Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އަހަރެންގެ ވާހަކަ

Mysterious Angel Level 110 Stories100 Comments
February 19, 2016 6 Mins Read
11 Comments

ކޮންމެ ފިލްމެއް ނޫނީ ވާހަކައެއްގައިވެސް ހީރޯއަކާއި ހީރޯއިނުންއުޅެއެވެ. ނަމަވެސް މީ އަހަރެންގެ ވާހަކައެވެ. އަހަރެންގެ ވާހަކަ އެހެންވާހަކަތަކާއި ވަރަށް ތަފާތެވެ. ހީރޯއެއްގެ ގޮތެއްނޭނގެއެވެ. ނަމަވެސް ވިލަންއެއް އުޅެއެވެ.

އަހަރެންނަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރަމުންދާ މީހެކެވެ. އެކިފަހަރު މަސައްކަތްކުރަމުންދަނީ އެކި އަތޮޅުތަކުގައެވެ. ނަމަވެސް ތިން އަހަރުވީއިރުވެސް އުޅެބޮޑުވި ފަސްގަނޑުގައި މަސައްކަތްކުރާކަށް ފުރުސަތެއް ނުލިބެއެވެ. އެފަދަ ފުރުސަތަކަށް އަހަރެންހުރީ ބަލަބަލައެވެ. އުމުރުން ތޭރައަހަރުގައި އެރަށްދޫކޮށް އާއިލާއާއި އެކީ މާލެބަދަލުވިފަހުން އަހަރެން ރަށަކަށްނުދަމެވެ.އަހަރުފެށުނުތަނާ އަހަރެންގެ ޓްރާންސްފާރ ލެޓަރ ލިބުނެވެ.

“މިފަހަރު ކޮން ހިސާބަކަށް؟” ނިޒާމް އަހަރެން ބޮސްގެ ކެބިންއިން ނިކުންނައިރަށް އަހައިފިއެވެ.

“ނުބަލަން އަދި.. އދ ކަންނޭނގެ…” އަހަރެން ޖުމްލަ ފުރިހަމަ ނުކުރެވެނީސް އަދްހަމް ސިޓީ ޖަހައިގަތެވެ.

“ހދ.ހަނިމާދޫ” އަދްހަމް ނަންކީއިރުވެސް އަހަރެން އެއީ ތެދެއްކަމަށް ޤަބޫލެއް ނުކުރަމެވެ. ޗޮކެއް ކަނޑާލަމުން އަދްހަމްގެ މޫނަށްބަލާލީމެވެ. ނަމަވެސް އޭނަގެ މޫނުމަތިން ފެނުނު ސީރިޔަސްކަމުން އަހަރެން ވަގުތުން ސިޓީޖަހައިގަތީމެވެ. ރަށުގެ ނަންކިޔާލުމުން އަހަރެންނަށް ލިބުނު ހިތްހަމަޖެހުން ބުނެދޭކަށްވެސް ނޭނގެއެވެ.

“ވާއޮ ވާއޮ.. އަދޫ އައި ޔަސްޓް ލަވް ޔޫ…” އަދްހަމްގެގައިގާ ބައްދާލަމުން އަހަރެންބުނީމެވެ.

“އިނަފް.. ޖަސްޓް ސްޓޭއަވޭ ފްރޮމް މީ..” ތަންކޮޅެއް ދުރަށް ޖެހިލާ ދެއަތްއުރާލައިގެން ހުރެ އަދްހަމްބުނެލިއެވެ.

“އެހެންވީމަ ކެއުން އޮންނަން ޖެހޭނެ އިނގޭ” ނިޒާމް އަހަރެންގެ ކޮނޑަށް އަތްވައްޓާލަމުން އަދްހަމްއަށް ނިތްއެއްލިއެވެ.

” ކެއުން އެކަނިތަ؟ ވީ ނީޑްޓް ސެލެބްރޭޓް ސްވީޓްހާރޓް.. ” އަދްހަމްވެސް ހީވީ އީދެއްއައިހެންނެވެ.

” ސޯ.. ހިނގާދާން..” ތިންމީހުން އެކީ މިސްރާބުޖެހީ ގެއަށްދިއުމަށެވެ.

