އާއެކޭ ލޯބިވޭ… ނަވާރަވަނަބައި (މިއީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައޭ)
ލިނީ ފެންނަން ހުރީ ހިމޭނުންނެވެ. އޭނާގެ ހިތާމަ، އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޚުބާބްގެ ބިރުވެރިކަމާ އެއްވެފައި އޮތް ފަދައެވެ.
މިވަގުތު އެމީހުންގެ ކާރު ދިޔައީ ބިރުވެރި މިސްރާބަކަށްކަހަލައެވެ. އެކަމަކު ޚުބާބާއި ބާސިލްގެ އެހީގައި، އެ ހިމޭންކަން ވީރާނާވިއެވެ. އެމީހުންގެ ގުޅުން ބާރުގަދަވިއެވެ. މިއީ އަނެއްކާ ދާއިމީ ފަރުވާއެއްބާއެވެ. ނޫނީ ވަގުތީ ހަތިޔާރެއްބާއެވެ. އެހެން ނޫނިއްޔާ ހަމަ މިކުދިންނަށް ދެން އޮތީ އަސްލުވެސް އުފަލުގެ މަނާޒިރެއް ހެއްޔެވެ؟ އެހެންވިއްޖެއްޔާ ދުވަހަކުވެސް މިގުޅުން ތަކަށް ބަދަލެއް ނާންނާނެ ނޫންހެއްޔެވެ؟
***********************************************
އިއްޔެ ހަވީރުން ފެށިގެން ރޭޑިއޯއިން ހުއްޓައިނުލާ ގޮވަމުން ދިޔައެވެ. މިއީ ހުޅަނގު މޫސުމެވެ. ކަނޑު ދަތުރުކުރާއިރު ރައްކާތެރިވާށެވެ. މޫސުމަށް ސަމާލުވެލައްވާށެވެ. އެހެން ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެއެވެ.
އާދުވަހަކަށް މަރުހަބާ ކިޔެވެ. މާލޭގެ އުޑުމަތި ހެނދުނު ވިއިރުވެސް އޮތީ އަނދިރިކޮށެވެ. ރޭގަނޑު ފަދައެވެ. ޚުބާބްގެ ހިތުގައި އޮތް ބަރުކަމުގެ ވަޒަން ހިފައިގެން އުޅޭހެން ވިލާގަނޑުތައް އޮތީ ބޯވެފައެވެ.
ޚުބާބް ވިލާ ކޮލެޖަށް ދިޔަ އިރު، ވާރޭ ވެހެމުން ދިޔައީ މަޑުމަޑުންނެވެ. އެކަމަކު ހިފެހެއްޓުމެއް ނެތި ފޮތިގަނޑެއް ފަދައިންނެވެ.
އަޑެއް ބާރެއް ނޫނެވެ. ޠޫފާނީކަމެއް ވެސް ނެތެވެ. އެކަމަކު ހަމައެކަނި ދެރަވެފައިވާ ކަމުގެ އިޙްސާސެވެ.
އޭނަގެ ހާލު އެނގޭ ފަދަ ވާރެއެކެވެ.
އޭނަގެ ކަޅު ވިއްސާރަ ކޯޓު ބޮލުގައި އަޅުވައިގެން، ފިޔަވަޅުތައް މަޑުކޮށްގެންނެވެ. އަސްލެއްގައި ހިފެހެއްޓިފައި ހުރި ގޮތަކަށް ކުރިމަތީ ދޮރާއްޓާ ދިމާލަށް ހިނގާފައި ދިޔައެވެ.
ވާރޭ ފެނުގެ ތިކިތައް އޭނަގެ އިސްތަށިގަނޑުން ތިރިއަށް ފައިބަމުން ދިޔައިރުވެސް އޭނަ އެ ފެންތައް ފޮހެއެއް ނުލައެވެ.
މިއަދު އޭނައަށް ވަރަށް ތަފާތު އިޙްސާސެއް ކުރެވުނެވެ. މަޑުމައިތިރިކަމެވެ. ފިނިކަމެވެ. އަދި ވަރުގަދަކަމެވެ.
އައްޑޫ ދަތުރުގައި ހިތް ކުދިކުދިކުދިވި މީ އެ ފިރިހެން ކުއްޖާއެވެ. ޚުބާބް ކިޔާލިއެވެ. ހަމައެކަނި އޭނާއަށް އިވިލާ ވަރަށެވެ.
