Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

އާއެކޭ ލޯބިވޭ… ފަންސަވީސް ވަނަބައި (އަސްލުވެސް ލިނީ އެއުޅެނީ ފުރަން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 16, 2025 8 Mins Read
2 Comments

“އައިޒީ: ޕޮރުގުރާމަށް ލިބުނު ވަގުތު ހަމަވާނީ މިއޮތްގެން. އަދިވެސް ބައިވަރު ސުވާލުތައް އެބަހުރި ކީއްކުރާނީ .” އައިޒީ މާޔޫސްވެއްޖެއެވެ.  ޕޮރުގުރާމުގެ ނިމުން އައީއެވެ.

” އައިޒީ:  އެކަމަކު ކުރިއަށް ހުރީ އެންމެ އިންތިޒާރު ކުރެވޭ ބައިތައް އިނގޭ .” ހިތްއަވަސްވެފައި އިނދެ އައިޒީ ބުނެލިއެވެ.

ކުރިއަށް  ދެން ހުންނާނީ ކޮންބައިތަކެއް ހެއްޔެވެ؟  ޕޮރުގުރާމު އެއުޅެނީ ނިމޭށެވެ.  ދެން އޮންނާނީ ގުރުނެގުންތާއެވެ. ނޭނގެއެވެ. އިތުރު ކަމެއް އަދިވެސް އޮތީއެވެ. އެކަމަކު ކޮން ކަމެއް ހެއްޔެވެ؟

***************************************************************

ނޭވާ ހިފަހައްޓަަލައިގެން އަޝްބާ އިނެއެވެ. އޭނާގެ ޚިޔާލުތަކުގައި ރަސްކަން ކުރަމުން އެދަނީ ޒުކާންއެވެ. ޒުކާން ދެއްކި ވާހަކަތަކެވެ.

” ޒުކާން: އަސްލަކީ އަޅުގަނޑާ އެންމެ ގާތީ އަޝްބާ.”   އެ ވާހަކަތައް އޭނާގެ ބޮލުގައި އެނބުރެމުންދިޔައެވެ. އެޖުމްލަތަކުން ހިތަށް ތަސައްލީ ގެނުވިއެވެ. އެހެނަސް ދެރަވެސްވިއެވެ.

“ޒުކާން: ހަމަ ކުއްލިއަކަށް ދެމީހުން ދުރުވީދޯ. ދެމީހުންނަން އެކަކު އަނެކަކު ގެއްލުނީ ކަންނެއް.”  ދެމީހުން ދުރުވީއެއް ނޫނެވެ. އަހަންނަށް ދުރުވެވުނީއެވެ. އެހެން ކުއްޖަކާ ޒުކާން ލޯބީގެ ގޮތުން ގުޅުމުން ހިތަށް ތަދުވީއެވެ. ކެތްނުވީއެވެ.

“ދުރުކަމެއް ވަށާލާފައި އަޅުގަނޑުމެންގެ ރަޚުމަތްތެރިކަމުގެ މެދުގައި އޮތީ”  އެ ކޮންމެ ބުނުމަކުން މިހިތް ކުށްވެރި ކުރެވިއްޖެއެވެ. މި ލޯބި ބީވުމުގެ ސަބަބަކީ އަހަންނެވެ. އަހަންނަށް ޒުކާން ދުރުކޮށްލެވުމެވެ.

“އިޝްބާ: ދޮންތަ ކިހިނެއްވީ. ނިދި އަންނަނީތަ. ” ކޮއްކޮ އަހަރެންގެ ގައިގައި ކުޑަކޮން ކޮއްޓާލިއެވެ.

“އަޝްބާ: ނޫނޭ!  ދޮންތަ ހަމަ ބަރާބަރު ” ޔަޤީންހޭ އަހާފަދަ މޭރުމަކުން ކޮއްކޮ ބަލާވެސްލިއެވެ. އަހަރެން ޓީވީއަށް ބަލާލަމުން ކޮއްކޮއަށް ބޯޖަހައިލީއެވެ. ކަމަކު ދާކަށް ނެތެވެ. އަހަރެން ލިޔުނު ޅެން ޒުކާން އާއި ރާފީ ކިޔަން  އެތިބީ ތައްޔާރުގައެވެ.  ނުފެނި އެދިއައީ އެބަލަން ބޭނުންވިތަނެވެ. ލައިވް ޕޮރުގުރާމެއްގައި އިނދެ އޭނާ ހެދި މީ ފުރަތަމަ ލަވައެވެ.

މަޑު މިއުޒިކާއެކު ރާފީ ލަވަފެށިއެވެ. އެއީ އަޝްބާގެ އެކަނިވެރި ދިރިއުޅުމުގެ އިޚްސާސެވެ.

“މިއީ އެކަނިވެރި ހިތޭ، މިއީ އެކަނިވެރި ހިތޭ،
ކަލާޔާނުލާ  މި ހިތް  ދިރިވޭހޭ…
ވޭން ނުދީ ދެން އަންނާށޭ، އަންނާށޭ ހަމަ އަންނާށޭ”

ރާފީ އެހިސާބަށް ކިޔާލުމާއެކު ޒުކާން ފެށިއެވެ. މިއުޒިކު ބާރުވިއެވެ. ރާގު އުސްވެގެންދިޔައެވެ. އުންމީދުން ފުރިގެންވާ އަޑެކެވެ. އިޝްބާގެ ލޮލަށް ބަލާލަމުން ފުންކޮށް ކިޔާލިއެވެ.

“މި ހިތުގެ ފުރާނައޭ، ފުރާނައޭ ހަމަ ފުރާނައޭ
މިހިތުގެ ބިމަށް އަންނާށޭ ހަނދޭ، ހަނދޭ ހަމަ ހަނދޭ”

އާ ޚަޔާތެއްގެ އުންމީދު ޒުކާންގެ ވެއެވެ. އިޝްބާ އުފަލުގައި ގެންގުޅެން ބޭނުންވެއެވެ. އިޝްބާގެ އެކަނިވެރިކަން ފިލުވައިދޭން ހިތް އެދެއެވެ.

