“އާނ އަހަރެން އައި އިރު ހުރީ އޯކޭކޮށް” ޝައިނާ ޒީވާއާ ހަތަރުކަޅި ހަމަ ނުކުރުމަށް މަސައްކަތް ކުރިއެވެ. ރާހިލްއާ ދިމާލަށް ކިޔުނު އެއްޗެއްސާމެދު ވިސްނަން ފެށިއެވެ.
***********
“ރާހިލް.. ދެން ތީ ކޮންކަމެއް؟ ތިހެން ހަރޓްބްރޯކެން ޕެތެޓިކް މީހެއްހެން ނޯވެ ތެދުވޭ!! އަވަސް އަވަސް.. މިހިރީ ސައިތަށި” ރިއާން ސޯފާގައި ބަނޑުވަތަށް އޮތް ރާހިލްގެ އަތުގައި ހިފައި ދަމަމުން ބުންޏެވެ.
“އައިމް ސަޗް އަ ލޫޒަރ” ރާހިލް ތެދުވެ ރިއާން ދިން ސައިތަށީގައި ހިފިއެވެ.
“ލޫޒަރ އަކަށް ވެވޭނީ ތިވަރަކަށް.. ގައިމުވެސް އަހަރެން ދަންނަ ރާހިލްއަކީ އަންހެން ކުއްޖަކު ނުލިބުނޭ ކިޔާފަ މި ކެބިންގެ ސޯފާއަށް ޖެހިގަނެގެން ދިރިއުޅުމާމެދު އުއްމީދު ކަނޑާލައިގެން އޮންނާނެ ރާހިލްއެއް ނޫން! ރާހިލްއެއްނު އެހެންޏާ ބުނަނީ އަންހެނުން ހުހެއް ނުވެއެއް ނޫންހޭ؟ ދެން ތިފާޑަށް ނޯވެ ތެދުވޭ.. ތި ދެން ކޮންކަމެއްތަ؟ ލައިންގް ދެއަރ ވިތް ސޫސައިޑް އިން މައިންޑް ޖަސްޓް ބިކޮޒް ސަމް ގަރލް ރިޖެކްޓެޑް ޔޫ” ރިއާން ބުންޏެވެ.
“ޝީ އިޒް ނޮޓް ޖަސްޓް ސަމް ގަރލް އެނގޭ. އެންޑް އައިމް ނޮޓް ސޫސައިޑަލް.. ނޭނގޭ..” ރާހިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މަޑުމަޑުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައިލިއެވެ.
“މައި ހެޑް ހަރޓްސް”
“ފްރޮމް ޔޯ އޯން ސްޓުޕިޑިޓީ”
“ސީރިއަސްލީ.. ރިއާންއަކަށް ނޭނގޭނެ މި ފީލިންގްއެއް” ރާހިލް ޗޮކެެއް ކަނޑައިލަމުން ސައިތަށި ތުނބުގައި ޖަހައިލިއެވެ.
“ތެދެއް.. އަހަރެންނަކަށް ނޭނގޭނެ.. އެކަމަކު އައި ވަރންޑް ޔޫ!! އަހަރެން ބުނީމެއްނު އޭރުވެސް ޝައިނާއަށް އިންޓްރެސްޓް ހުރިކަން ނުދައްކާހާ ހިނދަކު ވަރަށް ރަނގަޅުވާނޭ.. އިންޓްރެސްޓް ދައްކާ ހިސާބުންނޭ ގޯސް ވަނީ.. އެހިސާބުންވެސް ދުރުގަ ހުރިނަމަ” ރިއާން ބުންޏެވެ.
“މިއީ އަހަރެންގެ މައްސަލަތަ؟ އައި ޑިޑްންޓް ޗޫޒް ޓު ލައިކް ހަރ” ރާހިލް އަމިއްލަ ނަފްސު ދިފާއުކުރިއެވެ.
“ބަޓް ޔޫ ޗޯޒް ދަ ސިޗުއޭޝަންސް ދެޓް މޭޑް ޔޫ ލައިކް ހަރ. ފުރަތަމަވެސް އަހަރެން ބުނި ދުވަހުން ފަށައިގެން ދުރުގަ އުޅުނުނަމަ ތިހެން ނުވީހެއްނު. އަބަދު ކައިރީގަ އުޅެ ފޯލްވީމަ ދެން ކުރާނެ ކަމެއް ނޯންނާނެ”
“ދެން އަދި ލޯބިވެގެން ދުރު ނުވެވޭ ހިސާބަކަށް ނުދެއެއްނު؟ ރިއާން ކީކޭތަ ތި ކިޔަނީ؟ ތީ ރިއާން ގަބޫލުވެސް ކުރާ ކަންތައްތަކެއް ނޫނެއްނު؟ ގަބޫލުކުރަން އަހަރެން ޝައިނާއާ ގަޔާވާކަން. އެހާ ބިންނަން އުނދަގޫ މަލެއްވީމަ ޝައުގުވެރިވަނީ ކަމަށްވެސް ވެދާނެ. އެކަމަކު އިއްޔެ އަހަރެންނާ ދިމާލަށް އެހެން ބުނިގޮތް.. އިޓް ވޯޒް ސޯ މީން.. އައި ވޯޒް ސޯ..ސޯ..”
“ހަރޓް؟” ރާހިލްއަށް ނުބުނެވިގެން އުޅުނު ޖުމްލަ ރިއާން ފުރިހަމަ ކޮށްލައިދިނެވެ.
“ޔާ..ޔާ އައި ވޯޒް ހަރޓް.. ޑޭމްން.. އަހަރެން އަސްލުވެސް؟” ރާހިލް ގަބޫލުނުކުރެވިފައި އަހައިލިއެވެ.
އޭނާއަކީ މީހުންކިޔާ އެއްޗެއްސަށް އަޅައިލާ މީހެއްނޫނެވެ. މީހަކު އޭނާއާ ދޭތެރޭ ކަންތައްކުރާ ގޮތަކަށް ފަރުވާ ބަހައްޓާ މީހެއްނޫނެވެ. ވަކިން ހާއްސަކޮށް އަންހެންކުދިންގެ ކަންކަމުގައި އޭނާއަކީ އާދަޔާހިލާފަށް ކަންކަން ބޮލަށް ފަސޭހަކޮށްލާ މީހެކެވެ. ނަމަވެސް ޝައިނާގެ ބަސްތައް، ކޮށި ތީރެއް ފަދައިން އައިސް އޭނާގެ ހިތަށް ހެރި އަނިޔާވަމުން މިދަނީ ކީއްވެ ހެއްޔެވެ؟
“ތެދެއް.. ތިއީ އަހަރެން ގަބޫލު ނުކުރާ ކަންތައްތަކަކަށް ވެދާނެ.. އެކަމަކު ރާހިލްއަށް ތިވެގެން އުޅޭ ގޮތަށް ދޭނެ އިތުރު ނަމެއް އަހަރެންނަކަށް ނޭނގުނު.. އައި މީން.. ތިބުނީ ބުޅަލެއްވެސް އުރާލީމޭ؟ އަަހަރެންނަށް އެނގޭ އެއީކީ މާ ބޮޑު ކަމެއް ނޫންކަން އެކަމަކު ޝައިނާ ނޫން އިތުރު މީހަކަށް ރާހިލްގެ އަތަށް ގަދަކަމުންވެސް ބުޅަލެއް ލާދެވޭނެހެން އަހަރެންނަކަށް ހިއެއް ނުވޭ.. އަހަރެންނަށް ޔަގީން ޝައިނާ އެކަނި ނޫންކަން ރާހިލް ރައްޓެހިވި ކުދިންގެ ތެރެއިން ބުޅަލާހެދި އުޅެނީ. އަދި ޝައިނާއާ ތި އުޅެނީ ރައްޓެހިވެސް ނުވެވިގެން…” ރިއާން ބުންޏެވެ.
ރާހިލްއަށް އެ ވާހަކަތަކާމެދު ވިސްނައިލެވުނެވެ. ހަގީގަތުގައިވެސް އޭނާގެ ހިތުގައި ޝައިނާއާމެދު ލޯތްބޭ މި ކިޔާ އިހުސާސް އުފެދެން ފެށީބާއެވެ؟
“އަހަރެންނަކަށް މިފަހަރު ސަލާމަތެއް ނެތްދޯ؟ ޝައިނާ އަހަރެންނަކާ ނުގުޅޭނެ. ދެން ކިހިނެއް ހަދާނީ؟” ރާހިލް ދެއަތް މޫނުގައި ހާކައިލަމުން އަހައިލިއެވެ. ރިއާން ނޭނގެއޭ ބުނެ ކޮނޑު އަރުވައިލަމުން އޭނާގެ ކޮފީތަށި ތުނބުގައި ޖަހައިލިއެވެ.
