Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތައް ލޯބިދޭށޭ – 08 ބައި

Twinklebean Level 110 Stories
November 30, 2025 4 Mins Read
1 Comment

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. މިއަދަކީ ހޮސްޕިޓަލުގައި ވަރައް ބުރަ ދުވަހެކެވެ. ކުއްލި ހާލަތުގެ ދެ ކޭސް ޖެހިޖެހިގެން އައެވެ. އެކަކީ މެދު އުމުރުގެ ފިރިހެނެކެވެ. އޭނާ އައީ މޭގައި ވަރައް ބޮޑައް ރިއްސާތީއެވެ. ދެން އައީ ހިތުގެ އެރިތްމިއާ ޖެހިފައިވާ ފުރާވަރުގެ ކުއްޖެކެވެ. އެލާމްތައް ގުގުމާލުމުން ނަރުހުންތަެއް ކޮރިޑޯއިން ފައިބައިގެން ދިޔައިރު، ވައި ގަދަވެގެން ދިޔައީ އަވަސްކަމުގެ ސަބަބުންނެވެ.

އެލައިރާ އޭނާގެ ޕްރޮފެޝަނަލް މޯޑް އޮން ކޮއްލިއެވެ.

“ސްޓާރޓް ދަ އައިވީ ލައިން.. އެލައިރާ އަމުރު ކޮއްލިއެވެ. “ޕްރެޕް ހިމް ފޯ  އެންޖިއޯގްރާމް.. ފާސްޓް..” އެލައިރާގެ އަޑު ކުޑަކޮއް ބާރުކޮއްލިއެވެ. އަލަށް އިންޓާރންސް ހަދަން  އައި ކުދިން ވެސް އެލައިރާޔައް ބަލަހައްޓައިގެން ތިބީ ބިރުގަނެފަ ތިބި ކަހަލަ ގޮތަކަށެވެ. ބަލިމީހުންގެ މެދުގައި އަވަސް އަވަހަށް ހަރަކާތްތެރިވަމުން ދިޔައިރު، އެލައިރާގެ އަތް ސީދާވެފައި، ޚިޔާލުތައް ތޫނުކޮށް ހުއްޓެވެ.

އެކުއްޖާޔައް ފަރުވާދީ ސްޓޭބަލްކޮށް ނިމުނުތަނާ އޭނާގެ ފޯނު ގުގުމާލިއެވެ.

އެއީ ސަފާނާގެ މެސެޖެކެވެ.

އެލައިރާގެ މޭ ބާރުވިއެވެ. އެ މެސެޖު ކިޔުމުގެ ކުރިންވެސް އޭނައަށް އެ ރާގު އެނގެއެވެ.

ސަފާނާ:
ދޮންދައްތަ ގުޅިީމަ ފޯނު ނުނަގަނީ ކީއްވެ؟ކަލޭ އެންގޭޖް ވެފަ ތިހުރީ. ދެންވެސް ތި ރަނގަޅައް އުޅެން ވެއްޖެއެއްނު… ތިކަހަލަ އެޓިޓިއުޑްއެއްގަ ކައިލް ކަލޭ ޓޮލެރޭޓް ކުރާނެކަމައްތަ ތިހީކުރަނ؟ީ”

ސަފާނާގެ މެސެޖައް ބަލަހައްޓައިގެން އިންދާ އަނެއްކާވެސް މެސެޖެއް އައެވެ.

“މިރޭ ރީތި އެއްޗެއް ހޯދާތި ލާން . ބައްޕަ ބޭނުންވަނީ އަނެއްކާވެސް ކައިލްގެ ބައްޕަޔާ ވާހަކަ ދައްކަން ދާން… ގަޑިޔައް އަންނަން ހަނދާންކުރާތި.”

ފިނި ދުވެލިގަނޑެއް އެލައިރާގެ ބުރަކަށީގެ މައްޗަށް ހިނގައިގަތް ކަހަލައެވެ. މިތަނުގައިވެސް….ގޭގައިވެސް…. ސަފާނާ އޭނާގެ ނޭވާހިއްލާނެ ގޮތްތައް ހޯދިއެވެ. ތުރުތުރު އަޅަމުން ދިޔަ އިނގިލިތަކުން އެލައިރާ ޓައިޕް ކޮއްލިއެވެ.

