އިރު އޮއްސިއްޖެއެވެ. މާލެގެ މަގުތައް ވަނީ ރަންކުލައިގެ ލައިޓްތަކެއް ފަދައިން ދިއްލިފައެވެ. އެންގޭޖްމަންޓް ހަފްލާ ނިންމާފައި އެނބުރި ގެއަށް އައި އިރު މީހާ މުޅިން ތުރުތުރު އަޅައެވެ. އަވަހައް ކާރުން ފޭބުމައްފަހު އެލައިރާ ގެޔައް ވަންނަން ދުއްވައިގަތެވެ.
“އެލައި ދޮންތީ” ފަހަތުން މިޝީ ގޮވާލިއެވެ. ނަމަވެސް މަޑުނުކޮއް އަހަރެން ދިޔަގޮތައް ގޮސް ކޮޓަރިޔައް ވަދެ ދޮރު ޖަހާލީމެވެ.
އޭގެ އިރުކޮޅެއްފަހެ. އެނދުމަތީގައި އޮއްވާ އަހަންނައް މީހަކު ކޮޓަރިޔައް ވަތް އަޑު އިވުނެވެ. ތެދުވެ ބަލާލިއިރު އެއި މިޝީއެވެ.
“އެލައި ދޮންތީ” އެލައިރާގެ ގަަިގައި ބައްދާލަމުންް މިޝީ ބުނެލިއެވެ.“ދޮންތި އޯކޭތަ…ކޮއްކި ވަރައް ދެރަވޭ ދޮންތި ދެރަވީމަ….؟”
މިޝްޔާގެ ގައިގައި ބައްދާލަމުން އަހަރެން ބުނެލީމެވެ. “އައި އޭމް ފައިން، މައި ލަވް.. ކުޑަކޮއް ވަރުބަލިވެފަ މީނީ.. .” މިޝީގެ އިސްތަށިގަނޑުގައި ފިރުމަމުން އެލައިރާ ބުނެލިއެވެ.
މިޝްޔާ އޭނާގެ ބޯ ހިއްލާލަމުން ބުނެލިއެވެ.. “ޔޫ ލޫކް… ސޭޑް.”
“ނޯ ލަވް.. ކީއްވެ ދޮންތި ދެރަވާންވީ.. ކޮއްކި މާ ބޮޑައްށޭ ތި ވިސްނަނީ…” ގަދަކަމުން ހިނިތުންވުމެއް ވެރިކޮއްލަމުން އެލައިރާ ބުނެލީ މިޝީއައް އޭނާ ދެރަވެފައި ހުރިތަން ދައްކާން ބޭނުން ނުވާތީއެވެ.
މިޝީ އެލައިރާގެ ކޮލުގައި ފިރުމާލިއެވެ. “ދެރަނުވޭ އެލައި ދޮންތީ . ކޮއްކި ވެސް މިހިރީނު… .”
މިޝްޔާގެ ގައިގައި ހިފަހައްޓައިގެން ހުރިއިރުވެސް، އެލައިރާގެ މޭގައި ތޫނު ރިހުމެއް ފިއްތާލިއެވެ. ބައްޕަގެ ބަސްތަކާއި، ކައިލްގެ ވަރުގަދަ، ކިޔަން ނޭނގޭ ނަޒަރާ… މިހުރިހާ ކަމެއް ވެސް އެލައިރާގެ މޭގައި ޖެހެމުން ދިޔައީ ބާރު ތޫފާނެއްފަދައިންނެވެ.
ކައިލް އެނބުރި ގެއަށް އައި އިރު އޭނާގެ މޫނުމަތިން ފެންނަނީ ހަސދަވެރިކަމުގެ ކުލަވަރެވެ. ކުޑަދޮރުތަކުން ފަނޑުވަމުން ދިޔަ އިރުގެ އަލި ފައިބަމުން ދިޔަތަން ބަލަން ހުރެ އަތްތިލަ ހުރަސްކޮށްލައިގެން ބޮޑު ސިޓިންރޫމްގައި ހުރި ސޯފާގައި ކައިލް އިށީންދެލިއެވެ.
ފަރުވާތެރި ލޮލަކުން ކައިލްއައް ފާރަލަމުން މަޑުމަޑުން އޭނާގެ ބައްޕަ އަމްޖަދު ސިޓިންރޫމައް ވަނެވެ. “ޔޫ ވާރ… ކާމް ޓުޑޭ” ބުމަ އުފުލާލަމުން އަމްޖަދެ ބުނެލިއެވެ. “އަ ލިޓްލް ޓޫ ކާމް… މި އެންގޭޖްމަންޓައް އަސްލުކޮއްވެސް އޯކޭ ވީތަ؟”
ބައްޕަގެ ނަޒަރުން ދުރުވެލަމުން ކައިލް ލުއިކޮށް ކޮނޑު އަރުވާލިއެވެ. “ބައްޕަ ހާސް ނުވޭ.. ރަނގަޅުވާނެ މިކަންވެސް.” ނުބައި ގޮތަކައް ހީލަމުން ކައިލް ބުނެލިއެވެ.