ނުހަނު ލޯތްބާއެކު މަޑުމަޑުން ޒުކާން ކިޔާލިއެވެ.

” އެއީ އެއީ ހަމަ އުޑޭ، ކަލާ ތިއީ ހަމަ ބިމޭ
ކަލާ އައިމާ ނުވޭ ހިތާމައެއް ދެން ނުވޭ
ކަލާ އައިމާ ނުވޭ ހިތާމައެއް ދެން ނުވޭ ”

ދެމީހުން އެކުގައި  ބާރުކޮން  ފެށިއެވެ.   މުޅިން އާ ހަޔާތެއް ފެށުމަށް އިޝްބާއަށް ބާރުދޭ މޭރުމަކުންނެވެ.

“މިއީ އެކަނިވެރި ހިތޭ، މިއީ އެކަނިވެރި ހިތޭ،
ކަލާ އައިމާ ނުވޭ ހިތާމައެއް ދެން ނުވޭ،
ރުއިން ނިމޭނޭހޭ، މިއީ އެކަނިވެރި ހިތޭ…”

ޒުކާން އިޝްބާއިން ފަރާތަށް ބަލާލިއެވެ. ދެ ފަހަރު އެކަޑި އިއްވާލިއެވެ.

“ކޮންމެ ވަގުތަކުމެ މިހިތް ތިޔަ ހަނދާން ކުރޭ  ކޮންމެ ވަގުތެއްމެ މިހެން ވޭނުގައި އަބަދުމެ ދެޔޭ”

ވޭނާއެކު ރާފިޔަތު ކިޔާލިއެވެ.  ހީވީ އެހިތުގެ ހާލު އިއްވާލިހެންނެވެ.

“ނިކަމެތި މިއީ ޒުވާނެކެ، ތިޔަ ޚިޔާލު އާކުރާ     މި ޒުވާނާ ގެއްލިދާނެޔޭ، ޕަރުވާނު ނުކުރިޔޭ..”

އެންމެ ފަހު ބަސްތައް ޒުކާން ކިޔަލީ އާދޭސް ކުރާހެންނެވެ. އެ ލޯބި ޤަބޫލުކުރާށޭ ބުނާފަދައިންނެވެ.

“ކަލާ އައިމާ ނުވޭ ހިތާމައެއް ދެން ނުވޭ،
ކަލާ އައިމާ ނުވޭ ހިތާމައެއް ދެން ނުވޭ
މިހިތް އެދޭތީ ހުރީ، ހިތުންގެ ގޮވުން މީ އިނގޭ
ކަލާ އައިމާ ނުވޭ ހިތާމައެއް ދެން ނުވޭ،
ކަލާ އައިމާ ނުވޭ ހިތާމައެއް ދެން ނުވޭ
ކޮންމެ ވަގުތަކުމެ މިހިތް ތިޔަ ހަނދާން ކުރޭ
މިއީ އެކަނިވެރި ހިތޭ، މިއީ އެކަނިވެރި ހިތޭ،
ކަލާ ޔަޤީން ދެން ކުރޭ، މިއީ ރިހުން ދިން ހިތޭ ”

ފަނަރަ މިނެޓު ތެރޭ އަޝްބާ ތައްޔާރުކޮށްލި ޅެމުގެ ފުރިހަމަ ކަމާއެވެ. ތަނުގައި ތިބިން އެންމެން ތިބީ ޚައިރާންވެފައެވެ. ބަސް ހުއްޓިފައެވެ. އެލަވައިގެ ރީތިކަމާއެވެ. ޝާއިރުގެ މޮޅުކަމާއެވެ.

*****

“އައިޒީ: ތީ ހަމަ އަޝްބާ ތައްޔާރުކުރި ޅެން ދޯ” އައިޒީގެ ލޯ ތަރަތަރަޖަހާލިއެވެ.

“އައިޒީ: މި ޕޮރުގުރާމަށް ފުރިހަމަކަމެއް ތި ލަވަ ގެނެސްދީފި. ދިރުމެއް ގެނެސްދީފި. ވަރަށް މޮޅު ޅެންވެރިޔެއްތީ. ކުރިމަގުގައި ކާމިޔާބަށް އެދެން!” އައިޒީއަކީ ސާމާސާ މިޒާޖެއްގެ ވެރިޔެއެކެވެ. މީހުން ހަތްވާލުމުގެ  ކުޅަދާނަ ބާރު ހުރި މޭސްތިރިއެކެވެ.

“އައިޒީ: ދުނިޔޭގައި އުޅޭއިރު ދުނިޔެކަން ދަނެގެން އުޅެވޭނީ.” އަޑަށް ބާރުލާއި އައިޒީ  އެހެން ބުނިލިއެވެ.

” އައިޒީ: އަޅުގަނޑުގެ ފިރިމީހާ ރުޅިއައީމަ ބުނާނެ ވަރަށް ގިނައިން އެހެން.  އެކަމުގެ ތެދު މިއަދު އިޚްސާސްކުރެވޭ އެބަ. ” ދެރަވެ އިނދެ އައިޒީ ހާމަކޮށްލިއެވެ. މީގެ ކުރިން އެބުނުމުގެ މާނައެއް އޭނައަށް ނޭނގެއެވެ. ފުން މާނައެއް އެގާއި ވާނެކަން ޔަޤީންކުރެވެ. ކުޑައިރު މަންމަވެސް ނަސޭހަތް ދޭއިރު އެހެން ބުނާނެއެވެ.

