Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިޅެންއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

އާއެކޭ ލޯބިވޭ… ސައްބީސްވަނަބައި (މާތްﷲ ގެ ކޯފާއަށް ބިރުވެތިވަމާހޭ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 18, 2025 6 Mins Read
8 Comments

“މިލީހަމް: ރޯލީމޭ ވާހަކަ މިނިމުނީ ދެން. ލިނީ ދާތީ ވަރަށް ދެރަވޭ. ކެއުން މީރު. ” އަސްލުވެސް މިލީަހަމް ދެރަވެއެވެ. ދެމީހުން އުޅުނީ އެހާ ގާތްކޮންނެވެ. ވަކިވާނީ ފަހެ ކިހިނެއް ހެއްޔެވެ؟ މިއީ ލިނީ ފުރަން އުޅޭތީ  ދޭ ކެއުމެކެވެ.

ބާސީލް އިނީ މުޅިން އެހެން ދުނިޔެއްގައެވެ. އެކަކު ދައްކާ ވާހަކައެއްވެސް އޭނާއަކަށް ނީވެއެވެ. ޚުބޭ ލިނީ ފުރަން އުޅެނީއޭ ބުނިފަހުން، މީހާ ހުއްޓުނު ކަހަލައެވެ. ވިސްނެން ފެށީ ލިނީ ދާ ތަަނަކާއެވެ. ލީނިޔާ ތަަނަކަށް ދާކަމެއް އޭނާ ނުދެނަ ހުއްޓެވެ. ސުވާލުތައް ބާސިލްގެ ހިތުގައި ފޮނި ޖެހުނެވެ. ލީނި  ދާން އެއުޅެނީ ކޮންތަނަކަށް ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟

**********************************

ލީނިޔާގެ ދިރިއުޅުން ހަޤީޤަތުގައި އާ މިސްރާބަކަށް އެނބުރިއްޖެއެވެ.  މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ރަން ކިޔާފައެވެ. ކައިވެނި ކުރަނީ ސިފައިންގެ މީހަކާއެވެ. ދިރިއުޅެން ހަމަޖެހިފައިވަނީ އެމެރިކާގައެވެ.   ކުލަ ގަދަ  ބޮޑު ހަފްލާއެއް ނުބޭއްވިޔަސް މިއީ ލިނީގެ ނިންމުމެވެ.

ވިލާ ކުލެޖްއިން ވަކިވިއިރު، އަމާޒު ހުރީ “ހާވާޑް ޔުނިވާރސިޓީ”އަށެވެ. ކިޔެވުމުގެ ބާކީ ބައި ލިނީ ފުރިހަމަކުރުން އޮންނާނީ އެމެރިކާގައެވެ.

މި ޔުނިވާރސިޓީ ބިނާކުރީ އެންމެ މީހެއް ނޫނެވެ. އެތައްބަޔެކެވެ. އެތައް ސަތޭކަ އަހަރެއްވީ ބިނާތަކެއް މި ތަނުގައި ވެއެވެ. ތަފާތު ދުވަސްވަރު  އެކި މާހިރުން މިތަން ފަރުމާކުރައްވާފައިވެއެވެ.

“އިނގިރޭސި ވިލާތު”ގެ މަޝްހޫރު “އާކިޓެކްޗަރގެ”  އަސަރުތައް ވަރަށް ބޮޑަށް ހިމެނޭނެއެވެ. ގިނައިން ފެންނާނީ އެންމެ ދުވަސްވީ ބިނާތަކުންނެވެ. “ހާވާޑް ޔާޑް” އިންނެވެ.

ފަހުގެ ބިނާތައް ފަރުމާކުރީ “ޗާލްސް ބަލްފިންޗް” ފަދަ “އެމެރިކާ”ގެ މާހިރުންނެވެ.

“ހާވްޑް ޔުނިވާރސީޓީ”އަކީ ދުނިޔޭގެ ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ އެއް ތައުލީމީ މަރުކަޒެވެ.  ލީނިޔާގެ  ހުވަފެނެވެ.  މިތަން ހުންނަނީ އެމެރިކާގެ “މެސެޗޫސެޓްސް ސްޓޭޓް” ގައެވެ. “ކެމްބްރިޖް ބޮސްޓަން” ކައިރީގައި އެވެ.

މިތަނުގެ ބާނީއަކީ “މެސެޗޫސެޓްސް ބޭ ކޮލޮނީގެ ލެޖިސްލޭޗަރ” އެވެ. މި ޔުނިވަރަސިޓީ އުފެއްދީ އެފަރާތެވެ.