ޚުބާބް ހީވީ ހިމޭންކަމުގެ ތެރެއިން އަމިއްލަ ނަފްސު އަލުން ބިނާކުރަމުންދާ މީހެއް ހެންނެވެ.
ކެންޓީންގެ ހިޔާގަނޑުގެ ދަށުގައި ސާއީލް ހުއްޓެވެ. އޭނަ ވައިރޯޅީގެ ދަށަށް ވާރޭ ފައިބާތީ ތިރި ބަލަން ހުއްޓެވެ.
ޚުބާބް އަވަސް ހަރަކާތައެކު ސާއިލަށް ހަނާ އަޅާލިއެވެ. ދުވެލާފައި ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ސާއީލް އޭނަގެ ދާހިތި ޚުބާބްއާ ދިމާލަށް ދިއްކޮށްލިއެވެ.
” ޚުބާބް: ވާރެއާއި ތެމި ހަލާކުވާނެ އިއްލެވެސް” ޚުބާބް މަޑުމައިތިރިކަމާއެކު ބުންޏެވެ.
ޚުބާބް ދާހިތީގެ ދަށަކަށް ނުވަދުނެވެ. އޭނަ ހަމައެކަނި ބަލައިލީ ސާއީލަށެވެ. ވާރޭ ތިކިތައް އޭނަގެ ލޯމަތީގައި ހުއްޓެވެ. ” ޚުބާބް: ކަމެއްނުވާނެ… އަހަރެން ވާރެއަށް ވަރަށް ގަދަވާނެ”
ސާއީލް ކުޑަކޮށް ހިނިތުންވެލިއެވެ.
” ސާއިލް: އެހެންވީމާ، އަހަންނަށް ވެސް ކަމުދާނެ.” އޭނާގެ ދާހިތި ޖަހާލާފައި ޚުބާބްއާއި އެއްފަރާތުގައި ހިނގަން ފެށިއެވެ. ދެމީހުން ވެސް ތެމިގެން ދިޔައެވެ.
އެތައް ދުވަހަކަށް ފަހު، ޚުބާބަށް ފުރަތަމަ ފަހަރަށް ވާރޭގެ ފިނި އިޙްސާސްކުރެވުނެވެ.
ބާސިލް ކެފެޓީރިއާގެ ފުރާޅުމަތީގައި މިލީ ކައިރީގައި އިނެވެ. އެކަމަކު އޭނަ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދެއެވެ.
އޭނާ ހުރީ ލީނިޔާއަށް ބަލަހައްޓައިގެންނެވެ.
ލީނިޔާގެ ތެތް ފިޔާތޮށިކުލައިގެ ވިއްސާރަކޯޓަށެވެ. ވަރުބަލިވެފައިވާ އެ ލޯލަށެވެ. ހަމަޖެހިފައިވާ މަޑު ހިނގުމާއި، އެ ހިމޭންކަމަށެވެ.
މިލީހަމް ދެކުނީ ލިނީ އެކަނިމާ އެކަނި އުޅޭތަނެވެ. އޭނަގެ ކައިރީގައި ހިނގާފައި މީހަކު ނުދެއެވެ. ފުސްބުރާފާއިން ބާސިލްގެ އެދެލޮލަށް ފެނުނީ މިހެންނެވެ. ލިނީއާއި ޚުބާބް އެކުގައެވެ. ދެމީހުންގެ ކޮނޑުގަނޑު ނުވަތަ އަނގޮޓިކަންތައް ނުޖެހި ހުއްޓަވެ.
އޭނަގެ ހިތުގެ ތެރޭގައި ތޫނު އެއްޗެއް ދިއްލިގެން ދިޔައެވެ.
އޭނަ އެކަމާ ނަފުރަތު ކުރިއެވެ. އެކަން އޭނައަށް ނުވިސްނުނެވެ. އެކަމަކު ނަފުރަތު ކުރިއެވެ.
މިލީއަށް އެކަން ފާހަގަވިއެވެ.
އޭނާގެ އިނގިލިތަކުން ބާސިލްގެ އަތުގައި ހިފެހެއްޓުނެވެ.
