Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންދީނީލޯބި

އާއެކޭ ލޯބިވޭ… ހަތާވިސްވަނަބައި (އެއީ ކާކުގެ ދަރިއެއް ހެއްޔެވެ؟)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 23, 2025 5 Mins Read
0 Comments

އެވާހަކަ ކީއިރު މީލީހަމްއަށް ރޮވެން ވެސް ރޮވުނެވެ. އެކަމަކު ޚުބާބްގެ ވާހަކަ ނިމުނުއިރު މިލީހަމްގެ ރުއިން މަޑުވެއްޖެއެވެ. އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފިނިކަމެއް ލިބިގެންދިޔައެވެ.

މިކަމުގައި ގޮތް ނިންމާނީ މިލީހަމް ނޫން ހެއްޔެވެ؟ ޚުބާބަށްވެސް ބުނެދެވޭނީ އޭނާއަށް އެނގޭ އެއްޗެކެވެ.  ބަލަމާ ހިނގާށެވެ. ދެން މިލީހަމް ކަންކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ ފުރަތަމަ ގޮތަށް ނުވާތީ ދެވަނަ ގޮތަށް ހެއްޔެވެ؟

**********************************

” މިލީހަމް: ޚުބޭ… އަހަރެން ތައުބާވާނަން. މިކަމުގައި އެހީވެދެއްޗޭ،” މިލީހަމްގެ އަޑުގައި ފުރަތަމަ ފަހަރަށް ސާބިތުކަމެއް އެކުލެވުނެވެ. ހިތްވަރުދިނުމުގެ ގޮތުން ޚުބާބް އާއެކޭ ބުނެލިއެވެ.

 

ހަމަ އެވަގުތު ޖީބުގައި އޮތް ޚުބާބްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ދޮންތަ އެވެ. ފޯނުނެގުމާއެކު ކޮންތާކުހޭ އަހާއިފިއެވެ.

 

“ޚުބާބް: މީނީ މިލީއަށް ގޮވާލަން އައިސް ދެން މާ ގިނައިރެއް ނުވާނެ” މާ ގިނަ ވާހަކަ އެއް ނުދައްކާ ދޮންތަ ފޯނު ކަނޑާލިއެވެ.

 

“ޚުބާބް: ދެން ދަނީ އިނގޭ. މާދަން އަންނާނަށް ޑޮކްޓަރަށް ގެންދަން.” ކޮޓަރިން ނިކުންނަނީ ދަމުން ޚުބާބް ބުނެލިއެވެ.

 

ސައިކަލުގައި އިންއިރުވެސް ޚުބާބަށް ވިސްނެމުން ދިޔައީ އެކަމާއެވެ. މުޅި ދުނިޔެއަށް މިލީ ފަލީހަތްވެ ބޭޒާރު ވާނެއެވެ. އިއްޒަތާއި ޝަރަފު ވެއްޔާއި މޮޑެވޭނެއެވެ. އަނބުރަށް ހުތުރުވާނެއެވެ.

ގެއަށް ދާނެހައި ހިތްވަރެއްވެސް ނުލިބުނެވެ.  އެހިތް ބޭނުންވީ އެކަނިވެރިވެލާށެވެ. ދޮންތަގެ ސުވާލުތައް ގެއަށް ވަންނަށް އިރު އަމާޒުވާނެއެވެ. އެސުވާލުތަކަށް ދޭނެ ޖަވާބެއް އަދި އޭނާއަކަށް ނޭނގެއެވެ. މިކަމެއް އެކަމަކު ސިއްރެއްވެސް ނުވާނެއެވެ. އެނގޭނެ ދުވަހެއްވެސް އަންނާނެއެވެ. އެ ހަށިގަނޑުން ބަދަލު ފެންނާނެއެވެ. އެބަނޑު ބޮޑުވާނެއެވެ.

