Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތު(8)

naberr
naberr Level 210 Stories100 Login
December 8, 2025 5 Mins Read
3 Comments

“ރައި ގެ ހެނދުމެއް ނެތްލާނެ”ތުން ކޮޅު އޫކޮށްލަމުން ރައިޝާ ބުނެލިއިއެވެ.ޒަޔާން އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.”މީވާ އަންހެނެއް ހުވާ މަ ހީކުރީ ބޮޑު ކަމެއް ވާ ކަމަށޭ!!” ޒަޔާން ރައިޝާ ނިތްކުރީގައި މަޑުމަޑުން ޖަހާލިއެވެ.”ދެން ދޯ..ރައި މީ އަދު ކުއްޖެކެ އެންމެ 18!! ދެން ދޭބަ ހެނދުމެއް ހިފައިގެން އަށްނަން” ރައިޝާ މޫނު ކުނި ކޮށްލިއެވެ.”ދާނީ ޝަރުތެއްގެ މަތިން” ޒަޔާން ބުނެލުމާއެކު ކޮން ކަމެއްހޭ އަވަސްއަވަހަށް ރައިޝާ އަހާލިއެވެ.”އަމްމްމް ދީބަ” ކޮލުގައި އިނގިލި ޖައްސާލަމުން ލާނެއް ރާގުގައި ބުނެލިއެވެ.ލަދުން ހުރެފައި ވެސް އިތުރު ގޮތެއް ނެތުމުން ލޯ މަރާލާއި ޒަޔާން ކޮލުގައި ތުންފަތް ޖައްސާލިއެވެ. އެއް ލޯ މަރާލުމަށްފަހު ޒަޔާން އޭނަ ގެ ހުނދު ޓީޝާޓަކާއި ކަޅު ސޯޓެއް ދިނެވެ.”ދެން އަޅެ..މި ރައިގެ އެއްޗެއް ނޫނެ..އެން ނޫނަސް މި ސޯޓު”ޒަޔާން ކުރިމަޓީގައި އެ ލާންވުމުން ރައިޝާ ޖެހިލުންވިއެވެ.”ސާބަސް ރައިޝީ އަށް.. ތި ލައިގެން މަ ނޫން އެހެން މީހެއް ކުރިމައްޗަށް އަރާކަށް ނޫންދޯ ދަނީކީ..ނުލަންޔާ ހުރޭ….”ޒަޔާން ކޮޓަރިން ނުކުމެ ދޮރު ޖަހާލިއެވެ.” ޒޮމްބީގަނޑު..އަދި މިކަމުގެ ބަދަލު ހިފާނަން” ރައިޝާ އަޑުގައި ޔަގީންކަން ވިއެވެ

ރައިޝާ ފެނުމާއެކު ހުރިހާ ކަމެއް މަތިން ޒަޔާން ހަނދާން ނެތުން ފަދައެވެ.އަތް ކުރު ބޮޑު އެ ޓީޝާޓާޢި ސޯތުގައި ރައިޝާ ގެ ދޮން ފައި ހާމަޔަށް ފެންނަން ހުއްޓެވެ. އޭރު ޒަޔާން ގެ ތޫނު ބެލުމުން ތައިޝާ ހުރީ އެއްކޮށް ވިރޭވަރު ވެފައެވެ. ރައިޝާ ކަރު ކެހެލުމުން ޒަޔާންއަށް ހަމަބިމަށް އާދެވުނެވެ.”އަމް އާދެ އަވަހަށް ސައިބޯން” ރޮށްޓާއި ކުޅިމަސް ފެނުމުން ހުރިތަން ވެސް ރައީޝާ ހަނދާން ނެތުނެވެ.ޒަޔާން އަށް ބެލުމެއްނެތި ނެތި ތަށްޓަށް ކުޅި މަސް އަޅައިގެން އަވަސް އަވަހަށް ކާން ފެށީ އިރު ހީޥީ މިއިން ޒަމާނެއްގަި ކާއެތި ކޮޅެއް ނުލިބި ހުރި ކުއްޖެއްހެނެވެ.”ޙީވަނީ ގުރައިދޫ ކޮށީން ދެންމެ ނެރެގެން އައި މީހެއްހެން”ޒަޔާން ރައިޝާ ރުޅިއަރުވާލަން ބުނެލިއެވެ. ކައުމުގައި އަވަދިނެތިފައި ހުރި ރައީޝާ ކަޅި އަނބުރާލިއެވެ.ހިނިގަނޑެއް ޖަހާލމުނަށްފަހު ރައިޝާ އަށް ޖޫސްތަށްޓެއް ގިރައިދިނުމަށްފަހު  ޒަޔާންވެސް ކޮފީއެއް ގިރައިގެން ސައިބޯން އިށީނެވެ.

