އެންމެން ކުރިމަތީ ޖީއެފް؟ ޔޫ އާރ ޑިސްގަސްޓިން… ޒީ މިއީ މާކްގެ ޖީއެފްއޭ ބުނަން ރަނގަޅު އެއުޅޭ އައިދަން ފޫޅުދިގުހަންޑި ކައިރީ އޭރުން އުނދަގޫ ނުކޮށް ފެއްސިދާނެއެއްނުން…” އުނަގަނޑުގައި ދެއަތް ވިއްދައިލަމުން ޒީނާ ބުންޏެވެ. އޭރު އޭނައަށް ހުރެވުނީ ރުޅިއައިސްގެން މާނޭވާލެވިފައެވެ. “އަހަރެންގެ އޯލްޑް ބެސްޓީއޭ އެއީ.. އެހެނެއް ނުހެދޭނެއެއްނުން އޭނައަކަށް..” މާކިން ޒީނާ އިތުރަށް ރުޅިއަރުވައިލުމުގެ ގޮތުން ބުންޏެވެ. “ޔޫ އާރ ސެލިން މީ؟” މޭގައި އަތް ޖައްސައިލަމުން ދެލޯ ބޮޑުކޮށްލާފައި ޒީނާ އަހައިލިއެވެ. “އަހަރެން ތިހެން ބުނީ ކޮންއިރަކު؟؟ އަހަރެންގެ ދުލުން އެއްޗެހި ބޭރުކުރުވަން ނޫޅޭ.. ދަނީ ގުޑް ބާއީ ލަވްވް..” ޒީނާގެ ކޮލަށް ދަމައިލަމުން މާކިން އަވަހަށް އެތަނުން ރައްކާވިއެވެ. އޭރު ޒީނާގެ ކަންފަތުން ރުޅިއައިސްފައި ހުރި ވަރުން ދުންއަރައަރާ ހުރި ފަދައެވެ.

ބްރޭކަށް ލިބުނު ކުޑަ ވަގުތުކޮޅު ތެރޭ ރުކައިން އޭނަގެ ގެޔަށް ދިޔައެވެ. އޭރު ލީލާ އުޅެނީ ސައި ތައްޔާރު ކުރާށެވެ. ފާރޫގުގެ ހިލަމެއް ނުވާތީ ރުކައިން ގޮސް ގޮޑި ދުރުކޮށްލުމަށްފަހު އިށީނެވެ. “އަހަ ދަރިފުޅާ؟ މިއަދު ސައިބޯން ގެޔަށް އައި ދުވަހަކީތަ؟” ލީލާ ހިނިތުންވަމުން އަހައިލިއެވެ. ރުކައިން ހީލަމުން ބޯޖަހައިލިއެވެ. ރުކައިންގެ މަޑުމައިތިރިކަން ލީލާއަށް ފާހަގަވިއެވެ. “ދަރިފުޅު މަންމަ ކައިރީ ސުވާލެއް ކުރަން ބޭނުންވެފަތަ ތި އިންނަނީ؟ އެހެންނޫނިއްޔާ ތިހާ މަޑުން އިންނާނީ ސުވާލެއް ބޯ ތެރޭ އެނބުރޭތީކަން މަންމައަށް އެނގެޔޭ..” ރުކައިންގެ ބޮލުގައި ފިރުމައިލަމުން ލީލާ ލޯބިން ބުންޏެވެ. “މަންމައަށް ޝިޔާން އެނގޭތަ؟” ރުކައިން އަހައިލިއެވެ.

