Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތަށް ލޯބިދޭށޭ – 15 ބައި

Twinklebean Level 110 Stories
January 30, 2026 4 Mins Read
1 Comment

ކާރު ގޮސް ގޭގެ ކުރިމައްޗައް ހުއްޓިއްޖެއެވެ. އޭރު ކައިލް ވަރައް ހިމޭންކަމާއެކު ކާރުގެ ސްޓިއަރިންގައި ހިފަހައްޓައިގެން އިނެވެ. އަހަރެންގެ ނަޒަރު ހުރީ މަގުމައްޗަށެވެ. ކައިލްއާއިދިމާއަށް އެއްފަހަރު ވެސް ބަލާލާކައް އަހަންނަކައް ނުކެރުނެވެ. ކައިލްވެސް އިނީ އެފަދަ ހާލެއްގަކަން އަހަންނައް އޭނާގެ މޫނުމަތިން އެނގެއެވެ.

އިރުކޮޅަކު ހަމަހިމޭންކަން އޮތުމައްފަހު މިފަހަރުވެސް އިސްވެ ފުރަތަމަ ވާހަކަ ދެއްކީ ކައިލްއެވެ.

“އެލައީ.. މިރޭ އެހާ ބޮޑަށް ނުވިސްނައްޗޭ…” މަޑުމަޑުން ކައިލް ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. އެއައްފަހު ކާރުން ފައިބަން ދޮރުގައި ހިފާލީމެވެ. ނަމަވެސް އަހަންނައް ހުއްޓެވުނީ ކައިލް އަހަރެން އަތުގައި ހިފާލުމުންނެވެ. އެވަގުތު މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. އޭރު ކައިލްގެ ނަޒަރު ހުއްޓިފައިވަނީ ހަމަ ސީދާ އަހަރެންގެ ދެލޮލަށެވެ. އަހަންނައްވެސް ހުރެވުނީ ކައިލްއާއި ދިމާއައް ބަލަހައްޓައިގެނެނެވެ.

“ބަލަިގެން އުޅެއްޗޭ….” ކައިލްގެ އަނގައިން ނުކުތް އެ ބަސްތަކުގައި ވަނީ ހަމްދަރުދީ ރާގެކެވެ. ގަދަކަމުން ނަމަވެސް އަހަރެން ހީލީމެވެ. އަދި އަވަސްއަވަހައް ކާރުން ފޭބީމެވެ. ފަސްއެނބުރި ފަހަތައް ނުބަލައި ދުވެފައި ގޮސް ގެޔައް ވަނީމެވެ. އޭރު ސިޓިންރޫމްގައި މިޝީ އިންތަން ފެނުނެވެ. މިޝީގެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓުނެވެ. އަދި އެވަގުތު މިޝީގެ މޫނުގެ ކުލަވަރުވެސް ބަދަލުވިއެވެ.

“އެލައި ސިސް…؟”

ހިނިތުންވެލަން އަހަރެން ވަރަށް މަސަތްކައް ކުރި ނަމަވެސް އަހަންނަކައް އެކަމެއް ކާމިޔާބެއް ނުވިއެވެ. އަމިއްލަ ނަފްސު ހުއްޓުވުމުގެ ކުރިން ކަރުނަތައް އަހަރެންގެ ލޮލުގެ ފެނުން ފޮރުވިގެން ދިޔައެވެ. އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތް ނަމަވެސް އެހާ ދުރަކަށް ނުދެވުނެވެ. ފަހަތުން ކުދިކުދި އަތްތިލަ އަހަރެންގެ ގައިގައި އޮޅާލިއެވެ.

“ދޮންތީ… ކިހިނެތްވީ..؟” މާޔޫސްކަމާއެކު މިޝީ ބުނެލިއެވެ. އަހަރެން ފަހަތައް އެނބުރި މިޝީ ގެނައިސް އަހަރެންގެ މޭގައި ޖައްސާލައި ވަރަށް ބާރަށް ބައްދާލީމެވެ.”ކީއްވެ ދޮންތިޔާ ތިހާ ދުރުގަ ތިއުޅެނީ… މިސް އެއްވެސް ނުވޭތަ..؟”މިޝީގެ ނިތައް ބޮސްދެމުން އަހަރެން ބުނެލީމެވެ. “ކީއްވެ ދޮންތި ކައިރިޔައް ނައީ…؟”

ކުޑަައިރުކޮޅަކު ހިމޭނުން ހުރެފައި މިޝީ ވާހަކަ ދައްކަން ފެށިއެވެ.