އަމްޖަދުގެ ނަޒަރު ކުޑަކޮށް މަޑުމައިތިރިވި ނަމަވެސް ދެލޮލުގައި ވަނީ ކަންބޮޑުވުމުގެ އިޝާރާތެކެވެ. ކައިލްގެ މަޑުމައިތިރި އުޅުމުގެ ފަހަތުގައި ހުރި ފާރުތައް ފެނުމުން އޭނާ ކުޑައިރުކޮޅަކު ދަރިފުޅު ދިރާސާކުރިއެވެ. “ބައްޕަ މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާބަލަ ކައިލް. އެލައިރާޔަކީ ކުޅެ އެއްޗެއް ނޫން . އެލައިރާޔަކީ ކައިލް އިމްތިހާނު ކުރަން ގެންނަ ކުއްޖެއް ނޫން….ބައްޕަޔައް އިނގުމުން ވެސް އެލައިރާޔައް އަނިޔާއެއް ދީފިއްޔާ، އަމްޖަދުގެ އަޑު ހަރުކަށިވިއެވެ. “އެއީ ކައިލްއައް އޭގެން ގެއްލުން ކުރާނެ ކަމެއް. ހަނދާން ކުރައްޗޭ ކައިލް،.
ކައިލްގެ ދަތްކުޑި ވިކާލިއެވެ. “އަހަންނަށް އެނގޭ ” މަޑުމަޑުން އޭނާ ބުނެލިއެވެ.
އަމްޖަދު ކައިލްއައް ތޫނު ނަޒަރަކުން ބަލާލިއެވެ. “ޑޫ ޔޫ، ރިއަލީ؟ ބައްޕަޔައް ހީވާ ގޮތުގަ ތި ވިސްނަނީ… އެކުއްޖާ ލައްވާ ކައިލް ބޭނުންވާ ކަންތައް ގަދަބާރުން ކުރުވުން… ކައިލްގެ ބާރުގެ ދަށުގަ އެކުއްޖާ ބަހައްޓަން… ”
އަތް މުއްކަވާލަމުން ކައިލް ޖަވާބުދިނެވެ. “ފަހަރެއްގައި ތިހެން ކަމައް ވެސް ވެދާނެ… އެކަމަކު ޝީ ނީޑް ޓު އަންޑަސްޓޭންޑް… ލައިފް އިޒް ނޮޓް ޖެންޓަލް. އައި ކާންޓް ލެޓް މައިސެލްފް ބީ ހާރޓް އަގެއިން…”
އަމްޖަދު ބޯ ހޫރާލިއިރު އޭނާގެ މޫނުމަތިން މާޔޫސްކަމާއި ކަންބޮޑުވުން ފެންނަމުން ދިޔައެވެ. “ކައިލްތީ އޭނަޔައް ތިގޮތައް އަމުރުކުރަންޖެހޭ މީހެއްނޫނޭ… ތީ އެލައިރާގެ ވާންއުޅޭ ފިރިމީހާ. ކައިލް ޖެހޭނީ އެކުއްޖާގެ ހިމާޔަތަކައް ހުންނަން… އެކުއްޖާޔައް ބަލަހައްޓާން… ކައިލްއައް ވެސް އޮންނާނެ އިޙްތިޔާރު އަމުރުކުރުމުގެ… އެކަމް އެއީ އެކުއްޖާޔައް ވާ އަނިޔާއެއްގެ ގޮތަކައް ނޫން.. ދިރިއުޅުމުގަ ކައިލްއައް ދެރައެއް ލިބުމަކީ އެލައިރާ ކުރާނެ ކަމެއް ނޫނެއްނު.. ނޫނީ އެކުއްޖާ ކުރި ކަމެއްވެސް ނޫނެއްނު.. ދެން ކީއްވެ އޭގެ އަދަބު އެލައިރާޔައް ދޭން ތިއުޅެނީ؟.. ކައިލް ހަނދާން ކުރައްޗޭ.. ބައްޕަޔައް އެންމެ ފަހަރަކު އިނގޭނީ ކައިލް އެކަހަލަ ކަމެއް ކޮއްފިއްޔާ.. އައި ވިލް މޭކް ޔޫ ރިގްރެޓް އިޓް ” ރުޅިވެރި ރާގަކައް އަމްޖަދު ބުނެލިއެވެ.