އެލައިރާ:
އަހަރެން މިގަޑީ ކުޑަކޮއް ބިޒީ.. މިއަދު ވޯރކް ވަރައް ބުރަ…”

ސިކުންތުކޮޅެއް ފަހުން ސަފާނާގެ ޖަވާބެއް އައެވެ.

“ވޯރކްއޭ.؟ އާއިލާޔައްވުރެއް ވެސް ކަލެޔައް ތި މުހިއްމު ދޯ.. އަންހެނުންނަކީ ކައިވެންޏައްފަހު ގޭގަ ތިބެންޖެހޭ ބައެއް.. ގޭތެރޭގެ ކަންތައްތައް ބަލަހައްޓަން ތިބެންޖެހޭ ބައެއް.. ހިތުން މާ މޮޅު ޑޮކްޓަރަކައް ވެވިގެން ދޯ ތިއުޅެނީ… މަށައް ހެޔޮ ކޮންމެ ވޯރކެއް ކުރިޔަސް. ގަޑިޔައް ގެޔައް އަންނާތި ބަހަނާ ނުދައްކާ” ހަރުކަށިގޮތަކައް ސަފާނާ ބުނެލިއެވެ.

އެލައިރާގެ ސިކުނޑީގައި ގުގުމާލި ސަފާނާގެ އަޑެވެ. އޭނަ އެހާ ބުރަކޮށް މަސައްކަތްކޮށްގެން ބިނާކުރި ކޮންމެ ބައެއް ކުޑަކުރަން ސަފާނާ އެހާ މަސައްކަތްކުރެއެވެ.

“އެލައި ؟” ރިމްޝާ ކައިރިވެލީ ކަންބޮޑުވުން ނިތްކުރިޔައް އަރުވައިގެންނެވެ. “ޔޫ އޯކޭ؟”

އަވަސް އަވަހައް ހިނިތުންވުމެއް ދޫކޮއްލީމެވެ. “އައި އޭމް އޯކޭ….. ޖަސްޓް ފެމެލީ ތިންގްސް.”

ރިމްޝާ މަޑުމަޑުން ފުންނޭވާއެއް ދޫކޮށްލިއެވެ. “އަޅާނުލާ… ހިނގަ ދާން ދޯ.. އަދި ހަދަންޖެހޭ ޓެސްޓުތަކެއް އެބަހުރި ކުޑަކުއްޖެއްގެ.”


ބޮޑު ބައްދަލުވުމެއްގައި ކައިލް އިށީނދެގެން އިން ނަމަވެސް އޭނާގެ ސަމާލުކަން ފޯނަށް ޖެހިލިއެވެ. އަނެއްކާ މުހައިމިނާ ބައްދަލުކުރާ ވާހަކަ އޭނާގެ ބައްޕަ މެސެޖު ކޮއްލުމުންނެވެ. އޭނާ ޖަވާބެއް ނުދެއެވެ. ވިޔަފާރީގެ ދުނިޔެއަކީ އޭނާއަށް އެންމެ މުހިއްމު ކަމެވެ. އޭނާ އަބަދުވެސް އެންމެ ސަމާލުކަން ދޭން ބޭނުންވާ އެއްކަން ވެސް މެއެވެ. އެކަމަކު އެލައިރާއާ އެކު އެންގޭޖް ވުމުން އޭނާގެ ހަޔާތަށް ކުރިން ލަފާ ނުކުރެވޭ ކަމެއް ތައާރަފް ކުރެވުނެވެ.