ދެ އެކުވެރިންގެ ދެމެދަށްވެސް ވެރިވެފައިވަނީ ހިމޭންކަމެވެ. ރާހިލް ގޮނޑީގެ ކުރިއަށް ޖެހިލައި ދެކަކުލުގައި އުޅަނބޮށި އަޅުވައިލުމަށްފަހު ދެއަތުގެ އިނގިލިތަކުން އޭނާގެ ނިތްކުރި މަސާޖުކުރަން ފެށިއިރު ރިއާން އޭނާގެ އަތުކުރީގައިވާ ގަޑިއާ ޖެހިގެން އަޅާފައި އޮތް ވޫލުކޮޅަށް ދަމާލަަދަމާލައި އިނެވެ. ދެމީހުންގެ ސިކުނޑިވެސް ހިސާރު ކޮށްފައިވަނީ އެތަކެއް އޮޅުން އަރައިފައިވާ ހިޔާލުތަކުންނެވެ. ނަމަވެސް އެ ހިޔާލުތަކުން މިންޖުވާނެ ގޮތެއް އެއިން އެކަކަށްވެސް ނޭނގޭ ކަހަލައެވެ.
************
ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު ރާހިލް އޭނާއާ އަލަށް ހަވާލުވި ކުންފުނީގެ މާލީ މަސައްކަތްތަކުގައި މަސްއޫލުވަމުން ދިޔައެވެ. އަނެއްކޮޅުން ޝައިނާ ދިޔައީ ޒީވާާގެ ކައިވެނީގެ ތައްޔާރީތައް ކުރިއަށް ގެންދަމުންނެވެ. ޕްލޭނަރުންނާ ވާހަކަ ދެއްކުމުން ފަށައިގެން ހެދުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ޝައިނާ އަވަދިނެތި އުޅެމުން ދިޔައެވެ. އެހެނަސް ޒީވާގެ ފަރާތުން އެއިން އެއްވެސް ކަމަކަށް އެއްބާރުލުމެއް ނުލިބެއެވެ. ޝައިނާ ބުނެފިނަމަ އެދުވަހަކު އޭނާ ދާންޖެހޭ ތަނަކަށް ދަނީ ޗާބީ ދީފައިވާ ބުދެއް ފަަދައިންނެވެ. މި ކައިވެންޏަކީ ޒީވާއަށް އެއްވެސް މާނައެއް ނެތް ކައިވެންޏެއްކަމަށް އޭނާ ޝައިނާގާތު ބުނަމުން ދިޔައެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ޒީވާގެ ކައިވެނީގެ ހެެދުމާއެކު އެރުމަށް ހަމަޖެހިފައިވާ ފައިވާން ހެޔޮވަރު ކުރުމަށް ދިޔުމާމެދު ދެމީހުންގެ މެދުގައި ޒުވާބު ކުރަމުންްދިޔައެވެ.
“ދެން އަޅެ އަހަރެންގެ ފަޔާ ޝައިގެ ފަޔާ ހުރީ ކޮން ތަފާތެއްތަ؟ ޝައި ގޮސްފަ ޝައިއަށް ރީތި އެއްޗެއް ގަނެބަލަ. އަހަރެން ދިޔަސް ހަމަ ޝައި ވިއްޔާ ޗޫސް ކުރާނީ” ޒީވާ ފޫހިގޮތަކަށް ބުނެލުމަށްފަހު އޭނާ ކިޔަން އިން ވާހަކަފޮތް އަނެއްކާވެސް ހުޅުވައިލިއެވެ.
“ދެން ޒީ ކީއްތަވާނީ ހަމަ އެންމެ ފަހަރަކުވެސް ބޮޑާހާކަން ނީނދެ އެއްފަހަރު ބުނީމަ އެތަނަކަށް ދިޔައިއްޔާ؟ މީ އަހަރެންގެ ވެޑިންގްތަ ނޫނީ ޒީގެ ވެޑިންގްތަ؟” ޝައިނާ މަސައްކަތްކުރީ ޒީވާއަށް ވިސްނައިދޭށެވެ.
“އަހަރެންނަށްވެސް އޮޅޭ އެބަ.. އަހަރެންނަށްވުރެން ބޮޑަށް ޝައިހެން ހީވަނީ މި ވެޑިންގަށް އެކްސައިޓް ވެގެން ތި އުޅެނީ” ޒީވާ ހިތްހަމަނުޖެހުނެވެ. އެއާއެކު ޝައިނާއަށް ޒީވާގެ ހިޔާލު ބަދަލުނުވާނެކަން އެނގިހުރެ ވާހަކައިގެ ރާގު ބަދަލުކޮށްލިއެވެ.
“އޯކޭ ޒީ.. ޔެސް ގަބޫލުކުރަން ޒީއަށް މި ވެޑިންގް އެހާ ހާއްސަ ނޫންކަން.. އެކަމަކު ތިބުނާހެން އަހަރެން ވަރަށް އެކްސައިޓަޑް. އޯޕެން ބަޖެޓް ވެޑިންގެއް ޕްލޭންކުރަން ލިބުމަކީ އަހަރުމެންނަށް ހުވަފެނެއްކަހަލަ ކަމެއް.. ސޯ ޕްލީޒް މިކަމަށް އެއްބާރުލުން ދީބަ” ޝައިނާ އާދޭހުގެ ރާގެއްގައި ބުންޏެވެ. ހުދު އޭނާއަކީވެސް ޕާޓީތަކާއި ހަފްލާތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށްވުމާއެކު އޭނާހުރީ ހަގީގަތުގައިވެސް އެފަދަ ފުރުސަތެއް ލިބުނީތީ އުފަލުންނެވެ. މާލެއާ ކައިރި ހިސާބު ތަކުގައިހުރި އާރް.އެލް ގެ ރިސޯޓް ތަކުގައި ބޭއްވޭ ކައިވެނީގެ ހަފްލާތަކަކީވެސް ސީދާ އޭނާގެ ރޭވުމާއި ބެލުމުގެ ދަށުން ކުރިއަށް ގެންދާ ހަފްލާތަކެވެ. ނަމަވެސް މިފަދަ ގޮތަކަށް ހުޅުވާލެވިފައިވާ ބަޖެޓެއްގައި ޕާޓީއެއްގެ ހުރިހާ ކަމެއް ކުރުމަށް އޭނާއަށް ލިބިފައި މިވަނީ މުޅިން އައު ފުރުސަތެކެވެ.
“ޝައިއަށް އަހަރެންނާ ބެހޭ ހުރިހާ ކަމެއް އެނގޭއިރު ކޮންމެހެން އަހަރެން އެއްބާރުލުން ނުދިނަކަ-”
“ރާހިލް.” ޒީވާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް އެކޮޓަރީގެ ދޮރުމަތިން ހުރަސްކުރި ރާހިލްފެނި ޝައިނާ ގޮވައިލިއެވެ. ރާހިލްއަށް އެކަމުން ކުޑަ ސިހުމެއް ލިބުނު ނަމަވެސް ދެތިން ފިޔަވަޅު ފަހަތައް އަޅައިލަމުން ޒީވާގެ ކޮޓަރީގެ ދޮރު ކައިރިއަށް ހުއްޓިލިއެވެ.
“ބަލާބަ މި ޒީ.. ފައިވާން ޓެސްޓްކުރަން ނުދާންވެގެން ގަދަ ހަދަނީ.. މިއީ އަޅެ ޒީގެ އަމިއްލަ ވެޑިންގޭ” ޝައިނާ ބުންޏެވެ.
“ޒީ. ދާން ވާނެއެއްނު؟” ރާހިލް ކަރުގައިވާ ޓައި ދަމައިލައި ހެޔޮވަރުކޮށްލަމުން ބުނެލިއެވެ.
“ދެން ވަރަށް ފޫހިވޭ. ދޮންބެގާތު ކުޓުވިއެކޭ ކިޔާފަ އަހަރެން ދާނެ ކަމަށް ހީކުރަނީތަ؟” ޒީވާ ރުޅިއައިސްފައިހުރެ އަތުގައި އޮތް ފޮތް އެނދުމައްޗަށް ޖެހުމަށްފަހު ގޮސް ފާހަނައަށްވަދެ ތަޅުލިއެވެ.
