Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-20

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
December 20, 2025 3 Mins Read
0 Comments

“އަވަހަށް ހިގާ ދާން ޔަސް ކައިރިއަށް..” ކައިލާން އެހެންބުނެ ބައިސްކަލު އަނބުރާލިއެވެ. ހަޔާ ވެސް އަވަހަށް ބޭނުންވަނީ ޔަސްރާ އަށް މިމީހަކު ދައްކައިފައި އަވަހަށް މައްސަލަ ހުށައަޅާށެވެ.

*ޕާރްޓް-20*

މާ ބާރަށް ދުއްވައިފައި އަންނަމުން އެކްސިޑެންޓް ނުވީވެސް ހަމަ ކިރިޔާއެވެ. ކައިލާން ކުޑަކޮށް މަޑުޖެހިލިއެވެ. ހަޔާ ހަމަ ކުރިން ދުއްވި ބާރު މިނުގައި ދުއްވައިފައި އެބަދެއެވެ.

“ހަޔާ.. ހަމަ ޖެހިލަބަލަ..” ކައިލާން ގޮވާލިއެވެ. ހަޔާ ފަސްއެނބުރި ބަލައިލައިފައި ބުނެލިއެވެ.

“އަހަރެން ބޭނުމީ އަވަހަށް ދާން..” ކައިލާން އަށް ހަޔާ ގޮތްދޫ ނުކުރާނެކަން އެނގޭތީވެ އޭނާވެސް ހަޔާ އާއި އެއްވަރު ކޮށްލިއެވެ.

ޔަސްރާ އިނީ އަނބުގަހުގައި އެލުވާފައި އިން ޖޯލީގައެވެ. އޭނާ ދެލޯ މަރާލައިގެން އަނގައިން ރާގެއް ލައްވަމުން ދިޔައިރު ހިޔާލެއް ފިކުރެއް ނެތެވެ. ރާޝިމް ދިޔައީ ފިހާރެއަށެވެ. ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެ އޭނާ ދިޔައީ ޔަސްރާ ކައިރީ ގޭތެރެއަށް ވަންނަން ތަކުރާރުކޮށް ބުނެފައެވެ. ނަމަވެސް ޖެހެމުންދާ ހިތްގައިމު ވައިގެ ސަބަބުން ޔަސްރާ އަށް ހުރެވުނީއެވެ. އިރުކޮޅަކުން ގޯތި ދޮރު ހުޅުވާލި އަޑުއިވުނެވެ. ކަށި ވެލިގަނޑު މަތީގައި ފިޔަވަޅު ވެސް އަޅައެވެ. ޔަސްރާ ހީއްކުރީ އެއީ ރާޝިމް ކަމަށެވެ.

“ހާދަ އަވަހޭ ދޮންބެ..” ޔަސްރާ އޭރުވެސް އޮތީ ދެލޯ މަރައިލައިގެނެވެ.

“އަހަރެން ބުނި ވައްތަރުގެ ޗިޕްސް ގެނައިންތަ.. އެކާ ހިތުން މިހުންނަނީ..” ޔަސްރާ ބުނެލިއެވެ. އޭނާ ދެލޯ ހުޅުވާލިއެވެ. ނަމަވެސް އޭނާ އިނީ ރާޝިމް އާއި ފުރަގަސްދީގެންނެވެ.

“އަހަރެންވެސް މިއިންނަނީ ޔަސްރާ ކާލާހިތުން..” އެޖުމްލައާއި އެކީ ޔަސްރާގެ ދެލޯ ބޮޑުވިއެވެ. އެއީ ރާޝިމް އެއް ނޫނެވެ. އެއީ އެރޭ އޭނާ އާއި ބެހުނު މީހާ އެެވެ. ޔަސްރާ ކުއްލިއަކަށް ތެދުވިއެވެ. ދުއްވައިގަންނަން އުޅެނިކޮށް އެމީހާ އެހެނީ ޝަޔާން ޔަސްރާގެ އަތުގައި ހިފިއެވެ. މިފަހަރު ޝަޔާން ހުރީ މާސްކެއް ކަހަލަ އެެއްޗެއް ނާޅައެވެ. ނަމަވެސް ބޯ ނިވާކުރުމުގެ ގޮތުން ވަނީ ހުޑީ އެއް ލައިފައެވެ.

