
އަބަދުވޭ ހިތުގާ މަގޭ 2 (23)

ނިޝްވާގެ އަތުގައި ހިފައިލައިގެން އިން ޔީޝާއަށް އޮތީ ނިދިފައެވެ. އެހެން ކަމުން ނިޝްވާގެ ކަށި އިނގިލި ތަޅުވާލި ތަނެއް ޔީޝާއަކަށް ނުފެނުނެވެ. މަޑުމަޑުން ބަރުވެފައިވީ ދެލޯ އޭނާ ހުޅުވައިލިއެވެ. މަޑުމަޑުން އެސްފިޔަ ޖަހައިލަމުން ކައިރީގައި އޮތް ޔީޝާއާއި ދިމާލަށް ނިޝްވާ ބަލައިލިއެވެ. އެއާއި އެކު އެދުވަހުގެ ހާދިސާ އޭނާގެ ސިކުނޑީގައި ކުރެހުނެވެ.
“މަން… މަންމާ…؟” ނިޝްވާ މަޑުމަޑުން ގޮވައިލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިޝްވާގެ ހަށިގަނޑަށް ގުޅުވާފއި ހުރި މެޝިން ތަކުގެ އަޑު ބާރު ވެލިއެވެ.
(23 ވަނަ ބައި)
މެޝިންތަކުގެ އަޑަށް ނިދިޖެހިފައި އޮތް ޔީޝާއަށް ހޭލެވުނެވެ. ދެލޯ ހުޅުވައިގެން އޮތް ނިޝްވާ ފެނި ހިތްހަމަ ޖެހުނު ނަމަވެސް މެޝިން ތަކުގެ އަޑު ބާރުވެފައި، ނިޝްވާއަށް ނޭވާ ލާން އުނދަގޫ ތަކެއް ވާކަން އެނގި ޔީޝާގެ މެޔަށް ފިތޭ ގޮތް ވިއެވެ.
“ދަރިފުޅާ؟؟؟ ކިހިނެތްވީ؟؟؟” ޔީޝާ އަވަސް އަވަހަށް ސުވާލު ކުރިއެވެ. އެއަޑަށް ކައިރީ އިން ނަވާން ވެސް އެތެރެއަށް ވަނެވެ. “ނިޝް؟؟ ކިހިނެތް ވީ؟” ހާސްވެފައި ނަވާން ސުވާލު ކުރިއެވެ. އޭރު އޭނާއަށް ވެސް ހުރީ ރޮވިފައެވެ. “ނަވާން… ދޭބަލަ ޑަކްޓަރަށް ގޮވަން” އަވަސް އަވަަހަށް ޔީޝާ ބ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.