“ހަމަ ދަނީދޯ؟” ޒައިހާން ވާހަކަ ދައްކަމުން ދިޔައީ ފޮށަޓަށް އެއްޗެހި އަޅަމުން ދިޔަ ރައިޝާ އާއިއެވެ.”ލައްބަ..އެކަމު ކޮންމެ ހަވީރެއްގަ އަށްނާނަން ޒައި ކައިރި އަށް..މީ ދޮންތި ގެ ސްޓްރޯންގ ބޮއި އެއްނު ދޯ” ޒައިހާންގެނެސް މޭގައި ޖައްސާލަމުން ރައިޝާ ބުނެލިއެވެ.”ލަވް ޔޫ ދޮންތީ..އެކަމު ޒައި އާއި އެއްކޮށް ނިދާކަށް ދޮންތި ނުހުންނާނެއްނު” ޒައިހާނަ ހުރީ އެހާ ދުވަސްފަހުން ރައިޝާ ދާތީ ދެރަވެފައެވެ.ކންމެ ރެޔަކުވެސް ޒައިހާން ނިދަނީ ރައިޝާ ކިޔައިދޭ ވާހަކަ އަޑުއަހަން އޮވެއެވެ.”އެއީ ދޯ މިވާގޮތަކީ..ވާހަކަ ކިޔާދޭން މީހެއް ނެތީމަ ދޯ..ދޮންތި އަށްނާނަން ފްރައިޑޭ ގަ ނިދަން…އޯކޭ އެއްނު ދޯ” ޒައިހާން ބޯ ހާވާލަމުން ރައިޝާ ބުނެލިއެވެ.ޒައިހާން ވެސް ބޯ ޖަހާލުމަށްފަހު ރައިޝާ ކަރުގައި އަތް އަޅުވާލިއެވެ.