ނަމެއް މިތަނަށް ދިނީ ފާދިރީއެއްގެ ނަމުންނެވެ. އެއީ “ޖޯން ހާވާޑް” އެވެ. ޖޯން ހާވާޑް ވަނީ އޭނާގެ ހުރިހާ ފޮތެއް މިކޮލެޖް އުފައްދަން ހަދިޔާކޮށްފައެވެ. އަދިހަމައެޔާއެކު އޭނާގެ މާލިޔާތުގެ ދެބައި ކުޅައެއްބައިވެސް ދީފައެވެ.

ލިނީގެ ޚިޔާލުތަކުގައި ކުރަހަމުންދިޔައެވެ.  ސޯޅަ ސަތޭކަ ތިރީސް ހައެއްގައި ބިނާކޮށްފައިވާ  މި އިމާރާތުގައި ފޮތްތަކާއެކު ދުވެލާނެ ދުވަހެކެވެ. އާ ދިރިއުޅުން ފެށޭނެ  ދުވަސްތަކެކެވެ.

“ހާވާޑް” ގެ މި “ޔުނިވާރސިޓީ” ހުޅުވުނީ މިނިވަންވުމުގެ މާކުރިންނެވެ. އިނގިރޭސިވިލާތުގެ އިސްތިއުމާރީ ދުވަސްވަރުއެވެ. ކިންގް ޗާލްސްގެ ވެރިކަމުގައެވެ. އެ ސަރަހައްދުގައި އޭރު އޮތީ އިނގިރޭސި ރަސްކަމެކެވެ. “ބްރިޓިޝް ކޮލޯނިއަލް ރޫލް” އެވެ.

ދުނިޔޭގެ އެންމެ މޮޅު ތިން “ޔުނިވަރސިޓީ” ތެރޭ  “ހަވާޑް” ކޮންމެ އަހަރު ހިމެނެއެވެ. މިއީ “އައިވީ ލީގް”ގެ  މެންބަރެއްވެސް މެއެވެ.

ތަފާތު އެކި ދާއިރާތަކުން މި ޔުނިވާރސިޓީަގައި  ކިޔަވައިދެއެވެ.  މަޝްހޫރު ވަކި ޚާއްސަ ދާއިރާތަކެއްވެސް ވެއެވެ.  ވިޔަފާރިގެ ދާއިރާ، ޞިއްހީ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ސިޔާސީ ދާއިރާ އަދި ގާނޫނީ ދާއިރާވޭސް ފާހަގަކޮށްލެވޭނެއެވެ.

އެމެރިކާގެ ކުރީގެ ރައީސް “ބަރަކް އޮބާމާ.” ކިޔަވާ ވިދާޅުވި ކަމަށް ވަނީ ހާވާޑްއިންނެވެ. ދުނިޔޭގެ ނުފޫޒުގަދަ  އެތައް ބޭފުޅަކު މިތަނުން ދަސްވެނިވިއެވެ.

މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސްއެވެ. ފޭސްބުކުގެ ބާނީ މާކް ޒަކަރބާގްއެވެ. ދުނިޔެ ބަދަލުކޮށްލީ މިއީ ކާމިޔާބު ޝަހުސިއްޔަތުންނެވެ.  ލީނިޔާގެ ހިތް ނިކަން އެދެއެވެ. އެފަދަ ބޭފުޅުން އުފަންވި އެ ބިމުގައި ފައިތިލަ ޖައްސާލާށެވެ.

ހާސްވެގެން މިލީހަމް ތެޅި ފޮޅެނީއެވެ. މި އިޙްސާސެއް ކުރެވޭތާ ހަފްތާއެއް ވަނީއެވެ.  ބޮލަށް ބަރުވަނީއެވެ. ކާ ހިތެއް ނުވެއެވެ.  އަބަދުވެސް ހުންނަނީ މޭ ނުބައި ކޮށްފައެވެ.   މާގިނައިން  ހޮޑު ލެވެނީއެވެ. ހަށިގަނޑަކު ކޮޅަށް ހުންނާނެ ހާ ވަރެއް ނުހުރެވެ.

ކޮލެޖަށް ނުދާތާ ދެތިން ދުވަސް މިލީހަމް ވެއްޖެއެވެ. ދޮންތަ ފަރާތުން އެނގުނު ގޮތުގައި މިލީ އުޅެނީ ބަލިވެއެވެ. އޭނާ ނިކަން ބައްޔެވެ. ކޮޅަށްވެސް ނުހުރެވެއެވެ. ކާ އެއްޗެއް ނުދިރެވެ. ހޮޑުލަނީއެވެ. ހަސްފަތާލަށް ދާކަށް އެއްބަހެއް ނުވެއެވެ. ކޮޓަރިއަކުން ނުނިކުމެވެ.