އެލައިރާގެ ކިބައިގައި ކައިލްގެ ހިތް ތަޅުވާ ގޮތެއްހުރެއެވެ. އެ މައުސޫމު ބަލާލުމާއި، އެ މަޑެމައިތިރިކަމާއި.، އެ އަޑުގައިވާ ހަމަހިމޭންކަމުން ވެސް ކައިލްގެ ހިތް ވިރިގެންދާ ކަހަލަ އިހުސާސެއްކުރެވެއެވެ. ނަމަވެސް ކައިލް މިކަން ގަބޫލުކުރާކައް ބޭނުމެއްނުވެއެވެ. އަންހެނެއްެ ދެކެ ދެވަނަ ފަހަރައް ލޯބިވާކައް ކައިލް ބޭނުމެއްނުވެއެވެ. އެކަމުގެ ސަބަބުން އަނެއްކާވެސް ކުރިން ވެއްޓުނު ހާލައް ވެއްޓޭކައް އޭނާ ބޭނުމެއްނުވެއެވެ.

އޭގެ އިރުކޮޅެއްފަހެވެ. ތާޒާ ވައި ހޯދުމަށް ބެލްކަންޏައް ނުކުތްއިރު، އޭނާގެ ފޯނު އަނެއްކާވެސް ގުގުމާލިއެވެ. މިފަހަރު އެއީ  އޭނާގެ ކުންފުނީގެ ޕާޓްނަރޝިޕް މެޑިކަލް ޕްރޮގްރާމްގެ ހޮސްޕިޓަލް ރިޕޯޓެކެވެ. ތިރީގައި ލިޔެފައިވާ ނޯޓެއްގައި ލިޔެފައި އޮތީ:

ޕްރައިމަރީ ކާޑިއޮލޮޖިސްޓް އިންޗާޖް: ޑރ. އައިޝަތް އެލައިރާ މުހައިމީން..

ކައިލް އެނަމަށް ބަލަހައްޓައިގެން ގިނައިރުތަކެއް ވަންދެން ހުރިއިރު އޭނާގެ ހިތައް އެރިއެވެ.

އެލައިރާއަކީ ހަމައެކަނި މި ކައިވެނި ކުރަން މަޖުބޫރުވެފައިވާ އާދައިގެ ކުއްޖެއް ނޫނެކެވެ.
އެއީ ޒިންމާތަކެއް ހުރި، ބުއްދިވެރި، ހުނަރު ހުރި… ކައިލް ދުވަހަކުވެސް ވިސްނާފައި ނުވާ ބަރުދަނެއް އުފުލަމުން އަންނަ ކުއްޖެކެވެ.

“އެލައިރާޔާ ބެހޭގޮތުން އަހަންނަށް ނުވިސްނެނީ އިތުރު ކޮން ކަމެއްތަ؟” އޭނާގެ ހިތަށް އެރިއެވެ.


ކާޑިއޮލޮޖީ ޑިޕާޓްމަންޓްގެ ޕާޓްނަޝިޕް ޓީމާއެކު ބާއްވާ ބައްދަލުވުމަކަށް ކައިލް އޭޑީކޭ ހޮސްޕިޓަލަށް އައީ ހަވީރުގެ ވަގުތެއްގައެވެ. އެލައިރާ ފެންނާނެކަމަކައް ކައިލް އުއްމީދެއް ނުކުރެއެވެ. އެކަމަކު އެލައިރާ އެތާންގައި ހުއްޓެވެ. އެލައިރާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ނަމަވެސް އޭނާގެ އެ ރީތިކަމަކައް ކުޑަވެސް ބަދަލެއް ނާދެއެވެ. އެ ފަން އިސްތަިގަނޑާއި ، އެ ރީތިި ދެލޮލާއި، އެ މަޑުމައިތިރިކަން ފެންނަ ކޮންމެ ފަހަރަކު ކައިލްގެ ހިތް ތެޅެއެވެ. އެލައިރާގެ ހަރަކާތްތައް ބަލަން ކައިލް ކުޑައިރުކޮޅަކައް މަޑުކޮއްލިއެވެ. އޭރު އެލައިރާ ކޮންމެވެސް ފައިލްތަކެއް އަތައް ލައިގެން ކައިރީގައި ހުރި ނަރުސް ކުދިންނާ ވާހަކަ ދައްކަނީއެވެ. އެވަގުތު ކައިލްގެ ކައިރިން ހިނގާފައި އައި ނަރުހަކު ހީނލަމުން ބުނެލިއެވެ “ އެއީ ޑޮކްޓަރ އެލައިރާ… ޝީ އިޒް ބްރިލިއަންޓް، ޔޫ ނޯ. ސްޓްރިކްޓް، ބަޓް ބްރިލިއަންޓް.” ކައިލް ޖަވާބެއް ނުދިން ނަމަވެސް މޭގައި ކޮންމެވެސް އެއްޗެއް ތެޅިގަންނަހެން ހީވިއެވެ..