ސިޓީންގ ރޫމުގައި ހުރި 7 ފޮށި ފެނުމާއެކު ޒަޔާން ލޯ މުދުނަށް އަރައިގެން ދިޔައެވެ.”ރައިޝީ އެހެން ގައުމަކަށް ބަދަލުވާން ތަ ތިއުޅެނީ؟” ޒަޔާން އަހާލިއެވެ.”މީވާ ފިރިހެނެއް ހުވާ މިބުނީ..ނުގެން ގޮސްދެންޔާ ތިއްތި ކައިރި ބުނެފާނަން ގެންދަދޭން”ރައިޝާ ޒަޔަން ދެކެ ހިތްހަމަ ނުޖެހުނެވެ.”ހުހް!! މަ؟ ތި ފޮށިތައް ރާމާމަކުނަށް ގެންދަދޭން؟ ނޯ ވޭ ރާމާ” ރައިހާން ޒާރާ ކޮޑުގައި އަތް އަޅުވާލިއެވެ.” ރައި މީ ރާމާމަކުނު ވެއްޖެއްޔާ ތިޔަކީ ގޮރިއްލާ” ދެއަތުން 2 ފޮށި ހިފައިގެން ދޮރުހުޅުވާލިއެވެ.”ޔޫ…ގޮރިއްލާ އޭ؟؟ އައްޗީޑި ރާމާމަކުނާ” ގޮރިއްލާ އޭ ބުނުމުން ރައިހާން ހައިރާންވިއެވެ.”ކީއްވީ؟؟ގޮރިއްލާ ހީކުރީ ރައި އާ ދިމާލަށް ރާމާމަކުނޭ ބުނީމަ ހެވިދިލިފަ އެއްޗެކެ ނުބުނާނެ ކަމަށް؟ އިން ޔުއަރ ޑްރީމްސް” ދޮރު ޖަހާފައި ރައިޝާ ނުކުމެގެން ދިޔައެވެ.”ބަލަ މަށަށް ގޮވާލި ނަން..ގުޑް ލަކް މޭން..މަށަށް އަންދާޒާ ވެސް ނުކޮށްލެވެ މާދަން ކައެއަށް ގޮވާނީ ކޮން ނަމަކުން ކަމެއް.” ޒަޔާން ކޮޑުގައި ރައިހާން ޖަހާލިއެވެ.”އެއި ކައެ އަމިއްލަ އަސް ބުއި ބޮޑިއެއްނު. އަދިވެސް ވާނެ ރާމާމަކުނު ކިޔާފަ ގޮވަން”ހިނިގަނޑެއް ޖަހާލަމުން ފޮށިތައް ހިފައިގެން ނުކުތެވެ.

ހަރުގަނޑު ފުރާލެވިފައިވީ ރައިޝާ ގެ ބޫޓު ތަކާއި ފައިވާން ތަކުންނެވެ. ޒައިހާން ގެ އެއްވެސް ބޫޓަކާއި ފައިވާނެއް ނެތުމުން ބޯ ހޫރާލެވުނެވެ. ފޮށިތައް ސިޓިންގ ރޫމުގައި ބަހައްޓާފައި ޒަޔާން ކޮޓަރިއަށް ވެދުނެވެ. އެވަގުތު ރައިޝާ ހުރިހާ ހެނދުންތަކެއް އަލަމާރިީގައި އެޅުވުމަށްފަހު ފޮށި ލައްޕާލިއެވެ.”ޒޮމް..ސޮރީ.. ޔާން ގެނެސްދީބަ ބްރައުން ފޮށި” ބެލްކަނި ހުޅުވާލަމުން ރައިޝާ ބުނެލިއެވެ.”މީގަ މިހުރި ކޯއްޗެއް؟ ހާދަ ބަރޭ” ތިރީގައި ބޭއްވި ފޮށްޓަށް ބަލާލަމުން ޒަޔާން އުނަގަނޑުގައި އަތް އަޅުވާލިއެވެ.” ރައިޝާ އެއްވެސް އެއްޗެއް ބުނުމެއްނެތި ފޮށި ހުޅުވާލުމާއެކު ޒަޔާން ލޯ ބޮޑުވެގެން ދިޔައެވެ.” 2 ފޮށި ފުރާ ހަމައެކަނި ހެދުން؟” “ނޮޕް…3 ފޮށި” އިސްތަށި ގަނޑުގައި އަށްސާލަމުން ރައިޝާ ހަމަޖެހިލާފައި ބުނެލިއެވެ.

ފޮށިތަކުގައި ހުރި ހުރިހާ އެއްޗެއް ތަންތަނަށް ލުމަށްފަހު ރައިޝާ ފޮށިތައް ފޮރުވާލިއެވެ.ވަރުބެލި ވެފައި ހުރުމާއެކު އަރާމު ކޮށްލުމަށްފަހު ގޭތެރެ ސާފުކުރަން ރައިޝާ ނިންމިއެވެ. މެންދުރު ކުއްލި އަކަށް އޮފީހަށް ދާންޖެހުމުން ނުދާން ހުރެފައިވެސް ދިޔައީ އިތުރު ގޮތެއް ނެތުމުންނެވެ. 30 3 ވި އިރުވެސް ޒަޔާން ގެޔަށް ނައުމުން ދޮރު ތަޅުލުމަށްފަހު ރައިޝާ ޖައްސާލިއެވެ.