” މިލީހަމް: ކީއްވެތަ ތި އޭނާއަށް ބަލަހައްޓައިގެން ތިއިނީ؟”
ބާސިލް ލޮލުގެ ކަޅިއެއް ޖަހާލާފައި އޭނަގެ ލޯ ދުރުކޮށްލިއެވެ.
” ބާސިލް: ޚުބާބް އާއި ލިނީ އެކުގައެއްނު އެއައީ.” ބާސިލް ހާމަކޮށްލިއެވެ.
މިލީއަށް ނުހީ ނީދެވުނެވެ. ޚުބާބާ އެކުއެހުރީ ސާއިލެވެ. ބާސިލަށް އެފެނުނީ ލީނިޔާއެވެ.
“މިލީހަމް: އެއީ ޚުބޭއާއި އިއްލެ ލިނީވީ އެތެރޭގައި” ހުނުން ހުއްޓަމުން މިލީ ބުނެލިއެވެ. ބާސިލްގެ ޖަވާބެއް ނައެވެ. އޭނާއަށް ލީނިޔާ މިހެން ލާފައި ތިޔަތަން ފެނުނީއެވެ.
މިލީއަށް އެ ހަމަހިމޭންކަން ގަބޫލުކުރަން ފަސޭހައެއް ނޫނެވެ. އޭނަގެ މޭގައި ރިހުން އުފެދުނެވެ.
ލައިބްރަރީގެ ބެލްކަނީގައި ހުރެ ލީނިޔާ ދިޔައީ ތިރީގައިވާ ކަންތައްތައް ބަލަމުންނެވެ. އޭނައަށް އެތައް ކަމެއް ފެނުނެވެ. މިލީ ބާސިލްގެ ހަށިގަނޑުގައި ބައްދާލިއެވެ. ޚުބާބްމެން މަޑުމަޑުން ވާރޭގައި ހިނގާފައި ދިއައެވެ. ސާއީލް އޭނަގެ ކައިރީގައި ހުއްޓުވެ. ބާސިލަށް ބެލުނީ މާ ދުރަށެވެ. މިލީހަމް އެކަން ފާހަގަ ނުވާކަމަށް ހެދުން އުޅުމެވެ.
މުޅި ގްރޫޕް މަޑުމަޑުން ވާރޭއާ އެކުވެ ރޫޅިގެން ދާކަހަލައެވެ. ލީނިޔާ ފުން ނޭވައެއް ދޫކޮށްލިއެވެ.
ޚުބާބް މިލީހަމްދެކެ ވަރަށް ލޯބިވިއެވެ. ހިތުގެ އެންމެ އަޑިން ލޯބިވިއެވެ. އެކަމަކު މިލީހަމް ލޯބިވީ ބާސިލްދެކެވެ. ބާސިލަކީ… އަންހެނުން ހިތި ފިރިހެނެއްކަން އެނގިހުރެވެ. ލީނިޔާ ހިތާ ފުރާނައިން ލޯބިވި ފަރާތްކަން ދެނެހުރެއެވެ. ޚުބާބް މިލީއާ ހެދި އެހާ ވަރުން އުޅުނަސް… އޭނަގެ ލޯ ހަމަ އަބަދުވެސް ހުންނަނީ ބާސިލަށް ހުއްޓިފައެވެ. ޚުބާބު އަމިއްލަ ނަފްސަށް ކަންކަން ކިޔައިދެމުން ހިތަށް އިވޭ ވަރަށް ބުންޏެވެ.
“މި ވާރޭ… މި އަހަރުމެންނަށް ދޭ އިންޒާރެއް ހެއްޔެވެ؟”
އެއްވެސް މުދައްރިސަކުވެސް މާބޮޑު ފިލާވަޅެއް ނަގައެއް ނުދެއެވެ. ކުލާސް ކޮޓަރިތަށް އަނދިރިވެފައި ވާރޭގެ ބާރު އަޑު މެދުނުކެނޑި އިވޭތީއެވެ.
ސުމާރެއްނެތި ބޯކޮން ވެހެމުން ދިޔަ ވާރޭގެ ފިނިކަމުން ބަނޑުހައި ހޫނުކަން އިތުރުވިއެވެ. ހޫނު ކާއެއްޗަކަށް ހުރިހާ ކުދިން ތިބީ ފެންބޮވައި ގެންފައެވެ.