ރުކައިންގެ ސުވާލުން ލީލާގެ ހިނިތުންވުން ފޭދެން ސިކުންތުކޮޅެއް ނުނެގިއެވެ. އެހެންނަމަވެސް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލަމުން ރުކައިންއާ ދުރަށް ޖެހިލިއެވެ. “ޝިޔާން އޭ؟ މަންމަ އަނެއްހެން ނުދަންނަން އެއްވެސް ޝިޔާނެއް.. މަޝްހޫރު ވިޔާފާރިވެރިއަކަށް ކިޔާ ކަންނޭނގެ ޝިޔާން.. ޓީވީއިން ވަރަށް އަޑުއިވޭ ނަމެއް ތިއީ..” ހަމަޖެހެން މަސައްކަތް ކުރަމުން ތަވަޔަށް ރޮއްޓެއްލަމުން ލީލާ ބުންޏެވެ. ލީލާގެ އަޑުގައިވީ އަސަރުތަކުންނާއި މޫނަށް ވެރިވި އަސަރުތަކުން ލީލާ އެ ހަދަނީ ދޮގު ކަމަށް ރުކައިންގެ ހަވަނަ ހިއްސު އިންޒާރު ދިނެވެ. އިތުރަށް ސުވާލު ކުރުމެއް ނެތި ކައިރީގައި ހުރި ފެންތަށިން ކޯވަރެއް ބޯލުމަށްފަހު ރުކައިން އެތަނުން ދިޔައެވެ.

ހޫޑީލައިގެން ހުރި ޒުވާނާ ބަރު ފެން ބާލިދީއެއް ދަމަމުން ކުޑަ ސިމެންތި ޖަހާފައިވާ ކޮޓަރި ތެރެއަށް ވެއްދިއެވެ. އެތެރޭގައި އިން ޒުވާނާ ގޮޑީގައި ބަނދެފައިވީ އިރު އޭނަގެ ކަނާއަތް ވަނީ ފޮތިގަނޑަކުން ބަނދެފައެވެ. އެތަނުން އަނދާފައިވާ މިނި މަސް ވަސް ދުވައެވެ. އައިސްފެން ބާލިދީ ކުއްލިއަކަށް އެޒުވާނާގެ މޫނަށް ޖެހުމުން އޭނަ ސިހިފައި ހޭލިއެވެ. “އަދި މަރެއް ނުވޭ ދޯ ނަދީހް؟” ކުޑަކަކޫ މައްޗަށް އިށީނދެގެން އިނދެ އެޒުވާނާ ސުވާލުކޮށްލިއެވެ. “ކަލޭ ތިއުޅެނީ މަ މަރުނުވެގެނެއްނުން؟ އެއްފަހަރުން މަރާލަބަލަ..” ނަދީހް ހަޅޭއްލަވައިގަތެވެ. އެ ޒުވާނާ ނުރައްކާތެރި ހިނިގަނޑެއް ޖަހައިލިއެވެ. “އޭރުންނޯ؟ ނަދީހް ގެންގުޅުނު އަންހެންކުދިންތައް އެހާ ވަރަށް ތަޅުވާފަ މަރަށް ދޫކޮށްލީމަ މަ ވީ ނަދީހް އަވަސް މަރަކުން މަރައިލަން؟ ކެތްތެރިވޭ.. އަދި ނަދީހްގެ ވަގުތު ވެސް ޖެހޭނެ..” ނުލަފާ ގޮތަކަށް އަޅައިގެން ހުރި މާސްކުގެ އަޑިން ހީލަމުން އޭނަ ބުންޏެވެ.

އޭނަ މޭޒެއް ނަދީހްގެ ކުރިމަތީ ބެހެއްޓުމަށްފަހު ބަނޑުފުށަށް ކަރުދާސް ފޮޓޯތަކެއް ބޭއްވިއެވެ. “ހިނގާ ދޯ ގޭމެއް ކުޅެމާ.. މިތާ މިހުރީ ހުސް ލޯބި ލޯބި އަންހެންކުދިންގެ ފޮޓޯ.. ނަދީހް ޖެހޭނީ ނަދީހް އެމީހުންގެ މައުލޫމާތު ހޯދާ، އެމީހުންނަށް ކުރި ކަމެއް ކުރުމަށްފަހު، އެމީހުން އަނގަ ބަންދުކުރަން ހެދީ ކިހިނެތްކަން ބުނެދޭން..” ނަދީހުގެ ކުރި މައްޗަށް ގޮޑިއެއް ގެނައުމަށްފަހު، އިށީންނަމުން އެ ޒުވާނާ ބުންޏެވެ. “އަހަރެން ތިއެއް ނުބުނިއްޔާ؟” އެއްބުމަ އަރުވައިލަމުން ނަދީހު އަހައިލިއެވެ. “ނަދީހުއަށް އެނގޭތަ؟ ފުލުހުން އެންމެ ފުރަތަމަ ވެސް ރަހީނުކޮށްފަ ހުރި މީހެއް ފެނުނީމަ ބަލާނީ އެމީހަގެ ނިޔަފަތި ދަށުގައި ހުންނަ ޑީއެންއޭ ހޯދޭތޯ..” ނުރައްކާތެރިކަން އެކުލެވިފައިވާ މަޑުމައިތިރި ރާގަކަށް އެހެން ބުނެލުމަށްފަހު، އެ ޒުވާނާ މޭޒުމަތީގައި ނަރުކެނޑިއަކާއި އާވި އަރައަރާ ހުރި ހޫނު ފެންތަށްޓެއް ބޭންދިއެވެ.