“އަހަރެން ދޫކޮށްލާ.. ހެޔޮނުވާނެ.. އާދޭސް ކުރަން..” ޔަސްރާ އަށް ރޮވެން ފެށުނެވެ.

“ޝޫޝް.. މާއަޑުގަދަ ނުކުރޭ.. އަހަރެން މިއައީ ހަމައެކަނި ބުނެލަން، ތިކުރަން އުޅޭ ކަންތަކެއް ނުވާނޭ..” ޝަޔާން ވިހަ ހިނިތުން ވުމަކާއި އެކު ޔަސްރާ އާއި ދިމައަށް ގުދުވެލިއެވެ. ނަމަވެސް ޔަސްރާ އަނެއް ފަރާތަށް މޫނު އަބުރާލިއެވެ. ޝަޔާން ޔަސްރާގެ ކޮލުގައި ބާރަށް ހިފައި އޭނާޔާވީ ފަރާތަށް އަނބުރާލިއެވެ.

“ގަދަ ދައްކަންޔާ އަނިޔާވާނެ..” ޝަޔާން ހަރުކަށި ރާގަކަށް މަޑުމަޑުން ބުނެލިއެވެ. އަދި ޔަސްރާގެ ތުންފަތަށް ބޮސްދިނެވެ. ޔަސްރާ އަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ.

ހަމައެވަގުތެވެ. ކައިލާން އާއި ހަޔާ އައިސް ޔަސްރާމެންގޭ ކައިރީ ބައިސްކަލު ލައްކޮށްލާފައި އަވަހަށް ވަންނަން އުޅުނެވެ. ހަޔާ އަތުން ފޯނު ވެއްޓުނެެވެ. އަަވަހަށް އޭތި ނަގައިފައި އޭނާ ގޮސް ގޯތިތެރެއަށް ވަނެވެ. އޭރު ޔަސްރާ ހުރީ އޮނދޯލި ކައިރީގައި ހުއްޓުން އަރާފައެވެ. އޭނާގެ ދެލޮލުގައި އޭރުވެސް ކަރުނައިގެ އަސަރު ހުއްޓެވެ. ހަޔާ މެން އައިސް ޔަސްރާ ކައިރީ ހުއްޓިލި ތަނާހެން ރާޝިމް ވެސް އައިސް ވަނެވެ.

“ކިހިނެއް ވެފަ ތިއިނީ..؟” ރާޝިމް އައިސް ޔަސްރާގެ ކޮޑުގައި ކޮއްޓާލިއެވެ.

“ދޮންބޭ.. އޭނާ ދެއްމެ އައި..” ޔަސްރާ ބުނެލިއެވެ. ރާޝިމްގެ އަތުގައި އޮތް ކޮތަޅަށް އޭނާ އަށް ބާރުކޮށްލެވުނެވެ.

“ކީކޭ އޭނަ ބުނީ..” މިފަހރު ސުވާލު ކޮށްލީ ހަޔާ އެެވެ.

“އޭނަ ބުނީ ތިކުރަން އުޅޭ ކަންތަކެއް ނުވާނޭ..” ޔަސްރާގެ އަޑު ކެނޑުނެވެ. އޭނާ އަރިއަޅާލިއެވެ. ރާޝިމް އަށް ޔަސްރާ ހިފޭއްޓުނީ ހަމަ ކިރިޔާއެވެ.

ރާޝިމް ޔަސްރާ އުފުލައިލައިގެން ވަނީ ގޭތެރެއަށެވެ. ކައިލާން އާއި ހާޔާވެސް ރާޝިމް ފަހަތުން ވަނެވެ. ހަޔާ ވަގުތުން ފެންތައްޓަކާއި ޓިޝުލެއް ހިފައިގެން އައިސް ޓިޝޫ ތެއްމާލައިފައި ޔަސްރާގެ މޫނުގައި އުގުޅަން ފެށިއެވެ.

“އެމީހާ ފެނުނުތަ..؟” ރާޝިމް އަހާލިއެވެ.

“ލައްބަ.. ފޮޓޯއެއް ވެސް ނެގިން..” ކައިލާން ބުނެލިއެވެ. ހަޔާ އޭނާގެ ފޯނު ކައިލާން އަށް ދިއްކޮށްލިއެވެ.