ބްރޭކްގެ ވަގުތު ޖެހުނު އިރުވެސް ބޯކޮށް ވާރޭ ވެހުމުން ދިޔައެވެ. ކުދިންތައް ތިބީ ބަނޑުހައި ކަންމަތީ އެވެ. އެހެންކަމުން ކެންޓީނަށް ދިއުމަށް ކުދިންތައް އަވަސްވެގަތެވެ. ޚުބާބްވެސް ދާން ނުދާން ހުރެފައި ތެދުވިއެވެ.
ތަނުގައި މީހުން ގިނައެވެ. އަޑުގަދައެވެ. ތެތް ދާހިތިތައް ހުރިހާ ކަނެއްގައި ވެސް ހުއްޓެވެ. އެއީ ކުދިން އަޅައިގެން އުޅޭ ވިއްސާރަކުޑަތަކެވެ.
ލީނިޔާ ކެންޓީންގެ ކަނެއްގައި އިނދެ، ހިމޭންކަމާއެކު ދޮރުފޮތި ތެރެއިން ބޭރަށް ބަލަން އިނެވެ.
ސާއީލް އޭނާ ކުރިމަތި ޖެހިފައި އިނދެ، މަޑުމައިތިރި ލޮލަކުން އޭނައަށް ބަލަމުން ދިޔައެވެ. އެއިން އެއްވެސް ކަމެއްގެ ހިލަމެއް ލީނިޔާ ވާހެނެއް ހިއެއްނުވެއެވެ.
ބާސިލް މިލީއާއެކު ކެންޓީނަށް ވަނެވެ. އެކަމަކު އޭނަގެ ލޯ ހޯދީ ލީނިޔާއާއެވެ. އެއްލިކަޅުން ސާއިލާއެކު އިންދާ ފެނުނެވެ. އެދިމާލަށް ދަން އޮޅެނިކޮން އެތާ ނިޔާސް ގޮސް އިށީދެއްޖެއެވެ. ނިޔާސް އަކީ އެއް ކުލާހު ކުއްޖެކެވެ.
ބާސިލް ވައި އަޑަކުން ބުނެލިއެވެ. ” ބާސިލް: ލިނީގެ ބުރުގަލުގަވެސް ނުހިކި އެވަނީ ފެނުގެ ތައްކަމޭ…” މިލީއަށް އެ އަޑު އިވުނެވެ. އޭނަގެ ހިތް ނުރުހުނެވެ. ލީނިޔާއަކީ ބާސިލް ބޭނުން ނުވެގެން އަތްލާލި ލޯބިވެރިޔާއެވެ.
އެ ދެމީހުންގެ ފަހަތުން ޚުބާބް ވަދެ، މިލީގެ މޫނުމަތިން ފެނުނު ދެރަކަމަށް ބަލަން ހުއްޓެވެ. އެ ރިހުން އޭނާގެ ކަށިތަކުގެ ތެރެއަށް ވެސް ވަނެވެ. ދެން އެޔަށް ފަހުއެއް ސިކުންތުގެ ތެރޭގައި ހުރިހާ ކަމެއް އެއްކޮށް ފުނިޖެހުނެވެ.
ގަދަ ގުގުރުމުގެ އަޑާއެކު އުޑުމަތި ހެލިގެން ދިޔައެވެ. ލީނިޔާ ސިއްސައިގެން ދިޔައިރު، އޭނަގެ އިނގިލިތައް ތުރުތުރުއަޅަމުން ދިޔައެވެ. ސާއީލް ވަގުތުން ކުރިއަށް އަތް ދިއްކޮށްލާފައިއެވެ. އޭނަގެ އަތް ބޮޑުވަތްގަނޑުން ނިވައިކޮށްލިއެވެ. ” ސާއިލް: މިއީ ހަމަ ގުގުރާ އަޑެއް… އަހަރުމެން މިތިބީ ކައިރީގައި އެހީވާން.”