މޭވާ ކޮޅެއް ގަނެގެން ޚުބާބް އެގެއަށް ދިޔައެވެ. ޚުބާބް ފެނުމާއެކު މިލީހަމް ފެށީ ރޯށެވެ. އަޑުން އަޑުނަގައި ރޯށެވެ. މިލީހަމް ހުއްޓުވާ ލެވުނީ ވަރަށް ވަރުންނެވެ.

“ޚުބާބް: މިލީ، ކިހިނެއްތަ މިވަނީ ކިޔައިދީބަލަ ހެޔޮނުވާނެ ”  މިލީގެ މޫނަށް ޚުބާބް ބަލާލިއެވެ. އެއްވެސް ދިރުމެއް އެ މޫނަކު ނެތެވެ. ދެލޯ އިނީ ދުޅަވެގެން ބަޑިޖަހާފައެވެ. ރަތް ލޭކުލައިގައެވެ. ތުންފެން ހުރީ ނޫފައިގަނެފައެވެ. މިހާ ދިޔައީ ހިކި އަނަރޫފަވަމުނެވެ.

“މިލީހަމް: ޚުބޭ އަހަރެން މީނީ ބަލިވެއޭ” ފުރަގަހަށް އެނބުރެމުން މިލީހަމް ހާމަކޮށްލިއެވެ. ތިކަން އެނގެއޭ ޚުބާބް ބުނެލިއެވެ.

“ޚުބާބް: މިލީ ދެން ޑޮކްޓަރަކަށް ދައްކަން ދާން ހިނގާބަލަަ މާބޮޑަށް ދެން ބަލިވާނީ” މިލީހަމްގެ ރުއިން ބާރުވެލިއެވެ. ޚުބާބްވެސް ހާސްވިއެވެ.

“މިލީހަމް: އަހަރެން ބަނޑުބޮޑު ” ހީވީ މުޅި ކޮޓަރިތެރެ އަނދާއަޅިއަށް ވިހެންނެވެ.  ނޭވާ ތާށިކޮށްލިއެވެ.

“ޚުބާބް: ބުނޭ ތީ ދޮގެކޭ” މިލީހަމް ނޫނެކޭ ބުނަމުން ބޯޖަހާލިއެވެ. ހަތަރު އުދަރެސް ޚުބާބްގެ ފެނު ޖެހުނު ކަހަލައެވެ.

“ޚުބާބް: ކާކުގެ ” ޖަވާބެއް މިލީހަމްގެ ނައެވެ. ގިސްޖަހަން  ފެށީއެވެ.  ޚުބާބްގެ ޝައްކު ޔަޤީންވުމާއެކު،  ދެއަތަށް ބާރުކޮށްލެވުނެވެ.  ބާސިލްދެކެ އިންތިހާ ރުޅި އާދެވުނެވެ. އެންމެފަހުން އޭނާއާއި ބައްދަލުވީ ވެސް ލިނީ ފުރި ދުވަހު އެވެ.

އެއާރޕޯޓުން ހުރިހާ ކުދިން ލިނީއާއި  އަލްވަދާއުގެ ސަލާމްކުރި އެވެ. ފުރާތީ  ރޮއެ ހިތާމަ ފާޅުކުރިއެވެ.  ދުރުގައި ދެރަވެފައި ބަލަން ހުންނަން ޖެހުނީ  ބާސިލަށެވެ. ކައިރިއަށް އަންނާކަށް އޭނާއަކަށް ނުކެރުނެވެ.  ލީނިޔާގެ ދިރިއުޅުން އެމެރިކާއަށް ބަދަލުވަނީ ކަންވެސް ބާސިލަށް އެނގުނީ އެދުވަހުއެވެ.  އުޅެނީ މީހަކާ އިންނަށް ކަންވެސް އެނގުނީ ހަމަ އެދުވަހުއެވެ. އެއާރޕޯޓުންނެވެ. އޭނާގެ ކައިރީ އިންނަށް އުޅޭ މީހާ ވެސް ހުއްޓެވެ. އިސްކޮޅުން ދިގު މީހެކެވެ. ހަށިގަނޑުން ވަރުގަދައެވެ. ހަން އޮމާންވެފައި ދޮނެވެ.  ފިސާރި ފިރިހެން ވަންތަ އެވެ. ނުހަނު ލިނީއާއި ގުޅެއެވެ.