ރަސްފަންނުގައި އޭނާ އިންނަތާވެސް ތިރީސް މިނެޓް ފާއިތުވެއްޖެއެވެ. އެދެލޮލުން އަލްމާސްގެ ތިކިތައް ހުއްޓުމެއްނެތި އޮހެމުންދިޔައެވެ. މިއަދު އެހިތަށް ހާދަ އަސަރެއްކޮށްފިއެވެ. ހުވަފެނުންވެސް އެފަދަ ކަމެއްވާން ޚުބާބްނޭދެއެވެ. އެހެނަސް މިއަދު އެކަން ވެއްޖެއެވެ. މިހަގީގަތެއް ދެން ބަދަލެއް ނުކުރެވޭނެއެވެ. ގަބޫލުކޮށްލުން ނޫން ގޮތެއް ނޯންނާނެއެވެ.

ޚުބާބް ގެއަށް ދިޔައީ އިޝާ ވެސް ކޮށްގެންނެވެ. ރަނގަޅު ދޮރުން ނުވަދެވެނީވެސް މަންމަ ގޮވާލިއެވެ.

” ޚުބާބް މަންމަ: ކޮންތާކުންތަ ދަރިފުޅު ތިޔައީ. ހާދަ އިރެކޭ މިވީ. ފޯނަކަށް ނުއެއް ގުޅޭ.”           މަންމަގެ މޫނުމަތިން ހާސްވެފައި ހުރިވަރު ހާމަވަމުން ދިޔައެވެ.  މުލްްކުއަށް ކާންދީ އޭރު ދޮންތަ ނިމެނީއެވެ. އަހަރެން ހަމަ ފެނުމާއެކު އަހަފިއެވެ. އެހާ ލަސްވީ ކީއްވެ ހެއްޔެވެ؟ ވާނީވެސް އެހެންތާއެވެ.  މީ ހަވީރު ދޮންތަ ގުޅުމުން މިދަނީއޭ  ބުނިމީހާއެވެ. އަދި މިއާދެވުނީއެވެ.  މިހާރު އެއޮތްގެން އަށެއް ޖަހައިގެން ދަނީވިއްޔާއެވެ.

ކައި ހަދައިގެން ކޮޓަރީގައި އޮތްވައި ދޮންތަ ވަދެއްޖެ އެވެ.  އައިގޮތަށް އައިސް އެނދުގެ ކަނެއްގައި އިށީނދެލިއެވެ.  ފުން ނަޒަރަކުން ޚުބާބް ގެ މޫނަށް ބަލާލިއެވެ. “ހުއްބާ: މަންމަ ބުނި ޚުބާބް އިނީ ފިކުރެއްގައޭ ކާން އިންއިރުވެސް”  ދޮންތަ އެއްބުމަށް ހިތްލާލަމުން ބުނެލިއެވެ. އެޔަށް ވަކި ޖަވާބެއް ނުދީ ޚުބާބް ކުޑަކޮން މަޑުކޮށްލިއެވެ.

”  ޚުބާބް: ދޮންތާ މިލީ ޑޮކްޓަރަށް ދާން އެއްބަސްވެއްޖެ. ވާނެ މާދަން ދޮންތަ ދާން. ”  ޚުބާބްގެ އަޑުގައި ތުރުތުރުލުމެއް ވިއެވެ.      “ޑޮކްޓަރުން ބުނާ އެއްޗަކުން ރުޅި ނާއްނާއްޗޭ. ނުސިހެއްޗޭ އިނގޭ ދޮންތާ.” އާދޭސް ދަންނަވައި ބީދައިން ޚުބާބަށް ބުނެވުނެވެ. އެކަމަށް އެއްބަސްވެގެން ހުއްބާ ދިޔައީ ނުތަނަވަސް ވެފައިހުރެއެވެ.

އެހެން ބުނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ ވިސްނާ ވިސްނާވެސް ހުއްބާއަކަށް ނޭނގުނެވެ.  ފިރިމީހާ ގުޅުމުންވެސް ވާހަކަދައްކާ ހިތެއް ނުވިއެވެ. ބޮލުގައި ރިއްސަނީކަމަށް ބުނެ ފޯނު ބޭއްވީއެވެ. އެ ބުނީވެސް މުޅިއަކުން ދޮގެއްނޫނެވެ. އެބޮލުގައި  ދިޔައީ އިންތިހާ ރިއްސަމުންނެވެ.