ބާސިލް ހަރުގަނޑަކަށް ހެދިގެން ހުއްޓެވެ. އޭނަގެ ލޯ ހުއްޓިފައި ހުރީ އެ ދެމީހުންގެ އަތްތަކުން ޖެހުމަށެވެ. ބާސިލްގެ ދަތްތައް ބާރުކޮށްލިއެވެ. މިލީއަށް ބާސިލްގެ މޫނުމަތި ފެނުނު ގޮތުން އޭނަގެ ނޭވާ މެދުކެނޑުނެވެ. “މިލީހަމް: ބާސީ… އަހަންނަށް ބަލާލަބަ. ލިނީ ނޫންނަސް.” ނުރުހުމާއެކު މިލީހަމްއަށް ބުނެވުނެވެ. އެވަރުންވެސް ބާސިލް ނުބެލިއެވެ. ނުވެސް ބެލުނީއެވެ.
ބޭރުގައި ވާރޭ އިތުރަށް ގަދަވިއެވެ. އެތެރޭގައި، މިލީހަމްގެ ހިތް ފަހުވަގުތު ބިނދިގެން ދިޔައެވެ. އެންމެންނަށް އިޙްސާސް ކުރެވޭހާ ބާރަށެވެ.
ވާރޭ ނުހުއްޓިއެވެ. އެ ވާރޭ މިހާރު ވެހެމުން ދިޔައީ އިތުރަށް ބޯކޮށެވެ. އުޑުމަތިން މީހަކަށް އަދަބު ދޭން އުޅޭހެން ކޮލެޖުގެ ގޯތިތެރެއަށް ތަޅަމުންނެވެ.
އިހްތިމާލެއް އެބައޮތެވެ. އެ ވާރޭ އަދަބު ދޭނީ އަނިޔާވެރިން ނަށެވެ.
ބާސިލް ކެންޓީނުގެ ބެންޗުގައި އިނދެ، ފޯނަށް ބަލަހައްޓައިގެން އިނެވެ. ލީނިޔާގެ ޚިޔާލުތައް ހުއްޓާލަން އޭނައަށް ނުކުޅަދާނަވުމުންނެވެ.
“ލީނިޔާއެވެ. ދެކޭށެވެ. ތިއީ ބާސިލް ހިތް ފަތަހަކުރަން އުޅެ ނާކާމިޔާބު ލިބުނު ކުއްޖާއެވެ. ބާސިލަށް މާ ބޮޑަށް އިތުބާރުކުރާ އަންހެންކުދިންވެއެވެ. އޭނާ އެއްވެސް ޖަވާބެއް ނުދީ ދޫކޮށްލި އަންހެންކުދިން ކޮބާ ހެއްޔެވެ؟. އެކަކަށް ވެސް ނާންގާއި ތަނެއްގައި އެކަނި ރޮއި އުޅުނު އަންހެންކުދިން ވާނެއެވެ.”
ދެމީހުން ވަކިވި ގޮތް އޭނަގެ ހަނދާނަށް އައެވެ. އެއީ އައްޑޫގައި ހޭދަކުރެވުނު ފަހު ދުވަސްތަކެވެ.
އެ ދުވަސްވަރު އޭނަގެ އަޑު ތުރުތުރުލަމުން ދިޔަ ގޮތެވެ. ލީނިޔާގެ އަތްތައް ފިނިވެފައި ހުރިގޮތެވެ. އޭނާގެ ލޯތައް ރިހުމުން ފުރިފައި ހުރިގޮތެވެ. ހަނދާން ނެތޭނެ ހެއްޔެވެ؟
” ލީނިޔާ: ބާސިލް… ކީއްވެ؟” ލީނިޔާ ހިތާ ސުވާލުކޮށްލިއެވެ.
އެއްވެސް ޖަވާބެއް ނުލިބުނެވެ. ދެވޭކަށް ނެތީއެވެ. ސަބަބަކީ އޭނަ ލީނިޔާއަށް އެކަށީގެން ނުވާކަމަށް ގަބޫލުކުރަން އޭނަ ބޭނުން ނުވީތީއެވެ.
މިހާރު، ލީނިޔާ މަޑުމަޑުން ވާރޭގެ ތެރޭގައި ހިނގާފައި ދާތަން ފެނުމުނެވެ. ބަސިލަށް ކުށްވެރިކަމުގެ އިޙްސާސްގެ މައްޗަށް ގުގުރުމެއް ފަދައިން ތަޅައިލިއެވެ.