ނަދީހުގެ ކަނދުރާއިން ހީބިހި ނަގައިގެން ދިޔައެވެ. ފިނި ދަލެއް އޭނަގެ ނިތްކުރިން ހިތްލައިގެން ދިޔައިރު، އޭނަގެ މޫނުވަނީ ހުދުވެފައެވެ. “ފުރަތަމަ ސުވާލު.. މުޅިއެކު ކިތަށް އަންހެންކުދިންނާ ނަދީހު ބެހުނިން؟” އެ ޒުވާނާ ސުވާލުކޮށްލިއެވެ. “ސައުވީސް.. ދެ އަހަރުވަނީ.. ކޮންމެ މަހަކަށް ކުއްޖެއް.. ފޫހިވީމަ ބިރުދައްކާފަ ދޫކޮށްލަނީ..” މަޑުމަޑުން ނަދީހު ބުންޏެވެ. އެ ޒުވާނާގެ އަތް މުށްކެވުނެވެ. އެއްޗެކޭ ބުނުމެއް ނެތި އަށާރަ ވަރަކަށް އަހަރުގެ އަންހެންކުއްޖެއްގެ ފޮޓޯ ދެއްކުމަށް ފަހު އެއްބުމަ އަރުވައިލިއެވެ. “އިޝްހާ.. ތި ކުއްޖަ މަ ރައްޓެހިވާން އެހީމަ ނޫނެކޭ ބުނީ.. ކޮލެޖުން ނުކުމެގެން ގެއަށް ދިޔަ މަގުމަތީ ފަޅު ގެއަކަށް ވައްދާފަ….. އަހަ.. އަހަރެންގެ ބޭނުން ފުދުނީމަ ދޫކޮށްލީ.. ރިޕޯޓުކޮށްފިއްޔާ އާއިލާއެއްކޮށް މަރާލާނެ ކަމަށް އިންޒާރު ދިނީ.. އޭގެ ފަހުން ވެސް އަހަރެންގެ ގާތް އެކުވެރިޔަކާ އެކީ އޭނަ ރޭ* ކުރިން… މިހާރު އޭނަވީ ރާއްޖޭން ބޭރުގަ..” އިސްޖަހައިލަމުން ނަދީހް ބުންޏެވެ.

އެ ޒުވާނާ ބޯޖަހައިލިއެވެ. “ތިޔަ ގާތް އެކުވެރިއަކީ ކާކު؟” އެ ޒުވާނާ އަހައިލިއެވެ. ނަދީހު ހޭން ފެށިއެވެ. “ކަލެއަކަށް އޭނައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ.. މިހާރު ވެސް އޭނަ މަ ހޯދާނެ.. އޭނައަށް ކަލޭ ފެނިއްޖެއްޔާ ބޮލާ ކަނދުރާ ވަކިކޮށް ކަނޑު ފައްތާނެ!” މޮޔައެއްހެން ހެމުން ނަދީހް ބުންޏެވެ. ކުއްލިއަކަށް އިވުނު ބާރު ހަޅޭކުން އެތަނަށް ޒަލްޒަލާއެއް ގެނުވި ފަދައެވެ. “އަދި އެއްފަހަރު އަހަރެން ސުވާލު ކުރާނަން.. ކަލޭގެ ތިޔަ ގާތް އެކުވެރިއަކީ ކާކު؟” ނަދީހުގެ ކުޑަވާ އިނގިލި އޮތީ އެޒުވާނާގެ މުށުގެ ތެރޭގައެވެ. ނުބައި ގޮތަކަށް އެ އިނގިލިބުރި އަނެއް ފަރާތަށް ލެނބިފައިވީ އިރު، އެ އޮތީ ބިނދިފައިކަން ޔަގީނެވެ. “ޝި.. ޝި..ޔާން..” އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުން އުނދަގޫ ގޮތަކަށް ނަދީހް ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އިސްލާހު 1

