އެކުގައިވާނަން-19
އޭނާގެ ލޭވަނީ ކެކިގަނެފައެވެ. ޔަސްރާ އަށް އެހެންހަދަން އެކެރުނީ ކާކަށް ހެއްޔެވެ. އެމީހަކު އޭނާޔަށް އެނގެއްޖެއްޔާ އެމީހަކުގެ ދުވަސް ދުއްވާލާނަމެވެ.
އައިސ ްފައި ހުރި ރުޅި އެއްގެ ސަބަބުން އަޒްހާން ވަގުތުން ގެއިން ނުކުމެގެން ދިޔައީއެވެ.
*ޕާރްޓް-19*
އޭނާގެ މިސްރާބު ހުރީ ސީދާ ޔަސްރާ މެން ގެޔާއި ދިމާއަށެވެ. ބާރަށް ހިގައިފައި ގޮސް ޔަސްރާ މެން ގެޔާއި ހަމައަށް އެރީރަށް ކުއްލިއަކަށް ހަދާންވީ ރާޝިމް ވެސް އެބައުޅޭކަމެވެ. އަޒްހާން ފެއިބީ އެގެޔާއި ދިމާ ކައިރިން އޮތް ބީޗަށެވެ. ގޮސް ރާޅު ޖަހާ ހިސާބު ކައިރީގައި މަޑުކޮށްލައިފައި އޭނާ ޔަސްރާ އަށް ގުޅާލިއެވެ.
ޔަސްރާ އިނީ ކާމޭޒު ދޮށުގައެވެ. ވިސްނާށެވެ. އޭނާ އަށް މިދިމާވި ކަންތަކާއި މެދުއެވެ. އެމީހާގެ މޫނު ކިތައްމެހާވެސް ރީއްޗަށް އޭނާ އަށް ފެނުނެވެ. އެމީހާ މިގެޔަށް ވަނީ ކިހިނެއް ހެއްޔެވެ. ހަމަގައިމުވެސް ރޭގައި އޭނާ ނިދަން އޮށޯތުމުގެ ކުރިޔަށް ހުރިހާ ދޮރެއް ރަގަނޅަށް ތަންޑުއެޅުވިއެވެ.
ޔަސްރާ ސިހުނީ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ބަލައިލީރު އަޒްހާން އެވެ. ރާޝިމް ވެސް ސޯފައިގައި އިނުމުން އޭނާ އެފޯނެއް ނުނެގިއެވެ. ސައިލެންޓް އަށް ލަައިފައި ޔަސްރާ މަޑުކުރީއެވެ. ފޯނު ކެނޑުމުން އޭނާ ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ.
“ހަލޯ..” މިފަހަރު އަޒްހާން އަށް ގުޅީ ޔަސްރާ އެވެ.
“ޔަސް.. އެތެދެއްތަ.. ޔަސް..” އަޒްހާން ޖުމްލައެއް ފުރިހަމައެއް ނުކުރެއެވެ. ނަމަވެސް ޔަސްރާ އަށް އޭނާ ބުނަން އެއުޅޭއެއްޗެއް ދެެނެގަނެވުނެވެ.
“ހޫމް..” ޔަސްރާ މަޑުމަޑުން ބުނެލިއެވެ.
“ދެން މިހާރު އޯކޭތަ..؟ އެމީހަކު ޔަސް އަށް އެނގޭތަ..؟ ދެރަނުވޭ ޔަސް..” އަޒްހާން ހާސްވެފައި ހުރިވަރުން ވާހަކަ ދެއްކުނީ ތަންކޮޅެއް އަވަހަށެވެ.
“މިހާރު އޯކޭ.. އެމީހާގެ މޫނުދެކުނިން.. އެކަމު އެމީހާ ދެން ފެންނާނީ ކިހިނެއް..؟” ޔަސްރާ އަހާލިއެވެ.
“ހާސް ނުވޭ ޔަސް.. އަހަރެން އެމީހަކު ހޯދާނަން..” އަޒްހާންގެ އަޑުގައިވީ ޔަގީން ކަމެވެ.
“ހަޔާ ވެސް އުޅެނީ މިއަދު ހަވީރު ދާކައްނު..” ޔަސްރާ ބުނެލިއެވެ.