ލީނިޔާގެ ދިރިއުޅުން ހަލާކުކޮށްލީ ބާސިލެވެ. ލީނިޔާ އަދިވެސް ހުރިހާ އެންމެނަށް ވުރެ ރަނގަޅަށް އަމިއްލަ ނަފްސު ހިފަހައްޓައެވެ.
ޚުބާބް އަނެއްކާ ވެސް އެކަނި އިނދެ، އޭނަގެ ފޮތުގައި އެއްޗެއް ލިޔަމުން ދިޔައެވެ. ޅެންތަކެއް ނޫނެވެ. ލިޔުންތަކެއް ނޫނެވެ. ހަމައެކަނި ރޮނގުތަކެވެ. އާދަޔާ ޚިލާފު ރޮނގުތަކެވެ. އޭގެ ކޮންމެ ރޮނގެއް ރަމްޒުކޮށްދެނީ އެކަނިވެރިކަމެވެ.
އެއީ ޚުބާބް ހާސްވެ ނުދިއުމަށް އޭނަގެ އަތްތައް މަޝްޣޫލުކޮށް ބެހެއްޓުމަށްޓަކައި ހަދާ ގޮތެކެވެ.
ލީނިޔާގެ ވިއްސާރަ ކޯޓު އަދިވެސް އޮތީ ތެތްކޮށެވެ. އޭނަގެ ބުރުގަލުން އަދިވެސް މަޑުމަޑުން ފެން ތިކިތައް ފައިބަމުން ދިޔައެވެ. ލީނިޔާ އެކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އޭނާ ބޭނުމެއް ނުވިއެވެ. މަޑުމައިތިރިކަމެވެ. ހަމްދަރުދީއެވެ. ލީނިޔާ ބޭނުންވަނީ ދުރުކަމެވެ. ޚާއްޞަކޮށް ބާސިލްގެ ކައިރިންނެވެ.
ސާއީލް ލީނިޔާގެ ކައިރީގައި އިނެވެ. ފުންވިސްނުމަކަށް ގެއްލިފައެވެ. ލީނިޔާގެ ޒަމީރު ބުނެދިނެވެ. ޔަޤީނެވެ. ސިރުހާގެ ޚިޔާލްތައް ކުރަނީއެވެ. ކޮލެޖުގައި މާގިމައިރުވީއެވެ. އެ ސޫރަ ދެކޭ ހިތްވަނީއެވެ.
ލީނިޔާ ރޯން ނޫޅެވޭތޯ މަސައްކަތްކުރިއެވެ. އޭނަގެ ތުންފަތުގައި ދަތްއަޅާ ގޮތް ޚިޔާލުގައިން ސާއީލަށް ފެނުނެވެ. ގުގުރާ އަޑު އަންނަ އިރު އޭނަގެ ކޮނޑުގަނޑު ތުރުތުރުލާ ގޮތް ވެސް ފެނުނެވެ. “ސާއިލް: ލިނީ ކިހިނެއްވީ ތުންފަތުގައި ދަތް އަޅަނީ. ހީކަރުވަނީ ދޯ.” ސާއިލް އަހާލިއެވެ.
“ލީނިޔާ: ވަރޭވެހޭ އިރު މިފަދަ ހާލެއްގައި އުޅެން މިޖެހެނީ ” ލީނިޔާ ދެރަވިޔަސް ބުނެލިއެވެ.
ސާއިލް ބޭނުންވިއެވެ. ލީނިޔާ ގާތަށް ގެންނާށެވެ. އެކަމަކު އޭނަ އެކަމެއް ނުކުރިއެވެ. މީހެއްގެ ފިރިއަކަށް ވީތީއެވެ. އޭގެ ބަދަލުގައި އޭނާ މަޑުމައިތިރިކަމާއެކު އިނީއެވެ.
” ސާއިލް: މާ ބޮޑަށް އުނދަގޫވެއްޖެއްޔާ… އަހަރެން މިހުރީ ކައިރީގައި ބުނެލާތި.” ސާއިލް ބުނެލިއެވެ.
ސާއީލަށް ނުބަލާ ހުރެ ލީނިޔާ ހަމައެކަނި ނޭވާއެއް އެތެރެއަށް ވައްދާލިއެވެ.