ހަފްތާއެއްގެ ފަހުން އަހަރެން ފުރަންޖެހޭތީ ނިންމަންޖެހޭ މަސައްކަތްތައް ވަރަށް ގިނައެވެ. ހީވަނީ ވަގުތު މަދުވެފައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވެފައިވާހެންނެވެ. ރަށަށް ދެވޭތީ ރެޔެއް ދުވާލެއް ނުބަލާ މަސައްކަތްތައްކުރީ ވަރަށްފޯރީގައެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނުނަމަވެސް މިއަށްވުރެއަވަހަށް ދުވަސްތައް ފާއިތުވެގެންދާނެނަމައޭ ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. އެންމެފަހުން ފުރާ ދުވަސްވެސް އައިސްޖެހިއްޖެއެވެ. އަދްހަމްއާއި ނިޒާމް އަދި ހުސެން ހީވަނީ އަހަރެން ރަށަށް ހިގައިދާނެތީ އުޅޭހެންނެވެ.

“ރަށަށް ގޮސް ޗިކެއް ފެންނައިރަށް އަހަރުމެން މަތިން ހަނދާންނައްތާލާނީކީ ނޫން.. ވަރަށް މިސްވާނެ ސްވީޓް ހާރޓް..” ހުސެން އެންމެ ފަހަރަކުވެސް އަނގަހުއްޓާވެސްނުލައެވެ.

“އެއީ ތެދެއް.. މަންޖެ ކައިރިއަށް ޖެއްސިޔަސް އަހަރުމެން ގުޅާއިރަށްވާނެ ފޯން ނަގަން..” ތެދެކެވެ. ކޮންމެ ތާކަށް ދިޔަޔަސް އަހަރުމެންެ އުޅެނީ އެހެންނެވެ. ފަހަރަކު އަންހެންކުއްޖެއްކައިރިއަށް ދިއުމަކީ އަހަރުމެންގެ ހަޔާތުގެއެއްބައެވެ. އެކަމަކު އެކަމުގައި އަންހެންކުދިންގެ ކުށެއްނެތެކޭވެސް ބުނެވޭކަށް ނޯންނާނެއެވެ. މަދު އަންހެންކުއްޖަކު ސީރިއަސްވިޔަސް ގިނަވާނީ އަހަރުމެން ކައިރިއަށް ޓައިމް ޕާސްޓް ކޮށްލަން އަންނަކުދިންނެވެ.

ފަނަރަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު އަހަރެންހުރީ ހަނިމާދޫ އެއަރޕޯޓްގައެވެ. ކަސްޓަމްސްގެ ކަންތައްތައް ނިންމާލުމަށްފަހު ނިކުންނަށް ހިގައިގަތްވަގުތު ދަންނަ ކުއްޖެއް ފެނުނުހެންހީވިއެވެ. އެދިމާލަށް ނުދެވިގެން އުޅެނިކޮށް ކޮންމެވެސް މީހަކު ނަމުންގޮވާލިއަޑުއިވިއްޖެވެ.

“އޭތް ގޮވާއިރުވެސް ފަރާތް ފަރާތް ބަލަން ތިހުންނަނީއޯ” ދޮންބެއައިސް އަހަަރެންނާ އަރާހަމަކުރިއެވެ. ދޮންބެ މަސައްކަތް ކުރަމުންދަނީ އެއަރޕޯޓްގައެވެ.

“ނޭނގޭނު… ހާދަ ދުވަހެއް ކޮށްލާފައޭ މިއާދެވުނީ.. ” ހީލަމުން ދޮންބެއަށް ބެގްބެކް ދިނީމެވެ.

“އާނ.. މިރަށަށް ނާންނަން އުޅޭމީހެއްވިއްޔަތީ..” ދޮންބެމެންނަށް ހީވިފައޮންނާނީ އެހެންނެވެ. އެކިވާހަކައިގައި ތިބެ އެއަރޕޯޓުން ނިކުތީމެވެ. އޭރު ތުނިތުނިކޮށް ވާރޭވެހެމުން ދިޔައެވެ.

” ވައްޓާލަދީ ސްޓޭޝަނަށް..” އެއްވެސް މީހަކު ބަލާއައިސް ނެތުމުން ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތްވިއެވެ. ސައިކަލުގައި ދިޔައިރު ރަށަށް އައިސްފައިވާ ބަދަލުތަކަށް ވިސްނާލެވުނެވެ.

” ނިމިގެން ގުޅާލާ.. އަންނާނަން ބަލާ.. ބޭގް ގެންދަންވީ ދޯ ގެއަށް..” އަހަރެން ބޭނުންވީ ނޫނެކޭ ބުނާށެވެ. ނަމަވެސް އެހެން ބުނާނެހާހިތްވަރެއްނެތެވެ. އަހަރެން އުޅެން ބޭނުންވަނީ ސްޓޭޝަނުގައެވެ. އެކަމަކު ދޮންބެގެ އެދުމުގައި ކޮޅުފައިން ޖަހާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަރުމެންނަށް ކިޔަވާދީ އުޅެވޭވަރުކޮށްދިންމީހަކީ އެއީއެވެ.

