މުޅި ހިތް ބޭޤަރާރު ވެއްޖޭ-4
“އެކަމަކުވެސް ކަލޭ ނުޖެހޭނެ މަގޭ ކޮޓަރިއަށް ވަންނާކަށް..” ޒާޔާ މޭމަތީގައި އަތް ހުރަސްކޮށްލަައިފައި ތުން ކޮޅު އަނބުރާލިއެވެ.
“އަހަރެންނަށް ފުރިހަމަ ހައްޤު އޮންނާނެ ޒާޔާގެ ކޮޓަރިއަށް ވަންނަން..” އެމީހާ މިހެން ބުނެ އެނބުރުނެވެ.
*ޕާރޓް-4*
އެއީ ޒުވާން ފިރިހެނެކެވެ. ޒާޔާ ދެބުމަ ގޮށް ޖަހައިލައިފައި އެމީހާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެމީހާ ވިހަ ގޮތަކަށް ހިނިތުން ވެލިއެވެ.
“ކަލޭ ބޭނުން ވަނީ ކޮންކަމެއް..؟” ޒާޔާ މަޑުމަޑުން އަހާލިއެވެ.
“އަހަރެން ބޭނުންވަނީ..” އެމީހާ ޖުމްލަ އެއް ފުރިހަމަ އެއް ނުކުރެއެވެ. އެކަމަކު އޭނާގެ ނަޒަރު ހުރިގޮތުން އެހުރިހާ އެއްޗެއްވެސް އެނގެދެއެެވެ. އެމީހާ ޒާޔާގެ އިސްތަށި ކޮޅެއް އަތަށް އޮޅާލިއެވެ.
“ނުވާނެ ތިކަމެއް..” ޒާޔާ އެމީހާގެ އަތް ފޮޅުވާލިއެވެ.
“އެކީއްވެ..” އެމީހާ ސުވާލު ކޮށްލިއެވެ.
“އެއީ މަ އެހެން ބުނީމަ.. މަ ބޭނުމެއް ނޫން ކަލޭ މަގޭ ގަޔަށް އަތްލާކަށް..” ޒާޔާ ދުރަށް ޖެހުނެވެ.
“މަ މީ ކަލޭގެ ފިރިމީހާއޭ.. މަ ބޭނުން ކަމެއް ވެސް ކަލޭ ޖެހޭނެ ކުރަން..” އެމީހާ ބުނެލިއެވެ. އަދި ޒާޔާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“ކަލޭތީ މަގޭ ފިރިޔެއް ނޫން.. މަ ބޭނުން ވެގެންތަ ވަކި ކަލެޔާ އިނީ.. އެއިން..!! ބުނަން ކެލޭ ބުނާރަކަށް މަށަކަށް ތިކަމެއް ނުވާނެ..” ޒާޔާ އިތުރަށް ރުޅި އަންނަން ފެށިއެވެ. އެމީހާ އަނެއްކާވެސް ޒާޔާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“ޖައިލަމް..!! އަޑެއް ނީވޭތަ..؟” ޒާޔާ ހަޅޭ ލަވައިގަތެވެ. އެއަޑުންވެސް އޭނާ ނުރުހޭވަރު އެނގެދެއެވެ. މިފަހަރު ޖައިލަމް ޒާޔާ ކައިރިން ލައިފައި ދިޔައީ ކޮޓަރި ދޮރާއި ދިމާއަށެެވެ. ޖައިލަމް ނިކުންނަން އުޅެނީކަމަށް ހީއްކޮށް ޒާޔާ ކުޑަކޮށް ހިއްހަމަ ޖެހުނެވެ. ނަމަވެސް ކަންތައްވެގެން ދިޔައި އެހެނެއް ނޫނެވެ. ޖައިލަމް ދިޔަ ގޮތަށް ގޮސް ދޮރު ތަޅުލިއެވެ.
“ތިއުޅެނީ..؟” ޒާޔާ ހިތް ބިރުގަތެވެ.
ޖައިލަމް ބަހެއްނުބުނެ އައިސް ޒާޔާގެ އަތުގައި ހިފޭއްޓިއެވެ.