އެރޭގެ ނުތަނަވަސްކަމުގައި ދެމީހުން ނިދީ ތެޅި ތެޅި އޮތް ހިތަކާއެކުއެވެ. އެހެންނަމަވެސް، ފަތިހުގެ އަރާމު ރޯޅިތަކުން ފިނިކަމެއް  އެހިތްތަކަށް ލިބިގެންދިޔައެވެ.

ހެނދުނުގެ ހިތްފަސޭހަކަން މުގުރާލި ދޫނިތައް ކޮޅު ކޮޅު މައްޗަށް އުދުހިގަތެވެ. ހާލިތަކުން މިނިވަންކަމާއެކުއެވެ.  އެ ސޫފާސޫފީގެ ގޮވުންތަކުން ދުނިޔެ ހޭލުވައިލީ ފޮނި މިއުޒިކެއް ފަދައިންނެވެ.

އިރުގެ ރަންދޯދިތައް އުޑުމައްޗަށް ވެރިކުރުވަމުންދިޔައެވެ. ފިޔާތޮށި، ނޫ އަދި ރަންކުލައިގެ މަސްހުނިވުމެއްގެ ތެރެއިން  ޖައްވު އުޖާލާ ކުރަމުންނެވެ.

ކައިވެނީގެ ފޮޓޯތައް ގުރޫޕަށް އަޅާލުމާއެކު ތައުރީފުގެ ބަސްތައް އޮހިގަތެވެ. އެޔެއްމިޔެއް ނުބަލައެވެ. ނިއުޔޯކުގެ ނަން މަޝްހޫރު ސެންޓްރަލް ޕާކުގެ ޗާލުކަމާއެވެ!  ކޮންމެ ތަސްވީރެއްގެ ރީތިކަން ފަޅުފިލުވައި ދިނީ އެތަނުގެ ރީތިކަމެވެ.  އަޖައިބުކުރުވަނިވި ހިތްފަސޭހަ މަންޒިލެކެވެ. އުސް އިމާރާތްތައް ފަހަތުން ފެންނަން ހުރީ ހުވަފެން ފަދައިންނެވެ.

“ބެތެސްޑާ ޓެރަސް”ގައި ނަގާފައިވާ ފޮޓޯތައް އަދި މާ ފުރިހަމަ އެވެ. ހީވަނީ އިހުގެ ގަދީމީ ތަނެއް ފުރަގަހުން ފެންނަހެންނެވެ. ހިލައިގެ ފާރުތަކަކާއި ކުރެހުންތަކުގެ ކުރިމަތީ ލިނީ ފެންނަނީ ފަރިވެފޮޅިފައިވާ މަލެއް ހެންނެވެ. ޝާއިރީކޮން ބުނަންޔާ އެއީ ހަމަ ސާދަވިލޭރެގެ ވިދާބަބުޅައި ހަނދެވެ.

ލީނިޔާ ލައިގެން ހުރީ ރަތް ފިނިފެންމަލެއް ފަދަ ނަލަ ހެދުމެކެވެ. ފަސްބައިގައިވާ ލޭސް ފޮތީގެ ވިދުން ގަދަކަން މާދުރަށް ފާޅުވަމުން ދިޔައެވެ. ބިމުގައި ކޭތެމުން ދިޔަ ފަސްބައި އޮތީ ފިނިފެންމަލެއްގެ ފިޔަތަކެއްފަދައިންނެވެ.

އެ ހާއްސަދުވަހު ލީނިޔާ ކޮށްފައި ހުރީ ލުއި މޭކަޕެކެވެ. ލިނީގެ މޫނުމަތިން ފެންނަމުން ދިޔައީ ލަދުރަކިކަމާއި މައޫސުމްކަމެވެ. އަތުގައި އޮތް ރަތްފިނިފެންމާ ބޮޑިން ފުރިހަމަކަން ފާޅުވަމުން ދިޔައެވެ.

