Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތިޔައީ ސާފު ލޯތްބޭ 1

az000 Level 110 Stories
February 18, 2016 3 Mins Read
13 Comments

ގަޑި އެލާމްވާން ފެށުމާއެކު އަންޖަލް ފުންމައިގެން ތެދުވިއެވެ. އެެލާމް އޮފް ކޮށްލުމަށްފަހު އަވަހަށް ތެދުވެގެން ފާހާނައާއި ދިމާއަށް ދުއްވައިގަތެވެ. އިރުކޮޅެއްފަހުން ނިކުތ ީތެމިފައިވާ  ދޮން ހަށިގަނޑުގައި ހުދު ކުލައިގެ ތުވާޔެއް އޮޅާލައިގެންނެވެ. އަދި ޑްރެސިންގެ ޓޭބަލް މަތީގައި ބާއްވާފައި އޮތް ހެއަރ ޑްރަޔާރުން ބޯހިއްކަން ފެށިއެވެ. އޭރުވެސް އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. ތަނަކަށް ދާން ލަސްވެގެން އުޅޭ ކަހަލައެވެ. ބޭނުންވާވަރަށް ބޯހިއްކާލުމަށްފަހު އަލަމާރިން ރީތި ހެދުމެއް ހޯދަން ފެށިއެވެ. ހިތްހަމަޖެހޭ ވަރުގެ ހެދުމެއްލައިގެން ލުއިލުއި މޭކަޕެއް ކޮށްލިއެވެ. އިސްތަށި ގަނޑު ރީތިކޮށްލުމަށްފަހު ސްޓަޑީ ޑެސްކް މަތީގައި އޮތް އަތްދަބަސް ހިފައި ކޮޓަރިން ނިކުންނަމުން އަދިވެސް އެއްފަހަރު ލޯގަނޑުން އަމިއްލަ މީހާއަށް ބަލާލިއެވެ. އަދި އަވަސް ފިޔަވަޅު ތަކެއްގައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ތިރިއަށް ފޭބިއިރު އަންޖަލްގެ މަންމަ ރިޝްފާއާއި ބައްޕަ ޝިޔާޒުގެ އިތުރުން އަންހެން ކޮއްކޮ އަނަމް ހެނދުނުގެ ނާޝްތާއަށް އިންސާފުކުރަން ތިއްބެވެ. އަންޖަލް މަޑުފިޔަވަޅުތަކެއްގައި ސިއްރު ސިއްރުން ގޭގެ ބޮޑު ދޮރާ ދިމާއަށް ދިޔައެވެ. ނަމަވެސް ހުއްޓެން ޖެހުނީ ރިޝްފާ ގޮވާލުމުންނެވެ.

” ދަރިފުޅު މިހާ ހެނދުނާ ތެދުވެގެން ކޮންތާކަށް ތިދަނީ.. ” ރިޝްފާ ސުވާލުކޮށްލިއެވެ.

“ކޮލެޖަށް” އަންޖަލްގެ ޖަވާބުން ރިޝްފާއާއި ޝިޔާޒް އަދި އަނަމް ހައިރާން ކަމާއިއެކު އަންޖަލްއަށް ބަލާލިއެވެ.

” ދޮންތަ ކީއްވެ ދޮގު ހަދަނީ.. ދޮންތަ ކޮލެޖަށް ދާން ޖެހެނީ ނުވައެއް ޖަހާއިރަށް.. އަދި ގަޑިން ހަތް ގަޑި ބައިވީ” އަނަމް ބުނެލިއެވެ. އޭރު ރިޝްފާއާއި ޝިޔާޒުވެސް ތިބީ ސުވާލުގެ ނަޒަރަކުން އަންޖަލްއާއި ދިމާއަށް ބަލަހައްޓައިގެންނެެވެ.

” މަންމާ މިއަދު އެބައޮތް ކޮލެޖްގަ އެކްސްޓްރާ ކްލާހެއް.. އެހެންވެ..” އަންޖަލް ބުންޏެވެ.