“ތެންކިއު ޑޮކްޓާރ އެލައިރާ ” ހީލަމުން ނަރުސްކުއްޖާ ބުނެލިއެވެ. އެލައިރާ  ބޯޖަހާލަމުން ކޮނޑުގައި އޮތް ދަބަސް ރީތިކޮއްލިއެވެ. އެވަގުމު އެލައިރާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި އޭނާޔާއި ދިމާއައް ބަލަހައްޓައިގެން ހުރި ކައިލްއެވެ. މިވަގުތު ކައިލް ފެންނާނެކަމައް އޭނާ ކުޑަކޮއްވެސް ހިޔެއްނުކުރެއެވެ.

“ކައިލް.. މިތާގަ.. ކީއްކުރަނީ؟ ” މަޑު ފިޔަވަޅުތަކެއްގައި ގޮސް ކައިލްގެ ކައިރީގައި ހުއްޓިލަމުން އެލައިރާ ބުނެލިއެވެ.

“މިތަނަށް މިއައީ ޑިޕާޓްމަންޓް މީޓިންގ އަށް.. މިއަދު ޑިއުޓީގައި އުޅޭނެކަމެއެއް ނޭނގުނު.” އެލައިރާޔާއި ކައިރިޔައް ފިޔަވަޅު އަޅަމުން ކައިލް ބުނެލިއެވެ.

ކަންފަތުގެ ފަހަތައް އިސްތަށިގަނޑު ލަމުން އެލައިރާ ބޯޖަހާލިއެވެ. “ޔެއާރ… ވެރީ ބިޒީ ޑޭ.”

“އައި ހާރޑް… ތީ ވަރައް ބްރޮލިއަންޓް ޑޮކް އެކޭ.” އިސްތަޝިގަނޑުގައި އަތް ކާތާލަމުން ކައިލް ބުނެލިއެވެ.

ކައިލް ތައުރީފް ކޮއްލުމުުން އެލައިރާ ކުޑަކޮއް އުފާވިއެވެ.. “ތެންކްޔޫ…” އަނެއްކާވެސް ވަގުތުކޮޅަކައް އެދެމެދުގައި ހަމަހިމޭންކަން ފެތުރުނެވެ. ނަމަވެސް އެއީ އުނދަގުލެއް ނޫނެވެ… ނުތަނަވަސް ކަމެއް ވެސް ނޫނެވެ….އެއީ އާ އިހުސާސްތަކެކެވެ.. އެމީހުންގެ ވަގުތުކޮޅު މެދުކަނޑާލީ އެލައިރާގެ ފޯނުގެ ތޫނު ރިންގްޓޯނުންނެވެ. އެލައިރާ ބަލާލިއިރު އެއީ ސަފާނާގެ ކޯލެކެވެ.

“ފެމެލީ..؟” ކައިލް މަޑުމަޑުން އަހާލިއެވެ.

އެލައިރާ ބޯ ޖަހާލިއެވެ. އޭނާ އެ ކޯލައް ޖަވާބެއް ނުދީ ކަނޑާލީ ކައިލް ބަލަން ހުއްޓައެވެ.

އިތުރަކައް އެއްވެސް ވާހަކައެއް ކައިލް ނާހައެވެ. ނަމަވެސް އެލައިރާގެ މޫނުގެ ކުލަވަރު ބަދަލުވުގޮތާއި، އޭނާގެ އަޑުގެ ރާގު ބަދަލުވިގޮތާއި، މިހުރިހާ ކަމެއްވެސް ކައިލް އައް ފާހަގަވިއެވެ.