ހިޔާލުތަކުން ދުރަށް އައިސް މަސައްކަތްތަކާއިގެން އުޅުނީމެވެ. އަހަރެން ބަލާ އެއަރޕޯޓަށް ނުދެވުނީ ދިމާވި އެކްސިޑެންޓެއްގެ ސަބަބުންކަން ވެރިޔާކިޔާދިނެވެ. އަހަރެން ކުރަންޖެހޭ މަސައްކަތްތަކާއި އަހަރެންނާއެކު މަސައްކަތްކުރާނެ މުވައްޒިފުން ތަޢާރަފްކޮށްދިނެވެ.

“ހިނގާ ކޮފީއަށް ދަމާ..” ޒިޔާމަކީ އަހަރެންގެ ދަށުން މަސައްކަތްކުރަންޖެހޭ ސްޓާފެކެވެ. އެހެންނަމަވެސް މަސައްކަތުން ބޭރުގައި އެގޮތް ނުބޭއްވުމަށް އަހަރެން އެދުނީމެވެ.

ކޮފީއަށް ދިޔައީ ސްޓޭޝަނާއި ކައިރީގައިހުރި ރެސްޓޯރެންޓަކަށެވެ. ވަރަށް ފަހުން ހޮޅުވިތަނެއްހެން ފެންނަފެނުމަށް ހީވެއެވެ.

“ޝިމާލް އޭގެފަހުން އަދި ރަށަށް ތިއައީތަ؟” ހޫދް އެހިއެވެ.

“އާން.. މަންމަމެން އުޅެނީ އެކޮޅުގަ.. އެހެންވީމަ ނާދެވެނީ..” އެހެންޏާ އަހަރެންނަކީ އަނގަގަދަ މީހެކެވެ. ނަމަވެސް މިއަދު ދައްކާނެ ވާހަކައެއް ދުލަކަށް ނައެވެ.

‘މަށަށް ހީވަނީ ޝިމާލް މާބޮޑަށް ވަރުބަލިވެފަ ހުރީހެން.. ދާންވީނު ގެއަށްގޮސް ޖައްސާލަން.. މާދަން ހެނދުނުއެއްނު އަންނަންޖެހޭނީ..” މިއުވާނަށް ހީވީ އެހެންކަންނޭނގެއެވެ.

“ވަރުބައްޔެއް ނުވޭ އެކަމު ބޮލަށް ބަރުވާގޮތްވޭ އެބަ..” ތެދެކެވެ. އަހަރެންގެ ބޮލުގައި ވަނީ ރިހުމެއް އުފެދިފައެވެ. ކިތަންމެ ވަރަކަށް ރަށަށް އަންނަހިތްވިޔަސް ދެވަނަ ހިނދުކޮޅުގައި އެކަން މާޔޫސްކަމަށް ބަދަލުވެގެން ދަނީ ރަށަށް އައުމުން ވާނެގޮތް އެނގޭތީއެވެ. ކުރިމަތިލާން ބޭނުންނުވާ ކަންކަމާ ކުރިމަތިލާން ޖެހޭތީއެވެ. ދޮންބެއަށް ގުޅުމަށްފަހު މިއުވާންއާއިއެކީ ދާވާހަކަ ބުނުމަށްފަހު އަހަރެމެން ގެއަށް ނައްޓާލީމެވެ.

“އޭނ ނައްޓާލީ އިނގޭ.. ކަމެއް ބޭނުންވެއްޖިއްޔާ ގުޅާލާ އިނގޭ..” މިއުވާން ހިނިތުންވެލަމުން ސައިކަލް ދުއްވާލިއެވެ. އަހަރެންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

“ޝިމްބޭ..” ދޮރޯށިން އެތެރެއަށް އެންމެ ފިޔަވަޅެއް ނޭޅެނީސް ނޫރުއައިސް އަހަރެންގެ ފައިގައި ބައްދާލިއެވެ. ތިންއަހަރުގެ ނޫރަކީ ދޮންބެގެ ދަރިފުޅެވެ.

“މާލް އާދޭ ކާން..” ބަދިގެ ފަރާތުން ދޮންބެދައްތަ ގޮވާލިއެވެ.

” ނޫރުވެސް ނުކަމޭ އަދި..” ނޫރު އުރާލައިގެން ގޮސް ކާގެއަށް ވަނީމެވެ. އޭރުވެސް ދޮންބެދައްތަ މޭޒުމައްޗަށް ތަށިތައް ނަގަނީއެވެ.