އާކިފް އައިސް ގެޔަށް ވަނުމާއި އެކީ އޭނާގެ މަންމަ ރަޝްފާ ގޮވާލި އަޑު އިވުނެވެ.
“ލައްބަ މަންމާ..” ބަދިގެ ފަރާތުގައި އުޅުނު ރަޝްފާ އަށް ޖަވާބު ދެމުން އާކިފް އެދިމާއަށް ހިގައިގަތެވެ. އޭރު ކާމޭޒު ކައިރީގައި އޭނާގެ މަންމަ އާއި ދޮންތަ ތިއްބެވެ.
“އައިސް މިތާ އިށީންދެބަލަ.. ކޮންތާކަށް ދާން ލަސްވެފަތަ ތިއިންނަނީ..؟” އާކިފްގެ އެއްބަނޑު އެއްބަފާ ދައްތަ އަވާ ބުނެލިއެވެ.
“ތާކަށް ދާންވެގެނެއް ނޫން މިއުޅެނީކީ..” އާކިފް އައިސް ރަޝްފާ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.
“ދަރިފުޅާ ދަރިފުޅު ތިއުޅެނީ ކުއްޖަކާ ރައްޓެހި ވެގެންތަ..؟” ރަޝްފާ ސީރިއަސް ވެފައި އަހާލިއެވެ. އާކިފް ދިޔައީ ސިއްސައިގެންނެވެ. މިހާ ކުއްލި ގޮތަށް އެހީމައެވެ. އޭނާ ކަރުކެހިލާފައި ބޯޖަހާލިއެވެ.
“އޭރުވެސް ބުނީމެއްނު އާކިފް އެއުޅެނީ ކުއްޖަކާ ރައްޓެހިވެގެންނޭ..” އަވާ ރަޝްފާ އަށް ބުންޔެވެ. ރަޝްފާ ހިމޭންވުމައް އެންގުމުން އަވާ ވާހަކަ ދެއްކުން ހުއްޓާލިއެވެ.
“ކޮންނަމެއް ކިޔަނީ..؟” ރަޝްފާ އަހާލިއެެވެ.
“ޒާޔާ..” އާކިފް އިނީ ބިރުންނެވެ.
“މަންމަ އަށް ތިޔަ ކުއްޖަކު ދައްކާލާފާނަންތަ..؟” ރަޝްފާ އަހާލިއެވެ. އާކިފް ބޯ ޖަހާލައިފައި އޭނާގެ ފޯނު ނަގައި ޒާޔާގެ ފޮޓޯއެއް ދައްކާލިއެވެ.
“ކޮންކަހަލަ ކުއްޖެއް..” އަވާ ރަޝްފާގެ ކަންފަތް ކައިރީ މަޑުމަޑުން ބުނެލިއެވެ.
“އެއްމެ ރަގަނޅު..” ރަޝްފާ އާކިފް އަތަށް ފޯނު ދިއްކޮށްލަމުން ބުނެލިއެވެ. އާކިފް ފުން ނޭވާއެއް ދޫކޮށްލިއެވެ. އިތުރަށް އެވާހަކަށް ދައްކާފާނެތީވެ އޭނާ އަވަހަށް ތެދުވެގެން ދިޔައީއެވެ.
“މަންމާ.. އަހަރެންނަކަށް ހިޔެއްނުވޭ އެއީ އާކިފް އާ އެކަށީގެންވާ ކުއްޖެއް ހެނެއްް..” އަވާ ބުނެލިއެެވެ.
“މަންމަ އަށް ވެސް ހީވޭ.. އެކަމު ދެން ބަހައްޓާ.. މަންމަ އަށް ޔަގީން އާކިފް އަކަށް އޭނާ އާއި އެއްކޮށެއް މަގިނަދުވަހަކު ނޫޅެވޭނެކަން..” ރަޝްފާ ޔަޤީންކަން ދިނެވެ.