Next

ވާނުހޭ ގާތުގާ- ނުވަވަނަ ބައި

Next
December 22, 2025

ވާނުހޭ ގާތުގާ- ނުވަވަނަ ބައި

Previews
December 22, 2025

އިސްލާހު 1

19 Comments!

  1. Thiththi says:
    December 22, 2025 at 9:21 am

    Rukain Aa raakin aa miee ekaku hen heevaa kahala kanthah haththaa ves! Kuree bai kiyaafa heekuree shiyaan ey nadheeh bandhu koggen ulhenee! Vaahaka varah reethi! Dhen vaane gotheh in’geyne iregge inthizaaruga hama!

    1. Maash Maash says:
      December 25, 2025 at 9:59 pm

      Hehe hinga vaagoii balama dhww.. Insha Allah dhen oii part fridayga up kohleveytho balanan.. 💜🦋

  2. Anonymous says:
    December 22, 2025 at 10:01 am

    I’m 90% sure that Rukain is actually Raakin. Kail and Mai vrh loabi❤️
    I have a feeling that Maakin likes Xee.
    I don’t think Faaroog and Leela is Rukains real parents and why is Leela lying to him??
    I wonder who is the person wearing the hoodie???
    Curiously waiting for the next part
    Whn nxt??????
    You are one of my favorite author on esfiya
    Lysm💗💗

    1. Maash Maash says:
      December 25, 2025 at 10:01 pm

      Oh 90? So there’s a 10% chance it might not be😭 Insha allah all Ur questions will be answered by the end of the story.. let’s see what happens next dhww.. Insha Allah next part fridayga.. aww I’m honoured.. love U more darl💜🦋

  3. Shiu says:
    December 22, 2025 at 11:46 am

    Mi part vx varah Reethi Masha Allah…
    Rukain akee Raakin dhww??? Varah heeve 😅Leela aaa Shiyaan aaa kommes gothakun eba gulhey. Rukain ge Memory loss veema Eyna balanee Leela right??? And Kuree part thakuga kaan dhin beys akee E memory’s Alun enburi nugennan dhey beys thah, Am I right??? 😅
    Mai and Kail Sooo loabi 🥰🤭 Kail he Rom side Adhi E fennany dhw Mai ah, hehe 😁 Shiyaan and Nadheeh haadha nulafaey🤬. Who is the hoodie guy??? Sooo curious.When Next? Curiously waiting for the next part… Appreciate your hard work 🥰 oops, Maa dhigu vejje dhw comment 😅
    Lysm Maash 💜

    1. Maash Maash says:
      December 25, 2025 at 10:10 pm

      Aww thankyou soo much darll.. I’m happy U liked it.. let’s see dhww.. rukain ge kanthah dhww.. let’s see if that’s true hehe.. yeshh Mai and kail are my top couple literally.. hoodie guy engeyne adhi.. next part Insha Allah fridayga.. aww thanks.. hehe it’s Okey I love long comments..
      Love U more darl💜🦋

  4. Aanaa says:
    December 22, 2025 at 9:43 pm

    Masha allah mi part vs vrh reethi
    Rukain eiii raakin 99% yageen kan dheven eba oi…ekm maash vhk genesfaane expect nukuraa gthkh vs…kail ah romantic vaan engi dhaane kmh gabool kuran vs dhathi…..ekmm dheyy r sooooooo cuuuteeee…..😭libeyne nama dhwww…
    lyla r shiyaan r gulhumeh othybaa past ga????hoodie laign eii kaaku????nadheeh r shiyaan haadha goaheyyyy….sooo curious
    btw last ep ky fahun order kurin enge mushroom soup akh…dhuvahaku nuvs kaa ehcheh….eyga huri chicken kolhukolhu…ekm e key vaguthu hadhaanvy mi vhk mathin…dhn hithah ery anehkaa chicken kolhu vedhaane baey pig mahah vs….chicken huhna gthkh nun hury kiyeh…erey ehkh vs visnuny ekama dheytherey…enme fahun hodulevunyyyy😫
    Curiously waiting…when next…???lyyysmm🫶🏼