“އައިޒީގެ މަންމަ: ދަރިފުޅާ! ހަނދާން ކުރާތި ދުނިޔޭގައި އުޅޭއިރު އުޅެވޭނީ ދުނިޔެކަން ދަނެގެން. ކެތްތެރިކަން އިސްކޮށްގެން.”  ދުރުގައި އުޅޭ މަންމަގެ ހަނދާވުމުން އައިޒީގެ ލޯ ފެންކަޅިވިއެވެ.

“އައިޒީ: އެވާހަކަ ބާއްވަމާދޯ. ގުރުނެގުން  ދެން ކުރިއަށް އޮތީ.”  ނިމިދިޔަ ލަަވަޔާއެކު ތަނަން އޮތީ  ހަމަހިމޭންކަން ވެރިވެފައެވެ. އައިޒީ ބޭނުންވީ އެކަން ނައްތާލާށެވެ.

“އައިޒީ:އަޅުގަނޑުމެންނަށް ހަދިޔާ ހުށައަޅާފައި ވަނީ…” އައިޒީ އެންމެންގެ ހިތް އަވަސްކޮށްލިއެވެ.

“އައިޒީ: ނަން ދިމާކުރާ ފަރާތަށް ލިބޭނީ ސެންޓުފުޅިއެއް. ރާއްޖޭގެ އެންމެ މަޝްހޫރު ސެންޓު ފިހާރައިން ހަދިޔާ ކުރާ އަގުބޮޑު ސެންޓުފުޅިއެއް. މީގެ އިތުރުން ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމު.” ފޯރީގައި އައިޒީ ލިބޭނެ އެއްޗެހި ފާހަގަކޮށްލިއެވެ. ގިނަ ބަޔަކު މިވަގުތައް އިންތިޒާރުކުރާނެކަން ކަށަވަރެވެ. ނުނިދިފާވެސް ބަޔަކު ތިބެދާނެވެ.

“އައިޒީ: ޖަވާބު ދިމާކުރެއްވި ބޭފުޅުންގެ ނަންތަކާއި ފޯނު ނަންބަރު މިވަނީ ކުރިމަތީ މިހިރަ ގުޅީގައި”  އެހިތް ތެޅެމުން ދިޔަޔަސް އައިޒީ އިނީ ޖޯޝުގައެވެ.

“އައިޒީ: އަދި އެއްވާހަކަ ބުނެލާނަން ވަރަށް ޚާއްސަ  އިނާމެއް އެބޮތް. އަޅުގަނޑުމެންނަށް އުމްރާ ދަތުރެއްވެސް ވަނީ ހަދިޔާ ކުރަށްވާފަ.” ފުޅާ ހިނިތުން ވުމާއެކު އައިޒީ ބުނެލިއެވެ. އުމްރާއަށް ޒުވާން އުމުރުގައި ދެވޭނީ ނަސީބުވެރިންނަށެވެ.

“އައިޒީ:ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން. ހޯދަން އުޅުނީމަ ލިބޭ އެއްޗެއް. މިނަގަނީ މިރޭގެ ނަސީބުވެރިޔާ” އައިޒީ ގުޅި ތެރެއަށް އަތްކޮށްޕާލިއެވެ. ތިންމިނެޓް ވަރު ހޭވުމަށްފަހު ނެގިއެވެ. ނޫކުލައިގެ ކަރުދާސްކޮޅެކެވެ.

“އައިޒީ: ނޫކުލަ މިފަހަރު މި ނެނގުނީ. ކާކުނަމެއް ބާ އޮންނާނީ އެތެރޭގައި ދޯ” ކަރުދާސް ކޮޅުގައި އައިޒީ ފިރުމާލިއެވެ. ހުޅުވާކަން ނޫޅުނެވެ.

“އައިޒީ: އެތެރެ ބަލާކަން ނެތިން. އެކަން ކުރަން މި ގޮވާލަނީ.” ކުރިއަށް އިނގިލި ދިއްކޮށްލަމުން އައިޒީ  ތެދުވިއެވެ.

” އައިޒީ: މި ޕޮރުގުރާމު ބައްލަވާލެއްވުމަށް އަޅުގަނޑުމެންގެ ދަޢުވަތު ޤަބޫލުކޮށް ދުރުވި ޒުވާން ނޫސްވެރިޔާއަށް.  އާލިމް ޢަބްދުލް ލަޠީފަށް.” ހަރު ފިޔަވަޅުގައި އައިޒީ އާލިމްއާއި ސަލާމް ކުރިއެވެ. އަތުގައި އޮތް ކަރުދާސް ކޮޅު ދިއްކޮށްލިއެވެ.

ލަސް ހަރަކާތާއެކު އާލިމް އެ ހުޅުވާލިއެވެ. އެގާއި އޮތްނަން ކިޔަން ތައްޔާރުވެލިއެވެ. ކުރިމަތީ ހުރި މައިކުގައި  ވާއަތުން ހިފާލިއެވެ. ކަނާއަތުގައި އޮތް ގަނޑަށް ފުންކޮން  ބަލާލިއެވެ.

“އާލިމް: ނަސީބުވެރިޔާއަކީ.  ކާކުބާ ދޯ. ކިހިނެއް ހީވަނީ.”  ޖަވާބު ހާމަކުރުމުގެ އާލިމް އެންމެން ތަޅުވާލިއެވެ.

” އަޅުގަނޑު މާ ގިނައިރު ކުރާކަން ނެތިން.  ނަސީބުވެރިޔަކީ. ވެރިޔަކީ.. ސަރޫން އަލީ ފޯނު ނަންބަރު  ހަތެއް ނުވައެއް ހަތަރެއް… ”

އަޑަށް ބާރުލާ އާލިމް ނަސިބުވެރިޔާގެ ނަން އިއުލާން ކުރިއެވެ. މުޅިތާ ތަރުހީބުގެ އަތްތިލަ ބަޑީގެ އަޑު ގުގުމާލިއެވެ. އެ ފަރާތަށް ގުޅައި ހަދިޔާއާއި ލިބުންކަން އެންގިއެވެ. މާދަމާގެ ވަގުތެއްގައި ދުރުވެ ހަވާލުވާންވެސް އެނގިއެވެ.