“މިލީހަމް: ނޫން  ޚުބާބް  އޭނައަށް ކަމެއް ނުކުރާތި” ބާސިލަށް ކަމެއް ކޮށްފާނެ ހެން މީލީހަމް ހީވީ ކަހަލައެވެ. ވަގުތުން ޚުބާބް ހުއްޓުވިއެވެ.

“ޚުބާބް: އަހަރެން މަޑު ހުރެދާނަން ވާކަމަކަށްވެސް ހަނދާނުލާ އެކަމަކު..” ރުޅިވެރިކަމާއެކު ޚުބާބަށް ބުނެވުނެވެ. ހަޤީގަތުގަވެސް އޭނާ ރުޅިގަދަވެއްޖެއެވެ. ބާސީލްދެކެ ފޫހިވެއްޖެއެވެ.

“މިލީހަމް: ޚުބޭ އާދޭސްކުރަން އަހަރެން މިކަމުން ސަލާމަތްކޮށްދީ. މަންމައަށް  މިކަން އެނގިގެން މަރުވެސްވެދާނެ. ” މިލީގެ އަޑު ނިކުތީ ކެނޑި ކެނޑިގެންވެ.

“މިލީހަމް: ދޮންބެ އެހާ ރުޅިގަދަވާނެ. ކޮންމެ ގޮތެއްވެސް ހަނދާފާނެ. މިގޭން ނެރެވެސް ލާފާނެ.” ގޮތް ހުސްވެގެން މިލީހަމް ތެޅިފޮޅެން ފެށިއެވެ. ޚުބާބަށް ހަނދާނެ ގޮތް ހުސްވިއެވެ.

ފުރާނަ ފަދައިން ލޯބިވާ ކުއްޖާ އޭނާ ކުރިމަތީ ރޮއެ ހޭރެނީއެވެ. އާދޭސްކޮށް ސަލާން ޖަހާނީއެވެ. އޭނާ ވަކި މިކަމުގައި ކޮށްދޭނީ ކޮންކަމެއް ހެއްޔެވެ؟

މިކަމުން މިލީހަމް މިންޖުކޮށްދޭން ނަސްލު އޮޅުވައެއް ނުލެވޭނެއެވެ. ނަސްލު އޮޅުވާލުމަކީ ބޮޑުވެގެންވާ ފާފައެކެވެ.  އެމީހެއްގެ މައްޗަށް ސުވަރުގެ ހަރާމްވެދާނެ ފަދަ ނުރައްކާތެރިކަމެކެވެ.

ކީރިތި  ރަސޫލާ (ޞ.ޢ.ވ) ޚަދީޘްކުރައްވާފައިވާ ބަސްފުޅެއް  ޚުބާބް ހަނދާންވިއެވެ.        “«مَنِ ادَّعَى إِلَى غَيْرِ أَبِيهِ وَهُوَ يَعْلَمُ أَنَّهُ غَيْرُ أَبِيهِ، فَالْجَنَّةُ عَلَيْهِ حَرَامٌ»

މާނައީ: އެމީހެއްގެ ބަފާފަރާތް ނޫން އެހެން މީހަކަށް، އެއީ އޭނާގެ ބަފާފަރާތް ނޫންކަން އެނގިހުރެ ނިސްބަތްވެއްޖެ މީހާ ދަންނާށެވެ! އެމީހެއްގެ މައްޗަށް ސުވަރުގެ ހަރާމްވެގެންވެއެވެ.”  މިހިރީ މިކަމުގެ ބިރުވެރިކަން ބޮޑުކަން ހާމަވާ ހެކިތަކެވެ.

ބުޚާރީގެ 3508 ވަނަ ހަދީޘާއި، ޞަޙީޙު މުސްލިމްގެ 61 ވަނަ ހަދީޘްގައި، މާތްﷲ ރުއްސުން ލެއްވި އަބޫޛައްރުގެފާނު ރިވާކުރައްވާފައިވާ ބަސްފުޅެއްވެސް އޭނާގެ ސިކުނޑީގައި ބަރުވަމުން ދިޔައެވެ.