    1. Maash Maash says:
      December 25, 2025 at 10:16 pm

      Aww thankyou soo much darll.. I’m happy U liked it.. so there is 1% it might not be raakin👀😭 hehehe yeahh Kail ehaa annoying v ma kaaku heekury vx dhw.. let’s see dhw hoodie laigen hury kaaku thw.. but I can assure u y’all met him😭.. hehe maash adhi mushroom soup eh nubon.. ekam miadhu sausage li bai kaan in Hama heevany story ge Bai fennahen lol..😭 next part Insha Allah fridayga.. love U more darll 💜🦋

  5. Anonymous says:
    December 24, 2025 at 2:55 pm

    maaaaashhh loveddd this part as usualll
    litrally everyone deserves a husband like kail and a wife like maireen hehe
    anywayssss canttttt waitt for ep 9
    lyyyy tccc <333333

    1. naeen says:
      December 24, 2025 at 2:55 pm

      dudee again forgot to write name, naeen btw ( crying emoji )

    2. Maash Maash says:
      December 25, 2025 at 10:18 pm

      Aww thankyou soo much darll.. I’m happy U liked it.. agreed but don’t get Ur hopes up hehe.. to guys nowadays Kail will be a simp and cringe😶 next part Insha Allah fridayga.. love U more darll 💜🦋

  6. Anonymous says:
    December 25, 2025 at 7:20 pm

    Omg. It’s totally awesome. Oh my kail n Maireen r melting me. Counting day s for ep 9.
    Maash. Seems like u r busy these days. U r not replying to the comments. That’s fine. I wish u a very happy life. Waiting for next part.

    1. Maash Maash says:
      December 25, 2025 at 10:23 pm

      Aww thankyou soo much darll.. I’m happy U liked it.. 9th ep Insha allah fridayga..
      I’m a bit drained mentally and physically.. work stress and life.. but I do read all Ur lovely comments and I will reply when I’m up to it ingey.. and there are comments that I’m commenting on other names if I reply too quickly.. soo ig I’m trying to prove them wrong.. thanks for understanding.. next part Insha Allah fridayga..💜🦋

  7. garudhiya says:
    December 26, 2025 at 12:52 pm

    hadi vhk gadeh

    1. Maash Maash says:
      December 26, 2025 at 2:57 pm

      I wise person once said “if I don’t have anything nice to say,then dont say it at all” 💜🦋

  8. Rose_24 says:
    December 26, 2025 at 3:25 pm

    Maashhhhhh mi part vrh reethi igey
    Alhey I hope rukain is raakin kamah
    Leela aa shiyaan khohmes gothakun gulhumey iba oitha
    Brw so curious abt hoodie laagehn ulhey meeha
    Maireen aa kaail haadha cute ey dhwww was blushing when there part cameeee
    Can’t wait for the next part

    1. Maash Maash says:
      December 27, 2025 at 4:37 pm

      Thanks darlll.. I’m happy U liked itt..
      Let’s see dhw vaagoii.. hahaha Maireen and kal are always cuties..
      Mihaaru 9th part up vefa eyny.. hope to see Ur comment on it too💜🦋

  9. Vampire girl says:
    December 26, 2025 at 5:06 pm

    Kobaaaaa?
    Curiously waiting…

    1. Maash Maash says:
      December 27, 2025 at 4:38 pm

      mihaaru innaane up vefa.. vrh happy vejje vampire girl ge comment eh ehaa dhuvaskohlaafa libuneema💜🦋

Comments are closed.

Next Episodeލޮތްބެއް މަ ނޭދެން ޔާރު ނޫން – 10←


All Right Reserved!