“ދޮންބެ ކެއީތަ؟” ތައްޓައް ބަތްއަޅާލަމުން އަހަރެންއެހީމެވެ.

“މާލް ދަބަސް ބަހައްޓަން އައިސް ކައިގެން އެދިޔައީ.. ނޫންވެސް ކައިގެން ނިދާނީދެން.” ދޮންބެދައްތަ ނޫރުއަށް ކާންދޭންއުޅެއެވެ. ކައިނިމިގެން އަހަރެންބެލީ ފެންވަރާލައިގެން އަވަހަށް އެނދުގައި ޖައްސާލެވޭތޯއެވެ. ނަސީބަކުން ހަމަޖެހޭއިރަށް ނިދިއްޖެއެވެ. ހޭލެވުނުއިރު ހަވީރު ހަތަރުގަޑި ބައިވެއްޖެއެވެ. އަވަހަށް ފެންވަރާލައިގެން ބޭރަށް ނިކުތްއިރު ނޫރުވެސް ބޭރަށްދާން ތައްޔާރުވެގެން ހުއްޓެވެ. އަހަރެން ފެނުމުން އޭނަބޭނުންވީ އަހަރެންނާއެކީ ދާށެވެ. ދައްތަ ހިތްހަމަނުޖެހުންކަން އެނގުނުނަމަވެސް ދޮންބެ ހުއްދަދިނުމުން ނޫރުގޮވައިގެން އަހަރެން ސައިކަލްގައި ބުރެއްޖަހާލުމަށް ނިކުތީމެވެ. ދުއްވަމުންގޮސް ބަނދަރަށް އާދެވުނެވެ. ނޫރު ބޭނުންވީ އެތަނަށް ފައިބާ ދުވެލާށެވެ. އަހަރެންހުރީ ނޫރުގެ ހަރަކާތްތަކަށް ބަލާށެވެ.

“ޝިމާލް” މީހަކު ކޮށްޓާލުމުން އަހަރެން ސިހުނެވެ. ކައިރީގައިހުރީ ކާކުކަމެއް ނޭނގުނެވެ.

“ނޭނގުނު..” އަހަރެން އަވިއައިނު ނެގީމެވެ.

“ސާބަސް ނުސްރާއޭ މީ.. އެއްކުލާހެއްގަ އުޅުނީމެއްނު..” ހަނދާންވީދެނެއެވެ. އެއީ ގްރޭޑް ފަހެއްގައި އެއްކުލާހުގައި އުޅުނުކުއްޖެކެވެ. އޭރު ކުރު ކުރުކޮށް ހިކިކޮށްހުރި ކުއްޖާ މިހާރު ހީވަނީ މާމައެއްހެންނެވެ. ގަޔަށްބާރު ޓޮޕަކާއި ޖިންސެއްގައި ހުރިއިރު ފަލަކަމުން ބަނޑުގެ މަސްތައްއޮތީ އެލިފައެވެ. ކޮށްފައިހުރި މޭކަޕް ފެނުމުން ނުހޭންހުރެފައިވެސް އަހަރެންނަށް ހެވުނެއެވެ.

” ނުސްރާދޯ.. މިހާރު މީހަކާ އިނީތަ؟” ހިނިގަނޑު އޮށްބާލަން މަސައްކަތްކުރަމުން އެހީމެވެ.

” އާނ.. ކުއްޖަކުވެސް އެބަހުރި.. ޝިމާލް މީހަކާ ނީންނަންތަ؟” ވަރަށް ގަޔާވާ ފާޑަކަށްހުރެ އެހިއެވެ.

” އަދި ނޫޅެން ތިކަމަކާ..ދަނީ އިނގޭ…” ނުސްރާ ބަލަންހުރި ނަޒަރުން އަހަރެން ބޭނުންވީ އަވަހަށް އެތަނުން ދުރަށްދާށެވެ.

އަވަހަށް ނޫރުގޮވައިގެން އެތަނުން ދެވޭތޯބެލީމެވެ. ނަމަވެސް ދެވުނީ ތަންކޮޅަކަށެވެ. އަނެއްކާވެސް އެއްކުލާހެއްގައި އުޅުނުކުއްޖަކާ ދިމާވެއްޖެއެވެ.

” ހާދަ ދުވަހެއް ކޮށްލާފަ މިރަށަށް އަރައިގެން ތިއުޅެނީ..” އިއްސޭ އަހަރެންގެ ކޮޑުގައި ޖަހާލިއެވެ.

” އެހެންނުވާނީ ޕޮލިހުގައޭ މިހާރު މިއުޅެނީ.. އޭނ ހިނގާބަލަ އޭރު އުޅުނު އެންމެން އެއްކޮށް ދިމާވާން..” އެއީ އަހަރެން ވަރަށް ބޭނުންވާކަމެކެވެ.