އެ ތަސްވީރުތަކަށް ބަލަން އިން ބާސިލަށް ކެތެއްނުވިއެވެ. އެ ކޮންމެ ތަސްވީރަކުން އުފާވެރިކަން ނިހާއީފާޅުވާން ހުއްޓެވެ. ލިނީގެ އުޖާލާ މޫނުމަތި ފެނުމުން އެހިތުގައި ރިހުމެއް އުފެދުނެވެ. ތޫނު ކަށިތައް އޭނާގެ މެއަށް އަމާޒުވެގެންދިޔައެވެ.  ހޫނު ކަރުނައިގެ މުތީތަށް ފޯނުގެ ސްކްރީނަށް ބޮކިޖަހަމުން ދިޔައެވެ. ލިނީގެ ފަރި މޫނު ފުސްވެގެންދިޔައެވެ.

އެތަގުގައި ހިފަލައިގެން ހުރި ލިނީގެ ފިރިމީހާ ޝާހީއެވެ. ހީވަނީ ގަނޑުވަރު ތެރޭގެ ރަސްދަރިކަލެއްހެންނެވެ.  ކަޅު ކުލައިގެ އެކޯޓޮ އޭނާއާއި ނުހަނު ގުޅެއެވެ.

ނަސްތާ ނަގައިގެން ޚުބާބް ދިޔައީ ކޮލެޖަށެވެ. ކުރިއަށް އޮތީ ދެން ޓެސްޓު ދުވަސްވަރުމެވެ. ކިލާހުން ބާސިލާއި ދިމާވިއެވެ. އޭނާ ހުރީ ކަމަކާ ހިތާމަކުރާ ފާޑަކަށެވެ. ދެލޯކައިރިން ހުރީ ކުޑަކޮން ކަޅުވެފައެވެ.  ބޮލުގެ އިސްތަށިގަނޑުގައި ތަރުތީބު ކަމެއްނެތެވެ. އަތުގެ ނިޔަފަތިތަށް ދިގުވެން ހީވަނީ އުދުޅިތަކެއްހެންނެވެ. އެއްވެސް ތާހިރުކަމެއް މީހާގެ ފެންނާކަށް ނެތެވެ. ކުރިން ފެންނަށް ބާސިލަކީ ސާފު ތާހިރު މީހެކެވެ. ނިޔަފަތި ހުންނާނީ ކަނޑާފައެވެ. ކާށިތެޔޮ ލައިގެން ފުނާ އަޅާނެއެވެ. ތުބުޅިއާއި މަތިމަސް ދިގުވެގެން މުޅި ސޫރަ ވަނީ ބަދަލުވެފައެވެ. މީހަކު ބަލާލާފައި އެއީ ބާސިލްއޭ ނުވެސް ބުނާނެއެވެ. އެހާ  މީހާ ތަފާތެވެ.

ކައްކާ ހަދައި ނިމާލުމަށްފަހު ހުއްބާ ތާހިރުވެލިއެވެ. ނަމާދުކޮށް ހަދައިގެން މިލީހަމް ކައިރިއަށް ދާށެވެ. ކޮލެޖް ނިމިގެން ގެއަށް ދުރުވިއިރު ދޮންތަ އިނީ ކައިވެސް ހަދައިގެންނެވެ. ދާން ތަށިބަރިވެސް އަތަށް ލައިގެންމެވެ. ނިކަން އަވަހަށް ޚުބާބް ކާލިއެވެ. އަސުރަށް ގޮވުމުގެ ކުރިން ޑޮކުޓަރަށް ދެވޭތޯއެވެ.

މާލޭގެ މަގުތައް އޮތީ އުޅަނދުތަކުން ފުރި ބާރުވެއެވެ.  މީހުންވެސް އެހާ ގިނައެވެ. އޮފީސް ނިމިގެންދާ މީހުންނެވެ. ސުކޫލުން ނިންމާފައި ދާ ކުދިންނެވެ.