” «لَيْسَ مِنْ رَجُلٍ يَدَّعِي لِغَيْرِ أَبِيهِ وَهُوَ يَعْلَمُهُ إِلَّا كَفَرَ»

މާނައީ: އެއީ އޭނާގެ ބައްޕަ ނޫންކަން އެނގިހުރެ، އެހެން މީހަކީ އޭނާގެ ބައްޕަކަމަށް ދައުވާކުރާ (ނިސްބަތްވާ) ކޮންމެ މީހަކު ކުފުރުވެއްޖެއެވެ. (ނުވަތަ އެކުރީ ކުފުރުގެ އަމަލެކެވެ).”

މިކަންކަން ޚުބާބް މިލީހަމްއަށް ބުނެދޭން ބޭނުންވެއެވެ. ސީރިއަސްކަން އަންގައިދީ ވިސްނައިދޭން ބޭނުމެވެ. މިއީ ހަމައެކަނި އާއިލާއަށް އޮޅުވާލުމެއް ނޫނެވެ. ދުނިޔެއާއި އާޚިރަތް ގެއްލިދާނެ ކަމެކެވެ. ދުލުން ބުނެލެވުނަސް މިއީ  ނުރައްކާތެރިކަމެކެވެ.

“ޚުބާބް: މިލިީ ތިކަމުގައި  ކިހިނެއް އެހީވާނީ އަހަރެން.  ނުކެރޭނެ ފާފައެއް ބޮލުއަޅާކަށް ” ޖެހިލުންވެ އިނދެ ޚުބާބް  ތެދަށް ބުނެލިއެވެ.

“މިލީހަމް:  ބޭސް ކައިގެން ވިޔަސް ވަށްޓާލެވޭނު. ” މިލީއަށް ވިސްނުނީ  އެންމެ ނުބައި ގޮތަށެވެ. އޭނާ ހީކުރީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

” ޚުބާބް: މިލީހަމް….” ބާރުބާރަށް ޚުބާބް ހަޅޭތްލަވައިގަތެވެ. ފާފައެއް ގެ މައްޗަށް ފާފައެއް ކުރަން ވިސްނީމައެވެ.

އެހާ ބާރަށް ބުނެވުމުން ޚުބާބް ދެރަވިއެވެ.  މާފަށް އެދުނެވެ. އަޑު މަޑުކޮށްލަމުން ޚުބާބް ފެށިއެވެ. ކިޔުނު  ފޮތް ތަކުން އޭނާއަށް ދަސްވި އެއްޗެކެވެ.  އުނގެނުމުން އެނގިފައި ހުރި ޢިލްމެކެވެ. ނަސޭހަތް ދޭ ފަދައިންނެވެ.

“ޚުބާބް: އެނގޭތަ ތި ކިޔޭ އެއްޗެއް. ކުށެއްނެތް ފުރާނަ އެއް މަރާލުމަކީ ހާދަ ބޮޑު ފާފާއެކޭ.” ޚުބާބް ގެ ބޯ ގޮވައިފިއެވެ.

ކުށެއް ނެތް ފުރާނަ އެއް މަރާލުމަކީ މާތް ﷲ ގެ ކޯފާއާއި ލައުނަތް ހައްޤުވާނެ ކަމެކެވެ.  ނަރަކައިގެ ދާއިމީ އަޒާބު ލިބޭނެ ކަމެކެވެ.

“ޚުބާބް: ގިޔާމަތް ދުވަހު އެންމެ ފުރަތަމަ ބެލޭނެ  ކަންތައްތައް އިނގޭތަ މިލީ.” ހިތްތިރިކަމާއެކު ޚުބާބް ކިޔައި ދެމުން ދިޔަ އެވެ.

އެންމެ ފުރަތަމަ އިންސާފު ޤާއިމު ކުރެވޭނީ ލޭއޮހޮރުވުންތަކާ މެދުއެވެ. އިންސާނުންގެ މެދުގައި ހިނގާފާއިވާ ކަންކަމުންނެވެ.

” ޚުބާބް: މިލީ, ޞަޙީޙުލް ބުޚާރީ އާއި މުސްލިމްގައި އައިސްފައިވާ ހަދީޘެއްގައި ވަނީ…”

“أَوَّلُ مَا يُقْضَى بَيْنَ النَّاسِ يَوْمَ الْقِيَامَةِ فِي الدِّمَاءِ”

މާނައީ: ގިޔާމަތް ދުވަހު މީސްތަކުންގެ މެދުގައި އެންމެ ފުރަތަމަ ހުކުމް ކުރެވޭނީ (އޮހޮރުވާލެވިފައިވާ) ލޭތަކާ މެދުގައެވެ.”                ނަގައިގަންނަށް ފަސޭހަވާނެ ހެން މިސާލުތައްވެސް ޚުބާބް ކިޔައިދޭން ފެށިއެވެ.