މިސްކިތުން ނުކުމެ ކާރަށް އަރައި ހަމަޖެހިލުމަށްފަހު ފޯނުނަގައި ރައިޝާ އަށް ޒަޔާން ގުޅާލިއެވެ. ހެނދުނު ސަޔަށް ފަހު ރައިޝާ މަސައްކަތުގައި ބުރަކޮށް އުޅުމުން މެންދުރު ރައިޝާ ހުރީ ނުކައިކަން ޒަޔާން އަށް އެނގެޔެވެ. 3 ފަހަރު ގުޅުމުން ވެސް ފޯނު ނުނެގުމުން ރައިޝާ ނިދީކަމަށް ޒަޔާން ނިންމިއެވެ. ގެ ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަދެ މޮންގޯލިއަން ރައިސް އަކާއި ޗިކަން އެން ޗިޕްސް ގެ އިތުރުން ފްރައިޑް ރައިސް އަކަށް ޒަޔާން އޯޑަރ ކުރިއެވެ. “ޓޭކްއަވޭ” ޒަޔާން ބުނެލިއެވެ.ގެޔަށް އައި މަގުމަތީގައި ސްޓޯބެރީ ގެ އިތުރުން ޗޮކޮލެޓް އައިސްކްރީމް ޒަޔާން ގަތެވެ.

ކާގެޔަށް ވަދެ މޭޒުމަތީގައި ކޮތަޅުތައް ބެހެއްޓުމަށްފަހު ރައިޝާ ކޮބައިތޯ ބަލާލިއެވެ. ފުން ނިންޖެއްގައި އަރާމުކޮށް ނިދާލާފައި އޮތް ރައިޝާ ފެނުމުން ޒަޔާން ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.އޭސީ 16 ގައި ހުުރުމުން 25 އަށް ލުމަށްފަހު ބްލޭންކެޓް ރައިޝާ ގައިމަތީ ޒަޔާން އަޅައިދިނެވެ. އެތައް އިރެއް ވަންދެން ރައިޝާ ގެ ލޯބި މޫނަށް ބަލަހައްޓައިގެން ޒަޔާން ހުއްޓެވެ.ރައިޝާ ބޮލުގައި ފިރުމައިލުމަށްފަހު ގޭތެރެ ސާފު ކުރަން ފެށިއެވެ.