“ކޮންއިރަކުތަ ދާން އޮތީ؟” ރާހިލް ފަޓުލޫނުގެ ޖީބުން ނެގި ގަޑި އަތުކުރީގައި އަޅައިލަމުން އަހައިލިއެވެ.
“މާދަން ހަވީރު 5 ޖަހާއިރު. އަހަރެން އޮފީސް ނިމެންވާއިރަށް އެތަނަށް އަންނާށޭ ބުނަން ޒީ ގާތު އުޅުނީ..” ޝައިނާ ބުނެލިއެވެ.
ރާހިލްގެ ފުރިހަމަ ސަމާލުކަން އަތުކުރީގައިވާ ގަޑި ހެޔޮވަރު ކުރުމަށް ދެވިފައިވިނަމަވެސް އެ ކުޑަ ހަރަކާތުންވެސް ޝައިނާގެ ހިތުގެ ތެޅުން އަވަސްކުރުވިއެވެ. އޭނާގެ ނަޒަރު ރާހިލްއާ ވަކިކުރެވޭގޮތެއް ނުވިއެވެ. ރީތި ވަރަކަށް ގަޔަށް ހިފައިލައިފައިހުރި އަޅިކުލައިގެ އޮފީސް ގަމީހާއި ކަޅުފަޓުލޫނުގައި ހުރި ރާހިލްގެ ހިތްގައިމުކަމަށް އޭނާގެ ހިތުން ތައުރީފު އޮހެމުން ދިޔައެވެ.
“އެކަމާ އަޅާނުލާ.. އަހަރެން ކޮންމެވެސް ގޮތަކުން މާދަމާ ޒީ ގޮވައިން ދާނަން.. މިވަގުތަށް ގޮސްލީ.. ގަޑިޖެހޭތީ މިދަނީ” ރާހިލް ޝައިނާއަށް ބަލައިލުމެއްވެސް ނެތި އެތަނުން ހިނގައިގަތެވެ. އެވަގުތު އަނެއްކާވެސް ފަހަތުން ޝައިނާ ގޮވައިލި އަޑު އިވުނެވެ.
“ރާހިލް”
“ޑޭމިޓް” ރާހިލްއަށް މަޑުމަޑުން ބުނެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ. މީޓިންގް ފެށެން ބާކީ ފަނަރަ މިނަޓުވެސް ނެތެވެ. މިވަރުން ދަންޏާ އޭނާ ގަޑި ޖެހޭނެކަން އެނގުނެވެ. ނަމަވެސް ޝައިނާ ގޮވައިލައިފިނަމަ އެނޫން ދިމާލަކަށް އޭނާގެ ފިޔަވަޅުތަށް އަނބުރައިލުމަކީ އޭނާގެ އިހުތިޔާރުގައި ނެތްކަމެއް ކަހަލައެވެ. މިފަހަރުވެސް އޭނާއަށް މަޖުބޫރުވީ ފަހަތަށް އެނބުރިލާށެވެ. އޭރު ޝައިނާ އޭނާގެ ކުރިމަތީގައި ހުއްޓިލައިގެން ހުއްޓެވެ.
“މިހާރު ކިހިނެއްވީ؟” ރާހިލް އަހައިލިއެވެ.
“ކަމެއް ނުވޭ” ޝައިނާ އެއް އަރިއަކަށް ޖެހިފައިވާ ރާހިލްގެ ޓައި ރަނގަޅު ކޮށްލައިދެމުން ބުންޏެވެ. އަވަސްކުރަން އުޅުމުގެ ތެރޭގައި އޭނާއަށް އާދެވުނީ ގަމީހުގެ ގިރުއާނުވެސް ރީތި ނުކޮށްކަން ރާހިލްއަށް އެނގުނީ ޝައިނާ އެކަންވެސް ކޮށްލައިދިނުމުންނެވެ.
އެ ހުރިހާކަމެއް ހިނގައި ދިޔައިރުވެސް ރާހިލް އެންމެ ފަހަރަކުވެސް ޝައިނާއާ ހަތަރުކަޅި ހަމަ ނުކުރާކަން ޝައިނާއަށް ފާހަގަ ކުރެވުނެވެ. އިސް އުފުލާލައިގެން ހުރިއިރު ނަޒަރު ހުއްޓިފައިވަނީ މާ ދުރު ހިސާބަކަށެވެ. އެކަމުގެ ސަބަބުން ޝައިނާގެ ހިތުގައި ރިއްސައިލީ ކީއްވެކަމެއް ނޭނގުނެވެ.
ޝައިނާގެ ހަރަކާތްތައް ދިގުލާން ފެށިހެން ހީވުމާއެކު ރާހިލް ހަމަ އެހުރިގޮތަށް ދުރަށް ނަޒަރު ހުއްޓައިލައިގެންހުރެ ކަރުކެހިލިއެވެ. ޝައިނާ ގާތްވެލުމާއެކު އެދެމެދަށް ވެރިވަމުންއައި އުދާސްކަމުގެ ހޫނު އޭނާގެ ހަށްޓަށް ކުރަން ފަށައިފިއެވެ.
“ނިމުނީ” ޝައިނާގެ އަނގައިގައި ލަފްޒުގެ އެއްބައި އޮއްވައި ރާހިލް ޖެހި ދުމެއްހެން ގޮސް ސިޑިން ފޭބިއެވެ. އޭނާއަށް ހަމަޖެހިލައިގެން ނޭވާއެއްވެސް ލެވޭވަރުވީ ގެއިން ނުކުތުމަށް ފަހުގައެވެ. ލިފްޓަށް އެރުމަށްފަހު ލޯގަނޑުގައި ލެގިލަމުން ދެލޯ މަރައިލިއެވެ. ކޮންމެދުވަހަކު ޝައިނާ ފެނި އިވޭ ހިސާބުގައި އުޅެންޖެހުމުގެ ސަބަބުން އޭނާގެ ހިތާއި ސިކުނޑިއަށްވާ އުނދަގޫ ބަޔާންކޮށްދޭކަށް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާއަކަަށް ޝައިނާގާތު އެގެއަށް ނާންނަން ބުނެވޭކަށްވެސް ނެތެވެ. އެދުވަހު ޝައިނާއާ ދޭތެރޭ ހިނގައިދިޔަ ކަންތަކަށްފަހު އޭނާ ވީހާވެސް ޝައިނާއާ ދުރުން އުޅެން މަސައްކަތް ކުރަމުންދާކަން ޝައިނާއަށް ނުފެންނަނީބާއޭވެސް މިއަދު އޭނަގެ ހިތަށް އެރިއެވެ. ނުވަތަ އެކަން އެނގިހުރެވެސް ޝައިނާ އެ ރަހްމަތްތެރިކަން ދަމަހައްޓަން ބޭނުންވަނީ ބާއެވެ. އެހެންކަމަށްވާނަމަ ޝައިނާ ޖެހޭނީ އެކަމުގެ މަތިން ހަނދާން ނައްތާލާށެވެ. އޭނާގެ ހިތުގައި ޝައިނާގެ ރަހްމަތްތެރިކަމަށް ޖާގަދެވެން ނެތްކަން އޭނާ ވާނީ ސާފުކޮށް ބުނެދީފައެވެ.
“ބްރަދަރ.. މަށަށް ކަމެއްކޮށްދީބަ ޕްލީޒް” ގޭގެ ދޮރާށިން ނުކުތް ރާހިލް ވަގުތުން ރިއާންއަށް ގުޅައިލިއެވެ.
“ޔެސް؟” ރިއާން ޖަވާބުދިނެވެ.
“މާދަމާ ފަހެއްގެ ފަހަށްހުރި ހުރިހާ ކަމެއް ރީޝެޑިއުލް ކޮށްލަންވީ.. އަހަރެންނާއެކު ތަނަކަށް ދާން..” ރާހިލް އެދުނެވެ.
“ކޮންތާކަށް؟” ރިއާން އަހައިލިއެވެ.
“މިގަޑީގަ ލަސްވެގެން މި ދަނީ.. މާދަން ކިޔައިދޭނަން..” ރާހިލް ފޯނު ކަނޑައިލުމަށްފަހު ސައިކަލަށް އަރައި ދުއްވައިލިއެވެ.
***********
“ކީކޭ؟ ޒީވާ ކައިވެނި ކުރަނީއޭ؟ ކާކާ؟” ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަހައްޓައިފައިވާ ހިލަ ބަސްތާތަކެއް މަތިން ފުންމާލައިގެން އައިސް ފައިސަލް އޭނާއަށް އެ ހަބަރު ގެނެސްދިން ރަހްމަތްތެރިޔާގާތު މަޑުކޮށްލިއެވެ.