ސޫރަތުލް މާއިދާގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަނީ އެންމެ ފުރާނައެއް މަރާލުމަކީ މުޅި އިންސާނިއްޔަތު މަރާލުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

”  ޚުބާބް: މިލީ,  މާތް ﷲ ވަޙީކުރައްވާނީ     مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا

މާނައީ: ނަފްސެއް މަރާލުމުގެ ބަދަލެއްގެ ގޮތުން ނޫންގޮތަކަށް ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، މީހަކު މަރައިފި މީހާ، ހުރިހާ މީހުން މަރައިފި މީހަކު ފަދައެވެ.”     ބަހެއް ނުކިޔާ މިލީ ކަނުލާ އަހަށް އިނެވެ.

” ޚުބާބް އަދި މިލީ,  ގަސްދުގައި މީހަކު މަރާ މީހާއަށް އޮތް އަޒާބު ސޫރަތުއް ނިސާގެ 93 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވަނީ މި މޭރުމުން.

” وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا”

 

މާނައީ: އަދި ގަސްދުގައި މުއުމިނަކު މަރާ މީހާގެ ޖަޒާއަކީ ނަރަކައެވެ. އެތަނުގައި އޭނާ ދެމިހުންނަނިވި ގޮތުގައެވެ. އަދި ﷲ އެމީހެއްގެ މައްޗަށް ކޯފާ ލެއްވިއެވެ. އަދި އެމީހަކަށް ލައުނަތް ލެއްވިއެވެ. އަދި އެމީހަކަށްޓަކައި ބޮޑުވެގެންވާ އަޒާބު ތައްޔާރުކުރެއްވިއެވެ.”

މިލީހަމް ބިރުގަންނަން ގޮތްވިއެވެ. މީހާ ހާސްވާންފެށިއެވެ. ހަމަޖެހުމަށް ޚުބާބް އަތުން އިޝާރާތްކޮށްލިއެވެ.

ކީރިތި ރަސޫލާ (ސ.އ.ވ) ޙަދީޘް ކުރަށްވާފައިވެއެވެ.  މީހުން މެރުން ހިމެނީ (އަލްމޫބިޤާތުއް ސަބްޢު)ގެ ތެރޭގާއެވެ. އެބަހީ ހަލާކު ކުރަނިވި ހަތް ފާފޭގެ ތެރޭގައެވެ.

“ޚުބާބް: މިބުނުމަށް ވިސްނައްޗޭ މިލީހަމް, އަލް އިމާމް ތިރުމިޛީ ރިވާކުރައްވަނީ

“لَزَوَالُ الدُّنْيَا أَهْوَنُ عَلَى اللَّهِ مِنْ قَتْلِ رَجُلٍ مُسْلِمٍ”

މާނައީ: މާތްﷲގެ ހަޟްރަތުގައި، މުސްލިމަކު މަރާލުމަށްވުރެ މުޅި ދުނިޔެ ނެތިދިއުން މާ ލުއިވެގެންވެއެވެ.”

ފިނިފެން ތަށްޓެއް މިލީއަށް ދިއްކޮށްލީމެވެ. އެޔަށްފަހު ފުން ނޭވާއެއް ލަމުން އަނެއްކާވެސް ފެށީމެވެ.

އިންސާނާ ހަލާކު ކުރަނިވި ހަތް ފާފާ އަބޫހުރައިރާ (ރހ)  ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. ކީރިތި ރަސޫލާ (ސ.އ.ވ) ހަދީޘް ކުރެއްވިއެވެ.

“«اجْتَنِبُوا السَّبْعَ المُوبِقَاتِ»

މާނައީ: ހަލާކުކުރަނިވި ހަތް ފާފައަކުން ތިޔަބައިމީހުން ދުރުވެގަންނާށެވެ!”

“ޚުބާބް: މިލީއަށް އެނގޭތަ އެ ކޮން ހަތް ފާފައެއްކަން.” ސީދާ މިލީގެ ލޮލަށް ބަލާލަމުން އަހާލިއެވެ.  ރޮވިފާއިން މިލީ ބޯ އަނބުރާލީއެވެ.

“ޚުބާބް: އެއީ ﷲ އަށް ޝަރީކުކުރުމާއި، ސިހުރު ހެދުމާއި…” ޚުބާބްގެ އަޑު ބާރުވެލިއެވެ. “…އަދި ތިންވަނަ ކަމަކީ ﷲ ހަރާމްކުރައްވާފައިވާ ފުރާނައެއް ހައްގަކާ ނުލައި މަރާލުން. ދެން ހުރީ ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލުމާއި، މުއުމިނު ތާހިރު އަންހެނުންގެ އަބުރާ ބެހުމެވެ.”