” މަންމާ އެއީ ދޮގު.. އަހަރެން ދެކެން ދޮންތަ ވަރަށް ގިނަ ދުވަހު މިގަޑީ ދާތަން” އަނަމް އަންޖަލްގެ ކުށެއް ނުފެނުގެން އުޅޭ ކަހަލައެވެ. އަންޖަލް އަނަމްއަށް ދެލޯ ބޮޑުކޮށްލުމުން އަނަމް އަންޖަލްއާ ދިމާއަށް ވައްތަރު ޖައްސާލިއެވެ.

“މަ.މަން..،މަންމާ އެއީ އަހަރެން ނިކް ދަނީ އެހެން ކޮލެޖަކަށްނު.. އެހެންވެ އޭނަ ކޮލެޖަށް ދިއުމުގެ ކުރިން އޭނައާ ދިމާކުރަންވެގެން” އެންމެ ގާތް އެކުވެރިޔާ ނިކްހާގެ ނަން ބުނެ އަންޖަލް އެކަންތައް އޮއްބޭތޯ މަސައްކަތް ކުރިއެވެ.

” ދެެން ހެވޭ.. ކޮލެޖަށް ދިއުމުގެ ކުރިން އާދޭ ސައިބޯން” ރިޝްފާ ބުންޏެވެ.

” ނޫން މަންމާ މިހާރުވެސް މާބޮޑަށް ލަސްވެއްޖެ… ކޮލެޖަށް ގޮއްސަ ކޮންމެސް އެއްޗެއް ކާލާނަން” މިހެން ބުނެ އަންޖަލް މަޑުނުކޮށް ގެއިން ނިކުތެވެ. އަންޖަލް ގަޑިއަށް ބަލަމުން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ގޭގެ ޕޯޓިކޯ ތެރޭގައި ބާއްވާފައި އޮތް ފިޔާތޮށި ކުލައިގެ ކާރަށް އަރާ ދުއްވާލިއެވެ.

އަންޖަލް ދުއްވަމުން ދިޔަ ކާރު މަޑުކޮށްލީ ހެންވޭރު އާޓިފިޝަލް ބީޗް ކައިރިއަށެވެ. ކާރުގެ ވިންޑްސްކްރީނުން އަންޖަލްއަށް ވަރަށް ސާފުކޮށް އެތަން ފެންނަމުން ދިޔައެވެ. އެހެން އިންނަތާ އިރުކޮޅެއްފަހުން އަންޖަލް އެމީހަކަށްޓަކާ އިންތިޒާރު ކުރަމުން ދިޔަ ޒުވާނާ ޖޮގް ކުރަމުން އަންނަތަން ފެނުނެވެ. އެއާއެކު އަންޖަލްގެ ތުންފަތް މައްޗައް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔައީ އަންޖަލްގެ ހިތުގެ ހަމަޖެހުމެވެ. ސިއްރު ސިއްރުން މިމަންޒަރު ބަލާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. ކެތްތެރިކަމެއްނެތި އަންޖަލް އިންތިޒާރު ކުރަމުން ދަނީ ދުވަހުގެ މިވަގުތުކޮޅަށްޓަކައެވެ. އެކާރުން ފައިބައިގެން ގޮސް އެޒުވާނާއާއި ވާހަކަދައްކަން އަންޖަލް ވަރަށް ބޭނުންވެއެވެ. ނަމަވެސް އަންޖަލްގެ އެހާ ހިތްވަރެއް ނުހުރެއެވެ. ކާރުގެ ދޮރު ހުޅުވާލާފައިވެސް ލައްޕާލަނީއެވެ. މިހާ ދުވަސް ވީއިރުވެސް އަންޖަލް އިތުރު މީހެއްކައިރީ މިވާހަކަ ނުދައްކައެވެ. ކުޑަމިނުން އެންމެ ގާތް ރަހުމަތްތެރިޔާ ނިކްހާ ކައިރީގަވެސް މިވާހަކަ ނުދައްކައެވެ. ނަމަވެސް މިހާރު އަންޖަލް ބޭނުންވަނީ ނިކްހާ ކައިރީގައި ހުރިހާ ވާހަކައެއް ކިޔާ ދޭށެވެ. ނިކްހާ ކައިރީ ބުނެގެން ނޫނީ އަންޖަލް އަށް ކަމެއް ކުރުމުގެ ހިތްވަރެއް ނުލިބޭނެތީއެވެ.