މުޅި ގޭތެރެ ސާފުކޮށް ނިންމައިލުމަށްފަހު ޒަޔާން ފެންވަރަން ވަންއިރުވެސް ރައިޝާ ނިދާފައި އޮތުމުން ޒަޔާން އަށް ބޯ ހޫރާލެވުނެވެ.ފޯނު އެލަރމް ވުމުން ދެފަރާތަށް އެބުރިލަމުން ރައިޝާ ތެދުވިއެވެ. ކޮޓަރީގައި ހުރި ޖަގުގައި ފެން ނެތުމުން ބަދިގެއަށް ރައިޝާ ދިޔައެވެ. ބަންގި ގޮވުމުން އަދިވެސް ޒަޔާން ގެޔަށް ނާންނަނީބާއޭ ރައިޝާ ހިތަށް އަރަމުން ދިޔައެވެ. އެއް އަތުން ޖަގުގައި ހިފައިގެން ހުރި އިރު އަނެއް އަތުން ފޯނުން ޒަޔާންގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.ނިއްވާލައިފައި ކަމަށް ބުނުމުން ޒަޔާން އަށް ކުދިކިޔަމުން ކޮޓަރިއަށް ވަނެވެ.”ޒޮމްބީ އަކަށް ވުރެވެސް ކަންތައްފަަލަ ފިރިހެނެއް ހުވާ މިބުނީ.. މެންދުރު ދިޔަ މީހެކޭ. މިހާރު އެޔޮއް އިރުވެސް އޮއްސުނީ..ޔަގީން ހަނާ އާއިއެކު ވާނީ. ގުޅާފާނެތި އަދި ފޯނުވެސް ނިއްވާލާފައޭ އެއޮތީ.ޒޮމްބީ އެއް ނޫން..ކެމަލް” ކުރިމަތީގައިހުރި ހަމަ އެކަނި ތުވާލި އަދެލައިގެން ހުރި ޒަޔާން ފެނުމާއެކު ރައިޝާ ބުނަން އުޅުނު ބަސް އަރުތެރޭގައި ތާށިވި ކަހަލައެވެ.ޒަޔާން ބުމަ އަރުވައިލަމުން ރައިޝާ އާއި ދިމާލަށް މަޑުމަޑުން އަންނަންފެށިއެވެ. ވަގުތުން ރައިޝާ އަށް ކީ ހުރިހާ އެއްޗެއް ޒަޔާން އަށް އަޑުއިވުނުކަން ޔަގީންވިއެވެ.” ހަނާ އަކީ މީހެއްގެ އަތްބެއް.އޭނަ އަހަރެންނާއި އެކީ އުޅުނީ އޭނަ ފިރިމީހަ ޓްރެއިނިންގ ނިންމާފަ އަންނާތި އޭނަ އަށް ސަޕްރައިޒެއްދޭން ވެގެން ހެލްޕް ވާން..ކޮޒް ޝީ އިޒް ޕްރެގް.. އެން މިހާރު އަހަރެން ވައްތަރީ ކެމަލް އަކާ.. ނޮޓް އަ ޒޮމްބީ އެނީމޯރ” ރައިޝާ ފާރުގައި ތަތްކޮށްލައިގެން ހުރެ ސުވާލު ކޮށްލިއެވެ.”އަމް.. ނޭނގެ…މޭބީ ހަނާ އަށް އެނގޭނެ” ރައިޝާ އޭރު ހުރީ ޒަޔާންގެ މޭމަތީގައި ހުރި ފެންތިކިތަކާ މެދު ހަސަދަވެރިވެއެވެ.”މައި ޕްރެޓީ ޕެންޓާ… އެއީ ހަމައެކަނި ފްރެންޑެކޭ..އެން އެއީ މީހެއްގެ އަތްބެއް…ސޫން ތުއްތު ކުއްޖެއްގެ މަންމަ އެއް..ހަމަ އެހާ ޖެލަސް ވޭތަ؟ އެން އެ ކީއްވެޔޯ؟ މީ ރައިޝީ ނަފަރްތު ކުރަމޭ ބުނި ޒަޔާންއޭ؟؟ އެހެން ބުނި ވަގުތު ހިތުގައި ރިއްސައިލި ނަމަވެސް ޒަޔާން ބޭރުފުށުން އެކަން ނުދައްކާ ވޭތޯ ބެލިއެވެ.ރައިޝާ އަށް ކެތްކުރެވުނީ އެހިސާބަށެވެ. ޒަޔާން ކޮށްޕައިލުމަށްފަހު ކޯމަތީގައި ރަިޝާ އަތުގެ ހޫނު ހަމަލާއެއް ދިނެވެ.” ހަމަ ނޭގެނީތަ؟؟ ޒަޔާން ގެ ސިކުނޑި ވޯރކް ކުރަނީ ހަމައެކަނި މަސައްކަތުގެ ކަންކަން ކުރާއިރުތަ؟؟ އާން… އިރެއްގަ މި ރައިޝާ ތި ޒަޔާން ދެކެ ނަފްރްތު ކުރިން.. އެކަމު ފަހުން…އާރގްގްގް!! ޒަޔާން އައި ލަވް ޔޫ” ރައިޝާ އަށް އޭރުހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އެތައް ދުވަހެއް ވަންދެން އެ ޖުމްލައެއް ރައިޝާ ގެ ފަރާތުން އަޑު އަހަން އެ ހިތް ބޭގަރާރު ވެފައިވާ ޒަޔާން ގެ ލޮލުންވެސް ކަރުނަ ހިލުނެވެ.ވަގުތުން ﷲ އަށް ޙަމްދުކުރިއެވެ.”ރައިޝީ..އަދި އެއްފަހަރު” ރައިޝާ މޫނުގައި މަޑުމަޑުން ހިފައިލަމުން ކަރުނަތަށް ފޮހެލަދިނެވެ.”ޔެސް ޒަޔާން..އައި ލަވް ޔޫ.. ޔާން ހަނާ އާއި އެކި އުޅެންފެށި ހިސާބުން އައި ފީލް އިޓް.. ރައި ޒަޔާން ދެކެ ލޯބިވާކަން. އެކަމު ބުނާނެ ގޮތެއް އަދި ހިތްވަރެއް ވެސް ނެތް..”ޒަޔާން އަތުގައި ރައިޝާ ހިފާލިއެވެ.”ޝްޝްޝްޝް!! ހުއްޓާލާ.. އެކަން އެހިސާބުނެ ނިމުނީ.. ދެން ެވާހަކަ ނުދައްކާ..ފައިނަލީ އައި ގޮޓް ޔުއަރ ލަވް.. ދެޓްސް އޯލް” ޒަޔާން ގެ ޖުމްލަ ނުނިމެނީސް ރައިޝާ އެ ތުންފަތުގައި ބޮސްދިނެވެ.އިރުކޮޅެއް ފަހުން ދުރުވެލުމަށްފަހު ދުވެފައި ގޮސް ފާހަނައަށް ވަދެ ދޮރުޖެހިއެވެ.