” ވަރަށް ރަނގަޅުކަމެއްތީ.. މަ ގުޅާލާނަން ފަހުން މިހާރު ދަތުރަކު މިނައްޓާލަނީ..” ނޫރުއާއި ސަމާސާކޮށްލަމުން އިއްސޭ ހިގައިގަތީ ލޯންޗަށް އެރުމަށެވެ.

މިއުވާން ގުޅީ އަހަރެން ގެއަށް ވަތްތަނާހެންނެވެ. ވަރަށް އަވަހަށް ސްޓޭޝަނަށް އައުމަށް އޭނަ އެދުނެވެ. އަހަރެން އަވަސްވީ ދިއުމަށެވެ. އޮފީހަށް ދިޔައިރު އެންމެން ތިބީ މީޓިން ރޫމުގައެވެ. ވަރަށް މުހިއްމު ކަމެއްޖެހުނީކަން އެނގުނެވެ.

މަސައްކަތްތައް ނިންމާލުމަށްފަހު ގެއަށްދެވުނުއިރު އަށްގަޑި ބައިވެއްޖެއެވެ. އޭރު ދޮންބެވެސް ގޭގައި އުޅެއެވެ.

“މާލް ދޭބަލަ ނޫޑްލްސް ދެތިން ޕެކެޓް ގަނެގެން އަންނަން…” ސޯފާގައި ރަނގަޅަށް ހަމަޖެހިނުލެވެނީސް ދޮންބެދައްތަ ބުންޏެވެ.

“ސާބަސް މީރާއަށް.. އޭނަ ދެންމެއޭ އެއައީ މަސައްކަތް ނިންމާފަ.. އަމިއްލައަށް ދިޔަނަމަ..” ހިތްހަމަނުޖެހުނަސް ދޮންބެ ވާހަކަދެއްކީ މަޑުންނެވެ.

” އެއީ އެހާވަރުކަމެއް ނޫން.. މަ ހިގައިދާނަން..” އެއްވެސް މީހަކަށް އެއްޗެއް ބުނާނެ ފުރުސަތުނުދީ އަހަރެން ބެލީ އެތަނުން ނިކުމެވޭތޯއެވެ. ދާންޖެހުނީ ތަންކޮޅެއް ދުރުގައިހުރި ފިހާރައަކަށެވެ. ވަރަށް ފަހުން ހުޅުވި ފިހާރައެއްކަންނޭނގެއެވެ. ޖާގަބޮޑުވެފައި ބާވަތްތައް ގިނައެވެ. ނޫޑްލްސްތައް ކޮތަޅަށް އަޅައިގެން އަހަރެންބެލީ އަވަހަށް ނިކުމެވޭތީއެވެ. ފިހާރައިން ނިކުތް އެހެންކުއްޖެއްގެ ގައިގާ އަޅައިގެންފައި އަހަރެން އަތުން ކޮތަޅު ދޫވެގެން މަގުމައްޗަށްވެއްޓުނެވެ. އެވަގުތު ފޯނެއްއަންނާތީ އަހަރެން ފޯންނެގީ މުހިއްމު ކޯލަކަށްވެދާނެތީއެވެ. އެކުއްޖާ ސޮރީ އޭ ބުނެލަމުން އަވަސްއަރުވާލާފައި ދިޔަގޮތުން މޫނެއް ނުފެނުނެވެ. ގުޅީ މިއުވާންއެވެ. އޭނައެދުނީ ކޮފީއަކަށް އައުމަށެވެ. ގެއަށް ކޮތަޅުލުމަށްފަހު އަވަހަށް ސްޓޭޝަނާދިމާލަށް ދިޔައީ ފޫހިވެފައިހުރިލެއް ބޮޑުކަމުންނެވެ. އެރޭގެ ކޮފީ ނިންމާލިއިރު ދޭއްވެސް ޖަހައިފިއެވެ. ގެއަށް އައިސް އަހަރެން ބެލީ އަވަހަށް ނިދޭތޯއެވެ. ނަމަވެސް ނިދުނީ ވަރަށްއިރުފަހުންނެވެ.