އަންޖަލް ފޫހިކަމެއް ނެތި ބަލަމުން ދިޔައީ އެޒުވާނާގެ ހަރަކާތް ތަކަށެވެ. އެޒުވާނާގެ ކޮންމެ ހަރަކާތެއް އަންޖަލްގެ ހިއްސުތަކާ ކުޅެލައެވެ. ބައިމަތި ފުޅާ މިޒުވާނާ އިސްކޮޅުން ދިގުވެފަ އެހާމެ ފިރިހެން ވަންތައެވެ. ބަލާބެލުމަށް ވިިހި ބާވިސް އަހަރުވެދާނެ ކަންނޭނގެއެވެ. އަންޖަލް އެތަނުން ދިއުމަށް ކާރު ދުއްވާލީ އެޒުވާނާވެސް ލޯމަތިން ގެއްލުނީމައެވެ.

ކޮލެޖް ނިންމާފައި އައިސް ގެއަށް ވަންއިރު އަންޖަލް ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެންމެ ފުރަތަމަވެސް އަނޖަލް ބޭނުންވީ ފެންވަރާލާށެވެ. ކޮޓަރިއަށް އައިސްވަން އަންޖަލް ދިޔައީ ސިއްސައިގެންނެވެ. އެވަގުތު އަންޖަލްގެ އެނދުމަތީގައި އިށީނދެގެން އިން ނިކްހާ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ.

” ނިކް މިތާ މިގަޑީ ކީއްކުރަނީ ” އަންޖަލް ފުން ނޭވައެއް ލަމުން ބުނެލިއެވެ.

” އަންޖު ކައިރީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން ނުހުރެވިގެން މިއައީ ” ނިކްހާ ދުވަމުން ކަހަލަ ގޮތަކަށް އައިސް އަންޖަލްގެ އަތުގާ ހިފާލިއެވެ.

ނިކްހާ އާއި އަންޖަލް އަކީ ކުޑައިރުއްސުރެ ފެށިގެންވެސް އެންމެ ގާތް ދެރަހުމަތްތެރިންނެވެ. އެދެމެދުގައިވަނީ ވަރަށް ވަރުގަދަ ގުޅުމެކެވެ. ނަމަވެސް ދެމީހުންނަކީ އަތްތިލައިގެ  ދެފުއްހާ ތަފާތު ދެމީހުންނެވެ. އަންޖަލް އަކީ ހިތްހެޔޮ އަދި އެހާމެ މަޑުމައިތިރި ކުއްޖެކެވެ. ނަމަވެސް ނިކްހާއަކީ އޭގެ މުޅިން އިދިކޮޅެވެ. ނިކްހާއަކީ ކަންތަކަކަށް ކެރޭ ސަކަ ގޮތެއް ހުންނަ ކުއްޖެކެވެ. ދެމީހުންގެ ހެދުން އެޅުންވެސް ހަމައެހާ ތަފާތެވެ. ނިކްހާ ޓޮޕާއި ޖީންސް ލާއިރު އަންޖަލް ލާނީ އަތްދިގު ކުރުތާއި ޖީންސް ނުވަތަ ދިގު ސްކާޓެވެ.

” ކޮން ވާހަކައެެއް ނުބުނެވިގެންތަ ތި ތެޅިފޮޅެނީ… ” މޭޒުމަތީގައި ދަބަސް ބެހެއްޓުމަށްފަހު އެނދުގައި އުއްޑުން އޮށޯވެލަމުން އަންޖަލް އަހާލިއެވެ.  އެއާއެކު ނިކްހާވެސް އައިސް އަންޖަލް ކައިރީގައި އޮށޯވެލިއެވެ.

” އޯހްވް އަންޖޫޫޫ.. މިއަދަކީ އަހަރެންގެ ހަޔާތުގަވެސް އެންމެ އުފާވެރި ދުވަސް… އަހަރެން ވަރަށް ވަރަށް އުފާވެއްޖެ” ނިކްހާ މޭގައި އަތް އަޅާލަމުން ބުންޏެވެ.