މިއީ ޞަޙީޙުލް ބުޚާރީގެ 2766 ވަނަ ހަދީޘާއި ޞަޙީޙު މުސްލިމްގެ 89 ވަނަ ހަދީޘުން ސާބިތުވާ ކަންކަމެވެ.

ގަބުވެފައި އިން މިލީއަށް ރަނގަޅަށް ފަހުމް ވިހެންނެއް ހިޔެއް ނުވެއެވެ. އެހެންކަމުން ޚުބާބް ވާހަކައެއް ކިޔައިދޭން އުޅުނެވެ.

“ޚުބާބް: މިލީ… ނުވިސްނޭ ދޯ އަދި. އަހަރެން ކިޔައިދީފާނަން ވަރަށް އިބުރަތްތެރި ވާހަކައެއްވެސް. މިއީ ‘ތެދުވެރިކަމުން އަލިކަން ‘ ފެނުނު ޒުވާނެއްގެ ވާހަކަ،”

 

“މީގެ އެތައް އަހަރެއް ކުރިންއެވެ. މިލީއަށް ކުރެވުނު ކަހަލަ ބޮޑު ކުށެއް ކުރެވުނު ޒުވާނަކު އުޅުނެވެ. އޭނާގެ ކުރިމަތީގައިވެސް އޮތީ ދެ މަގެކެވެ. އެކުވެރިން ބުނީ ދޮގު ހަދާށެވެ. އޭރުން މިކަން ފޮރުވޭނެއެވެ.  ދުނިޔޭގެ ކުރިމަތީގައި އަބުރު ސަލާމަތްވާނެއެވެ. އެކަމަކު އޭނާ ދިޔައީ އިލްމުވެރިއެއްގެ ގާތަށެވެ.

 

އެ އިލްމުވެރިޔާ އޭނާއަށް ތެދު ބުނެދިނެއެވެ. ދޮގާއި އޮޅުވާލުމުގެ ތެރެއިން ލިބޭ ސަލާމަތަކީ ވަގުތީ ކަމެއްކަން ބުނެދިނެވެ.  ނަސަބު އޮޅުވާލުމަކީ މާތް ﷲ ގެ ލައުނަތް ލިބޭނެ ކަމެއްކަން ބުނެދިނެވެ. ފުރާނައެއް ދުއްވާލައިފިނަމަ މުޅި އިންސާނިއްޔަތު މަރާލުމުގެ ފާފަ އޮތް ކަން ހާމަ ކޮށްދިނެވެ.

އަދި އިލްމުވެރިޔާ އޭނާ ގާތު ބުނެފައިވެއެވެ. ‘ތެދުވެރިކަމުގެ މަގުގައި ދުނިޔަވީ ހިތްދަތިކަމެއް އޮތަސް، އޭގެ ނިމުން އާޚިރަތުގައި ވަރަށް ފޮނިވާނެއެވެ.'”

 

ޚުބާބް،  މިލީހަމްގެ މޫނުން ފެށިގެން ފަޔަށް  ބަލާލިއެވެ. އަދި ބުނެލިއެވެ.

“އެ ޒުވާނާ އިޚްތިޔާރުކުރީ ތެދުވެރިކަމެވެ. އޭނާ އެންމެންގެ ކުރިމަތީގައި އޭނާގެ ކުށަށް އިއުތިރާފުވިއެވެ. މީސްތަކުންގެ މަލާމާތް އޭނާއަށް އަމާޒުވެގެންދިޔައެވެ. އެހެނަސް ﷲ އޭނާގެ ހިތަށް އަމާންކަން ދެއްވިއެވެ.  ދުވަސްތަކެއް ފަހުން، އޭނާވީ، އެ ތެދުވެރިކަމުގެ ސަބަބުން އެންމެންގެ އިހުތިރާމް ލިބޭ މީހަކަށެވެ. ”

 

މިލީގެ  ކުރިމަތީގައިވެސް މިއަދު އޮތީ އެ ދެ  މަގެވެ.  އެއީ ތެދުވެރިކަން އިޚްތިޔާރުކޮށް،  މާތް ﷲ ގެ ހުދޫދުތަކަށް ބޯލެނބުމެވެ.  ނުވަތަ އެކަން ސިއްރު ކުރަން  ކުށެއްނެތި އެ ދަރި މަރާލުމެވެ.