“އައިޒީ: ޝުކުރިއްޔާ ޒުވާން ނޫސްވެރިޔާ ނުކުތާ އާލިމް . އަޅުގަނޑުމެންގެ ދަޢުވަތު ޤަބޫލުކޮށް ދުރުވީތީ. ވަރަށް އުފާކުރަން.  ”

ނުކުތާގެ ވެރިޔާއަށް އައިޒީ ޝުކުރުދެންނެވިއެވެ. ބުރަކޮން އުޅެމުންވެސް ވަގުތުކޮޅެއް ހުސްކޮށްލީތީއެވެ. ޕޮރުގުރާމު ބަލާލުމަށް ދުރުވެލެއްވުމުންނެވެ.

“އައިޒީ: ކޮންމެ ކަމަކަށް ނިމުން އަންނާނެ. މީ އައިޒީ އެންމެ ދެރަވާ ވަގުތުކޮޅު.”  އައިޒީގެ އަޑުވެސް ބަދަލުވިއެވެ.

“އައިޒީ: ނިންމާލުމުގެ ކުރިން އަދި އެއްބޮތް ކަމެއް” އަނެއްކާ އައިޒީ ހިނިތުންވެލިއެވެ. ފުރަގަހުން ބޯޑެއްނަގައި އަޝްބާއަށް ދިއްކޮށްލިއެވެ. އުމްރާ ގުރޫޕަކުން  ދިން އެއީ އަގުހުރި ހަދިޔާއެކެވެ. އިޝްބާމެން ދެކުދިންނަށް ދިން އުމްރާ ދަތުރެކެވެ.

ވީ އުފަލުން ބަޔާންކޮންދޭނީވެސް  ކިހިނެއް ހެއްޔެވެ؟ ޒުވާން އުމުރުގައި އުމްރާއަކަށް ދިއުމަކީ އަޝްބާގެ ހުވަފެނެކެވެ. މިއަދު މިވަނީ އެހުވަފެން ހަޤީގަތަކަށް ވުމުގެ ކުޅޮމަތި ފެނިފައެވެ. ބޮޑުދައިތަވެސް އިނީ އުފަލުން ފޮޅިފައެވެ. އެކުދިންނަށް ލެއްވި އެއީ ބޮޑު ރަޚުމަތެކެވެ.

“އައިޒީ: ދެން މި އޮތީ އަޅުގަނޑުމެން “އަލިފު ނޫނުގެ” ފަރާތުން ދޭ  ކުޑަކުޑަ ފައިސާގެ އެހީއެއް.” ފަންސާސްހާސް ރުފިޔާގެ ޗެޓް އައިޒީ ބޮޑުދައިތައާއި ހަވާލުކުރިއެވެ. އެކުދިންގެ ޒިންމާ އުފުލަމުން ދާ ފަރާތަކީ އެއީކަމުންނެވެ.

“އައިޒީ: އަޅުގަނޑުމެންގެ ދަޢުވަތު  ގަބޫލުކޮށް ދުރުވީ އެންމެހާ ބޭފުޅުންނަށް ޝުކުރިއްޔާ ” ނިންމާލުމުގެ ގޮތުން އައިޒީ ޝުކުރުއަދާކުރަން ފެށިއެވެ.

“އައިޒީ: ޚާއްސަކޮން މިރޭގެ މި މެހެފިލްގެ ބައިވެރިންނަށް އަޝްބާ ، އިޝްބާ، އެކުދިންގެ ބޮޑުދައިތައަށް.” އެއަޑުގައި ވަނީ މަޑުމޮޅިކަމެވެ.

“އައިޒީ: ޕޮރުގާރަމަށް ދިރުން ގެނެސްދިން ޒުކާން އަދި ރާފީއަށްވެސް ޝުކުރިއްޔާ! އަޅުގަނޑުމެންނަށް ހަދިޔާ ދެއްވި ފަރާތްތަކަށްވެސް ޝުކުރިއްޔާ! އުމްރާ ދަތުރު ދެއްވި ގުރޫޕަށް ވަކި ޚާއްސަ ޝުކުރެއްދަންނަށް. ތިޔަ ފަރާތްތަކުގެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވަށީ! ކާމިޔާބާއި ކުރިއެރުން ދެއްވާށި!”

އެންމެންނަށް ޝުކުރު އާދާކުރަންޔާވެސް ވަރަށް އިރު ނަގާނެއެވެ. ބުއްދިވެރި ގޮތަކީ ވީހާވެސް ކުރުކުރުމެވެ. ނަން ނުދައްނަވާ އެންމެންނަށް ޝުކުރު އަދާކުރުމެވެ.

“އައިޒީ: އެންމެ ދެރަވާ ވަގުތުކޮޅު މީ ވަކިވާން ޖެހިފަ މިއޮތީ. އަދިވެސް އަހަން ބޭނުންވާ ބައިވަރު ސުވާލުތައް އެބަހުރި.” ހިތާމަޔާއެކު އައިޒީ ވާހަކަ ދެއްކިއެވެ.

“އައިޒީ: ހިމޭން ދުނިޔޭގެ މުޅިން އާ ޕޮރުގުރާމަކާއެކު ބައްދަލުކޮށްލުމުގެ އުންމީދުގައި މިރޭ ވަކިވެލަން. ބާއްޖަވެރި ރޭގަނޑަކަށް އެދެން ޕޮރުގުރާމު ބެއްލެވީތީ ޝުކުރިއްޔާ. ވައްސަލާމް އަލައިކުމް!” މަޑުމައިތިރިކަމާއެކު ޕޮރުގުރާމު އައިޒީ ނިންމާލިއެވެ.  ހިމޭން ދުނިޔޭގެ އާ ޕޮރުގުރާމެއްގެ އުންމީދު ދެމުންނެވެ.