“އާނ ފައިއްޓޭ!! މަވެސް ޔަގީންކޮށްފަ މި ބުނީ! މި އުޅެނީނު ރިޔާޒް ލަތީފެެއް؟ އޭނާގެ ދަރިއާ. އެންމެ ފަހުން މުއްސަނދި އާއިލާއެއްގަ ހުރި އަމީރެއްނު އެ ހޯދީ؟ މަ އޭރުވެސް ކައެ ކައިރި ބުނިން ތިކަމާ ނޫޅޭށޭ ތި ދާނީ ހަމަ ފަނު ފުލުންނޭ..” އޭނާ ބުންޏެވެ.
“ތި ހަމަ ހީވާގޮތް! ޒީވާ ވާނީ މަގޭ މީހަކަށް! ނުވެއްޖެއްޔާ ގަދަކަމުންވެސް ހޯދާނަން.. އެނގިއްޖެތަ؟ އެނގިއްޖެހޭ؟” ފައިސަލް އޭނާގެ އެކުވެރިޔާއާ ދިމާލަށް ހަޅޭއްލަވައިގަތެވެ. އެއަށްފަހު އަނެއްކާވެސް އެ ބަސްތާތަކުގެ މަތީގައި އިށީނުމަށްފަހު ސިނގިރޭޓެއް ރޯކޮށްލިއެވެ.
“މަ ހުއްޓާ ޒީވާއަކަށް އެހެން އެކަކާވެސް ނީނދެވޭނެ” ސިނގިރޭޓުގެ ދުންތައް ދޫކޮށްލަމުން ފައިސަލް އޭނާގެ ފޯނުގައިވާ ޒީވާގެ ފޮޓޮއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.
***********
އެއްބަސްވެވިފައިވާ ގޮތުގެ މަތިން ޖެހިގެންއައި ދުވަހު ރާހިލް ޒީވާއާއެކު އޮފީސް ނިމޭގަޑިއަށް އާރް.އެލްއަށް ދިޔައެވެ. ލޮބީގައިހުރި ގޮނޑިތަކުން ގޮނޑިއެއްގައި ޒީވާ ބޭންދުމަށްފަހު އޭނާ ރިއާންއަށް މެސެޖު ކޮށްލިއެވެ. ޝައިނާ އައުމުގެ ކުރިން ރިއާން އެތަނަށް ގެނައުމަށް އޭނާ ކޮންމެހެންވެސް ބޭނުންވިއެވެ.
“ގިވް މީ 10 މިނަޓްސް” ރިއާންގެ މެސެޖު ފެނުމާއެކު ރާހިލް ޗޮކެއް ކަނޑައިލަމުން ޒީވާގާތުގައިހުރި އެހެން ގޮނޑިއެއްގައި އިށީނެވެ. ފޯނަށް ނަޒަރު ހުއްޓައިލައިގެން ހަމަޖެހިލި ތަނާހެން އޭނާގެ ކައިރީގައި މީހަކު އިށީންހެން ހީވިއެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ ނުހާއެވެ. އޭނާ މި އޮފީހަށް އައި ފުރަތަމަ ދުވަހު އޭނާއަށް ނަންބަރުދިން ކުއްޖާއެވެ. ޝައިނާއާ ދިމާވި ފުރަތަމަ ދުވަހު އޭނާގެ އެނދުގައި އޮތް ކުއްޖާއެވެ. ރާހިލްއަށް ދެލޯ މަރައިލެވުނީ އެ ކުޑަ ވަގުތުކޮޅުގައިވެސް ޝައިނާއާގުޅޭ ހަނދާނެއް އާވާފަދަ ހާލަތެއް ދިމާވީތީއެވެ.
ލިފްޓުން ފޭބި ޝައިނާއަށް ލޮބީގައި ތިބި ޒީވާއާއި ރާހިލްފެނި އެދިމާލަށް ހިނގައިގަތެވެ. އެދެމެދުގައިވާ ދުރުމިނުގެ ސަބަބުން އޭރު އެއިން އެކަކަށްވެސް އޭނާއެއް ނުފެނެއެވެ. ކުރިއަށް ދެތިން ފިޔަވަޅު އެޅިތަނާހެން ފެނުނު މަންޒަރާއެކު އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ރިސެޕްޝަންގައި އިން ނުހާ ތުއިގޮތަކަށް ހިނގައިލައިފައިގޮސް ރާހިލްގާތު އިށީން މަންޒަރެވެ.
ނުހާއާއި ރާހިލްގެ ދެމެދުގައި ކުރިން އޮތީ ކޮންކަހަލަ ގުޅުމެއްކަން އޭނާއަށްވުރެ ރަނގަޅަށް އެނގޭނެ އިތުރު މީހަކު ނުހުންނާނެއެވެ. އެހެންކަމުން ނުހާއާއި ރާހިލް އެކުގައި ފެނުން ވެގެންދިޔައީ ޝައިނާއަށް ދެކެން އެހާ ފަސޭހަ މަންޒަރަކަށް ނޫނެވެ. އޭނާ ބަލަބަލަ ހުއްޓައި ނުހާ ރާހިލްގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލިއެވެ. ރާހިލްއަށް އެކަން އެހާ ބޮޑު ކަމަކަަށް ނުވާނެކަން ޝައިނާއަށް އެނގުނެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ރާހިލް އެހެން އެންމެނެކޭ އެއްފަދައިން ނުހާއާވެސް ހިނިތުންވެ ވާހަކަ ދައްކާނެކަން އެނގި އޭނާ މާޔޫސްވިއެވެ. ނަމަވެސް ދެން ރާހިލްކުރި ކަންތައް ވެގެންދިޔައީ އެ މާޔޫސްކަންފިލައި އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވި ކަމަކަށެވެ. އަދި އެކަމުގެ ސަބަބުން ނުހާއަށް ވެގެންދިޔަގޮތް ފެނި އޭނާއަށް ހިނިގަނޑު ހިފަހައްޓައިލެވުނީ ކިރިޔާއެވެ. އެކަން މޫނުމަތިން ފޮރުވައިލުމަށްޓަކައި ކޮލުގައި ދަތްއަަޅައިލަމުން ޝައިނާ އަނެއްކާވެސް އެދިމާލަށް ހިނގައިގަތެވެ.
“ހައި.. މިރޭ ފްރީ ވާނެތަ؟” ނުހާ ގާތް ގޮތަކަށް ރާހިލްގެ ކޮނޑުގައި ބޯ އަޅައިލަމުން އަހައިލިއެވެ. ރާހިލް އެއަށް ރައްދު ދިނުމެއްނެތި ޒީވާއަށް އެތަނުގައި މަޑުކުރުމަށް އިޝާރާތް ކުރަމުން އެތަނުން ތެދުވެ އޮފީހުގެ ދޮރުން ބޭރަށް ހިނގައިގަތެވެ. އެފަދަ ކަމަކަށް ނުވިސްނައި އިން ނުހާގެ ބޯދަށުން ރާހިލްގެ ކޮނޑު ނެއްޓުނު ވަގުތު އޭނާ އަރި އަޅައިލިއެވެ. ނަމަވެސް ނުހަނު އަވަހަށް ހަށިގަނޑު ސީދާ ކޮށްލުމަށްފަހު ވަކިން އިށީނދެވޭ ގޮތަށްހުރި ގޮނޑީގައި އިން ޒީވާއަށް ތުން އަނބުރައިލަމުން އެތަނުން ހިނގައިގަތެވެ. ޒީވާއަށް އެކަންވީ މަޖާ ކަމަކަށެވެ. މީގެ ކުރިންވެސް ރާހިލްއާއެކު ނުކުންނަ ދުވަސްތަކުގައި އަންހެންކުދިންނަށް އޭނާއާ ރާހިލްގެ ދެމެދުގައި އޮންނަ ގުޅުމާމެދު ކުށްހީކުރެވޭ ފަހަރުތައް އާދެއެވެ. އެކަމާ ހަސަދަވެރި ލޯތައް އޭނާއާ އަމާޒުވުމަކީ އާކަމެއް ނޫނެވެ.
“އެއީ ކާކުތަ؟ ދޮންބެއާ ވަރަށް ގާތްހެން ހީވަނީ.. އަހަރެން ފެނުނީމަ ފާޑަކަށް ހަޖަމު ނުކުރެވިގެން ކަންނޭނގެ އެ ދިޔައީ. ހީކުރީ ކަންނޭނގެ އަހަރެން މިއީ ދޮންބެގެ ގަރލްފްރެންޑޭ… ހަހަހަ..” ޒީވާ އަހައިލިއެވެ.