އިހްތިމާލެއް އެބައޮތެވެ. ލީނިޔާއަށް ސާއީލަކީ ގަބޫލުކުރެވޭ ގޮތުގައި ވަރަށް ރަނގަޅުވާނެ ފިރިއެކެވެ.
ކުލާސް ކޮޓަރީގެ އަނެއްކޮޅުން މިލީ ބަލަން އިނެވެ. ބާސިލް ލީނިޔާއަށް ބަލާ ގޮތެވެ. އެކަމުން އެ ހިތުގައި އިންތިހާ ރިއްސައެވެ.
ސަބަބުތައް ބައިވަރެވެ. ހިތުގެ އެތެރެއިން މިލީއަށް އެނގުމެވެ.
ބާސިލް އެފަދަ ގޮތަކަށް މިލީހަމާއި ބަލާނުލުމެވެ. އެފަދަ ހިތާމަވެރިކަމަކާއެކު މިލީއަށް ބަލާފައި ނެތުމެވެ. މިލީހަމް ބާސިލް ކައިރިން ދުރަށް ގޮސްލިޔަސް އެއްފަހަރުވެސް ހާސްވެގެން ނޫޅެއެވެ.
ބާސިލްގެ ކުރީގެ ދިރިއުޅުމުގައި އެތައް އަންހެން ކުދިންނަށް ލޯބިދިނެވެ. އެކަމަކު އޭނަގެ ހަށިގަނޑުގައި ބޮޑު ނިޝާނެއް ބާކީކުރީ އެންމެ ކުއްޖެކެވެ.
އަދި އެ ނިޝާނަކީ މިހާރު ކަނުގައި އެކަނި އިނދެ، ވާރޭ ފެނުން ތެމި، ބިނދިފައި ނުވާކަމަށް ހެދިގެން އުޅޭ ކުއްޖާއެވެ.
މިލީ މަޑުމަޑުން ބުނެލިއެވެ.
” މިލީހަމް: ބާސީ އަދިވެސް ލޯބިވޭ އެކުއްޖެއްދެކެ…”
މިލީހަމްގެ އަޑު ބެދިއްޖެއެވެ. ރޮވުނެވެ. ފަހަތުގައި އިން ޚުބާބަށް އެ އަޑު އިވިލިއެވެ. އެ ހިތް ވެސް ހީވީ ބިރިވެގެން ދިޔަހެންނެވެ.
ލަސް ހިނގުމެއްގައި އައިސް މިލީގެ ކައިރީގައި ޚުބާބް ހުއްޓުނެވެ. އާދައިގެ ގޮތަކަށް ހުރުމަށް މަސައްކަތްކުރަމުންނެވެ. އެކަމަކު އޭނާގެ އެތެރެހަށި ހީވީ ބިއްލޫރި ގަނޑެއް ހެންނެވެ.
އޭނާ ލޯބިވިއެވެ. މިލީދެކެއެވެ. އަބަދުވެސްއެވެ.
އެހެނަސް މިލީ ލޯބިވީ އެހެން މީހަކުދެކެވެ. އެންމެ ގާތް މިތުރު ބާސިލްދެކެވެ. ޚުބާބް ބަލައިލީ މިލީގެ ތުރުތުރު އަޅާ އަތްތަކަށެވެ. އޭނަ ބޭނުންވިއެވެ. އެ އަތްތަކުގައި ހިފަހައްޓާށެވެ. މިލީ ބާސިލްގެ ކައިރިން ދުރުކުރާށެވެ. މިލީއަށް ހަގީގީ ލޯބި ދައްކާލަށެވެ. އެކަމަކު އޭނާއަށް އެކަމެއް ނުކުރެވޭނެއެވެ.
މިލީގެ ލޯ ހުއްޓިފައި ހުރީ ބާސިލްގެ ކުށްވެރިކަމަށެވެ. ބާސިލްގެ ލޯ ހުއްޓިފައި ހުރީ ލީނިޔާގެ ހަރަކާތް ތަކަށެވެ.
ޚުބާބު ހުރީ އެ ހުރިހާ ކަމަކުން އެކަހެރިވެފައެވެ.
ގުގުރާލި ބާރު އަޑާއެކު އިމާރާތެއް ތެޅުންކަހަލައެވެ.