އެކަނި ގެއަށް ދިޔަކަ އަޝްބާ ނުދިނެވެ. އެހާ ލަސްވެފައި ހުރުމުންނެވެ. ގަޑިން އޭރު ހުރީ އެގާރަ ޖަހާ ބޮޑުވެފައެވެ. ކާރެއްގައި ދާންވެސް ނުރުހުނެވެ. ދާން ޖެހުނީ ނަޒާން އާއެކު އެވެ. އޭނާގެ ސައިކަލު ފަހަތުގައެވެ.

ގެއާއި ހަމަ ނަޒާން އަހަރެން ގެނެސްދިނެވެ. ދޮރުން ވަންނަށް ފެށުމުގެ ގޮވާލިއެވެ.

“ނަޒާން: އަޝް… ބާ ޅެންތައް ވަރަށް ރީތި”

ނަޒާންގެ އަޑުގައި ފަސްޖެހުމެއްވިއެވެ. އަޝްބާއާއި ވާހަކަ ދައްކަންވުމުން ނަޒާން ލަދުގަތެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހަމައެކަނި އަޝްބާ ހިނިތުންވެލީއެވެ.  ވަކި އެއްޗެއް ނުބުނިއެވެ. އެހެން ހުރެލާފައި ގެއަށް ވަންނަށްދިޔައެވެ. ތަޅުގައި ހިފައި އަނބުރާލަމުން ފަހަތަށް އެނބުރި ހަނާއަޅާލިއެވެ. އުފަލުގައި ނަޒާން ކޮޅެއްނެތެވެ.  ބާރުބާރަށް ފުއްމާވެސްލިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަޝްބާ އަވަސް ވެލިއެވެ. ވާހަކަ ލިޔަން ފަށާށެވެ. ލައިގެން ހުރި ހެދުން ބަދަލުކޮށްލިއެވެ. ދައްތަދިން ހަތަރު ޕިއްޒާ ފޮތި ހޫނުކޮށްލިއެވެ. އަލަމާރިއަށް ލީ ކޮފީތަށި ނެގިއެވެ.   ގޮނޑީގައި  ރީތިކޮން ހަމަޖެހިލިއެވެ. އަތަށް ގަަލަން ހެޔޮވަރުކޮށްލަމުން އަޝްބާ  ފުރަތަމަ އަކުރު އަޅާލިއެވެ.

****************************************************************

ދެ ހަފްތާތެރޭން ވިއްސާރަ އަލިވިއިރު ލައްކަ ކަންކަން ވެއްޖެއެވެ. އޭގެ އެއްވެސް ކަމެއްގެ ހިލަމެއްވެސް ނުވަނީ ބާސިލަށެވެ. އޭނާ އުޅުނީ މާ ބުރަކޮންނެވެ.

މެންދުރުގެ ކެއުމަކަށް ލީނިޔާ އެންމެންނަށް ދަޢުވަތުދިނެވެ. އެހެންކަމުން އެންމެން ތިބީ އެގޭގައި ކާށެވެ. ކާން އިނދެފައި ޚުބާބް އަހާލިއެވެ.      “ޚުބާބް: ލިނީ ހަމަ އަސްލުވެސް ދަނީތަ!”    ހުރިހާ ކުދިން ލީނިޔާގެ މޫނަން ބަލާލިއެވެ. ދެރަވެފައި އިނދެ ލީނިޔާ ބޯޖަހާލިއެވެ. އެކުވެރިންނާއި ވަކިވާކަށް ލީނިޔާވެސް ނޭނދެއެވެ.

“ސާއިލް: އެހެންވީމާ ރޯލީމޭ ވާހަކައިގެ ފަހުބައި މިއަދު ނިންމާލަމާ ދޯ” ސާއިލް ބޭނުންވީ  ހިމޭންކަން ފޫއަޅުވާލާށެވެ.

ފޮތް މިލީހަމްގެ އަތަށް ދިނުމާއެކު ފަށައިފިއެވެ.  މިލީއަކީ މިހާރު ރޭޑިއޯއެއް ފދައެވެ. އެއްޗެއް ކިޔަން ވެއްޖެއްޔާ ޖެހޭނީ އަބަދުވެސް މިލީއަށެވެ. އަސަރުތަކާއެކު ކިޔުމުގެ  ހުނަރު މިލީހަމްއަށް ވަނީ ލިބިފައެވެ. އެކަމާ އޭނާ ނުހަނު ހިތްހަމަޖެހެއެވެ.

” ރުޅިވެރިކަން އަޑަށް ގެންނަމުން މިލީހަމް  ބުނެލިއެވެ. “މިލީހަމް: ކަލޭގެ ބޭނުމަކީ ކޮބައި؟” ފަންޑިތަވެރިޔާ ސުވާލުކޮށްލިއެވެ.

މިލާހަމް ކަނާއަތް އަނބުރާލިއެވެ.  “މިލީހަމް:  ޖަވާބު އައީ ވަރަށް ބާރުކޮށެވެ.  “އަހަރެން ބޭނުންވަނީ އަފާ އާއި އޭނާގެ މަންމަ މަރާލަން.. އަހަރެންގެ ނިހާދު، އަފާ އާއި ގުޅުވީ އެ ޒަރީނާ…. ދެރައެއް ނޫދޭން އަހަރެން ވީ ވައުދަކީ ޖޯކެއް، ކޮންމެ ރެއަކު އަހަރެން ޒަރީނާއާއި ދައްކަނީ ރޮއެފަ ވާހަކަ ރަނގަޅު މީހެއް ކަމަށް ހެދެން.. ހައްހައްހާ…”          ރާނިޔާއަށް މިލީހަމް ބަދަލުވި ކަހަލައެވެ. ސާއިލް ބިރުން ސިހުނެވެ.