“އެއީ ރިސެޕްޝަންގަ އިންނަ ކުއްޖެއް. ރާހިލް ކޮންތާކަށް ދިޔައީ؟” ޝައިނާ އަހައިލިއެވެ.
“ނޭނގެ.. އޭނަ އައިސް އިށީން އިރަށް އަހަރެންގާތު މަޑުކުރާށޭ ބުނެފަ ނައްޓާލައިފި. އިރުކޮޅަކުން އަންނާނެ ކަންނޭގެ… އަސްލު އަހަރެން ހީކުރީ ދޮންބެ އެކުއްޖާއާ ވާހަކަ ދައްކާނެކަމަށް.. އެނގެއެއްނު.. އަނެއްކާ އެހާ ރީތި ކުއްޖެއްވިއްޔާ.. ނޭނގެ ދޯ… އެކްސް އަކަށްވެސް ވެދާނެ.. ޝައިއަށްވެސް އެކުއްޖާގެ މޫނަށް އެރި ކުލަވަރު ފެނުނުނަމަ އެނގޭނީ” ޒީވާއަށް އިނީ އަދިވެސް މަޖާވެފައެވެ.
“ސާބަހޭ.. ޒީ ކޮންއިރަކުތަ ތިހާ އެހެންމީހުންގެ ކަންްކަމާ ބެހެންފެށީ؟” ޝައިނާވެސް ހެވިފައި ބުންޏެވެ. އެއަށްފަހު ދެ އެކުވެރިން އެއްފަހަރާ ހޭންފެށިއެވެ.
“ކޮބާ ރިއާން ނާދޭތަ އަދިވެސް؟” ރާހިލް ޒީވާމެން ގާތަށް ހުއްޓި ގަޑި ބަލައިލަމުން ބުންޏެވެ. ރިއާން ބުނި ދިހަ މިނެޓު މިހާރު ފާއިތުވެ ހިނގައްޖެއެވެ.
“ރިއާންވެސް ދޭތަ؟” ޝައިނާ އަހައިލިއެވެ.
“ހްމްމްް. އަހަރެން ދެންވީ ދެ އަންހެނުންގެ ތެރޭގަ ބާކީވެފަ ހުންނަންތަ؟” ރާހިލް ޝައިނާއަށް ބަލައިލަމުން ބުންޏެވެ.
“ހްމްމް. ތިއެއް ނޫނޭ!! ކީއްވެގެންނޯ އެކުއްޖާ އައިމަ ތި ރިޖެކްޓް ކޮށްލީ” ޒީވާ އަހައިލިއެވެ.
“އޯ އަމްމް މި ނުޒުހާ؟”
“ނުހާ.” ރާހިލް ނުބައިކޮށް ކީ ނަން ޝައިނާ ރަނގަޅުކޮށްލައި ދިނެވެ. ނުޒުހާއަކީ އެމީހުންނާ ރެސްޓޯރެންޓުން ދިމާވި ކުއްޖާކަން އޭނާވެސް ހަނދާން ހުރިއިރު ރާހިލް ހަމަ ހަނދާން ނެތީހެއްޔެވެ؟
“އާނ ޔެސް. ނުހާ. އެއީ އަހަރެންގެ ޓައިޕެއް ނޫން” ރާހިލް ބޯ ކަހައިލަމުން ބުންޏެވެ.
“އެކަމެއް ނޭނގެދޯ އެދުވަހު-” ޝައިނާއަށް ބުނެވެން މި އުޅުނީ ކީކޭކަން ރޭކައިލިހިނދު ވާހަކަ ހުއްޓައިލިއެވެ. ރާހިލްއަށްވެސް ދެލޯ ބޮޑުކޮށްލަމުން އެއްފަހަރު ޒީވާއަށް އަނެއް ފަހަރު ޝައިނާއަށް ބަލައިލިއެވެ. އޭނާއަށް ޝައިނާއާ ދިމާވީ އެފަދަ ގޮތަކަށް ކަމެއް ނުވަތަ ޝައިނާއަށް އޭނާއާ ބެހޭގޮތުން އެވަރު ވާހަކައެއް އެނގޭ ކަމެއްވެސް ޒީވާއަކަށް ނޭނގޭނެއެވެ.
“އޯކޭ.. އެބަ އަންނަން ރިއާންގެ ހަބަރެއް ބަލާލާފަ” ރާހިލްއަށްވެސް ޝައިނާ ބުނަން އުޅުނީ ކީކޭކަން އެނގި އަވަހަށް އެތަނުން ދުރަށް ޖެހިލިއެވެ. އަދި އެމީހުންނަށް އޭނާގެ އަޑު ނީވޭނެހާ ދުރަށްގޮސް ރިއާންއަށް ގުޅައިލިއެވެ.
“ޔެސް ޔެސް އެނގެޔޭ ލަސްވެއްޖެކަން މިހާރު މިދަ-” ލިފްޓުން ފޭބި ރިއާންއަށް ލޮބީގައި އިން ޒީވާ ފެނި ވާހަކަ ހުއްޓައިލަމުން އަވަސްއަވަހަށް އެތަނުގައި ހުރި ތަނބެއްގެ ނިވަލަށް ވަދެ ނިވައިވެލިއެވެ. ނޭނގޭ ސަބަބަކާހުރެ އެނާ ޒީވާގެ ކުރިމައްޗަށް އަރަން ބޭނުން ނުވަނީއެވެ. އެކަމަކީ އޭނާއާއި އޭނާގެ އަމިއްލަ ނަފްސާ ދެމެދުގައި ހަނގުރާމައެއް އުފެދިދާނެ ކަމެއްކަން އޭނާގެ ސިކުނޑިން އިންޒާރު ދެމުން ދަނީއެވެ. “މަޑުކޮށްބަލަ.. އަހަރުމެން މި ދަނީ ސީދާ ކޮންތާކަށްކަން އަދިވެސް ނުބުނަމެއްނު؟”
ރިއާން އޭނާ ފިލައިހުރި ތަނބުގެ ބޭރަށް ބޯދިއްކޮށްލައި ޒީވާމެން ތިބި ދިމާލަށް ބަލައިލިއެވެ. ޒީވާގާތު ޝައިނާވެސް އިންކަން އޭނާއަށް އެނގުނީ އެހިސާބުންނެވެ. ކުރިންވެސް ޝައިނާ އެތަނުގައި އިންބާއެވެ؟ ނުވަތަ ޒީވާ އިނީތީ އޭނާއަށް ކުރިން ޝައިނާ ނުފެނުނީ ބާއެވެ؟ ދެން އޭނާގެ ލޯ ހޯދައިލީ ރާހިލްއެވެ. އޭރު ޒީވާމެންނާ ތަންކޮޅެއް ދުރުގައި ފޯނުގައިހުރި ރާހިލް ފެނުނެވެ. ރާހިލް ހުރީ އެދިމާލަށް ކުރިމަތިލައިގެން ނޫންކަމުން ރާހިލްއަށް އޭނާ ލިފްޓުން ފޭބިގަޑީ ނުފެނުނީކަން ރިއާންއަށް އެނގުނެވެ.
“އަހަރެންނަކަށްވެސް ނޭނގޭ ސީދާ ދާތަނެއް.. ޒީގެ ވެޑިންގް ޝޫޒް ހެޔޮވަރު ކުރާށޯ..” ރާހިލް ފޫހިގޮތަކަށް ބުނެލިއެވެ.
“ބީ ސީރިއަސް ރާހިލް!! އައި ޑޯންޓް ހޭވް ޓައިމް ޓު ޕްލޭ ދީސް ޑޯލްހައުސް ގޭމްސް. ޝޫޒް އޯ” ރިއާން ހިތްހަމަ ނުޖެހުނެވެ. ޒީވާގެ ކައިވެނީގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ލޭ ކެކިގަންނަނީ އެޔެއް މިޔެއް ނުބަލައެވެ.
“ރިއާން ހީކުރީ އަހަރެންނަށް ވަކި ވަގުތު އޮތީ ކަމަށްތަ؟ އިތުރުގޮތެއް އޮތްނަމަ ވަކި އަހަރެން ދާނެތަ؟ ހައްތަހާވެސް މި ޒީ ބޮޑާހާކާވަރުން.. އަހަރެންނާއެކު އައިސްދީބަ. އަހަރެން ބޭނުމެއް ނޫން ޝައިނާއާއެކު ވަކިން ވަގުތު ހޭދަކުރާކަށް. އެނގެއެއްނު ޒީ އެ ހުރިހާ ޝޫޒްއަކާ އޭތިމީތި ހެޔޮވަރު ކުރާއިރު އަހަރެން ހުންނާނީ ޝައިނާއާއެކު އެކަނިވެފަކަން.. ޕްލީޒް.. އެގޮތް އަހަރެން ބޭނުމެއް ނޫން” ރާހިލް އާދޭހުގެ ރާގެއްގައި ބުންޏެވެ.