ސިޑިގޮޅިތެރޭން ބަފައިބެއާއި ދިމާވިއެވެ.    “ބަފައިބެ: ދަރިފުޅާ ކުދިވެރިން ނުލަފާ ތިޔައީ” ކާފަދެކުދިން ފެންނަށް ނެތުމުން ބަފައިބެ އަހާލިއެވެ.

” ހުއްބާ: އާ އެކުދިން ނިދާފަތިބީ. މިއައީ މިލީ ޑޮކްޓަރަށް ގެންދަން ވެގެން އަސްލު ބައްޕާ.” ހުއްބާ އެހެންބުނުމުން އަވަހަށް ދާށޭ ބަފައިބެ ބުނެފިއެވެ.

ސޮފާގައި ޓީވީ ބަލަން އޭރު މައިދައިތަ އިނެވެ.     ”  ހުއްބާ: މަންމާ މިލީ ކޮބާ ރީތިވެއްޖެތައް” މައިދައިތަ ކައިރީ ހުއްޓިލަމުން ހުއްބާ ތަށިބަރި ދިއްކޮށްލިއެވެ.                     ”  މައިދައިތަ: އަހާ ދަރިފުޅާ ތިއައީ ދޯ އެމަންޖެ ބުރުގާ ހަދަނީ ހަމަ. ދޭބަލަ އެތެރެއަށް.”  ކޮޓަރިއަށް ވަދެ ހުއްބާ މާގިނައިރެއް ނުކުރެއެވެ. މިލީހަމް ގޮވައިގެން ނިކުމެއްޖެއެވެ. ކުޅަށް ހުރި އިރު މިލީ ހީވާނީ ހިމަ ހޮޅިއެއްހެންނެވެ. އެހާވެސް މީހާ ހުރީ ހިކި އަނަރޫފަ ވެފައެވެ.

“މަންމަވެސް ދާން ބޭނުން” ރޭގައި ޚުބާބް ބުނި ވާހަކަ ހުއްބާގެ ހަނދާނަށް އައީ ހަމަ ކުއްލިއަކަށެވެ.   ” ޑޮކްޓަރުން ބުނާ އެއްޗަކުން ރުޅި ނާންނައްޗޭ. ނުސިހެއްޗޭ އިނގޭ ދޮންތާ. ”

އެވާހަކައިގެ ބާރުމިނުން މަންމަ ގެންދާކަށް ހުއްބާއަކަށް ނުކެރުނެވެ. ކަމެއް ގޮސްވެއްޖެއްޔާއި އަންނާނެއޭ ބުނީއެވެ. އިހަށް ގޭގައި މަޑުކޮށްލުމަށް އެދެފައެވެ.

ދެ މީހުން ދިޔައީ މިލީހަމް ގޮވައިގެން ކުލިނިކަކަށެވެ. ހަސްފަތާލަކަށް ދާން ޚުބާބް ބޭނުންނުވީއެވެ. ހާލާތު ނިޔާކޮށްފައި އޮތް ގޮތުންނެވެ.

ކުލިނިކަށް ދިޔަ މަގުމަތީ ދިމާވި މީހަކުވެސް މިލީ ބަނޑުބޮޑޭ ބުންޏެވެ. އެކަމާ ހުއްބާ ހުރީ ބޯ ސަކަރާތް ވެފައެވެ.  ޑޮކްޓަރު ބަލާފައި ހަތަރު ވަރަކަށް ޓެސްޓު ހެދިއެވެ. އެގޭތެރޭގައި ލޭގެ ޓެސްޓުތަށްވެސް ހެދިއެވެ. ނަތިޖާތައް ލިބޭނީ އަދި މިރޭ ކަމަށްވެއެވެ.