މީޓިންގް ނިންމާލާފައި ކައިލް އަިސް ކާރުގައި އިށީންދެލިއެވެ. އެވަގުތުވެސް ކައިލްއައް ވިސްނުނީ އެލައިރާޔާއި ދޭތެރޭގައެވެ. އެލަރިރާޔަކީ ކައިވެނީގެ އެއްބަސްވުމެއްގައި ލިޔެފައިވާ ނަމަކަށްވުރެ މާ އަގުހުތި ކުއްޖެކެވެ…އެލައިރާޔަކީ ބާރެކެވެ. ހިތްވަރުގަދަ ކަމުގެ މިސާލެކެވެ.


ގެޔައް ދެވުމާއެކު އަހަރެން އަވަހައް ފެންވަރާ ތާޒާވެލީމެވެ . ކިތެންމެ ވަރުބަލި ވެފައި ހުއްޓަސް މިރޭ އެ ބައްދަލުވުމައް ނުގޮސް ވާކައް ނެތެވެ . ފުންނޭވާއެއް ދޫކޮށްލަމުން އަހަރެން އަލަމާރިން ނެގީ ރަތްކުލައިގެ ކަކުލާ ހިސާބައް އަރާ ހެދުމެކެވެ.. ހެދުން ލުމައްފަހު އިސްތަށިގަނޑުގައި ފުނާއަޅައި ކުޑަކޮއް މޭކަޕް ކޮއްލީމެވެ. އަދި ލޯގަނޑުން އަމިއްލަ ނަފްސައް ބަލާލީމެވެ .. އަހަރެންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ނަމަވެސް އަހަންނައް އިތުރު ގޮތެއް ވެސް ނެތެވެ.

ރަތްކުލައިގެ ހީލްސްއެއް ހިފައިގެން އަހަރެން އައިސް އެނދުގެ އެއްފަޅިއަކު އިށީންދެލީމެވެ. އެވަގުތުކޮޅު ވެސް އަހަރެންގެ ހީޔާލައް އައީ މިއަދު ހޮއްޕިޓަލުން ކައިލް ފެނުނު އިރު ، އަހަންނާ ދިމާލައް ބަލަހައްޓައިގެން ހުރި ގޮތެވެ. މި ފަހަކައް އައިސް ކައިލް އަހަންނާއި ދިމާއައް ބަލާގޮތުން އަހަރެންގެ ހިތް ފިނިވެގެންދެއެވެ. އެ ބަލާލުމުން ކުރިން ބިރުގަތަސް މިހާރު ލިބެނީ ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެކެވެ.

އެންގޭޖްމަންޓަށްފަހު އަހަންނައް މުޅިން އެކަނިވެރިކަން އިހުސާސް ނުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.. އެއީ ލޯތްބެއް ނޫނެވެ.. އެއީ އަރާމެއް ވެސް  ނޫނެވެ.. އެކަމަކު އެއީ ކުޑަކުޑަ ކަމެއްގެ ފެށުމެވެ.. ދުވަހަކުވެސް އެހާ އުސްކޮށް ހަދަން އަހަރެން ގަސްތު ނުކުރާ ފާރުތަކުގައި ހުރި ކުޑަކުޑަ ރެނދެކެވެ. “ކީއްވެ އަހަންނައް މިހެން މި ފީލް ވަނީ.. ކައިލްއާ ދޭތެރޭ މިހާވަރަކައް މި ވިސްނެނީ… ކީއްވެ….” އަހަންނައް ހިތާ ހިތުން ބުނެލެވުނެވެ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Twinklebean

Level 110 Stories

Other Articles

Previous

ހިނދުކޮޅެއް

Next

ހިތް އެދޭހާ ކަމެއް.. (8 ވަނަބައި)

Next
November 30, 2025

ހިތް އެދޭހާ ކަމެއް.. (8 ވަނަބައި)

Previews
November 30, 2025

ހިނދުކޮޅެއް

One Comment

  1. Sena says:
    December 5, 2025 at 5:11 pm

    Mivaahakaige 9 vana baikobaa

Comments are closed.

Next Episodeމިހިތައް ލޯބިދޭށޭ – 08 ބައި←


All Right Reserved!