ރިއާން ތަނބުގެ ފުރަގަހުގައިހުރެ ހާސްވެފައި އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އޮފީސް ނިމޭ ވަގުތު ކަމުން ލިފްޓުން ނުކުމެގެން އަންނަ ގިނަ މުވައްޒަފުންގެ ނަޒަރުވެސް އޭނާއަށް ހުއްޓެމުން ދިޔައެވެ. އޭނާގެ އަމިއްލަ އޮފީހެއްގައި އަމިއްލަ އިމާރާތެއްގައި އޭނާ މި ފިލަނީ ކާކަށްބާއޭ އެމީހުންގެ ހިތުގައި ވާނެކަން ގައިމެވެ. ރިއާން ފުންނޭވާއެއް ދޫކޮށްލިއެވެ.
“ހަނދާން ކުރާތި މީ އަހަރެން ރާހިލްއަށް ކޮށްދޭ އެންމެ ފަހު ކަންތައްކަން.” ރިއާން ފޯނު ކަނޑައިލުމަށްފަހު ތަނބުގެ ނިވަލުން ނުކުތެވެ. އަދި ލަސް ފިޔަވަޅުތަކެއްގައި ރާހިލްހުރި ދިމާލަށް ހިނގައިގަތެވެ.
“ހިނގާ މިކަންވެސް އަވަހަށް ނިމޭތޯ ބަލަމާ” ރިއާންއައިސް ރާހިލް ގާތަށް ހުއްޓިލަމުން ބުންޏެވެ.
“ދެން އެހާ ބޮޑު ކަމަކަށް ނަހަދަބަލަ” ރާހިލް ރިއާންއާއެކު ޒީވާމެން ތިބި ދިމާލަށް ދިޔައެވެ.
“ތީ އޭ މައްސަލައަކީ ރާހިލް.. އެންމެ ފަހަރަކުވެސް ރާހިލް ބޮޑު ކަމެއްގަ ކިޔާބަލަ. އަބަދުވެސް މިކަހަލަ ކޫސަނި ކަންކަމުގަ ކިޔާތީއޭ މައްސަލައަކީ.. އަހަރެންނަކަށް ނޭނގޭ މިކަހަލަ ކޫސަނި ކަންކަމުގެ ތެރެއަށް އަހަރެން ވައްދަން ރާހިލް ވިސްނަނީ ކޮން ސިކުނޑިއަކުން ކަމެއްވެސް.. ވާރޭ ވެހޭތީ ޒީ ބަލާ ގޮސްދީ.. ޒީގެ ވެޑިންގް ޝޫޒް ފިޓްކުރަން ގޮސްދީ.. ވަޓްސް ނެކްސްޓް؟ ޓު ފިޓް ހަރ ވެޑިންގް ޑްރެސް؟” ރިއާން ހިތްހަމަނުޖެހިފައިހުރެ ދަތްކުނޑި ވިކައިލަމުން ރާހިލްއަށް އެކަނި އިވޭ ވަރަށް ބުނެލިއެވެ.
“ކޮބާތަ މައްސަަލައަކީ؟ ޒީއާ އަނެއްކާ ޒާތީ މައްސަލައެއް އޮތީ؟ ޒީގެ ކަންކަމުގަ ރިއާން މިހާރު ހާދަ އަނގަގަދަ ވެއްޖެޔޭ ދޯ” ރާހިލްގެ ގާތަށް ރިއާންގެ ވާހަކައިން ހިނިއައެވެ. އޭރު އެމީހުން ޒީވާމެންތިބި ހިސާބާ އަރައި ހަމަވެއްޖެއެވެ.
“ލެޓްސް ގޯ ގަރލްސް. ރިއާންގެ ކާރުގަ ދާނީ.. އަހަރެން އައީ ޒީ ގޮވައިގެން ސައިކުގަ އެހެންވެ. ކާރު ނެރެގެން އަންނަން ވާއިރަށް ނުކުމޭ” ރިއާންގާތު އަހައިލުމެއްވެސް ނެތި ރާހިލް އޭނާގެ ނިންމުން ނިންމައިލިއެވެ. ރިއާންއަށް ބުނާނެ އެއްޗެއް ނޭނގިގެން ދެފަރާތަށް ބޯ ހޫރައިލެވުނެވެ.
ކާރު ނަގައިގެން އައިސް އާރް.އެލްގެ ކުރިމައްޗަށް ހުއްޓައިލުމާއެކު ޝައިނާއާއި ޒީވާ ކާރަށް އެރިއެވެ. އެވަގުތު ލެވެންޑާގެ ލުއިލުއި މީރުވަހުން ކާރުގެ ތެރޭގައި ހުވަނދުލެވިގެން ދިޔައެވެ. އެ ހިތްގައިމު ވަސް ހިނދުރީގައި ޖެހުމާއެކު ރިއާންއަށް ބޭއިހްތިޔާރުގައި އެތެރެއަށް ނޭވާއެއް ދަމައިލެވުނެވެ. ޒީވާއަކީ އެންމެ ކުރީއްސުރެވެސް ލެވެންޑާގެ ވަހަށް ލޯބިކުރާ ކުއްޖެއްކަން އެނގިފައިވުމާއެކު އެއީ ޒީވާގެ ވަސްކަން އޭނާއަށް ބުނެދޭކަށް އިތުރު މީހަކަށް ނުޖެހުނެވެ. ސުވާލަކީ އޭނާއަށް އެވަސް އެހާ ކަމުދާން ފެށީ ކޮން އިރަކު ހެއްޔެވެ؟
ކާރުގެ ފަހަތް ފެންނަގޮތަށް ހަރުކުރެވިފައިވާ ލޯގަނޑަށް ބަލައިލެވުނު ވަގުތު ފެނުނު ޒީވާގެ ސޫރައިގެ ސަބަބުން ރިއާންގެ ކަޅި އެލޯގަނޑާ ވަކިކޮށްލަން އުނދަގޫވިއެވެ. ހުދުކުލައިގެ ކުދި މާތަކެއް ޖަހައިފައިވާ މަޑު ދަނބުކުލައިގެ ވަށްތިރި ހެެދުމުގައި ޒީވާ ފެންނަނީ ވަރަށްވެސް ފުރިހަމަކޮށެވެ. ކަކުލަށްވުރެ ތަންކޮޅެއް ތިރިއަށްހުރި ހެދުމާ ގުޅޭނެހެން ހުރަހަށް އަޅުވައިލެވިފައިވާ ހުދު ދަބަހާއި، ބޮލުގައި އަޅައިފައިވާ ދަނބުކުލައިގެ ބޭންޑުގެ ސަބަބުން އެ ހެދުން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ޒީވާގެ ހެދުންއެޅުމުގެ ވައްޓަފާޅިއަކީ އަބަދުވެސް ރިއާންގެ ސަމާލުކަން ދަމައިގަންނަ ވައްޓަފާޅިއެކެވެ. އެކަހަލަ ކުދި މާމެލާމެލީގެ ފަރުމާއިން ޖަރީކުރެވިފައިވާ ވަށްތިރި ހެދުންތައް ޒީވާ އަބަދުވެސް ލައިއުޅޭކަން ރިއާންއަށް ފާހަގަ ކުރެވެއެވެ. އެގޮތަށް ހެދުން އަޅައިފައި ހުންނައިރު ޒީވާއަކީވެސް އެ މާމެލާމެލީގެ ގުލްޒާރެއްގައި އިންނަ މަލެއް ފަދައެވެ. ރިއާން އަދިވެސް އެއްފަހަރު ކާރުގެ ތެރޭގައި ހިފައިފައިވާ ލެވެންޑާ ވަސްބަލައިލުމަށް ފުންނޭވާއެއް ދަމައިލަމުން ކާރު ދުއްވައިލިއެވެ.