ސެހްރިޝް އާއި ތާރާ ތިބީ ސެހްރިޝްމެން ކޮޓަރީގައި ވާހަކަ ދައްކާށެވެ. ދެމީހުންގެވެސް މަޢުލޫއަކަށް ވެފައިވަނީ ވާސިލް އެވެ. ވާސިލް މިހާރު ސެހްރިޝް އާއި ނުވެސް ގުޅައެވެ. ކޮންމެފަހަރަކު ވެސް އިސްވެ ގުޅަން ޖެހެނީ ސެހްރިޝް އެވެ. ފޯނު ނަގާ ފަހަރަކަށް ވެއްޖެއްޔާ ބިޒީއޭ ކިޔައި އަވަހަށް ފޯނު ބާއްވާނެއެވެ. ވާސިލްގެ މިއުޅުމަށް މިއައީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ؟ މިބަދަލާއި ހެދި ސެހްރިޝް ކިތައްމެ ހިތާމަ ކުރިއަސް ކުރާނެ ކަމެއް ނެތެވެ.
ޒާޔާ އަށް ހޭލެވުނީރު އޭނާއަށް އޮވެވުނީ އެނދުމަތީއެވެ. ބޮލުގައި ރިއްސާތީވެ އޭނާ އިރުކޮޅަކު އޮތެވެ. އެހެން އޮށްވައި ކުރިން ހިގާ ދިޔަ ކަންތަށްތަށް އޭނާގެ ހަދާނަށް އައެއެވެ. ރުޅި އައެވެ. ދެރަވެސް ވިއެވެ. ޖައިލަމް ގަދަކަމުން އޭނާ ފަރާތުން ހިތްހަމަޖެހުން ލިބިގަންނަން އެއުޅެނީ ކީއްވެބާއެވެ. ޒާޔާ ކަރުނަތައް ފުހެލައިފައި ގޮސް ކޮޓަރި ތަޅުލިއެވެ. އަދި ފާޙަނާ އަށް ވަނެވެ. މާގަނޑު ދޫކޮށްލާފައި މަޑުމަޑުން ބޮލުގައި އަތްކާއްތާލިއެވެ. އޭރުވެސް ހުއްޓުމެއް ނެތި އޭނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
ޖައިލަމް އާއި ޒާޔާގެ ކައިވެނި ކުރެވުނީ މީގެ އެއްއަހަރު ކުރިންނެވެ. އޭރުވެސް އޭނާ އާއި އާކިފް އާއި އުޅުނީ ގުޅިގެންނެވެ. ޒާޔާގެ ބައްޕަ އަސްރަފް އަކީ ވަރަށް މަތީ މަޤާމެއްްޤައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާ ބޭނުންވަނީ އޭނާގެ ކޮމްޕެނީގައި އުޅޭ އެހެން މީހުންނާއި ރަގަނޅު ގުޅުމެއް ބާއްވާށެވެ. އެގޮތުން އޭނާގެ އެކުވެރިއެއް ކަމައްވާ މުހައްމަދު އެހެނީ ޖައިލަމްގެ ބައްޕަ އާއި ވާހަކަ ދައްކައި ދެފަރާތުން ވެސް އެއްބަސް ވެގެން ނިއްމީ ޖައިލަމް އާއި ޒާޔާގެ ކައިވެނި ކުރުވާށެވެ. ޒާޔާ، ޖައިލަމް ދެކެ ލޯބި ނުވާ ކަމަށާއި އޭނާ ހަމައެކަނި ލޯބިވަނީ އާކިފް ދެކެކަމަށް ބުނި ނަމަވެސް އަސްރަފް އަޅައެއް ނުލައެވެ. ކައިވެންޔަށް ފަހު ޒާޔާ އެއްގޮތަކަށްވެސް އަސްރަފް އަކާއި އަގަނއިންނެއް ނުބުނެއެވެ. ކުޑަމިނުން އަސްރަފް ކާން އަރާ މޭޒަށް އޭނާ އާއި އެކީ ކާންވެސް ނާރާނެ އެވެ.