ކައިލް މަޑުމަޑުން ބޯޖަހާލިއެވެ. ބައްޕަޔައް ހަގީގަތް އެނގުނީމައި އޭނާ ކުޑަކޮއް ބިރުގަތެވެ. ބައްޕަޔައް ހަމައެކަނި ނޭނގޭ ކަމަކީ ކައިލްއައް ވެސް އެލައިރާޔާ ދޭތޭރޭ އާދަޔާ ޙިލާފް އިހުސާސެއް ކުރެވޭކަމެވެ.. ނަމަވެސް ކައިލް އޭނާގެ ދިރިއުޅުމައް އަންހެން ކުއްޖަކު ވައްދާާން ބޭނުމެއް ނުވެއެވެ. ކައިލް ބިރުގަންނަނީ ލޯބި ވެވޭ ހިސާބުން ދޫކޮއްލާފައި ގޮސްދާނެތީއެވެ. އޭނާ ކުރިން ވެއްޓުނު ހާލައް ދެވަނަފަހަރައް ތިރިވާކައް ކައިލް ބޭނުމެއްނުވެއެވެ.
“އަހަންނައް އެލައިރާ ދެކެ ލޯބި ވެވިއްޖިއްޔާ ކިހިނެއް ހަދާނީ…. ވިލް ށީ ލަމް ވީ ޓޫ…. އޯރ ލީވް ޖަސްޓް ލައިކް އަދާރސް……” އިސްތަށިގަނޑުގައި އަރް ކާތާލަމުން ކައިލް ބުނެލިއެވެ.
އެލައިރާ ފެންވަރާލުމައްފަހު ނިދާން ތައްޔާރުވެލިއެވެ.. އަދި އެނދުމަތީގައި އޮތް މިޝީގެ ކައިރީގައި އޮށޯވެލިއެވެ.
“އެލައި ދޮންތީ… ބިރުނުޖައްނައްޗޭ އިނގޭ… ކޮއްކިޔައް ހީވަނީ ކައިލް ބޭބެޔަކީ ވަރައް ގުޑް ބޭބެއެއްހެން.. ކޮއްކިޔާ އެއްކޮވެސް ޕާޓިގަ ވަރައް މަޖާ ކުރި……އަދި އިނގޭތަ،.. ކޮއްކި ބުނިން ކައިލްބެ ކައިރީ ދޮންތި ވަރައް ލޯބި ދޯއޭ.. ބުނީމަ ކައިލްބެ ބުނީ އެހެންވެ ގެންދަން ވެގެންނޯ މިއުޅެނީ..” މިޝީ ހެމުން ބުނެލިއެވެ.
” އެހެންތަ.. ކައިލްބެ އެހެން ބުނިތަ؟..”
ހޫމްމްމްމްމްމްމް. ދެން ބުނެބަ… ކައިލްބެ ރީތިތަ…” އެލައިރާގެ މޫނައް ބަލާލަމުން މިޝީ އަހާލިއެވެ.
ހަޑިއެއް ނޫން…. ދެން ހިނގާ ދޯ ނިދަން…” މިޝީގެ އިސްތަށިގަޑާ ކުޅެމުން އަހަރެން ބުނެލީމެވެ..
އެނދުމަތީގައި އޮށޯވެލައިގެން އޮތް އިރު ކައިލްގެ ޚިޔާލުތައް ސިކުނޑީގައި އެނބުރެމުންދިޔައެވ.ެ. ކައިލްގެ އެ މަޑުމައިތިރިކަން.. އެ ބަލާލުމުގައި ހުރި ތޫނުކަން… މިހުރިހާކަމެއް ހަނދާންވާ ކޮންމެފަހަރަކު އެލައިރާއައް އުނދަގޫވެއެވެ. ނުވިސްނާން މަސައްކައް ކުރިޔަސް ވަނީ ބޭކާރެވެ. ދުވާލުގެ ކޮންމެވެސް އެއްވަގުތެއް އަބަދުވެސް ހޭދަ ވަނީ މި ހިޔާލުތަކުގައެވެ. އެލައިރާ އެންމެ ބިރުގަންނަނީ ކުރިމަތި ވާން މިއުޅެނީ ކިހާ ބޮޑު ތޫފާނެއްކަން ނޭންގޭތީއެވެ. އެނގޭހާވެސް އެއްޗަކީ ދުވަސްކޮޅަކައްފަހު އޭނާޔަކީ ދެން މިނިވަނެއް ނޫންކަމެވެ. އޭނާ ވާނީ ކައިލްގެ އަނބިމީހާޔައްކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Baeh sentence thakuga aharen kiyaafa aneh thanthanuga Elaira jahaafa e hunnany keehve? Next part ga ebai rangalhu kohlahchey. First person perspective and third person perspective cant go together in one story migothah.
labha i will work on that