ދެމީހުން އިރުކޮޅަކު ވަހަކަދައްކަން ތިބެލައިފައި ފޯނު ބޭއްވިއެވެ.
ހަވީރު ވެއްޖެއެވެ. ކައިލާން އުޅުނީ ކޮޓަރިތެރޭގައެވެ. އޭނާ އަކަށް ލާނެ އެއްޗެއް ނޭނގެއެވެ. ކަޅުކުލައިގެ ގަމީހަކާއި ހުޑީއެއް އެބައޮތެވެ. ލާންވީކޯއްޗެއް ކަމެއް ނޭނގެއެވެ. އެހެން ހުއްޓައި ގޭގައި ބެލްއެޅި އަޑު އިވިއްޖެއެވެ. ތެޅިގަނެފައި ނުކުތީމައި ހަދާންވީ އޭނާ އެހުރީ ހަމައެކަނި އުނަގަނޑުގައި ތުވާލި ކޮޅެއް އައްސާލައިގެން ކަމެވެ.
“ނައީމައްތާ.. ދޭބަަ ދޮރުހުޅުވާލަން..” ކައިލާން ގޮވާލިއެވެ.
ހަޔާއިނީ ލަސްވެފައެވެ. ކައިލާން ހާދަ ލަހެއެވެ. އިރުކޮޅަކުން ދޮރުހުޅުވާފިއެވެ. އެއީ ނައީމައްތައެވެ.
“އަހަ ހަޔާ.. އަވަހަށް ވަދޭ.. ކިހިނެއްވީ އަނެއްކާ..؟” ނައީމާ ހަޔާ އަށް އެތެރެއަށް ވަންނަން ތަންދައްކާފައި އަހާލިއެވެ.
“ހަމައައިސްލީ.. ކޮބާތަ ކައިލާން..” ހަޔާ ހަޤީޤަތެއް ނުބުނެއެވެ.
“ކައިލާން އެބައުޅޭ ކޮޓަރީގަ މިދަނީ ގޮވަން..” ނަޢީމާ ހިގައިގަތް ވަގުތު ކައިލާން ނުކުތެވެ. އޭނާ ލައިގެން ހުރީ ކްރީމްކުލައަަކަށް ދާވައްތަރުގެ ހުޑީއެކެވެ. އިސްތަށިގަނޑުވެސް ވަނީ ރީތިގޮތަކަށް ފުނާއަޅާލެވިފައެވެ.
“ހިގާދާން..” ހަޔާ ތެދުވިއެެވެ.
ކައިލާން ވެސް ހަޔާ ފަހަތުން ނުކުތެވެ.
“އަހަރެން ގެނައިން ކައިލާން އަށް ވެސް ބައިސްކަލެއް..” ހަޔާ ނުކުމެ ދެބައިސްކަލަށް އިޝާރާތް ކޮށްލިއެވެ. ކައިލާން ބޯޖަހާލައިފައި ހިގައިގަތެވެ.
އަދިރި ކޮޓަރިގަނޑެކެެވެ. ހަމައެކަނި ވާއަލިކޮޅަކީ ކުޑަދޮރުގެ ފޮތިގަނޑުން ފޭދިގެން އަންނަ ފަނޑު އަލި ކޮޅެކެވެ. ކޮޓަރި ސޯފާގައި އަންހެނަކު އިށީންދެލައިގެން ހުއްޓެވެ. އޭނާގެ ކުރިމަތީގައި އެހެން ފިރިހެނަކުވެސް ހުއްޓެވެ. އެއީ ޝަޔާން އެެވެ. އެއަންހެން މީހާގެ މޫނެއް ރީއްޗަކަށް ނުފެނެއެެވެ.
“ކޮބާ މަސަށްކަތް ފުރިހަމަ ވިތަ..” އެއަންހެން މީހާ އަހާލިއެވެ.
“އާން.. ކާމިޔާބު ކަމާއި އެކީ ވެއްޖެ..” ޝަޔާންގެ އަޑެވެ.