“މިޝީ ހީކުރީ…. މިޝީއާ ހެދި ދޮންތިއައް ސްޓްރެސް ވާނެހެން… އަބަދު އަންނަންޏާ…” އިސްދަށައްޖަހައިގެން ހުރެގެން މިޝީ ބުނެލިއެވެ. އަހަރެންގެ ހިތް ތެޅިގަތެވެ. “ކާކު ތިހެން ބުނީ؟” އަހަންނަށް އަހާލެވުނެވެ. މިޝީ ހުރީ ވަރަށް މަޑުންނެވެ. “މަންމި…” އަހަންނައް ދެލޯ މަރާލެވުނެވެ. އަހަންނައް ހަމަ ހީކުރެވުނީ ރަނގަޅައްތާއެވެ. މިޝީ އަހަރެންގެ ކައިރިޔަށް އަޔަނުދީ ހިފަހައްޓައިގެން އުޅެނީ ހަމަ ސަފާނާއެވެ.

“ކޮއްކީ” އަހަންނާ ވާފަރާތައް މިޝީގެ މޫނު އަނބުރާލަމުން އަހަރެން ވާހަކަދެއްކީމެވެ. “ކޮއްކި ދުވަހަކުވެސް ދޮންތިޔަކަށް ބުރައަކަށް ނުވާނެ.. އޯކޭ..؟ ޔޫ ވިލް ނެވާރ ބީ އަ ޕްރޮބްލަމް ޓު މީ… ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް.. ރިމެމްބާރ ދެޓް..؟”

އެވަގުތު މިޝީވެސް ރޮމުން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެންވެސް މިޝީގެ ގައިގައި ވަރަށް ބާރައް ބައްދާލީމެވެ. ” އަދި ދޮންތި އެބޮތް ވާހަކައެއް ބުނަންވެފަ.. އެކަމް ޖެހޭނެ ވަރަށް ސްޓްރޯންގް ކުއްޖަކަށް ވާން.. އޭރުން ބުނެވޭނީ..” މިޝީގެ ކަރުނަތައް ފޮހެދެމުން އަހަރެން ބުނެލީމެވެ.

“ކޮއްކި ވަރަށް ސްޓްރޯންގް ވާނަން..” އަހަރެންގެ ކޮލުގައި ހިފާލަމުން މިޝީ ބުނެލިއެވެ.

“ދޮންތި އިޒް ގެޓިންގް މެރީޑް…. ޑޭ އާފްޓާރ ޓުމޯރޯ.” އެ ބަސްތައް އަހަންނައް ވެސް ބުނެވުނީ ވަރަށް އުނދަގުލުންނެވެ. “މެރީ ކޮއްގެން ދޮންތި އުޅޭނީ ކައިލް ބޭބެމެންގެ ގޭގަ…”

“އެހާ އަވަހަށް؟” މިޝީ އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ. އެވަގުތު މިޝީއައް ރޯންފެށުނެވެ. އަދި އަހަރެންގެ ގައިގައި ބައްދާލިއެވެ “ދޮންތި އަންނާނަމޭ ވަރަށް ގިނައިން… ކޮއްކި ކައިރިޔައް… ” ކަރުނަތައް ހިފަހައްޓާލަމުން އަހަރެން ބުނީ މިޝީގެ ކުރިމަތީގައި ރޯން ހަދައިފިއްޔާ އެކުއްޖާ އިތުރަށް ދެރަވާނެތީއެވެ.

އެރޭ އަހަރެން ފޮއްޓައް އެއްޗިސް އެޅިއިރު މިޝީވެސް އެހީވެދިނެވެ.