ކާރެއް ހުއްޓުވައިގެން އޭގައި ތިން މީހުން ދިޔައީ ގެއަށެވެ. ގެނައި ކާއެއްޗެހިތަށް މަންމަ ހުރީ ތަބަކަށް އަޅާފައެވެ. ބަތްކޮޅެއް ތައްޓަކައި ލައިގެން މިލީއަށް ކާން ދިނީމެވެ. ފަސް ސަބުސާވެސް މިލީއަށްނުކެވުނެވެ. އޯކަށް ދެމެންފެށީއެވެ. ކާލެވުނު ކުޑަ އެތިކޮޅުވެސް ދިޔައީ ހޮޑަށެވެ. އިތުރު އެއްޗެއް ކާންދޭން އުޅި އުޅިވެސް ކާގޮތެއް ނުވިއެވެ. ޖޫސްފޮދެއް ބޯލީއެވެ.

އަސުރަށް ގޮވުމުން ޚުބާބް ދިޔައީ މިސްކިތަށެވެ. އެގޭގައި ނަމާދުކޮށްލައިގެން މައިދައިތަމެން ކައިރީ ހުއްބާ މަޑުކޮށްލީއެވެ. ހަތަރެއް ޖަހަން ކައިރީވައި ދާށެވެ.

ކޮޓަރިއަށް ވަތްއިރު މަންމަ ކުޑަމީހާ ހެދުންލަށް ވަނީއެވެ. މުލްކު އިނީ އޭރު ބޫޑަށްވެސް އަރާލައިގެންނެވެ.                     “މުލްކު: މަންމާ, ދޮންބެ ނުލާ ކޮންތާކުން ތިޔައީ” ދުވެފައި އައިސް މުލްކު އޮޅުލައިގަތެވެ. ނުފެނި މާގިނައިރު ވީމަވެ.

“ހުއްބާ: ދޮންތަ ބަލިވެގެން ޑޮކްޓަރަށް ދައްކާފަ މަންމަ މިއައީ.” ދަރިފުޅު އުރާލަމުން ހުއްބާ ދޮނެއްދިނެވެ.

ދަރިންދެކެ އޭނާ ވާލޯބި  ބަހަކުން ބަޔާނެއް ނުކުރެވޭނެއެވެ. އެދެކުދިންނާކީ އޭނާގެ ފުރާނައެވެ. ދިރިހުރުމުގެ މުޅި ރޫހެވެ.

“މަންމަ: ދަރިފުޅާ ނަމާދުކޮށްފިންތައް. ހިނގާބަލަ ޕާކަށް ގޮސްލަން. މިކުދިންނަށް އައިސްކޯނު ދޭން.” މަންމަ އަހަރެން ފެނުމާއެކު ބުނެފިއެވެ.

އެއްގޮތަކަށްވެސް އޭނާ ބޭރަށް ދާހިތެއް ނުވެއެވެ.   އެކަމަކު މަންމަ ދެރަވެދާނެތީ ނޫނެކޭ ބުނާކަށްވެސް ނުކެރުނެވެ.

ޕާކަށް ދެވުނީމާއި ނިވީވެސް ބޭނުންވީ ދުވާށެވެ. އެކައްޗަށް އަރާފައި އަނެއްކައްޗަށް އަރާފައި މުލްކުވެސް އުޅުނެވެ. ހީވީ މަޖާވެގެން އެހެންފަދަ ކަމެއްހެންނެވެ.

ކޭޓީނުން އައިސްކޯނު ނޫން އެއްޗެއް ބޭނުމެއްނުވިއެވެ. އައިސްކުރީމް ތަށިވެސް ކަމަކުނުދިޔަ އެވެ. އަހަންނަށް ހެވެންވެސް ހެވުނެވެ.                  ” މުލްކު: މާމާވެސް ބުނީ އައިސްކޯނޭ. ދޮންބެ އަށް ބޮވޭނީވެސް މަންމާ އައިސްކޯނު. ތަށިނޫން”       މުލްކު އެހެން ބުނެލިގޮތުންނެވެ.

ފެންވަރުވައި ހަދައިގެން އަވަހަށް ކާންދީ ހެދީމެވެ. އަށެއް ޖަހާއިރު ނަތިޖާތައް ބަލައިދާން ޖެހޭތީއެވެ. ނުނިދަން ނިކަން މުލްކު ބޮޑާ ހާކާފައި ނިދީ މެޓާދޭނަމޭ ބުނީމައެވެ.