“މީ ދޯ އެމީހަކީ..” ރާޝިމް ބުނެލިއެވެ.

އެރޭ ހަތަރުމީހުންވެސް އެގޭގައި ތިއްބެވެ. ޔަސްރާ އަށް ރައްކާތެރިކަން އިހްސާސް ކުރެވެއެވެ. އަނެއްކާ ވެސް އެމީހަކު އައިސް ދާނެއެވެ. އެކަމު މިރޭ ރާޝިމް ޕޮލިސް ޓޭޝަން އަށް ދާނެއެވެ. 8:30 ވެލީރަށް ރާޝިމް ދިޔައެވެ. ހަޔާ އާއި ކައިލާން އަދި ޔަސްރާ ތިބީ ކާމޭޒު ކައިރީގައެވެ.

“ޔަސް.. އެމީހާ އަކީ ނޯމަލް މީހެއް ނޫން..” ހަޔާ ބުނެލިއެވެ.

“އެމީހާ އައި އަހަރެމެންނާއި ދިމައަށް އެމީހާގެ ފޮޓޯނެގި ގަޑީގަ.. ދޯ ހަޔާ..” ކައިލާން ހަޔާ އަށް ދޯ ދިނެވެ. ހަޔާ ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.

“އެމީހަ ކީއްވެ އަހަރެންގެ ބައްޕަމެންގެއިން ނުކުންނަންވީ..؟” ޔަސްރާ އިނީ މުޅިން އެހެން ހިޔާލެއް ގައެވެ.

“ތިބުނިވެސް ތެދެއް.. އަނެއްކާ އެމިހަކާ ޔަސްރާ ބައްޕަ މެންނާ ގުޅުމެއް ވޭތަ.. މިބުނީ ފެމިލީ ގޮތުން..” ކައިލާން އަހާލިއެވެ.

ޔަސްރާ ވިސްނާލިއެވެ. އޭނާގެ ބައްޕަ ފަރާތު އާއިލާ ހުރިހާއެއްމެނާއި އޭނާ ވަނީ ބައްދަލު ވެފައެވެ. ނަމަވެސް އެމީހަކާއި ބައްދަލެއް ނުވެއެވެ. ވެދާނެއެވެ. ފިރާޝާގެ އާއިލާ މީހަކަށެވެ.

“ފިރާޝައްތަގެ އާއިލާ މީހަކަށް ވުންވެސް އެކަށީގެންވޭ.. ރާޝިމްބެ ކައިރީ ބުނަންވީނު ގޮސް އަހާބަލާށޭ..” ހަޔާ ހިޔާލެއް ދިނެވެ.

އެރޭ ރާޝިމް އައިސް ދިން ހަބަރަކީ ޕޮލިހުން ބުނެފައިވަނީ އެކޭސް ކުރިޔަށް ގެންދެވޭނީ އެމީހުން މިހާރު ކުރިޔައްގެންދާ ކޭސް ނިއްމާފައި ކަމަށެވެ. އެހެންކަމުން ޔަސްރާ ހާސްވިއެވެ. އަދި ވެސް އެމީހަކު އޭނާ ފަހަތުން އަންނާނެއޭ އޭނާގެ ހިތްބުނަމުން ދިޔަ ސަބަބެއް ހަމަ އެއްގޮތަކަށްވެެސް ނޭނގެއެވެ. އެކަމަކު ރާޝިމް އުޅޭތީވެ ރައްކާތެރިކަން ޔަސްރާ އަށް އިހްސާސް ކުރެވެއެވެ.

އެރޭ ހަޔާ ގެޔަށް ދިޔައިރު 10 ޖަހާ ބޮޑުވެއްޖެއެވެ. އޭނާ ގެޔަށް ވަނީރު އެކަކުވެސް ފެންނާކަށް ނެތެވެ. އެހެން ކަމުން އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. ނިދަން ވެގެން ފެންވަރައިގެން އޮށޯތުމާއި އެކީ ހަޔާ އަށް ނިދުނެވެ.

ފުން ނިއްޖަކަށް ގެނބިފައި އޮތް ހަޔާއަށް ހޭލެވުނީ އަޑެއް އިވުމުންނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 8

Next

ލޯބި-16

Next
December 20, 2025

ލޯބި-16

Previews
December 20, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ 8



All Right Reserved!