ގެއާ ހަމައަށް އާދެވުމުން އަހަންނައް އާދަޔާއި ޙިލާފް ހިމޭންކަމެއް އިހްސާސްކުރެވެން ފެށުނެވެ. އެއީ ބަޔާންކުރެވޭވަރަށް ވުރެއްވެސް ބަރު ހިމޭންކަމެކެވެ. އަހަރެން ސިޑިން މައްޗައް އަރައި ސޮޓިންރޫމްގައި ހުރި ސޯފާގައި އިށީންދެލީމެވެ. އޭރުވެސް މީގެ ކުޑްއިރުކޮޅެއްގެ ކުރިން ވެގެން ދިޔަ ހުރިހާ ކަމެއް އަހަރެންގެ ސިކުޑީގައި ރީޕްލޭ ވަމުން ދިޔައެވެ. އަހަންނައް އަމިއްލަ ޙިޔާލުތަކުން ނިކުމެވުނީ ބައްޕަ އައިސް ކޮނޑުގައި އަތް ބާއްވާލުމުންނެވެ. އަދި އަހަރެންގެ ކައިރީގައި އިށީންދެލީ ކޮންމެވެސް ވާހަކައެއް ބުނަންކަން ބައްޕަގެ މޫނުމަތީން އަހަންނައް އެނގުނެވެ.

“ކައިލް” ބައްޕަ މަޑުމައިތިރިކަމާއެކު ބުނެލިއެވެ، ​​“ބައްޕައައް އެނގޭ ދަރިފުޅު އެލައިރާޔަކައް ދެރަގޮތެއް ނުހަދާނެކަން.”އަހަރެން ބައްޕައަށް ބަލާލީމެވެ.

“ކީއްވެ ތިހާ ޔަގީންކަމާއެކު ތިހެން ތިބުނީ؟” އެވަގުތު ބައްޕަ ހީލިއެވެ. ” ބައްޕަޔަކައް ދަރިފުޅެއް ނޯޅޭނެ.. ބައްޕަޔައް ފެނެޔޭ އެލައިރާގެ ނަން އިވުނަސް ކައިލްއައް ތި ވާ ގޮތް..” އަހަރެން އިސްދަށައް ބޯ ޖަހާލީމެވެ. ކުޑައިރުކޮޅަކު އެއްޗެކޭ ނުބުނެ އިނުމައްފަހު ބައްޕަ ވާހަކަދައްކަންފެށިއެވެ.

“މުހައިމީންއަކީ ބައްޕަގެ ވަރަށް ދުވަސްވީ ރައްޓެއްސެއް.. އޭނަޔަކީ ބައްޕަ ދަނީއްސުރެއް މީހުންނައް ވަރަށް ހެޔޮ އެދޭ ރަނގަޅު މީޙެއް.. އެލައިރާޔައްވެސް ނުލާހިކު ލޯބި ދިން ބައްޕައެއް….އެކަމް.. އެއީ ހަގީގައް އެނގުމުގެ ކުރިން ” ބައްޕަގެ ބަސްތަކުން އަހަންނައް އިސްއުފުލައި ބަލައިލެވުނެވެ.

“ތިބުނީ ކޮން ހަގީގަތެއްގެ ވާހަކައެއް..” އެނގެން ބޭނުންވެފައި ހުރިލެއެއް ބޮޑުކަމުން އަހަރެން އަހާލީމެވެ. ބައްޕަ ދޫކޮއްލީ ވަރަށް ވެސް ފުން ނޭވާއެކެވެ.

“މިއީ އަސްލު ސިއްރު ކުރެވިފައިވާ ވާހަކައެއް” މަޑުމަޑުން ބައްޕަ ބުނެލިއެވެ. “މީގެން އެއްވެސް ކަމެއް އެލައިރާޔަކަށް ވެސް ނޭނގޭނެ…”

އަހަރެންގެ ހިތް ތެޅެން ފެށިއެވެ. “ކޮން ވާހައެއްތަ.. އަހަރެން ކައިރީ ބުނެދީފާނަންތަ…”

އަނެއްކާވެސް ބައްޕަ ފުން ނޭވާއެއް ދޫކޮއްލިއެވެ. “އެލައިރާ ކުޑައިރު މުހައިމީން ވަރަށް ލޯބިވާނެ އޭނަދެކެ… އެންޑް އެލައިރާޔަކީ ވަރަށް އަހަރުތަކެއްގެ އުންމީދުތަކަކައްފަހު ލިބުނު ކުއްޖެއް… އެންމެންވެސް ވަރަށް އުފާވި އެލައިރާ ލިބުނުފަހުން… އެކަމް… އޭނގެ އަހަރުތަކެއްފަހުން.. މުހައިމީން އައް ވަރަށް ބޮޑު ކަމެއް އެނގުނީ..” ބައްޕަގެ އަޑުގައިވި ސީރިއަސްކަން އިހުސާސްވުމުން އަހަރެން ކުޑަކޮއް ބިރުވެސް ގަތެވެ.. ބުނަން އެއުޅޭ ވާހަކައިގެ ފުންކަން ނޭނގޭތީއެވެ.

