
ސާރާ 17

“އަހަރެން، އަފާއަށް ބުނެދޭނަން ކޮއްކޮއެއް ހުއްޓަސް ނެތަސް.. އަފީފެއް ނޫން އެ ވާހަކަ ބުނާނީ..” ނިޝާމާ ބުނެލިއެވެ.
“އެންމެ ރަނގަޅު. ހަމަ ގައިމުވެސް އަހަރެންގެ ފަރާތުން އަފާއަށް އިތުރު ކޮއްކޮއެއް ވެސް ދޮން މަންމައެއް ވެސް ހޯދައެއް ނުދެން.” ކައި ނިމިގެން އަތް ދޮންނަން ހުރި އަފީފު ބުނެލީ ނިޝާމާ އާއި ދިމާލަށް ބަލައިވެސް ނުލައެވެ.
ނިޝާމާއަށް ލިބުނީ ހައިރާން ކަމެވެ. އެހާ ދުވަސް ވީއިރު އަފީފު އެއްވެސް މީހަކާ ކައިވެނި ނުކޮށް ކެތް ކުރީ ކިހިނެއްބާއެވެ؟ އަފާ އަށް ދޮން މަންމައެއް ހޯދައި ނުދޭއިރުވެސް އަފާ އާއި އަފީފުގެ ގުޅުން އެހާ ހީނަރު ވެފައިވަނީ ކީއްވެބާއެވެ؟ ފިރިއެއްގެ ލޯބި ނިޝާމާއަށް ނުދެވުނު އިރު، ބައްޕަ އެއްގެ ލޯބި ދަރިޔަކަށް ވެސް ނުދެވުނީ ކީއްވެބާއެވެ؟
ބޭރު ޖޯލީގައި އަހަރެން އިނީ ފޯނާ ކުޅޭށެވެ. ތަންކޮޅެއް ދުރުގައި ހުރި ސައިކަލެއް މަތީ ޝާޒް އިށީންދެ ލައިގެން އިނެވެ. އެއީ ޝާޒްގެ ސައިކަލެވެ. ދޭތެރެ ދޭތެރެއިން ޝާޒްގެ ނަޒަރު އަހަރެން އިން ދިމާލަށް ހުއްޓާލައެވެ. އަފީފު ނުކުމޭތޯ ބަލަނީ ކަމަށް ވެދާނެއެވެ. އަހަރެން އެކަމާ އަޅައެއް ނުލަމެވެ. އެ ގޭތެރެއިން އަހަރެމެން ނުކުތީ ކޮންމެހެން އެއްވެސް ވާހަކައެއ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
sad pro stry eh veema
😔😔