ނިދުނުލެއް ލަސްކަމުން ހޭލެވުނީވެސް ލަހުންނެވެ. އަވަހަށް ޔުނީފޯރމް އަޅާތައްޔާރުވެލީ ހިގާފަގަޑިނުޖެހޭވަރަށް ދިއުމަށެވެ. ދޮންބެ ސައިކަލް ދޭންއުޅުނު ނަމަވެސް އަހަރެން ބޭނުންވީ ހިނގާފަދާށެވެ. ބޭރަށް ނިކުމެ ބަލާލިއިރު މަގުތަކުގައިވަނީ ފެންގަނޑުހެދިފައެވެ. އެހާބޯކޮށް ވާރޭވެހުނުކަމެއް އަހަރެންނަކަށް ނޭނގެއެވެ. ފެންހެދިފައި އޮތުމުން ކުރިންދާ މަގުތަކަކުން ދެވޭކަށް ނެތެވެ. އެހެންކަމުން ޖެހުނީ އެހެންމަގުތަކުން ހިނގާށެވެ. މިއުވާނަށް ގުޅީ ލަސްވެދާނެ ވާހަކަބުނުމަށެވެ. އޭނަބުނީ ބަލާއަންނާނެކަމަށެވެ. މަގުތައް ބަދަލުވުމުން އަހަރެންހުރީ އޮޅުންއަރާފައެވެ. މިއުވާން ނައިސްގެން އަހަރެން މަގުގެ ދެފަރާތް ބަލާލީމެވެ. އޭރު ތަންކޮޅެއްދުރުގައި އަންހެންކުއްޖަކު ހުއްޓެވެ. ޖިލްބާބް ހެދުމުގައި ހުއްޓަސް ހަމަފެންނައިރަށް އެއީ ކާކުކަން އެނގިއްޖެއެވެ.

” ހާދަ އަވަހަކަށް ހޭލައިގެން ތިއުޅެނީ؟” އަހަރެން ގޮވާލީމެވެ. ނަމަވެސް ޝާޔަންގެ ބެލުމުގައިހުރީ ބީރައްޓެހިގޮތެކެވެ.

“ނޭނގުނުތަ؟” އެއްޗެއް ނުބުނެ ގިނައިރުވާންފެށުމުން އަހަރެންއަހާލީމެވެ.

” އޭނ.. ނުވެސްއިނގުނު..” ހީލުމުން މިހާރު ޝާޔަންއަށް އަހަރެންމީ ކާކުކަން އެނގުނުކަން ދޭހަވިއެވެ.

” ހާދަ ދުވަހެއްފަހުންނޭދޯ މިދިމާވީ.. ކޮންތާކުތަ ތިއުޅެނީ؟” އަހަރެން އެހީމެވެ. ނަމަވެސް ޖަވާބުނުދެވިގެން އުޅެނިކޮށް މިއުވާން އަތުވެއްޖެއެވެ. ޝާޔަން ގާތު ދަނީއޭ ބުނެލަމުން އަހަރެން ސައިކަލްގެ ފަހަތަށްއެރީމެވެ.

“ދަންނަންތަ އޭނަ؟” ތަންކޮޅަކަށް ގޮސްފައި މިއުވާން އެހިއެވެ.

” އާން.. ކްލާސްމޭޓެއް އެއީ.. ސްކޫލްގެވެސް ޓޮޕްއެއްނު އެއީ.. އޭލެވެލްގެ ވެސް އެއްވަނައެއްނު..” އަހަރެން އޮޅުންފިލުވައިދިނީމެވެ.

“މަ ހީކުރީ ބިޓެއްކަމަށް..” ހިނިގަނޑެއް ޖަހާލަމުން މިއުވާން ބުނެލިއެވެ.

“ހެހެހެ.. ނޫނޭ.. އެއީ އެކަހަލަ ކުއްޖެއްނޫން.. ނުލާހިކު ޝާހީ ފެމެލީއެއްގެ ކުއްޖެއް އެއީ.. ކިތަންމެ ރީއްޗަސް މަގުތައްމައްޗަށް ގިނަވެގެން އުޅޭ ޒާތުގެ ކުއްޖެއްނޫން އެއީ” ޝާޔަންގެ ކާފައަކީ ކުރީގެ ޤާޒީއެކެވެ. އެއީ ރަށުއެންމެންވެސް ނުހަނު ޤަދަރުކުރާ އާއިލާއެކެވެ.

އޮފީހަށް އައިސް ކުރަންޖެހޭ މަސައްކަތްތަކަށް ބަލާލިއިރު ޕޮލިހުންގެ އިސްޓީމެއް ރަށަށް ޒިޔާރަތްކުރާތީ އެކަމަޑޭޝަން އާއި ކެއުމުގެ ކަންތައްތައް ހަމަޖެއްސުން އޮތެވެ. ތަންކޮޅެއް ސީނިޔަރ ބޭފުޅުން ޒިޔާރަތްކުރާތީ ބޮސް ބޭނުންވީ ސީދާ ސީނިޔަރ ސްޓާފެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށްވާތީ މިއުވާން އެކަމަށް އިސްކުރިއެވެ.