“ރާޝިމް އެބަ އުޅޭދޯ އައިސް.. އެހެންވީމަ އޭނަ ދާނެ ދުވަހަކަށް ބަލައި މަށަށް ހަބަރު ގެނެސްދީ..” އެއަންހެން މީހާ ބުނެލިއެވެ.
“އެއްމެ ރަގަނޅު..” ޝަޔާން އެއްބަސް ވިއެވެ.
“ދެން އެއްމެ ރަގަނޅު ދިޔަސް..” އެއަންހެން މީހާ ބުނެލުމުން ޝަޔާން ނުކުތެވެ. އޭނާގެ މޫނުމަތީވަނީ ނުލަފާ ހިނިތުންވުމެކެވެ.
ކައިލާން އާއި ހަޔާ ދުއްވަމުން ދިޔައިރުވެސް އެމީހަކު ނުފެނުނެވެ. އެއްމެ ފަހުން އެކުދިން ފަޔައް ވާޅުވެގެން މަޑުކޮށްލީ ޔަސްރާ ބައްޕަމެން ގޭ ކައިރީގައެވެ.
“އަޅެ އެމީހަ ކޮބާތަ..” ހަޔާ ވަށައިގެން ހޯދައިލަމުން އަހާލިއެވެ.
“އެއިނީ.. ބަލާބަ..” ކައިލާން ވަރަށް ސިއްރު ސިއްރުން ބުނެލިއެވެ. ހަޔާ ބަލާލިއެވެ. އެމީހަކު އެނުކުތީ ހަމަގައިމުވެސް ޔަސްރާ ބައްޕަމެން ގޯތިތެރެއިންނެވެ.
“ޔަގީންތަ..؟” ހަޔާ އަހާލިއެވެ. އޭނާ އަށް ވެސް އެމިހަކު ވަނީ ބެހިފައެވެ.
“އާން.. ޔަގީން.. ދެންވެސް ފޮޓޯއެއް ނަގާބަލަ..” ކައިލާން ބުނެލިއެވެ. ހަޔާ އަވަސް އަވަހަށް ފޯނު ނަގައި ފޮޓޯއެއް ނަގާލިއެވެ. ފޮޓޯ ނެގި ވަގުތަކީ އެމީހާއަށް ހަޔާ މެން ފެނުނު ވަގުތެވެ. އެމީހާ އިރުކޮޅަކު ބަލަން ހުރެފައި ހަޔާ މެންނާއި ދިމާއަށް އައެެވެ. ކައިލާން އާއި ހަޔާ ހާސްވިއެވެ. ހަޔާ ހާސްކަން ފޮރުވާލައިފައި ކައިލާން އަށް ބުނެލިއެވެ.
“އަން އަހަރެން ބުނީމެއްނު އަހަރެންގެ ކެމެރާ ރީއްޗެއް ނޫނޭ..” ހަޔާ ބުނެލިއެވެ. ކައިލާން އަށް ވެސް ހަޔާ އެކުރާ ކަމެއް އެނގުނެވެ.
“އެހެންދޯ ސޮރީއޭ.. އެހެންވީރު ހިގާބަލަ އަހަރެންގެ ފޯނުން ފޮޓޯ ރީތި ތޯބަލަން.. ކޮންމެ ގޮތެއް ވިއަސް މާދަމާ އަށް ޖެހޭނެ މިފޮޓޯ ނަގަން..” ކައިލާން ވެސް ހަޔާ އާއި އެއްބައިވެގެން ބުނެލިއެވެ.
ޝަޔާން އަށް އެކުދިން އެދައްކަނީ އެހެން ވާހަކައެއްކަން އެނގުމުން އަބުރާލައިފައި ދިޔައެވެ.
“ހަމ ކިރިއާ..” ހަޔާ ފުންނޭވާ އެއް ދޫކޮށްލަމުން ބުނެލިއެވެ.
“އަވަހަށް ހިގާ ދާން ޔަސް ކައިރިއަށް..” ކައިލާން އެހެން ބުނެ ބައިސްކަލު އަނބުރާލިއެވެ. ހަޔާ ވެސް އަވަހަށް ބޭނުންވީ ޔަސްރާ އަށް މިމީހާ ދައްކައިފައި އަވަހަށް މައްސަަލަ ހުށައަޅާށެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