ފެންވަރާ ތާޒާ ވެލައިގެން ޒާޔާ ކޮޓަރިން ނުކުތީރު ޖައިލަމް އިނީ ޒާޔާގެ އިންތިޒާރުގައެވެ. ޒާޔާ ނިކުތްތަން ފެނިފައި އޭނާ ކޮޅަށް ތެދުވިއެވެ. ޒާޔާ އަޅައިވެސް ނުލާ ގޮސް ބަދިގެޔަށް ވަނެވެ.
“ޒާޔާ މަންމަ ބުނީ ޒާޔާ ގޮވައިގެން އައިސްބަލާށޭ އެގެޔަށް.. ދާން ހިނގާދޯ..” ޖައިލަމް ވަރަށް އޯގާތެރިކަމާއި އެކީ ބުނެލިއެވެ. ޒާޔާ ޖައިލަމް އަށް ލޯއަޅާލިއެވެ. އެކަމަކު އޭނާ އެއްބަސް ވެސް ވިއެވެ.
އެރޭ ސެހްރިޝް ދިޔައީ ތާރާ ގޮވައިގެން ހޮސްޕިޓަލަށެެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ތާރާ ފިހާރެއަށް ވަންނަން ވެގެން އޭނާ ކާރުން ފެއިބިއެވެ. ސެހްރިޝް މަޑު ކުރީއެވެ. ކާރު ލޯގަނޑުން ބޭރުބަލަން ސެހްރިޝް އިނީ ފޫހިވެފައެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުން ހިގައިލައިފައި އައި ދެމީހުންނެވެ. އެއި ވާސިލް އެވެ. އެކަމަކު އޭނާ އާއި އެކީ އޭނީ ކޮން އަންހެން ކުއްޖެއް ހެއްޔެެވެ. އެކުއްޖާ އިނީ ވާސިލްގެ އަތުގައި ހިފާއްޓާލައިގެނެވެ. ދެމީހުންވެސް ހެމުން ވާހަކަ ދައްކަމުން ދިޔައިރު ދުނިޔެމަތީ ކަމެއްހެންވެސް ހިޔެއް ނުވެއެވެ. ސެހްރިޝް އަވަސް އަވަހަށް ފޮޓޯއެއް ނަގާލިއެވެ. މާދަމާ އޭނާ ވާސިލް އަށް ގުޅާފައި އެއީ ކާކުތޯ އަހާނެއެވެ. ވާސިލް އޭނާ ކައިރީ ނުބުނެ އެހެން އަނަހެން ކުދިން ގޮވައިގެން ބޭރަށް ނުކުނަނީ ހެއްޔެވެ. އަނެއްކާ އެއީ ވަސިލްގެ އާއިލާ ކުއްޖެއް ބާއެވެ؟.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Ooh i am first dhw ehehehe ☺️
Masha allah mi part ves Vrh Reethi ☺️❤️
Curiously waiting for next part…..
Whn nxt…….
Lov u and take care ☺️❤️
Yes you are first! 🤗
Thank you!
Next part ves v avahah up kohdheynan! 🤭
Love you too! 😘
You also take care my love!! 🤭
Whattt? Jailam aky zaayaa ge husband 😤….
Aakif ah ingeytha zaayaa Jailam aa indhegen kan….
Ingihjehya vrh dhera vaane dhw rulhi vx ahnaane 😭
I hate Jailam so so so much……. 😡
Vaasil vx Mihaaru sehrish aa vrh dhuru dhw
Sherish haadha dhera vaane eyy 😥
I think vaasil family kuhjeh noon kanne eii…
E Girl aa vaasil aa konmes gulhumeh ovey hen heevany….
Anyways mi part vx vrh reethi MA! 😍……..
Omg comment vrh dhigu vehje dhw hehehe 😅…….
I appreciate your hard work….
Curiously waiting for the next part when’s?
You are a talented author keep it up ❤️
Lyyy ❤️😘
Yes jailam is zaaya are a couple! 👍
Lets see dhw vaasil aai ekee eulhenee kaakuthw..🤭
That’s okay even if your comment was a bit long! 🤗
Thank you so much! 😘
Next part ves v avahah up kohdheynan!
Love you too! 🥰
Is Xaya & Jailam couple? Unbelievable I don’t like Jailam bcxx he ‘s doing everything without her permission