“މުހައިމީން ހެދި ޓެސްޓަކުން އެނގުނީ މުހައިމީންއަކައް ދުވަހަކުވެސް ދަރިޔަކު ނުލިބޭނެކަން…” އެވަގުތު އަހަރެންގެ ދެލޯ ބޮދުވިއެވެ.

“އެލައިރާ… އެއީ އޭނާގެ ބަޔޮލޮޖިކަލް ދަރިއެއް ނޫން” އަމްޖަދު މަޑުމަޑުން ކުރިއަށް ގެންދިޔައެވެ. “އޭނާގެ މަންމަގެ އެހެން ގުޅުމެއް ހިނގީ..، އެލައިރާ އުފަންވީ އެކަމުގެ ސަބަބުން.. މުހައިމީން ފުރަތަމަ މިކަމެއް ވިފަހުންވެސް ބުނި އެއީ އެލައިރާގެ ކުށެއްނޫނެކޭ.. ތެދެއްމެ އެކުއްޖާގެ އެއްވެސް ކުށެއް ނެތް.. ގޯސް ހެނދުނީ އެލައިރާގެ މަންމައައް.. އެކަމް.. އެހުރިހާ ކަމެއްވެސް ބަދަކުވީ މުހައިމީން ސަފާނާޔާއި އިން ފަހުން…”

އަހަރެން އަތް މުތްކަވާލީމެވެ.. “އެލައި އަކައް އެއްވެސް ވަރަކަށް މިކަމެއް ނޭނގޭތަ..؟” އަހަރެން އަހާލީމެވެ.

ބައްޕަ ބޯ ހޫރާލިއެވެ. “އަސްލު ބައްޕައަކީ ކާކުކަންވެސް ނޭނގޭނެ.”

.އަހަރެންގެ މެޔައް ތޫނު ދިލައެއް ނެގިއެވެ.  ” ކީއްވެތަ އެލައި ނުކުރާ ކުށެއްގެ އަދަބެއް އެލައިޔައް އެދެނީ..؟ . އެންޑް ޑޭޑް،… ވީ ހޭވް ޓު ޓެލް ހާ.. އެ ކުއްޖާޔައް އެހާ ބޮޑު އަނިޔާއެއް ލިބިގެންދާއިރު އެކަން ނޭނގުނީމަ އަދި މާ ދެރައެއްނު..”

ބައްޕަ އަހަރެންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ޕްރޮމިސް މީ އަދި ނުބުނާނެކަމައް.”

“ޝީ ޑިޒަރވް ޓު ނޯ” އަހަރެން ވަގުތުން ބުނެލީމެވެ.

“ޝީ ޑޫ” މަޑުމަޑުން ބައްޕަ ބުނެލިއެވެ. “އެކަމަކު މިހާރަކު ނޫން.. މިވާހަކަ ބުނަން އެންމެ ރަނގަޅު ވަގުތް ޖެހުނީމަ ބައްޕަ ދަރިފުޅެއް ނުހުޓުވާނަން…” މިހެން ބުނެލުމައްފަހު ބައްޕަ ތިރިޔައް ފައިބައިގެން ދިޔައެވެ.

އެރޭ އަހަންނަކައް ނުނިދުނެވެ. ހަމަ ވިސްނެނީ އެލައިއާއި މެދުގައެވެ.  ވަރަށް ގިނައިރު ވިސްނަން އޮވެފައި އަހަރެން ކަމެއް ނިންމީމެވެ.

“އެލައި… އެންމެން އެލައި ފެއިލްކުރިޔަސް އަހަރެން އެލައި ދުވަހަކުވެސް ފެއިލްވިޔަކަ ނުދޭނަން.. ދިސް އިޒް މައި ޕްރޮމިސްް ޓު ޔޫ..”


“ކީއްވެ މަންމަ ދޮގުހެދީ؟” ފޯނައް ގެއްލިފައި އިން ސަފާނާގެ ހޭވެރިކަމެއް އައީ މިޝީ އައިސް ވާހަކަދައްކަން ފެށުމުންނެވެ. އޭރު ސަފާނާ އިނީ ވާނުވާގައެވެ. ކުއްލިޔަކަށް އައިއްސައި އެހެން ބުނުމުނެނެވެ.