” މިލީހަމް: އިރަކަން ވުރެ އިރެއް ދިޔައީ ރާނިޔާގެ އަޑުގަދަ ވަމުންނެވެ.”

ކުޑަކޮން މަޑުޖެހިލަމުން މިލީ އެއް ލޯމަރާލިއެވެ. އޭނާގެ އަޑު ހޫނުވެގެން ދިޔައެވެ.

“މިލީހަމް: ހަނގުރާމަ ފެށި އެ ތަނަށް ރާނިޔާގެ އާއިލާގެ ގިނަބަޔަކު އައެވެ. ހޫނު ހަނގުރާމަ ނިމިގެން ދިޔައީ ދުމެއް އެރިހެން އެ އާއިލާ އަނދާ އަޅިއަށް ވެގެންނެވެ.”  ޚުބާބްވެސް ފާނޑަކަށް ބިރުގަތެވެ. ޖިންނިން ދެކެ ޚުބާބް ކުޑައިރުވެސް ބިރުގަނެވެ.

 

” މިލީހަމް: މި ކަމުގެ ހިލަމެއް އަފާއަށް އަދި ނިހާދަށް ވެސް ނުވީ ގޭގެ ތެރެއަށް އެވެސް އަޑެއް ނީވޭހެން ހަދާފައި ހުރުމުންނެވެ. އެރޭގެ ބުރަ މަސައްކަތުން ރާނިޔާގެ ދަލުން އަފާގެ މަންމަ ސަލާމަތްވިއެވެ.”

” މިލީހަމް: ރޮއެ ގަނެފާ ޒަރީނާ އަށް ބުނެވުނޭ އެ ޖިންނި ކޮބާ؟.. އޭތި އަހަރެންގެ އެހީއަށް އެދިފަ ވަނީ މި ގޭގައި އުޅޭ އޭނަގެ ފިރިމީހާ އޭނައަށް ހަވާލުކުރަން” ފަންޑިތަވެރިޔާ އިހަށް ހަމަޖެހުމަށް ޒަރީނާ ގާތުއެދުނެވެ.  އަދި އެއީ ޖިންނި ހެދި ދޮގުވާހަކަތަކެއް ކަމަށް ބުނެދިނެވެ.”         އަޑު މަޑު ކޮށްލަމުން  މިލީ  އަސަރުގަދަކޮށްލިއެވެ.

”  މިލީހަމް:  އެކަމަކު އެ ޖިންނިއަކީ ނިހާދުގެ އަނބިމީހާއެވެ. އެއީ ޖިންނި ހެދި ތެދެކެވެ. އެމީހުންގެ ދަރިއަކީ ވެސް އިންސާނެކެވެ. އެއީ ރާނިޔާއަށް ބުނެވިފައި ހުރި ޤަބޫލުކުރަންޖެހޭ ހަޤީޤާތް ތަކެވެ. ހަމަ އެޔާއެކު ރާނިޔާ ބުނިފަދައިން ނިހާދަކީ އެއްފަޅި އިންސާނެކެވެ. އަނެއްފަޅި ޖިންނިއެކެވެ. މުސްލިމެކެވެ. އިންސާނުނަށް ޤަދަރުކުރަން އިނގޭ މީހެކެވެ. ” ނެވާއެއް ބޭރުކޮށްލަމުން  މިލީހަމް ބާސިލަށް ބަލާލިއެވެ.

 

“މިލީހަމް: ފަންޑިތަވެރިޔާ ދައްކަން ބޭނުންވި ވާހަކަ ދައްކާ ނިންމަމުން ބުންޏެވެ. ތި އާއިލާ ރާނިޔާ ޖިންނީގެ ކިބައިން ﷲގެ ރަޚުމެއްފުޅުން ތިވަނީ ސަލާމެއްވެފައެވެ. ދެން އޮތީ ތި ގޭގެ އަފާ ނިހާދުގެ ކިބައިން ސަލާމެއް ކުރުމެވެ. އެއީ ކުރަން އޮތް އެންމެ އުނދަގޫ ކަމެވެ. އެކަން ކުރުން އޮންނާނީ މާދަމާ ރޭ މަޤްރިބު ފަހުންނެވެ.”              ބަތްކޮޅެއް ކާލަމުން މިލީ  ޖޫސް ފޮދެއް ބޯލިއެވެ.

“މިލީހަމް: އޭގެ އަނެއް ދުވަހު ގޭގައި ދިވެހި ކުކުޅު ކެއްކި އެވެ. ދަރިންގެ މަންމަ ޖިންނިގެ ކިބައިން ސަލާމަތްވުމުންނެވެ.”  މިލާހަމްވެސް އުފާވެލިއެވެ.

” މިލީހަމް: ޖިނާހް ފަންޑިތަ ހަނދަނީ ދަރިންގެ ވެސް ފުރިހަމަ އެއްބާރުލުމާއެކު އެވެ. ރޭގެ ހާދިސާވެސް ގޭގެ ހުރިހާ ކުދިންނަށް ވެސް އެނގޭނެއެވެ. މަންމަ ޖިންނިއެއްގެ ދަލުގައި ޖެހުން ފަހުން އެކުދިންނާވެސް ދުރުވިއެވެ. އެކަމުން މިންޖުވެ މަންމަ ސަލާމަތް ވުމުން އެކުދިން އުފާކުރިއެވެ. ﷲ އަށް ޚަމްދު ދެއްނެވިއެވެ. ދެން މިރޭ އޮތީ އެކުދިންގެ ކޮއްކޮ އާއި ނިހާދުގެ ކައިވެނި ރޫޅާލުމާއި ޖިންނީގެ ކިބައިން ސަލާމަތްކުރުމެވެ. މިކަން މިރޭ އޮންނާނެތީ ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހާސް ކަމެވެ. ބިރުވެރިކަމެވެ. ކޮއްކޮ އެނބުރި ފެންނާނެ ކަމާމެދު ވެސް ސައްކެވެ. ފުރިހަމަ ޔަޤީންކަމެއް މިކަމުގައި ފަންޑިތަވެރިޔާގެ ނެތުމުންނެވެ.”               ބިރުވެރިކަމާއެކު  މިލީ ބަލާލިއެވެ.