” ހުންނާނެ ގެތަކެއް ލިސްޓްކޮށްފަ.. ދާންވީނު ޗެކްކޮށްލަން..” މިއުވާން ވާހަކަދެއްކީ ފަރީދާއެވެ. ނަމަވެސް ފަރީދު އުޅުނީ މެނޫ ތައްޔާރުކުރުމުގެ މަސައްކަތުގައި ކަމަށްވުމުން އޭނައަށް ދެވޭގޮތެއް ނުވިއެވެ.

“ޝިމާލް ގޮވައިގެންދާންވީނު ސަރ.. އޭނަ ފްރީކޮށް އެހެރީ..”ފަރީދު ބުނެލިއެވެ.

އެންމެފަހުން ދާންޖެހުނީ އަހަރުމެން ދެމީހުންނަށެވެ. ފުރަތަމަވެސް ދާންޖެހުނީ އަހަރެން ނުވެސް ދަންނަ ގެއަކަށެވެ. އެގެއިން ދިމާވި އަންހެންމީހާގެ ވާހަކަހުރިގޮތުން އަހަރެން ޖެހިލުންވިއެވެ. ރުންކުރުވެފައި އެހާހަރުކަށްޓެވެ.

” އެއީ ހަމަ އޭނަގެ މިޒާޖު.. މިގެއަށް ވަންނަމާ” ވަރަށް ރީތިކޮށް ހަދާފައިހުރި ގެއެއް ދައްކާލަމުން މިއުވާން ބުންޏެވެ. ގޭގެ ގޭޓުން ވަންނައިރަށް ދެފަރާތުގައި ހިތްގައިމު ގޮތަކަށް ހައްދާފައިވާ މާގަސްތައްފެނުމުން އަހަރެން އިތުރަށް ޝައުޤުވެރިވިއެވެ.

ސަލާމް ގޮވާލުމުން ސަލާމް ބަލައިގަތީ ގޭގައި ގެންގުޅޭ މީހާއެވެ.

“ބޮޑުމީހާ ނެތީތަ؟” އަހަރެން އަހާލީމެވެ.

“މެޑަމް ނެތީ ބޭބީ ހުންނަނީ..އަންނަނީ” އެމީހާ އަތުގެ އިޝާރާތުން މަޑުކުރުމަށް ބުންޏެވެ.

އިރުކޮޅަކުން ބޭރަށް ނިކުތީ ޝާޔަންއެވެ. ކުރިއާއިޚިލާފަށް އޭނަލައިގެންހުރީ ހުދުކުލައިގެ ގަމީހަކާއި ކަޅު ޖިންސެކެވެ. އޭނަގެ މޫނުމައްޗަށް ލަދުވެތިކަން ވެރިވީ އެހެންވެ ކަންނޭނގެއެވެ. ކަޅުކުލައިގެ ޝޯލްގެ ތެރެއިން އެދޮންމޫނު ފެންނަލެއް ރީއްޗެވެ.

” މި ހުސް ރޫމްއެއް ހުރިތޯ ބަލަންވެގެން..” މިއުވާން އޮޅުންފިލުވާދިނެވެ.

” މަރީ ދޭބަލަ ތާރޑް ފުލޯއަށް..” ޝާޔަން ހިގައިގަތީ އެތެރެއަށެވެ. އޭނާގެ ފަހަތުން އަހަރުމެންވެސް އެތެރެއަށް ވަނީމެވެ. ތަނަވަސް ބޮޑު ސިޓިންގްރޫމެކެވެ. އެންމެފަހުގެ ޓީވީއެއް ފާރުގައި ހަރުކޮށްފައިވާއިރު ގޭގެހުރިހާ ދިމާލަކުން ފެންނަމުންދަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ޝާޔަން ތަޅުދަނޑި ހިފައިގެން އައިސް ދޮރުހުޅުވަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނަގެ އަތްތުރު ތުރު އަޅާވަރުން ތަޅުދަނޑި ވެއްޓުނީ ބިންމައްޗަށެވެ. ޝާޔަން އަވަސް އަވަހަށް ތަޅުދަނޑިނެގިއެވެ.