“ދަރިފުޅު ކޮން ވާހަކައެއް ތި ދައްކަނީ ؟” ކަންބޮދުވެފައި ހުރެ ސަފާނާ އަހާލިއެވެ.

“މަންމަ މިޝީ ކައިރީ ބުނީމެއްނު އެލައި ދޮންތިއައް ސްޕޭސް ދޭށޭ… މިޝީ ދަންޏާ އިތުރައް ސްޓްރެސް ވާނެޔޭ..”” މިޝީ ހުރީ ވަރަށއް ރުޅި އައިއްސައެވެ.. މިހާރު މިޝީޔައް އެނގޭ މަންމަ ބޭނުންވަނީ އަބަދުވެސް މިޝީއާ މިޝީގެ ދޮންތިޔާ ދުރުކޮއްލަންކަން..”

ސަފާނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

“އެއީ ތެދެއް ނޫން. މަންމަ-”

“މީ ތެދެއް” ސަފާނާގެ ވާހަކަ މެދުކަނޑާލަމުން މިޝީ ވާހަކަދެއްކިއެވެ.

“މިޝީއަށް މިހާރު ވިސްނޭ.. މަންމަ މިޝީ ހެޕީ ކޮއް ބަހައްޓަން ބޭނުންވާނަމަ މިޝީގެ އެންމެ ލޯބިވާ ދޮންތިޔާ މިޝީއާ ދުރެއް ނުކުރާނެ..

ސަފާނާގެ އިތުރު ވާހަކައެއް އަދުއެހުމެއް ނެތި މިޝީ އެކޮޓަރިން ނިކުމެގެން ދިޔައެވެ. މިޝީ މިރޭ ނިދަން ދިޔައީވެސް އެލައިރާގެ ކައިރިއަށްށެވެ.


އަހަރެން އެނދުގައި އޮށޯވެގެން އޮއްވާ ދޮރު ހުޅުވުނު އަޑި އިވުނެވެ.

“މިޝީ؟” އަހަރެން ހީނލީމެވެ. އެވަގުތު މިޝީ މަޑުމަޑުން އައިސް އަހަރެންގެ އެނދުގައި އިށީނެދެލިއެވެ.

“މިރޭ މިކޮޓަރީގަ ނިދިޔަސް އޯކޭތަ؟” އަހަރެން ވަގުތުން މިޝީ ގައިގައި ބައްދާލީމެވެ.

“ތީ އަހާކަހަލަ ސުވާލެއްތަ ދޫންޏާ” އެޔާއެކު މިޝީ ހޭންފެށިއެވެ.

“ކޮއްކި ވަރަށް މިސް ވާނެ ދޮންތި ދިޔައީމަ..” މިޝީ ބުނެލިއެވެ.

“ދޮންތިވެސް ވަރަށް މިސްވާނެ.”

“ޕްރޮމިސް ޔޫ ވިލް ވިޒިޓް މީ ލޮޓްސް.”

“އައި ޕްރޮމިސް” މިޝީގެ ނިތައް ބޮސްދެމުން އަހަރެން ބުނެލީމެވެ.

އަނެއް ދުވަހައް އިރު އެރީވެސް އެލައިރާ ހޭލައި އޮއްވައެވެ. އެރޭ އޭނާއަކައް އެއްގޮތަކައްވެސް ނުނިދުނެވެ. މާދަމާގެ ކައިވެންޏާ މެދު ވިސްނެނީއެވެ. ދެން އިތުރައް ކުރާނެ ކަމެއް ނެތެވެ. މިހާރު ހުރިހާ ކަމެއް ވެސް އެއޮތީ ނިމިފައެވެ.

 

 

 

 

 

 

 

 

 

 

 

Share Article

Follow Me Written By

Twinklebean

Level 110 Stories

Other Articles

Previous

ބޮޑީގާޑު 15 (ފަހުބައި)

Next

ލޭ ހަދިޔާކުރުމުގެ މުހިންމުކަން

Next
January 31, 2026

ލޭ ހަދިޔާކުރުމުގެ މުހިންމުކަން

Previews
January 30, 2026

ބޮޑީގާޑު 15 (ފަހުބައި)

One Comment

  1. Anonymous says:
    February 9, 2026 at 2:15 pm

    Konirakun tha next part kiyaalan libeyny

Comments are closed.



All Right Reserved!