އިޝާ ނަމާދުކޮށް ނިންމާލައިގެން ރައިޝާ ލުއި ގޮތަކަށް ރީތިވެލައިގެން ބަދިގެއަށް ނުކުތީ ޒަޔާން މިސްކިތުން އައުމުގެ ކުރިން ކޮންމެވެސް އެއްޗެއް ތައްޔާރު ކޮށްލުމަށެވެ. ނަމަވެސް މުޅި ސުފުރާ މަތި ފުރާލެވިފައިވަނީ ރައިޝާ އަށް އެންމެ ކަމުތާ އެއްޗެހި ތަކުންނެވެ.”ތެންކްސް އަލޮޓް!! ބަޓް ގަނެފަ ދޯ މީ؟” އިށީނަމުން ރައިޝާ އަހާލިއެވެ.” ޔެސް..ގުޅީމޭ ދެތިން ފަހަރު އިތުރު އެއްޗެއް ބޭނުންތޯ އަހަން.. އެކަމު ޕެންޑާ ނުނަގަ ވިއްޔަ ފޯނެއް.”ރައިޝަ ގެ ރައްދު ބަހެއް އަންނާނެކަން އެނަގިހުރެ ވެސް ޒަޔާން ޕެންޑާ އޭ ބުނެލިއެވެ..” ޒަޔާނޫ… ރައި ކިހިނެއް ޕެންޑާ އަކާ ވައްތަރީ..ވަރަށް ފޫހި ދެން..”ޒަޔާން އާ ދިމާލަށް ރައިޝާ ކަޅި އަޅާލިއެވެ.”ދެން މަވެސް ވަކި ކިހިނެއް ކެމަލް އަކާއި ވައްތަރީ” ދެމީހުން ކޯޅުމުގައި ތިބެ ރޭގަނޑުގެ ކެއުން ނިންމާލިއެވެ.