“ކީ؟” އަތްދިއްކޮށްލަމުން މިއުވާން އެދުނެވެ. ވަރަށް ލަދުންހުރެފައި ޝާޔަން ތަޅުދަނޑި ދިއްކޮށްލިއެވެ. އަހަންނަށް އަތްދިއްކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ޝާޔަންގެ އަތްފިނިކަމުން އަތްދަމައިގަނެވުނީވެސް ބޭއިޙްތިޔާރުގައެވެ. މިއުވާން ދޮރު ހުޅުވާލުމުން އަހަރެން ސިހުނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ ފުން އަނދިރިކަމެވެ. ޝާޔަން އެތެރެއަށްވަދެ ލައިޓްތައް ޖައްސާ ކާޓޭންތައް ކަހާލިއެވެ. ކަޅުކުލައިގެ ފަރނީޗަރުތަކުން ކޮޓަރި ވަނީ ޒީނަތްވެފައެވެ. މަޑުނޫކުލައިގެ ބެޑްޝީޓާއި ކާޓޭންތަކުން އިތުރުފުރިހަމަކަމެއް ގެނެސްދެއެވެ. ފާޚާނާވެސް ބޮޑުވެފައި ސާފެވެ.

“އޯކޭ ތަ؟” މިއުވާން ކައިރީ ޝާޔަން އެހިއެވެ.

” ހޫމް.. ދެން ޓިޝޫއާއި ފެން ބޭނުންވާނީ..” ހީވާގޮތުން ރޫމްއާއި ދޭތެރޭ މިއުވާން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މީހުން އަންނާނެ ދުވަހާއި ވަގުތު ޝާޔަންއަށް އޮޅުންފިލުވައިދިނުމަށްފަހު އަހަރެމެން ނިކުތީމެވެ. ދެންހުރި ގެތަކަށް ދާނީ ކޮފީއެއް ބޯލައިގެންދޯ އޭ ބުނެ މިއުވާން މިސްރާބު ޖެހީ ކެފޭއާއި ދިމާލަށެވެ.

“މަށަށް ހީވަނީ ޝިމާލްއަށް ވަރަށް ކަމުގޮސްސިހެން..” ކޮފީތަށިން އެތިފޮދެއް ބޯލަމުން މިއުވާންބުނެލިއެވެ.

“ކޮންއެއްޗެއް؟” އަހަރެން ނިތްއަރުވާލީމެވެ.

“ޝާޔަން..” މިއުވާން ބުނި އެއްޗަކުން އަހަރެން ބޯންއިން ކޮފީތަށި ބަންޑުން ނުވީކިރިޔާއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Angel

Level 110 Stories100 Comments

Other Articles

Previous

ހިތުގެ ތިޔައީ ސާފު ލޯތްބޭ 2

Next

އިންތިޒާރު ކުރި ލޯބި (1)

Next
February 20, 2016

އިންތިޒާރު ކުރި ލޯބި (1)

Previews
February 19, 2016

ހިތުގެ ތިޔައީ ސާފު ލޯތްބޭ 2

11 Comments!

  1. twnkl str says:
    February 19, 2016 at 7:34 pm

    Wowww

  2. Queen says:
    February 19, 2016 at 7:35 pm

    Interesting beginning, like it
    Waiting for da next part

  3. k says:
    February 19, 2016 at 7:41 pm

    wow.. v salhi waiting 4 the next part.. 😀

  4. Shau says:
    February 19, 2016 at 9:23 pm

    Wow…I luv it…waiting for the next prt

  5. ammuty says:
    February 20, 2016 at 11:50 am

    A true story?? Nice beginning

  6. Someone says:
    February 21, 2016 at 5:11 pm

    Upp koh barrr v kiyaa hiy vey

  7. juma says:
    February 23, 2016 at 5:44 pm

    varah reethi vaahakaeh… wish you all the best 4 next parts

  8. Aloo says:
    February 24, 2016 at 7:01 pm

    Nice koniraku next part

  9. xoyaa says:
    March 3, 2016 at 3:12 pm

    V shalhiii …..

  10. GuDuMeena says:
    March 18, 2016 at 11:27 am

    V.furihama vaahakaige sifakurun. First person ge nazarun genesdheefa hunna vaahaka thakaky Gudu v.kiyaahiyvaa vaahaka thakeh.. and mivaahaka build up kohgen genesdheefa hurigoi.. plus suspense create koffa baeh thanthanun huri goi v.kamudhey.. v.creative. v.furihama.. still imlaa kuh thah faahaga kollan.. two words eh veffa hurey v.ginain.. it happens to me a lot.. so ehehe.. anyways I will try to read this story to the end.. I hope you success.. I Love this beginning.. AWESOME!

  11. mahaa says:
    February 28, 2017 at 11:24 am

    wow v salhi stry eh whn is next part…

Comments are closed.

Next Episodeއަހަރެންގެ ވާހަކަ 2←


All Right Reserved!