އަހަރުމެން ދިޔައިރު މިލީ ހުރީ ދޮރުމަތީއެވެ.  އެމޫނުމަތިން ކަންބޮޑުވެފައިވާ ވަރު ވަރަށް ސާފު އެނގެއެވެ. ނުފެންނަކަމަށް ހެދިގެން ހުއްބާ ހުރީއެވެ.

ޑޮކްޓަރުންގެ ކޮޓަރިއަށް ވަދުމާއެކު ހިނިތުންވެލައިފައި އަހައިފިއެވެ. ” ޑޮކުޓަރު: މީހަކާއި އިނދެގެން ދެއްތޯ އުޅެނީ” ޑޮކުޓަރު ކުރީ ސުވާލާއެކު ހުއްބާއަށް ވީގޮތް ވެސް ބުނަށް ދައްޗެކެވެ. ބިންފާޅާފައި އަޑިއަށް ދެވޭނެ ނަމައޭވެސް ހިތަށް އެރިއެވެ. އޭނާގެ ޒަމީރުވެސް އޭނައަށް މާލާތްކޮށްލި ކަހަލައެވެ.

” ޑޮކްޓަރު: މަރުޚަބާ މަންމައަކަށް ވަނީތި.” ޑޮކްޓަރު އެހެން ބުނެލުމާއެކު ހުއްބާއަށް ލަދުން އިސްޖަހާލެވުނެވެ. ދެން ބޭރަށް ނިކުމެއް އުޅޭނީ ކިހިނެއް ހެއްޔެވެ؟ މީހުން ކިޔާ އެއްޗެހިން ކެތްނުވާނެއެވެ.

” ޑޮކްޓަރު: ބަނޑަށް ތިންމަސްވާން ކައިރިވަނީ. ވިހާވެސް ގިނައިން މޭވާއާއި ތަރުކާރީ ބޭނުން ކުރަން ވާނެ. މިހާރުވެސް ތިފެންނަނީ ވަރަށް ވަރުދެރަކޮން.”   ޑޮކްޓަރުންގެ ބަސްތަކުން ހުއްބާ އިނީ އެތަނުން ނުނިކުމެވިފައެވެ. ޚުބާބް އެރޭ އެބުނީ މިވާހަކަކަން  ޔަގީންވެގެންދިޔައެވެ.

އެފަދަ ވިޔާނުދައި ކަމެއް މިލީީކޮށްފާނޭ އޭނާ ހިތަށްވެސް ނާރާ އެވެ. ކައިވެނިން ބޭރުން  މިލީހަމް އޭނީ ބަލިވެއެވެ. ކާކު ދަރިއެއް ކަމެއްވެސް އެނގެނީއެއް ނޫނެވެ.

އެހުރި ބަނަ ހާލަތުގައި  ބޭސް ނަގައިގެން  ދިޔައީ މޫދު ކައިރިއަށެވެ. ހިލަތަކާއި ވީފަޅިއަށެވެ. އެހިސާބަށް ގޮސް ހުއްބާ ހިނގުން ހުއްޓާލިއެވެ. މިލީއާއި ހަތަރު ކަޅި ހަމަ ކޮށްލަމުން އަހާލިއެވެ. “ހުއްބާ: ތީ ކާކު ދަރިއެއް؟” ބަނޑުގައިވީ ކާކުގެ ދަރިއެއްތޯއެވެ.

މިލީހަމް ހަމަ ހިމޭނުން ހުރީއެވެ. ޖަވާބެއް މިލީ ދީފާނެ ބާއެވެ؟ ބާސިލްގެ ނަން ހާމާކޮށްފާނެބާއެވެ؟ އެހެން ބުނެފިއްޔާ ކަންތައްތައް ވާނީ ދެން އަޅެ ކިހިނެއްބާއެވެ؟

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 19

Next

ސާރާ 6

Next
December 24, 2025

ސާރާ 6

Previews
December 23, 2025

ހިތް އެދޭ މަންޒިލަކީ… 19



All Right Reserved!