ލޯބި-8
*”އެއްވެސް ކަމެއް ނުވޭ މަންމާ.” ނާއިލް ގޮވައިލި އެވެ.*
ކުރަން ހުރި ކަންތައް ކޮއްނިންމައިލައިފައި ޒައިދު މިސްރާބުޖެހީ ގެއަށް ދިއުމަށެވެ. މަގުމަތިން ހިނގައި ފައި ދިޔައިރު އޭނާގެ އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ.
އައި ނައި ތަނެއް ނޭނގި ތިން މީހުން އައިސް ޒައިދު ވަށައިލި އެވެ. އެމީހުން ތިބީ މޫނުމަތީ ފޮތިގަނޑެއް އަޅައިފަ އެވެ. ފަހަރުގައި ހުރީ މީހާ ޒައިދު ކޮއްޕައިލި އެވެ. ނަމަވެސް ވެއްދުމުގެ ކުރިން ދެން ހުރި މީހާ އޭނާގެ ޓީޝާޓުގެ ގިރުވާނުގައި ހިފެހެއްޓި އެވެ.
“ކަލޭ ތީ ވަރަށް މޮޅުމީހެއް ކަމައް ދޯ ހީކުރި. ކަލޭ ކުރާ އެއްކަމެއް ވެސް އެކަކަށް ވެސް ނޭނގޭނެކަމައްތަ. މަށައް ހުރިހާ ކަމެއް ވެސް އިނގޭ.” މިހެން ބުނެފައި އޭނާ ޒައިދުގެ ޓީޝަޓުން ދޫކޮއްލި އެވެ.
“ކަލޭ ދެން އެކަހަލަ ކަމެއް ކޮއްފިޔާ ދުވަސް ދުއްވާލަން. ހަނދާންކުރާތި.” ދެން ހުރި މީހާ އޭނާ އާއި ދިމާލައް ދަނޑި ގަނޑެއް ބަލައިލަމުން ބުންޏެވެ. ޒައިދު ހުރީ ބިރުން އަޑެއްވެސް ލައްވައިލަން ނުކެރިފަ އެވެ. “ދެންދޭ އަވަހައް ގެއައް ވަރަށް ދަންވެއްޖެ. ތިކަހަލަ މީހުން މިހާ ދަންއިރު ބޭރު އުޅެނިކޮށް ކޮންމެ ފަދަ ގޮތެއް ވެދާނެ.”
“ކަލޯ. މަޔާން އަށް ކީއްވެގެން އުޅޭ ރެއެއްތަ. ފޯނެއް ނުނަގާނެ.” ރަނާ ބުންޏެވެ.
“އޭތް މަ ވަރަށް ބަނޑުހައި. ކަލޭމެން ނުވޭތަ؟ ހިނގާބަލަ ނޫޑްލްސް ގަނޑެއް ގަދަކަން.” މިންހާ ބުންޏެވެ. އެވަގުތަކީ މައިހާ ފެންވަރައިގެން ނިކުން ވަގުތެވެ.
“މަޔާން ފޯނު ނުނަގައިގެނ މަ ހާސްވާއިރު ވެސް ކަލޭ ވިސްނަނީ ކެއުމާ ދޭތެރޭ ދޯ.” ރަނާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“ރީހާން ވެސް. ނާއިލް އެހެން ހަދާ ދުވަހަކުން އަހަރެމެން ވެސް ބުނާނަމޭ ނޫޑްލްސް ގަނޑެއް ހަދަން.” މައިހާ ބުންޏެވެ.
“ނާއިލް ވެސް ފޯނެއް ނުނަގާ އޭ. މެސެޖައް ރިޕްލައި އެއްވެސް ނުދެއޭ.” މިންހާ ބުންޏެވެ.
ޖެހިގެން އައި ރެއެވެ. ރޭގައި ބޭނި މަސް ތަކުން މިރޭ ބާބަކިއު ހަދަނީ އެވެ. އެންމެން ހީސަކަރާތް ޖަހަމުން ދިޔައިރު ޒައިދު އިންނަނީ ފުން ވިސްނުމެއްގެ ތެރޭގައި އެވެ. މީހަކު އޭނާއަށް ގޮވައިލިޔަސް އޭނާ ދަނީ ސިހިގެންނެވެ.
“ބޭބެ ބަލިތަ؟” ނަދީމް އަހައިލި އެވެ.
“ނޫނޭ. ބޭބެ ބައްޔެއް ނޫން. މިކުދިންނާ ދޭތެރޭ ވިސްނެނީ ހަމަ.” ޒައިދު އޭނާގެ ހާސްކަން ފާޅުކޮއްލި އެވެ.
“މިކުދިން ކީއްކުރީ؟” ނަދީމް ކުޑަކޮށް ހައިރާން ވި އެވެ.
“މިކުދިން ރޭގަނޑު ބޭރަށް ދާތީ ކުޑަކޮށް ހާސްވަނި. މިހާރު ރަށުތެރޭ ވެސް ފާޑުފާޑުގެ މީހުން އުޅޭ. އެކުދިންނަށް ކަމެއް ވެދާނެތީ ބިރުގަންނަނީ.”
“ތިގޮތައް ވިސްނަންނުވާނެ ބޭބެ. އިރާދަ ކުރެއްވިއްޔާ އެކުދިންނަށް ގޮތެއްނުވާނެ. ބޭބެ ތިހެން ދުރުގައި ނުހުރެ އެންމެން ކައިރިއަށް އައިސް ބަލާ.” ނަދީމް މިހެން ބުނެފައި ޒައިދު ގޮވައިގެން އެހެން މީހުން ކައިރިއަށް ދިޔަ އެވެ.
“ހަނާ. މިހެން ބުނާކަށް ބޭނުމެއް ނޫން ބަޑް އައި ނީޑްޓު ސޭ ދިސް. ޔޮރ ޑޭޑް އިސް އެކްޓިން ވިޔަރޑް.” މިންނަ ބުންޏެވެ.
-ނުނިމޭـ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