” މިލީހަމް: ހެނދުނުން ސުރެން ނިހާދުގެ ހިތުގައި ނުތަނަވަސްކަމެއްވިއެވެ. އެކަމުގެ ހަޤީޤަތް އެނގުނު އިރު އޭނާގެ އަންހެނުންގެ އާއިލާ މިވަނީ އަންދާލެވިފައެވެ. ދެން އޮތީ ނިހާދު އަންދާލެވުންކަން އެނގުނު ހިނދު ހަމަ ހިލާ މިކަން ވިޔަކަ ނުދޭނަމޭ އޭނާ ހިތާ ހިތާ ކިޔާލިއެވެ.”          ސާއިލަށް ކެތްނުވެގެން ކޮޅަށް ތެދުވެވުނެވެ.

” މިލީހަމް: ދެ ނަމާދު ދޭތެރޭ ގަޑީގައި މަސައްކަތް ފެށުނެވެ. ގޭގައި އަފާ ނިންދެވުމަށް ފަހު ކައިރީގައި އަފާގެ މަންމަ އާއި ބޭބެމެން ބައިތިއްބިއެވެ. އެއްގޮތަކަށް ވެސް އަފާ ގެއިން ބޭރަށް ނުނެރޭން އޮތީ އަންގާފަ އެވެ. ގެވެސް ހީވަނީ އެރޭ އަނދާ އަޅިއަށް ހަނދާލަފާނެ ހެންނެވެ. އެހާވެސް ހަމަލާތަން ބާރުވެފައި ހޫނެވެ.”                      މިލީގެ  އަޑު ތުރުތުރުލާން ފެށިކަހަލައެވެ. ޚުބާބް ހިންދިރުވާލިއެވެ.

” މިލީހަމް: ގަޑިން ނުވަގަޑި ތިރީސް ވީތަނާ އަފާއަށް ހޭލެވިއްޖެއެވެ. ކޮޓަރީގައި ތިބި މަންމަ އާއި ދޮންބެމެން ފެނި ކިހިނެއް ވީ ހޭ އަހާލިއެވެ. އެހެން އެހުމަށްފަހު އަފާ އުޅުނީ ބޭރަށް ދާށެވެ. ހުށިޔާރުވެ ތިބި އެންމެން ކައިރީ ހުރި ފެންތަށިން އެތިފޮދެއް އަފާގެ މޫނަށް ބުރުވާލިއެވެ. އެއާއެކު އަނެއްކާ އަފާ ނިދިގެން ވެއްޓިއްޖެއެވެ.”

ވޭނާއެކު ފަށަމުން  މިލީހަމް އެންމެންގެ މޫނަށް ބަލާލިއެވެ.

” މިލީހަމް: ފަންޑިތަވެރިޔާ އާއި ނިހާދުގެ ހަނގުރާމަ ގަދަވެ ހެދޭ ނުހެދޭއެއް ނޭނގޭ ވަރުވިއެވެ. ނިހާދުގެ ބޭނުމަކީ އިންސާނެން ހެން އުޅުން ކަމަށްވެއެވެ. ސަލާމެއް ކޮށްދިނުމަށް އެދި އާދޭސްކުރަން ފެށިއެވެ.”

އެހެން އިނދެ ހަމަޖެހިލަމުން އާ ގަނޑެއް އެއްލިއެވެ. ފެން ފޮދެއް ބޯލިއެވެ. ކުރިއަށް އޮތީ ފަހުގެ ހަމާލާގެ ބައެވެ. އަޑު ބާރުކޮށްލަމުން މިލީހަމް ތެދުވިއެވެ.

” މިލީހަމް: ފަންޑިތަވެރިޔާ އެދުނީ އަފާއައި ދުރަށް ނިހާދު ދިޔުމަށެވެ. ނިހާދު އެކަމަށް އެއްބަސްވި ވަގުތުބަލައި ބޭނުން ހިފާލިއެވެ. ފަހުގެ އެތިފަހަރާއެކު ކިޔެވެލި ބާރުކޮށްލިއެވެ. ބަލާކަން ނުހުރެ ނިހާދު އަނދައިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.”

އެލޮލަށް ކަރުނަ ޖަމާވިއެވެ. އެއަޑުން އެކަން ހާމަވިއެވެ.                       ”  ނިދީގައި އޮތް އަފާ ދިޔައީ އެއްލި ގެންނެވެ. ބާރު ބާރަށް ބޭރަށް ނިކުއިން އިރު މުޅި ތަނުގައި ވަނީ ދުމުގެ އަސަރެވެ. އަފާ އެދުންތަކަށް ބަލާލަމުން ރޯލިއެވެ. ބޮލަށް ބަރުވެ އަފާ ވެއްޓުނީ އެހެން ރޯލަ ރޯލަ ހުއްޓަ އެވެ.”

ކަރުނަ ފޮހެލަމުން އަނެއްކާވެސް މިލީ ގޮޑީގައި  އިށީނދެލިއެވެ.  ބަތްކޮޅެއް ކާލިއެވެ.

” މިލީހަމް: މި ކިޔައިދެވުނީ މީގެ ހަތަރު އަހަރު ކުރިން އަފާއަށް ދިމާވި ކަމެއްގެ ވާހަކައެވެ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަފާ ބަލިކަށި ވިއެވެ. އުނަގަނޑުން ތިރިން ވާގި ދިޔައެވެ. ޒުވާން އުމުރުގައި ނުކުޅެދޭ މީހަކަށް ވާން ޖެހުނެވެ.