ޝައިނާ އެދުނު ފިހާރައިގެ ކައިރީގައި ކާރު ޕާކުކޮށްލުމަށްފަހު ހަތަރު މީހުން އެކުގައި ކާރުން ފޭބިއެވެ. ކައިވެންޏަށް ތައްޔާރުވަމުންދާ ދެތިން ޖޯޑެއް ފިޔަވައި އިތުރު ބަޔަކު އެ ފިހާރައަކު ނެތެވެ. އެހެންކަމުން ފިހާރައިގެ ތެރެއަށް ރަނގަޅެއް ފިޔަވަޅެއްވެސް ނޭޅެނީސް އެތަނުގައި ހިދުމަތްދޭ މުވައްޒަފަކު އައިސް ޒީވާމެންގާތު މަޑުކޮށްލިއެވެ. ޒީވާއާއި ޝައިނާ އެތަނުގައި ހުރި ސޯފާސެޓުން ގޮނޑިއެއްގައި ބޭތިއްބުމަށްފަހު އެތަނުގައި ވިއްކާ ބޫޓުތަކުގެ ކުރެހުމާއި ފޮޓޯތައް އެކުލެވޭ ކާޑް ބޯޑު ތަކެއް އެކުއްޖާ ގެނެސްދިނެވެ. ރާހިލްގޮސް އެމީހުންނާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެލުމާއެކު ރިއާންވެސް ކަރުގައި އޮތް ޓައި ނަގައި ފަޓުލޫނުގެ ޖީބަށް ލުމަށްފަހު ރާހިލްގާތު އިށީނެވެ.
“ވާއު ޒީ.. ބަލާބަ ރީތިކަން” ރާހިލް ދައްކައިލި ބޯޑުގައި އިން ހަތް އިންޗީގެ އުސް ކަށްޓެއް ލައިފައިވާ ފައިވާނަށް ބަލައިލަމުން ޝައިނާއާއި ޒީވާ އެކުގައި ލޯ އަޅައިލިއެވެ.
“އާރ ޔޫ ސްޓުޕިޑް. ތިއަށް އަރައިގެން ފިޔަވަޅެއްވެސް ނޭޅެންދެން އެމީހަކު އޮންނާނީ ވެއްޓިފަ” ރިއާން ހިތްހަމަ ނުޖެހިފައި ބުންޏެވެ.
“ޗިލް ބްރޯ.. ހާދާ ސީރިއަސް ތިވީ.. އަހަރެން މަޖާ ކޮށްލީއޭ.. ކޮންކަމަކާތަ މާ ހާޑުވެފަ ތި ހުންނަނީ؟” ރާހިލް ބުންޏެވެ. ރިއާންއަށްވެސް އެކަމާމެދު ވިސްނައިލެވުނެވެ. ރާހިލް ބުނި ފަދައިން އޭނާ އެހާ އެ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ އޭނާއަކީ މިކަހަލަ ކަންކަމަށް ބަސްކިޔާ ޒާތުގެ މީހެއްވެސް ނޫން ވިއްޔާއެވެ.
“ބަލާބަ ޒީ.. ރީތި ދޯ.. ކުދިކުދި ކޮކާތަކެއްވެސް އެބަހުރި ހީލްގެ ފަހަތުގަ. މިއީ ހަމަ ވަރަށް ޒީ ޓައިޕްގެ ފައިވާނެއް” ޝައިނާ އެތަނުން ފޮޓޮއެއް ދައްކައިލަމުން ބުނެލިއެވެ.
“ނޫން.. ތި މާ އުސް. ބަލާބަ. އަހަރެންނަކަށް ނޭރޭނެ އެހާ އުސް އެއްޗަކަށް މީތި އޯކޭ އެއްނު” ޒީވާ އެތަނުން ތިން އިންޗީގެ އުސްމިންހުރި ފައިވާނެއް ދައްކައިލުމަށްފަހު ބުންޏެވެ.
“އޯމައިގޯޑް ޒީ.. ދިސް އިޒް ޕަރފެކްޓް” ޝައިނާއަށްވެސް އެ ފައިވާން ކަމުދިޔައެވެ.
“މަޑުކޮށްބަ.. ފުރަތަމަ ގްރޫމްގެ ހައިޓް ބަލާލީމައެއްނު ހީލްއެއް ޗޫޒްކުރަން އެނގޭނީ” ރާހިލް ބުނެލިއެވެ.
“ސާބަސް.. އޭނަ ތި ބުނާހާ ކުރެއް ނޫނޭ..” ޝައިނާއަށް ބުނެވުނެވެ.
“މަޑުކޮށްބަ!! ޝައިއަށް އެމީހަކު އެނގޭތަ؟” ޒީވާ އަހައިލިއެވެ.
“ޔެސް.. މިބުނީ.. ނޯ އަހަރެން.. އަހަރެންނަށް މެޝަރމެންޓް އެނގުނީ ވެޑިންގް ސޫޓްގެ ކަންތަކާ ވާފިޔާ ދައްތައާއެކު ދިޔަ ދުވަހު” ޝައިނާ ވާހަކައެއް ހަދައިލިއެވެ. އޭނާއަށް ދެއްކުނު ވާހަކައިގެ ސަބަބުން ޒީވާއަށް ޝައްކެއް ވާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“އޯހް އޯކޭ” ޒީވާ ބުނެލިއެވެ. އެވަގުތު ރިއާންގެ ފަރާތުން އިވިގެންދިޔަ މަލާމާތުގެ ހިނިގަނޑާއެކު އަނެއްކާވެސް އެންމެންގެ ލޯތައް އެދިމާލަށް ހުއްޓުނެވެ.
“ދިސް؟ ދިސް ހޭޒް ޓު ބީ ދަ ބިގަސްޓް ޖޯކް އައި ހޭވް ހަރޑް އިން މައި ލައިފް. ޒީވާއަށް ކުޑަމިނުން ކާކުކަންވެސް ނޭނގޭ މީހަކާ ކައިވެނި ކުރުވަން ތިއުޅެނީ.. ނުވިތާކަށް ޒީވާވެސް އެނގޭކަށް ބޭނުމެއްވެސް ނުވޭ.. މާނައަކީ ޒީވާގެ އެއްވެސް ޝައުގެއް މިކަމަށް ނެތޭނު؟ ވަޓް އިން ދަ މެޑްހައުސް އިޒް ދިސް” ރިއާން އަދިވެސް ހަމަ އެރާގުގައި ހެމުން ގެންދިޔައެވެ.
“ޝަޓަޕް ރިއާން. މިހާރު ދެން ތި މޮޔަވާހަކަ ނުދައްކާ” ރާހިލް ބުންޏެވެ.
“އަހަ.. އަދިވެސް އަހަރެންތަ މޮޔައީ؟ ޒީވާ ނުވެސް ދަންނަ މީހަކާ ގަދަކަމުން ކައިވެނި ކުރުވަން އުޅޭއިރު-”
“އަހަރެންނަށް ބުނެވުނެެއްނު މިކަމުގެ ތެރެއަށް ނުވަންނާށޭ؟ މިކަމުގަ އަހަރެންނަކަށް އެއްވެސް މަޖުބޫރެއް ނެތް” ޒީވާ ރިއާންއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ރިއާން މަޑުމަޑުން ބޯ ޖަހައިލުމަށްފަހު މޫނުމަތީގައިވި މަލާމާތުގެ އަސަރު ފިލުވައިލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. އަދި އިތުރަށް ހަމަ ޖެހޭގޮތް ދެއްކުމަށް ތުނިކޮށް ފަޅަން ފަށައިފައިވާ ތުނބުޅީގައި އަތް އުނގުޅައިލިއެވެ.
“އަދިވެސް އެހެން ފައިވާންތައް ބަލައިލަމާ” ޝައިނާ އެތަނަށް ވެރިވެގެންފިޔަ ނުތަނަވަސްކަން ފިލުވައިލަމުން ބުންޏެވެ. އޭނާ އިޝާރާތް ކޮށްލުމާއެކު ކުރިން އެމީހުންގެ ހިދުމަތްދޭން އުޅުނު ކުއްޖާއައިސް އެމީހުންގެ ގާތުގައި އިށީނދެލިއެވެ.
ޝައިނާއާ ޒީވާއަށް އެންމެ ކަމުދާ ފަސްވަރަކަށް ފައިވާނުގެ ސާމްޕަލް އެކުއްޖާ ގެނެސްދިނެވެ. އެންމެފަހުން އެތައް ގޮތަކަށް ވިސްނުމަށްފަހު ޒީވާ އެންމެ ބޭނުންވި ތިން އިންޗީގެ އުސް ފައިވާން ހިޔާރުކުރިއެވެ.
“އައިމް ސޮރީ މޭމް.. މީގެ ސައިޒް ތަރޓީ ސިކްސް މިވަގުތަކު ނެތް” އެތަނުގައިހުރި ކުއްޖާ ޒީވާގެ ފަޔަށް ބަލައިލަމުން ބުނެލިއެވެ.