” ޚުބާބް: ދުނިޔޭގެ ލަދަށްވުރެ މާތް ﷲ ގެ ކޯފާއަށް ބިރުވެތިވާންވީ. އޭރުން މީލީއަށްވެސް ‘އަމާން’ ކަމުގެ އައްސޭރިއަކަށް ދެވޭނެ.”

އެ ވާހަކަ ކީއިރު މީލީހަމްއަށް ރޮވެން ވެސް ރޮވުނެވެ. އެކަމަކު  ވާހަކަ ނިމުނުއިރު މިލީހަމްގެ ރުއިން މަޑުވެއްޖެއެވެ. އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފިނިކަމެއް ލިބިގެންދިޔައެވެ.

މިކަމުގައި ގޮތް ނިންމާނީ މިލީހަމް ނޫން ހެއްޔެވެ؟ ޚުބާބަށްވެސް ބުނެދެވޭނީ އޭނާއަށް އެނގޭ އެއްޗެކެވެ.  ބަލަމާ ހިނގާށެވެ. ދެން މިލީހަމް ކަންކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ފުރަތަމަ ގޮތަށް ހެއްޔެވެ؟  ނޫނީ ދެވަނަ ގޮތަށް ހެއްޔެވެ؟

 

“އާއެކޭ ލޯބިވޭ…”ގެ ކިޔުންތެރިންނަށް ސުވާލެއް ކޮށްލާނަމެވެ.  ރަނގަޅު ޖަވާބު ދިމާކުރާ ކުއްޖަކަށް ހޮނިހިރު ދުވަހު ރީތި ވާހަކައެއް ގެނެސްދޭނަމެވެ.

އެ ސުވާލަކީ:                   މިލީހަމް ބަނޑުބޮޑުވީ ބާސިލްގެ ދަރިއަކަށް ހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވާނުހޭ ގާތުގާ- އަށްވަނަ ބައި

Next

އުޖާލާ ކުރިމަގަކަށް، ރާސްތާ ފަހި މާދަމައެއް!

Next
December 19, 2025

އުޖާލާ ކުރިމަގަކަށް، ރާސްތާ ފަހި މާދަމައެއް!

Previews
December 18, 2025

ވާނުހޭ ގާތުގާ- އަށްވަނަ ބައި

8 Comments!

  1. lye says:
    December 19, 2025 at 2:43 am

    im so happy linee got the happy ending she deserves as for milee didn’t expect her to get pregnant i think its baasil cuz she had eyes on him even when he was taken

    1. Isnaa says:
      December 19, 2025 at 9:33 am

      Thank you Iye 🥰🫶
      How are you dear

      Labba balamaa dhw dhn vaa gotheh 😊

  2. Nayaa says:
    December 19, 2025 at 8:55 am

    Baasil ge dhari akah noon

    1. Isnaa says:
      December 19, 2025 at 9:34 am

      Thank you Nayaa 🥰🫶
      Welcome after a long time
      How are you
      Labba balamaa dhw dhn vaa gotheh 😊

  3. Nayaa says:
    December 19, 2025 at 9:48 am

    Alhamdulillah 😘 correct answer bunelahchey dear 🤗

    1. Isnaa says:
      December 19, 2025 at 11:04 am

      Correct answer ingeynee vaahaka ge therein
      Ekam comment ga liyela dheynan correct answer IA

      Vaahaka ge mi part reethi kamah ummeedhu kuran 🥰🫶

  4. Nayaa says:
    December 19, 2025 at 11:16 am

    Mi vhk mee Alhugandu kiyaa vhk eh noon
    But Vadhely balaalan isnaan questions kohfa huhnaathy
    Ehen ve fenunyma answer eh dhinymi ingey gothakah
    Alhugandhu mee isnaan liya vhk kiyaa kuhjeh noon ehaa ginaakun ehen authors liyaa gothakah noon isnaan liyany ehenve…. Alhugandhah ehaa reehcheh noon mi vhk vx 🤗
    Take this positively between Abadhu vx isnaan ah kaamiyaabee ah Edhen…. ❤️

    1. Anonymous says:
      January 14, 2026 at 3:27 am

      if you dont have anything nice to say just keep it to yourself

Comments are closed.

Next Episodeއާއެކޭ ލޯބިވޭ… ހަތާވިސްވަނަބައި (އެއީ ކާކުގެ ދަރިއެއް ހެއްޔެވެ؟)←


All Right Reserved!