ޒައިހާން ނިދުމުން ޒާރާ މަޑުމަޑުން ނުކުމެ ދޮރު ލައްޕާލިއެވެ.އޭރު ސޯފާގައި ފޯނު ހިފައިގެން ރައިހާން އޮތެވެ.”ސާބަހޭ…ތިނޫން ކަމެއް އަޅެ ރައިހާން އަށް ނެތީތަ ކުރާނެ؟” ރައިހާން އަތުން ފޯނު އަތުލަމުން ޒާރާ އަހާލިއެވެ.”ނޫނޭ..އެބައިން ކަމެއް ކުރަން ވެފަ.ދުވަސްކޮޅެއް ވެއްޖެ މިހާރު” ޒާރާ އަށް ބަލާލަމުން ރައިހާން ބުނެލިއެވެ.”ދެން އަޅެ ކޮށްބަލަ..އެކަން ނުކޮށް ފޯނާ ކުޅެވޭތޯއެއްނު ތިބަލަނީ..އެހާދިގު ދަންމާކަށް ނުވާނެ”ޒާރާ ރައިހާން ފައިގަ ޖަހާލިއެވެ. ރައިހާން މާނަކުރީ ކޮންކަމެއްކަން ނެނގޭ ހާލު ޒާރާ ރައިހާން ފޯނު ހާވަމުން ދިޔައެވެ.ރައިހާން ގެ ކުއްލި ހަރަކާތާއެކު ޒާރާ އަތް މައްޗަށް އުފުލައި ކޮޓަރިއަށްވަދެ ފައިން ދޮރުބާލިއެވެ.ޒާރާ އެނދުމަތީގައި ބާއްވާލަމުން މަޑުމަޑުން ޒާރާ މޫނުގައި ފިރުމާލިއެވެ.”ރައިހާން މަސައްކަތޭ ނިންމަންވީ..އެ މާ މުހިންމުވާނެ” ޒާރާގެ ޖުމްލައިން ރައިހާން ގާތަށް ހިނިއައެވެ.”މަސައްކަތް ފަށާކަންނު މިއުޅެނީ…ޒާ ހީކުރީ އޮފީސް މަސައްކަތް ކަމަށްދޯ” ރައިހާން ގެ ލޮލުން ޒާރާ އަށް ފެނިގެން ދިޔައީ ލާނެއް ވިދުވަރެކެވެ.ޒާރާ އަށް އިތުރު އެއްވެއް ބުނާނެ ފުރުސަތެއް ނުދީ ޒާރާ ތުންފަތުގައި ބޮސްދިނެވެ.ރޭގަނޑުގެ ބާކީ ވަގުތުދިޔައީ ދެމަފިރިން އުފަލާއި މަޖަލުގައި ހޭދަކުރުމުގައެވެ.

ރައިޝާ އާއި އެކީގައި އިތުރަށް ވަގުތު ހޭދަކުރުމުގެ ބޭނުމުގައި އޮފީހުން ޗުއްޓީ ނެގިއެވެ.ފަތިސް ނަމާދު ކޮށްލައިގެން ރައިޝާ ޖައްސާލީ ބަޑުގައި ރިއްސާތީއެވެ. ޒަޔާން އާއި ރައިހާން ވީ ބޭރަށް ގޮސްކަމުން ރައިޝާ ނިދޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