ލީނިޔާ ކުޑަކޮށް ފުންމައިލިއެވެ. އާންމުކޮށް މީހުންނަށް ފާހަގަ ނުވާ ވަރަށެވެ. އެކަންވެސް ބާސިލަށް ވަގުތުން ފާހަގަވިއެވެ. އޭނާ ތެދުވިއެވެ. ވިސްނާލުމެއްވެސް ނެތިއެވެ. ކައިރީގައި ހުރި މިލީއަށް ވެސް ފަރުވާލެއް ނުބަހައްޓައެވެ. ލީނިޔާއާއި ދިމާލަށް އެއް ފިޔަވަޅު އަޅައިލިއެވެ.
ހަމައެކަނި އެއް ފިޔަވަޅެވެ. އެ ފިޔަވަޅު ފުދުނެވެ. ކުރިއަށް ދާނެ ހިތްވަރުވެސް ނުލިބުނެވެ. މިލީ އޭނަގެ އަތުގެ ކުޑަހުޅުގައި ހިފާލިއެވެ. ބާސިލް ތުރުތުރުލިއެވެ.
” މިލީހަމް: ތިދަނީ ކޮންތާކަށް؟” މިލީހަމް ބުނެލިއެވެ.
ބާސިލް ފިލާގަނޑަކަށް ހެދިގެން ހުއްޓުނެވެ. ވަކި އެއްޗެއް ނުބުނިއެވެ. އޭނަގެ ދަތްތައް ބާރުކޮށްލިއެވެ. އޭނަގެ މޭގައި ރިއްސައިގަތެވެ.
ބާސިލްގެ ވަށައިގެންވާ ހުރިހާ އެންމެން ބިނދިގެން ދިޔަ ހަގީގަތް އޭނާއަށް ހިތިއަޑަކުން ބުނެވުނެވެ.
” ބާސިލް: އަހަރެން ހަމައެކަނި ބޭނުންވީ… ލިނީ ރަނގަޅަށް ހުރިތޯ ބަލާލަން.” ބާސިލް ހިތްވަރުކުރަމުން ހާމަކޮށްލިއެވެ.
މިލީގެ މޫނުމަތި ދެރަވިއެވެ. ޚުބާބު މާޔޫސްވެ ނުދިނުމަށް މަސައްކަތްކުރަމުން، އެހެން ދިމާލަކަށް ބަލައިލިއެވެ. ސާއީލްގެ ލޯ ރައްކާތެރިކަމާއެކު އަނދިރިވިއެވެ.
ލީނިޔާ ކޮޓަރީގެ އަނެއްކޮޅުން އައި ބާސިލްގެ އަޑު އިވިފައި، މަޑުމަޑުން އޭނަ ބޯ ހިއްލާލިއެވެ.
އެއް ސިކުންތަށް ދެމީހުންގެ ލޯ ބައްދަލުވިއެވެ. ބޭރުގައި ވާރޭ ތެރޭގައި ހިމޭންކަމުގައެވެ. އެ ދެމެދުގައި ކުރީގެ ގުޅުމެއް ދެން ނޫފެދޭނެވެ. އެއީ ވާނޭ ކަމެއް ނޫނެވެ.
އެޔަށްފަހު ލީނިޔާ އެހެން ދިމާލަކަށް ބަލައިލިއެވެ. އެއްވެސް މާނައެއް ނެތް ކަމަށް ހެދިގެންނެވެ.
ވަކިވެވުނު އިރު ވީ އަނިޔާއަށް ވުރެ އެކަމުން ބާސިލަށް ބޮޑަށް އަނިޔާއެއް ލިބުނެވެ.
ފަހަތަށް ޖެހެމުން ގޮސް ބާސިލް އެތަނުން އަވަހަށް ދިޔައެވެ. އަހަން އައި ސުވާލުވެސް އަހާނުލައެވެ. އެއަށްވުރެ ބޮޑަށް ހިތުގައި ޖެހުމުންނެވެ. ދުވަހަކުވެސް ލީނިޔާގެ ކުރިމައްޗަށް އަރަން ބާސިލަށް ކެެރިދާނެބާއެވެ. ކަންތައްތައް ބަދަލުވެގެން ދެން ދާނީ ކިހިނެއްބާއެވެ.
ނުނިމޭ 🥰🥀❤️😊🫶
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