” އަނެއްކާ ޝާދް ރައްޓެހިވާން އެހީތަ” ހީލަމުން އަންޖަލް އަހާލިއެވެ. އެއާއެކު ނިކްހާ ފުންމައިގެން ތެދުވިުއެވެ. އަދި ހައިރާންވެފަ އިނދެ އަންޖަލްއަށް ބަލާލިއެވެ.

” ކިހިނެއް އަންޖުއަށް އެނގުނީ” ނިކްހާއަހާލިއެވެ.

” ހަމަ އަސްލުވެސް އެހީތަ” އަންޖަލްވެސް ތެދުވަމުން އަހާލިއެވެ.

“ޔެސް.. ހީޒް އޯލް މައިން” އަންޖަލްގެ ދެކޮނޑުގައި ހިފާލަމުން ނިކްހާ ބުނެލިއެވެ. އެއާއެކު ދެމީހުންނަށް އެއްކޮށް ތެދުވެ ހަޅޭއްލަވަން ފެށުނެވެ. އެނދުމަތީގައި ފުންމައި ނަށަމުން ދިޔައިރު ހިޔާލެއް ފިކުރެއް ނެތް ކަހަލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

az000

Level 110 Stories

Other Articles

Previous

ދޭނަން ހިތާ ޖާނާ..! 13ވަނަ ބައި

Next

އަދި އެއްފަހަރު (ތިންވަނަ ބައި)

Next
February 18, 2016

އަދި އެއްފަހަރު (ތިންވަނަ ބައި)

Previews
February 18, 2016

ދޭނަން ހިތާ ޖާނާ..! 13ވަނަ ބައި

13 Comments!

  1. Aimsithu says:
    February 18, 2016 at 3:11 pm

    Waaau… varah reethi mi vaahaka ves… avahah anehbai up kohlachey

    thnx..

  2. Anonymous says:
    February 18, 2016 at 3:13 pm

    Azu myhun kairiga vaahakaeh nubunaane myhun gaatgai bunaani anju nikhaa gaatgai vaahaka bunani nt kairi..dhirun neyyi ehchehi kairi ey kiyaani for eg gas kairi mi valhi baahvaashey

  3. Kudaa says:
    February 18, 2016 at 3:17 pm

    Owww… vva reethi!! Kon erakun next part up kuraanyy!! Waiting waiting

  4. Itx Me? says:
    February 18, 2016 at 3:19 pm

    Vrh salhi ingey azoooo….
    Btw nxt part kn dhuhukun????

  5. Ram says:
    February 18, 2016 at 3:20 pm

    Ragalhu feshume

  6. Shau says:
    February 18, 2016 at 3:28 pm

    Wow nice….I think two besties luv the same boy…ryt…its a guess igey…anyway wen next prt…up kohdhehchey avahah…luv it

  7. faz says:
    February 18, 2016 at 4:09 pm

    I guess so too..da 2 girls r in luv wid da same boy..anyway, da story is awsome..keep uploadin it everyday if possible..

  8. Ily says:
    February 18, 2016 at 4:51 pm

    Upssssssss????v reethi

  9. Maishu says:
    February 18, 2016 at 6:10 pm

    Axoo..kobaa “Dheefaa Ufaa” vaahaka???

  10. Muffinn says:
    February 18, 2016 at 8:03 pm

    nice storiii … nxt part thankolhe avaha up kurachey.. 😀 😀

  11. some one mad at u az000 says:
    February 18, 2016 at 8:54 pm

    i want dheefaa ufaa more than this X-( but this als nice

  12. naax says:
    February 18, 2016 at 10:01 pm

    Wow varah reethi feshun konirakun nxt prt

  13. Nicky says:
    February 19, 2016 at 8:22 pm

    Nyc…bt v kuru

Comments are closed.

Next Episodeހިތުގެ ތިޔައީ ސާފު ލޯތްބޭ 2←


All Right Reserved!