ފެންވަރައިގެން ނުކުމެ ރައިޝާ ކައިރީގައި ޒަޔާން އޮށޯވެލިއެވެ.އެވަގުތު ފޯނެއް އައުމުން ތެދުވެލިއެވެ.”ވާލައިކުމް ސަލާމް” އަދަބުވެރިކަމާއެކު ޒަޔާން ސަލާމް ބަލައިގަތެވެ.”ކިހިނެއް ދަރިފުޅުމެއްގެ ހާލު؟”ރިޔާޒް ވާހަކަ ދައްކަމުން ދިޔައީ ވަރަށް މަޑުންނެވެ.”އަލްހަމްދުލިއްލާހި ރަނގަޅު..ރައިޝީ ކުޑަކޮށް ބަނޑުގަ ރިއްސާތީ ނިދިފަ..ކޮބާ މަންމަ؟؟ ރައިހާންމެންނަށް ގުޅާލިންތަ؟؟ ޒައި އުޅުނު ވަރަށް މާމަ މިސްވެގެން އިއްޔަ””ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.”ރައި ހޭލީމަ ސަލާމް ބުނައްޗެ..ހެހެހެހެހެ..އާން ދެންމެ ގުޅާލިން.ބުނި ސުކޫލަށް ދާންށޭ މިއުޅެނި…1 ހަފްތާ ޗުއްޓީ ލިބޭ ވާހަކަ ވެސް ބުނި. މަންމަ ގޭސް ވެގެން ބާއްވައިގެން މިއުޅެނީ އަނެއްހެން ހުރިހާ ކަމެއްވެސް އޯކޭ “ރިޔާޒް ބުނެލިއެވެ.ދެބަފައިން ވާހަކަ ދެއްކުމުގައި ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު ކޯލު ކުރުކޮށްލިއެވެ.”މަންމަ އަށް އަވަސް ޝިފާ އަކަށް އެދެން..ސަލާމް ބުނައްޗެ މަންމަ އަށް”ރައިޝާ ބޮލުގައި ފިރުމާލަމުން ޒަޔާން ބުނެލިއެވެ.ފޯނު ސައިލެންޓަށް ލުމަށްފަހު ރައިޝާ ކައިރީގައި ޒަޔާން އޮށޯވެލި ވަގުތު ރައިޝާ އަށް ހޭލެވުނެވެ.ހިނިތުން ވެލަމުން ޒަޔާން އޭނަގެ އަތް ސީދާ ކޮށްލަމުން އޮށްތާލާށޭ ބުނެލިއެވެ.”ހިހިހިހި…”ލުއި ހިނިގަނޑެއް ޖަހާލަމުން ރައިޝާ ޒަޔާން އާއި ގާތްވެލައި ބައްދާލިއެވެ.

***ނުނިމޭ***

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

މިހިތައް ލޯބިދޭށޭ – 10 ބައި

Next

ހިތް އެދޭހާ ކަމެއް.. (11 ވަނަބައި)

Next
December 8, 2025

ހިތް އެދޭހާ ކަމެއް.. (11 ވަނަބައި)

Previews
December 8, 2025

މިހިތައް ލޯބިދޭށޭ – 10 ބައި

3 Comments!

  1. Raiii says:
    December 8, 2025 at 12:23 pm

    Finally finally she said 😭😭
    Alhey ehuri raihaan eh dhw heehee halaaku vehjje 🤣 even i got shy in that scene 😳 😅
    Can’t wait for next ep
    Vrh lwbi vey sis 🫶🏼❤️

  2. Nai_73 says:
    December 8, 2025 at 12:47 pm

    Finally up vehje dhw 😅 raisha and Zayaan so beautiful
    Finally Loabi vaa vhk vx bunefi dhw raihaan and zaaraa vx vrh Loabi mi part kiyaafa heehee varu bali vehje hehehe 😂 Curiously waiting for the next part when’s next??? I appreciate your hard work 😚
    Luv u sissy 🖤

  3. Babaabath... says:
    December 8, 2025 at 4:28 pm

    Kalo gaya… Omg…. Damn… Wow… My goodness… I’m speechless less man…. Omg… Omg… Omg… Omg… Omg…. Dhen keekey dhw vaki bunan ves othy… Raihaan ge thihuri laaneii kamun vaahaka kiyaa meehun ladhu gannaneee… Anyways…. When’s next…?? I DON’T wanna wait another garunu for the next episode…. Pls pls pls pls pls pls pls avahah up kurahchey next episode… 🥺🥺🥺🥺
    Lysm girrlllyyyyy….

Comments are closed.

Next Episodeނަފްރަތު (9)←


All Right Reserved!