“ކައިރި ސައިޒެއްވެސް ނެތްތަ؟ ތަރޓީ ސެވެން؟ ތަރޓީ އެއިޓް؟” ޒިވާ ކެތްމަދުވެފައި އަހައިލިއެވެ. ހަގީގަތުގައިވެސް އޭނާއަށް އެ ފައިވާން ވަރަށް ކަމުދިޔައެވެ.
“މިވަގުތު ހުރީ ހަމައެކަނި ފޯރޓީ.. އެ މާ ބޮޑުވާނެހެން ހީވަނީ” އެކުއްޖާ އަދަބުވެރިކަމާއެކު ބުންޏެވެ. އެއާއެކު ޒީވާ ދެރަވެލާފައި ތުންކޮޅު ދަމައިލަމުން ޝައިނާއަށް ބަލައިލިއެވެ. ޒީވާގެ އެ މޫނުފެނި ޝައިނާއަށް ކޮންމެވެސް ގޮތެއް ހޯދަން މަޖުބޫރުވިއެވެ.
“މިކޮޅުން ޝޫޒް ކަސްޓަމް-މޭކް ކޮށްދެއެއްނު. މީ ކަސްޓަމައިޒް ކޮށްދޭ ޑިޒައިންއެއް ނޫންތަ؟” ޝައިނާ ބުންޏެވެ.
“ނޫނޭ. މި ޝޫޒް ވެސް ހަދާދޭނެ… އެކަމަކު މަދުވެގެން 30 ދުވަސް ކުރިން މިކޮޅަށް އޯޑަރ ދޭން ޖެހޭނެ” އެކުއްޖާ ކަން އޮތްގޮތް އޮޅުން ފިލުވައިދިނެވެ.
“އަޅެ ޒީ.. ދެން ކިހިނެއް ހަދާނީ؟ އެންމެ ނަވާރަ ދުވަހެއްނު ބާކީ އޮތީ.. އެހެން ޑިޒައިންއެއް ނަގަންވީނު.” ޝައިނާ ބުންޏެވެ.
“އަހަރެން އެހެންވެގެނޭ ބުނީ އޭރުވެސް އަހަރެން ގެންނާނެ ކަމެއް ނެތޭ އަހަރެން ބޭނުންވާ ގޮތަށް އެއްވެސް ކަމެއް ނުވާނެ” ޒީވާ މާޔޫސްވެފައި އިސް ޖަހައިލިއެވެ.
“އަޅެ މި ބޫޓެއް ނުވިއްކާނެތަ؟” ޝައިނާ އަހައިލިއެވެ.
“ސޮރީ. ސާމްޕަލް ޝޫޒް ވިއްކުމަކީ މިކޮޅުގެ އުސޫލާ ހިލާފުކަމެއް” އެޖަވާބު އިވުމާއެކު ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކައިރީގައި ތިބި ރިއާންއާ ރާހިލްއަށް ބަލައިލިއެވެ. ރާހިލް ދެކޮނޑު އަރުވައިލަމުން އޭނާއަށް ކުރެވޭނެ ކަމެއްނެތޭ ބުނެލިއެވެ. ދެން ޝައިނާ ބަލައިލީ ރިއާން އަށެވެ. އޭރު ރިއާންގެ ނަޒަރުވަނީ ފޯނަށްގޮސް ހުސްވެފައެވެ. ރިއާންގެ ސަމާލުކަން ހޯދުމަށްޓަކައި ޝައިނާ ދެފަހަރަކު ގޮވައިލިއެވެ. އެކަން ނުވުމުން އެންމެފަހުން ރާހިލް ރިއާންގެ އަތުން ފޯނު ޖަހައިގަތެވެ.
“ވަޓް ދަ-”
“އަޑު އަހާބަލަ” ރާހިލް ލޮލުގެ އިޝާރާތުން ޝައިނާ ދައްކައިލިއެވެ.
“ރިއާން.. ރިއާން ވާހަކަ ދައްކާލަންވީނު މިކޮޅުން ޝޫޒްއަށް އޯރޑަރ އެއް ޕްލޭސްކޮށްދޭން. އަހަރެންނަށް ޔަގީން ރިއާން ބުނެފިއްޔާ-”
“ނޯޕް” ޝައިނާގެ ވާހަކަ ނުނިމެންދެން ރިއާން ބުންޏެވެ. ރިއާންގެ އެޖަވާބާމެދު ޝައިނާ ހިތްހަމަ ނުޖެހުނެވެ. ރިއާން އެދިއްޖެނަމަ އެކަމެއް ނުކޮށްދޭނެ ވިޔަފާރިއެއް ރާއްޖޭގައި ނޯންނާނެކަން އޭނާއަށް އެނގެއެވެ.
“ރިއާން ޕްލީޒް. ބަލާބަ ޒީއަށް. ޒީ އެހުރީ މި ކައިވެނީގެ ކަންތައްތަކާ މިހާރުވެސް ވަރަށް ދެރަވެފަ.. ކުޑަމިނުން ޒީއަށް މިކަން ކޮށްލަދީ ޕްލީޒް. ރިއާން ކޮށްލާ އެންމެ ކޯލްއަކުން ހަމަ މިކަން ވެދާނެ” ޝައިނާ ބުންޏެވެ.
“ލުކް. އައި ހޭވް އަ ސްޓޭޓަސް! އަ ޕްރައިޑް! އެންޑް އައި ވިލް ނޮޓް ލޫޒް އިޓް ބައި ކޯލިންގް އަ ޝޮޕް އޯނަރ އޯވަރ ސަމް ޕެޓީ ޝޫޒް. އެހެންނޫނަސް.. ޒީވާ ވަރަށް ސާފުކޮށް ބުނެފި މި ކައިވެންޏާމެދު އޭނަ ހުރީ އުފަލުންނޭ.. އަދި ހިތާމަކުރިޔަސް އިޓްސް ނޮޓް މައި ޖޮބް ޓު ހެލްޕް ސަމް ޑެމްސެލް އިން ޑިސްޓްރެސް އޯވަރ އަ ޝޫ… ޝީ ކޭން ޖަސްޓް ޗޫޒް އަނަދަރ ވަން. ޝީޒް ނޮޓް ފަ**ގް ސިންޑްރެލާ” ރިއާން ބުންޏެވެ. އެއަށްފަހު ރާހިލްގެ އަތުން ފޯނު ޖަހައިގަތެވެ.
“އަހަރެންނަކަށްވެސް ނޭނގެ ވަކި ކީއްވެކަމެއް މިވަރަށް ބޫޓަކާ ތި ހިފަނީ” ރާހިލްވެސް އެކަން މާބޮޑު ކަމަކަށް ނަހަދައި ރިއާންގެ ވާހަކައާ އެއްބަސްވާކަން އަންގައިލަމުން ބޯ ޖަހައިލިއެވެ.
ރާހިލްއާއި ރިއާންގެ ވާހަކައިގެ ރާގުގައި ހުރި ރުންކުރުކަން ފެނި ޝައިނާގެ ގާތަށް ރުޅިއައެވެ. ޒީވާއާމެދު ވާހަކަ ދެއްކި ގޮތާމެދު ހިތްހަމަ ނުޖެހުނެވެ. ދެން އޭނާ ހުއްޓާނީ ކޮންމެހެންވެސް ޒީވާއަށް އެ ބޫޓު ހޯދައިދީފައެވެ.
“އެކްސްކިއުޒް. މިވަގުތު މިކޮޅުގަ އިންޗަރޖް އަށް ހުންނަ ބޭފުޅަކާ ބައްދަލު ކޮށްލެވިދާނެތޯ؟” ޝައިނާ އެދުނެވެ. އެކުއްޖާ ބޯޖަހައިލުމަށްފަހު ޝައިނާ އެދުނު ފަދައިން އެތަނުގެ މެނޭޖަރ ގެނެސްދިނެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައި ކައިރިއަށް އައިސް ހުއްޓިލި ޒުވާނާފެނި ޒީވާ ޝައިނާގެ އަތުގައި ކޮށްޓައިލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



Aaaaahhhhhhhhhh when next part kaaku baaa
❤️❤️❤️
Aneh stry hafthaa adu 2 dhuvahu nugenes dheveyne thw?
Trying my best ekm mivaguthu ehbas vevifa othee hafthaa aku 1 dhuvahu genesdhey gothah
Aneh stry hafthaa adu 2 dhuvahu nugenes dheveyne thw?