” މިލީހަމް: ސުކޫލުން ކެނޑި ގޭގައި ގިނަ ވަގުތުތައް ހޭދަކުރަން ޖެހުނެވެ. އަފާ އަކީ އިރުއޮއްސޭ ދަޅަމަތިން ބަނދަރުމަތިން ބައްދަލުވި ޖިންނިއެއްގެ ސަބަބުން މުޅި އުމުރަން ރޯލަން ޖެހިފައިވާ ކުއްޖެކެވެ.” ލީނިޔާއަށް ރޮވިއްޖެއެވެ. އެރަށުން އަފާ ފެންނުން އިރުވެސް އިނީ ބަލިގޮތަކަށެވެ. އެއްވެސް ދިރުމެއް ނެތެވެ.

” މިލީހަމް: މިއީ ކޮންމެ ރެއަކު ނުނިދާ އަފާ ހަނދާންކުރާ އޭނާގެ މާޒީއެވެ. އެހެންކަމުން އިރުއޮއްސޭ ވަގުތައް ކޮންމެ ހާލެއްގައިވެސް ގެއަށް ވަނުމަށް ސަމާލުކަން ދޭށެވެ. ޚާއްސަކޮށް ކުޑަކުދިން އެގަޑީގައި ގެއިން ބޭރަން ނުނެރިވޭތޯ ބަލާށެވެ. އެއީ ޖިންނިން ނިކުމެއް ގަންނަަން ވަގުތައް ވަތީއެވެ. އެމީހެއްގެ ރައްކާތެރިކަން ހޯދާނީ އެ މީހެކެވެ.”

ވާހަކަ ނިންމާލިއިރު ހީވީ ދަރުހެއް ދިންހެންނެވެ.  މުޅި ކާގެ ހިމޭން ކޮށްލިއެވެ.

“މިލީހަމް: ރޯލީމޭ ވާހަކަ މިނިމުނީ ދެން. ލިނީ ދާތީ ވަރަށް ދެރަވޭ. ކެއުން މީރު. ” އަސްލުވެސް މިލީަހަމް ދެރަވެއެވެ. ދެމީހުން އުޅުނީ އެހާ ގާތްކޮންނެވެ. ވަކިވާނީ ފަހެ ކިހިނެއް ހެއްޔެވެ؟ މިއީ ލިނީ ފުރަން އުޅޭތީ  ދޭ ކެއުމެކެވެ.

ބާސީލް އިނީ މުޅިން އެހެން ދުނިޔެއްގައެވެ. އެކަކު ދައްކާ ވާހަކައެއްވެސް އޭނާއަކަށް ނީވެއެވެ. ޚުބޭ ލިނީ ފުރަން އުޅެނީއޭ ބުނިފަހުން، މީހާ ހުއްޓުނު ކަހަލައެވެ. ވިސްނެން ފެށީ ލިނީ ދާ ތަަނަކާއެވެ. ލީނިޔާ ތަަނަކަށް ދާކަމެއް އޭނާ ނުދެނަ ހުއްޓެވެ. ސުވާލުތައް ބާސިލްގެ ހިތުގައި ފޮނި ޖެހުނެވެ. ލީނި  ދާން އެއުޅެނީ ކޮންތަނަކަށް ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟

ނުނިމޭ

( ކިޔުންތެރިންގެ ސަމާލުކަމަށް)

ލަވައިގައި ބުނާއެއްޗެއްވެސް ކިޔުންތެރިން އެގެން ބޭނުންވެދާނެއެވެ. އެހެންކަމުން އަޅުގަނޑު ޚުލާސާއެއް ހިއްސާކޮށްލާނަމެވެ.

މިއީވެސް އަޅުގަނޑު ލިޔުނު ޅެމެކެވެ.  މިޅެމުގައި އެކުރަނީ އާދޭހެެކެވެ. އެކަނިވެރިކަމުގެ ވޭން ތަޚައްމަލް ކުރާ ޒުވާނެއްގެ އާދޭހެވެ.  މިލަވައިގައި އެބުނަނީ ލޯބިވެރިޔާ ނެތުމުން ހިތާމަކުރާ ވާހަކައެވެ. ލޯބިވެރިޔާ އެނބުރި އަތުވެއްޖެނަމަ ހިތާމަ ނިމި އުފާވާނެ ވާހަކައެވެ.  ހަމަޤައިމުވެސް އުންމީދެއް ދެއެވެ.  އަދި ބުނެއެވެ. މި ޒުވާނައަށް ސަމާލުކަން ނުދީފިނަމައެވެ. ފަރުވާ ނުލިބި ގެއްލި ދިއުމުގެ ކުރިން ބެނެދެމެވެ. މި ރިހުން ދިން ހިތުގެ ގޮވުން ޤަބޫލުކޮށް އެނބުރި އައުމަށް ބާރުބާރަށް އެދެމެވެ.

🥰❤️🫶😊🥀

 

.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 29

Next

ކާމިޔާބުވީ ހުވަފެން

Next
December 16, 2025

ކާމިޔާބުވީ ހުވަފެން

Previews
December 16, 2025

ހިތަކުން ނުދާނޭ ފިލާ 29

2 Comments!

  1. lai says:
    December 17, 2025 at 1:55 am

    liny dhiyaeema rangali away from this baasil and mili dhen kaaku emeehun uley gotheh balan hini aissa hunnani ekuverinno dhen mi btw i want to see more of ashba and nazaan parts i hope they end up together

    1. Isnaa says:
      December 17, 2025 at 9:24 am

      Thank you lai 🫶🥰
      Linee eh ulheynee ma*** kuran IA 😊
      Liyaa iru ves inthizaaru kurevey ashba and nazaan eku ga vaan ❤️

Comments are closed.

Next Episodeއާއެކޭ ލޯބިވޭ… ސައްބީސްވަނަބައި (މާތްﷲ ގެ ކޯފާއަށް ބިރުވެތިވަމާހޭ)←


All Right Reserved!